Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ…2

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
September 22, 2024 7 Mins Read
9 Comments

​ހަނދުވަރުދިން އެރޭ…2

 

ކުއްލިއަކަށް ޒާނާގެ ލޮލުގައި އަޅައިގަތީ ލޮކް ނުކުރެވި އޮތް އޭނާގެ ފޯނެވެ. ހުޅުވާފައި އިން ޑައިރީ އެޕްގައި އިން ފޮޓޯއެވެ. ފޯނުއޮތީ ހުޝާމް އިށީނދެގެން އިން ދިމާ އެނދުގައި ކުޑަކޮށް ފަހަތުގައެވެ. ކުޑަ ހިނދުކޮޅަކަށް ޒާނާގެ ހިތް ގަނޑުވެލި ހެން އޭނާއަށް ހީވިއެވެ. މޫނުމައްޗަށް ވެރިވަމުން ދިޔަ ހާސްކަން ފޮރުވަމުން އަވަހަށް ތެދުވެ ފޯނުނަގައި ލޮކް ކޮއްލުމަށްފަހު ޖީންސްގެ ޖީބަށް ފޯނު ލިއެވެ. “ ކޯއްޗެއް ތި ފޮރުވަނީ!! “ ފަހަތުން އައިސް ޒާނާގެ ގައިގައި ބައްދާލަމުން މަޖާވެލާފައި ހުޝާމް ސުވާލުކޮށްލިއެވެ. އެހެނަސް އެ ސަކަ މިޒާޖާއި މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ޝައްކާއި ވަހުމްގެ ސުވާލު ލިސްޓް ޒާނާއަށް ރީއްޗަށް ފެންނަމުން ދިޔަކަހަލައެވެ. “އެއްޗެއް ނުފޮރުވަން” ޒާނާ ހުރީ ހުޝާމްގެ ސަމާސާގައި ބައިވެރިވާ މޫޑެއްގައެއްނޫން ކަމުން ކުރު ޖަވާބެއް ދީފައި އެ މައުޟޫއާއި ދުރަށް ދެވޭތޯ ބެލީއެވެ.

 

ކުރިމަތީގައި ހުރި ޑްރެސިންގް ޓޭބަލްގެ ލޯގަނޑުން ޒާނާއާއި ހުޝާމްގެ ކޮންމެ ހަރަކާތެއް ފިލްމެއްހެން ފެންނަމުން ދިޔައެވެ. ހުޝާމްގެ ދިގު އިސްކޮޅާއި ފުޅާބާމަތި އަދި ރީތި ހަށިގަނޑެވެ. މެދު މިންވަރަކަށް ދިގުކޮށްފައިވާ ތުނބުޅިއާއި ރާޅު އިސްތަށިގަނޑެކެވެ. ބަލާލަން ރީތި ވެފައި ފުރިހަމައެވެ. އެ އަތުގެ ތެރެއަށްލާ ކުޑަކުއްޖެއްފަދައިން ޒާނާގެ ގައިގައި ބައްދަަލައި އިރު ހީވަނީ ރީތި ފަންމިންޏެއް އޭނާގެ ވަރަތަކުގެ ތެރޭގައި ފޮރުވާލަން އުޅޭހެންނެވެ. އެއް އަތުން ޒާނާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން އަނެއް އަތުން އޭނާގެ ބޮލުގައި ޖަހާފައިވާ ހުޅި ނައްޓައިލައި އެ ދިގު ފަން އިސްތަށިނޑު މިނިވަންކޮލަމުން ލޯގަނޑުން ޒާނާގެ މޫނަށް ހުޝާމް ބަލައިލިއެވެ. “ވަރަށް ލޯބި… “ މަޑު މަޑުން ޒާނާގެ ކަންފަތް ދޮށުގައި ހުޝާމް ބުނެލި މި ޖުމްލައިން ޒާނާއަށް އިސްޖަހާލެވުނެވެ. ޒާނާއަކީ އޭނާގެ އަމިއްލަ ނަފުސް ރީތި ކަމަށް ގަބޫލު ކުރާ ކުއްޖެއް ނޫނެވެ. ނަމަވެސް ހުޝާމްގެ އެފަދަ ކޮންމެ ތަޢުރީފަކުން އޭނާ ލަދުން އިސްޖަހާލެވެއެވެ. ހުޝާމް އަދިވެސް ޒާނާއައި ގާތްވެލިއެވެ. ކޮޓަރި ތެރޭގައި ކުޅެން އިން އުމައިރް އާ މެދުވެސް ފިކުރެއް ނެތް ފަދައިން ޒާނާގެ މޫނާއި ކައިރިވެލިއެވެ. ނަމަވެސް ހުޝާމްގެ އެލޯބި އެންމެ ބޭނުންވީ އިރު ޒާނާ ވީ ހުޝާމް އަށް ބީރައްޓެހި މީހެއްފަދައިންނެވެ. ހިތުގައި ހިނގަންފެށި ތަފާތު އެކި ހިޔާލުތައް އެއްފަރާތްކޮށްލަމުން ހުޝާމްގެ އަތުގެތެރެއިން ރެކިގަނެގެން ޒާނާ ދުރަށް ޖެހިލިއެވެ.
“ކޯއްޗެއް ކައްކަންވީ މިއަދު؟ … ލީމް ޤުރުއާން ކްލާސްއަށް ދާ ގަޑިއަށް އާދެވޭނެތަ މިއަދު ދެން؟ “ ޒާނާ އަހާލީ ހުޝާމްގެ ޖަވާބު ނޭނގޭތީއެއް ނޫނެވެ. ހުޝާމްގެ ހަރަކާތްތައް ހުއްޓުވާލައި ވާހަކައެއް ދައްކާލާށެވެ.”ޱޒާ އަށް ފަސޭހަ އެއްޗެއް ހަދާލަ.. އޯކޭ ވާނެ.. އަންނާނަން ތިނެއް ޖަހާއިރު.. “ އަނެއްކާވެސް ޒާނާގެ ގައިގައި ބައްދާލަމުން ކޮލުގައި ދޮނެއްދީފައި ހުޝާމް އެނބުރިލީ ދަރިފުޅާދިމާއަށެވެ. ހުޝާމް ދާން އުޅޭކަން އެނގުމުން އުމައިރް ބޭނުންވީ ބައްޕައާއި އެކު ބޭރަށްދާށެވެ. ”ބައްޕި އަންނާނަން އަދި.. “ ލޯބިން ދަރިފުޅު އުރާލަމުން ކޮލުގައި ބޮސް ދެމުން ހުޝާމް ބުނެލިއެވެ. އަދި ޒާނާގެ އަތަށް ދަރިފުޅު ދީފައި ހުޝާމް ދިޔައީ އޮފީހަށެވެ. ހުޝާމް ދިއުމުން އުމައިރް އޭނާގެ މާމަ ކައިރީގައި ބަހައްޓާފައި ޒާނާ ބަދިގެއަށް ވަނީ މެންދުރަށް ކައްކާށެވެ.

