Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 3

eysh Level 510 Stories100 Comments100 Login500 Comments
April 12, 2018 7 Mins Read
72 Comments

“ހަލޯ” ޒީވާ އަވަސް އަރުވާލައިގެން އުޅެން ހަދައިގެން ފޯނު ކައްސާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ހާސްވެގެން ދެކޮޅަށް ހިނގަހިނގާ ހުރި ޒީވާގެ ފިޔަވަޅުތައް ހުއްޓުނީ ލިއުޝާ ދިން ހަބަރަކުންނެވެ. އެވަގުތު ދުނިޔެ އެފުއް މިފުށަށް ޖެހުނު ފަދަ އިޚްސާސެއްކުރެވިގެންދިޔައެވެ.

*******

“ނޫން… އެހެނެއް ނުވާނެ. ކީއްވެ އެހެން ވާންވީ” އަޑުގެ ނެތް ތަނަށް ރޮއިގަންނަމުން ޒީވާ ދުއްވައިގަތީ ގެއިން ބޭރަށް ނިކުތުމަށެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި ލިވާންއަށް ޒީވާ ފެނި ދޮރުމަތިން އެއްފަރާތަކަށް ޖެހިލެވުނެވެ. ލިވާންގެ ނަޒަރު ސީރީން އަށް އަމާޒުކޮށްލަމުން ލޮލުގެ އިޝާރާތުން ވެގެން އުޅޭގޮތެއް އަހާލިއެވެ.

ސީރީން ހުރީ ޖެހިބުދެއްހެން ކޮޅަށް ތެދުވެއެވެ. އޭނާގެ އެކުވެރިޔާއަށް ވީކިހިނެއްބާވައެވެ؟ ސީރީންގެ ސިކުނޑި މަސައްކަތް ކުރަންފެށުމާއިއެކު “ޒީވާ” އޭ ކިޔާ ޒީވާ ދިޔަ ދިމާއަށް ދުއްވައިގަތެވެ. ވީގޮތެއް ނޭނގުނު ނަމަވެސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމުގައި ލިވާންގެ ހަވަނަ ޙިއްޞު ދެނެގަތެވެ. އެއާއިއެކު އޭނާވެސް މަންމަގެ ފަހަތުން އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔައެވެ.

ހާސްވެ ކަންބޮޑުވެފައިހުރި ސީރީން ބާރަށް ޒީވާގެ ނަމުން ގޮވަމުން ޒީވާގެ ފަހަތުން ދުއްވައިގަތީ އޭނާއަށް ކަމެއް ވެދާނެތީ ބިރުން ހުރެއެވެ. ލިވާންވެސް ހާސްވެފައި ހުރެ ސީރީންގެ ފަހަތުން ދިޔައީ ހާސްވެފައި ހުރެއެވެ.

މަގުމައްޗައް ނުކުތް ޒީވާ ދެކޮޅު ބެލުމެއް ނެތި ދުއްވައިގަތީ ހުރިގޮތަށް ކުރިއަށެވެ. ނަމަވެސް މަގުހުރަސްކުރުމުގެ ކުރިން ލިވާން އައިސް ޒީވާގެ އުނަގަނޑުގައި ހިފާ ދަމައިގަތެވެ.

“ޒީވާ.. ވަޓްސް ރޯންގް ވިތް ޔޫ.. އަމިއްލައަށް މަރުވާންތަ ތިއުޅޭނީ. އޭން..” ލިވާން ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ޒީވާ އަށް ކަމެއް ވީނަމަ، އޭނަގެ މަންމައަށް ވާނެގޮތް ހިތަށް އަރާފައި ކަންބޮޑުވިއެވެ.

ލިވާންގެ ހަރުކަށި ބަސްތަކުގެ ސަބަބުން ޒީވާއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. ރޮމުން ގިސްލަމުން ލިވާންގެ އަތުގެ ތެރެއިން ވީއްލިގަންނަން މަސައްކަތް ކުރަމުން ދިޔައިރު ލިވާން ހުރީ ޒީވާއަށް ގުޑިނުލެވޭހެން އެތުނިތުނި ހަށިގަނޑުގައި ބާރަށް ހިފަހައްޓައިލައިގެންނެވެ.

ކުޑައިރުކޮޅަކު ގަދަދައްކާލުމަށްފަހު ޒީވާ މައިތިރިވެއެވެ. އެއާއިއެކު ލިވާން  ކުޑަލުޔެއް ދިނެވެ. ޒީވާ ގިސްލަމުން ލިވާންގެ ގަމީހުގައި ހިފަހައްޓަމުން ހުރިތަނަށް ތިރިވިއެވެ. އޭރު ރުއިން ވަނީ މަޑު ގިސްލުމަކަށް ބަދަލުވެފައެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން ލިވާން އޭނާގެ މަންމައާއި ދިމާއަށް ބަލާލީ އެހީތެރިކަމަށް ބޭނުންވެއޭ ބުނާ ފަދައަކުންނެވެ. ޒީވާ އޭނާގެ ގަމީހުގައި ހިފަހައްޓާފައިވާލެއް ބާރުކަމުން ގަމީހުގެ ދެތިން ގޮށް ނައްޓާ އެތަނަވަސް މޭމަތި ކޮންމެވެސް ވަރަކަށް ހާމަވާން ހުއްޓެވެ. ސީރީން ޒީވާގެ ދެކޮނޑުގައި ހިފާ ނެގުމަށްފަހު އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. އޭރު ތަނަށް މީހުންވެސް ޖަމާވާން ފައްޓައިފިއެވެ.

“ދަރިފުޅާ ޒީވާ.. ހިނގާ ގޭތެރެއަށް ވަންނަމާ.. ހަމަޖެހިލައިގެން ވާހަކަ ދައްކާނީ.. މިހާރު އެއޮއް މީހުން ވެސް އެއްވަނީ” ސީރީން ޒީވާގެ ގައިގައި ފިރުމާލަމުން ޒީވާގޮވައިގެން ގޮސް ގޭތެރެއަށް ވަނެވެ.

