ބީރައްޓެހިޔާ
ނޯޓް: މިއީ އިނގިރޭސި ވާހަކައެއްގެ ތަރުޖަމާއެކެވެ.
31 އޮކްޓޯބަރު 1964 ވީ ހޮނިހިރު ދުވަހު ފިރިހެނަކު އަވަށަށް އައެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. އޭނާ ބަލަމުން ދިޔައީ އެރޭ ހޭދަކުރާނެ ތަނެކެވެ. ގެއެއްގެ ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވީ އަންހެނެކެވެ. “ބާއްޖަވެރި ރެއެއް މެޑަމް” އެމީހާ ބުންޏެވެ. “މައާފުކުރޭ ވަރަށް ދަންވެއްޖެ ދޯ! އެކަމަކު އަހަންނަށް އެހީވެވިދާނެތަ؟ ދަރުމަވާނެ. މިއަވަށުގަ ހޮޓަލެއް ހުރޭތަ؟ އަހަރެން ބޭނުން މިރޭ މިތާނގަ މަޑުކޮށްލަން.” އަންހެންމީހާ ހިނިގަނޑެއް ޖަހާލިއެވެ. “ހޮޓަލެކޭ؟ މިތާ ވުޑެންޑުގަ؟ ނޫން ސަރ. މިއަވަށަކު ނުހުރޭ މައާފުކުރޭ.” “ހާދަ ދެރައޭ.” ފިރިހެންމީހާ ބުންޏެވެ. “އަހަންނަކީ މިތަނަށް ބީރައްޓެއްސެއް. އަދި އަހަރެން ބޭނުން މިއަވަށް ބަލާލަން މާދަމާ.” ބީރައްޓެހިމީހާ ވަރަށް ނިޔަނެތިވެފައި މަޑުމައިތިރިއެވެ. އެއީ ދިގު އިސްކޮޅަކާއި ކަޅު އިސްތިށިގަނޑެއްގެ ވެރިއެކެވެ. އަދި އޭނާގެ އާދަޔާޚިލާފު ފެހިކުލައިގެ ދެކަޅި ވެއެވެ. “ފަހަރެއްގަ މިސަޒް ހެރީސަނަށް ކަލެއަށް އެހީވެވިދާނެ.” އަންހެންމީހާ ބުންޏެވެ. ” އޭނަގެ އެބަހުރި ކޮޓަރިއެއް. ފަހަރެެއްގަ ކަލެއަށް އޭނައާއެކީ ހުރެވިދާނެ. މަޑުކޮށްލާ. އަންނާނަން ކޯޓު ހިފައިގެން އަދި އަހަރެން ކަލޭ އެތަނަށް ގެންގޮސްދޭނަން.” އަންހެންމީހާ ބީރައްޓެހިޔާ ގޮވައިގެން މިސަޒް ހެރީސަންގެ ގެޔަށް ދިޔައެވެ.
މިސަޒް ހެރީސަން އެމީހާއަށް ރޭ ހޭދަކޮށްލަން ކޮޓަރިއެއް ދިނެވެ. ފިރިހެންމީހާ ހުރީ ޝުކުރުވެރިވެފައެވެ.
އެއީ އޮކްޓޯބަރުމަހުގެ އެންމެ ފަހު ރެއެވެ. އަދި އެހާމެ ފިންޏެވެ. ޖެހިގެން އައި ދުވަހަކީ އާދީއްތަ ދުވަހެެވެ. ފިރިހެންމީހާ އަވަށް ބަލާލަން ދިޔައެވެ. އަވަށުގެ ތާރީޚާމެދު އޭނާ ހުރީ ވަރަށް ޝައުޤުވެރިވެފައެވެ. އަވަށުގެ ބައެއް މީހުންނާ ބައްދަލުކޮށް އެމީހުންގެ ނަންތައް އޭނާ އެހިއެވެ.
އެކަމަކު އޭނާ ފައްޅިއަކަށް ނުދެއެވެ. މިއީ ވަރަށް އާދަޔާޚިލާފު ކަމެކެވެ. ވުޑެންޑުގެ ފައްޅިއަކީ އަވަށުގައި ހުރި އެންމެ ރީތި ބިނާއެވެ. އެކަމަކު ބީރައްޓެހިޔާ ފައްޅިއަށް އެއްވެސް ޝައުޤުވެރިކަމެއް ނުބެހެއްޓިއެވެ. އެރޭ އަވަށުގެ އެހެންމީހުންނާއެކު އޭނާ ފައްޅިއަކަށް ނުދެއެވެ. އެރެއަކީ ނޮވެމްބަރު މަހުގެ ފުރަތަމަ އާދީއްތައިގެ ރެއެވެ.