 

”މަންމީ … ބަލާބަ..ލީމް މިއަދު ކުރެހި އެއްޗެއް..“
ސްކޫލުން އައި ގޮތަށް ދުވެފައި ގެއަށް ވަދެގެން އައިސް ލީމް ދައްކާލީ އޭނާ ކުރަހާފައި އޮތް ގަނޑެކެވެ. ” މީ ބައްޕި…މީ މަންމި.. ދެން މީ ލީމް އާއި ކޮއްކޮ..! “ ކުރެހުމުން ފެންނަ އުފާވެރި އާއިލާ ސިފަކޮށްދެމުން ލީމް ހިނިތުންވެލިއެވެ. ”ވ ލޯބި.. މާޝާالله .. ދަރިފުޅު ވަރަށް މޮޅު. ދެން ހިނގާ އަވަހަށް ފެންވަރާލައިގެން ނަމާދުކޮށްގެން ކާން… އަވަސް ކޮށްލަން ވާނެ. “ ދަރިފުޅުގެ ކޮނޑުގައި އޮތް ފޮތް ދަބަސް ނަގަމުން ޒާނާ އޯގާތެރިކަމާއިއެކު ބުނެލިއެވެ. އުމައިރް ވެސް ދޮންތި ގެއަށް އައުމުގެ އުފަލުގައި ދުވެފައި ގޮސް ލީމް ގައިގައި ބައްދާލިއެވެ. ” ކޮއްކޮ ބަލާލަބަ.. މިއޮތީ ދޮންތި ކުރަހާފަ.. “ ލީމް އޭނާގެ ކުރެހުން ކޮއްކޮއަށް ދައްކާލައިފައި އަވަހަށް ކޮޓަރިއަށް ވަނީ ފެންވަރައި ރީތިވެލާށެވެ. ޒާނާވެސް މެންދުރުގެ ކެއުން ތައްޔާރުކޮށްފައި ކުދިންނަށް ކާންދީ ނިމުމުން ދިޔައީ ފެންވަރާލާށެވެ. ނަމާދުކޮށްގެން ނުކުތް އިރު ހުޝާމް ގެ މަންމަ އާއި އެކު ދެކުދިން ބޭރުގައި ކުޅެން އުޅެއެވެ. ” ހުޝާމް އަދި ގެއަކަށް ނާދޭ..“ ސަމީރާ ބުނެލީ ހުޝާމް މެންދުރު ކާން ނާންނާތީއެވެ. ” ތިނެއް ޖަހާއިރު އަންނާނެ ވާހަކަ ބުނި.“ ކާމޭޒު މަތީ ތައްޓެއް ބަހައްޓަމުން ޒާނާ ޖަވާބު ދީފައި ކާންއިށީނެވެ. ހަމަ އެވަގުތު އޭނާގެ ފޯނު ވައިބްރޭޓް ވެލުމުން އަވަސް އަވަހަށް ފޯނު ނަގައި ކާކުތޯ ބަލާލީ މީހެއްގެ މެސެޖަކަށް ކެތްތެރިކަމެއްނެތި އިންތިޒާރުގައި ހުރި މީހެއް ފަދައި
ްންނެވެ.