“ދަރިފުޅާ ވީގޮތެއް ބުނެބަލަ” ސީރީން އެތައް ވަރަކަށް ބުނުމުންވެސް “މަންމަ” ފިޔަވާ އިތުރު ބަހެއް ޒީވާގެ އަނގައިން ނުނުކުތެވެ. ގިސްލުމާއިއެކު މަޑު ރުއިމުގެ އަޑު މުޅި ގޭތެރޭގައި ގުގުމާލާފައި ހުއްޓެވެ. ލިވާންވެސް އިނީ ހަދަންވީ ގޮތެއް ނޭނގިފައެވެ.

ގެއަށް ވަދެގެން އައި ނޫމާން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ލިވާން ގުޅާފައި އަވަހަށް ގެއަށް އައިސްދޭން އެދުމުން އޮފީހުގެ ހުރިހާ ކަމެއް ހުއްޓާލުމަށްފަހު އޭނާ ގެޔަށް އެއައީ ވެގެން އުޅޭގޮތެއް ނޭނގޭތީ ކަންބޮޑުވެފައި ހުރެއެވެ. ވީގޮތެއް ނޭނގުނު ނަމަވެސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ނޫމާނަށް އެނގޭތީ ފެންކަޅިވެފައި އިން ސީރީންގެ ބުރަކަށީގައި ފިރުމާލުމަށްފަހު ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ބުނެލިއެވެ. އަދި ޒީވާގެ ބޮލުގައި ފިރުމާލާ ހިތްވަރު ދިނެވެ.

ޒީވާގެ ފޯނު ތަކުރާރުކޮށް ރިންގުވާން ފެށުމުން ލިވާންގޮސް ތަށިމުށިތައް މައްޗަށް ވެއްޓިފައިވާ ފޯނު ނަގާ ބަލާލިއިރު ގުޅަނީ “ލިއޫ” ޖަހާފައިވާ ނަންބަރަކުންނެވެ. ޒީވާއަށް ވެގެން އުޅޭގޮތުގެ ހަޤީގަތް އެނގެން ބޭނުންވެފައި ހުރިވަރުން އޭނާ ނިންމީ އެކޯލް ނެގުމަށެވެ. ފަހަރުގައި ޒީވާއަށް ވެގެން އުޅޭގޮތެއް އޮޅުން ފިލައިފާނެތީއެވެ.

ފޯނު ނެގުމާއިއެކު އެކޮޅުން ލިބުން ހަބަރުން ލިވާންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އޭނާ ވަގުތުން ސޯފާގައި އިށީނދެލީ ކޮޅަށް ހުންނާނޭ ހިތްވަރު ނެތިގެންނެވެ.

ޒީވާގެ މަންމަމެން ފުރި ލާންޗްގައި ދިމާވި ކަރަންޓް ޝޯޓޭޖެއްގެ ސަބަބުން ލާންޗްގައި ރޯވެ އޭގައި ތިބި އެންމެން މިފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކީއެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މާލެ ގެނައުމުގެ މަސައްކަތް ޕޮލިހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިޔަށް ގެންދާކަމަށް ލިއުޝާ ބުނެލީ ރޮމުން ގިސްލަމުންނެވެ. އޭނާވެސް މާލެއަންނަން ބޭނުން ކަމަށާއި ނަމަވެސް މަންމަގެ ބަލި ހާލަތު ހުރިގޮތުން އެމަންމަ ދޫކޮށްލާފައި މިވަގުތު ދެވެން ނެތް ކަމަށްވެސް ބުންޏެވެ. އަދި ޒީވާއަށް ރަނގަޅަށް ބަލައިދިނުމަށް އެދުނެވެ. އަދި ހަބަރުތައް އެނގޭވަރަކުން އޭނާއަށް އަންގައިދިނުމަށްވެސް އެދުނެވެ.

މަރަކީ އެއްވެސް މީހަކަށް ހިފޭއްޓޭނެ އެއްޗެއް ނޫނެވެ. މަރު އައިސް ޖެހުމުން ކޮންމެ އެއްޗެއްވެސް ހެއްދެވިފަރާތުގެ ހަޟްރަތަށް ދަތުރުކުރާނެއެވެ.

އެޚަބަރުވީ ގޭތެރޭގައި ކުޑަވަރެއްގެ ބޮމެއް ގޮއްވާލި ފަދަ ޚަބަރަކަށެވެ. ސީރީން އަށް ހީވީ އޭނާގެ ބޮލުގައި މީހަކު ދަގަނޑުގަނޑަކުން ޖެހިހެންނެވެ. ހުއްޓުން އަރާފައި އިރުކޮޅަކަށް އިނދެވުނެވެ.

“ސުބުހާނަﷲ” ނޫމާނަށްވެސް ވީ އެވަރެވެ. ޒީވާގެ ހާލާއި މެދު ނޫމާނަށް ހަމްދަރުދީ ވެވުނެވެ. އަނެއްކޮޅުން ސީރީންއެވެ. ރަހުމަތްތެރިޔާގެ ވަކިވެދިޔުން ސީރީންއަށް ބަރުދާސްތުކުރެވޭނެ ބާއެވެ؟

