“ތީ ރަނގަޅު ސުވާލެއް.” ޑޭވް ބުނެލިއެވެ. “އަދި މިއޮތީ ޖަވާބު. ކަލޭމެންގެ އެއްޗެހި އަހަރެންނާ ހަވާލުކުރީމަ އަހަރެން އެއެއްޗެހި ކަލޭމެންނަށް ވިއްކަދޭނަން. އަހަރެން އޭގެން ބައެއް ނަގާފަ ދެން ހުރި ފައިސާ ކަލޭމެންނަށް.” “ކިހާ ރަނގަޅު ގޮތެއް.” މިސް ބްރައުން ބުނެލިއެވެ. “އާނ އަހަރެން އެއްބަސް.” މިސްޓަރ ހާޓްވެސް ބުނެލިއެވެ. ހުރިހާ އެންމެންވެސް އެއްބަސްވިއެވެ. ޑޭވް ސްޓެޓިންގެ ޕްލޭނަށް އެންމެންވެސް ތާއީދުކޮށް، ތިބީ އެއާމެދު ހިތްހަމަޖެހިފައެވެ. 4 ޖެނުއަރީ 1965ގައި ކޯނަރ ޝޮޕް ހުޅުވުނެވެ. އިސާހިތަކު މަސައްކަތް […]
އޭނާ އެގެޔަށް ބަދަލުވުމަށްފަހު ވަރަށް ގަދަޔަށް މަސައްކަތްކުރިއެވެ. ފުރާޅު މަރާމާތުކޮށް ތެޅިފައި ހުރި ކުޑަދޮރުތައްވެސް އާކުރިއެވެ. ކުލަލާ، ގެ ޒީނަތްތެރިކުރިއެވެ. ގެ މުޅިން ބަދަލުކޮށްލިއެވެ. އަވަށުގެ މީހުން މިކަމާ ތިބީ ވަރަށް ހައިރާންވެފައެވެ. އެކާވީސް ޑިސެމްބަރު ވީ ހޯމަދުވަހުގެ ހެނދުނު އަވަށުގެ މީހުންނަށް އެގޭގެ ބޭރުގައި ބޮޑު އަކުރުން ‘ދަ ކޯނަރ ޝޮޕް- ޑޭވް ސްޓެޓިން’ ލިޔެފައި ވަނިކޮށް ފެނުނެވެ. އެމީހުންނަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ވުޑެންޑުގައި ފިހާރައެއް ހުޅުވަނީ ހެއްޔެވެ؟ ހުރިހާ އެންމެންވެސް އެކަމާ ބެހޭގޮތުން […]
ނޯޓް: މިއީ އިނގިރޭސި ވާހަކައެއްގެ ތަރުޖަމާއެކެވެ. 31 އޮކްޓޯބަރު 1964 ވީ ހޮނިހިރު ދުވަހު ފިރިހެނަކު އަވަށަށް އައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. އޭނާ ބަލަމުން ދިޔައީ އެރޭ ހޭދަކުރާނެ ތަނެކެވެ. ގެއެއްގެ ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވީ އަންހެނެކެވެ. “ބާއްޖަވެރި ރެއެއް މެޑަމް” އެމީހާ ބުންޏެވެ. “މައާފުކުރޭ ވަރަށް ދަންވެއްޖެ ދޯ! އެކަމަކު އަހަންނަށް އެހީވެވިދާނެތަ؟ ދަރުމަވާނެ. މިއަވަށުގަ ހޮޓަލެއް ހުރޭތަ؟ އަހަރެން ބޭނުން މިރޭ މިތާނގަ މަޑުކޮށްލަން.” އަންހެންމީހާ ހިނިގަނޑެއް ޖަހާލިއެވެ. “ހޮޓަލެކޭ؟ މިތާ ވުޑެންޑުގަ؟ […]
އަހަރެންގެ ނަމަކީ ލޯލާ ބަރނިކީއެވެ. އަހަރެން އުފަންވީ 2011 ވަނަ އަހަރުގެ އޭޕްރީލް 8 ގައެވެ. އަހަރެންވީ ސިއްޙަތު ރަނގަޅު، އުފާވެރި ކުއްޖަކަށެވެ. އެއަހަރުގެ އޯގަސްޓު މަހު، އަހަރެންގެ މަންމަ ފުލް ޓައިމް ވަޒީފާއަށް ދާން ޖެހުނެވެ. އެހެންވެ، ދުވާލު ގަޑީގައި، އަހަރެންނާއި އަހަރެންގެ ދެއަހަރު ބައިގެ ދައްތަ، ބޮޑުދައިތަގެ ގެއަށް ދާން ފެށީމެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އަހަރެންގެ ދައްތަގެ ލޯ ކަޅުވިއެވެ. އަހަރެން ކުޑަކަމުން، މަންމައާއި ބައްޕައަށް ބޮޑުދައިތަގެ ގެއަށް ދާ ކޮންމެ […]