 

”ކޮބާ ސިސް.. މާދަން ފްރައިޑޭ އެއްނު؟ ގެއަކަށް ނާންނަންތަ؟ “ އާދައިގެ މަތިން ޒާނާގެ ކޮއްކޮ ލީޝް ގެ މެސެޖެކެވެ. ލީޝް އަކީ ޒާނާގެ އެންމެ ގާތް އޭނާގެ ހަގު ކޮއްކޮ އެވެ. އަބަދުވެސް އޭނާގެ ހާލު ބަލައި ބައްދަލުކޮށް ޕްލޭން ކުރަނީ ލީޝް އެވެ.
’ ހްމްްްމ.. ދާނަން .. މާދަން ހެނދުނު ނައިން އަށް.. އޯކޭ ދޯ..؟ އެގަޑީގައި އާދެވޭނެ ބަލައި..؟“ ޒާނާގެ މެސެޖް ލިބުމާއެކު އެކޮޅުން ވެސް ރިޕްލައި އައެވެ. ” ކޫލް… ވިލް ކަމް އެގަޑިޔަށް.. ރެޑީވެގެން ހުންނާތި.. މިސް މައި ބޭބީސް ކޮޅުމެން…ސީ ޔޫ…“ އެއީ ލީޝާގެ ގޮތެވެ. ކައިވެނިކޮށް ތިން އަހަރުވީއިރު އަދި ދަރިޔަކު ނުލިބޭތީ ޒާނާގެ ކުދިންނަކީ އެނާ ލޯބިން ގެންގުޅޭ ކުދިންނެވެ.

 

ކައި ނިމިގެން ޒާނާ ނުކުތްއިރު ލީމް އާއި އުމައިރް ވީ ސަމީރާގެ ކޮޓަރީގައި ކަމުން އޭނާ ގޮސް އޮށޯވެލީ ކުޑަކޮށް އަރާމުކޮށްލާށެވެ. އޭރު ގަޑިން ދެގަޑި ފަނަރައެވެ. ހުޝާމް އަންނަން އަދިވެސް ވަގުތުކޮޅެއް އެބަ އޮތެވެ. ލިބުނު ހަމަ ހިމޭން އެކަނިވެރި ވަގުތު ޒާނާގެ ހިިޔާލާއި ފިކުރު އަނެއްކާވެސް ގޮސް ހުއްޓުނީ ހަނދުވަރު ދިން އެ ރީތި ރެއަށެވެ. އެ ހަނދާންތަކަކީ އޭނާގެ ޑައިރީގައި ފޮރުވާފައިވާ ސިއްރުވެރި އެކުވެރިޔާއާއި ދިމާވީ ފުރަތަމަ ފަހަރުގެ ހަނދާނެވެ.

****

 

( ޒާނާ އޭނާގެ މާޒީ ހަނދާން ކުރަމުން ލޯ މަރާލައި )

