ހަމްޝާ އަރައިގެން ދިޔަ ލޯންޗް ފަޅުތެރެއިން ނިކުމެގެން ދިޔަ ތަން ބަލަން އާހިލް އަށް ހުރެވުނެވެ. އެ ލޯންޗް ލޮލުކޮޅަށް ގެއްލުމުން އިސް ޖަހައިގެން ހުރެ ގެއަށް ދާން ހިންގައިގަތެވެ. ގެއަށް ގޮސް ވަތް އިރު މޫމިނާ އާއި އެލީނަ ހުރީ ސޯފާ މަތީގައި އިށީންދެލައިގެން ޓީވީ ބަލަންށެވެ. “މަންމާ ނަސީބެއްނު އޭނަ ދިޔަކަން ދެން މަށަށް ހަމަޖެހިލައިގެން އުޅެވޭނެ” އެލީނާ ފޮނި ކަނޑަ ގޮތަށްބުނެލިއެވެ. އާހިލް އޭގެން އެކަކަށް ވެސް ބަހެއް ނުބުނެ ވަނީ […]
ހަސްނާ ފެނުމުން ހަމްޝާ ގެ ލޯ އެއްކޮށް ފެން ކަޅި ވިއެވެ. ނަމަވެސް ކަރުނަތައް ހިންދާލީ ސްޓޭޖް މަތިން ހަމްޝާގެ ނަން ގޮވައިލުމުންއެވެ. ހަމްޝާ ގޮސް ސްޓޭޖަށް އެރުމުން ހަސްނާ އަށް ލިބުނީ ހައިރާން ކަމެވެ. އޭނާ ނުވަމަހާ ދިހަދުވަހު ބަނޑަށް ލައިގެން އުޅުނު ކުއްޖަކީ އެއީ އެވެ. އަދި މީގެ 6 އަހަރު ކުރިން އެއްލާލާފައި ދިޔައީވެސް އޭނައެވެ. ރަސްމިއްޔާތު ނިމި އެންމެން ވެސް ގެއަށްދިއުމަށް ހިންގައިގަތެވެ. ނަމަވެސް ހަމްޝާ އާއި އާހިލް އަދި […]
މޫމިނާ ތަންކޮޅެއް ދުރު ނޫން ހިސާބަކަށް ގޮސް ފޯނު ނަގާ ޕޮލިހުންނަށް ގުޅިއެވެ. މާގިނަ އިރު ތަކެއް ނުވޭ ޕޮލިހުން އައި އަޑު އިވެމުން ދިޔައެވެ. ޕޮލިހުން އައިސް ހާޝިމް ހައްޔަރު ކޮށްގެން ގެއިން ނެރެ ހިފައި ގެން ދިޔައެވެ. އެއިރު މީހުންތައް ހުރީ ކީއްތޯ ބަލަން ގޭގޭ ފާރު ކައިރީގަ އެވެ. ހޮސްޕިޓަލު އެނދަކުން މޫނު މަތީގައި ފޮތިގަނޑެއް އަޅައިގެން ނެރުނު ކައިލާ ފެނި އެންމެން ވެސް ހައިރާން ވިއެވެ. އެއީ ހާޝީމް މިކަހަލަ […]
އާހިލް އަވަސް އަވަހަށް ގޮސް ބަދިގެއަށް ވެދެފައި ބޮޑު ތައްޓަކަށް ހޫނު ފެން އެއްޗެއް އޮއްސައިލިއެވެ. އެއަށްފަހު އެ ފެން އެތި ހިފައިގެން ގޮސް ހަމްޝާ ގެ ކޮޓަރިއަށް ވަދެފައި އެތާންގައި އޮތް ކުޑަ ތުވާލިކޮޅު އެ ހޫނުފެން އެއްޗައް ލުމަށްފަހު ނަގާ ހަމްޝާ ގެ ނިއްކުރި މަތީ ގައި އަޅައިލިއެވެ. އެއަށްފަހު ހަމްޝާ ގެ މޫނުގައި އެ ފޮތި ކޮޅު ހާކަން ފެށިއެވެ. ޒޯޔާ އައިސް ހަމްޝާ މެން ގެއަށް ވަދެފައި ހަމްޝާ […]
“ޒީ ކޮން އިރަކުގަތަ އައީ؟ ބަލާބަލަ އަހަރެން ކައިރީގަ ނުވެސް ބުނެ ތިއައީ” ހަމްޝާ އުފަލުން ބުނެލިއެވެ. “މަ ހަމަ އައިސް ޖެޓީ މައްޗަށް މި އެރީ މިހާރު މިދަނީ ގެއަށް ގެއަށްގޮސް ފްރެޝް ވެލާގެން އަހަރެން ދާނީ ޝާ މެން ގެއަށް” ޒޯޔާ މިހެން ބުނުމުން ހަމްޝާގެ ދެދުނިޔޭގެ ބާއްޖަ ވެރިކަން ލިބުނު ފަދައެވެ. ޒޯޔާ އަކީ ހަމްޝާ ގްރޭޑް 5 ގައި އުޅުނުއިރު ދިމާވި އެކުވެރިއެކެވެ. އެހާ އިރުން ސުރެ ފެށިގެން […]
