Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިއެހެނިހެންމަޖާ

އަހަރެންގެ ޙަޔާތުގެ ޞަފްޙާ އެއް ………

Lilly Aish Level 110 Stories
November 3, 2020 2 Mins Read
5 Comments

އެއީ އަހަރެންގެ އުމުރުން 9 އަހަރުގައި އެވެ. ބ. އޭދަފުއްޓައް ދިއުމަށްޓަކައި އަހަރެންނާއި އަހަރެންގެ އާއިލާ މީހުން ފުރީ ހުކުރު ދުވަހެއްގެ ހެނދުނު 6 ޖަހާ ކަންހާއިރު އާދައިގެ ދޯންޏެއްގައި އެވެ. ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ހިތްގައިމު ދުވަހެއް ކަމުން މޫދުގައި އެންމެ ރާޅުބާންޏެއް ހާ މިންވަރު ވެސް ނެތެވެ. ދޯނީގައި ތިބި މީހުން ދިޔައީ މަޖާކޮށް ސަކަރާތް ޖަހަމުން ނެވެ. ކުދިވެރިން ދިޔައީ ފޯރީގައި ތާސްބައި ކުޅެ މަޖާކުރަމުންނެވެ. ބޮޑެތި މީހުން ތިބީ އޮލަ ވާހަކައިގައި އެވެ. އަހަރެން އިނީ އަހަރެންގެ މަންމަގެ އުނގުގައިއެވެ. ކުއްލިއަކަށް އަހަރެންގެ މޭނުބައި ކޮށްފާ ހޮޑު ލަވަންފެށި އެވެ. މަންމަ އަހަރެން ގޮވައިގެން ގެގަނޑު ތެރެއިން ބޭރަށް ނުކުތީ ސާފު ވައިލިބުނީމާ ރަނގަޅު ވާނެއޭ ކިޔާފައި އެވެ. ކުއްލިއަކަށް އުޑުމަތި ބަނަވެ ކަނޑު ގަދަ ވާން ފެށިއެވެ.

މަންމަ އަހަރެން ގޮވައިގެން އަލުން އަނބުރާ ގެގަނޑުގެ އެތެރެއަށް ވަނެވެ. އިރުކޮޅެއް ނުވެ ބޯކޮށް ވާރޭ އޮއްސައިލިއެވެ. އަދި އެވަރުން ނުވެގެން ވައި ވެސް ގަދަވާން ފެށިއެވެ. ވާރޭގެ ސަބަބުން އެއްވެސް އެއްވެސް ރަށެއް ނުފެނެއެ. ދޯނި ހީވަނީ ދެންމެ ދެންމެ ބަންޑުން ޖަހާފާނެހެންނެވެ. ދޯނީގައި ތިބި ބައެއް މީހުން ދިޔައީ އޭދަފުށީގައި ތިބި އާއިލާގެ މީހުންނާއި ގުޅޭތޯ މަސައްކަތް ކުރަމުން ނެވެ. އެންމެންގެ ހިތަކަށް ހާސްކަން ވެރިކުވީ އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނި އެއްްޗަކުންނެވެ.” މިކޮޅަކަށް ވާރޭ އެއް ނުވެހޭ. އަދި މިހިސާބުގެ އެއްވެސް އަތޮޅެއްގެ ރަށަކަށް ވެސް. “ އެންމެގެ ހިތްތަކުގައި ހާސްކަމާއި ބިރުވެރިކަން ރަސްކަން ކުރަންފެށި އެވެ. އެއްބަޔަކު އަޑުން އަޑު ނަގާ ރޯންފެށިއެވެ. އަނެއްބަޔަކު ބޮލަށް އެނބުރުން އެރުމުގެ ސަބަބުން ހޮޑުލާން ފެށިއެވެ. އަހަރެން އޮތީ ބިރުގަތުމުގެ ސަބަބުން މަންމަގެ އުނގުތެރެއަށް ބޮނޑިވެ ހިތާ ހިތުން ސަލާމަތައް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ކޮށްލަކޮށްލައެވެ.

ދޯނިތެރޭ ގުގުމަމުން ދިޔައީ ވޭނީ ރުއިމުގެ އަޑެވެ. ސަލާމަތައް އެދި ދުޢާ ކުރާއަޑެވެ. ކުއްލިއަކަށް ވެހެމުން ދިޔަ ވާރޭގެ ފުށްގަނޑުގެ ތެރެއިން ރަށެއް ފެންނަން ފެށި އެވެ. ދޯނި ދުއްވަން ހުރި މީހާ އެ ރަށަށުގައި ވިއްސާރަ ތުނިކުރަންދެން މަޑުކުރުމަށް އިރުޝާދުދިނެވެ. ނަމަވެސް އެގޮތް ދޯނީގައި ތިބި އެކަކު ވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން ދޯނި އެދުއްވާފައި ދިޔަގޮތަށް ދިޔައީއެވެ.