އިރުއޮއްސި އަނދިރި ވީއެވެ. ރީތި ރެއެކެވެ. އުޑުގައި ވިދާ ބަބުޅާ ތަރިތައް ފަނޑުވަމުން ދިޔަ ރަތް ވިލާތަކުގެ ތެރެއިން ފާޅުވެލިއެވެ. ކޮޓަރި ކުރިމަތީ ގޭގައި ހަދާފައި އިން ކުޑަ އަސްކަނި ދަށުގައި ކުޑަ ދޮރުކައިރީ ޖޯލިފަތީގައި އަހަރެން އިނީ ގޯތި ތެރޭގައި ހެއްދިފައިހުރި ތަފާތު ކުލަކުލައިގެ މާތަކުގެ ޖާދޫގައި ޖެހިފައި އިން ކޮކާލެއްހެންނެވެ. ގެއަކީ މާ ބޮޑަށް ހަދާފައި ހުރި ގެއެއް ނޫން ކަމުން ގޯތި ތެރޭ ބޮޑުބައި އޮތީ ގަސްތަކާ މާމެލާމެލީގެ ބަގީޗާ އެއްހެނެވެ. އަހަރެން ކަހަލަ ޤުދުރަތީ ރީތި މަންޒަރުތަކަށް ލޯބި ކުރާ މީހަކު އެންމެ ހިތްހަމަ ޖެހޭ ކަހަލަ މާހައުލެކެވެ. ގޭގައި ހަދާފައިވަނީ ތިން ކޮޓަރިއާއި ބަދިގެއެކެވެ. ސިޓިންރޫމް އެއްވެސް ނެތެވެ. ކޮޓަރިތަކުގެ ކުރިމަތިން ކުޑަވަރެއްގެ އާދައިގެ ފެންޑާ އެއް ހަދާފައި ދެން ވަށައިގެން ގަސްތަކެވެ. ގޯތި ވަށައިގެން އުސްކޮށް ފާރު ރާނާފައި މެދުން ނިވާވާގޮތަށް ޓިނުޖެހި ބޮޑު ގޭޓްއެކެވެ.
ޖޯލިފަތީގައި އޮވެ ހިޔާލުތަކަށް ގެނބެމުން ދިޔަ އަހަރެން ސިއްސުވައިލީ އަތުގައި އޮތް ފޯނެވެ. އަހަރެންގެ ކޮއްކޮ ލީޝާ ގުޅުމުން އަހަރެން އެ ފޯނު ނެގީ ހާސްކަމާއި ކަންބޮޑުވުމާއެކު އެވެ. އެއީ އަހަރެންގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން އޭނާ ވީ މާލޭގައި ކަމަށް ވާތީއެވެ. އޭނާ ބުނަން އުޅޭ އެއްޗެއް އަހަންނަށް މާ ކުރިން އިހުސާސް ކުރެވެން ފެށި ކަހަލައެވެ. ފޯނު ނަގައި ކަންފަތުގައި ޖެހުމާއެކު އަހަރެންނަށް އޭނާގެ އަޑުގައިވީ ރިހުމާއި ކަންބޮޑުވުން އެނގުނެވެ. ” މަންމަ ވ ބަލި.. މިތާ ތިބެވޭކަށްނެތް… އޮޕަރޭޝަން ކުރަން އަދި ދުވަސް ނަގާނެ.. ވެއިޓިންގ ލިސްޓް ވ ދިގު..“ ލީޝް އެއް ނޭވާއަކަށް ހުރިހާ ވާހަކައެއް އަމުނާލަމުން އަހަންނަށް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އަހަންނަކަށް އެއްޗެއް ނުބުނެވުނެވެ. އަނެއްކާވެސް ލީޝް ވާހަކަ ދެއްކިއެވެ. ” ކޮންމެސް ގޮތަކުން ހިނގާ މަންމަ ރަށަށް ގެންދަން.. މަތިން ދަންޔާ ފުދޭވަރަކަށް ހަރަދު ބޮޑުވާނެ. މަންމައަކަށް އިށީނދެގެން ގިނައިރު ނީނދެވޭ… އެހެންވީމަ އިތުރު ސީޓް ބޭނުން ވާނެ.. “ ލީޝް ގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އަހަރެން ހިތްވަރުކޮށްފައި ޖަވާބެއް ދިނީ އަހަރެންނަށް ކުރެވޭނެ މާބޮޑު ކަމެއް އޮތީމައެއް ނޫނެވެ. ” އާނ .. ކަންބޮޑު ނުވޭ.. އެބަ ބަލަން ތިކަން ހަމަ ޖެއްސޭތޯ.. މަންމަ ކައިރީ ބުނޭ ރަށަށް އައުމޭ މިވަގުތު ރަނގަޅުވާނީ.. އޮޕަރޭޝަން ކުރެވެންދެން އެންމެން ކައިރީގައި މަޑުކުރުން ރަނގަޅުވާނީ..“ އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލުމަށްފަހު ހިންދިރުވާލީމެވެ. ކެތްތެރިކަމާއި އެކު ކޮންމެ ކަމަކާއިވެސް ކުރިމަތިލުން ނޫންގޮތެއް ނެތެވެ. އަޅައިލާނެ ބައްޕައެއް ނެތެވެ. ތިމާގެ މީހުންގެ އެހީއެއް ނެތެވެ. ދެން ހުރީ ހުޝާމް އަކަށް މިއިން ކަމެއް އިހުސާސް ވެސް ވާކަމެއް ނޭނގެއެވެ. ހުޝާމް އާއިމެދު އަހަރެންގެ ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް އަހަރެންގެ ދުލުން ހާމަކުރުމުގެ ހިތްވަރެއްނެތެވެ.

 

އަހަރެން އެނބުރި ގޮސް ކޮޓަރިއަށް ވަން އިރު ކޮއްކޮ ޒީނާ ލީމް ފެންވަރުވައި ނިންދަވަން ތައްޔާރު ކުރަނީއެވެ. އަހަރެން ފެނުމުން ޒީނާވެސް ފެށީ ލީޝާ ގުޅި ވާހަކައެވެ. އަހަރެންވެސް ބޯޖަހާލާފައި ގޮސް ލީމް ނިނަދަވަން ބާއްވައި ކައިރީގައި އޮށޯވެލީމެވެ. ޒީނާ ކޮޓަރީގެ ބޮކިތައް ނިވާލައި ފަނޑު އަލިކަމެއް ދޭ ލޭމްޕް އެއް ދިއްލާލައިފައި އޭނާގެ ކޮޓަރިއަށް އެނބުރި ދިޔައެވެ. އަހަރެން ވިސްނަން އޮތީ މަންމަ ރަށަށް ގެންނަން ހުޝާމް އާއި ވާހަކަ ދައްކާނެ ގޮތަކާއި މެދުގައެވެ.

