Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 4

eysh Level 510 Stories100 Comments100 Login500 Comments
April 14, 2018 11 Mins Read
64 Comments

މާޒީގައި އޭނައާއި ދޭތެރޭ ކަންތައް ހިނގާފައިވަނީ އިންސާފަކުންނޫނެވެ. އެހެނަސް އޭނަ ހިތްވަރުކުރަމުން އެދަނީ އެކަމުން އަރައިގަނެވޭތޯއެވެ. އެފަދަ ކަމެއް ދެވަނަ ފަހަރަށް އޭނައަށް ކުރިމަތިވިޔަ ނުދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް އޭނަ ކުރާނެއެވެ.

******

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ވާހަކައެއް ދައްކަން އެބައޮތްކަމުގައި ސީރީން ބުނުމުން ޒީވާ އާއި ލިވާން އަދި ނޫމާންވެސް މަޑުކޮށްލައިގެން ތިބީ އެވާހަކައެއްގެ އިންތިޒާރުގައެވެ.

މަންމަ އަންނަންދެން ލިވާން އޮތީ ސޯފާގައި ޖައްސާލައިގެން ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގެ މައްޗަށް ފައި ލައިގެން ލޯމަރާލައިގެންނެވެ.

ޒީވާ އައިސް ލިވާންގެ އަރިމަތީގައި އިން ސޯފާގައި އިށީންނަމުން ލިވާންއާއި ދިމާއަށް ބަލާލިއެވެ. ތުނިކޮށް ބެހެއްޓިފައިވާ ލިވާންގެ ތުނބުޅީގެ ސަބަބުން ފިރެހެންވަންތަކަން އިތުރުކޮށްދީފައި ވެއެވެ. ސްކައި ބްލޫކުލައި އަތްދިގު ޓީޝާޓު އުޅަނބޮއްޓާއި ހަމައަށް ކަހާލާފައިވުމުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.

ޒީވާއަށް ސިހުން ގެނުވީ ނޫމާން ޓީވީ ހުޅުވާލުމުންނެވެ. އޭނަ ލިވާން އާއި މެދު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ ގޮތް ނޭނގޭ މީހެކޭ ޒީވާގެ ހިތަށް އެރިއެވެ. އެއްބައި ފަހަރު ފެންނަ ކަމަށްވެސް ހަދާނުލާނެއެވެ. އަނެއްބައި ފަހަރު އެހާ އޯގާތެރިއެވެ. ހަމައެއާއިއެކު ރުޅިއައިސް ހަޅޭއްވެސް ލަވައި ގަނެފާނެއެވެ. ސިއްރުން ފުރިފައިވާ މީހެކޭ ޒީވާގެ ހިތަށް އެރިއެވެ. އެއާއިއެކު ލިވާން އާއި މެދު ފޫހިކަން ހިތުގައި އުފެދިއްޖެއެވެ.

މާގިނަވަގުތު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ސީރީން އައިސް އިށީއިނީ ޒީވާގެ ކައިރީގައެވެ. ޒީވާގެ ބޮލުގައި ފިރުމާލުމަށްފަހު ދައްކަން އުޅޭ ވާހަކަ ފެށުމަށް ތައްޔާރުވެލިއެވެ.

“މަންމަ ދައްކަން މިއުޅޭ ވާހަކަ ދަރިފުޅުމެން ދެކުދިންވެސް ވަރަށް ރަނގަޅަށް އަޑު އަހައްޗޭ. މީ މަންމަގެ ވަރަށް ބޮޑު އެދުމެއް. މިއެދުން ފުރިހަމަކޮށްދިނުމާއި ނުދިނުން އޮތީ ދަރިފުޅުމެންގެ އަތްމަތީގައި. ދަރިފުޅުމެން މިއެދުމާއި ދެކޮޅު ހެދިޔަސް މަންމަގެ އެއްވެސް މައްސަލައެއް ނެތް. މަންމަގެ ހިތް ހަމަ ސާފުވާނެ. މަންމަ މިގޮތަށް ނިންމީ ވަރަށް ވިސްނާފައި” ސީރީން ވާހަކަ ފެށީ އެކަމުން ނުކުމެދާނެ ނޭދެވޭ އަސަރަކަށް ވިސްނައިގެންނެވެ.

“މޯމް. މޯމްގެ ކޮންމެ ނިންމުމަކީވެސް އަޅުގަނޑު ރެސްޕެކްޓް ކުރާނެ ނިންމުމެއް. މޯމް ނުނިންމާނެ އަޅުގަނޑަށް ދެރަވާގޮތަކަށް އެއްވެސް ނިންމުމެއް.” ވާނުވާ ނޭނގޭ ހާލު ލިވާން އެއްބަސްވި ނަމަވެސް ލިވާންގެ އިތުބާރުގެ ސަބަބުން ސީރީންއަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

“ދަރިފުޅުމެން ބޭނުންވެއެއްނު އިތުރު ތައުލީމް ޚާސިލްކުރުމަށް ރާއްޖޭން ބޭރަށްދާން ދޯ..” ޒީވާ އާއި ދިމާއަށް އެނބުރިލަމުން އެސުވާލުކޮށްލުމުން ޒީވާ ހީކުރީ ދައްކަންއުޅެނީ ކިޔެވުމުގެ ވާހަކަ ކަމަށެވެ. ޒީވާ ރައްދުގައި ހިނިތުންވެލިއެވެ.

“ދަރިފުޅުމެން އެއްވެސް ކުއްޖަކު މީހަކާއި އިންނަން ގަސްތުކޮށްފައި އެބައޮތްތަ؟…. އޮތިއްޔާ މަންމަބޭނުންވޭ އެނގެން. މަންމަ ވަރަށް ބޮޑަށް ބޭނުން ތިދެކުދިންގެ ކައިވެނިވުމަށް” އެއްފަހަރު ޒީވާއަށް އަނެއްފަހަރު ލިވާން އަށް ބަލާލުމަށްފަހު ދުރުދުރުން އެހެންނަމަވެސް ވިސްނުންތެރިކަމާއިއެކީ އަސްލު މައުޟޫއަށް ސީރީން ދިޔައެވެ.

ކައިވެނީގެ ވާހަކަ އިވުމާއިއެކު ސޯފާގައި އޮށޯވެގެން އޮތް ލިވާންއަށް ކުއްލިއަކަށް ތެދުވެ އިށީނދެވުނެވެ. އޭނާއަށް ފުރަތަމަވެސް ބަލާލެވުނީ ޒީވާ އަށެވެ. އޭނައަށް ޒީވާގެ މޫނުވެސް މިލައިގެން ދިޔަތަން ފެނުނެވެ. ހިތުގައި މަންމައާއިމެދު ފުރަތަމަ ފަހަރަށް ޝަކުވާއުފެދުނެވެ. އޭނާގެ ހަޔާތަށް މީހަކު ގެނައުމުގެ އިޚްތިޔާރު އޭނައަށް ލިބެންޖެހޭނެއެވެ. ނަމަވެސް އެއީ މަންމައެވެ. މަންމަގެ އެދުމަށް ފުރަގަސްދޭނީ ކިހިނަކުން ހެއްޔެވެ؟

އަނެއްކޮޅުން ޒީވާގެ ހާލަކީތޯއެވެ. ކައިވެނީގެ ޚަބަރު ލިބުމާއިއެކު ހިތް ނުވަނަވަސް ވެގެން ދިޔައެވެ. ނަމަވެސް މަންމަގެ އެދުމަށް ފުރަގަސްދޭނެހާ ހިތްވަރެއް ޒީވާގެވެސް ނެތެވެ. ސީރީން އަކީ އޭނާގެ ދެވަނަ މަންމައެވެ. އަނެއްކޮޅުން އުފަން މަންމަ ކޮށްފައިވާ ވަސިއްޔަތުގެ ސަބަބުން އޭނައަށް ދެކޮޅު ހެދޭނެ ބާއެވެ؟ ޒީވާގެ ހިތަށް ހީވީ އެއްފަހަރާ އެތައް ހާސް ހަންޖަރެއް ހަރާލި ހެންނެވެ. އޭނަ ކައިވެނި ކުރަން މިޖެހުނީ އޭނަ އެންމެ ފޫހިވާ އިންސާނާ އަށެވެ. އެހެން މީހަކު ނަމަވެސް މިހާ ދެރަ ނޫވީހޭ އޭނާގެ ހިތަށްއެރިއެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށުމާއިއެކު ކަރުނަތައް ހިންދާލުމަށް އޭނަ މަސައްކަތް ކުރަމުން އިސްޖަހާލިއެވެ.

“ދަރިފުޅުމެންބޭނުން ވަރަކަށް ވިސްނަންވީ. މަންމަގެ މައްސަލައެއްނެތް. ދަރިފުޅުމެންގެ ޖަވާބަށް މަންމަ އިޚްތިރާމްކުރާނަން” ސީރީން ކުޑަކޮށް މާޔޫސްވާގޮތްވީ ލިވާން އާއި ޒީވާގެ މިލައިގެންގޮސްފައިވާ މޫނު ފެނިފައެވެ.

“އަޅުގަނޑުގެ ހަޔާތަށް އަދި މިހާތަނަށް އެއްވެސް ފިރެހެންކުއްޖަކު އައިސްފައިނުވޭ. އެކަމަކު ކައިވެންޏަކަށް ދިއުމަށް އަދި އަޅުގަނޑު ތައްޔާރެއްނޫން. ވިސްނާލާފަ މަންމައަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅުތޯ؟” ޒީވާ އިނީ ޖެހިލުންވެފައެވެ. ފާޅުގައި އެކައިވެންޏާއި ދެކޮޅު ހަދަން ބޭނުންވި ނަމަވެސް އެހެން އެކަން ކުރާކަށް ނުކެރުނެވެ.

