Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 5

eysh Level 510 Stories100 Comments100 Login500 Comments
April 14, 2018 4 Mins Read
43 Comments

އަނެއްކޮޅުން ޒީވާއަށް ވެސް ލިވާން އާއި ދިމާއަށް ބަލާލެވިއްޖެއެވެ. މިހެން      ހަދަން އޭނަ މިތަނަށް ގެނައީ ކީއްކުރަން ހެއްޔޭ ޒީވާގެ ހިތަށް އެރިއެވެ.    އެންމެންގެ ތެރޭ ބޭޒާރުވެގެން ދާނީވެސް ހުދު އޭނައެވެ. ޒީވާ ކަންބޮޑުވުމާއިއެކު  ލިއުޝާ އާއި ދިމާއަށް ބަލާލެވުނެވެ. އޭރު ތަނުގެ ތެރޭގައި ހަޤީގަތް ނޭނގޭ ހާލު އެކިމީހުން އެކި ވާހަކަތައް ދައްކަން ފަށައިފިއެވެ.

******

“ދަރިފުޅާ ލިވާން….. ޤާޒީ އެބަ އެއްޗެއް އައްސަވައޭ” ސީރީންގެ ހިތުގައި  ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ.

އޭނަ ހުރީ ލިވާން ކަންތައް ކުރި ގޮތުން  ކުޑަކޮށް ހިތްހަމަވެސް  ނުޖެހިފައެވެ.

މަންމަގެ ޖުމުލަ އާއިއެކު ސިހުންގެނުވި ލިވާން ބަލާލިއިރު ޤާޒީ އިނީ ލިވާން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައިވާ ތަން ފެނި ލިވާން ހާސްވިއެވެ.

“އަނބި….. ޤަބޫލު……ކޮށްފިން” ތިންވަނަ ފަހަރަށް ޤާޒީ ސުވާލު ކޮށްލުމާއިއެކީ ބުނަން ނުބުނަން ކަހަލަގޮތަކަށް އިނދެ ލިވާން އޭނާގެ ޖުމްލަ ފުރިހަމަކުރިއެވެ. އެއަށްފަހު ދެލޯ މަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

ލިވާންގެ އެއަމަލުތަކުގެ ސަބަބުން ހިތުގައި ޖެހިފައި އިން ޒީވާއަށް ލިވާންގެ ޖުމުލަ އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ހަޔާތުގައި އަންނަ އެންމެ އުފާވެރި ވަގުތުކޮޅު އޭނައަށް ވެގެން މިދިޔައީ ބިރުވެރިކަމުން ފުރިގެންވީ ވަގުތުކޮޅަކަށެވެ. ދެއަތް ދެއަތާއި މޮޑެމުން ދިޔައީ ހާސްކަން ފިލުވާލުމަށެވެ.

ލިއުޝާ ހުރީ އެކުވެރިޔާގެ ނަސީބާއިމެދު ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހިފައެވެ. މިދުވަހަކީ ލިއުޝާ އެންމެ ދެކެން ބޭނުންވި އެއް ދުވަހެވެ. ނަމަވެސް ސީމާ  ދައްތަމެންގެ މަތިން ހަނދާންވެ އެދެލޮލުން އިސާހިތަކު ކަރުނަ ފާއްދާލިއެވެ.

ސީރީން އަށް ލިބުނު އުފާ ބަޔާންކުރަން ވެސް ނޭނގުނެވެ. ޒީވާ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި ނަމަވެސް މިއަދު އެތައްހާސް ގުނައަކަށް އެކުއްޖާ އާއި  މެދު ހިތުގައި އުފެދިފައިވާ ލޯބި އިތުރުވެއްޖެއެވެ. މިދުވަސް ދެކެން އޭނާގެ        އެކުވެރިޔާ ދުނިޔޭގައި ހުރިނަމަ ކިހާ އުފާ ވީސްހޭ އޭނާގެ ހިތަށް އެރިއެވެ.

ސީރީން އައިސް ޒީވާގެ ގައިގައި ބައްދާލަމުން ކައިވެނީގައި ބަރަކާތްލެއްވުމަށް އެދި ދުއާކުރިއެވެ. އަދި މީހުންގެ އެސްފީނާއިން ރައްކާތެރިކޮށްދެއްވުން އެދި ދުއާކުރިއެވެ.

ޒީވާ އެންމެންގެ ކުރިމަތީގައި ޕްލާސްޓިކް ހިނިތުންވުމެއް ހަދިޔާކުރަމުން ގޮސް އުނދޯލިގޭގައި އެލުވާފައިވާ އުނދޯލިން އޭނައަށް ޚާއްސަކުރެވިފައިވާ ޖާގައިގައި އިށީއިނދެލިއެވެ.