 

” ނާ… މިއުޅެނީ ތިގެއާއި ކައިރީ… ދާންވީތަ؟ “ އަަހަރެންގެ ފޯނަށް އައި މެސެޖާއި އެކު ފުންމައިގެން ތެދުވެވުނެވެ. ވާނީވެސް އެހެންތާއެވެ. އެތައް އަހަރަކަށް ވާހަކަ ދެކެވުނު އެކުވެރިޔާ އާއި ބައްދަލުވާން އުޅޭކަމުގެ ހަަަބަރު ލިބުމުން ހިތްވެސް އަވަސްވެލީއެވެ. އޭރު ލީމް އަށް އޮތީ ނިދިފައެވެ. އަހަރެން އެ މެސެޖުގެ ޖަވާބު ދިނުމުގެ ބަދަލުގައި އަވަސް ވެލީ ތައްޔާރުވެލާށެވެ. އަހަރެންގެ ހިތް އަވަސްވެ އެހާ ބާރަށް ތެޅެނީ ކީއްވެބާއެވެ. ނޭނގެއެވެ. ފުރަތަމަ ފަހަރަށް ދިމާވާން އުޅޭ ރަހްމަތްތެރިޔާ އަހަރެން ފެނުމުން ހިތައް އަރާނެ އެއްޗަކާއިމެދު ވިސްނެނީ ކަންނޭނގެއެވެ.
” ނާ…؟؟؟ ކޮބާ…؟“ އަނެއްކާވެސް މެސެޖެކެވެ. އަހަރެންގެ ހަބަރެއް ނުވެގެންނެވެ. ” އޯކޭ ގިވް މީ ޓެން ޓު ފިފްޓީން މިނެޓްސް …“ ރިޕްލައި ފޮނުވާލުމަށްފަހު އަހަރެން އަވަސް އަވަހަށް ގޮސް ފެންވަރާލައި ކަޅު ރޮނގު ދެމި ހުދުކުލައިގެ ޓޮޕެއް ލީމެވެ. އެއާއެކު ޑެނިމް ސްކިނީއެއްލައި ރަތް ކުލައިގެ ޝޯލް އެއް ނެގީމެވެ. އަހަރެންނަކީ އަބަދު ކަޅަށް ލޯބި ކުރާ މީހަކަސް މިރޭ އަހަރެންގެ ހިތް އަހަރެންގެ އަޑު ނާހާފަދައެވެ. އަހަރެން ދުވަހަކުވެސް މޭކްއަޕް އެެއް ކޮށް ލިޕްސްޓިކް ހާ ހިސާބުވެސް ނުޖައްސަމެވެ. އެހެނަސް މިރޭ އަހަރެންގެ އަތާއި ފައިވެސް އަހަރެންގެ ބާރުގެ ދަށުގައި ނުވާކަހަލައެވެ. ލީމް ހޭލެވިދާނެތީ ރީތިވާން އަހަރެން ދިޔައީ ޒީނާގެ ކޮޓަރިއަށެވެ. އޭނާގެ ރީތިވާ ސާމާނު ތަކުން އަހަރެން ކޮންމެސް ވަރަކަށް މޭކަޕްކޮށްލީމެވެ. އަދި ޕްލަމް ޝޭޑް ގެ ފަނޑު ލިޕްސްޓިކް އެއް ޖައްސާލީމެވެ. މަރޫން ކުލައާއި ގާތްކުރާ ރަތް ޝޯލް އަހަރެންގެ ހުދު ހެދުމާވެސް ވަރަށް ގުޅޭ ހެން ހީވެއެވެ. އަހަރެންގެ ކޮންމެ ހަރަކާތެއް ބަލަން ކައިރީގައި އިން ޒީނާ ހުރީ ހައިރާންވެފައެވެ. ” ކޮން ކަމެއް ތީ؟… “ އޭނާގެ އަނގަ ތަންމިނަށް ހުޅުވައިލަމުން އަހަންނާ ދިމާއަށް ބަލަން ހުރެފައި ލާނެތް ގޮތަކަށް ބުނެލިއެވެ. ” ހުޝާމްބެ އަންނަނީތަ؟ …މިރޭ މާ ހާއްސަ ރެއެއްތަ؟.. ބުނެބަލަ …!“ ޒީނާ ހުރީ ހަމަ އަސްލަށްވެސް ހައިރާންވެފައެވެ. ” ހުޝާމް އެއް ނޫން.. ފްރެންޑެއް … “ އަހަރެން ހަމަ ބުނެލުމާއެކު އަނެއްކާވެސް އޭނާ ފެށީ ސުވާލު ކުރާށެވެ. ” ކޮން ފްރެންޑެއް… ؟؟ އައި ތޯޓް ޔޫ ޑޯންޓް ހޭވް ފްރެންޑްސް…!! ބުނެބަ ކާކުތަ؟ މަށަށް ހީވެއްޖޭ… ހުޝާމްބެ އަންނައިރަކު ތިވަރަކަށް ދުވަހަކުވެސް ތައްޔާރެއް ނުވޭ.. އަނެއްކާ ވަގު ބިޓެއް ގެންގުޅެނީތަ… !! “ ލާނެތް ގޮތަކަށް ހީލަމުން ޒީނާ ކުރިޔަށް ދިޔައެވެ. ” ހްމމ.. އޯކޭތަ؟ މޭކްއަޕް މާ ގިނަ ތަ؟؟ “ އަހަރެން ލޯ އަޅައިލީމެވެ.

