15 އަހަރުގެ ޔަމާނީއަށް މިފަދަ ރަހުމް ކުޑަ އަމަލަކާއި ކުރިމަތި ލާން ޖެހުނު މިއީ އޭނާގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރެވެ. ޔަމާނީ އެއްތައް އިރަކު އެހެން އިނުމަށްފަހު ގެއަށް ދިޔުމަށްޓަކައި އެއިން ތަނުން ވަރަށް އުނދަގޫކަމާއި އެކު ކޮޅަށް ތެދުވިއެވެ. ނަމަވެސް ޔަމާނީ ހަމަ ތެދުވުމާއިއެކު ، އެތެރެ ހަށީން ނަގައިގެން ދިޔަ ދިލައާއި އަރައިގެން ދިޔަ ތަދެއްގެ ސަބަބުން ހަމަ އެ ސިކުންތުގައި ޔަމާނީއަށް މަޖުބޫރުވީ އަލުން އަނބުރާ ކުރިން އިންތަނުގައި އިށީނުމަށެވެ. […]
މީހުން ނޫޅޭ ފަޅު ހިސާބެއްގެ ހިމޭން އަތިރިމަތީގައި ހުރި ޖޯލި ފައްޗެއްގައި ރުކްޔާން އޮތެވެ. ބަލާލި ކޮންމެ މީހަކަށްވެސް އޭނާ އެއޮތީ ކޮންމެވެސް ފުން ހިޔާލަކަށް ގެނބިފައި ކަން ވަގުތުން އެނގޭނެއެވެ. އާނއެކެވެ. ރުކްޔާންގެ ސިކުނޑީގައި އެނބުރެމުން އެދަނީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެ އޭނާގެ ހިތި މާޒީ އެވެ. އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. އޭރު އޭނާއަށް އަޅައިލާ އޯގާތެރިވާ އަދި ނިމުމެއް ނެތް ލޯބި ދޭނެ އަންބަކު ހުއްޓެވެ. އަދި އޭނާއަށް […]
ސަލާމަތައް އެދި ޔަމާނީ ގޮވަމުން ދިޔަ އިރު ވެސް އެމީހުންގެ ހިތަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. އެ މީހުން ގޮސް ރޮއެރޮއެ އޮތް ޔަމާނީ އެތާގައި ހުރި ފަޅު ގެއަކަށް ވައްދާ ، އެތަނުގައި ހުރި ފަތްޖެހި އެނދެއްގައި ބާއްވާފައި އެފަކީރަށް ގުޑި ނުލެވޭ ވަރަށް ބަނެވެ. އޭގެ އިރުކޮޅެއް ފަހުން އެތާ ތިބި އެންމެން ފޮނުވައިލާފައި ޔަމާނީގެ ކައިރިއަށް އެއައީ ނުފައިލް ނޫން ދެވަނަ ދެމީހެއް ނޫނެވެ. ” ކޮބާ ޔަމާނީ. އެބަ […]
އެއީ އަހަރެންގެ އުމުރުން 9 އަހަރުގައި އެވެ. ބ. އޭދަފުއްޓައް ދިއުމަށްޓަކައި އަހަރެންނާއި އަހަރެންގެ އާއިލާ މީހުން ފުރީ ހުކުރު ދުވަހެއްގެ ހެނދުނު 6 ޖަހާ ކަންހާއިރު އާދައިގެ ދޯންޏެއްގައި އެވެ. ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ހިތްގައިމު ދުވަހެއް ކަމުން މޫދުގައި އެންމެ ރާޅުބާންޏެއް ހާ މިންވަރު ވެސް ނެތެވެ. ދޯނީގައި ތިބި މީހުން ދިޔައީ މަޖާކޮށް ސަކަރާތް ޖަހަމުން ނެވެ. ކުދިވެރިން ދިޔައީ ފޯރީގައި ތާސްބައި ކުޅެ މަޖާކުރަމުންނެވެ. ބޮޑެތި މީހުން ތިބީ އޮލަ […]
ފާތުމަ އިލޮށިފަތި ހޯދަނީ އެވެ. އެއްވެސް ތާކުން އިލޮށިފައްޗެއް ނުފެނުނެވެ. ފާތުމަ ގޮސް މަންމަ ގާތުގައި އިލޮށިފަތި ވީ ކޮންތާކުތޯ ސުވާލުކުރުމަށް މަންމަ ބުނީ އިލޮށިފަތި ވީތަން މަންމައަށް ނޭނގޭ ކަމަށެވެ. ފާތުމަ ރުޅިއައިސްގެން ފަތިވަރެއް އަމުނައިލުމަށް ފަހު އަނެއްކާވެސް އިލޮށިފަތި ހޯދުމަށް އެތަން މިތަނަށް ހާވަން ފެށިއެވެ. ހޯދާ ހޯދާ ވަރުބަލި ވީއިރު ވެސް ފާތުމައަކަށް އިލޮށިފައްޗެއް ނުފެނުނެވެ. ފާތުމަ ރުޅިއައިސްގެން މޫނު ކޮނިކޮށްފައި ހަޅޭއްލަވަމުން ލަވަމުން ގޮސް ކޮޓަރިއަށް ވަދެ އަތުގައި ހުރި ހުރިހާ […]
ދުވަމުން ދުވަމުން އައިސް ޔަމާނީ ގެއަށް ވަން އިރު ޔަމާނީ ހުރީ ބިރުން ގޮސް ހަލާކުވާ ވަރު ވެފައެވެ އެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ބިރުގަނެފައި ހުރި ޔަމާނީގެ ރީތި ބޮޑު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޔަމާނީ ގެއަށް ވަން އަޑު އިވުމާއި އެކު ، ކައިގޭގައި ހުރި ޔުބީން ބޭރަށް ނުކުތް ވަގުތު ފެނުނު މަންޒަރުން އޭނާގެ ބަޑި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ވާނީ […]
އާދައިގެ މަތިން ޔަމާނީ ރޭގަނޑުގެ އެކްސްޓަރ ކުލާސް ނިންމާފައި ގެއަށް ދާން ހިނގައި ގަތީ އެކަނިމާ އެކަންޏެވެ އެވެ. ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން ޔަމާނީގެ ހިތަށް ވަނީ ބިރުވެރި ކަމެއް ވެރިވެފައި އެވެ. އޭނާ ފޮތްތައް މެއާއިލާ ބޮނޑިކޮއްލީ ގަސްތަކުގެ ތެރެއިން ވާލެއް ރޮއެގަތް އަޑަށެވެ. އޭނާގެ ގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރުގައި ކަމުން ޔަމާނީ ކެތްތެރި ކަމާއެކު ހިނގަމުން ދިޔަ އެވެ. ކުއްލިއަކަށް ޔަމާނީގެ ރީތި ކަޅުކަން ގަދަ ފަން ދިގު […]