ސީރީން އަޑުގެ ކޮޅަށް ރޮއިގަންނަމުން ނޫމާންގެ ގަމީހުގައި ހިފައިގަނެ ރޯންފެށިއެވެ. މިހާއަވަހަށް އޭނާގެ ރަހުމަތްތެރިޔާ އުމުރައް ގެއްލުނީ ހެއްޔެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ތަގްދީރުގެ ނިންމުން މިހާ ހިތިވެދާނެ ހެއްޔެވެ؟ އެކުވެރިޔާ އޭނަގެ އަތްމައްޗަށް ދޫކޮށް އެދިޔައީ ކިހާ އަގުހުރި ހަދިޔާ އެއް ހެއްޔެވެ؟ ލޯބިން ބަލާބޮޑުކުރި ދަރިފުޅު ފުރާވަރަށް އެރުމާއިއެކީ އޭނަގެ އަތްމައްޗަށް ދޫކޮށްލީ ކިހާފޮނި އުއްމީދުތަކަކާއިއެކީ ހެއްޔެވެ؟ އެކުވެރިޔާގެ އެއުއްމީދުތައް އޭނައަށް ފުރިހަމަކޮށްދެވޭނެ ބާއެވެ؟ އާއެކެވެ. އޭނަގެ އަމިއްލަ ދަރިފުޅަށްވުރެވެސް ބޮޑަށް ޒީވާއަށް ލޯބިދޭނަމެވެ. މައިންބަފައިން ނެތްކަމުގެ އިޚްސާސް ވިޔަކަ ނުދޭނަމެވެ. ގެއްލިއްޖެ ފުރާނައަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ނަމަވެސް ޒީވާއަށްޓަކައި އޭނަ ކެތްކުރާނެއެވެ. އެކުވެރިޔާގެ އަމާނާތަށް އޭނަ ރައްކާތެރިވާނެއެވެ.

ޒީވާގެ ގިސްލުމުގައި ހުރި ވޭން އިޚްސާސްކުރެވުމުން ލިވާންގެ ހިތަށް ކުރި އަސަރުން މަޑުމަޑުން ޒީވާގެ ކައިރީ އިށީނދެލިއެވެ. އަދި ކެތްތެރިވާން ވާނެކަމަށް ބުނެލީ ޒީވާގެ އަތްމަތީ އަތް ބާއްވާލަމުންނެވެ. ޒީވާ ރުއިމުން މަންމަމެން ދެރަވާނެ ކަމުގައި ބުނެލިއެވެ. އަދި ކޮންމެ އިންސާނަކުގެ މިފަނާވަނިވި ދުނިޔެއާއި ވަކިވެގެން ދާނެކަމަށް ބުނެލިއެވެ.

ސީރީންވެސް ކަރުނަ ފުހެމުން ކުޑަކޮށް ހަމައަކަށް އެޅިލަމުން އައިސް ޒީވާގެ ގައިގައި ބައްދާލިއެވެ. އަދި ހިތްވަރުކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި މިވަގުތު މީ ހެޔޮދުޢާކުރުމުގެ ވަގުތު ކަމާއި ކެތްތެރިވުމަށް އެދުނީ ލޯތްބާއިއެކީގައެވެ.

ހިތްވަރު ދިނުމުގެ ގޮތުން ބުނާނެ އިތުރު އެއްޗެއް ނެތުމުން ލިވާން އިނީ ހަދާނެގޮތެއް ނޭނގިފައެވެ. އެންމެންގެ ނަސޭހަތަށްފަހު ކުޑައިރުކޮޅަކުން ޒީވާގެ ރުއިމުގެ އަޑު ކެނޑުނެވެ. ލިވާން ޒީވާ އާއި ދިމާއަށް ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ޒީވާ އިނީ ޖެހި ބުދެއްހެން ގުޑާވެސް ނުލައެވެ. ކަރުނަ ހިކި ދެތުންފަތް ހިކިފައެވެ. އިސްޖަހާލައިގެން އިންގޮތަށް އިނީ އަނގައިން ބަހެއްވެސް ބުނެނުލައެވެ.

*******

މަރުވެފައިވާ މީހުންގެ މަސްގަނޑުތައް ގެނެވުނީ މާލެއަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ސިފަވެސް ވަކިކުރަން ނޭނގޭއިރު އަނެއްބައި މީހުންގެ އޮތީ ހަމަ އެކަނި ކަށިގަނޑެވެ. އެއްވެސް މީހެއްގެ މޫނު ވަކިކުރާކަށް ނޭނގެއެވެ. އޭރު މަރުވެފައިވާ މީހުންގެ އާއިލާގެ  މީހުން ހޯދުމުގެ  މަސައްކަތް ފުލުހުން ފަށައިފިއެވެ.

ޒީވާ ގޮވައިގެން ސީރީންގެ ދެމަފިރިންނަށާއި ލިވާން އަށް ހޮސްޕިޓަލަށް ދެވުމާއިއެކު ޒީވާ ދުއްވައިގަތީ މަރުވެފައިވާ މީހުން ބައިތިއްބާފައިވާ ވޯޑާއި ދިމާއަށެވެ. ނަމަވެސް އެވަގުތު އެތާ ހުރި ފުލުސް އޮފިސަރު ޒީވާ ހުއްޓުވިއެވެ. އަދި އެހަށް މަޑުކޮށްލުމަށް އެދުނެވެ. އޭރު ހޮސްޕިޓަލްގެ ތެރޭގައި މަރުވެފައިވާ މީހުންގެ އާއިލާތަކުން ގިނަ އަދަދެއްގެ މީހުން ހަށިގަނޑާއި ހަވާލުވުމަށް އައިސް ތިއްބެވެ. އެއްބަޔަކު ރޯންތިބިއިރު އަނެއްބަޔަކު އެތެރެއަށް ނުވައްދައިގެން އަޑުގަދަ ކުރަމުން ދިޔައެވެ.

ޒީވާމްނެނަށް އެތެރެއަށް ވަދެވޭވަރުވީ 15 ވަރަކަށް މިނެޓް ފަހުންނެވެ. އެތެރެއަށް ވަނުމާއިއެކު ޕޮލިސް އޮފިސަރަކު އައިސް މައުލޫމާތު ސާފުކުރިއެވެ. ފުރަން ދިޔައިރު މަންމަމެން ލައިގެން ހުރި އެއްޗެއްސާއި އުމުރާއި އަދި އެހެންވެސް އިތުރު މަޢުލޫމާތުތަކެވެ. ޒީވާއަށް އެޖަވާބުތައް ދިނުން ވީ ވަރަށްވެސް އުނދަގޫ ކަމަކަށެވެ. ރޮވޭ ވަރުންނާއި ތުރުތުރުލާވަރުން އަޑު ނިކުންނަގޮތެއް ނުވިއެވެ. އެހެންކަމުން ސީރީން އާއި ލިވާން އެމީހުންނަށް އެނގޭވަރުން މަޢުލޫމާތު ޚިއްސާކުރިއެވެ.