” ވަރަށް ރީތި.. ހީވަނީ މިރޭ ފެންނަން އިން 14 ވިލޭރޭގެ ހަނދުހެން…ދެން ބުނެބަ ކޮން ފްރެންޑެއް؟ ތިހެން ރީތިވެގެން އެހެން މީހަކާއި މީޓް ކުރަން ހުއްޓާ ހުޝާމްބެ އަތުވެއްޖެއްޔާ…؟ “ އަހަރެންގެ ހިތައް ފުރަތަމަ ފަހަރަށް ބިރުވެރިކަމެއް ވައްދައިލީ ޒީނާއެވެ.
” ކޮން އިރަކުތަ އަހަރެން ހޯދަން ހުޝާމް މިގެއަށް އަންނަނީ؟؟ ލީމް ހުންނާތީ ދުވާލުވެސް އަންނަނީ .. އަހަންނަކަށް ހިއެއް ނުވޭ އަހަރެން މިގޭގައި އަހަރެއް ވަންދެން ހުއްޓަސް އަހަރެން ކޮބާތޯ ބަލަން ހުޝާމް އަންނާނެ ހެން ލީމް ނެތިއްޔާ.. “ އަހަރެންގެ އަޑުގައިވީ ޝަކުވާގެ ރާގު ޒީނާއަށް ފުރަތަމަ ފަހަރަށް ވިސްނުނު ކަހަލައެވެ. ” އޯކޭ.. އައި އަނޑަސްޓުޑް.. ދެން ތިވަރަށް ނުވިސްނާ .. މަ ހުރެދާނަން ލީމް ކައިރީ .. އެކަމަކު ތި ފްރެންޑް އާ މަށާވެސް ދިމާ ކުރުވައްޗޭ…! “ ޒީނާ އަހަންނާއި ބައިވެރި ވެލަމުން ހީލިއެވެ.

 

