ހިތި މާޒީ…
މީހުން ނޫޅޭ ފަޅު ހިސާބެއްގެ ހިމޭން އަތިރިމަތީގައި ހުރި ޖޯލި ފައްޗެއްގައި ރުކްޔާން އޮތެވެ. ބަލާލި ކޮންމެ މީހަކަށްވެސް އޭނާ އެއޮތީ ކޮންމެވެސް ފުން ހިޔާލަކަށް ގެނބިފައި ކަން ވަގުތުން އެނގޭނެއެވެ. އާނއެކެވެ. ރުކްޔާންގެ ސިކުނޑީގައި އެނބުރެމުން އެދަނީ ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެ އޭނާގެ ހިތި މާޒީ އެވެ.
އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. އޭރު އޭނާއަށް އަޅައިލާ އޯގާތެރިވާ އަދި ނިމުމެއް ނެތް ލޯބި ދޭނެ އަންބަކު ހުއްޓެވެ. އަދި އޭނާއަށް ލޯބިން ބައްޕާއޭ ކިޔާފައި ގޮވާލާނޭ ކުއްޖަކު ހުށްޓެވެ. ނަމަވެސް އެމީހުން ދޭ ލޯބީގެ ބަދަލުގައި ރުކްޔާންއަށް ކޮންމެ ދުވަހަކު ވެސް އެމީހުންނަށް ދެވެނީ ވޭނާއި ހިތްދަތިކަމެވެ. ކޮންމެ ދުވަހަކު ވެސް ދެއިރު ކައި ބޭހެއް ފަދައިން ރުކްޔާން އޭނާގެ އަންހެނުންނަށް އަނިޔާ ކުރެއެވެ. އެވަރުން ނުވެގެން ރުކްޔާން ދަނީ އޭނާގެ ދަރިފުޅާއި ދިމާއަށް ހިތަށް އެރިހާ އެއްޗެއް ގޮވަމުން ނެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ރުކަޔަން ކިތަންމެ ވަރަކު އޭނާގެ އަނބިމީހާ، ޔާލާޔަށް އަނިޔާ ކުރިއެއްކަމަކު ޔާލާ އަނގައިން ހަމަ އެއްވެސް އެއްޗެއް ނުބުނެޔެވެ. ލިބޭ ކޮންމެ އަނިޔާއަކަށް ޔާލާ ދަނީ ކެއްތެރި ކަމާއެކު ކެއް ކުރަމުން ނެވެ. ރުކްޔަން އަށް ކުރެވުނީ ހަމަ އެންމެ ކުށެެވެ. އޭނާ އަނބިމީހާ އަށްވުރެ ބޮޑަށް މަސްތުވާ ތަކެތި ދެކެ ލޯބި ވެވުނު ކަމެވެ.
ފަހުންފަހުން އައިއްސަ ރުކްޔަން އޭނާގެ ވަގުތުތަށް ހޭދަކުރަމުން އަންނަންފެށީ އޭނާގެ ރަށްޓެހިންނާ އެކީގައެވެ. ސައްވީސް ގަޑިއިރު މަސްތުަކަން މަތީގައެވެ. އެހެން ރުކްޔާން އުޅެމުން ދިޔައިރު އޭނާ ހަނދާންނެތުނު ކަމަކީ އޭނާގެ އަނބިދަރިން ތިބިކަމެވެ. ގެޔަށް ވަންނަން އޭނާގެ ހިތަށް ގިނަފަހަރު ނުވެސް އަރައެވެ. ގެޔަށްދާ ކޮންމެ ފަހަރަކުވެސް އޭނާ މަސްތުވެފާ ހުރި ސަބަބުން އަންންނަނީ ގޭގެތެރޭގާ ބޮޑު ހައިޒާނު ގަނޑެއް އުފައްދާފައެވެ.
އެންމެބޮޑަށް ޔާލާ ދެރަވަނީ ކުޑަކުޑަ ޔުކްތާ އުޅޭގޮޔް ފެނުމުން ނެވެ. އިިންތިހާ ބައްޕަދެކެ ލޯބިވާ ޔުކްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ޝަކުވާޔަކީ ބައްޕަ ގެޔަށް ނައަންނަ ށަކުވާއެވެ. އޭނައާ އެކު ވަގުތު ހޭދަނުކުރާ ޝަކުވާއެވެ. ޔުކްތާގެ ހިތުގައި ބައްޕައަށްޓަކާ ވާ ލޯބި ފެންނަ ކޮންމެ ފަހަރަކު ޔާލާގެ ދެލޯ ފެންކަޅި ވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔޭ، އެދަރިފުޅު ރުކްޔާން ދެކެވާ ލޯބީގެ ބަދަލުގައި ރުކްޔާންއަށް ހަމައެކަނި ދޭން އިނގޭ ކަމަކީ އަނިޔާއެވެ.