ލިބުނު މަޢުލޫމާތުގެ އަލީގައި ހަށިގަނޑު ފާހަގަކުރުމަށް އައުމަށް ބުނުމުން ޒީވާ ހިނގައިގަތެވެ. އޭރު މީހާގެ ހަކަތަވެސް ހުރީ ހުސްވެފައެވެ. ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުންނާއި އެތައް އިރަކު ރުއިމުގެ ސަބަބުން އޭނާ ހުރީ ބޮލަށް އެނބުރުން އަރާފައިވާ ކަހަލަ ގޮތެއް ވެފައެވެ. މައްޔިތާގެ މޫނުމަތީގައި އަޅާފައިވާ ހުދުފޮތިގަނޑު ނެގުމާއިއެކީ ޒީވާ އަނބުރައިގަނެގެން ވެއްޓުނެވެ. ލިވާން އަށް އެކަމަށް ސަމާލުކަމެއް ދެވިފައި ނެތުމުގެ ސަބަބުން އޭނާ ހިފެހެއްޓުމުގެކުރިން ޒީވާ ގޮސް މުށިތަކުގެ މައްޗަށް ވެއްޓުނެވެ.

ސީރީންގެ އެހީތެރިކަމާއިއެކު ހަށިގަނޑު ފާހަގަކުރުމަށްފަހު އާއިލާއާއި ހަވާލުކުރިއެވެ. އަނދާފައިވުމުގެ ސަބަބުން ސިފަ ވަކިނުވާތީ ފާހަގަކުރުންވީ ވަރަށްވެސް ދަތިކަމަށެވެ. ސީމާގެ ކަރުގައި އަޅާފައި އޮތް ފަށުން ސީރީންއަށް އެއީ ސީމާކަން ދެނެގަނެވުނެވެ. ނަސީބު ކަންދިމާކުރި ގޮތުން ސީމާގެ ކަރުގައި އަޅާފައި އޮތް ފަށާއި ދިމާއިން މާބޮޑަށް ފިހިފައިނެތެވެ. ނަމަވެސް މޫނު އެކީހެން ވަނީ އަނދައިގެން ގޮއްސައެވެ. އަދުހަމަކީ އައްސިވުމުގެ މައްސަލަ އުޅޭތީ ބޭސްކަމަރު އަޅައިގެން އުޅޭ މީހަކަށްވާތީ އެކަމަރުގެ އެކީ ނުވިރިއޮތުމުގެ ސަބަބުން އެއީ އަދުހަމްކަން ފާހަގަކުރަން ނޫމާނަށް އެނގުނީއެވެ.

*******

ޒީވާ ހޭއެރީ ހިނެވުމުގެކަންތައް ނިންމާ މޫނުދައްކަން ފެށިތާ އިރުކޮޅެއްވީ ފަހުންނެވެ. ހޭއެރުމާއިއެކީ ފުންމައިގެން ތެދުވުމަށްފަހު ތަކުރާރުކޮށް މަންމައަށް ގޮވަމުން ދިޔައެވެ. އޭރު އޭނާގެ އަޑުވެސް ވަނީ ކުރެހިފައެވެ. ޒީވާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި އިން ލިވާން ސިހުނީ ޒީވާގެ އަޑުންނެވެ. ލިވާން މަސައްކަތްކުރީ ޒީވާ ހަމައަކަށް އެޅުވުމަށެވެ. ނަމަވެސް އެކަން ކުރުންވީ ދަތިކަމަށެވެ. ޒީވާ ހީވަނީ މޮޔަވެފައިވާމީހެއް ހެންނެވެ. ހަޅޭއްލަވަމުން ލިވާންގެ ކައިރިން ސަލާމަތްވުމަށް މަސައްކަތްކުރަމުން ދިޔައެވެ. ލިވާންއަށް ޒީވާ ހިފަހައްޓާލެވެނީ ހަމަ ކިރިޔާއެވެ. އެވަގުތު އަޑުގަދަވެގެން ނަރުހުން އައިސް ނިދާ އިންޖެކްޝަންއެއް ޖެހުމަށް ތައްޔާރުވަމުން ދިޔައެވެ.

އިންޖެކްޝަން ފެނުމާއިއެކު ބިރެއް ފެނުނުހެން ޒީވާ ލިވާންގެ މޭގައި ބޮޑިވެލިއެވެ. އަދި އެނުޖަހާނަން ކަމަށް ބުނަމުން ދިޔައީ ކުޑަކުއްޖަކު ފަދައިންނެވެ. ލިވާން އިނީ ޒީވާގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. ޒީވާ ހަމައަކަށް އެޅުވޭނެ ކަމުގެ ޔަޤީންކަމާއިއެކު ނަރުސްކުދިންނަށް އަތުން އިޝާރާތްކުރުމަށްފަހު އިންޖެކްޝަން ނުޖަހާ އެހަށް މަޑުކޮށްލުމަށް ލިވާން އެދުނެވެ. ޒީވާ ހަމައަކަށް އެޅެން ކުޑަވަގުތުކޮޅެއް ނެގިއެވެ. އެވަގުތުކުގައި ލިވާން އިނީ ޒީވާ އޭނާގެ މޭގެތެރޭގައި ބޮޑިވެލަން ފުރުޞަތު ދީގެންނެވެ. ހިމާޔަތާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދީގެންނެވެ.

ވަޅުލުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު މޫނުއެޅުމުގެ ވަގުތު އައިސް ޖެހުމުން ސީރީންގެ ހިތްވަރު އެލިގެން ދިޔައެވެ. އެހުރިހާއިރު ކޮށްގެން ހުރި ހިތްވަރު ގެއްލުނެވެ. ނަމަވެސް ނޫމާނުގެ ހިތްވަރުގެ ބަސްތަކުން ވަރަށް އަވަހަށް ހަމަޔަކަށް އެޅިލިއެވެ. މިއަދު ކައިރީގައި ފިރިމީހާ ނެތްނަމަ އޭނައަށް ވާނޭގޮތް ލަފާކޮށްލަންވެސް ނޭނގެއެވެ.

ލިވާންގެ އެތައް ނަސޭހަތަކަށްފަހު ޒީވާ ހަމައަކަށް އެޅިލަމުން ދެލޯ ފޮހެލިއެވެ. އޭރު އެމޫނުމަތިން ވަރުބަލިކަން ފާޅުވާން ހުއްޓެވެ. ދެލޯދުޅަވެ ރަތްވެފައިވާއިރު އެދޮން މޫނު ވެސް ހުރީ ރަތްވެފައެވެ. ޒީވާ ހިތްވަރުކޮށްފައި އެނދުން ތެދުވެ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އެއަށްފަހު ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ. ޒީވާ ދޫކޮށްލުމުގެ ހުއްދަ ހޮސްޕިޓަލުން ލިބުމާއިއެކު އަވަސްވެގަތީ މަންމަ އާއި ބައްޕަގެ މޫނު ފަހު ފަހަރަށް ދެކެލުމުގެ ފުރުޞަތު ލިބޭތޯއެވެ.

ޒީވާއަށް ދެވުނުއިރު މޫނުއެޅުމަށް ތައްޔާރުވަނީއެވެ. ޒީވާ ދުވެފައިގޮސް ފަހުފަހަރަށް ލޯބިވާ މަންމައާއި ބައްޕަގެ މޫނަށް ލޯތްބާއިއެކު ބަލާލިއެވެ. އޭރު ކަރުނަތައް އޭގެ މަޤާމް ދޫކޮށް ހޯސްލާފައި ފައިބަމުން ދިޔައެވެ. ސީރީން އައިސް ޒީވާގެ ގައިގައި ލޯބިން ބައްދާލިއެވެ. ނޫމާންވެސް ހުރީ ފެންކަޅިވެފައެވެ.

ޖަނާޒާގެކަންކަން ނިމުނުއިރު އެކަކުގެވެސް ވާހަކަދައްކާލާނެ ހިތްވަރެއް ނެތެވެ. ލޯބިވާ މަންމައަކާއި ބައްޕައެއްގެ ވަކިވުމެވެ. އެކުވެރި ރަޚުމަތްތެރިއެއްގެ ކުއްލި ވަކިވުމެވެ. ހިތްދަތިނުވާނީ ފަހެ ކާކުހެއްޔެވެ؟

މީ ހުވަފެނަކަށް ވާނެނަމަ ކިހާ ރަނގަޅުހެއްޔޭ ޒީވާގެ ހިތަށް އެރިއެވެ. މަންމައާއި ބައްޕަގެ ކުއްލި ވަކިވުންވީ ޒީވާގެ އުއްމީދުތަށް ނިމުމަކަށް ގެނުވި ކަމަކަށެވެ. ނަމަވެސް މަންމަ އާއި ބައްޕައަށްޓަކައި އޭނަ ހިތްވަރުކުރާނެއެވެ. ހަށީގައި ނެތް ހިތްވަރު ނެރެގެން ވިޔަސް މަންމަގެ އެންމެ ފަހުގެ ވަޞިއްޔަތް ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ. މަންމައަށާޢި ބައްޕަގެ ފުރާނައަށް ހެޔޮ ރަޚްމަތް ލެއްވުން އެދި ދުޢާކުރެވުނު އަދަދުވެސް ޒީވާއަކަށް ނޭނގެއެވެ.

*******

އެންމެންގެ ހިތްވަރުގެ ބަސްތަކުން ހިތްވަރު ލިބިގަންނަމުން ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޒީވާ މަޑުމަޑުން ހަމައަކަށް އެޅެމުންދިޔައެވެ. ރަށުގައި މަންމަމެން ހިންގަމުން އައި ވިޔަފާރި ކޮޅަށްޖަހައި ލިއުޝާގެ އެހީތެރިކަމުގެ ދަށުން ބަލަހައްޓަމުން ގެންދިޔައެވެ.  ސީރީންމެން ދެމަފިރިންގެ އެހީތެރިކަމާއިއެކު ކުރިޔަށްވުރެ ފެންވަރު ރަގަޅުކޮށް އެތަން ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވުނެވެ.

ސީރީންގެ ހުއްދަނުލިބޭތީ ޒީވާ ރަށަށް ދިއުން ފަސްކޮށްލިއެވެ.  މަންމަމެން ނިޔާވުމާއި ގުޅިގެން ކިޔެވުން ހުއްޓާލުމަށްފަހު އަލުން ކިޔަވަން ފެށުމަށް އޭނާ ގަސްތުކުރިއެވެ. އެހެން ނަމަވެސް ރާއްޖޭގެ މާހައުލާއި ކުޑަދުވަސް ކޮޅަކަށް ދުރަށް ދިޔުމަށް ޒީވާ ބޭނުންވެ އެވާހަކަ ސީރީންއާއި ޚިއްސާކުރިއެވެ.

ލިވާންވެސް ކޮންމެވެސް ވަރަކަށް ޒީވާއަށް ވާހަކަދައްކާ ހަދާލި ނަމަވެސް ދެމެދުގައި މާބޮޑު ގުޅުމެއް ނޯވެއެވެ. އެހާދިސާއަށްފަހު ޒީވާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވިއެވެ. އެކަނިވެރިކަމަށް ލޯބިކުރުމާއި މީހުނާއި ވާހަކަދެއްކުން މަދުވިއެވެ.

