Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ލޯބި ވާވަރު ބުނަން

Horror queen Level 210 Stories
March 20, 2022 8 Mins Read
1 Comment

ކުއާޓާރ މެޗް ތައް ނިމި ފައިނަލް މެޗު ތަށް ފަށައިގެން ދިޔައެވެ. އަޝްމީން ގެ ޓީމު ފައިނަލް އަށް ގޮސް ފައި ވާތީ އެ ޓީމު ދިޔައީ ތައްޔާރު ވަމުން އެވެ. އަޝްމީން ގެ ހުވަފެނަކަށްވީ އެއް ދުވަހަކު ޤައުމީ ޓީމް އަށް ކުޅުމެވެ. ނަމަވެސް މި ހުވަފެނަށް ހުރަސް އެޅުނީ ފައިނަލް މެޗު ކުޅެމުން ދަނިކޮށް އަޝްމީން ގެ ފަޔަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެވެ. 

 

ދުވަސްތައް އޭގެ ހަލުއިކަމާއެކު ފާއިތުވެގެން ދިޔައެވެ. އަޝްމީން ގެ ފަޔަށް ދުވަހަކަށް ވުރެ ދުވަހަކު ދިޔައީ ތަ ދުވަމުން އެވެ. ތަ ދުވާލެއް ބޮޑު ކަމުން އެންމެފަހުން ކެތް ނުކުރެވޭވަރުވުމުން ޑޮކްޓަރަށް ދައްކަން މަޖުބޫރު ވެއެވެ. ނަމަވެސް ޑޮކްޓަރު ދިނީ ރަނގަޅު ޚަބަރެއް ނޫނެވެ. “މާފްކުރައްވާ އަޝްމީން ގެ ފައިގެ ކަކޮލު ހުޅުވަނީ އެއްކޮށް ގުޑާލާފަ” ޑޮކްޓަރު މިހެން ބުނުމުން އަޝްމީން އިސްދަށަށް ޖަހައިލިއެވެ. އެއީ އޭނާގެ އެ ފޮނި އުންމީދު ތަށް ފެނަށް ވެއްޓުމުގެ ސަބަބުން އެވެ. ގްރޭޑް 7 ގައި އުޅެނިކޮށް ކުރަމުން ދިޔަ ހިތްވަރު އުކާލަން ޖެހުމުން އެވެ. 

 

—3 އަހަރު ފަސް—

 

ތިން އަހަރު ފާއިތުވެގެން ދިޔައެވެ. ނަމަވެސް އަޝްމީން ގެ ޚިޔާލު ބަދަލު ނުވެއެވެ. އަޝްމީން ސޯފާ ސެޓް މަތީގައި އޮށޯއްވެ ލައިގެން ފުން ވިސްނުމަކާ ތެރެއަށް ސިކުނޑި ވައްދައިލައިގެން އޮއްވާ އަޝްމީން ސިއްސައިގެން ދިޔައީ އޭނާގެ އެކުވެރިޔާ އަޔާޒް “ބްރޯ!!!!” އޭ ކިޔާފައި ހަޅޭއް ލައްވާ ގަތުމުން އެވެ. ސިއްސައިގެން ދިޔަ ގޮތުން އަޝްމީން އޮށޯވެގެން އޮތް ސޯފާ އިން މުށިގަނޑު މައްޗަށް ވެއްޓި އޭނާގެ ގެ ބޯ ވަރަށް ބާރަށް ތޮޅުން މަތީގައި ޖެހުނެވެ. “ކީކޭ؟ ކިހިނެތް ވީ؟ ކީއް ނުވަނީ؟ އަޑު ނެތްކޮޅަށް ތި ހަޅޭއް ލަވަނީ” އަޝްމީން ތޮޅުން ގަނޑު މަތިން ތެދުވަމުނަ ބޮލުގައި އަތް އަޅައިގެން ހުރެ ބުނެލިއެވެ. “އޭތް ބްރޯ އެއްކަލަ ރާކިން އެބައާދޭ މިއަދު ހަވީރު” އަޔާޒް މިހެން ބުނުމުން އަޝްމީން މޫނުހަދައިލިއެވެ. “ދެން މަ ކީއް ކުރަންވީ؟ ފަރިވަޅު ކައްކަންވީ؟” އަޝްމީން ސަމާސާ ކުރުމަށް ބުނެލި އެވެ. “ހަހް ނޫން ބްރޯ ހިންގާ އޭނަ ރިސީވް ކުރަން ދާން އެހެން ނޫނީ ބުނާނެ އޭނާ މަތިން ހަނދާން ނެތުނީއޭ އޭނާ ރިސީވް ކުރަން ވެސް ނާދެއޯ… އަވަސް” އަޔާޒް މިހެން ބުނުމުން އަޝްމީން މި ދަނީ އޭ ކިޔާ ފައި ދިޔައީ އޭނާގެ ކޮޓަރި އަށް ށެވެ. 