އިތުރު ވާހަކައެއް ދައްކަން ނެތް ކަމަށް ބުނުމުން ވަރަށް ނިދިއައިސްފިކަމުގައި ބުނެ ކޮޓަރިއަށް ދިޔުމަށް ޒީވާ މިސްރާބުޖެހިއެވެ. އޭނާ ބޭނުންވަނީ ލިވާން އެކައިވެންޏާއި ދެކޮޅުހަދައި އެކައިވެނި ހުއްޓުވުމެވެ. ލޮލުން އައި ކަރުނަތައް ފުހެމުން ޒީވާގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ޒީވާ ދިޔުމާއިއެކު ލިވާންވެސް ވިސްނާލަން ބޭނުންކަމަށާއި މާދަމާ ޖަވާބެއް ދޭނެކަމަށް ބުނަމުން މިސްރާބުޖެހީ ކޮޓަރިއަށް ދިއުމަށެވެ. އޭނާގެ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހިފައިވާވަރު އަޑުންވެސް ޝީރީން ނަގައިގަތެވެ.

ސީރީން އާއި ނޫމާން އެކަނިވުމާއިއެކު ސީރީންގެ ގާތަށް ނޫމާން ޖެހިލިއެވެ. ލޯބިވާ އަނބިމީހާގެ ބުރަކަށީގައި ފިރުމާލުމަށްފަހު ނުވިސްނުމަށް އެދުނެވެ. އަދި އެމީހުންގެ އެނިންމުމަކީ އެކުދިންނަށް ރަގަޅަކަށް ނިންމި ނިންމުމެއްކަން އެކުދިންނަށް ވިސްނޭނެކަމަށް ބުނެލީ ލޯތްބާއި އެކުގައެވެ.

“ނޫމާން. އަހަރެން މިނިންމުން ނިންމީ އެކުދިންގެ މުސްތަޤްބަލާއި ދޭތެރޭ ވިސްނާފަ..އަނެއްކޮޅުން އެމަންޖެ އަހަރެމެންގެ ބެލުމުގެ ދަށުގައި ހުންނާނެ ލިވާންއާއި ގުޅިއްޖެނަމަ. ޒީވާ އެބަ ބޭނުންވޭ އިތުރަށް ކިޔަވަން. އެކަމަކު އޭނަ ބޭނުންވަނީ މިމާހައުލާއި ކުޑަ ދުވަސްކޮޅަކަށް ދުރުވެލަން. ލިވާންވެސް އެހުންނަނީ ކިޔަވަންދާން ބޭނުންވެފަ. ކަންތައްތައް ހަމައަކަށް އެޅެންދެން ވަކި ޖަވާބެއްވެސް ނުދީ މިމަޑުކުރީ. އަހަންނަކަށް ނުކުރޭނެ ޒީވާ އެކަނި ބޭރަށް ފޮނުވާކަށް. އޭނައަށްރައްކާތެރިކަން ދޭނެ އިތުރު ގޮތެއް އަހަންނަކަށް ނުފެނޭ މިނޫނިއްޔާ.” ސީރީން އިނީ ދެރަވެފައިކަން އަޑުންވެސް އެނގުނެވެ.

” މަށަށް ހީވަނީ ލިވާންއަށްވެސް ޒީވާ ކަމުދާހެން.” ސީރީން ހައިރާންކަމާއިއެކީ ބަލާލުމުން ވިނަގަނޑު މައްޗަށް އެދެމީހުން ވެއްޓުނު ހާދިސާ ލޯބިވާ އަނބިމީހާއާއި ޚިއްސާކުރިއެވެ. ސީރީންވެސް މަޖާވެލާފައި އިނީ އަޑުއަހާށެވެ. މިދުވަހު އޭނާގެ އެކުވެރިވާ ހުރިނަމައޭ ހިތަށް އެރިއެވެ.

******

ކޮޓަރިއަށް ވަންގޮތަށް ބާރުބާރަށް ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަންފެށި ލިވާން ހުރީ ދާހިއްލާ ފޯވެފައެވެ. މަންމައަށް ކުރާ އިޚްތިރާމެއްގެ ސަބަބުން ކުރިމަތީ އެއްޗެއް ނުބުނި ނަމަވެސް މަންމަގެ ނިންމުމަށް އޭނަ ދެކޮޅު ހަދަން ބޭނުމެވެ. އެކަމަކު އެހިތްވަރުވެސް އޭނާގެ ނެތެވެ. ދެކޮޅަށް ހިނގަމުން ދިޔަ ލިވާންގެ ބޯ ހާސްވުމުން ފޯނު ނަގާ އެކުވެރިޔާއަށް ގުޅާލިއެވެ.

******

“ހަލޯ” ލިއުޝާ އޮތީ ނިދާފައިކަން އޭނާގެ އަޑުންވެސް ޒީވާ ނަގައިގަތެވެ.

ހާސްވެފައިވާ ޒީވާގެ އަޑު އިވުމާއިއެކީ ލިއުޝާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ވެގެން އުޅޭގޮތަކާއިމެދު ސުވާލުކުރަންފެށިއެވެ. ކައިވެނީގެ ޚަބަރުން ލިއުޝާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އަދި އެފަދަ އާއިލާއަކާއި އަދި ޚާއްސަކޮށް ލިވާން ކަހަލަ ސްމާޓް މީހަކާއި ޒީވާ ނުހަނު ގުޅެއޭ ބުނެލީ ކުޑަކޮށް ހީލާފައެވެ. ލިވާން ނުފެނުނު ނަމަވެސް ޒީވާ ކިޔައިދީފައިވާ ވާހަކަތަކުން ލިވާން އަކީ ރީތި މީހެއްކަން ލިއުޝާ ނަގައިގަތެވެ. ނަފްރަތަކީ ލޯބީގެ ފެށުމޭވެސް ބުނެ އުޅޭ ނޫން ހެއްޔެވެ؟

“އަޅޭ ލިއޫ.. ދެން އަހަރެން ކިހިނެއް ހަދަންވީ؟” ޒީވާއަށް ރޮވޭގޮތްވީ އެކުވެރިޔާ ވެސް އެކަން މަޖަލަކަށް ނެގުމުންނެވެ.

“ޒީވް.. ކައިވެންޏަކީ ދިރިއުޅުމުގެ އެއް އަސްލު.. ޒީވް ވިސްނާލަބަލަ. ސީރީންދައްތަ އެގޮތަށް އެނިންމީ ކީއްވެތޯ؟.. ލިއޫއަށް ހީވަނީ އެމީހުން ޒީވް ގެއްލެން ނޭދޭތީހެން އެހެން އެބުނީ.. ލިވާން އަކީވެސް ގޯސްކުއްޖެއް ހެން ލިއޫ އަކަށް ހިއެއްނުވޭ” ލިއުޝާ ހުރީ ޒީވާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

ކުޑަވަގުތުކޮޅެއް ފާއިތުވެގެން ދިއުމަށްފަހު ޒީވާގެ މަޑު ގިސްލުމުގެ އަޑު އިވިގެން ދިޔުމާއިއެކު ލިއުޝާ ކަންބޮޑުވިއެވެ.

“ޒީވް އަޅެ ނޫން… ޕްލީސް ނުރޮއެބަލަ..” ލިއުޝާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.

“ވައި..ވައި..ވައި..ކީއްވެތަ އަބަދު އަހަންނަށް މިހެން މި ދިމާވަނީ..ކޮން..ކުށެއް…ތަ.. އޮތީ؟” ޒީވާއަށް ރޮވޭ ވަރުން އަޑު ބޭރުވީ ވަރަށްވެސް ހާލުންނެވެ.

ލިއުޝާގެ އެތައް ނަސޭހަތަކަށްފަހު ޒީވާ ގޮތެއް ނިންމިއެވެ. އަދި އެގޮތަކީ އެންމެނަށްވެސް ފައިދާ ހުރި ގޮތްކަމުގައި އޭނަ ނިންމިއެވެ.

******

ހެނދުނުގެ ނާޝްތާގެ ވަގުތުގައި ލިވާން ފިޔަވާ އެހެން އެންމެން ބައިވެރިވިއެވެ. ނަމަވެސް ކާމޭޒު ދަށުގައި މާބޮޑު ވާހަކައެއް ނުދެކެވުނެވެ.

މެންދުރު ވީއިރުވެސް ލިވާން ނުފެނުމުން ޒީވާ މާޔޫސްވާގޮތް ވިއެވެ. އޭނަ ހުރީ ވެދިޔަ ކަންތަކަށްފަހު ލިވާންއާއި މަޝްވަރާކޮށްލަން ނުހަނު ބޭނުންވެފައެވެ. ނަމަވެސް އެހެރަ ބޮޑާކަމަކާއިހުރެ އޭނައަށް އެކަން ވާނެބާއޭ ޒީވާގެ ހިތަށް އެރިއެވެ.

އިންތިޒާރުގެ ވަގުތުތަކަށް ނިމުމެއް އައީ އެރޭ ލިވާން އައިސް ޒީވާއާއި ވާހަކަ ދައްކާލަން ބޭނުންކަމަށް ބުނުމުންނެވެ. ޒީވާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނީ އެފުރުޞަތު ހުދު ލިވާން އަމިއްލައަށް ފަހިކޮށްދިނުމުންނެވެ.

ޒީވާ އާއި ލިވާން ބައްދަލުކުރީ ޓެރެސްގައެވެ. ލިވާން އައިއިރު ޒީވާ އިނީ އުނދޯލީގައި އިށީނދެލައިގެން ޚިޔާލަކަށް ގެއްލިފައެވެ.

“ޒީވާ.. އެނގޭ ޒީވާވެސް މިކައިވެނި ކުރަން ބޭނުންނުވާކަން.. ބަޓް ވީ ޑޯންޓް ހޭވް އެނީ އަދާ އޮޕްޝަން.. ޒީވާގެ ނިންމުމަކީ ކޮބާ؟” ލިވާން ހުރީ ރެއިލިންގައި އަތްއަޅުވާލައިގެން ޒީވާއަށް ފުރަގަސްދީގެން ކަމުން އެމޫނަށް އަރާފައިބަމުން ދިޔަ ކުލަވަރެއް ޒީވާއަކަށް ނުފެނެއެވެ.