ޒީވާގެ އުޅުމަށް އައި ބަދަލާއިމެދު ސީރީން ނުވިސްނާ އެއްމެ ދުވަހެއްވެސް ނުދެއެވެ. ޒީވާގެ އެކަނިވެރިކަން ފިލުވުމަށް މީހެއްގެ އެހީތެރިކަން އޭނަ ބޭނުމެވެ. އެކަމަށް އެންމެ އެކަށޭނަ  މީހަކު އޭނަގެ ޚިޔާލީ ތަސްވީރުގައި ކުރަހާލިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ސީރީން ބޮޑުކޮޓަރިތެރޭ މަޑުކޮށްލައިގެން އިނީ ލޯބިވާ ފިރިމީހާގެ އިންތިޒާރުގައެވެ. ކުޑަކަމެއްޖެހިގެން އޮފީހަށް ވަދެލުމަށްފަހު ނޫމާންއަށް ގެއަށް އާދެވޭ ވަރުވީ އެގާރަވެސް ޖެހިފަހުންނެވެ. އޭރު ސީރީން އޭނާގެ އިންތިޒާރުގައި އިނެވެ.

“މަގޭ ލޯބި ރީން.. އަނެއްކާ މާ ޚާއްސަކަމެއް އޮތީތަ؟” ނޫމާން އައިސް ސީރީންގެ އަތަށް ފިތާލަމުން ދިމާކޮށްލިއެވެ. ސީރީން ލަދުން މޫނު އަނެއް ފަރާތަށް އަނބުރާލީ މިހާދުވަސްވީއިރުވެސް އަދިވެސް ފިރިމީހާގެ ކަތި ބެލުންތަކުގެ ސަބަބުން އޭނަ ލަދުގަންނާތީއެވެ.

“ދެން ނޫމާން” ސީރީން އުފާވަނީ ނޫމާން އޭނާގެ ކައިރީގައި ވަފާތެރިކަންމަތީ ދެގޮތެއްނުވެ ހުންނާތީއެވެ.

“ނޫމާން. އަހަރެން މިދައްކާ ވާހަކައަށް ނޫމާންގެ ޚިޔާލެއް ބޭނުން.. މީ ޒީވާ އާއި ގުޅުންހުރި ވާހަކައެއް” ސީރީން އޭނާ ދައްކަން އުޅޭ ވާހަކަ ދުރުދުރުން ފެށިއެވެ.

“މާތްﷲ އިރާދަފުޅުން އެދަރިފުޅަކީ ބަސްއަހާ ކިޔަމަންތެރި ދަރިއެއް. ކިހިނެއްވީ އަނެއްކާ ޒީވާއަށް ކަމެއްވީތަ؟” މިފަދަ ވަގުތެއްގައި ސީރީން އޭނައާއި ދައްކަން އެއުޅޭ ވާހަކަ އަކާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. އެއާއިއެކު ކަންބޮޑުވުން އެމޫނުމަތިން ފެނިގެން ދިޔައެވެ.

” ޒީވާ އެހުރީ ވަރަށް ބޮޑަށް އެކަނިވެރިވެފަ… މަޔަކަށްވުރެ ބޮޑަށް އަޅާލާ އޯގާތެރި ބައިވެރިއަކަށް ބޭނުންވެފަ.. އެ އެކަނިވެރިކަން ދުރުކޮށްދޭން ފަސޭހަވާނީ ބައިވެރިޔަކަށް… މިހާރުވެސް އެމަންޖެ އުޅޭ ގޮތުން އަހަރެން ވަރަށް ހިތާމަކުރަން. އެކަންތައް ނަފްސާނީ މައްސަލައަކަށް ވެދާނެތީ އަހަރެން ވަރަށް ބިރުގަނޭ.. އެމަންޖެ އެއުޅޭގޮތުން ޒަވާޖީ ހަޔާތެއް އަމިއްލައަށް ފައްޓަފާނެ ހެނެއް ހިޔެއް ނުވޭ.. އަނެއް ކޮޅުން އަންހެން ކުދިން މީހުނާއި ނީނދެ އެހާ ގިނަ ދުވަސްވުން ވެސް އެއީ އަހަރެން ދެކޭގޮތުގައި އެހާ ރަގަޅު ކަމެއްނޫން. ސީމާ އަހަރެމެންނަށް ވަރަށް އިތުބާރުކޮށްފަ ދަރިފުޅު އެހަވާލުކުރީ. އަހަރެން ބޭނުމެއް ނޫން ޒީވާއަށް ދެރަވާ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް..” ސީރީން އޭނާގެ އަސްލު މައުޟޫއަށް ޖެހިލިއެވެ.

ޒީވާ އާއިމެދު ވިސްނާ ވިސްނާ އެހެން ކަމަކަށް ފިކުރު ހިންގާލާނޭ ވަގުތެއް މިހާރު އޭނާއަކަށް ނުވެއެވެ. އަމިއްލަ ދަރިފުޅަށްވުރެ ބޮޑަށް ޒީވާއަށް އިސްކަންދެވެނީ އެހެން ސަބަބެއްވެސް އޮތީމައެވެ. ނޫމާން އާއި ކައިވެނި ކުރެވުނީއްސުރެ އޭނާއަށް މަންމަ ކިޔާނެ އަންހެން ދަރިޔަކު ބޭނުންވިއެވެ. ނަމަވެސް ތަޤްދީރު ނިޔާކުރި ގޮތުން ލިވާން އަށްފަހު އިތުރު ދަރިއަކު ލިބުމުގެ ނަޞީބު  އެދެމަފިރިންނަަށް ލިބޭގޮތެއް ނުވިއެވެ.