 

ކޮޓަރިއަށް ވަދެފައި އެންމެ ފުރަތަމަ ވެސް ދިޔައީ ފާޚާނާ އަށް ވަދެ މޫނު ދޮވެ ލާން ށެވެ. މޫނު ދޮވެ ލައިގެން ނިކުމެ މޫނުގައި ހުރި ފެންތައް ހިއްކުމަށް ފަހު އަލަމާރިން ކަޅު ކުލައިގެ ޖިންސަކާއި ކަނޑުނޫ ކުލައިގެ ‘ވޭވް’ ލޯގޯ ޖަހާފައި އޮތް އަތްދިގު ޓީޝާޓެއް ނެގުމަށް ފަހު އޭއްޗިސް ލައި ގެން ލޯގަނޑު ކުރިމަތީ ގައި ހުއްޓުނެވެ. އަދި ބޮލުގައި ޖަހާފައި އޮތް ހުޅި ނައްޓައިލިތަނާހެން އޭނާގެ ކަޅުކަން ގަދަ ބޮންފަޅި މައްޗާއި ހަމައަށް ދާ އެ ރާޅުބާނީ އިސްތަށި ގަނޑު މަޑުމަޑުން ވީއްލިގެން ދިޔައެވެ. އަދި ބޮލުގައި ކުޑަކުޑަ ޖެލް ކޮޅެއް ލުމަށްފަހު ނިއްކުރި މައްޗައް އިސްތަށި ކޮޅެއް ވައްޓައިލިއެވެ. އަދި ފާރު ކައިރީގައި އޮތް ކަޅު ކުލައިގެ ސްނިކާސް އަށް އެރުމަށް ފަހު ކޮޓަރިން ނިކުމެ ލިއެވެ. އެއިރު އަޔާޒް ހުރީ ގޭގެ ދޮރު މަތީގައެވެ. “ހިންގާ ދަމާ” އަޝްމީން މިހެން ބުނެފައި ދިޔައީ ގޭގެ ދޮރު ކައިރީ ގައި ޕާކު ކޮށްފައި ހުރި ސައިކަލާއި ދިމާލަށް ށެވެ. ސައިކަލަށް އެރުމަށް ފަހު ރަށުގެ ތުނޑި އާއި ދިމާލަށް ދާން ދުއްވައިލިއެވެ. 

 

