އެ ބިރުވެރި ރޭ ( ތިންވަނަ ބައި )
ސަލާމަތައް އެދި ޔަމާނީ ގޮވަމުން ދިޔަ އިރު ވެސް އެމީހުންގެ ހިތަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. އެ މީހުން ގޮސް ރޮއެރޮއެ އޮތް ޔަމާނީ އެތާގައި ހުރި ފަޅު ގެއަކަށް ވައްދާ ، އެތަނުގައި ހުރި ފަތްޖެހި އެނދެއްގައި ބާއްވާފައި އެފަކީރަށް ގުޑި ނުލެވޭ ވަރަށް ބަނެވެ. އޭގެ އިރުކޮޅެއް ފަހުން އެތާ ތިބި އެންމެން ފޮނުވައިލާފައި ޔަމާނީގެ ކައިރިއަށް އެއައީ ނުފައިލް ނޫން ދެވަނަ ދެމީހެއް ނޫނެވެ.
” ކޮބާ ޔަމާނީ. އެބަ ކަމެއް ކުރެވޭތަ ؟ މިރޭ ޔަމާނީ ޖެހޭނީ އަހަރެން ހެދިހާ ގޮތެއް ހަދަންދެން ތިހެން ރޯލަރޯލަ އޮންނަން. “ ނުލަފާ ފާޑަކަށް ނުފައިލް ހިނިގަނޑެއް ޖަހައިލުމަށް ފަހު އޭނާ ޔަމާނީއާއި ކައިރިވާން ފެށިއެވެ.” ނުފައިލް. ނޫން. އަހަރެންނަށް ތިހެން ނަހަދާ. އަހަރެންނަށް މައާފް ކުރޭ. ހެޔޮނުވާނެ އަހަރެން ދޫކޮށްލާ. އާދޭސް ކުރަން. “ ރޮމުން ގިސްލަގިސްލައިފައި އާދޭސް ކުރަމުން ދިޔަ ޔަމާނީގެ އެއްވެސް އާދޭހެއް ނުފައިލްއަށް އަޑުނީވޭ ކަހަލައެވެ. ނުފައިލް ދިޔައީ އޭނާ ހިތަށް އެރިހާ ގޮތެއް ޔަމާނީއަށް ހަދަމުންނެވެ.
ނުފައިލްގެ ހިތް ފުރޭވަރު ވުމުން އޭނާ ޔަމާނީއާައި ދުރުވެ ލުމަށް ފަހު ޔަމާނީގެ އަތާއި ފައި އައްސާފައިވާ ވާތައް މޮހައިލައިފައި ، ޔަމާނީއާއި ދިމާއަށް ނުރައްކާތެރި ކަމާއި އެކު ބަލައިލިއެވެ. އަދި ހީލުމަށް ފަހު އޭނާ ޔަމާނީގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ބުންޏެވެ. ޔަމާނީ. މިރޭ މި ހިނގާ ދިޔަ އެއްވެސް ކަމެއް މީހެއްގެ ކައިރީގައި ބުނެފިއްޔާ ދެން ވާނެ ގޮތް ޔަމާނީގެ ހިތަށް ވެސް ނުގެނެވޭނެ. ހަނދާން ބަހައްޓާއްޗޭ. “ ޔަމާނީގެ މޫނުން އޭނާގެ ދެއަތްތިލަ ނައްޓާލާފައި ހިނގައި ގަތުމަށްޓަކައި ތެދުވެ ތެދުވެ ހުރި ނުފައިލްގެ އަތުގައި ޔަމާނީ އޭނާގެ ގައިގައި ނެތް ހިތްވަރެއް ލާފައި ހިފިއެވެ.” ނުފައިލް. ހީނުކުރާތި އަހަރެންނަށް މިހެން ހަދާފައި ސަލާމަތް ވެވޭނެ ކަމަށް.“ ރުއިމާއި ހަޅޭއްލެވުމުގެ ސަބަބުން ކުރަކިވެފައިވާއަޑުން ޔަމާނީ ބުންޏެވެ.
ނުފައިލްއައި ރުޅިން އޭނާގެ އަތުގައި ހިފާފާ ޔަމާނީގެ އަތް ގަދަކަމުން ނައްޓާލާފައި އެތަނުން ނިކުމެގެން ދިޔައެވެ. ނަމަވެސް ނުފައިލްއަށް ނޭނގުނު ކަމަކީ އޭނާގެ އަތުގައި އަޅާފައި އޮތް ކެވެލި ކޮޅު ކެނޑިގެން ދިޔުމުގެ ސަބަބުން ޔަމާނީގެ އަތުތެރެއަށް އެކެވެލި ކޮޅު ވެއްޓުނު ކަމެވެ.
ޔަމާނީ އޭނާގެ އަތުގައިވާ ނުފައިލްގެ ކެވެލި ކޮޅަށް ފުންކޮށް ބަލައިލިއެވެ. އެއީ ނުފައިލްގެ ނަން ލިޔެފައިވާ ރީތި ރިހި ކެވެލި ކޮޅެކެވެ. އެ ކެވެލި ކޮޅު އޭނާގެ އަތުތެރޭގައި ބޮނޑިކޮށްލުމަށް ފަހު އޭނާއަށް ލިބިފައިވާ ޒަހަމްތަކުގައި ޔަމާނީ ފިރުމައިލިއެވެ. ޔަމާނީގެ ކުޑަކުޑަ ސިކުނޑި ތެރޭގައި ހިނގަމުދަނީ ދެންމެ ނުފައިލް ހިނގާފައި ދިޔަ އަނިޔާވެރި އަމަލުތަކެވެ. އެ ނިކަމެތި ކުއްޖާގެ ލޮލުން ދިޔައީ ކަރުނައިގެ ހިމަފޮދު ވާރޭ ވެހެމުންނެވެ. އެލޯބި ކުއްޖާގެ ފިނިފެންމަލެއްފަދަ ރަތް ތުންފަތުން ނުކުމެގެން ދަނީ ވޭނީ އާހުގެ އަޑެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Hii guys. Here is the 3 rd part of the story. Hope you like it ?? And thanks for the support you guys ☺️☺️
Varah Reethi mashaa allah curiously waiting for the next part