ކުޑައިރުކޮޅަކުން ލިވާން ވެސް އައިސް އޭނާއަށް ޚާއްސަކުރެވިފައިވާ ޖާގައިގައި އިށީއިނެވެ.

ޒީވާ އިނީ އޭނާ ލާން އިން ނޭވާވެސް ހިފަހައްޓާލައިގެންނެވެ. ލިވާން އޭނާގެ    ކައިރީގައި އިނުމުން އެހެންޏާ ނުކުރެވޭ ކަހަލަ އިޚްސާސެއް ކުރެވުނެވެ. މިހާރު    އެއީ އޭނަގެ ފިރިމީހާއެވެ. ނަމަވެސް ލިވާން އޭނަގެ ކައިރީގައި އިނުމުން ހިތުގައި  ނޭނގޭ ބިރުވެރިކަމެއް ވެސް އުފެދިގެންދިޔައެވެ. މީ ނަމެއްގައި ކުރެވޭ ކައިވެންޏެއް  ނޫންހެއްޔެވެ؟ އޭނަ ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟

ލިވާން އިނީ ޒީވާގެ ކައިރީގައި އިންނަންވުމުން އުނދަގޫވެފައެވެ. ކިތަންމެ ރީތި ސިފައެއް ލިބި މަޢުސޫމްކަމެއް ހުއްޓަސް އޭނަގެ ހިތުން ޒީވާއަކަށް އެއްވެސް ޖާގައެއްނެތެވެ.

އުނދޯލި ހަދާފައި އިނީ ހަމައެކަނި ދެމީހުންނަށް ކިރިޔާ އިށީނދެލެވޭ ގޮތަށް    ކަމުގައި ވާތީ ދެމީހުން ތިބެންޖެހުނީ އެކަކު އަނެކަކުގެ ގައިގައި ކިރިޔާ      ބީހިލެވޭ ހިސާބުގައެވެ.

ދެމީހުންގެ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ފާއިތުވެދިޔުމަށްފަހު  ލިވާން މަޑުމަޑުން ތެދުވިއެވެ. އެއާއިއެކު ލިވާންގެ އަތް ޒީވާގެ އަތުގައި ބީހިގެން ދިޔައެވެ. ކައްޓެއް ހެރުމުން އަތް ދަމައިގަންނަ ފަދައިން ލިވާން އޭނާގެ އަތް ދަމައިގަތެވެ.

“ލުކް.. ޒީވާ…އުއްމީދު ކުރަން އަހަރެން ކުރިން ދެއްކި ވާހަކަ މިހާރުވެސް ހަނދާން  ހުރި ކަމަށް… ޑޯންޓް އެކްސްޕެކްޓް އެނީތިންގް ފްރޮމް މީ.. އޯކޭ” ޒީވާއާއި    ދިމާއަށް ނުރުހުމުގެ ނަޒަރަކުން ބަލާލުމަށްފަހުު ލިވާން އަވަސް ފިޔަވަޅު ތަކެއްގައި އެތަނުން ދިޔައެވެ.

ލިވާން ދިޔަ ދިމާއަށް ބަލަހައްޓައިގެން އިން ޒީވާ އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“ލިވާން ގަނޑު ހީކުރަނީ ކީކޭ ކަމައްތަ؟ އަމިއްލައަކަށްނު ކައިވެންޏަށް ޕްރޮޕޯސް  ވެސްކުރީ…. އައި އޯލްރެޑީ ޑޯންޓް އެކްސްޕެކްޓް      އެނީތިންގް ފްރޮމް ޔޫ.. ޔޫ ގޮޓް  އިޓް..  ހައް.. ވަރަށް ފޫހިވޭ”            ޒީވާ އެކަނި އިނދެ ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ނަފުސާއެވެ.

“އޭތް އޭތް.. އެހާއަވަހަށް ހުވަފެން ބަލަން ފެށީތަ؟” ލިއުޝާ އައިސް ދެތިން ފަހަރު ގޮވާލުމުންވެސް ޒީވާގެ ފަރާތުން ޖަވާބެއް ނުލިބުމުން ދިމާކޮށްލިއެވެ.

“ލިއޫ… އަޅެ ދެން ކިހިނެތްތަ ހަދާނީ… ވަރުގަދަ ފިރެހެނަކާ އިންނަންވެސް މިޖެހުނީ… އަޅެ ހާދަ ފޫއްސެކޭވަނީ” ޒީވާ ކުސްތަޅާލިއެވެ. އެކުވެރިޔާ ފިޔަވާ ވާހަކަ ތައް ޚިއްސާކޮށްލާނެ އެހެން މީހަކު މިހާރު އޭނަގެ ނެތެވެ.