ދެ މީހުން ގޮސް ސައިކަލު މަޑު ކޮށްލީ ރަށުގެ ތުނޑި އާއި ދިމާލުގައެވެ. އެ އިރު އަތިރި މަތީގައި ހިތައް ފިނިކޮށްލަން އެކިއެކި އުމުރުގެ މީހުން ދިޔައީ ހަލުއި ކަމާއި އެކު ގިނަ ވަމުން އެވެ. އަޝްމީން އާއި އަޔާޒް އިށިންދެލީ ތުނޑި އާއި ދިމާލުގައި ހުރި ގަހެއްގައި އެލުވާފައިވާ އުނދޯލި ތަކުގައެވެ. ދެމީހުން ވެސް އިންތިޒާރު ކޮށްގެން ދިޔައީ ރަށުގެ ފަޅު ތެރެއަށް ލޯންޗެއް ވަންނާނެ އިރަކަށް ށެވެ. މިހެން ދެމީހުން އޮލަ ވާހަކައިގައި ޖެހި އެކިއެކި ވާހަކައިގައި ހުއްޓާ ކުއްލިއަކަށް މީހަކު އައިސް ޕޮއް ކިޔާފައި ވާހަކައިގައި ތިބި އަޝްމީން އާއި އަޔާޒް ސިއްސުވައިލިއެވެ. އަޔާޒް ހުރިތަނަށް ކޮޅަށް ތެދުވެވުނީ ސިހުނުލެއް ބޮޑުކަމުން އެވެ. އަޝްމީން ދެ ތިން ސިކުންތަކަށް ނޭވާ ހިފަހައްޓައިލައިގެން ހުރުމަށް ފަހު ފުން ނޭވާއެއް ފަޒާ ގެ ތެރެއަށް ދޫކޮށްލުމަށް ފަހު އަޔާޒް އާއި ދިމާލަށް ބަލައިލިއެވެ. އަޔާޒް ހުރީ ހުރި ތާންގައި ޖަހާފައި ހުރި ގާބުދެއް ހެންނެވެ. ދެން ބަލައިލީ އެމީހުން ސިއްސުވައިލީ ކާކުތޯ ބަލައިލުމަށް ފަހަތަށް ށެވެ. ފަހަތް ބަލައިލިތަނާހެން އަޝްމީން ގެ ދެލޯ ބޮޑު ވި އެވެ. އެއީ އަޝްމީން އަށް އެންމެ ފުރަތަމަ ނަޒަރުން ލޯބި ވެވުނު އަންހެން ކުއްޖާ އެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ހަމަ އަޔާޒް ގެ އެއްމާބަނޑު ދެ ބަފާ ކޮއްކޮ ކަމަށްވާ އަނާއެވެ. އަނާ ފެނުމުން އަޝްމީން ވެސް ދެންމެ ޖެހި ގާބުދެއް ފަދައިން އެ ހުރި ގޮތަށް ހުރެވުނެވެ. ކަޅި ޖަހައި ނުލައި އަނާ އާއި ދިމާލަށް ބަލަމުން ދިޔައެވެ. އަޝްމީން އަށް ހަމަ ބިމަށް އާ ދެވުނީ ފަޅު ތެރެއަށް ވަތް ލޯންޗް އިން ފައިބައިގެން އައި ރާކިން އަޝްމީން ގެ ކޮނޑުގައި މަޑުމަޑުން ކޮއްޓައިލުމުން އެވެ. އެ އިރުވެސް އަޔާޒް ހުރީ ހަމަ އެހުރި ގޮތަށް ށެވެ. 

 

“އަނާ ފެނުނީ ދޯ؟ ދެން ވެސް ލަސް ނުކޮށް އޭނަ އަށް ޕްރޮޕޯޒް ކޮށް ބަލަ އެހެން ނޫނީ އޭނަ ކުނިކޮޅެއް ހެން ގެއްލިދާނެ….. ބްރޯ މީނައަށް ކިހިނެތް ވެފަ މިހުރީ؟” ރާކިން ލާނެތް ގޮތަކަށް ބުނެލި އެވެ. “މީނަ އެހެން ހުންނަތާ މިހާރު ވަރަށް ގިނަ އިރު ވެއްޖެ…. އަނާ އައިސް ސިއްސުވައިލިއް ސުރެ ފެށިގެން އޭނަ އެހެން އެހުރީ” އަޝްމީން މިހެން ބުނުމުން ރާކިން އަޔާޒް އާއި ތަންކޮޅެއް ކައިރި ވެލި އެވެ. 

 

“އޭތް އަޔާޒް އާދަމް ނަސީރު ކަލޭ ދަ ގްރޭޓް ސްޓެޗޫ އޮޕް ލިބަޓީ އަށް ވީ ދޯ؟ ނޫނީ ގަނޭޝް އަށް ވީ ދޯ؟  އޭތް ތި ހޭ އަރާ ބަލަ އަނެއްކާ ގަނޑުވީ ދޯ؟ އޭތް ތެދުވެ ބަލަ….” “މަންމާއި ” ރާކިން އަޔާޒް ހޭއަރުވައި ލުމުން އަޔާޒް ގެ އަނގަ އިން ނިކުތީ ހަމައެކަނި މިބަހެވެ. ކައިރީގައި ތިބި އަޝްމީން އާއި ރާކިން ގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. 

 

މިހެން އެކި އެކި ވާހަކައިގައި ޖެހި ތިން މީހުން އެއްކޮށް މަގާއި ދިމާލަށް މިސްރާބު ޖެހި އެވެ. މިހެން ވާހަކަ ދައްކަން ހުއްޓާ އަޝްމީން އާއި އަޔާޒް އަށް އެދެމީހުން ގެ ސައިކަލް ތައް ވަނީ ތުނޑިއާއި ދިމާލުގައި ކަން ހަނދާން ވީ ހަމަ ދެނެއެވެ. ދެމީހުން ދުވެ ތެޅީ ފޮޅެމުން ސައިކަލްތަކާއި ދިމާލަށް ދިޔައެވެ. 