މުދައްރިސުންނާއި ބެލެނިވެރިންގެ ބައްދަލުވުން ނިންމާލާފައި އަމީނިއްޔާ ސްކޫލުން ނިކުތް އިބިރިހިމާއާއި އޭނާގެ ދަރިފުޅު އީނާ ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އިބިރިހިމާގެ މޫނުން ފެންނަ ހިތްހަމަޖެހުމުގެ ކުލަވަރު އަދި މާ ފުޅަލެވެ. އެހެން ނުވާންވީ ހަމަ އެއްވެސް ސަބަބެއް އޮތީއެއްވެސް ނޫނެވެ. މުދައްރިސުން ވިދާޅުވި ގޮތުގައި އީނާއަކީ ކުލާހުގައި ހުރި އެންމެ އަޚުލާޤު ރަނގަޅު ދަރިވަރުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ކިޔެވުމަށްވެސް އެހާ މޮޅީއެވެ. ގަދަ ދިހައަކަށް އަރާނެކަމަށް ވަރަށް ގިނަ މުދައްރިސުން ޔަޤީންކަން ދެއްވިއެވެ. އިބިރިހިމާ ވީ […]
އިނގިރޭސިވިލާތުގެ ފަރސްޓު ކުލާހުގެ މަތިންދާބޯޓަކުން ދަތުރުކުރަމުންދިޔަ މުސްލިމް ފިރިހެނެކެވެ. ކްރޫގެ ވަރަށް ޒުވާން ޖިންސުއްލަތީފެއް އައިސް މިމީހާއަށް ދިއްކޮށްލީ ތައްޓެކެވެ. ބަލާލިއިރު އެތަށީގައި ހުރީ ރަލެވެ. އެހެންކަމުން، މިމީހާ އެތަށި ބުއިމަށް ދެކޮޅުހެދީ ވަރަށް މަޑުމައިތިރިކަމާއެކުގައެވެ. އަނެއްކާވެސް ހަމަ ކްރޫގެ މިމެންބަރު ދެވަނަ ފަހަރަށް އައިސް މުސްލިމް މީހާއަށް އެތަށި ދިއްކޮށްލިއެވެ. މިފަހަރު އެތަށި ގެނައީ ރީތި ގޮތަކަށް ފަރުމާކޮށްފައި ހުރި ދޮލަނގަކަށް ލައިގެންނެވެ. މިފަހަރުވެސް އެމީހާ ވަރަށް އިޙްތިރާމާ އެކީގައި ތަށި ބުއިމަށް ދެކޮޅުހެދީ ތިމަންނަ […]
1- 2006 ގައި އޮސްޓްރޭލިއާގެ ފިރިހެނަކު އީ-ބޭގައި ނިއުޒީލޭންޑު ވިއްކާލަން އުޅުނެވެ. އީބޭއިން އޭތި ޑިލީޓު ކުރިއިރު އޭގެ އަގު ތިންހާހަށް އަރާފައި ހުއްޓެވެ. 2- އިނގިރޭސިވިލާތުގެ މީހަކު ޓެލެމާރކެޓަރުންނަށް އޮޅުންބޮޅުން އެރުވުމަށް އޭނާގެ ނަން ” ޓިމް ޕްޕްޕްޕްޕްޕްޕްޕްޕްޕްރައިޒް ” އަށް ބަދަލުކުރިއެވެ. 3- ޖޭޕީ. މޯރގަން، އޭނާގެ މޫނު އެހާ ރަތްކޮށް ހުންނަނީ ކީއްވެތޯ ހޯދާ މީހަކަށް އެއްލައްކަ ޑޮލަރު ހުށަހެޅިއެވެ. އެކަމަކު އެކަކަށްވެސް ނުހޯދުނެވެ. 4- ޕްރިއަރީ ކިޔާ ކުއްތާތައް އޭގެ ސަލާމް […]
ނަމްބަރު އެކެއް: މިނަންބަރަކީ 1991 ގައި މީޑިޔާގައި ހުރި ވެބްސައިޓުތަކުގެ ޢަދަދެވެ. ( މިއަދު ގާތްގަނޑަކަށް 850 މިލިއަނެއްހާ ސައިޓުތައް އެބަހުއްޓެވެ. ) ނެބްރާސްކާގެ މެނޮވީގައި ދިރިއުޅޭ ރައްޔިތުންގެ ޢަދަދަކީވެސް އެކެކެވެ. ނަމްބަރު ސުމެއް: ގްރީކު މީހުންނާއި ރޯމް މީހުންނެއް މިނަންބަރެއް ބޭނުމެއް ނުކުރެއެވެ. ކުރީގެ ބެބިލޯނިއަނުން އީޖާދުކުރި މިނަންބަރަކީ އެންމެ ބޮޑު ނަންބަރެވެ. ނަންބަރު ތިނެއް: ވިއެޓްނާމުގެ މީހުން ޤަބޫލުކުރާ ގޮތުގައި ތިން މީހުން އެއްކޮށް ފޮޓޯ ނަގާކަށް ނުވާނެއެވެ. ސަބަބަކީ މެދުގައި ހުރި މީހާ […]
މީޝެލް ދިޔައީ ސުޕަރ މާރކެޓުން އެއްޗެހި ގަންނަމުންނެވެ. 260 ނެޕީއާއި 2 ކޭސް ކިރު ދަޅު އެއެޅީ ޓްރޯލީއަށެވެ. ދެއަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ ލޫކާއި ލިލިއަން ތިބި ގޮނޑި ކުރިއަށް ޖައްސަމުން، އޭނާ ޕާސްޓާ ޕެކެޓުތަކާއި ޗޮކްލެޓުތައް ޓްރޯލީއަށް އަޅާލިއެވެ. އޭނާގެ ފަހަތުން، ފިރިމީހާ ކަމަށްވާ ކްރިސް. 34 ދިޔައީ ހަތަރު މަހުގެ ދެކުދިން ކަމަށްވާ އޮލީއާއި އޮލީވިއާ ތިބި ގޮނޑި ކުރިއަށް ޖައްސަމުންނެވެ. އެދެމަފިރިން ދިޔައީ ދެ ސަފްހާގެ ބާޒާރު ލިސްޓުގައިވާ ތަކެތި ހަމަކުރަމުންނެވެ. […]