“ޒީވް ކަންބޮޑުނުވޭ. ހިއެއް ނުވޭ ލިވާން އަކީ ގޯސް މީހެއް ހެނެއް. ހުރިހާ  ކަމެއްވެސް ދާނީ ރަގަޅަށް.” ލިއުޝާ ބެލީ އެކުވެރިޔާގެ ކަންބޮޑުވުން    ލުއިކޮށްދެވޭތޯއެވެ.

“ކިހިނެތް ނުވިސްނާ ހުރެވޭނީ… ނަފްރަތުގެ ބެލުމަކުން ނޫނީ ބަލާލެވޭ ކަމަށްވެސް ނުވޭ..އާރގްގްގް..ދެންމެވެސް ހިޓްލަރ އެދިޔައީ ބޮމެއް ގޮއްވާލާފައި…ދެދުވަހުވެސް ކެތްކޮށްލެވިއްޖެއްޔާ ވާ ރަނގަޅު” ޒީވާ ފުސްމޫނު ހަދާލިއެވެ.

“ޒީވް.. ނަފުރަތަކީ ލޯބީގެ ފެށުމޭ ބުނެ އުޅެއެއްނު… ހެހެހެ. ޑޯންޓް ވޮރީ ޑިއަރ… މީހުންގެ ކުރިމަތީ ތިހެން ފުސްމޫނު ހަދައިގެން ނީނދެ އާދެބަލަ ޑްރިންކެއް އެއްޗެއް ބޯލަން” ލިއުޝާ ބެލީ ޒީވާގެ ނުތަނަވަސްކަން ފިލުވާލުމަށެވެ.

ލިއުޝާ ޑްރިންކެއް ބަލައި ދިޔުމުން ޒީވާ އެކަނިވެފައި ހުއްޓާ ވިލްދާން އައިސް    ކޮށްލި ކަމަކުން ޒީވާއަށް ސިހުން ގެނުވިއެވެ. ވައި އަޑުން އޭނާގެ ކަންފަތް    ދަށުގައި “ބާބީ” އޭ ކިޔާ ގޮވާލުމުން އެކަމަށް ނުވިސްނާ ހުރުމުން ސިހުނީއެވެ.

“ބާބީ ކިޔަސް އޯކޭތަ؟…މީ ވިލްދާން.. ފިރިކަލުންގެ ގާތް ފްރެންޑެއް ” ސަލާމަށް    އަތް ދިއްކޮށްލަމުން ވިލްދާން ޒީވާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ޒީވް ކިޔަސް އޯކޭ” ޒީވާ ސަލާންކޮށްލަމުން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ޒީވްގެ ސްމައިލް ވަރަށް ނައިސް…ލިވާން އިޒް ސޯ ލަކީ” ވިލްދާންގެ    ޖުމުލައާއިއެކު ޒީވާގެ ހިތް ނުތަނަވަސްވިއެވެ. ލިވާންގެ ނަންވެސް އަޑު އަހަން    އޭނަގެ ހިތް ނުރުހެއެވެ.

*****

ދެއަތަށް ދެ ޖޫސްތަށި ލައިގެން އައި ލިއުޝާ ސިހުނީ ފަހަތުން މީހަކު ކަރު ކެހިލި އަޑަށެވެ. އޭރު އައިޝަމް އޭނާގެ ފަހަތުގައި ހިނިތުންވެލައިގެން ހުއްޓެވެ.

އައިޝަމް ފެނުމާއިއެކީ ލިއުޝާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ނޭނގޭ ވިންދެއް އެހިތުގައި ފުރަތަމަ ފަހަރަށް ޖަހަންފެށި ކަމުގެ އިޚްސާސް ކުރެވިގެންދިޔައެވެ. ލިއުޝާ ރަކިގޮތަކަށް ހިނިތުންވުމެއް ދިނުމަށްފަހު ހުއްޓި ހުރީ ފިޔަވަޅެއް ވެސް އަޅަން ނޭނގިފައެވެ.

“ފޯރ މީ؟…” ލިއުޝާގެ އަތުގައި އޮތް ޖޫސްތައްޓަށް އިޝާރާތްކުރަމުން އައިޝަމް އައިސް ލިއުޝާގެ ގާތަށް ހުއްޓުނެވެ.

