ެ. ސުވާލުތަކުން ބޯހާސްވާން ފެށުމުން ހުޝާމް ޓެރަހުގެ ރެއިލިން ކައިރީ ހުއްޓި ތިރިއަށް ބަލަން ފެށިއެވެ. އެވަގުތު ހިތަށް އައި އެއްޗަކުން އަނެއްކާ ވެސް ހުޝާމްއަށް ބަލާލެވުނީ އައިޝާމެންގެ ގެއާ ދިމާއަށެވެ. އެވަގުތު އެގޭ ދޮރުމަތީގައި ހުޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އައިޝާ ފެނުމުން މެެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލާލީ މިހާރު ހުޝާމް އަކީ މީހެއްގެ ފިރިއެކޭ ހިތަށް އެރުމުންނެވެ. އައިޝާ ދޮރުމަތީގައި ހުއްޓިގެން ހުރީ އާއިލާ އެހެން މީހުންގެ އިންތިޒާރުގައެވެ. […]
ނިދިފައި އޮތް ލޫޝާއަށް ބަނޑަށް އެރި ތަދާ އެކު ކުއްލިއަކަށް ހޭލެވުނެވެ. ތަދުވާވަރުން ބަނޑުގައި ހިފަހައްޓައިގެން ކުރުގެޅިގެން ލޫޝާއޮތެވެ. އަނގަމަތީގައި އަނެއް އަތް އަޅާލީ އަޑު ނިކުމެ ދާނެތީއެވެ. ފެންބޯންވެގެން ސައިޑު ކަބަޑު މަތީގައި ހުރި ފެންފުޅިއާ ދިމާއަށް އަތް ދިއްކޮށްލިވަގުތު އަތުގައި ޖެހިގފައި ފުަޅި ވެއްޓުނީ ތިރިއަށެވެ. އިރުކޮޅަކުން ތަދު މަޑުވާހެން ހީވުމުން ގަދަކަމުން ކަހަލަ ގޮތަކަށް ފައި ސީދާކޮށްލިއެވެ. މާބޮޑަށް ހީސްލަވައިގަނެފައި ހުރިކަން އެނގުނީ އެވަގުތުއެެވެ. ވަރަށް ވަރުން ތެދުވެގެން ފާހާނާއާއި ދިމާއަށް ދިޔައީ […]
” އެއީ.. އެއީ.. އަހްްްހްހް.. އަހަންނަށް އައިޝާ ކަމުދާތީ..” އެތައް ހިތްވަރަކާ އެކު ހުޝާމަށް ބުނެވުނެެވެ. ހުޝާމް ގެ ޖުމްލައާއިއެކު އައިޝާ ކައިރިއަށް އައިސްފައިވާ ރުޅިއިތުރުވިއެވެ. ދަތްތަކަށް ބާރުކޮށްލަމުން އައިޝާ އެތަނުން ހިނގައިގަތީ ބުނަން ބޭނުންނުވާ އެއްޗެއް ބުނެވިދާނެތީއެވެ. ނަމަވެސް އަނެއްކާވެސް ފަހަތުންގޮސް ހުޝާމް އައިޝާގެ އަތުގައި ހިފިއެވެ. މިފަހަރު އައިޝާއަށް އަތް ފޮޅުވާލަން ފުރުސަތު ނުދީ އަތުގައި ހިފައިގެން ހިނގައިގަތީ ސުކޫލުން ބޭރަށް ދިއުމަށެވެ. ޓީޗަރަކަށް ފެނިދާނެތީވެސް ހުޝާމް ބިރުނުގަންނަ ކަހަލައެވެ. އެއާ ހިލާފަށް އައިޝާ […]
އައިޝާ ގެންދިއުމުން ހުޝާމް އޭނާގެ ކެމެރާއިން ނަގާފައިވާ ފޮޓޯތަށް ބަަލަން ފެށިއެވެ. އޭގައިވަނީ ކުޅެމުންދާ މެޗްގެ ދެތިން ފޮޓޮއެވެ. ދެން މުޅިންވެސް ހުރީ އައިޝާ ހިނިތުންވެފައިވާ ފޮޓޯތަކެެވެ. އައިޝާ ހިނިތުންވެފައިވާ ކޮންމެ ފޮޓޮއެއް ފެނުމުން ބޭއިހްތިޔާރުގައި ހުޝާމްއަށްވެސް ހީލެވެއެވެ. އެހެނީ އައިޝާގެ އެހިނިތުންވުމަކީ ހުޝާމް އަބަދުވެސް ދެކެން ބޭނުންވާ ހިނިތުންވުމެވެ. ހުޝާމް އެތައް އިރެއްވަންދެން އެފޮޓޯތަކަށް ބަލަން ހުރިއިރު ރޭކާނުލީ ފަހަތުގައި ހުޝާމް ގެ ހަރަކާތްތަކަށް ބަލަން ނާހިދު ހުރިކަމެވެ. ހުޝާމްއަށް އައިޝާ ކަމުދާކަން އެނގުމުން ނާހިދުކައިރިއަށް […]
” ކައިވެނީގެ ވަލީމާއެއް ދޯ.. އަނެއްކާ ކާކުބާ” އައިޝާ ކައިރިވެލަމުން އަހާލިއެވެ. އީޝާލް އަނެއްކާވެސް އެކަރުދާސްކޮޅަށް ބަލާލަމުން އޭަގައި ލިޔެފައިވާ ނަންތައްކިޔާލިއެވެ. ” ހުޝާމް ވެޑްސް ލޫޝާ” އީޝަލް ކިޔާލުމާއެކު އައިޝާގެ ބޯމަތީގައި ބޮމެއް ގޮވިކަހަލައެވެ. އަވަސް އަވަހަށް އީޝަލް އަތުން އޭތި އަތުލާ އޭގައި އޮތް އެއްޗެއް ކިޔަންފެށީ އޭގައިވާ ނަންތައް ބަދަލުވަނެނަމައޭ ހިތަށް އަރުވަމުންނެވެ. އައިޝާ މުޅިން މާޔޫސްވިއެވެ. އޭތި އަނބުރާ އީޝަލް އަތަށް ދިނުމަށްފަހު ކޮޓަރިއަށް ދިޔައީ މާޔޫސްވެފަ ހުރެއެވެ. އައިޝާއަށް ވީގޮތް […]
