Skip to content
އެސްފިޔަ

ބަދަލުވި ލަތީފް

އުޑުމައްޗަށް ރަތް ވިލާތައް އެރުމާއެކު މިސްކިތްތަކުން ބަންގީގެ އަޑު މުޅި ރަށު ތެރޭގައި ގުގުމައިލާފިއެވެ. ލަތީފްގެ ބައްޕަ ބަންގި ގޮއްވި އަޑުއިވުމާއެކީ ކުރަން ހުރި މަސައްކަތް ދޫކޮށްލާފައި ދިޔައީ ވުޟޫ ކުރަން ދިޔައެވެ. ނަމަވެސް ލަތީފް އިނީ ޕީއެސްޕީ އިން ފުޓުބޯޅަ ކުޅޭށެވެ. އޭނާއަކަށް ބަންގި ގޮވާ ކަމެއް ވެސް ދެނެއެއް ނުހުރިއެވެ.

ނުހަނު ފޯރީގައި ޕީއެސްޕީ ކުޅެން އިންދާ ލަތީފްގެ ބައްޕަ އައިސް ލަތީފަށް ބަންގި ގޮވައިފިކަން ހަނދާންކޮށްދިނެވެ. އަދި އަވަހަށް ވުޟޫކޮށްގެން އައުމަށް ބުންޏެވެ. އަޑުއިވުނުކަމަށް ނުހަދާ ހަމަ އެއިން ގޮތަށް ލަތީފް ގޭމް ކުޅެން އިނެވެ. ޖަމާއަތަށް ނުދެވި ދާނެތީ ލަތީފްގެ ބައްޕަ ލަތީފް ބައިންދާފައި މިސްކިތަށް އަވަހަށް ދިޔައެވެ.

ލަތީފްގެ ބައްޕަ ދިޔަތާ 30 މިނެޓު ފަހުން ލަތީފްގެ މަންމަ އައިސްފައި ލަތީފާ ދިމާއަށް ނަމާދަށް ދާން ބުންޏެވެ. މަންމަ އެހެން ބުނިތާ އިރުކޮޅެއް ނުވެ އިޝާ ނަމާދަށް ބަންގި ގޮއްވަން ފެށިއެވެ. ލަތީފް ދެނަމާދު އެއްކޮށްގެން އައިސްފައި އަނެއްކާ ވެސް ފެށީ ކުޅޭށެވެ. ބޯޅަ ކުޅެނިކޮށް މާދަމާ ކުޅެން ދާން ލަތީފްގެ މަންމަ ގާތު ހުއްދަ އަހަން ޖެހޭނެކަން ހަނދާންވިއެވެ.

ލަތީފް ހީކުރި ގޮތާއި ޙިލާފަށް ފުރަތަމަ ވެސް ލަތީފް މަންމަގެ ހޫނު ހަމަލާއެއް އައީ އޭނާގެ ކޮލަށެވެ. ތަދުވެގެން ކޮލުގައި އަތްއަޅައިލަމުން ބަލައިލީ މަންމައާ ދިމާއަށެވެ. މަންމަ ރުޅިވެރި އަޑަކުން ލަތީފްއާ ދިމާއަށް ބުންޏެވެ. ” ނުދެވޭނެ ތިތާކަށް! މިރޭވެސް ލަތީފްގެ ބައްޕަ އައިސް ނުލާހިކު ލޯބިން ނަމާދަށް ދާން ހިނގާށޭ ބުނީމާ އަޑު އިވުނުކަމަށް ވެސް ނުހެދިއެއްނު. މާދަމާ ލަތީފްގެ ބައްޕަ ފަތިސް ނަމާދަށް ބައްޕައާ ދެމީހުން ވެގެން ޖަމާއަތަށް ދިއުމުން ނޫނިއްޔާ މާދަމާ ކުޅޭކަށް ނުދެވޭނެ. އަޑު އިވިއްޖެތަ؟ ދެންވެސް ދޭ އަވަހަށް ނިދާން އޭރުންނޭ ހޭލެވޭނީ. ” މަންމަ އެހެން ބުނުމުން އަވަހަށް ނިދަން އޮށޯވެންނަން ދިޔައެވެ. މާދަމާ ކޮންމެ ގޮތެއްވެސް ހަދާފައި ކުޅޭން ދާން ނިންމިއެވެ.

އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅިފައިވެސް ނިދި ނައުމުން ތެދުވެފައި ގޮދަޑީ އެއްކަނުގައި ލަތީފް އިނީ ކުރުގެޅިގެންނެވެ. ކުއްލިއަކަށް ސިހުނީ އޭނާގެ ފުޓްބޯޅަ ރޯ އަޑު އިވުމުންނެވެ. ފުޓްބޯޅަ ކައިރީގައި ރޫ ސަބަބު އެހުމުން ބުނީ އޭނާ ގަޑިންގަޑިއަށް ނަމާދު ނުކުރާތީވެއެވެ. ލަތީފް އެއްސެވެ. “ކީއްވެ ވަކި އަހަރެން ގަޑިންގަޑިއަށް ނަމާދު ނުކުރާތީ ދެރަވަނީ؟ ބަލަ މީ އަހަރެންގެ ކަމެއް ދޯ؟ ފުޓްބޯޅަ ނުޖެހޭ ރޯކަށެއް.” ފުޓްބޯޅައިގެ ޖަވާބު ވަރަށް ސާފެވެ. “ލަތީފް. ލަތީފް ބޭނުމެއް ނުވޭތަ މަންމައާ ބައްޕައާއެކީ ސުވަރުގެ ދާން. ލަތީފްގެ މަންމައާ ބައްޕަ ގަޑިގަޑިއަށް ނަމާދުކުރޭ. އެކަމަކު ކިހިނެއް ލަތީފް ގަޑިންގަޑިއަށް ނަމާދު ނުކުރަންޏާ އެދެމީހުންނާއި އެއްކޮށް ސުވަރުގެ ދެވޭނީ؟ އަހަރެން މިދޭ ނަސޭހަތް ގަބޫލުކޮށް ބަލަ! ލަތީފް ދޭބަލަ ބައްޕައާއެކީ ގަޑިންގަޑިއަށް ނަމާދަށް. އަދި ވުޟޫކޮށް ގެން ދިޔައީމަ މާ ސަވާބު ބޮޑު. އެއީ ގެއިން މިސްކިތަށް ދާއިރު އަޅާ ކޮންމެ ފިޔަވަޅަކަށް ފާފަ އެއް ފުހެވިގެންދާނެ. ”

