Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ހިތް ރުހުނަސް – 02

Hussain Aslam Abudulla Level 1
October 14, 2019 2 Mins Read
6 Comments

“ހަސަން.. ގެނޭ ކުއްޖާ…” ޓޯޗު ބައްތިއަކުން އަލިކުރަމުން އައި މީހަކު އައިސް ހަސަނުގެ ނަމުން ގޮވާލަމުން ކުއްޖާ ދިނުމަށް އެދުނެވެ.
***

އިރާދާއަށް ހޭލެވުނީ ބާރު ގުގުރިއެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. ދެލޯ ހުޅުވާލަމުން ކޮޓަރިތެރެ ހޯދަންފެށިއެވެ. އޭނަގެ މޫނުމަތިން ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދުނެވެ. އެނދަށް ރަނގަޅަށް ހޯދައި ބެލުނެވެ. ދިއްލާފައިވާ ފަނޑުބޮކީގެ އަލިކަމުގެ ތެރެއިން އިރާދާ ހޯދަމުން ދިޔައީ ކޮންއެއްޗެއްކަމެއް ނޭންގެއެވެ. އޭނަ ނިދާފައި އޮތް އާދައިގެ ލަކުޑި އެނދުމަތީގައި ތިން އަހަރަށްދާ އަންހެން ކުއްޖަކު ނިދާފައި އޮތެވެ. ކޮޓަރިއަކީ އާދައިގެ ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ އެއްބިތުގައި ލަކުޑި އަލަމާރިއެއް ހުއްޓެވެ. އަނެއް ބިތުގައި ލަކުޑިން ހަދާފައިވާ މޭޒަކާއި ގޮނޑިއެއް ހުއްޓެވެ. މޭޒުމަތީގައި ރީތިވާން ގެންގުޅޭ ސާމާނުވެސް ހުއްޓެވެ. އިރާދާ އެނދުމަތިން ތެދުވަމުން ނިދާފައި އޮތް ތުއްތު ކުއްޖާ ރަނގަޅުކޮށްލަމުން އަވަސް އަވަހަށް އެނދުމަތިން ފޭބިއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އިރާދާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ކޮޓަރީގެ ދޮރު ހުޅުވިފައި ހުރުމުން އިރާދާގެ މޭގަނޑު ތެޅިގަތެވެ. ދޮރުހުޅުވާލަމުން ކޮޓަރިން ބޭރަށް ނުކުތެވެ. ގޭތެރޭގައި ދިއްލާފައިވާ މަޑު ރީނދޫކުލައިގެ ބޮކީގެ އަލިކަމުގެ ތެރެއިން އޭނަގެ ލޯގޮސްޖެހުނީ ގޭގެ މައިދޮރަށެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ދޮރާއި ހަމައަށް ދިޔައެވެ. ދޮރުން ބޭރަށް ނުކުތްއިރު ހެސްކިޔާފައި ވާރޭވެހެމުންދިޔައެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް ފެންގަނޑުވަނީ ހެދިފައެވެ. ޖެހެމުންދާ ގަދަވައިގެ ސަބަބުން ދެލޯވެސް ހުޅުވާލެވެނީ އެހާމެ އުނދަގުލުންނެވެ. އިރާދާއަށް ހަދާނެގޮތް ހުސްވިއެވެ. އަނެއްކާވެސް ގޭތެރެއަށް ދެމިގަތެވެ.

“މާތްކަލާކޯ… އަނެއްކާ ހަސަނު މަގޭ ދަރި….” މޭގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އިރާދާގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ވަނެވެ.

***

“ކަލޭގެ ދަރި ކަލެއަށް…. އިރާދާ އާއި ޒަމީރުގެ ދަރިފުޅު…” ހަސަނު އެކުއްޖާ ޒަމީރަށް ދިއްކޮށްލިއެވެ. ޒަމީރު އެކުއްޖާ އުރާލަމުން އެކުއްޖާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ލޯތްބާއި ހަމްދަރުދީއާއި އެކުގައެވެ. ކުއްލިއަކަށް ވިދާލާފައި ގުގުރައިގަތެވެ. ޖަހަމުންދާ ރާޅުފައްގަނޑުގެ އަޑު މުޅިތަނަށް ބިރުވެރިކަމެއް ގެނުވައެވެ. ޒަމީރު އެކުއްޖާގެ މޫނަށް ބަލައިލަމުން ހަސަނުގެ މޫނަށް ބަލަން ހުރުމަށްފަހު ފަސްއެނބުރުނެވެ.