“މީޓޫ.. އެކަމަކު ދައްތަ ކައިރީ ދެކޮޅު ހަދަން ނުކެރޭނެ.. ކިހިނެތް އަހަރެން ހަދަންވީ؟..” ޒީވާ ހާސްވެފައި އިންވަރުން ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

“ދެޗޮއިސް އޮތީ.. މަންމަމެން ހިތްހަމަ ޖައްސައިދޭން ކައިވެނިކުރުން.. ދެވަނަ އޮޕްޝަންއަކީ އެކަމާއި ދެކޮޅު ހެދުން” ޒިވާން ފުންނޭވާއެއްލިއެވެ.

“ލިވާންގެ ވިސްނުމަކީ ކޮބާ؟” ޒީވާ އިނީ އޭނާގެ ނޭވާ ހިފަހައްޓައިގެންނެވެ. އެހެނީ ދެވަނަ އޮޕްޝަން ނަގައި މަންމައަކު ހިތުގައި ޖެއްސުން އެއީ އޭނާއަށް ކުރެވޭނެ ވަރުގެ ކަމަކަށް ނުވާތީއެވެ.

“ލުކް ޒީވާ…..”ލިވާން ޒީވާއާއި ދިމާއަށް އެނބުރުނެވެ. އޭރު އޭނާ ހުރީ ސީދާ ޒީވާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެކަމުގެ ސަބަބުން ޒީވާއަށް އުނދަގޫވިއެވެ.

“ބޭނުމެއް ނޫން މަންމަގެ އެދުން ބޮލާލާ ޖަހާކަށް ބަޓް… މަންމަމެން ހިތްހަމަ ޖެއްސުމަށް ނަމަކަށް އަހަރެމެންނަށް ކައިވެނި ކުރެވިދާނެ މިވަގުތަށް. ދެން ފަހުން ކައިވެނި ރޫޅާލެވިދާނެ ދެމީހުންނަށްވެސް ގޮތެއް ފެނުނީމަ. އޭރުން މަންމަމެންގެ ހިތްބަރުކަމެއްވެސް ނާންނާނެ.. އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެއްވެސް ނޯންނާނެ.. ޔޫ އަންޑަސްޓޭންޑް” ފަހު ޖުމްލައަށް އަޑަށް ބާރުލަމުން ލިވާން ބުނުމާއިއެކީ ކުޑަކޮށް ސިހިފައި ޒީވާއަށް ތެދުވެވުނެވެ.

މަޑުހިނގުމެއްގައި ޒީވާގޮސް ލިވާންއަށްފުރަގަސްދީ ރެއިލިންގައި އަތްއަޅުވާލިއެވެ. އިރުކޮޅަކު ވިސްނާމުމަށްފަހު އެއީ މިވަގުތަށް އެންމެ ރަގަޅު ވިސްނުން ކަމުގައި ޒީވާއަށް ވެސް އެއްބަސްވެވުނެވެ.

******

ސީރީން ހީވަނީ އުފަލުން އެހެންފަދަ ކަމެއް ހެންނެވެ. ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގޭ ފަދައެވެ. ދެމީހުންގެ އާބަސް ލިބުމާއިއެކީ އޭނާ ބޭނުންވީ ކައިވެނީގެ ކަންތައް ވީ އެންމެ އަވަހަކަށް ކޮށް ނިންމާލުމަށެވެ. ފިރިމީހާގެ އެހީތެރިކަމާއިއެކު އެކިކަންކަން ތައްޔާރުކުރުމުގައި އަވަދިނެތި އުޅުނެވެ.

އެހެން ދުވަސްދުވަހަށްވުރެ ޚާއްސަކަމެއް ޒީވާއާއި ދޭތެރޭ ސީރީން ބަހައްޓާކަން ވެސް އޭނާއާށް ފާހަގަވިއެވެ. އެކަމާއި އުފާވި ނަމަވެސް ހިތްބިރުގަންނަން ފެށީ ކައިވެނީގެ ތާރީޚް އިޢުލާންކުރުމާއި ގުޅިގެންނެވެ. ކައިވެންޏަށް އެއްބަސްވި ނަމަވެސް މިހާ އަވަސްވެދާނޭ އޭނާގެ ހިތަކަށް ނާރައެވެ. ހިތް ނުތަނަވަސްވި ނަމަވެސް އެކަން ނުދައްކާވޭތޯ އޭނާ ބެލިއެވެ.

މަންމަ އުފަލުގައި ހުންނަތަން ފެނުމުން ލިވާންއަށްވެސް ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ނަމަވެސް ޒީވާގެ ސޫރަ ފެނުމާއިއެކީ އޭނާގެ މޫނުގެކުލަވަރު ބަދަލުވެގެންދެއެވެ. މާޒީ އައިސް ކުރިމަތީގައި ނިއުޅެމުންދާ ފަދަ އިޚްސާސެއް ކުރުވައެވެ. އޭނައަށް ޒީވާއާއިއެކު ކުޑަދުވަސްކޮޅަކަށް ނަމަވެސް ކެތްކޮށް ލެވިދާނެބާއެވެ.

******

ރަންކިޔާދުވަސް އައުމާއިއެކު ޒީވާ ހުރީ ބިރުން ކޮޓަރިންވެސް ނުކުންނަން ނުކެރިފައެވެ. 8.30 ގައި ތައްޔާރުވެލައިގެން އައުމަށް ސީރީން އޮތީ އެދެފައެވެ. އަދި މަޑުނޫކުލައެއްގެ ދިގު ހެދުމަކާއި ކަރުގައި އެޅުމަށް އަލިމަހުން ތައްޔާރުކޮށްލާފައިވާ ރީތި ހާރެއް ސީރީން އޮތީ އެރެއަށްޓަކައި ޒީވާއަށް ދީފައެވެ.

ޒީވާ ކުޑަގޮތަކަށް ތައްޔާރުވެލީ ސީރީންގެ ހިތްހަމަ ޖައްސާލަދިނުމުގެ ގޮތުންނެވެ. މަޑު ނޫކުލައިގެ ކުޑަވިދުމެއް ހުރި ޕްލޭން ފޮއްޗެއްގައި ފާހާލާފައިވާ ހެދުމުގައި އޭނާ ނުހަނު ފުރިހަމަކަމަށް ދައްކައެވެ. ހެދުމުގެ މޭމަތި ޖަރީކޮށްލެވިފައިވަނީ ރީތި އެސްތަކަކާއިމިނާތަކެއް ބޭނުންކޮށްގެންނެވެ. ތުންފަތުގައި ފިޔާތޮށިކުލައެއްގެ މަޑު ލިޕްސްޓިކެއް ޖައްސާލުމަށްފަހު ދެލޮލުގައި މަސްކަރާއަޅާލިއެވެ. ފަން އިސްތަށިގަނޑު ދޫކޮށްލާފައި ބޭއްވީ އެގޮތް ބޭނުންވެގެންނެވެ. ތައްޔާރުވެލުމަށްފަހު ފަހުފަހަރަށް ލޯގަނޑުން އޭނާގެ ސޫރައަށް ޒީވާ ބަލާލިއެވެ. އެހެދުމުގައި އޭނަ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ނަމަވެސް ފުރިހަމަ ނުވަނީ ހަމަ އެއްމެކަމެކެވެ. އޭނާގެ ދިރިއުޅުމުގައިވާ ހުސްކަމެވެ. އެތުންފަތަށް ވެރިކުރުވާފައި ހުންނަ ހިނިތުންވުމެވެ.

ކޮޓަރިން ނުކުންނަށް ނުކެރިފައި ހުރި ޒީވާ ސިހުނީ ކޮޓަރި ދޮރުގައި ދެތިން ފަހަރު ޓަކިޖަހާލި އަޑު އިވިފައެވެ. ޒީވާ ގަޑި ބަލާލިއިރު ގަޑިޖެހެން އިނީ އެންމެ މިނެޓެކެވެ. އެހެންކަމުން ކުޑަކޮށް ސެންޓް ޖަހާލުމަށްފަހު، ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ ބަލާލުމަށްފަހު ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“ސަޕްރާއީޒް” އަކުރުތަކަށް ދަމާލަމުން ލިއުޝާ ބުނެލުމާއިއެކު ޒީވާއަށް ސިއްސައިގެން ދިޔުމާއިއެކު ހަޅޭއް ލަވައިގަނެވުނެވެ.

އޭރު ލިއުޝާގެ ކައިރީގައި ޝީރީން ހެވިފައި ހުރީ ޒީވާގެ ރީތިކަމާއި މަޢުސޫމުކަމަށް ލޯބިން ފުރިގެންވީ ނަޒަރަކުން ބަލަހައްޓައިގެންނެވެ. ޒީވާގެ ސޫރަ ފެނުމުން އެކުވެރިޔާ މަތިން ހަނދާންވަނީ މާބޮޑަށެވެ.

“ލިއޫ ގަނޑު.. އަޅޭ ކޮންއިރަކުތަ އައީ؟” ޒީވާ ހަމައަކަށް އެޅިލަމުން ހީވެސް ނުކުރާ ގޮތަކަށް އެކުވެރިޔާ އާއި ދިމާވުމުން އުފަލުން މޮޔަވާވަރުވިއެވެ. މިފަދަ ވަގުތެއްގައި އެކުވެރިޔާ ކައިރީގައި ހުރުން އެއީ ލެއްވި ރަޙްމަތެއް ކަމުގައި އޭނަ ދެކުނެވެ.