” ތީ ރަނގަޅު ނިންމުމެއްހެން މަށަށްވެސް ހީވަނީ.. އެކަމަކު ޒީވާ އެކަމަށް އެއްބަސް ވެދާނެބާ؟ އަހަރުމެން ދައްކާ މީހަކާ ޒީވާ ކައިވެނި ކޮށްފާނެ ބާއޭ މިހިތަށް އަރަނީ އަނެއްކޮޅުން ޒީވާއަށް އެކަށޭނަ ކުއްޖަކުވެސް ހޯދަން އެބަޖެހޭދޯ…” ނޫމާން ދެފިކުރެއްގައި އިނީ އެކަމުގެ ސަބަބުން ޒީވާއަށް ކޮށްފާނެ އަސަރަކާއި މެދުވެސް ވިސްނޭތީއެވެ. އެދަރިފުޅުގެ މުސްތަޤްބަލު އުޖާލާކުރުމަށް އޭނާ ނުހަނު ބޭނުމެވެ.

“ޒީވާގެ ހަޔާތަށް އެންމެ އެކަށޭނަ އެންމެ ފުރިހަމަ ބައިވެރިޔަކު ހުރީ މިހާރު އަހަރެން ހޯދާފައޭ ބުނެއްޖެއްޔާ؟” ސީރީން ހުރިހާ ދަތެއް ފެންނަ ވަރަށް ހީލަމުން ނޫމާންގެ ދެއަތުގައި ހިފާ އޭނައާއި ދިމާއަށް އެނބުރެލިއެވެ.

“ކާކު..؟” ހައިރާންވެފައި ނޫމާނަށް އަހާލެވުނީ އެހުރިހާ ކަމެއް ސީރީން އަމިއްލައަށް ނިންމާލިލެއް އަވަސްކަމުންނެވެ. އެމީހަކީ ކާކުތޯ ބެލުމަށް އޭނާ އިނީ ކެތްމަދުވެފައެވެ.

*******

“ލިވާން……”  ކޮފީތަށިން އެތިފޮދެއް ބޯލަމުން އައިޝަމް އޭނާގެ އެކުވެރިޔާއަށް ގޮވާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. މިހާ ދުވަސްވީއިރުވެސް އެހަނދާންތަކާއި ދުރަށް ދިއުމަށް ބުނެވުނު އަދަދެއްވެސް އޭނާއަކަށް ނޭނގެއެވެ. އެކުވެރިޔާގެ ހާލަށް އޭނަ ހަމްދަރުދީވެއެވެ.

“ނޭނގެ އައިޝަމް.. މަ ބޭނުމެއް ނޫން އެސޫރަ ހިތަށް ގެންނާކަށްވެސް.. ޒީވާ ފެނުމުންވެސް ހިތަށް އަންނަނީ އެސޫރަ.. މިހާރު ކޮންމެ ރެއަކު ހުވަފެނުން ވެސް ހީވަނީ އެމަންޒަރުތައް ފެންނަހެން. ގެއަށް ވަންނާކަށްވެސް ބޭނުމެއް ނުވޭ އަސްލު” ކޮފީތަށި ހުސްކޮށްލުމަށްފަހު ބިލު ގެނެސް ދިނުމަށް ވޭޓަރަށް އަތުން އިޝާރާތް ކުރަމުން ލިވާން ހިތިގޮތަކަށް ހިނިތުންވެލިއެވެ.

މާޒީގައި އޭނައާއި ދޭތެރޭ ކަންތައް ހިނގާފައިވަނީ އިންސާފަކުންނޫނެވެ. އެހެނަސް އޭނަ ހިތްވަރުކުރަމުން އެދަނީ އެކަމުން އަރައިގަނެވޭތޯއެވެ. އެފަދަ ކަމެއް ދެވަނަ ފަހަރަށް އޭނައަށް ކުރިމަތިވިޔަ ނުދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް އޭނަ ކުރާނެއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ސޫރަ 1

Next

ތިލޯތްބަށްޓަކައި…(1)

Next
April 12, 2018

ތިލޯތްބަށްޓަކައި…(1)

Previews
April 12, 2018

ސޫރަ 1

72 Comments!

  1. Anonymous2 says:
    April 12, 2018 at 2:23 pm

    V reethi vaahaka. Waiting for nxt part

    1. eysh says:
      April 12, 2018 at 7:23 pm

      Thank you so much Anonymous2 ?? varah happy vey thigothah support dheythee. ??? keep waiting. ? ??

  2. Axy says:
    April 12, 2018 at 2:26 pm

    Thanks Eysh ? kiyaa laafa comment kuraanan ⭐

    1. eysh says:
      April 12, 2018 at 7:25 pm

      Yes my dear Axy ???? waiting for ur coment ??

  3. Afaa says:
    April 12, 2018 at 2:48 pm

    Varah salhii mi part vess..??❤❤

    1. eysh says:
      April 12, 2018 at 7:26 pm

      Thank you Afaa dhooni ?????? so happy ????

  4. Any says:
    April 12, 2018 at 3:52 pm

    Alhey mee haadha reechey v loabi vahakaeh meet ummm??hadhamolhey eysh I love u?❤

    1. eysh says:
      April 13, 2018 at 5:48 pm

      Fianlly Any love ge coment kiyaalan libijje ????? vvvvvvv happy vehje coment kiyaalaafa. Love u bodu bodu koh. ???? keep waiting ingey. ????????? Eysh v happy vey thigothah support dheythee. Love u soooo much darlng ?????

  5. Ree? says:
    April 12, 2018 at 4:08 pm

    Oh i feel so bad for zeevaa?? i think livaan ge mom men eulhyni zeevaa aa livaan gulhuvan heyn i really wanna know who they choose to zeevaa avaha up kohdhey thee varah ufaavey?? hope kuran dhen inn baives avaha up kohdheyne kamah?

    1. eysh says:
      April 12, 2018 at 7:32 pm

      Me too. So sad for her loss. ? lets c dho who will be the lucky guy. ?? Avahah upkohladheny readers ge support libeythee. ???? Insha Allaah try kuraanan ? ? very happy coment kiyaalaafa thanks. Luvs ?????