އެއްވެސް ދެކޮޅު ހެދުމެއްނެތި އަތުގައިވާ އެއް ޖޫސްތަށި އޭނަ އައިޝަމްއަށް ދިނެވެ. ވަގުތާއި ހާލަތުގެ ގޮތުން އެކުވެރިޔާގެ މަތިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަނދާން ނެތުނެވެ.

“ލިއޫ ކިޔަސް އޯކޭތަ؟ ވަރަށް ލޯބި ނަމެއް..” ލިއުޝާ އަނގައިން ނުބުނެ ބަލަން ހުންނަން ފެށުމުން އައިޝަމް ބުނެލިއެވެ.

“އޯކޭ ކިޔަސް…ތޭންކްސް” ލިއުޝާ ލަދުން އިސްޖަހާލިއެވެ.

“އަޑާއި އެއްވަރަށް ކުއްޖާވެސް އެހާ ލޯބި.. މިރޭ އަދި ވަކިން ޚާއްސަކޮށް ފުރިހަމަ” އައިޝަމްގެ ތަޢުރީފުގެ ބަސްތައް އިވުމުން ލިއުޝާ އަދި ވަކިން ލަދުގަތެވެ. އެވަގުތު އެމޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.

ޒީވާ އާއި ވާހަކަ ދައްކަން ހުރި ވިލްދާން އަށް އައިޝަމް އާއިއެކު ލިއުޝާ ހުރިތަން ފެނި އެދެމީހުންނާއި ދިމާކޮށްލާފައި އެބަ އަންނަން ކަމުގައި ބުނެ ދިޔުމުން ޒީވާ   އެކަނި ވިއެވެ. ވަށައިގެންވާމާހައުލަށް ނަޒަރު ހިންގާލުމާއިއެކު އެކި މީހުން އެކިކަންކަމުގައި މަސްޢޫލުވެ އުޅޭތަން ފެނުނެވެ. ސީރީން އާއި ނޫމާން ވެސް ޕާޓީއަށް އައިސްތިބި މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގެ ކަންކަމުގައި ހޭބޯނާރާ އުޅެއެވެ. ކަރު ހިއްކައިގެންފައިވާތީ އޭނަ ގަސްތުކުރީ ފެންފޮދެއް ބޯލުމަށެވެ. އެހެންވެ ކެއުން ތައްޔާރުކޮށްފައިވާ މޭޒާއި ދިމާއަށް އޭނަ ހިނގައިގަތެވެ.

*****

ކަރު ހިއްކައިގެންފައިވާލެއް ބޮޑުކަމުން ލިވާން މިސްރާބުޖެހީ ޖޫސްތައްޓެއް ބަލައިދިއުމަށެވެ. ޖޫސްތަށި ނަގައިގެން އެނބުރެލީ ވަގުތު ފަހަތުގައި ހުރި މީހެއްގެ ގައިގައި ޖެހިފައި އެޖޫސްތަށި ބަންޑުންވީ އެމީހެއްގެ ގަޔަށެވެ.

“ސޮރ…..” ލިވާންގެ ނަޒަރު ޖޫސްތަށިން އެމީހެއްގެ މޫނަށް ދިޔުމާއިއެކު އޭނާގެ  ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ބުނަން އުޅުނު ޖުމުލަވެސް ފުރިހަމަކުރެވޭ      ގޮތެއް  ނުވިއެވެ.

“ޔޫ……. ވަޓް..ދަ ހެލް އާރ ޔޫ ޑުއިން ހިއަރ؟…..” ލިވާން އޭނާގެ ދަތްތަކަށް ބާރުލަމުން ނުރުހުމާއިއެކީ ބުނެލިއެވެ. ހީވީ ދަތްތައްވެސް ބިންދައިގެން ހިނގައިދާނެ ހެންނެވެ. ހަމަ އެވަގުތު މަޑު ހުނުމެއްގެ އަޑު އެކަންފަތުގައި ޖެހުމާއިއެކު އޭނާ އައިސްފައިވާ ރުޅި އިންތިހާއަށް ދިޔައެވެ. އައި ރުޅިއާއިއެކު ކުރިމަތީގައި ހުރި މީހާގެ އަތުގެ މުލައްދަނޑީގައި ހިފާ ގަދަކަމުން ކަހަލަ ގޮތަކަށް މީހުން ތިބި ސަރަޙައްދާއި ދުރަށް ގެންދަން މަސައްކަތް ކުރަމުން ދިޔައެވެ.