ފަތިހުގެ ފިނި ވަގުތެވެ. ހަމްޝާ ހުރީ ރަށުގެ ފުއްޓަރުފަރާތުގައި އޮންނަ ރީތި ދޮންވެލިގަނޑު މަތީގައި އިރު އަރާ މަންޒަރު ބަލަންށެވެ. ހަމްޝާ އަށް ވިސްނެމުން ދިޔައީ އޭނާގެ މަންމަ އެނބުރި ރަށަށް އަންނާނެ އިރަކާއި މެދުގައެވެ. އުމުރުން 10 އަހަރުތެރޭގައި ހަމްޝާ އެކަނިވެރި ކޮށްލާފައި ރަށުން ފައިބައިގެންދިޔަ އޭނާގެ މަންމަ ހަސްނާ 6 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އަދި ރަށަކަށްނާދެއެވެ. މިހެން ވިސްނުމެއްގެ ތެރޭގައި އިންދާ ހަމްޝާ ސިހުނީ އޭނާގެ ފޯނު އެލާމް ވާ […]
ކުއާޓާރ މެޗް ތައް ނިމި ފައިނަލް މެޗު ތަށް ފަށައިގެން ދިޔައެވެ. އަޝްމީން ގެ ޓީމު ފައިނަލް އަށް ގޮސް ފައި ވާތީ އެ ޓީމު ދިޔައީ ތައްޔާރު ވަމުން އެވެ. އަޝްމީން ގެ ހުވަފެނަކަށްވީ އެއް ދުވަހަކު ޤައުމީ ޓީމް އަށް ކުޅުމެވެ. ނަމަވެސް މި ހުވަފެނަށް ހުރަސް އެޅުނީ ފައިނަލް މެޗު ކުޅެމުން ދަނިކޮށް އަޝްމީން ގެ ފަޔަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެވެ. ދުވަސްތައް އޭގެ ހަލުއިކަމާއެކު ފާއިތުވެގެން ދިޔައެވެ. އަޝްމީން […]
ދެމީހުން ގޮސް ގެއަށް ވަތް ތަނާހެން ފެނުނީ ރިޝްވާން އާއި ރިޒްލާން ދެ ސޯފާ މަތީގައި ނިދާފަ އޮއްވާއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށް ފަހު ވިހަ ހިނިތުން ވުމަކުން ހީލިއެވެ. (14 ވަނަ ބައި) ރިޝްވާން އަށް ށާއި ރިޒްލާން އަށް ހޭލެވުނީ ދެ އަންހެން ކުއްޖަކު ހޭ އަޑު އިވުމުންއެވެ. ދެމީހުން ވެސް ސޯފާއިން ތެދުވެފައި އެކަކު އަނެކަކަށް ބަލައި ލިއެވެ. “މަންމާއި!!!!!!” ރިޝްވާން އަދި ރިޒްލާން އެކަކު […]
ސާޔަން ސްޓޫޑިއޯގެ ރިކޯޑިން ރޫމްއަށް ވަދެލިއެވެ. އެއަށްފަހު އެތާ މައިކްމަތީގައި އަޅުވާފައި އޮތް ހެޑްފޯނުނަގާ ކަންފަތުގައި އެޅުމަށްފަހު ފުން ނޭވާއެއްލުމަށްފަހު ލަވަ ކިޔަން ފެށިއެވެ. (13 ވަނަ ބައި) “ނުވާނަމޭ ބަދަލެއް ހުވާ ޔާރާ ވާނަމޭ އުމުރަށް އެކީ ޖާނާ ނޭދެމޭ ދުރުވާކަށްށެއް ލޯބިވާ ނުވާނަމޭ ބަދަލެއް ހުވާ ޔާރާ އަދު ވަޔާ ދެވި، ދުރަށް އޮޔާ ދެވި ބެހިގެން ރަށަކަށް ނަފްސު އޮޔާ ދެވި އަދު […]