 

—އެރޭ 9:00 ޖެހީ އިރު—

 

“އައްސަލާމް އަލައިކުމް ” ގޭގެ ދޮރު ކައިރީ ގައި ހުރެ މީހަކު ސަލާން ގޮވުމުން ދިޔައެވެ.” ވާލޭކުމް ސަލާމް ” އަޝްމީން ގެ މަންމަ ހަލީމާ ސަލާން ބަލައިގަތެވެ.” އަޝްމީން އާއި ބައްދަލު ކުރެވި ދާނެތަ؟” ގޭގެ ދޮރު ކައިރީ ގައި ހުރި މީހާ ފެނި ހަލީމާ އަޝްމީން ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށި އެވެ. 

 

ކޮޓަރީ  ގައި ހުރި ސޯފާ ގައި އިށީނދެ ގެން ފޯން އިން އިންސްޓަގްރާމް އަށް ވަދެ ގެން ހުރި އަޝްމީން އަށް ބަލަން ހުރެވުނީ އަނާ ލާފައި ވާ ޕޯސްޓް އަށް ށެވެ. އެއީ މިއަދު ހަވީރު ނެގި ފޮޓޯ އެއް ކަން އަޝްމީން އަށް ވަރަށް ރީއްޗެއް އެގުނެވެ. އެއީ މިއަދު ލައިގެން ހުރި ކަޅު ކުލައިގެ އަތްދިގު ‘ޕެސިފިކޯ’ ފޮންޓް އިން ލަވް މިހެން ލިޔެފައި ވެއެވެ. އަދި އަތުން ޕީސް ސައިން އަރުވާފައި އިން އިރު އެހާ ވެސް ރީއްޗެވެ. އަޝްމީން އަނާގެ އެ ޖާދޫގެ ތެރެއަށް ގެނބިފައި ހުއްޓާ ކުއްލިއަކަށް އޭނާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާ އަޑު އިވުމުން ދިއުމުން ސިހިފައި ބާރައް ގޮސް ދޮރު ހުޅުވައިލިއެވެ. އޭނާގެ މަންމަ ފަހަތުގައި ހުރި މީހާ ފެނި އަޝްމީން އަށް ކުޑަކޮށް ހިތްހަމަ ނުޖެހެވުނެވެ. “ކޯޗް؟!” އަޝްމީން މިހެން ބުނުމަށް ފަހު ކޮޓަރިން ނިކުމެގެން ގޮސް ސިޓިން ރޫމް ގައި ހުރި އެކަހެރި ގޮނޑިއެކެވެ އިށީނދެލި އެވެ. 

 

“އަޝްމީން މިއައީ ވަރައް ބޮޑު ކަމަކު” ކޯޗު މިހެން ބުނުމުން ކޯޗުގެ މާޔޫސް ކަން އަޝްމީން އަށް އިޚްސާސް ވި އެވެ. “އަހަރެން އަނެއްކާ އަނބުރާ ޓީމަށް ދާންވީ؟” އަޝްމީން ފުން ނޭވާއެއް ލުމަށްފަހު ބުނެލި އެވެ. ކޯޗު އާން އެކޭ ބުނުމުގެ ގޮތުން އިސްޖަހައިލިއެވެ. “ތި ކަމާ އަހަރެން ވިސްނާނަން” އަޝްމީން މިހެން ބުނުމަށް ފަހު އޭނާގެ ކޮޓަރި އަށް ވަދެ އެނދުމައްޗަށް ވެއްޓި ގަތެވެ. އެހެން އޮއްވާ އަޝްމީން އަށް ނިދުނެވެ. 

 