ލަތީފްގެ ބައްޕަ ލަތީފްގެ ކޮޓަރި އަށް ވަތްއިރު އޭނާގެ ގަޑި އެލާމްވަނީއެވެ. ލަތީފްގެ ބައްޕަ ހަމަ އެއްފަހަރު ކޮއްޓާލުމާއެކު ލުތްކެއް ޖަހާފައި ކަހަލަ ގޮތަކަށް އޭނާ ތެދުވިއެވެ. އަވަހަށް ވުޟޫކޮށްލައިގެން ބައްޕައާ އެކީ ޖަމާޢަތަށް ދިޔައެވެ. އޭގެ ފަހުން ލަތީފް ކޮންމެ ދުވަހަކުވެސް ނަމާދު އެގަޑިއެއްގައި  ކުރެއެވެ. ފުޓްބޯޅަ ދިން ނަސޭހަތް ގަބޫލުކޮށް ގެންނެވެ. އޭނާގެ އާއިލާއާއެކީ ސުވަރުގެ ދިޔުމުގެ އުއްމީދުގައެވެ.

Comments (26)

  1. Mahoo

    Mi ee mi aharu ge grade 8 ge dhivehi fothuga inna thasveeru thakehge mahchah binaa koh liyefa in vaahaka eh dhw.. ekm hama reethi..

    1. Ihoo
      Mahoo

      Hehe..I know it is from gr 8 book..?Jazakallahu khairan ❤❤❤

  2. Hudher

    V v v v v rythi…maasha allah….kyp it up dear…..ekamadhi vx dhigukollevey thw balaathi ingey…..luv this part?????

    1. Ihoo
      Hudher

      Jazakallahu khairan ❤❤❤..I will try to write a new long story in sha allah in the future..

  3. Sara

    Very nice

    1. Ihoo
      Sara

      Jazakallahu khairan..❤❤❤

  4. naash

    yh Mahoo thi buny thedheh… mii grade 8 ge Dhivehi book ga inna thasveeru vaaahaka eh…. anyway stry vv nice maasha allah.. gud job

    1. Ihoo
      naash

      Hehe..I k it is from gr 8 book?..Jazakallahu khairan❤❤❤…

  5. Sheenu

    V salhi . Copy kurevey gotha lafahurinama kokko kiyalan print negunees

    1. Ihoo
      Sheenu

      Jazakallahu khairan ❤❤❤…

  6. Its me

    Masha Allah.. i really like it? insha allah one day u ll become a great writer??.. gud luk

    1. Ihoo
      Its me

      Jazakallahu khairan…

  7. u knw who

    hey babes… sry maa lahun cmmnt kurevunyma…?? vrh vrh vrh reethi vaahaka eh…??? in sha Allah Ihoo beynunvaa gothah Ihoo ah writer akah vevidhaane… work hard to achieve ur goals in life…. ❤❤❤

    1. unknown
      u knw who

      do u know her???

    2. u knw who
      u knw who

      of course… ???

    3. Ihoo
      u knw who

      Salaam..Its ok thankolheh lahun comment kuryma ekm alhugandu edhey kamaky babes ey nukiyun..Alhugandah furathama thee kaaku kan vx neygey thyve..Jazakallahu khairan ❤❤❤..

    4. u knw who
      u knw who

      sorry… bt i knw u…??? ehnve mi buny babes ey… nd boy kudhin noonas babes kiyaa…??? u knw me too grl… ???

    5. Ihoo
      u knw who

      Its ok..But i dont know u..Sorry..Kon rasheh ge kuhjje thah??Eyrun faharehga engi dhaane..I think ?

  8. unknown

    thee kn rashegge kujjeh??? grl or boy???

    1. Ihoo
      unknown

      Alhugandu mee raajjeyge konme vx atoll eh ge kuhjje ?..Im a girl

    2. someone
      unknown

      raajjeyge kujjeh kan engeyne ennu dhn… dhivehi vaahaka eh viyyaa thi liyuny… ???

  9. unknown

    i mean u knw who thee kn rashegge kujjeh hey

  10. u knw who

    dhn e hurihaa ehcheh unknown balan jeheytha??? ???

    1. Unknown
      u knw who

      Ofcourse

    2. Ihoo
      u knw who

      Hehe??..

  11. Ihoo

    Salaam, mi story ga baivaru mistakes huredhaane with typing mistakes?..Please comment your views on the story..So that way i can improve my stories…Jazakallahu khairan ❤❤❤…

Comments are closed.