ފެންތައްޓެއް ބަލައި އައި ޒީވާއަށް އެހުރިހާ މަންޒަރެއްފެނުނެވެ. އެވަގުތު އޭނާހުރީ ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލައިގެންނެވެ. ލިވާން އައިސްފައި ހުރި ރުޅިއާއި އެއްވަރަށް އެމީހެއްގެ އަތުގައި ހިފަހައްޓާފައިވާލެއް ބާރުކަމުން ބިރުން ރޫރޫ  އަޅައިގަތެވެ.

“ކާކުބާ؟ ކޮންތާކައްބާ ލިވާން އޭނަ އެގެންދަނީ…. ހާދަ ރުޅިއައިސްފައޭ   އެހުރީވެސް..  އޯ ގޯޑް.. އަނެއްކާ ލިވާން އެއުޅެނީ…ނޯނޯ.. އައި ހޭވްޓު ގޯ  އާފްޓާރ ހިމް” ޒީވާގެ ހިތަށް އެރި އެއްޗަކުން އޭނާގެ ހަށިގަނޑުގައިވާ ހުރިހާ  ލޯލިތަކެއް ކޮޅަށްޖެހިގެންދިޔައެވެ.

ލިވާންއަށް ނޭނގޭނެހާ ސިއްރުން ޒީވާ ލިވާންގެ ފަސްފަހަތުން ހިނގައިގަތެވެ.    (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

މަކުނުދޫގެ ޒިޔާރަތް (ބަނދި)

Next

ޔާއިން 4

Next
April 14, 2018

ޔާއިން 4

Previews
April 14, 2018

މަކުނުދޫގެ ޒިޔާރަތް (ބަނދި)

43 Comments!

  1. lotus says:
    April 14, 2018 at 9:49 pm

    Hama balabala indha e up v … adhi nuvx kiyan …. thanks soooo much dear up kolla dhineema

    1. eysh says:
      April 14, 2018 at 11:16 pm

      Yeyyy my lotus dhooni ah first dho mi libunee mifaharu ???????? hehe. V happy vehje thihaa wait kuraathee. ???????

  2. lotus says:
    April 14, 2018 at 9:58 pm

    Aha! They got married dhw.. prinx yes ey buneema alhugada hifahattailaigen in neyvaa dhookollevunee. hehe.. wats gonna hapn nxt.. v balaalan beynun.. curiously waitin fr the nxt part.. kon irakun kiyaalan libeynee

    1. eysh says:
      April 14, 2018 at 11:21 pm

      Hehe. Finally dho. Neyvaa hifaahttaalan jehey vaguthu kolheh dho ?? hehe. Lets c dho dhen vaagotheh. Insha Allaah tmrw genesdheveytho balaanan. ?????? v happy dear thihaa supportive v ma ?????? ly keep waiting. ??

  3. Click a shot ? says:
    April 14, 2018 at 10:05 pm

    Omg ..who was that????….varah curious vehje…???.finally…inthizaaru koh koh indha up vi…☺☺☺.mi part ves hama. superb ingey….alhey…m goin crazy…???.mioh loabi story eh….fav readers ge list ah eysh add vehje…u r really great..????.u will be much better in future…..insha allah….this is just…..keekai bunaani…bashuhtije…OBINESS TO THE MAX….????.waitting..luv u.???❤❤❤..kurin part ga com ah reply eh nulibunima varah dheravi..
    Maybe u havent seen my comment….love u as usuaaly??????❤❤❤❤

    1. eysh says:
      April 15, 2018 at 11:34 am

      Finally. My dear loabi loabi coment kohlla reader ge coment kiyaalan libijje ?????? eysh ves v birun meenee kaaku kameh nyengeythee. Hehe. Dont be crazy anehka ingey dear. Hehe. ??????? alhey seriously melt my heart dear. Reallly love ur coment dear ????? v inthizaaruga beythihbihje dho. ?? realllyyy haadha loabi ey mi coment. Vvv happy vehje favourite readers ge listah leema. Giruvaan kolhah. Hehe. ? ? asluvestha dear. Dear ge coment publish vefa inee v fahun. Coment fenuneema Eysh innaane rply kohllaafa. Dont be sad dear. Thihaa sweeeet coment kohla reader ehge coment akah rply nukoh kihineh dhookohlaanee. ????? eysh haadha happy veyey thigoyhah support dheythee. Really appreciate. Melt my heart. Kuriyah huri part thakun ves dear ge sweet coments thah fennaane kamah unmmeedhu kuran ???????? ly so much

  4. Mixuhan says:
    April 14, 2018 at 10:12 pm

    Yey …up v … Thank you

    1. eysh says:
      April 14, 2018 at 11:23 pm

      Yeyy. Upvehje dho finally. ????? so happy interest aa eku kiyaalaathee ?????????? ly. Keep waiting dear ??