” ރެޑީ… އާދޭ!! “ އަހަރެންގެ ފޯނުނަގައި މެސެޖް ކޮއްލަމުން ބޭރަށް ނުކުމެލީމެވެ. ތެދެކެވެ. ސާދަ ވިލޭރޭގެ ރީތި ހަނދުގެ އަލިކަމުން ގަސްގަހުގެ ކުރިތަކާއި ފޮޅިފައިވާ މާތައްވެސް ހިސާބަކަށް ދިއްލިފައިވާކަހަލައެވެ. ފިނި ވައިރޯޅިތަކުން އަހަރެންގެ މުޅި ހަށިގަނޑު ތާޒާކޮށްލިއެވެ. ގޭގެ ބޭރުގައި ފެންޑާގެ ކުރިމަތިން ގޭޓާއި ހަމައަށް ހަދާފައިވާ ގޭޓްވޭގެ ދެފަރާތުގައި ބޮޑު ސައިމަލުގެ އެކި ކުލަތައް ހެދިފައި ހުރި އިރު ފާރު ކައިރީގައި ހައްދާފައިވާ ކަނީރު މާގަސްތަކުން ތަނުގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. އަހަރެން ގޮސް ގޭޓްކައިރީގައި އިރުކޮޅަކު ހުއްޓިލައިގެން އެ ރީތި ހަނދަށް ބަލައިލީމެވެ. އިންތިޒާރުގެ ގިޓާ ހިފައިގެންނެވެ. ހިތުގައި ތަފާތު އެތަކެއް އިހުސާސް ތަކެއް ދައުރުވަމުންދެއެވެ. އުފަލާއި، ދެރައާއި ބިރާއި ހާސްކަމެވެ. މޫސުން ރީތި އެރޭގައިވެސް އަހަރެންގެ ހިތް ދިޔައީ ތޫފާނަކާއި ކުރިމަތި ލަމުންނެވެ.
​” ބޭރުގަ… “ މި މެސެޖް ލިބުމާއިއެކު އަހަރެން ގޮސް ގޭޓް ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ އެތައް ދުވަހެއްވަންދެން އަހަންނަށް ނުފެނި އެންމެ ގާތްކޮށް އަހަރެން ވާހަކަ ދައްކަމުން އައި އަހަރެންގެ ފޭސްބުކް ފްރެންޑެވެ. ރީހާން އެވެ.
އިސްކޮޅުން ދިގުވެފައި ބުރުސޫރަ ރީތި ކަސްރަތީ ހަށިގަނޑެކެވެ. ފިލްމް ތަކުންފެންނަ ހީރޯ އެއްފަދައެވެ. ޖާދުވީ ހިނިތުންވުމެކެވެ. ކޮންމެ އަންހެން ކުއްޖެއްގެވެސް ’ޑްރީމް މޭން‘ އަށް ވެދާނެ ފަދަ ފިރިހެންވަންތަ ހައިބަތެވެ.  އަހަންނަށް ފެނިފައިވާ ފޮޓޯތަކަށްވުރެ ހަމަ ލޮލަށް މާ ފުރިހަމައެވެ. އަންހެން ކުދިން ދީވާނާ ކޮށްލާފަދަ ފުން ނަޒަރެކެވެ. އަހަރެން އެތެރެއަށް އައުމަށް އޭނާއަށް ދައުވަތު ދެމުން އެއްފަރާތަކަށް ޖެހިލީމެވެ. އަދި ދޮރު ލައްޕާލަމުން ގޭޓް ކައިރީ ދެމީހުންވެސް މަޑުކޮށްލީއެވެ. ކޮއްކޮ ޒީނާ އާއި ސާއިމް ގޭތެރޭގައި ތިބުމުން އަހަންނަށް އެންމެ ރަނގަޅުގޮތަކަށް ފެނުނީ ބޭރުގައި މަޑުކޮށްލުމެވެ. އަހަރެންނަކީ އެކުވެރިންނާއި ބައްދަލުކޮށް ރައްޓެހިން ގެންގުޅޭ މީހަކަށް ނުވުމުން އެމީހުން ހިތައް އަރާނެ އެއްޗަކާއިމެދުވެސް ޖެހިލުންވީއެވެ. ބާރަށް ތެޅެމުން ދިޔަ އަހަރެންގެ ހިތް މައިތިރި ކުރެވޭނީ ކިހިނެތްބާއޭ އަހަރެން ހިތައްއެރިވެ. ބުނާނެ އެއްޗެއް ކިޔާނެ ބަންޖެއް އަހަންނަކަށް ނުވިސްނުނެވެ. ރީހާންވެސް ހިނިތުން ވެލަމުން އަހަންނަށް ބަލަން ހުރީއެވެ. އެ ހަމަ ހިމޭންކަން އިތުރަށް އަހަރެންގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ” ބަލާބަ… ހަނދު… ވ ރީތި ދޯ..؟“ އަހަންނަށް ބުނެވުނީ ބޭ އިޚްތިޔާރުގައި ނަމަވެސް ރީހާން އަހަންނާއި ދިމާއަށް އެނބުރިލާއި އަހަރެންގެ މޫނަށް ބަލައިލަމުން ހަތަރުކަޅި ހަމަ ކޮށްފައި ” ވަރަށް ރީތި…. “ ބުނެލި ގޮތުން އަހަންނަށް އެބުނީ ހަނދު ރީތި ވާހަކަ ކަމެއް އަހަރެން ރީތި ވާހަކަ ކަން ޔަޤީނެއް ނުކުރެވުނެވެ. ” ހަނދު ވ ރީތި…“ ރީހާން އަނެއްކާވެސް މަޑުމަޑުން އަހަރެން ކައިރިޔަށް ޖެހިލަމުން ބުނެލިއެވެ. އަހަންނަށް ބޭ އިޚްތިޔާރުގައި ނަމަވެސް ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ. ” ހިނގާ ޖޯލިފަތީގައި އިށީނދެލަން. އަހަރެމެން ޖޯލިފަތީގައި ދިހަވަރަކަށް މިނެޓް ވާހަކަ ދައްކާލަން ތިބީމެވެ. ރީތި ހަނދުވަރުގެ އަލީގައި ދެ މީހުން އެ ގޮތައް ބައްދަލުވެދާނެ ކަމަށް އަހަރެންނަށް އަދިވެސް ގަބޫލު ނުކުރެވެއެވެ. ” އެހާ ގިނައިރު މަޑުކުރެވޭކަށް ނެތް.. ކުއްޖެއްގެ ސައިކަލެއް ހޯދައިގެން މި އައީ. އޭނަ އެހެންތަނަކަށް ދާންޖެހޭ …“ ބައްދަލުވި ފުރަތަމަ ރޭ އަވަހަށް ދާން ރީހާން ބޭނުން ނުވެފައި ވާހެން އޭނާގެ އަޑުން އަހަންނަށް ފާހަނގަވިއެވެ. ” އޯކޭ .. ކޮންއިރަކުން ފުރަނީ؟ އަދި ދިމާވާނެ…؟ “ އަހަރެން ސުވާލުކޮށްލީމެވެ. ” އަދި ނޭނގެ.. ކުއްލިއަކަށްވެސް ދާން ޖެހިދާނެ.“ މިހެން ބުނެލަމުން ރީހާން ތެދުވެލައި އޭނާގެ ފޯނު ނަގަމުން އަހަންނާ ކައިރިޔަށް ޖެހިލިއެވެ. އަހަރެންގެ ހިތް އަނެއްކާވެސް ބާރަށް ތެޅެންފެށީއެވެ. ފޯނުގެ ކެމެރާ ހުޅުވައިލަމުން ” އޯކޭތަ ދެމީހުން އެއްކޮށް ސެލްފީއެއް ނަގާލަން..“ އަހަރެން ބޯޖަހާލުމުން ރީހާން އަހަންނާ ގާތަށް ޖެހިލައި ދެތިން ސެލްފީ ނަގައިލިއެވެ. ދެން ދިމާނުވެދާނެތީ ހަނދާނަކަށް ކަމަށް ބުނެލަމުންނެވެ. އަހަރެން ހިނިތުންވެލީމެވެ. ވަދާއުގެ ސަލާމަށް ރީހާން އަތް ދިއްކޮށްލުމުން އަހަރެންވެސް އެ އަތުގައި ހިފީ ދެން ފެނިދާނެ ކަމުގެ އުއްމީދު އަހަންނަށްވެސް ނެތީމައެވެ. އަހަރެން ރީހާންގެ ފަހަތުން ހިނގާފައި ގޭޓް ކައިރިޔަށް ގޮސް ގޭޓް ހުޅުވައިލީމެވެ. ގެއިން ނިކުންނަމުން ރީހާން އަނެއްކާވެސް އަހަންނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެ ހިނިތުން ވުމުގައި ޔަޤީނުންވެސް ކޮންމެވެސް ޖާދުވީ ބާރެއް ވެއެވެ. އެހާ ފަސޭހައިން އަހަރެންގެ ހިތާ ކުޅެލީ އެވެ. އެކަމަކު އަހަރެން ހަމަޖެހިލީމެވެ. އެއީ އަހަރެންގެ އެކުވެރިޔާކަން ހިތަށް ބުނެދިނީމެވެ. އަހަރެންގެ ފިރިޔަކާއި ދަރިއަކު ހުރިކަންވެސް ހަނދާންކޮށްލީމެވެ. ފުރަތަމަ ފަހަރަށް ރީހާން އާއި މެދު ދެކެވުނު ތަފާތު ގޮތް އެއީ އަހަރެންގެ ބޭ އިހްތިޔަަރުގައި ކުރެވުން އިހުސާސް ތަކެއް ކަމަށް ނިންމާލީމެވެ. ” ފުރުމުގެ ކުރިން އަދި ބަލާނަން އާދެވޭތޯ.. “ ރީހާން އަހަންނަށް ދިން އެ އުއްމީދީ ޖަވާބާއި އެކު އޭނާ ސައިކަލަށް އެރުމުގެ ކުރިން އަހަންނާ އެކު ނެގި ސެލްފީ ވައިބަަރ ކޮއްލިއެވެ. ރީހާން ދިއުމުން އަހަރެން އެނބުރިލީ ގޭތެރެއަށް ވަންނާށެވެ.
ކުއްލިއަކަށް އަހަރެންގެ ހިތް ފިނިވެ އަތާ ފައި ގަނޑުވެލީހެން އިހުސާސް ކުރެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްއަޅާލުމުންނެވެ.

(ނުނިމޭ)

​

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 15

Next

ލޯބިން ބަލާލީމާ 15

Next
September 22, 2024

ލޯބިން ބަލާލީމާ 15

Previews
September 21, 2024

ޙަޤީޤަތް ހޯދުމޭ 15

9 Comments!

  1. Hudhufinifenmaa_ Hudhufinifenmaa_ says:
    September 22, 2024 at 11:18 am

    Part 2 is here, I hope you all like it.
    Mi ee alhugandu liyaa furathama vaahaka kama vumun kiyuntheringe hiyaal vegendhaanee alhugandah libey v bodu support akah.
    So readers please comment your thoughts and feedbacks ..thankyou ☺️♥️

  2. Unknown girl says:
    September 22, 2024 at 11:56 am

    Mi part vx vrh vrh reethi…
    Zeena akee zaana ge dhahtha thr.

    1. Anonymous says:
      September 22, 2024 at 12:03 pm

      Yes .. zeena akee zaanage kohko .. zaana is the eldest.. next part ga family ge details adhi fennaane. ☺️..

    2. Anonymous says:
      September 22, 2024 at 12:04 pm

      zeena akee zaanage kohko .. zaana is the eldest.. next part ga family ge details adhi fennaane. ☺️..

    3. Hudhufinifenmaa_ Hudhufinifenmaa_ says:
      September 22, 2024 at 8:40 pm

      Thankyou unknown girl ☺️ zeena akee zaana ge kohko. Their names are so similar dhw . 😜

  3. Cutie girl says:
    September 22, 2024 at 12:58 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      September 22, 2024 at 8:37 pm

      Thank you cutie girl . 😊

  4. Dream gurll says:
    September 23, 2024 at 8:27 am

    Next part kon irakun…. 😊😊

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      September 23, 2024 at 3:33 pm

      Thursday ga, In Sha Allah ☺️

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ …3←


All Right Reserved!