ކާރު ދިޔަ ގޮތަށް ގޮސް ހުއްޓާލީ ބްލެކް ރޯސް ޕްރައިވެޓް ސުކޫލްގެ ގޭޓް ކުރިމައްޗަށެވެ. ******** ” ދަރިފުޅާ މުދައްރިސުންގެ ބަސްއަހާތި އިނގޭ. ބައްޕަ މިދަނީ. ސްކޫލް ނިމޭ ގަޑިއަށް ޑުރައިވަރު ޞާދިޤު ފޮނުވާނަން ދަރިފުޅު ބަލާ. “ ރައިނާ ކާރުން ފޭބުމުން، ޒާހިދު ކާރު ދުއްވާލަމުން ބުނެލި އެވެ. ހިނިތުން ވެލާފާ ރައިނާ ބޯޖަހާލިއެވެ. މަޑުމައިތިރި ހިނގުމެއްގާ ގޭޓުން އެތެރެއަށް ވަދެގެން އައި ރައިނާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް ކުއްޖަކު އޭނާގެ ކަނާއަތުގާ އޮޅުލައި […]
އެ އިވުނީ ބަންގީގެ މަތިވެރި އަޑުން ދުވަސް ފަށައިދިން އަޑެވެ. ރައިނާ އޭނާގެ ގައިމަތީ އަޅާފައިވާ މަޑުމަޑު ފިޔާތޮށި ކުލައިގެ ރަޖާގަނޑު އެއްފަރާތް ކޮށްލުމަށްފަހު ކަންނެތް ގޮތަކަށް އޭނާގެ ދެލޯ އުނގުޅާލިއެވެ. ރައިނާ އެނދުން ފައިބައިގެން ގޮސް ތުވާލި ހަރުގާ އަޅުވާފައި ހުރި ފިޔާތޮށި ކުލައިގެ ތުވާލި ހިފައިގެން ގޮސް ފާހާނައަށް ވަނެވެ. އޭނާގެ މިސްރާބު ހުރީ ފާހާނަތެރޭ ވަކިން ބިއްލޫރި ޖަހާ ހަދާފައި ހުރި ފެންވަރާ ބަޔާ ދިމާއަށެވެ. ފެންވަރާ ބަޔަށް ވަދެ ވުމުން ރައިނާ […]
އެ ބިރުވެރި ރޭ…… އާދައިގެ މަތިން ޔަމާނީ ރޭގަނޑުގެ އެކްސްޓަރ ކުލާސް ނިންމާފައި ގެއަށް ދާން ހިނގައި ގަތީ އެކަނިމާ އެކަންޏެވެ. ރޭގަނޑުގެ އަނދިރިކަމުގެ ސަބަބުން ޔަމާނީގެ ހިތަށް ވަނީ ބިރުވެރި ކަމެއް ވެރިވެފައި އެވެ. އޭނާ ފޮތްތައް މެއާއިލާ ބޮނޑިކޮއްލީ ގަސްތަކުގެ ތެރެއިން ވާލެއް ރޮއެގަތް އަޑަށެވެ. އޭނާގެ ގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރުގައި ކަމުން ޔަމާނީ ކެތްތެރި ކަމާއެކު ހިނގަމުން ދިޔަ އެވެ. ކުއްލިއަކަށް ޔަމާނީގެ ރީތި ކަޅުކަން […]
އެ ހަނދާންތަކުން މިއަދު ވެސް މަގޭ ހިތަށް ކަށި ހެރެއެވެ. އެއީ ހިތްދަތި ވޭން ގަދަ ހަނދާން ތަކެކެވެ. އެ ޚިޔާލުތައް އާވެގެންދާ ކޮންމެ ފަހަރަކު ވެސް މެއަށް ތޫނު ތަދެއް އަރައެވެ. ހިތް ލޭކަރުނަ އަޅައެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ހާލުގައިއެވެ. އެއީ މީގެ 20 ސަކަށް އަހަރު ކުރިއެވެ. އަހަރެން އުޅެމުން އައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. މާލޭގައި ގަނޑުވަރެއް ފަދަ ބޮޑު ރީތި ގެއެއްގައިއެވެ. އަހަރެންނަކީ މަންމަ އާއި ބައްޕަގެ ހުރި […]
ޔަމާނީއަށް ހުރިހާ ދިމާއަކުން ވެސް ފެންނަނީ ކަޅު އަނދިރި ކަމެކެވެ. ގަސް ބޯ ޖަންގަތްޔެވެ. ކުރިއަށް ނުވަތަ ފަހަތަށް ދެވޭނެ މަގެއް ނެތެވެ. ހުރިހާ ދިމާއެއް ވެސް ވަނީ ގަސްތަކުގެ ސަބަބުން ބެދިފައި އެވެ. ކުއްލިއަކަށް ޔަމާނީގެ ކުރިމަތިން ފާޅުވީ ނުފައިލް އެވެ. އެއަށްފަހު މޫނު ނިވާކޮށްގެން ތިބި ދެމީހުން ނެވެ. އެ ދެމީހުން އައި ގޮތަށް އައިސް ޔަމާނީގެ ދެ އަތުގައި ހިފެހެއްޓި އެވެ. ނުފައިލް މަޑުމަޑުން އައިސް ޔަމާނީއަށް ލުއި ހިނިތުންވުމެއް ދިނުމަށް ފަހު […]
އަޅުގަނޑު މިވާހަކައިގެ ފަހު ބައި ގެނެސް ދިނުން ލަސްވާތީވެ ތިޔަ އެންމެހާ ކިޔުންތެރީންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. ﷲ އިރާދަ ކުރެއްވިއްޔާ މިވާހަކައިގެ އެންމެ ފަހުބައި މި ހަފްތާގެ ހުކުރު ދުވަހު (29 ޖެނުއަރީ 2021) ގެނެސް ދޭނަމެވެ.
ޔަމާނީ ރުއިން ހުއްޓާލާފައި ސާޔަންއާއި ދުރަށް ޖެހިލުމަށް ފަހު ސާޔަންއާއި ސުވާލުކުރިއެވެ. ”ކިހިނެށް ތުއްތުއަށް އެނގުނީ ނުފައިލް އަހަރެން މިތަނަށް ކިޑްނެޕް ކޮށްގެން ގެނައި ކަން؟ “ ***** ” އަސްލު ތުއްތު ދިޔައީ މާނީމެން ގެއަށް ދާންވެގެން. އެހެން ދަނިކޮށް ތުއްތުއަށް އަޑު އިވުނީ ކުއްޖަކު ވަރަށް ބާރަށް ރޮއެ އާދޭސް ކުރާއަޑު. އެހެންވެ ތުއްތު އަވަހަށް އެތާހުރި މިދިލި ގަހުގެ ނިވަލަށް ވާތީ. އެއަށްފަހު ކުޑަކޮށް ބޭރަށް ބޯދިއްކޮށް ލާފައި ބަލައިލީ އެއީ ކާކުތޯ. […]
އަޅުގަނޑުގެ ޓެސްޓު ތައް ނިމުނުހާ އަވަހަކަށް މިވާހަކައިގެ 5 ވަނަ ބައި ގެނެސްދޭނަން. އިންތިޒާރު ކޮށްލައްވާ…….