ޔާލާޔަށް މިހުރިހާ މަންޒަރެށްވެސް ފެނެއެވެ. ނަމަވެސް ޔާލާ އެކަންތަށް ހުށްޓުވަން ޔާލާ ކުރާ ހުރިހާ މަސައްކަތެއް ދަނީ ބޭކާރު ވެގެންނެވެ. އެދޭތެރޭ ޔާލާ ވަދެފިނަމަ ރުކްޔާން ދަނީ އޭނާއަށްވެސް އޭގެ ދެ ގުނަ އަނިޔާ ކޮށްފައެވެ. ކޮންމެ ފަހަރަކުވެސް ރުކްޔާން ގެޔަށް ދިޔުމުން ޔާލާޔަށް ކުރެވޭ ހަމައެކަނި ކަމަކީ ޔުކްތާ އޭނާގެ މެޔާލާ ބޮނޑިކޮށްލައިގެން އިނދެ ރުއިމެވެ. އޭނާ ގޭގާ ނުހުންނަ ވަގުތު ފަހަރެއްގަިވެސް ރުކްޔާން އައިސް އޭނަގެ ލޯބިވާ ދަރިފުޅަށް ގޮތެއް ހަދާފާނެތީވެ އޭނާ ކިތަންމެ ކުޑަތަނަކަށް ދާއިރުގައިވެސް އޭނާ ދަނީ ޔުކްތާ ގޮވައިގެން ނުވަތަ އޭނާގެ މަންމަ ގެޔަށް ޔުކްތާލާފައެވެ.
ރުކްޔާން މިހާރު ޔާލާޔަށާ ޔުކްތާޔައް ހަރަދުނުކުރާތާ ކިތަށް މަސްކަމެށް ބުނެދޭން ނޭންގެޔެވެ. އެކަމަކުވެސް ޔާލާ އެކަމަކާ އެއްވެސް ޝަކުވާއެއް ނުކުރެޔެވެ. ފިރިމީހާ ރުކްޔާން ދެކެވާ ލޮއިއްބެއްގެ ބޮޑުކަމުންނެވެ. ބުނާހާވެސް އެއްޗަކީ ތަނަކުން ވަޒީފާއެއް ހޯދައިގެން މަސަތްކަތެއް ކޮއްލަބަލާށެވެ. ނަމަވެސް ޔާލާގެ އަނގައިން އެހެންބުނާ ދުވަހަކު ވެއްޖެއްޔާމު އޭނާ އެދުވަހުގެ ބާކީ އޮތްބައި ހޭދަކުރަން ޖެހޭނީ ރުކްޔާންގެ އަނިޔާވެރިކަމުގެ ވަކިތަކުގެ ދަށުގައެވެ.
ވާނީވެސް އެހެންތާއެވެ. ސައްވީސް ގަޑިއިރު ހަމައިގައި ނުހުންނަ މީހަކަށް އަނިޔާކުރުމަކީ މާބޮޑުކަމަކަށް ނުވާނެއެވެ. ޔާލާ ނޫން އެހެން މީހެއްނަމަ މިހާރު ރުކްޔާން މަތިން ސަލާމަތް ވާނެތާ ކިތަންމެ ދުވަހެކެވެ. ޔާލާ އެހާލުގާވެސް ކެއް ކުރަމުން އެގެންދަނީ ކުޑަކުޑަ ޔުކްތާގެ ހައްގުގައެވެ. ޔުކްތާ އޭނާގެ ބައްޕަގެ ލޯބިން މަހުރޫމު ނުކުރުމަށެވެ.
އެއްދުވަހެއްގެ ހެނދުނެވެ . ރޭގަނޑު ރުކްޔާންގެ އިންތިޒާރުގައި އިން ޔާލާޔަން އޮތީ ބޭރު ސޯފާގައި ނިދިފައެވެ. ޔާލާޔަށް ހޭލެވުނީ އޭނާގެ ގައިގައި މީހަކު ކޮށްޓާހެން ހީވުމުންނެވެ. ޔާލާ ރަނގަޅަށް އެމީހަކާ ދިމާއަށް ބަލާލިއިރު އެއީ ފުލުހެކެވެ. އެމީހާ ބުނި ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ރުކްޔާން 5 އަހަރަށް އެހެން ރަށަކަށް އަރުވާ ލެވޭނެއެވެ. ޔާލާޔަށް ލިބުނު ސިހުމާ އެކު ވަގުތުން އޭނާ ޕޮލިސް ސްޓޭށަނަށް ދިޔައެވެ. އަދި ވެގެން އުޅޭ ގޮތް އޮޅުން ފިލުވިޔެވެ.
ކަންވެފައި އޮތްގޮތަކީ އޭނާ ރޭގެ ވަގުތެއްގައި މާރާމާރީ ހިންގީއެވެ. އެދުވަސްވީ ޔާލާއާއި ރުކްޔާންގެ ގުޅުމުގެ އެންމެ ފަހުދުވަސް ކަމަށެވެ. ޔާލާ ރުކްޔާން ގެ ކިބައިން މިނިވަން ވުމަށްފަހު ޔުކްތާ ގޮވައިގެން އޭނާގެ މަންމަގެ ގެޔަށް ބަދަލުވީއެވެ. ރުކްޔާން އަށް ހަމަވެސް މި ލިިބުނީ އެ ދުވަހުއެވެ. ލޯބިވާ އަނބިމީހާޔާ ދަރިފުޅު އަތުން ބީވި ފަހުންނެވެ.
މާޒީގެ ފުންކަނޑުން އޭނާޔަށް ބޯ ހިއްލައިލެވުނީ މީހަކު ގޮވަން ފެށުމުންނެވެ. އޭނާގެ މާޒީގެ ހިތި ޞަފުޙާތައް ލައްޕާލާފައި ރުކްޔާން ހިނގައިގަތީ އެމީހާއާއި އެކު މިސްކިތަށް ދިޔުމަށްޓަައެވެ.
ނިމުނީ
One Comment
Comments are closed.


This is written by me and my little sis. Hope you like it ☺️☺️