އަނެއް ދުވަހު ހެނދުނު އަޝްމީން އަށް ހޭލެވުނީ އޭނާގެ ފޯނު އެލާމް ވުމުން އެވެ. ތެދުވެ ރީއްޗައް ފޯނުން ގަޑި ބަލައިލިއެވެ. އެއިރު 6:15 ވެފައި ވުމުން އަވަހަށް ތަންމަތިން ތެދުވެ ފާޚާނާ އަށް ވަދެ ތާޒާ ވެލައި ގެން ހުދުކުލައިގެ ޓީޝާޓަކާއި އަޅިކުލައިގެ ޓްރަކްސޫޓެއް ލައިގެން ކުޑަ ތުވާލި ކޮޅަކުން އޭނާގެ އެ ރާޅުބާނީ އިސްތަށިގަނޑު ހިއްކަމުން ދިޔައެވެ. އަޝްމީން އިސްތަށިގަނޑު ހިއްކައި ނިމުމުން ލޯގަނޑު ކުރިމަތީގައި ހުއްޓިލުމަށް ފަހު އެތާގައި އިން މޭޒެއްގެ ކަބަޑެ އްގެ ތެރޭގައި އޮތް ކަތުރު ނަގައިފިއެވެ. އަދި އެއަށްފަހު އޭނާގެ ބޮންފަޅިއާއި ހަމައަށް ދާ އެ ކަޅުކަންގަދަ ރާޅުބާނީ އިސްތަށިގަނޑު ބުޑުދަށުން ބުރިކޮށްލި އެވެ. އެއަށްފަހު އޭނާގެ އެ ކަޅުކަންގަދަ އިސްތަށިގަނޑު ގައި ގަދަ މުށި ކުލަ ޖައްސައިލިއެވެ. 

 

—އެދުވަހު މެންދުރު—

 

އެގެއަށް އައިސް ވަތް އަޔާޒް އާއި ރާކިން ހުރީ އަޝްމީން ފެނުމާއި އެކު ހައިރާން ވެފައި އެވެ. “ބްރޯ ވަޓް ހެޕެން ޓު ޔޫއާރ ހެއަރ؟” އަޔާޒް ދެލޯ ބޮޑުކޮށްލާފައި ބުނެލި އެވެ. “ކަމެއް ނުކުރަން ހެއަރ ސްޓައިލް ބަދްކޮށްލީ މާ ބޮޑު ކަމެއް ނުކުރަން” އަޝްމީން އޭނާގެ އިސްތަށިގަނޑު ގައި އަތް ހިންގާލުމަށް ފަހު ބުނެލި އެވެ. 

 

“ދޮންބޭ!!!!!” ބޭރުން އައިސް އަޝްމީން މެން ގޭގެ ތެރެއަށް ވަތް އަނާގެ އަޑު އިވެމުން ދިޔައެވެ. އަނާ އައިސް އަޝްމީން މެން ގޭތެރެއަށް ވަންނަ ދޮރާއި ދިމާލުގައި ހުރި އަޝްމީން ފެނުމާއި އެކު ހައިރާން ވި އެވެ. އަދި އޭނާގެ މޫނަށް އެއް ކޮށް ޖަންބުކުލަވަރު ފެތުރުނެއެވެ. އަސްލު ޙަޤީޤަތް ބުނާނަމަ އަނާ ވެސް އަޝްމީން ދެކެ ލޯބި ވެއެވެ. ނަމަވެސް އަޝްމީން އަނާއަށް ވުރެ 2 އަހަރު ބޮޑުވުމުން އަޝްމީން ގާތުގައި މިވާހަކަ ބުނަން ނުކެރިފައި ހުރީ އެވެ. “ވޯވް އަޝްމީން އިސްތަށިގަނޑަށް ކީކްކޮށްގެންތަ ތި އުޅެނީ ސޫޓްސް ޔޫ ވެލް” އަނާ މިހެން ބުނުމަށް ފަހު އަޔާޒް ގާތައް ދިޔައެވެ. 

 

————–

 

ދުވަސްތައް ފާއިތުވެ ގެން ދަނީ އެވެ. މިހާރު އަޝްމީން ބިޒީ ވުމުގެ ސަބަބުން އަޔާޒް ގޭގައި އޮވެގެން އެކިއެކި ކަންކަމާއި މެދު ވިސްނަމުން ދެއެވެ. “އަނެއްކާ ކޮންކަމެއް ލާގަނެގެތް ދޯ އަޝްމީން އެ ޓީމަށް ޖޮއިން ވީ؟ މިހާރަކަށް އައިސް އަނާ ހާދަ ތަފާތުކޮށް އެ އުޅެނީ އަޝްމީން ކުރިމަތީގައި އަނެއްކާ ކޮން ކަމެއް ދޯ އެއީ؟” އަޔާޒް ގެ ސިކުނޑި ތެރޭގައި ޖަވާބު ނުލިބޭ އެތަކެއް ސުވާލު ތަކެއް ވެއެވެ. މީގެން އެއް ސުވާލަކަށް ޖަވާބު ހޯދުމަށް ޢަޒުމު ކަނޑައަޅައިގެން އަޔާޒް އޭނާގެ ކޮޓަރި ނިކުމެގެން ބޭރުގައި ހުރި ބަނބުކެޔޮ ގަހުގައި އެލުވާފައި ހުރި އުދޯލިތަކާއި ދިމާލަށް ދާން ހިންގައިގަތެވެ. 