“މަ ދެންދަނީ… ކުއްޖާ ހޯދަން އުޅެފިނަމަ އިރާދާގާތު ބުނޭ.. މިކަން ހަނދާން ނައްތާލާށޭ… އަދި ބުނޭ މިއީ އިރާދާގެ ބަނޑުން ވިހޭ ދަރިއެއްނަމަވެސް މަގޭ ދަރިއެކޭ… ވަރަށް ސަލާމް…” އެކުއްޖާ ގޮވައިގެން ޒަމީރު ގޮސް ބޮއްކުރާއަށް އެރިއެވެ. ގަދަ ވަޔާއި ވިއްސާރާއިގެ ތެރޭގައި ޒަމީރު އެކުއްޖާ ގޮވައިގެން ކަނުއަނދިރީގައި ލޮލުކޮޅަށް ގޮސް ގެއްލެންދެން ހަސަނު އެތަނުގައި ހުއްޓެވެ. ކަރު އެލުވާލައިގެން ހަސަނު ހިނގައިގަތީ ގެއާއިވީ ކޮޅަށެވެ. ވާރެއާއި ތެމިފޯވެގެން ގެއަށް އާދެވުނުއިރު ހަސަނު ހީވަނީ ކަނބިއްޔެއް ހެންނެވެ. ހީކަރުވައިގަނެގެން ދަތްދޮޅިވެސް ހީވަނީ ފަހާފޮށީގެ ދަތްގަނޑުހެންނެވެ. ބޮލުން ފެންހިއްކަމުން ލައިގެން ހުރި މުންޑުގަނޑު ރަނގަޅުކުރަމުން ގެއަށް އައިސް ވަދެވުނު އިރު ކުރިމަތީގައި ހުއްޓިލައިގެން ހުރީ އިރާދާއެވެ. ހަސަނު ފެނުމާއެކު އިރާދާ ރޮއިހޭރިގަނެފައި އައިސް ހަސަނުގެ މޭގައި ދެއަތުން ތަޅައިގަތެވެ.

“ކީއްވެ ހަސަނާ.. ކީއްވެ؟” އިރާދާ ރޮމުން ހޭރެމުން ހަސަނުގައި މޭގައި ތަޅަމުންދިޔައެވެ. އިރާދާ ރޮމުން ކުރަންފެށީ ސުވާލެކެވެ. އިރާދާ އަށް ކަމެއް އެނގުނީތާއެވެ. ހަސަނު އެހުރިގޮތަށް ގުޑިވެސް ނުލައެވެ. ހަސަނަކީ ޖާނުންވަރުގަދަ ދިވެހި ފިރިހެނެއްކަމުން އިރާދާގެ ބާރަކަށް ހަސަނު ގުޑުވައެއް ނުލެވުނެވެ. ހަސަނު އިސްޖަހާއި ލަމުން ދެއަތް ނަގަމުން އިރާދާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.

“އެކަން ވާން އޮންނަ ގޮތަކަށް އެކަން ވިޔަދީ ބަލަ… މަ އިރާދާއާއި އިނީކީ އިރާދާގެ އެއްވެސް ހަޤީޤަތެއް ނޭންގިހުރެތަ؟ އިނދެގެން އުޅޭތާ އަދި މިވީ ކުޑަ ދުވަސްކޮޅެއް.. އިރާދާ ކުރި ކުށަކަށް ތައުބާވެސް ވެއްޖެ. މަވެސް ތަޢުބާ ވެގެން އިރާދާއާއި ކައިވެނިކުރީ… ތަންވީރަކީ އަހަރެމެންނަށް……” ހަސަނު ބުނަންއުޅުނު ވާހަކަ އިރާދާ ހުއްޓުވިއެވެ. އަތްފޮޅާލަމުން ހަސަނުގެ އަނގަމަތީގައި އަތް ހުރަސްކޮށްލިއެވެ. ހަސަނުގެ ދެލޮލުން ކަރުނަ ހިލުނެވެ. އޭރުވެސް އިރާދާގެ ދެލޮލުން ކަރުނަ ހުއްޓުމެއްނެތި އޮހެމުން ދިޔައެވެ. ހަސަނު ބުނަން އުޅުނު އެއްޗެއް އިރާދާގެ ކަންފަތުން އަޑުއަހަން ބޭނުންނުވަނީއެވެ. އެމީހުންގެ ވާހަކަތަކުން އެއީ ދެމަފިރިންކަން ފަހުމްވިއެވެ. ޒަމީރުއަތަށް ގެންގޮސް ހަވާލުކުރި ދަރިއަކީވެސް އިރާދާއަށް ކައިވެނީގެ ބޭރުން ލިބުނު ދަރިއެކެވެ. ހަސަނު އެކުއްޖާ ގެންގޮސް ޒަމީރަށް ދޭން ޖެހުނީ ކީއްވެހެއްޔެވެ.؟ އެނދުމަތީގައި ނިދާލާފައި އޮތް އަންހެން ކުއްޖަކީ އިރާދާގެ ދަރިއެއްހެއްޔެވެ. ހަސަނަކީ އޭނަގެ ހަލާލު ފިރިމިހާކަމުގައިވާނަމަ އޭނަގެ މޫނުމަތިން ހިތާމަޔާއި މާޔޫސްކަމެއް ފެންނަމުންދިޔައީ ކީއްވެހެއްޔެވެ؟ އެދެމީހުންނަށް ބަލަހައްޓާއިގެން ތިބެވުނީ ކިހާއިރެއްކަމެއްވެސް ނޭންގުނެވެ.