މީހުން ފައްޅިން ނިކުމެގެން އައިއިރު މިމީހާ ހިނގައްޖެއެވެ. އަވަށުގެ އެންމެންވެސް އޭނަދެކެ ގަޔާވިއެވެ. އަންހެނުންތައް ދެކުނުގޮތުގައި އޭނާ ވަރަށް ރީތިވެފައި ފިރިހެންވަންތައެވެ.
ދެތިން ހަފްތާ ފަހުން މިމީހާ އެނބުރި އަވަށަށް އަތުވެއްޖެއެވެ. އެއީ ޑިސެމްބަރުމަހުގެ ފުރަތަމަ އާދީއްތައެވެ. އަވަށުގެ މީހުންތައް ފައްޅިން ނިކުމެގެން އަންނަން ފެށިއެވެ. ޖައްވު ވަރަަށް ފިނިވެފައި އަނދިރިއެވެ. “ހެލޯ.” އެމީހާ ބުނެލިއެވެ. “އަހަރެން އަނެއްކާވެސް މިއައީ. އަނެއްކާވެސް ކަލޭމެންނާ ބައްދަލުވުމަކީ ވަރަށް އުފާވެރިކަމެއް.” އޭނާ ދެން ބުނި ބަސްތަކުން އެންމެންނަށް ހައިރާންކަމެއް ލިބުނެވެ.
“ފަހަރެއްގަ ކަލޭމެންނަށް އަހަންނަށް އެހީވެވިދާނެ. އަހަރެން މިބަލަނީ ގެއެއް ލިބޭތޯ. އަހަރެން ބޭނުން މިތަނުން ގެއެއް ގަންނަން.” އޭނާ ބުންޏެވެ.
“މިތަނުންނޭ؟” ކޮންމެވެސް މީހަކު އެހިއެވެ. “އެކަމަކު ކީއްވެ މިތަނުން؟ ވުޑެންޑުގަ ނެތް ޒުވާނަކަށް ވަޒީފާއެއް. ހުރިހާ ޒުވާނުން އަވަށް ދޫކޮށްފަ ދަނީ މިތަނާ އެންމެ ކައިރީގަ އޮތް އަވަށް ލިޑްނީއަށް.” “އަހަރެން ކޮންމެވެސް ތަނަކުން ވަޒީފާއެއް ހޯދަފާނަން.” ބީރައްޓެހިޔާ ބުންޏެވެ. “ފަހަރެއްގަ ލިޑްނީއިން.” ކޮންމެވެސް މީހަކު އޭނާ ގާތު މުސްކުޅި މިސްޓަރ ސްމިތުގެ ގޭގެ ވާހަކަ ބުންޏެވެ. ހޫނު މޫސުމުގައި މިސްޓަރ ސްމިތު ވަނީ މަރުވެފައެވެ. އޭނާގެ ގެ ހުންނަނީ ހުހަށެވެ. އެގެ ވަނީ ނީލަމަށް ލާފައެވެ. އެގެ ހުންނަނީ މައިމަގާއި ފައްޅި ލޭނުގެ ކަނެއްގައެވެ. “އެގެއާ ބެހޭގޮތުން އަހަރެން އަހާނަން މާދަމާ.” ޒުވާނާ ބުންޏެވެ. “ފަހަރެއްގަ ނަސީބު އަހަރެން އަތުގަ ހިފާފާނެ. ބާއްޖަވެރި ދުވަހަކަށް އެދެން. އަހަރެން މާދަން ކަލޭމެންނާ ބައްދަލުކުރާނަން.” އަވަށުގެ މީހުން އޭނާ ދަންދެން ބަލަހައްޓައިގެން ތިއްބެވެ. އޭނާގެ ކާރު އެއެންމެންނަށްވެސް ފެނުނެވެ. އެކާރު ވަރަށް ބޮޑުވެފައި މުއްސަނދި ވައްތަރު ޖަހައެވެ. އެމީހާވެސް ވަރަށް މުއްސަނދިހެން ހީވެއެވެ.
ދެތިން ދުވަސް ފަހުން މިސްޓަރ ސްމިތުގެ ގެ ވިކިއްޖެއެވެ. އަދި ޑިސެމްބަރުގެ މެދެއްހާ ތާނގައި ބީރައްޓެހިޔާ އަތުވެއްޖެއެވެ. އޭނާ އެގެޔަށް ބަދަލުވުމަށްފަހު ވަރަށް ގަދަޔަށް މަސައްކަތްކުރިއެވެ.
5 Comments
Comments are closed.
kamaku nudhey
އަދި ނޭނގެ މި ވާންއުޅޭ ގޮތެއް… އެހެންވެ އެވާ ގޮތެއް ބަލާލަން ވަރަށް ޝަޢުޤުވެރި ވެއްޖެ
Reethi mivaahakadhaagothun v kiyaahivejjeh
feshun v hadi kuriah oy baa kiyaalima dhw ingey nii…
Vaahaka rangalhu..ekamaku maa kuru…