 

ބަނބުކެޔޮ ގަސް ކައިރިއަށް ދަނިކޮށް އަޔާޒް އަށް ހުރެވުނީ އެތާންގައި އޭނާ ކޮއްކޮ އަނާ ހުރުމުން އެވެ. “އަނާ؟!” އަޔާޒް އަނާ ފެނުމާއި އެކު އަނާ އަށް ގޮވައި ލިއެވެ. “ދޮންބޭ ފޫހިވެގެން ދޯ ތި އުޅެނީ މަ ވެސް ހަމަ އެކަހަލަ ގޮތެއް” އަޔާޒް ފެނުމުން އަނާ ހިނިތުން ވެލި އެވެ. “އާން ދޮންބެ ސުވާލެއް ކޮށްލިއަސް އެންމެ ރަނގަޅުތަ؟” އަޔާޒް އަނާ ކައިރީގައި ހުރި ޖޯލީގައި އިށީންނަމުން ބުނެލިއެވެ. އަނާ އެންމެ ރަނގަޅު ކަމަށް ބުނެ އަޔާޒް ކުރާ ސުވާލެއް އަޑުއަހަން ވެގެން އޭނާގެ ކަންފަތުގައި ޖަހައިގެން ހުރި ހެޑްސެޓް ނެގުމަށް ފަހު އުނގުމަތީ ގައި ބޭއްވި އެވެ. “އާން އަޝްމީން ދެކެ ލޯބި ވޭ ދޯ ؟” އަޔާޒް މިހެން ބުނުމުން އަނާ އިސްޖަހައިލިއެވެ. “އާން މަށަކަށް ނޭންގެ ކޮންއިރަކު ކަމެއް ކިހިނެތް ކަމެއް އެކަމު މަށައް އިންގޭ އެއްޗަކީ އަހަންނަށް ހަމަ ރީއްޗައްވެސް އަޝްމީން ދެކެ ލޯބި ވެވިއްޖެ ކަން”  އަނާ އިސް ޖަހައިގެން ހުރެ ބުނެލިއެވެ.

 

———–

 

—3 ހަފްތާ ފަސް—

 

އަޝްމީން ދިޔައީ މީގެ ތިން ދުވަސް ފަހުން އޮންނަ ފުޓުބޯޅަ މެޗެއް ތައްޔާރު ވެއެވެ. ޕްރެކްޓިސް ނިންމާފައި އަޝްމީން ގެއަށް ދާން ހިންގައިގަތެވެ. ގެއާއިހަމައަށް ދެވުނު އިރު ގޭގެ ދޮރުން ނިކުންތް އަނާ ފެނިފައި ހައިރާން ވި އެވެ. “އަނާ؟!” އަޝްމީން އަނާ އަށް ގޮވައި ލުމުން އަނާ ސިއްސައިގެން ދިޔައެވެ. “އަ… އަޝްމީން ކޭން ވީ ޓޯކް” އަނާ ވަރަށް ލަދުން ހުރެ ބުނެލި އެވެ. އަޝްމީން އާން އެކޭ ބުނެފައި އަނާ ބުނަން އުޅޭ އެއްޗެއް ވަރަށް ރީއްޗައް އަޑުއަހަން ހުއްޓެވެ. “އަޝްމީން އައި…. އައި… އަ…” “އަނާ އައި ލަވް ޔޫ” އަނާ އަށް މިހެން ނުބުނެވުނީސް އަޝްމީން ބުނެލި އެވެ. އަނާ ހައިރާން ވެފައި ހުރެ އަޝްމީން ގެ އެ ރީތި މޫނަށް ބަލައިލިއެވެ. “ހަހް…. އަދި އެއް ފަހަރު އެހެން ބުނެބަލަ” އަނާ ބުނެލިއެވެ. “އައި ލަވް ޔޫ މިހާރު ތިން އަހަރު ވެއްޖެ އަނާ ވިލް ޔޫ ގޯ އައުޓް ވިތް މީ” އަޝްމީން އަނާގެ އަތުގައި ހިފުމަށް ފަހު މިހެން ބުނެލިއެވެ. އަނާގެ މޫނު ޓޮމާޓޯ އެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.  އަޝްމީން އަށް މި މަންޒަރު ފެނިފައި ކުޑަކޮށް ހިނި އައެވެ. އަދި އޭނާގެ މޫނާއި ކައިރިވަމުން ދިޔައެވެ. އަނާ އޭނާގެ ދެލޯ މާރާ ތަގުޅި ކޮށްގެން ހުއްޓެވެ. “ވިސްނާލައްޗެ މަ މި ދަނީ ދާން މަ މިހުރީ ދާހިއްލާ ފޯވެފައި އަދި ވަރަށް ވަރުބަލި ވެފަ” އަޝްމީން މިހެން ބުނެފައި އެތެރެއަށް ވަނުމަށް ދިޔައެވެ. “އަޝްމީން؟ މަޑު ކޮށް ބަލަ” އަނާ ހުރެ ލާފައި މިހެން ބުނުމުން އަޝްމީން ފަހަތައް އެނބުރިލިއެވެ. އަނާ ދިޔަ ގޮތައް ގޮސް އަޝްމީން ގެ ގައިގައި ބައްދާލި އެވެ. “އަނާ؟!…” “އަޝްމީން އައި ލަވް ޔޫ ޓޫ” އަނާ މިހެން ބުނުމުން އަޝްމީން ހައިރާން ވި އެވެ. އަދި އެއަށްފަހު ހިނިތުން ވެލާފައި އަނާ ގައިގައި ބައްދާލި އެވެ. 