  5. Afaa says:
    April 14, 2018 at 10:14 pm

    Masha allah varah reethii..mi part vess.. Varah happy..so waiting for next part..vv salhii..❤❤?

    1. eysh says:
      April 14, 2018 at 11:26 pm

      Thank you my sweet Afaa dhooni ??????? sp happy to c ur coment. V happy story thihaa interest aa eku kiyaalaathee ???? next part Insha Allaah tmrw. Keep waiting ingey dear ????????

  6. Mixuhan says:
    April 14, 2018 at 10:18 pm

    Ekm haadha kurey

    1. eysh says:
      April 14, 2018 at 11:28 pm

      Asluves thankolheh kuru dho. Eysh ah ves ingey thankolheh kurukan. Next part balaanan thankolheh dhigukoh genesdheveytho ???????? miadhu type kurevun varu eiee. Keep waiting. Ly ???????

  7. Xxxx says:
    April 14, 2018 at 10:27 pm

    Woooww.. V. Reethi.. Thankx. ❤️waiting

    1. eysh says:
      April 14, 2018 at 11:30 pm

      My dear Xxxx loabi ge coment kiyaalaafa v happy vehje. ???? keep waiting ingey dear. Thank u so much ??????? ly

  8. Shaa says:
    April 14, 2018 at 10:30 pm

    Enme fahun marry kurevuny dhw… V foarigadha vaanethaa dhw… V kiyaalaa hithun mibaives mi kiyaaly… V v v rythi n v v kiyaahiyvaa story eh mee… V molhu igey.???… Thigothah rythikoh gengos story ninmaaleveytho balahchey igey…?????

    1. eysh says:
      April 14, 2018 at 11:34 pm

      My sweet shaa. Enme fahun marry kurevijje. Hehehe. Clever girl ?? hehe. Eysh vvvvvv bodah happy vehje mi coment kiyaalaafa dear. ??????? Insha Allaah v happy vey thigothah support dheythee. Vvv happy. Will try my best ingey dear ?????? ly. Keep waiting

  9. Pinky shifoo says:
    April 14, 2018 at 10:40 pm

    Wow ❤️❤️❤️… Superb ???… Mi part vx as usual v v v reethi ???… V furihama ???… Nasybehnu livaan ehen buni kan ???… Livaan e gendhiyaee eynage ex girlfriend henn heevany… Heheheh… Just a guess ingey… eysh hama v v v molhu Maasha Allah Story liyan ???… V v inthizaaru kurevey mi story ah ???… Keep up the good work ???… Curiously waiting for the next part… Lots of love eysh ❤️❤️❤️???????????????

    1. eysh says:
      April 15, 2018 at 11:56 am

      Alhey my loabi loabi shifoo dear…. ?????? haadha loabi coment ekey. Eysh eh neyngun shifooge coment ah wait kurevun adhadhuves. Hehe. ? ? ? hehe vedhaane dho konme kahala meehakah ves livaan gendhiyaee. Hehe. Hingaa dho balamaa kaakutho eiee. ??? next part Insha Allaah today. ????? keep waiting. ? ? Thank u so much dear. Eysh v loabi vehjje thi huriha kudhin dheke ves. Sweeeeet kamun eysh meenee ufalun giruvaan ves kolhah jahaalaigen. Hehe. Ly so much dear ????????

  10. Friends says:
    April 14, 2018 at 10:56 pm

    Masha allah mi bai vex ehaame furihama.ekam kuda koh kuru dhw. Ekam stry v salhi igey.e aii livaan ge X kan nyge.. Hehe.dear mi comm thakah reply kuraa iru ga huriha comm thakah vex kurevey tho balah chey dhookoh nulaa.eyrun gina kudhin ge hiyaalu libeyniy friends qabool kuraa gothu ga.thiya kuraa mashahkah ufalaa eku balaa gahnan……..
    Keep it up.waiting 4 nw part. -salaam-????

    1. eysh says:
      April 14, 2018 at 11:40 pm

      My dear Friends ge coment kiyaalaafa Eysh meenee v happy vefa bunaane ehcheh ves neyngifa. ??? thankolheh kuru Eysh ah ves mi bai. Ekam hama miadhu readers kiyaa hithun thibeema upkohllee liyevun hisaabah. ?? lets c dho what happns. Eysh ah anehka coment eh dhookohlevifa ineetha dear? Eysh v balan huriha kudhinge coment thakah ves tharutheebun rply kureveytho. Ekam baeh faharu hurey coments publish vefa v fahun ves. Ekam hama e comenteh fenna irah rply kohllan. Eysh mi innanee coment eh naisgen rply kuraane ? hehe. V happy vey dear men thihaa support kuraathee. Reallly appreciate. Keep waiting dear ?????? ly

  11. Axy says:
    April 14, 2018 at 11:35 pm

    Thanks Eysh ? v v ufaaveyjje ehaa avahah vaahaka up kohlley ma ☺☺☺☺ V V reethi mi part ves. …next part than kolhey dhigu kohllahcheey …..igey ???????????????