“ސީރީން ދައްތަ ގުޅީ. މިއައީ ހަމަ ޒީވް އަށް ސަޕްރައިޒް އެއް ދޭން. އެކަމު ލިއޫ ދޯ މި ސަޕްރައިޒް ވީ އަސްލު.. ޒީވް ހާދަ ލޯތްބޭ މާޝާ ﷲ… ބުނާނެ އެއްޗެއްވެސް ނޭނގެ” ލިއުޝާ އުފާވެފައިވާވަރު އެއަޑުން އެކަނިވެސް ހާމަވިއެވެ.

“އަވަހަށް ހިނގާ ޓެރެސް އަށް.. މިހާރު ހެކިވެރިން އައިސް އެބަތިބި..  މިހާރު މިހުރީ ޒީވްގެ ޕްރިންސް ބަލާލާހިތުން ކެތް މަދުވެފަ” ފަހު ޖުމްލަ ލިއުޝާ ބުނެލީ ލާނެތް ރާގަކަށް ޒީވާގެ ކަންފަތް ދަށުގައެވެ. އެއާއިއެކު ޒީވާގެ ހިނިތުންވުން ކޮންމެވެސް ވަރަކަށް ފަނޑުވެގެން ދިޔައެވެ.

“ކޮބާތަ ވާންއުޅޭ ފަހަރި؟ އަނެއްކާ ހިންދީ ފިލުމުތަކުގަ ވާހެން ފިލީކީ ނޫންބާ؟” ލިވާން އަށް އެއްލޯ މަރާލަމުން ވިލްދާން ދިމާކޮށްލިއެވެ. އެއާއިއެކު އައިޝަމްގެ އޭނާގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން ހިނިގަނޑެއް ޖަހާލިއެވެ.

ވިލްދާން އާއި އައިޝަމް އަކީ ލިވާންގެ ގާތް ދެރަޙުމަތްތެރިންނަށްވާތީ ހެކިވެރިންގެ ގޮތުގައި އެމީހުން ހަމަޖެއްސީ ލިވާން އަމިއްލައަށެވެ.

މިރެއަށްޓަކައި އެކަނިވެސް ޓެރެސް ފުރިހަމަކޮށްލާފައިވާލެއް ރީތިކަމުން ވިލްދާން، ލިވާން އާއި ދިމާކުރިއެވެ. ކައިވެނީގެ ކުރިން މިހާވަރުކޮށްލާފައިވާއިރު، އަދި ކައިވެނީގެ ރޭ ކިހާ ފުރިހަމަވާނެހޭ ކިޔާ ދިމާކުރަން ފެށުމުން ލިވާން ހުރީ ބޮލަށް އުނދަގޫވެފައެވެ. މަޑު ހިނގުމެއްގައި ގޮސް ރެއިލިންގައި އަތް އަޅުވާލައި މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ.

ލިވާން އަށް އައި ބަދަލު ފާހަގަކުރެވުމުން އައިޝަމް އައިސް ލިވާންގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. އެއާއިއެކު ލިވާން ކުޑަކޮށް އައިޝަމްއަށް ބަލާލުމަށްފަހު މާނައެއް ނެތް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

ވިލްދާންވެސް ހުރީ އެކުވެރިޔާގެ މިޒާޖަށް އައި ބަދަލާއި ގުޅިގެން މޫޑު ސަކަރާތްވާ ގޮތްވެފައެވެ. ލިވާންގެ ހިތަށް ކުރާނެ އަޞަރު އޭނައަށް އިޚްސާސްވެއެވެ. ހުދު އޭނަވެސް ވަނީ މައިންބަފައިންގެ މަޖުބޫރުން ކައިވެންޏެއްކޮށް އެކައިވެނި ރޫޅިފައެވެ. ނަމަވެސް އޭނަގެ ހާލަތާއި ލިވާންގެ ހާލަތު ތަފާތެވެ.

“ސޮރީ ބަޑީ” ވިލްދާން ހުރީ ދެރަވަފައެވެ.

“ނޮޓް ޔުއަރ ފޯލްޓް… ދިސް އިޒް މައި ޑެސިޝަން” ލިވާން ހީލަމުން އެމޫނުމަތީގައިވާ ނުތަނަވަސްކަން ފިލުވާލިއެވެ.

ޓެރަސްގެ ދޮރު ހުޅުވާލުމަށްފަހު ފުރަތަމަ ވަނީ ސީރީންއެވެ. އޭނާގެ ފަހަތުން ލިއުޝާ އަދި ޒީވާ ވަނެވެ. އޭރު އެންމެންގެ ނަޒަރު ވަނީ އެމީހުންނަށް ހުއްޓިފައެވެ.

“ވާއު…” އައިޝަމްގެ ލޮލުގައި އަޅައިގަތް އަންހެން ކުއްޖާއަށް އޭނަގެ ބަސްނާހާ ހިތް އެދި ގޮވަން ފެށިއެވެ. ކޮންކަހަލަ ރީތިކަމެއް ހެއްޔެވެ. މެރޫންކުލައިގެ އަބާޔާ ހެދުމަކާއިއެކު އަޅާފައިވާ ކްރީމް ކުލައިގެ ޝޯލްގެ ސަބަބުން އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިވިއެވެ. ލުއި މޭކަޕެއް ކޮށްލާފައިވާއިރު ހިނިތުންވެލައިގެން ހުރުމުން ހިތް ފިދާކުރުވިއެވެ.

“އޭ ޕާޓް ތި އަނގަ ލައްޕަ ބަލަ” ވިލްދާން އައިޝަމްގެ ކޮނޑުގައި ޖެހިލަމުން ވައިއަޑަކުން އެހެން ބުނުމަށްފަހު ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ.

ވިލްދާންގެ އެއަމަލުން ސިހުންގެނުވި އައިޝަމްގެ ނަޒަރު ދެވަނަ ފަހަރަށްވެސް އެސޫރައަށް އަމާޒުކޮށްލިއެވެ. އެވަގުތުވީ ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތަށެވެ. ލިއުޝާ އައިޝަމްއަށް ހިނތުންވުމެއް ހަދިޔާކޮށްލަމުން އެދިމާއަށް އައެވެ.

“މިތަނުން ކޮބާތޯ ޒީވްގެ އުހުމްމް އުހުމްމް އަކީ؟” ލިއުޝާ އައިސް އައިޝަމް މެންނާއި އަރާ ހަމަކުރަމުން ފަހަރަކު މީހެއްގެ މޫނަށް ބަލާލުމަށްފަހު އަހާލީ ހިނިތުންވެލުމަށްފަހުއެވެ.

ލިއުޝާ އަކީ އެންމެނާއިވެސް ނުހަނު އެކުވެރި އަނގަގަދަ މިޒާޖެއްގެ ކުއްޖެކެވެ. ޒީވާ އާއި އެއްވަރަށް ދޮންކަމެއް ލިބިފައިނެތަސް އޭނައަކީވެސް ކަޅު މީހެކޭ ނުބުނެވޭނެއެވެ.

އައިޝަމްއަށް އަނގައިން ވެސް ބުނަން ހަނދާންނެތިފައި ހުއްޓާ އެންމެން ގޮސް މޭޒުދަށުގައި އިށީއިނުމާއިއެކު ރަންކިޔުމުގެ ހަފްލާ ފެށިގެން ދިޔައެވެ.

ލިވާން ލާފައި ހުރީ ހުދުކުލައިގެ ގަމީހަކާއި ނޭވީ ބްލޫކުލައިގެ ޖީންސެކެވެ.  ގަމީހުގެ މޭމަތިން ދެގޮށް ނައްޓާލާފައި ވީއިރު އަތްކުރި އުޅަނބޮއްޓަށްވުރެ މައްޗަށް އޮޅާލާފައި އޮތެވެ. ލިއުޝާ ހިތާހިތުން ޒީވާ އަށްޓަކައި އުފާކުރިއެވެ. ލިވާން ފެނުމަށްފަހު އެހިތުގައި އޮތް ހާސްކަން ކޮންމެވެސް ވަރަކަށް ފިލައިގެން ގޮސްފިއެވެ.

ރަންކިޔުމުގެ ވަގުތު އައިސް ޖެހުމާއިއެކު ޒީވާ ފިނިވިއެވެ. ކުޑަކޮށް މީހާ ތުރުތުރު ލަމުންދާ ކަހަލަ އިޚްސާސެއް ކުރެވުނެވެ. ގިނައިރުވާން ފެށުމުން ލިއުޝާ ޒީވާގެ އަތުގައި މަޑުމަޑުން ކޮއްޓާލިއެވެ. އެއާއިއެކު ޒީވާއަށް ހަމަހޭވެރިކަން ވެގެންދިޔައެވެ.

“ދެހާސް..” ޒީވާއަށް އިތުރަށް އެއްވެސް އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ. އޭނައިނީ ހާސްވެ ކަންބޮޑުވެފައެވެ.

“ދެހާސް ޑޮލަރުތަ؟” ވިލްދާންއަކީ ސަމާސާ މިޒާޖެއްގެ މީހަކަށްވާތީ ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ދުއްވާލުމަށް ބުނެލިއެވެ. އެއާއިއެކު އެންމެންގެ ހުނުމުގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. ލިވާން އާއި ޒީވާ ފިޔަވައެވެ.

“ނޫން ރުފިޔާ” ޒީވާވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

ރަންކިޔުމުގެ ހަފްލާ ނިމުމުނުއިރު ސީރީން ހުރީ ކުޑަ ސަޔެއްވެސް ތައްޔާރުކޮށްފައެވެ.

ސައިބޮއެ ނިމިގެން ލިވާން އާއިއެކު އައިޝަމް އާއި ވިލްދާން ކުޑަ ވަގުތުކޮޅަކަށް ޓެރެސްގައި މަޑުކޮށްލިއެވެ. ދެމީހުންގެ ދިމާކުރުމުގެ ބަސްތައް ލިވާން އާއި އަމާޒުވުމުން އެކަމާ އަޅާނުލާ އިނީ ފޯނަށްގޮސް ހުސްވެފައެވެ.