 

މިހެން މާ ގިނައިރު ނުހުރެ ދެމީހުން އެކަކު އަނެކަކާ ދުރަށް ޖެހިލި އެވެ. އަދި އަޝްމީން އަނާގެ ކޮލަށް ދޮނެއް ދިނެވެ. އެއަށްފަހު ގޭ ތެރެއަށް ވަދެލިއެވެ. 

 

—3 ދުވަސް ފަސް—

 

އަޝްމީން އަނެއްކާވެސް ޓީމަށް ކުޅެން އެރުމުން ގިނަ މީހުންގެ ފޯރި ދިޔައީ ގަދަކަމުން އެވެ. މާގިނަ އިރު ތަކެއް ނުވޭ މެޗް ފަށައިގެން ދިޔައެވެ. އަޝްމީން މެން ޓީމު އާއި މިފަހަރު ބައްދަލު ކުރީ މީގެ 3 އަހަރު ކުރިން އަޝްމީން މެން ޓީމު ބަލި ކުރި ޓީމާއެކުގައެވެ. މެޗް ފޮށާގެން މެދަކާއި ހަމައަކަށް ދެވުމުން އަޝްމީން މެން ޓީމު ފުރަތަމަ ގޯލް ޖެހި އެވެ. މީގެ ސަބަބުން ސަޕޯޓަރުން ގެ ފޯރި ދިޔައީ އިތުރަށް ގަދަކަމުން އެވެ. ފުރަތަމަ ހާފް ނިމި ދެވަނަ ހާފް ފަށައިގެން ދިޔައެވެ. ސްކޯ ބޯޑުގެ ސްކޯ ގައި ވަނީ އެކެއް ސުމަކު ގެ ލީޑެކެވެ. މިހެން ކުޅެދުން ދަނިކޮށް އިދިކޮޅު ޓީމު އިން އެ ޓީމުގެ ފުރަތަމަ ގޯލް ޖެހި އެވެ. މިހެން އެއްވަރު އެއްވަރު ކޮށް ދަނިކޮށް އެންމެ ފަހުން މެޗެއް ހަމަ ޖެހިފައިވާ ވަގުތު ހަމަވެފައި ޕެނެލްޓީ އަކަށް ދާން ޖެހުނެވެ. 

 

ފުރަތަމަ ޖެހުން ލިބިފައިވަނީ އިދިކޮޅު ޓީމަށް ށެވެ. ނަމަވެސް އިދިކޮޅު ޓީމު އިން ޖަހި މީހާ އެ ޖެހި ބޯޅަ ކީޕަރު ހިފަމުން އެ ގޯލް ކާމިޔާބެއް ނުވި އެވެ. ދެން އޮތް ޖެހުން ލިބުނީ އަޝްމީން މެން ޓީމަށް ށެވެ. އަޝްމީން އަށް މިފަހަރު ޖެހުން ލިބިފައި ވުމުން ސަޕޯޓަރުން ފޯރި ނަގަމުން ދިޔައެވެ. އަޝްމީން މި ޖެހި ބޯޅަ ހޫނު ގަދަ ކަމުން ގޮސް ކީޕަރު ހިފަން ބިރު ގަތެވެ. މިހެން ކަމުން މެޗު ކާމިޔާބު ކޮއްފައި ވަނީ އަޝްމީން މެން ޓީމެވެ. 