    1. eysh says:
      April 14, 2018 at 11:46 pm

      Loabi loabi Axy coment v sweet ingey. ?? v happy vehje ingey reethi v ma mi part ves. ??? Insha Allaah next part thankolheh dhigukohleveytho eysh tey kuraanan. Aslu kurukohves upkohllee kiyaahithun thibeema kudhin ??????? ly keep waiting dear

  12. unique says:
    April 14, 2018 at 11:37 pm

    vvvvvvvvvvvvvvvvvvv loabi story……………… loabi Eysh

    1. eysh says:
      April 14, 2018 at 11:47 pm

      My dear unique v happy vehje ingey comnt kiyaalaafa. Loabi coment eh loabi kuhjaku kohllaafa in ?????? keep waiting dear. Thank u. Ly ?

  13. eysh says:
    April 14, 2018 at 11:59 pm

    Finally 5th vana part upvehje. Mi part thankolheh kuruvaane. Aslu eysh beynun nuvee kudhin kiyaahithun thibeema ehaa ginairu inthizaaru kuruvan. Ehenve liyevifa in hisaabah upkohlee. Next part Insha Allaah dhigukohleveytho balaanan. Kuree part thakah coment kuri baeh kudhinge therein baeh kudhinge coment thah huri v fahun publish vefa. Ekudhinge coment thakah ves eysh hunnaane rply kohllaafa mihaaru. ??? eysh v happpy vey ehaa supportive coments thah kiyaalaafa. Vvvvv sweet coments thah. Coment publish nuvi kudhin balaalahchey eysh ge rply in tho ingey. Eysh abadhuves v iskameh dhen readers ah. Readers ge coment thakah tharutheebun rply dheveytho. U all r v important for me ingey. Vvv sweeet coments kohllaa kudhinves ulhey. Eysh v happy vey. huriha kudhinge support aa ekee Insha Allaah I can do better. And eysh v beynun cover photo hadhan. But eysh ah neynge photo edit kuraakah. If anyone interests eysh kairee bunela dhehchey. Love u alll ???????

  14. Rish says:
    April 15, 2018 at 1:56 am

    Alhe haadha reechey mivaahaka hama kiyaahivaniye. dhenvaanegothe hitha arani reethikamun. eysh alhe thanks thikuraa masakatha hama saabas obinas to the max aysh.

    1. eysh says:
      April 15, 2018 at 12:43 pm

      Rish dhooni thank u bodu bodu koh. ???? vvvvvv happy vehje dear ge coment kiyaalaafa ??????? readers ves aslu thikoh dheny v bura masakkatheh. Eysh ufalaaeku balaigannan. Thigothah support dhineema v hinhama jehilaigen liyelevey ????????? so happy dear. Coment hama obinas to the max. Hehe. Ly. Keep waiting ???

  15. Any says:
    April 15, 2018 at 6:44 am

    Wow wow next part kiyahithun hureveny eh noon an thanks a lot mihareethi vahakaeh genesdheythy love ❤?gavaidhun up kurathy???

    1. eysh says:
      April 15, 2018 at 12:47 pm

      My sweet Any love ???? eysh mihury vvvvv bodukoh heelaigen happy vileh bodu kamun. ???? thikudhin thihaa kiyaa hihvaathee eysh ves mi balanee ehaa gina iru nukoh avahah upkohleveytho ????? eysh ah kameh dhimaa nuvanyaa konme dhuvahaakuves part eh genesdheveytho balaanan. ?????? ly dear. Keep waiting. ? ? ?