“ބާބީ ހާދަ ލޯތްބޭ…. ވާން ބޭނުން ނެތިއްޔާ މަށަށް ދޭންވީނު.. ވަރަށް ލޯބިން ގެންގުޅޭނަށް.. ހީލާއިރު ކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން ބަލާ ފޫހިނުވޭ.. މައްސަލައަކީ މާމަޑުން އިންނާތީ..” ވިލްދާން ހުރީ ޒީވާގެ ރީތިކަން ފެނި އާޝޯހު ވެފައެވެ.

“އޭ ދާން.. ބާބީ އެއީ މިހާރު ވާންގެ ހައްޤެއް އިނގޭ.. ބާބީގެ ވާހަކަ ނުދައްކާ ކޮންމެވެސް އެހެން އަންހެނެއް ފެނޭތޯ ބަލާ” އައިޝަމް ދެކޮޅަށް ބޯހޫރާލަމުން ވިލްދާންގެ ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ.

“އޭ ޝައްމު ތީކީ މާ ރީތިކޮށް އުޅޭ މީހެއް ނޫން އިނގޭ ތިވާހަކަ ދައްކާކަށް.. އެ ލިމްޝާއެއް ފެނުނު ފަހުން ތިހުންނަނީ އަނގަ ލައްޕާލަން ނޭނގިފަ” ވިލްދާން ހީގަތެވެ. އެއާއިއެކު އެހުނުމުގައި ލިވާންވެސް ބައިވެރިވެލިއެވެ. އަދި ލޮލުގެ އިޝާރާތުން އިތުރަށް ތަފްޞީލްކޮށްދިނުމަށް އެދުނެވެ.

“ލިމްޝާ އެއް ނޫނޭ ލިއުޝާ” އައިޝަމް ރަނގަޅު ކޮށްލަދިނެވެ.

“ކޮބާ އަޅެ ވާން މަބުނީ ގޯސް ވާހަކައެއްތަ؟ ބަލާބަލަ ނަންވެސް ގައިމު މަށަށް ނޭންގުން ވިއްޔަ” ވިލްދާނުގެ ބަހުގެ ހަމަލާއިން އެންމެން އެއްފަހަރާ ހީގަތެވެ. ލިވާން އަށްވެސް މަޖާކަމަކަށްވެ އައިޝަމް އާއި ދިމާކުރުމަށް ކުޑައިރުކޮޅަކު ޓެރެސްގައި މަޑުކޮށްލިއެވެ.

******

“ވާއު… ހާދަ ފުރިހަމަ ކޮޓަރިއެކޭ” ޒީވާގެ ކޮޓަރިއަށް އައިސްފައި އެކޮޓަރީގެ ފުރިހަމަކަމަށް ލިއުޝާ ތައުރީފްކޮށްލިއެވެ.

“ލިއޫ..އާދެބަލަ މިތާ އިށީންނަން..މަންމަމެން ކިހިނެތްތަ؟ ރަށުގެ ކަންތައްތައް ކިހިނެތް؟” ޒީވާ ކެތްތެރިކަން ކުޑަވެފައި އިނީ ކަންކަން އޮޅުން ފިލުވުމަށެވެ.

“މަންމަ މިހާރު އިރާދަކުރެއްވިއްޔާ ވަރަށް ރަގަޅު.. އަމިއްލައަށް އުޅެވޭ ވަރުވޭ. މިހާރު ކޮއްކޮވެސް އެކަނި އުޅެވޭވަރުވެފަ ހުރީމަ މަންމަ ބުނީ މާލެ އަންނަން ޒީވް ކައިރިއަށް…ޒީވް…….އައިމް.. ރިއަލީ… ސޮރީ..  ވަރަށް ބޮޑަށް ބޭނުންވި އަންނަން” ލިއުޝާގެ ހިނިތުންވުން ގެއްލި އެދެލޮލުގައި ކަރުނަ ވިދާލައިފިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ޒީވާގެ މަންމަމެންގެ ވާހަކަ ދައްކައިގެން މިކުރެވުނީ ރަގަޅުކަމެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ.

“ޒީވް.. މާޝާﷲ ހާދަ ފުރިހަމައޭ މިރޭ. ލޯބިކަމުން ކާލަންވީ..ހެހެހެ. ޒީވްގެ ޕްރިންސް އަދި މާފުރިހަމަ. މަގޭ ހިތް ބޭޤަރާރުވެއްޖެ” ލިއުޝާ ޒީވާއަށް ދިމާކޮށްލިއެވެ. ހަޤީގަތުގައި އޭނަގެ ހިތް ފިދާވީ އައިޝަމް އަށެވެ.

“ލިއޫ.. ކާކަށްތަ މާވަރަކަށް ބެލީ” ޒީވާ އިނީ އެކުވެރިޔާ އަށް އައި ބަދަލު އެނގެން ބޭނުންވެފައެވެ.

“އޭނ.. ލިއޫއެއް ނުބަލަން އައިޝަމް އަކަށް. އޭނަ އެންނު ލިއޫއަށް ބެލީ” ލިއުޝާ ސިހޭގޮތްވިއެވެ.

“ކޮބާ.. ފަޅާއެރީނު. އަދި ބުނެފިޔޭ ނުބަލަމޭ.. ހައްހައްހާ..ގައިމު ބެލީމަދޯ އެނގޭނީވެސް އޭނަވެސް ބެލިކަމެއް.. އެނަސީބުވެރިޔަކީ އައިޝަމް.. އޯޙް އޯހް.. އައިޝަމް.. ލިއުޝަމް” ޒީވާ ބާރަށް ހޭންފެށިއެވެ.

ލިއުޝާ ގަތްލަދުން ކޮޓަރިން ނުކުމެގެން ދިޔައީ ފަހުން ދިމާކުރާނަން ކަމަށްބުނަމުންނެވެ. ލިއުޝާ ދިޔުމާއިއެކު ޒީވާގެ މޫނު މަލެއް މޯޅިވާފަދައަކުން މިލައިގެން ދިޔައެވެ.

“މަންމާ އައި މިސްޔޫ..މިސް ޔޫ ޓޫމަޗް.. ޕްލީޒް ކަމް ބެލް. އައި ނީޑްޔޫ.. ޖަސްޓް ވަން ލާސްޓް ޓައިމް… ޕްލީޒް” ޒީވާގެ އަޑު މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ.

******

ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ޒީވާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ޖަރީކޮށް، ބޮލުގައި ޖަހާފައިވާ ހުޅީގައި ވިދުމެއް އެކުލެވޭ ދައްޗެއް ހަރުކޮށްލެވިފައިވިއެވެ. މޫނުމަތިން އެއްފަރާތަކަށް ވާގޮތަށް އިސްތަށިކޮޅެއް ވައްޓާލެވިފައިވީއިރު އެއިސްތަށިކޮޅު އޮތީ ބުޅިކޮށްލާފައެވެ. ހެދުމައި ހަރުކޮށްފައި ހުރި މިނާތަކުގެ ސަބަބުން އެހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. ހެދުމުގެ ބުރަކައްޓާ ދިމާއިން ލެވިފައިވާ ލޭސްފޮތިކޮޅުގައި ޒިބެއް ހަރުކޮށް ހެދުމުގެ ކުރު އަތުގައިވެސް ލޭހުގެ ބަޔެއްލައި ޖަރީކޮށްލެވިފައިވެއެވެ. ޒީވާގެ ތުނިތުނި ހަށިގަނޑަށް ހިފާލާފައިވާ އެހެދުމުގެ މޭމަތީގައި ކުދި އެސްތަކެއްލައި ޖަރީކޮށްލެވިފައިވެއެވެ. ގަހަނާގެ ގޮތުގައި ބޭނުންކޮށްފައިވަނީ ހުދުކުލައިގެ އަލިމަހުން ތައްޔާރުކޮށްފައިވާ ފަށަކާއި ރަން އަނގޮއްޓި އެއްގެ އިތުރުން ސީރީން އަޅުވައިދީފައިވާ ރަން ކެވެލިގަނޑެކެވެ.

ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސައި މަސްކަރާ އަޅާފައިވުމުން އެދެލޮލުގެ ތޫނުކަން އިތުރުކޮށްދީފައިވެއެވެ. ލިޕްސްޓިކާއި މަސްކަރާގެ އިތުރުން އެއްވެސް މޭކަޕެއް އެމޫނުގައި ކުރެވިފައިނެތީ ޒީވާ އެގޮތް ބޭނުން ނުވުމުންނެވެ. ޒީވާ އަކީ އަބަދުވެސް ގުދުރަތީ ރީތިކަމަށް ލޯބިކުރާ ކުއްޖެކެވެ. މޭކަޕަކާއި ނުލައި ވެސް އެރީތިކަމަށް ފަނޑުކަމެއް ނުވެއެވެ. ނަމަވެސް އެރީތިކަން އިތުރަށް ފުރިހަމަކުރުމަށް މަދުވަނީ ހަމަ އެންމެ އެއްޗެކެވެ. އުފާވެރި ހިނިތުންވުމެކެވެ.

މިދުވަހަށް ޒީވާ ޖަރީކޮށްފައިވަނީ ސީރީން ބޭނުންވި ގޮތަށެވެ. ވެޑިން ޑްރެސް އިން ފެށިގެން އަރާ ބޫޓާ ހަމައަށްވެސް ސީރީންގެ ހޮވުމެވެ. ނަމަވެސް މިދުވަހަށް ޒީވާގެ އެއްވެސް އިޚުސާސެއް ނެތެވެ. ހިތުގައި ނޭނގޭ ރިހުމެއް އުފެދިފައިވާއިރު ކައިރީގައި މަންމަ ހުރިނަމަ ކޮންފަދަހޭ ޒީވާގެ ހިތަށް އެރި އަދަދުވެސް ނޭނގެއެވެ.