 

—ދެމަސް ފަސް—

 

އަޝްމީން އާއި އަނާ ދިޔައީ ސައިކަލު ބުރެއް ޖަހައިލުމަށް ރަށުގެ ފުއްޓަރު ފަރާތައް ށެވެ. ފުއްޓަރު ފަރާތައް ގޮސް މަޑު ކޮށްލުމަށް ފަހު އަޝްމީން އާއި އަނާ ދިޔައީ އެތާންގައި އޯންނަ ދޮން ވެލި ގަނޑާއި ދިމާލަށް ށެވެ. “ވާވު ހާދަ ރީއްޗޭ” އަނާ ދޮން ވެލި ގަނޑު މަތީގައި އިށީންދެލަމުން ބުނެލިއެވެ. “އާން ދޮގެއް ނޫން ތި ބުނީ ކީއެއް” އަޝްމީން އަނާ ގާތުގައި އިށީންދެލަމުން ބުނެލިއެވެ. އަނާ އަޝްމީން ގެ ކޮނޑުގައި ބޯ އަޅައިލި އެވެ. އަޝްމީން ވެސް އަނާގެ ބޮލުގައި އޭނާގެ ބޯ އަޅައިލި އެވެ. ދެމީހުން ވެސް ހުރީ އެކު އަނެކަކު އަތް ގުޅުވައިގެންނެވެ. ދެމީހުން ވެސް ތިބީ އިރު އޮއްސޭ މަންޒަރު ބަލަން ށެވެ. 

 

—އަޝްމީން ގެ ނަޒަރު—

 

މީ ހުވަފެން ނޫނެވެ. މީ ހަޤީޤަތެކެވެ. ލޯޔްބަކީ ގަދަކަމުން ވެވޭ އެއްޗެއް ނޫނެވެ. އެއީ މީހާގެ ހިތުގައި އުފެދޭ އިޚްސާސް އެކެވެ. ތިމާ ކިތަންމެ ވަރަކަށް އެކަމެއް ކުރަން ބޭނުން ވެއްޖެ ނަމަ އެކަމަކާ މާ ބޮޑަށް ނުވިސްނާށެވެ. އެއްފަހަރު ވިސްނާފައި އެކަމަށް އާއެކޭ ނޫނީ ނޫނެކޭ ބުނާށެވެ. ތިމާ އަށް އެބައެއްގެ ނޫނީ އެމީހަކު ބަލި ނުކުރެވޭނެ ކަމަށް ހިތައް ބާރުވާ ށެވެ. ހިތްވަރާއި އެކު އެކަމެއް ކުރުމަށް އަޒުމް ކަނޑައަޅާ ށެވެ. ހިތް ވަރު ކުރާށެވެ. އަހަންނަކީ ވެސް ތިޔަހެން  އުޅުނު މީހެކެވެ. ނަމަވެސް އަހަރެން ހިތްވަރު ކުރުމުގެ ސަބަބުން މިއަދު އަހަރެން ކާމިޔާބާއި އެކު ދިރިއުޅެމުން މި ދަނީ އެވެ. 

 

—ނިމުނީ—

 

Mi vaahaka akii aharen aharen ge family member akah liyaa vaahaka eh… eyna aharen ge dhahtha Ahannah gon jehun libunu dhuvahu ahannah visnaidinii… miadhu aharen ge dhahtha ah gon jehun dimaa vumuge sababun eyna ah visnaidhinumah takai mi vaahaka nerunii 

 

☺️☺️I hope u all liked it ☺️☺️and enjoyed it ☺️☺️ see u after a week☺️☺️

 

   

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި – 25

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (41)

Next
March 20, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (41)

Previews
March 20, 2022

ވީމޭ އިންތިޒާރުގައި – 25

One Comment

  1. widhaadhaa ismail says:
    March 20, 2022 at 10:09 pm

    ohh nice

Comments are closed.



All Right Reserved!