ބަރާބަރު 3 ގަޑިއިރު ދުއްވުނު އިރު ވެސް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ނަމަވެސް އޭރު ވަނީ ވިއްސާރަ ހުއްޓާފައިއެވެ. ވައިވެސް ވަނީ މަޑު ވެފައިއެވެ. އަހަރެން އިރުކޯކޮޅާ މަންމަ ގާތުގައި ރަށަށް ދެވޭނީ ކިހާއިރަކުތޯ ސުވާލު ކުރަމެވެ. ކޮންމެ ފަހަރަކު ވެސް މަންމަ ހިނިތުން ވެލާފައި ދެމުން ދިޔައީ އެއްޖަވާބެކެވެ. ވަރަށް އަވަހަށެވެ. އެކަމަކުވެސް މަންމަގެ ލޮލުތެރޭގައިވާ ބިރުވެރި ކަމާއި ހާސްކަމެއް އަހަރެންނަކަށް ސިއްރެއް ނުވެއެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް ކަމެއް އެނގޭކަމަށް ވެސް ނަހަދަމެވެ. އަހަރެން ވެސް ގަބޫކުރަމުން ދިޔައީ މަންމަ ބުނިހެން ވަރަށް އަވަހަށް ރަށަށް ދެވޭނެ ކަމަށެވެ.

ގާތްގަނޑަކަށް 30 މިނެޓް ފަހުން އެންމެންގެ އިންތިޒާރަށް ނިމުމެއް އައެވެ. ކުރިމަތިން ދިޔައީ 3 ރަށް ފެންނަމުންނެވެ. ދޯނި ދުއްވަން ހުރި މީހާ ބުނަމުން ދިޔައީ އެއީ ކުޑަރިކިލާއި ، އޭދަފުއްޓާއި ، ގޮއިދޫ ކަމަށެވެ. ހަމައެހެން އެމީހާ ބުނުމާއެކު އަހަރެންގެ ދައްތަ އެއާއި ވިއްދާ ބުންޏެވެ. އެއީ ފައިނާއި ، ކިނޮޅަހާއި ، އިނގުރައިދޫ އެވެ. އެ ބަހުސް ފެށުމާއި އެކު އެންމެންގެ ހިތްތަކަށް ވެރިވެފައިވާ ބިރުވެރިކަމާއި ހާސްކަން މަޑުމަޑުން ފިލައިގެން ދާން ފެށި އެވެ. އެންމެންގެ ތުންފަތް ފޫއަޅުވާފައި ނިކުންނަމުން ދިޔައީ މަޑު ހުނުމެއްގެ އަޑެވެ. އަހަރެން ވެސް އިނީ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން އެ ބަހުސް ބަލާށެވެ. އެންމެ ފަހުން ދައްތަ އެ ބަހުސް ނިންމައިލަމުން ބުނީ އެ ރަށަށް ޖެއްސީމައި އެއީ ކޮން ރަށެއް ކަން އެނގޭނެއެއް ނޫންހެއްޔެވެ.

ދޯނި ގޮސް ކުރިމަތީގައި އޮތް 3 ރަށުން ކުރެ އެއް ރަށުގައި ޖެއްސި އެވެ. އާދެ އެއީ ކޮން ރަށެއް ތޯއެވެ. އެއީ އެ ދޯނި ވަކި މަންޒިލަކަށް ދިޔުމަށް ޓަކައި އޭގެ ދަތުރު ފެށި ރަށެވެ. އާދެ އަހަރެންގެ ރަށް ކަމުގައިވާ ރ. އިނގުރައިދޫ އެވެ. އެންމެން ދޯނިން ފައިބަމުން އެއް އަޑަކުން ބުންޏެވެ. މިއަދު މި އޮތީ ރަށް ވަށައިގެން ބުރުޖެހިފައި އެވެ.

އަދިވެސް އެދުވަހުގެ ބިރުވެރިކަމާއި ހާސްކަމާއި އަދި އެ މަޖާ ބަހުސް އަހަރެންގެ ހިތުން ފިލައިގެން ނުވެއެވެ. ނުވެސް ދާނެއެވެ.

ނިމުނީ

Share Article

Follow Me Written By

Lilly Aish

Level 110 Stories

Other Articles

Previous

ތިން ލަފްޒުން (10)

Next

އެ ބިރުވެރި ރޭ ( ތިންވަނަ ބައި )

Next
November 3, 2020

އެ ބިރުވެރި ރޭ ( ތިންވަނަ ބައި )

Previews
November 3, 2020

ތިން ލަފްޒުން (10)

5 Comments!

  1. Fathimath Midhuha says:
    November 3, 2020 at 6:13 am

    I am 15 years old and I love to read and write stories. Hope you like it… ??

  2. ?Ril? says:
    November 3, 2020 at 1:33 pm

    heiii miduha
    vrh sali mi stry
    masaha allah
    adhi vess mi kahala ehen stry akha wait kurevey ingyyy
    stay safe and take gud care
    btw can u tell me frm which island are u or kon atoll eh plss dont mind ingeyy

    1. Fathimath Midhuha says:
      November 3, 2020 at 4:20 pm

      Thanks Ril.?? I’m just from Raa attol.☺️
      By the way stay safe and be safe Ril

  3. Shaleen says:
    November 3, 2020 at 5:10 pm

    Hi it’s me shaleen
    Mee hageegee haadhisaaehtha?
    Majaa vejje kiyaaleema
    Hehe

  4. NERF says:
    November 3, 2020 at 8:55 pm

    Wow midhuha, varah reethi mi story ves, stay safe take care

Comments are closed.



All Right Reserved!