“އާއިލާ މީހުންގެ ބައްދަލުވުމެއް އެބައޮތް މިއަދު.. ހިނގާ ދާން..” ޕޮލިސް އަންހެންކުއްޖާ އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. ސޮފިއްޔާ އިތުރު ބަހެއް ނުކިޔާ އަންހެން ކުއްޖާ ފަހަތުން ދާންފެށިއެވެ. ދޮރެއް ހުޅުވާލަމުން އެތެރެއަށް ވަންނަން ބުނުމުން ސޮފިއްޔާ އެތެރެއަށް ވަނެވެ. ސޯފާގައި އިށީނދެއިން މީހާ ފެނުމާއެކު ސޮފިއްޔާ ދެބުމަ ގޮށްޖަހާލައި ދެއަތް މުށްކަވާލިއެވެ. ” ބޭބެ ކީއްކުރަން ކޮންމެހެން މިތަނަށް ތިއައީ.. ބޭބެ ތީ އަހަރެންގެ ދުޝްމިނަކަށްވުރެެވެސް ނުބައިމީހެއް.. އަހަރެންގެ ރޭވުންތައް ބޭބެއާއި ހިއްސާކުރަމުން އައީ ބޭބެތީ އަހަންނަށް […]
” އަލްހަމްދުލިﷲ.. ވަރަށް އުފާވެރި ހަބަރެއް.. އަނެއްކާ އެއީ ކޮންކުއްޖެއް؟” ހާރޫނު ސުވާލުކޮށްލިއެވެ. ” އެއީ ޖެހިގެން ހުރިގޭ ހާރޫނުބެގެ އައިޝާ” ހުޝާމްގެ ޖުމްލައިން ހެވިފައި އިން ހަބީބާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އަނގައަށް ލާން ނެގި ގުޅަ ތަށިތެރެއަށް ވެއްޓުނެވެ. ނިތްކުރިއަށް ރުގިނަވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހިބާ އާއި ހައިފާ އަށް މޫނު ކުނިކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ހަބީބާއަށްވީ ގޮތް ފެނި ހުޝާމް އާއި ސާމީއަށް އެދިމާއަށް ބަލާލެވުނެވެ. ދެއަތުން މޭޒުމަތީގައި ޖަހަމުން ހަބީބާ […]
ހާރޫނު ރުޅުގަދަވެފައި ސޮފިއްޔާ ކޮބާތޯ ސުވާލުކޮށްލުމުން އީޝަލް ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަދި ހާރޫނު ބާރު ހިނގުމެއްގައި އެދިމާއަށް ދާންފެށުމުން އީޝަލް އައިޝާއަށް ބަލާލީ ކަމަކާ ޝައްކުވެގެން ބަލާލާފަދަ ގޮތަކަށެވެ. އީޝަލްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީ އީޝަލްގެ މޫނުފެނި އައިޝާ އިސްޖަހާލި ގޮތުންނެވެ. އީޝަލް ދެފަރާތަށް ބޯހޫރާލަމުން ސޮފިއްޔާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ކޮޓަރިއާ ހިސާބަށް ނުދެވެނީސް ހާރޫނު ސޮފިއްޔާ އަތުގައި ހިފާ ދަމަމުން ނިކުންނަތަން ފެނުނެވެ. އޭރު ސޮފިއްޔާ އެހެން […]
ސައްދާމް ދޮރު އެތެރެއަށް ބާރަށް ކޮށްޕާލުމާއެކު ދޮރުގައި ހިފަހައްޓައިގެން ހުރި އައިޝާ އަރިއަޅާލައިގެން ވެއްޓުނެވެ. އަދި އެވަގުތު ސައްދާމް އެތެރެއަށް ވަދެ ގޭދޮރު ލައްޕާލައި އައިޝާއަށް ބަލާލިގޮތުން އައިޝާގެ މެޔަށްފިނިވެގެން ދިޔައެވެ. ސައްދާމް އައިޝާ ކައިރިއަށް ދިއުމަށް ފިޔަވަޅެއް އަޅާލުމާއެކު އިންތަނުން ތެދުވެވުނު ގޮތެއްވެސް އައިޝާއަކަށް ނޭނގުނެވެ. ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަން އުޅުނު ވަގުތު ސައްދާމް ދުވެފައި އައިސް ކުރިމައްޗަށް އެރިއެވެ. ” ޕްލީޒް މިތަނުން ދޭ.. އަހަންނަކީ ތިހީކުރާ ކަަހަލަ ކުއްްޖެއް ނޫން” ތުރު ތުރު […]