ޒީވާ މޭކަޕްކޮށް ނިންމާ އެންމެން ބޭރަށް ނުކުތުމުން ލިއުޝާ ޒީވާގެ ގާތަށް ޖެހިލައި ކުޑަކޮށް ބައްދާލިއެވެ.

“ޒީވް ދޫނީ.. މާޝާ ﷲ ވަރަށްވެސް ފުރިހަމަ” އުފަލުންގޮސް ލިއުޝާގެ ލޮލުން ކަރުނަ ނީރާލިއެވެ.

ޒީވާ އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވުމަކުން ފުއްދާލީއެވެ.

އަނެއްކޮޅުން ލިވާން ހުރީ މިރެއަށްޓަކައި މަންމަގެ އެދުމުގެ މަތިން ކަނދުރާ އާއި ހަމައަށް އަރާ ފަން އިސްތަށިގަނޑު ރީތިގޮތަކަށް ކޮށާލާފައެވެ. ހުދުކުލައިގެ ގަމީހަކާއި އެކު ކަޅު ކުލައިގެ ކޯޓަކާއި ހަމައެކުލައިގެ ފަޓުލޫނެއްގައި ލިވާން ފެންނަލެއް ވަރަށް ވެސް ހިތްގައިމެވެ. ކޯޓުގެ ޖީބަށް މެރޫންކުލައިގެ ރުމާލެއް ރީތިގޮތަކަށް ޖަހާލާފައި އިންއިރު ރީތިގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލެވިފައިވެއެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅި މިރެއަށްޓަކައި އިތުރަށް ތުނިކޮށްލާފައިވުމުން ސާހީ ވައްތަރެއް ޖަހައެވެ.

******

ކައިވެނި ކުރުމަށް ހަމަޖައްސާފައިވަނީ “ސީވިއު ހޮޓެލް” ގައި ކަމުގައިވާތީ އެތަން ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. ތަން ޑިޒައިން ކުރެވިފައިވަނީ ދިވެހި ގޮތަކަށެވެ. ދެމަފިރިން އިށީނުމަށްޓަކައި ހާއްސަ އުނދޯލިގެއެއް ތައްޔާރު ކުރެވިފައިވީއިރު، އުނދޯލިގޭގެ ވަށައިގެން ބޭނުންކޮށްފައިވަނީ ވިޔެފައިވާ ފަނެވެ. އުނދޯލިގޭގެ ދެފަރާތުގައި ހުރި ތަނބުގައި ރޯނު ފުރާ ލެވިފައިވީއިރު ކުރިމައްޗާއި އަރިމަތި އޮތީ ހާމައަށެވެ. އަދިފަހަތުގައި ރޯނު ބޭނުންކޮށްގެން ލިވާން ވެޑްސް ޒީވާ ޖަހާފައި އިނެވެ. އަކުރުތަކުގައި ލެޑްބޮކި ހަރުކޮށްފައި ހުރުމުން އިތުރު ފުރިހަމަކަމެއް އައިސްފައިވިއެވެ.

މުޅިތަން ދިއްލާލެވިފައިވަނީ ފުޅި ބައްތިތަކުން އެޅިފައިވާ އޮރެންޖް އަލިންނެވެ. ކެއުމަށް ޚާއްސަކުރެވިފައިވާ ބައިގައި ބޮޑު ބިގަރެއް ދިއްލާ މީހުން ހިނގަން ފަސޭހަވާނެހެން އަލިކުރެވިފައިވެއެވެ. ބޮޑުބެރު ޑިޒައިނަށް ފަރުމާ ކުރެވިފައިވާ މޭޒުތަކަކާއި ލިޔެލާ ޖަހާފައިވާ ލަކުޑިން ތައްޔާރުކުރެވިފައިވާ ގޮނޑިތަކެއް އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވީއިރު ކޮންމެ މޭޒެއްގައިވެސް ކުޑަ ފާނޫޒެއް ބެހެއްޓިފައި ހުއްޓެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ދިވެހިވަންތަކަށް ފެންނަން ހުއްޓެވެ. އައިޝަމްގެ ހިޔާލާއި އެއްގޮތަން ތަން ފަރުމާކޮށްފައިވަނީ ސީރީންގެވެސް ތާއީދާއި އެކީގައެވެ.

“އައިޝަމް އަޅެ މިހާ ދިވެހިގޮތަކަށް ތަން ތައްޔާރުކުރިއިރު ކީއްވެޔޯ ޕާޓީއަށް އައި މީހުންނަށް ދިވެހި ތީމް އެއް ނުދިނީ. އަޅެ މުންޑެއް ލައްވައިގެން ލިވާން މިތަނަށް ގެނެވުން ނަމަ ހާދަ މަޖާ ވީހޭ.. ހައްހައްހަ.. ކޮންވައްތަރެއްބާ ޖަހާނީ؟” އެނާޒުކު  ވަގުތުވެސް ވިލްދާން ބެލީ ސަކަރާތް ޖަހާލެވޭތޯއެވެ.

“ތީ އަސްލު މަގޭ އައިޑިއާއިން ކައްސާލި ތަންކޮޅެއް.. އަސްލު ޑްރެސް އެންޑް ފުޑް ގެ ކަންތަކާއި ހަވާލުވީ ސީރީން ދައްތަ.. އެހެންވެ އަސްލު.. މި ދާން އަކަށްވެސް ނޭނގޭނެ ތިކަހަލަ ވާހަކަ ތަންކޮޅެއް ކުރިން ބުނާކަށް” ހުރިހާ މަސައްކަތެއް ފަހު ވަގުތު ނިމިފައި ހުރިތޯ ޔަޤީންކުރުމަށްފަހު ހަމަޖެހިލި އައިޝަމް އަށް ވިލްދާންގެ ޖުމުލައިން ނުތަނަވަސްކަން ވެރިކުރުވިއެވެ.

ކައިވެނި ކުރެވޭ ވަގުތަކީ ރޭގަނޑު 8:30 ކަމުގައިވާތީ ގާތް ރަހުމަތްތެރިންނަށް ދައުވަތު ދެވިފައިވެއެވެ.

******

“މާޝާﷲ.. މަންމަގެ ދަރިފުޅު މިރޭ ހާދަ ފުރިހަމައޭ..” ސީރީން ޒީވާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއި އެކު ނިތަށް ބޮސްދިނެވެ. އެއަށްފަހު އޭނައާއިއެކު އައުމަށް އެދުނެވެ.

“ޒީވް… ނޯ..ނޯ ނޯ.. ޑޯންޓް ކްރައި… ތިއޮއް ރީތި މޫނު ހަޑިވެދާނެ.. މައި ކްއީން ހާދަ ލޯތްބޭ. ހަމަ ހީވަނީ ޕްރިންސަސް އެއްހެން. ފައިނަލީ ޔޫ އާ ގޮއިންގް ޓުބީ މެރީ…..” ލިއުޝާ ހިނިތުންވެލިއެވެ. އަދި އެކުވެރިޔާގެ އަތުގައި ހިފައިގެން ހިނގައިގަތީ ގަޑިނުޖެހި މަންޒިލަށް ދިއުމަށެވެ.

ލިއުޝާގެ ތައުރީފްގެ ބަސްތަކުން ޒީވާ އަށް ލިބުނު މާބޮޑު ހިތްހަމަޖެހުމެއް ނެތް ނަމަވެސް އެކުވެރިޔާއާއި އެކު ހިނގައިގަތީ އިސްޖަހައިގެން ހުރެއެވެ.

ކާރުގައި ޒީވާމެންނަށް މަންޒިލާއި ހަމައަށް ދެވުނީ ގަޑިޖެހެން ދެތިން މިނެޓަށް ވެފައިވަނިކޮށެވެ. އޭރު ލިވާން ހުރީ އައިޝަމް އާއި ވިލްދާން އާއި ވާހަކައެއް ދައްކާށެވެ.

ލިއުޝާ ޒީވާގެ ހެދުމުގެ ފަސްބައިގެން ހިފައިގެން އައިސް ކައިވެނިކުރެވޭ މޭޒުދަށުގައި އިށީނުމަށް އެހީތެރިވެދިނެވެ.

ޒީވާ ފެނުމާއިއެކު ކައިވެނީގެ މަޖިލިސް އަށް އައިސް ތިބި މީހުންގެ ތައުރީފުގެ ބަސްތައް އޮހެން ފެށުނެވެ.

ޒީވާ އިށީއިނުމާއިއެކު ލިވާންމެން ވެސް އައިސް އެމީހުން ޖާގައިގައި އިށީއިނެވެ.

“ވާން…  ނަސީބު ވަރަށް ގަދަ އިނގޭ..ބާބީ ހާދަހާ ރީއްޗޭ..ބަލާބަލަ އެންމެންވެސް އެވަރަކަށް އެބަލަނީ ބާބީއަށް.” ވިލްދާން ލިވާންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. ނަމަވެސް ޒިވާން އެއަށް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނީއެވެ.

ޒީވާ އިނީ ލިވާންގެ ކައިރީގައި އިންނަން ވުމުން ފިނިވާގޮތް ވެފައެވެ. ކޮންމެ ނަމެއްގައި ކުރެވޭ ކައިވެންޏެއް ނަމަވެސް ކައިވެންޏަށްފަހު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބަދަލުވެގެން ދާނެކަމަށް އޭނަ ގަބޫލުކުރެއެވެ.

ޤާޒީ އަނބިގަބޫލު ކޮށްފިންތޯ ދެފަހަރު އަހާލުމުންވެސް ލިވާން އެއްވެސް ޖަވާބެއް ނުދިނެވެ. އޭރު އެންމެންގެ ނަޒަރު ހުރީ ލިވާންއަށް ހުއްޓިފައެވެ. ސީރީން ވެސް ހާސްވެ ލިވާންގެ ކައިރިއަށް ޖެހިލިއެވެ. އައިޝަމް އާއި ވިލްދާންވެސް އިނީ ކަންބޮޑުވެފައެވެ.

