އެ ބިރުވެރި ރޭ ( ހަތަރުވަނަ ބައި )
15 އަހަރުގެ ޔަމާނީއަށް މިފަދަ ރަހުމް ކުޑަ އަމަލަކާއި ކުރިމަތި ލާން ޖެހުނު މިއީ އޭނާގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރެވެ. ޔަމާނީ އެއްތައް އިރަކު އެހެން އިނުމަށްފަހު ގެއަށް ދިޔުމަށްޓަކައި އެއިން ތަނުން ވަރަށް އުނދަގޫކަމާއި އެކު ކޮޅަށް ތެދުވިއެވެ. ނަމަވެސް ޔަމާނީ ހަމަ ތެދުވުމާއިއެކު ، އެތެރެ ހަށީން ނަގައިގެން ދިޔަ ދިލައާއި އަރައިގެން ދިޔަ ތަދެއްގެ ސަބަބުން ހަމަ އެ ސިކުންތުގައި ޔަމާނީއަށް މަޖުބޫރުވީ އަލުން އަނބުރާ ކުރިން އިންތަނުގައި އިށީނުމަށެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު ޔަމާނީ އަނެއްކައި ވެސް ވަރަށް އުނދަގޫލާއިއެކު ކޮޅަށް ތެދުވެ އެތަނުގައި ހުރި ބާވެ ހަސްނެތިފައިވާ އަލަމާރީގައި ލެނގިލިއެވެ. ވަރަށް ހާލުން އެއް ތަނުން އަނެއް ތަނުގައި ހިފަހައްޓައިގެން ޔަމާނީ އެގޭތެރެއިން ބޭރަށް ނުކުތީ މީހެއްގެ ކުރިމައްޗަށް އެރޭނެ ކަމަކަށް ނޫނެވެ.
ޔަމާނީގެ ކުރިމަތީގައި ހުރި 18 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ ފެނުމުން ޔަމާނީ ސިއްސައިގެން ދިޔައެވެ. ” ޔަމާނީ… ތިމަންނައަށް ހީވީ ހަމަ ރަނގަޅަށް ދޯ… އެ ނުލަފާ ނުފައިލް ހަމަ އެ ގެނައީ ޔަމާނީ ދޯ… އަހަރެން ނަށް ވުރެ ދެ އަހަރު ބޮޑުވިއެއް ކަމަކު އޭނަ ބޭނުން ގޮތަކަށް ނޫޅެވޭނެ… ޔަމާނީއަށް މިހެން ހަދާފައި އޭނާގެ ބޮލުން މިކަމެއް ކަޓުވައެއް ނުލެވޭނެ… އަހަރެން ޔަމާނީގެ މަންމަގެ ކައިރީގައި މިވާހަކަ ބުނާނަން.. “ އެ ކުއްޖާ ގޮށްމުށް ކަވާފައި ބޭރު ފާރުގައި ޖެހިއެވެ. އެ ކުއްޖާ މަންމަ ކައިރީ ނުފައިލްގެ ވާހަކަ ބުނާނެ ވާހަކަ ބުނުމުން ޔަމާނީއަށް މަންމައަށް އެކަން އެނގުމުން ކުރާނެ އަސަރު ވިސްނުނެވެ.
އޭނާއާއި ހުރެ ޔަމާނީގެ މަންމަ ދެރަވެ ރޯކަށެއް ޔަމާނީއަށް ބޭނުމެއްނޫނެވެ. ޔަމާނީ އެކުއްޖާގެ އަތުގައި ހިފާ ރޮއެ އާދޭސް ކުރަން ފެށިއެވެ. ” ސާޔަން. ޕްލީޒް މިވާހަކަ މަންމަ ގާތުގައި ނުބުނައްޗޭ… މަންމަ ދެރަވެ ރޮއެ ބަލާކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެ…. ޕްލީޒް “ ” އޯކޭ އޯކޭ. ތިއްތަ ކައިރިއަކު މިވާހަކަ އެއް ނުބުނާނަން. އެކަމަކު މި ކަމާއި ގުޅިގެން އެއްވެސް ބަދަލެއް މާނީއަށް އަންނަންޔާ ތުއްތު ބުނާނަން މި ވާހަކަ ތިއްތަގެ ގާތުގައި. އެހެން ވީމާ ހިނގާ ތުއްތު އާއި އެކީ ގެއަށް ދާން… އަވަހަށް ރުޔުން ހުއްޓައިލާ… “ ސާޔަން ޔަމާނީގެ ގައިގާ ބައްދައިލަމުން ބުންޏެވެ.
ޔަމާނީ ރުއިން ހުއްޓާލުމަށް ފަހު ސާޔަންއާއި ދުރަށް ޖެހުމަށް ފަހު ސާޔަންއާއި ސުވާލުކުރިއެވެ. ”ކިހިނެށް ތުއްތުއަށް އެނގުނީ ނުފައިލް އަހަރެން މިތަނަށް ކިޑްނެޕް ކޮށްގެން ގެނައި ކަން؟ “
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Hii guys. Here is the fourth part of the story. Hope you like it.. ☺️☺️