  16. sheen says:
    April 15, 2018 at 9:40 am

    Wow ey buneveynee.. thihira creative ideas thakah hama saabas.. v foari gadhavaanehen heevanee.. livaan fahathun dhaahiyvejje jaasoos kollan. Hehe.. adhi thi livaan eh zeev dheke inthihaa ah loabivaanekan yageen..mihen buneema eysh anekka loabi nuvaa gothah hadhaaneekee noon ingey.. thee bas ahaa kujjennu dhw.. mirey up kohdheynan dhw.. thankolheh dhigukollahchey ingey luv. ♡♡♡♡♡

    1. eysh says:
      April 15, 2018 at 12:52 pm

      Alhey sheen ge loabi loabi coment kiyaalaafa eysh hama bas huhtijje. Haadha happy vehje ey. ????? hehe. Aslu sheen dho fonuvan v zeevaage badhaluga livaan fahathun hehe. ???? hehe. Dhen hingaa dho balamaa vaagotheh. Thee ves hama vedhaane gotheh hehe. Kuree part ah vure dhigukohla dheynan next part ingey luv. ??? vvvv ufaavey thihaa supportive v ma. Keep waiting dear. Ly ? ? ? ? ? ? ? ?

  17. Aru says:
    April 15, 2018 at 10:35 am

    Wow vara salhi mi vaahaka kiyaahithun eindha konmei burakuves nimeiney… Mivaahaka Kiyan einaeiru neygei vaagothei ves… Gaein heybihinagaa geindhaney… Vara salhi maasha ahloh… Thigothuga kuriya dhey eiraadhu kaamiyaabu vaanei eiraadhu Kureiviyaa

    1. eysh says:
      April 15, 2018 at 12:57 pm

      My sweet Aru haadha happy vehjey dear ge coment kiyaalaafa. ? ? ? hehe. So happy to kno that asluves. Coment vvvvvv sweeeet dear. Thigothah support dhineema eysh vvvvvv ufaavey. ?????????????? next part insha allaah today genesdheveytho mi try kuranee. Coment thah kiyaalaa hithun nuhurevigen iru irukolhun eba balaalevey. Bxy koh ulhemun ves hama balaaleveny. Hehe. Thank u dear. Ly ? ??????? eysh ge huriha readers akee everythng for me. Keep waiting ??????

  18. reader says:
    April 15, 2018 at 12:52 pm

    Prolly his ex gf?

    1. eysh says:
      April 15, 2018 at 12:58 pm

      Hehe. Vedhaane hama thihen ves. Thihen nuveves dhaane. Lets c dho what happns. ???????? next part today insha Allaah. Keep waiting ly ????? so happy to c ur coment ?

  19. leen says:
    April 15, 2018 at 1:28 pm

    this is sooooo nice??? mi mi situn kiyey mivaguthah kiyey emeh rythi vaahaka❤?

    1. eysh says:
      April 15, 2018 at 2:21 pm

      Alhey loabi loabi leen ?????? haadha loabi coment ekey. Eysh meenee hapy vegen gosss bunaane ehves ehcheh neyngifa. ??? vvvvv happy vehje. U r So sweet my dear. Melt my heart. ?????? ?????????? next part soon Insha Allaah. Love u ??????

  20. Hureemey inthi zaarugaa says:
    April 15, 2018 at 1:37 pm

    Mivaa hakayakee aharen mihaathanah kiyunu anme reethi vaahaka

    1. eysh says:
      April 15, 2018 at 2:25 pm

      Alhey loabi loabi reader Hureemey inthi zaarugaa ??????? haadha happy vehje ey thi coment kiyaalaafa. Mee eysh ge first story dear. ?????? eysh meenee happy vegen goss bunaane ehcheh ves neyngifa. Giruvaan ves kolhah jahaalligen. Hehe. Melt my heart. Really u r soo sweet dear ???????? keep waiting.. luv u ??? dhen hunnaanan inthizaaruga coment akah. Hehe ?

  21. Shiman says:
    April 15, 2018 at 4:09 pm

    Eysh i m’ really sorry for the late comment .Masha Allah the story is awesome..this my favorite story..luv you ❤❤❤??

    1. eysh says:
      April 15, 2018 at 6:56 pm

      My loabi loabi shiman dhoonee so haply to c ur coment dear ? ? dont be sorry dear. Its ok. U r so sweeet. I was waiting for ur story and finally just now mifenunee. Soo happy. ????????? vvvvv happy to kno that this story is ur favourite story. ???????????????? luv u tooo shiman dhoooneee.

  22. Shafa says:
    April 15, 2018 at 5:25 pm

    Wow..nice..bxy kamun hama kiyaanulevigen miulheny..gud luck waiting hama next partah?❤??

    1. eysh says:
      April 15, 2018 at 6:58 pm

      My loabi loabi Shafa dear eysh v happy vehje dear thihaa bxy koh ulhemun ves story kiyaalaafa coment kohlleema ???????????????????? keep supporting like that ? ?????

Comments are closed.

Next Episodeކެތްކުރާނަން އުއްމީދުގައި 6←


All Right Reserved!