އަނެއްކޮޅުން ޒީވާއަށްވެސް ލިވާން އާއި ދިމާއަށް ބަލާލެވިއްޖެއެވެ. މިހެން ހަދަން އޭނަ މިތަނަށް ގެނައީ ކީއްކުރަން ހެއްޔޭ ޒީވާގެހިތަށް އެރިއެވެ. އެންމެންގެ ތެރޭ ބޭޒާރުވެގެން ދާނީވެސް ހުދު އޭނައެވެ. ޒީވާ ކަންބޮޑުވުމާއިއެކު ލިއުޝާ އާއި ދިމާއަށް ބަލާލެވުނެވެ. އޭރު ތަނުގެ ތެރޭގައި ހަޤީގަތް ނޭނގޭ ހާލު އެކިމީހުން އެކި ވާހަކަތައް ދައްކަން ފަށައިފިއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ޔާއިން 3

Next

ލޯބި ނުވިޔަސް ފިރުމާލަދީ….17

Next
April 14, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….17

Previews
April 13, 2018

ޔާއިން 3

64 Comments!

  1. Friends says:
    April 14, 2018 at 10:04 am

    First dhw

    1. eysh says:
      April 14, 2018 at 12:17 pm

      Yayyyy… friends u got first this time ?? Eysh ah first nulibun dho mifaharu. ? hehe. ??????

  2. Axy says:
    April 14, 2018 at 10:06 am

    Wow up kohlley dhw kiyaa laafa comment kuraanan ?

    1. eysh says:
      April 14, 2018 at 12:19 pm

      Yes my sweet sweet Axy. ?? mifaharu second dho libunee ????? waiting for ur coment ????

  3. Xxxx says:
    April 14, 2018 at 10:25 am

    Maasha Allah. V. Furihama.. Awesome story.. Waiting waiting..avahah upkohdhehchey dear.

    1. eysh says:
      April 14, 2018 at 12:21 pm

      Sweet sweet Xxxx ge coment ves kiyaalan libijje. ? ? thank you dear. Eysh v happy vefa meenee ??? Insha Allaah try kuraanan avahah genesdheveytho ?????? ly ???

  4. Friends says:
    April 14, 2018 at 10:42 am

    Masha allah v salhi mi stry.ummeedh kuran mi gothah stry dhaane kamah.keep it up.
    Waiting 4 nw part.kon irakun nw part eh up vaany… – salaam -???

    1. eysh says:
      April 14, 2018 at 12:24 pm

      Sweet sweet Friends thank uuuu ??? so happy to c ur coment ? insha Allaah thigothah support libenyaa v hihvaru libey. Next part mirey submit kohleveytho balaanan. Keep waiting. Salaam ?? ly ?????

  5. Anonymous2 says:
    April 14, 2018 at 10:55 am

    Finally. Vvvvvvvv salhi story. ???Waiting n waiting…..

    1. eysh says:
      April 14, 2018 at 12:25 pm

      Loabi Anonymous2 ge coment ves kiyaalan libijje. V wait kurevijje dho upvaane irakah ? ? vvv happy vefa Eysh meenee. Keep waiting ? ? luv u ??????

  6. Axy says:
    April 14, 2018 at 11:12 am

    Masha allah v v reethi ? ? Thanks Eysh ???? hithah aranee dhen kihiney vaane baaey…….????
    Eysh ah bunelan beynun vanee thee hama best ? ? mi gothah vaahaka nimendhen up kurahchey ? ? ? ? ? Eysh akey kiyun therin nna v gulhigen vaahaka kuriah gendhaa faraatheykkan ufalaaeku faahaga kuran. …….good luck
    ????????????

    1. eysh says:
      April 14, 2018 at 12:37 pm

      My loabi koabi Axy ge sweeeet sweeet coment kiyaalaafa Eysh meenee bunaane ehcheh ves neyngifa ?? haadha loabi cmnt ekey. Melt my heart ?????? dhen vaane gotheh ves hinga dho balamaa. ??? giruvaaneh innama mihaaru kolhah jahaalevunees kanneyge. Hehe. So happy dear. ????? ly ???? keep waiting ????????????

  7. lotus says:
    April 14, 2018 at 11:17 am

    Wow… v salhi…. but dhen vaanee kihinebaa…. marry kuraane dhw.. waitin for the nxt part

    1. eysh says:
      April 14, 2018 at 1:16 pm

      Sweet lotus ge coment ves v loabi ingey. Vvvv hapy vehje Eysh ??????? lets c dho dhen vaanee kihineh tho. ?? Livaan ge gotheh neynge hama bunaakah.. hehe ??????? keep waiting dear ly?????

  8. Any says:
    April 14, 2018 at 11:31 am

    Wow ❤❤sifakurun hama100%v reethi mibaives hadhamolhey vahaka liyan masha Allh ummm v bodah kiyahithun mihury next part love u bodukoh?❤??

    1. eysh says:
      April 14, 2018 at 1:19 pm

      Loabi loabi Any ge comeny kiyaalaafa Eysh v vv happy vehje ??? huriha teeths ves fenna varah heelaifin ?????? ? ? ? next part Insha Allaah soon genes dheveytho try kuraaanan. Keep waiting dear. ????? keep supporting like that ??? luv u toooo bodu bodu koh ?????????

  9. eysh says:
    April 14, 2018 at 11:37 am

    Finally huriha readers ge inthizaarah nimumeh aissi dho ?? Eysh reyga upvaane kamah submit kohllee. ?? so mi part kihineh? Avahah upkohllan hadhaigen dhethin mistakes ves ebain dho hedhifa. Next time rangalhu kollaanan. ?? kihinehba Livaan hadhaanee dho dhen? And new character eh ves aissi dho mi part ga.. poor Zeevaa. I feel sad for her. Eysh ah enme undhagoo v wedding dress describe kohdheyn. Hehe. V gina vaguthu negi design kuran. ?? keep commenting ur views ingey. Eysh v happy readers ge sweet comments thah kiyaalaafa. V bodu hihvareh ves libey. Keep supporting like that ingey. Love u all ???? comments thakah Eysh rply kohllaanan ingey kudakoh free velaafa. ?????

  10. Ibsha says:
    April 14, 2018 at 11:42 am

    Varah reethi

    1. eysh says:
      April 14, 2018 at 1:24 pm

      Thank you Ibsha dhooni ??? vvvv happy vehje story kamudhiyaeema ????????? luvs tc ???

  11. Afaa says:
    April 14, 2018 at 12:10 pm

    Varah salhii..masha allah..???

    1. eysh says:
      April 14, 2018 at 1:26 pm

      Thank u Afaa dhooni. ???? so happy dear ge cmnt kiyaalaafa. ????????? ? ly tc ???????

  12. Shif says:
    April 14, 2018 at 12:20 pm

    Vvv rythi…

    1. eysh says:
      April 14, 2018 at 1:30 pm

      Thank u my dear Shif dhooni ????? v happy vehje coment kohlleema ????????????????? ly tc

  13. Ziff says:
    April 14, 2018 at 12:47 pm

    Wow..v reethi mi part ves…I love this.keep it dear… God bless u…

    1. eysh says:
      April 14, 2018 at 1:46 pm

      My dear Ziff dhoonee ??? vvv happy vehje coment kiyaalaafa. ?????? God bless u too dear ?? thank u so much ly ???

  14. Shiman says:
    April 14, 2018 at 12:50 pm

    Masha Allah. Varah salhi?? thanks eysh. Sifakurun hama awesome❤❤

    1. eysh says:
      April 14, 2018 at 1:49 pm

      My dear Shiman dhoonige coment ves v loabi ????? Eysh meenee v happy vefa dear ????? thank u so mucb for the support ly ??????

    2. Shiman says:
      April 14, 2018 at 3:53 pm

      When next part

    3. eysh says:
      April 14, 2018 at 5:24 pm

      Mirey submit kohleveytho Eysh mi try kuranee ???

  15. Ree? says:
    April 14, 2018 at 1:02 pm

    Varah reethi kiyaa iru characters thahves discribe kohfa hunna gothun image kuran ves varah faseyha specially zeeva and livaan? super?? keep up to the good work waiting???

    1. eysh says:
      April 14, 2018 at 2:01 pm

      Vvvvv loabi coment eh ?? eysh vvvv happy vehje kiyaalaafa ???? ? keep supporting like that. Ly ?????

  16. Anonymous says:
    April 14, 2018 at 1:04 pm

    V reethi mi story kuriah dhaagoiy..mashah enme reethy mi story ge name? unmeedhu kuran kuriah huri baithahves v reethivaane kamah ??

    1. eysh says:
      April 14, 2018 at 10:42 pm

      Finally my sweeet sweeet Anonymous ge coment eh kiyaalan libijje. Maa fahun dho meenee coment publish vefa. Eysh v wait kureemey dear ge coment akah ????????? asluves so happpy story nd name kamudhiyaeema. ??? Insha Allaah I will try my best ingey ?????? ly

  17. Axy says:
    April 14, 2018 at 1:05 pm

    ???thanks dhooni ???
    Alhey dress design kurumu ga thihaa visnan jehun iru bunelinam. …..yageen help vaanan he he ☺☺☺☺.

    1. eysh says:
      April 14, 2018 at 2:16 pm

      Alhey so sweet nd nice of u dear Axy dhooni. ???? next time for sure ill ask ingey dear ?????? readers ge support is everythng for me ?????? thank u so much dear ???????? vvvvv happy vehje ???