“އަންމާ….” ކޮޓަރިތެރެއިން ކުޑަ އަންހެންކުއްޖެއްގެ ރުއިމުގެ އަޑުޖެހުނެވެ. އެދެމީހުންނަށް ޚިޔާލީދުނިޔެއިން އެނބުރި އާދެވުނީވެސް އެއަޑަށެވެ. އަތުގެ ނުފުށުން ކަރުނަތަށް ފޮހެމުން އިރާދާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ހަސަނުގެ ދެލޮލުގައި ކަސްތޮޅުއެޅިފައިވާ ކަރުނަތައް އެގޮތަށް ހައްޔަރުގައި ހުއްޓެވެ. އޮއްސާލާނެ ފުރުސަތު ގެއްލުނީކަމަށްވެސް ވެދާނެއެވެ. ހަސަނުގެ ހިތަށްވެސް ވޭނާއި ތަދުކުރުވިއެވެ. ހަޤީޤަތް ފޮރުވިފައިވާ އެދެމަފިރންގެ ގުޅުމުގައި ވަނީ ކޮންފަދަ ކަޅު ވިލާގަނޑެއްހެއްޔެވެ. ދެމީހުންގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތަކުން އެދެމެދުގައި ފޮރުވިފައިވާ ތޫފާނުގެ ބާރުގަދަކަންވެސް ދިޔައީ ފެންނަމުންނެވެ. އިރާދާ ގޮސް ކޮޓަރީގެ ދޮރު ޖެހިއެވެ. ހަސަނަށް ދެލޯމަރައިލެވުނެވެ. ކަސްތޮޅު އެޅިފައިވާ ކަރުނައިގެ ކޯވަރެއް ހަސަނުގެ ލޮލުގެ ތެރެއިން ފުރޭނިގެން ކަންފަތާއި ދިމާލުން ފައިބައިގެންދިޔައެވެ.

***

“އަދިވެސް.. މިހާރު ގަޑިންވީއިރެއް އެނގޭތަ؟”

(ނުނިމޭ)

Share Article

Follow Me Written By

Hussain Aslam Abudulla

Level 1

Other Articles

Previous

ދުރުވާނެބާ – 1

Next

ބަދަލު 2

Next
October 14, 2019

ބަދަލު 2

Previews
October 14, 2019

ދުރުވާނެބާ – 1

6 Comments!

  1. Amko says:
    October 15, 2019 at 2:32 pm

    Mi story varah varah reethi ingey…Maasha Allah..E girl kuhjjaa ah kiyaani shaaya ingey…Please please please use shaaya name…when is next part..waiting for the next part..

  2. Kylie says:
    October 16, 2019 at 10:02 am

    Story hama habeys??????…… V reethi Ingey mi part vx????…….. Can’t wait fr 3……..????

  3. Ammi says:
    October 16, 2019 at 2:00 pm

    Nice…Maasha allah..waiting
    Shaya name use kohdheichey..

  4. Aisher❤️❤️❤️ says:
    October 16, 2019 at 6:25 pm

    Mi part v rythi.. n I’m waiting for nxt part❤️❤️❤️

  5. Shifna says:
    October 18, 2019 at 11:26 am

    Story varah nice.. Kn iraku next part up kohleveynee .. I can’t wait..

  6. Anonymous says:
    October 21, 2019 at 4:50 pm

    Varah reethi..shaaya name use kohdheichey

Comments are closed.



All Right Reserved!