  18. Pinky shifoo says:
    April 14, 2018 at 1:09 pm

    Woww ❤️❤️❤️… It was AMAZING ???… Shifoo hama speechless vehje ???… Sifakurunthah hama obiness to the max ???… Maasha Allah mi part haadha reehchey ???… V v v furihama ???… Hama heevany vaahakaige thereyga ulheveyhenn ???… Hiyeh nuvey alah story liyaa kuhjeh heneh… Ehaa vx furihama ???… Keep up the good work eysh ???❤️❤️❤️… Livaan kihineh baa hadhaanee??? Story kuriah gendhaa goi hama v v v kamudhey shifoo ah ???… Eagerly waiting for the next part ???… Ithurah bunaane ehcheh vx neynge dhnn… Heheheh ???… Lots of love eysh ❤️❤️❤️????????????

    1. eysh says:
      April 14, 2018 at 10:49 pm

      Finallyyyy my loabi loabi shifoo ge coment kiyaalan libijje. Dhoonee haadha loabi coment ekey mee. Eysh haadha wait kureemey dear ge coment akah. Haadha lahunney dho meenee dear ge coment publish vefa ???? abadhuves v inthizaaru kurevey dear ge coment akah. Vvvv happy vehje. ?? giruvaaneh innama yageenunves kolhah jahaaleemus. Ehaaves happy dear. ????????? be like that always ingey. Eysh meenee huriha teetha fenna varah heelaigen ???????? so cute and loabi. Alhe hingaaba dho next part ga balamaa Livaan ah vaa goiy. ????????? eysh ah ves neynge hama ithurah bunaane ehcheh happy vegen goss. ?? love u sooo much dear. Keep comenting ur views ingey ?????? v wait kurevun ingey miadhu ves dear ge coment ah. ????????

  19. Naanii says:
    April 14, 2018 at 1:29 pm

    Nice. Tnq Eysh .waiting for next ??❤❤❤❤❤

    1. eysh says:
      April 14, 2018 at 2:22 pm

      My sweet Naanii vvvv happy vehje ingey coment kiyaalaafa. ? ? ? ? ? ? ? keep waiting ?????? ly

  20. unique says:
    April 14, 2018 at 1:29 pm

    vvvv reethi eysh ge story…… n asluves ur sooooo sweet wat hppn to u…
    u felt so happy today

    1. eysh says:
      April 14, 2018 at 2:25 pm

      My dear unique ge coment ehves kiyaalan libijje. ? ? ? vvv happy comnt kiyaalaafa ???? so happy aslu u guys ge support libeythee. Keep supporting like that dear. ????????? ly ???????

  21. unique says:
    April 14, 2018 at 1:31 pm

    so sweet of u :-*

    1. eysh says:
      April 14, 2018 at 2:29 pm

      U r also v sweeeeet dear ?????????

  22. unique says:
    April 14, 2018 at 1:53 pm

    waiting for the nxt part frm now onwards heheh………….. cute Eysh

    1. eysh says:
      April 14, 2018 at 3:26 pm

      Hehe. Keep waiting dear cute unique ?????? happy to kno that ????? ly

  23. Shafa says:
    April 14, 2018 at 2:28 pm

    Awww mi partvs kiyaalan libunee..upkohllafa inkan ingey ekamu bxy koh ukhemunvs hama vaahaka kiyaahithun nuhurevigen mikiyaalee..vvvv habeys story.. Thank you story eha furihamayah upkoh
    dheytheeve…waiting for the next part..gud luck..?❤???

    1. eysh says:
      April 14, 2018 at 3:29 pm

      Oh my dear sweet Shafa vvvvv bodah happy vehje thihaa bxy koh ulhemun ves kiyaaleema ???????? varah bodah heelaigen Eysh meenee coment sweet kamun. ???? ? ? always keep waiting ingey thigothah. Eysh v happy vey ehaa suprt dheythee. Much luvs tc ????????????

  24. Click a shot ? says:
    April 14, 2018 at 2:41 pm

    Hey eysh..???..my first comnent to your story…mi story feshuneehsurehves varah intresting aa eku kiyaalevey.???..ekam midhuvas kolhu busy vyma comment eh nukohleveni….i loves this story so much..❤❤❤..hama vaahakaige thereah vadhevifa innani…mikahala reethi story eh anehkaaves kiyan libunima varah ufaavehje.???..seriously i really like the plot and all related to this story..???..n i like livaans attitude…haha..???.i really appreciate your hard work????…keep it up….ill always be there to support u…???.kuriah oi thaa mivaahaka adhi maa intresting vaane kaneyge…mihaaru next part kiyaahithun keivani ehnun..???..thankolheh avahah up kohdhechey….waittting impatieny….love u eysh…???❤❤❤

    1. eysh says:
      April 14, 2018 at 10:58 pm

      Loabi loabi reader ehge coment eh kiyaalaafa im speechless.. really so cute. ?????? melt my heart. ????? mirey hithah araa giruvaaneh in ehcheh laigen indhevun nama ey. V fahun dho meenee dear ge coment ves publish vefa. Eysh ah mi fenunee dear ge coment. So so sweeet dear. First coment haadha loabi ey dear. Bxy koh ulhemun ves kiyaalaafa thihaa loabi coment eh kohlleema Eysh ah hama bunaane ehcheh ves neynge ???????????????? eysh ves v like ves livaan ge character. ????? mihaaru innaane next part. Avahah kiyaalaa dhoonee. ??? love u tooooo dear. Sooo happy ????

  25. Shaa says:
    April 14, 2018 at 2:58 pm

    Haadha ryhchey mibaives… V molhah ebahuri sifakurun genesdhyfa… Haadha inthixaareh kurevihjey mi story ah… Anehbaives v v kiyaahithun mihury… Kihinehbaa dhw dhenvaany… Marry kureveynebaa??

    1. eysh says:
      April 14, 2018 at 3:32 pm

      My sweet Shaa thank u bodu bodu koh ? ? ? hingaa dho balamaa dhen vaa gotheh. ?? vvvv happy vey thigothah supportive coments thah libeythee. V hinhama jehey ??????? keep waiting dear. ? ly

  26. reader says:
    April 14, 2018 at 3:09 pm

    What have you done? Enme salhi hisaabunnney thi ninmaaly? Eagerly waiting for the next part :c♥️

    1. eysh says:
      April 14, 2018 at 3:35 pm

      My sweet reader Hehe. First thankolhu kiyaalaafa Eysh heekuree story liyevifa ingoiy reader ah kamu nudhiyaee kamah. Hehe ??? Ekam anehbai kiyaalaafa ingihje kiyaa hithun indhaa nimmaalevuneema kan. Hehe. Ehenve v happy vefa meenee. ??? keep waiting. Eysh miulheny hama Livaan ge baheh nulibigen. Keekuraanee Livaan ge hunna secret gothakun vaa goiy mee hehe ?????? ly

  27. lotus says:
    April 14, 2018 at 3:46 pm

    So, nxt part tonight kiyaalan libeyne tha.. prinx hadhaa gotheh balaalan kemmadhuvefa… pls pls pls tel me this is anothr arrnged marriage that turns into a luv marriage..

    1. eysh says:
      April 14, 2018 at 5:28 pm

      Lotus dear im trying mirey submit kohlleveytho. Still writing hama. Hehe. ? lets c dho prince hedhee kihineh tho. Livaan kudakoh bas naahaa ulheythee aslu Eysh ah undhagoovegen miulheny. Hehe. Lets c dho dhen vaagotheh. Next part insha Allaah tnyt vvv try kuraanan submit kohleveytho. Keep waiting dear ???????

  28. shaba says:
    April 14, 2018 at 5:02 pm

    Vvvvv reethi vaahaka eh

    1. eysh says:
      April 14, 2018 at 5:29 pm

      Thank u my sweet sweet shaba. ??? v happy vehje story kamudhiyaeema ? ? ? ? ? ? ly.

  29. sheen says:
    April 14, 2018 at 5:43 pm

    Adhi mi kiyaalevunee.. hamajehilaigen kiyan beynunvegen mihaa lasveemi. Sorry ingey dear.. vvvv reethi. Repeat kohves kiyaalevijje.. alhe zeeva ah dheragotheh nuhadhahchey please.. thee best writer ennu dhw.. love you.

    1. eysh says:
      April 14, 2018 at 8:42 pm

      My sweet sweet sheen ge coment haadha loabi ey ?????? eysh meenee vvvv bodu koh happy vefa thihaa bxy koh ulhemun ves kiyaalaafa cmnt eh kohlleema. 2 faharu kiyaalikan inguneema adhi vakin bodah heelaigen meenee ??? bxy v ma ehenves vaane dear. Eysh v happy vefa ey mihury asluves ???????? Zeevaa ah huss dhera goiy dho vanee adhi. Eysh ves dheravey ehen hadhan jeheythee ?? dear ge comment kiyaalaafa melt my heart. So sweet. Love u too. Keep waiting ?????????

  30. eysh says:
    April 14, 2018 at 8:56 pm

    Story ge next part ge inthizaaruga thibi my loabi loabi readers ah. Eysh innaane story submit kohllaafa. Ekam Eysh akah neynge publish vaane ireh ingey. ?? gud nyt love u all ???

  31. lotus says:
    April 14, 2018 at 9:44 pm

    Alhe mirey publish eh nuvaanetha avaha.. kiyaa hithun lolah nidhi vx naisfaey mi inee…

    1. eysh says:
      April 14, 2018 at 11:00 pm

      Hehe. Naseebakun upvehje dho mirey. V happy thihaa supportive v ma. ??????

  32. Mixuhan says:
    April 14, 2018 at 10:10 pm

    Alhe avahah upkhba. ..Kiyaa hiyyy vany

    1. eysh says:
      April 14, 2018 at 11:07 pm

      Mixuhan dear mihaaru upvefa innaanee. Avahah kiyaalaa dear ????? v happy ehaa interest aa eku kiyaalaathee story. ????????

Comments are closed.

Next Episodeކެތްކުރާނަން އުއްމީދުގައި 5←


All Right Reserved!