  6. Xxxx says:
    April 12, 2018 at 4:53 pm

    Woooww.. Emotional n nice

    ❤️

    1. eysh says:
      April 12, 2018 at 7:35 pm

      Thank u Xxxx ???? next part kudakoh thafaathu kohleveytho try kuraaanan ????? keep waiting ??? varah happy vehje coment kohlleema ???

  7. Anonymous says:
    April 12, 2018 at 5:05 pm

    Wow wow wow???v nice. E kujjakee livan dhw? Dhen kihineh baa vaanee? So exited ??. Kondhuvahku next part??? Keep it up dear. You can do it.?????

    1. eysh says:
      April 12, 2018 at 7:44 pm

      Thank you so much Anonymous ??? v sweet coment eh. ?? lets c dho kon kuhjehtho. Keep waiting. Firday Eysh ah v busy vaane but v try kuraanan tmrw ge part genesdheveytho ????

  8. Suney says:
    April 12, 2018 at 5:06 pm

    Wow wow wow???v nice. E kujjakee livan dhw? Dhen kihineh baa vaanee? So exited ??. Kondhuvahku next part??? Keep it up dear. You can do it.?????

    1. eysh says:
      April 13, 2018 at 6:01 pm

      Finally loabi loabi Suney ge coment ves kiyaalan libijje ???? Hingaa dho balamaa kon kuhjjehtho. ?? next part in ingeyne e kuhjjaa ???? today Insha Allaah genesdheveytho mi try kuranee. Aslu dhen in part special vaane. Ehenve thankolheh dhigukoh genes dheynvegen Eysh mi try kuranee. Eysh meenee v happy vefa thihaa supportive v ma ingey. ?????? luvs tc and keep waiting ingey. Vvvv try kuran eba beynunvaa hisaabah liyeveytho. ??????

  9. Pinky shifoo says:
    April 12, 2018 at 5:24 pm

    Awesome ???… Maasha Allah mi part vx v v v reethi ❤️❤️❤️… I felt so sad ???… Zeevaa haadha dheravaaney ???… Kaakubaa anehkaa zeevaa ah livaange parents e choose kury??? ???… Maybe livaan… Heheheh ???… V heevey ehen… Livaange past ga kanthah vee goi v v v balaalan beynun… Waiting for that… Heheheh… V furihama ingey mi part vx ???… Manzaruthah hama sifakohlevey ???… Keep up the good work eysh ??????… Next part v v v kiyaalaahithun mi huree… ???… Curiously waiting for the next part… Lots of love and take care ❤️❤️❤️?????????… Btw I love the cover pic ???… One of my favourite couple ???… N eysh ge reply kiyaalaafa knme faharakuvx shifoo v v v happy vey ?????????…

    1. eysh says:
      April 13, 2018 at 5:56 pm

      Finally here is my sweeet sweeeeet Shifoo dhooni ge coment. ???? such a sweeeeeeeet coment. Eysh meenee hama bunaane ehcheh ves neyngifa coment sweeeet kamun ??????Eysh haadha happy vey thigothah support dheythee ????? Eysh ves meenee v dheravefa Zeevaa ah v gothun. ?? Next part in ingeyne choose kuri meeheh ?? livaan ge past ves adhi ingeyne kuriyah huri baithakun ?? vvvvvvv supportive ingey coment dear. Giruvaaneh innama dho ??? hehe. Eysh ge ves favourite couple eiee ???? Shifoo happy vaakan enguneema Eysh ves v happy vehje. Eysh ves v happy vey shifoo ge loabi loabi coments kiyaalaafa. ??????? much love. Keep waiting. Eysh mi balanee next part thankolheh dhigukoh special koh genesdheveytho. Ehenve lasvanee ??????? luvs and tc ????

  10. Naanii says:
    April 12, 2018 at 6:04 pm

    Maasha Allah. Varah reethi???Varah kiyaa hithun indhaa e nimunii. Mee naanii ah enme reethi story. Waiting for next part ❤❤❤❤❤❤????

    1. eysh says:
      April 12, 2018 at 7:58 pm

      Oh. Naanii ???vvvv bodu bodukoh happy vefa Eysh meenee. ???????? Varah sweeet coment eh. ?? bunaane ehchehves neungifa meenee happy vegen. ?????? Keep waiting.. thank u so much for the lovely coment ???? Eysh ah v hihvaru libey sweet coments thah kiyaalaafa ???????? luvs

  11. Shiman says:
    April 12, 2018 at 6:35 pm

    Masha Allah. varah reethi .This is my favorite story .waiting for next part?????

    1. eysh says:
      April 12, 2018 at 8:11 pm

      So so so happy Shiman ?????? Eysh vvvvvv bodah ufaavehje thidhey support ah. ???? ???? hurihaa teeths ves dhakkaalaigen Eysh meenee ????? keep waiting ingey thigothah. ?????? next part special vaane ???? luvs ??

  12. Shafa says:
    April 12, 2018 at 6:42 pm

    Woahh…Masha Allah…gud writer.. Vvv reethi mi partvs…keep going..and waiting for the next part..,❤????

    1. eysh says:
      April 12, 2018 at 8:19 pm

      Thank u Shafa dhooooni ???????? mirey Eysh vvvvvvv bodah ufaavefa meenee readers ge coments thah kiyaalaafa ? ? so sweet coment.. mirey happy vegen Eysh ah nuves nidheyne kanneyge. Hehe. ??? keep reading ??????????

  13. eysh says:
    April 12, 2018 at 7:15 pm

    Hello my dear lovely readers. Here is the 3rd part of the story. Hope u guys like this part too. Now Zeevaage parent’s ah v goiy engihjje dho. Still there r few more questions. What do u think abt Livaan’s past? And who could be the one who saw Livaan nd Zeeva’s accident? And who will be the lucky guy for Zeevaa? ? Next part thankolheh special vaane ingey. Keep waiting. Do coment ur views. Love reading ur coments. Miadhuge part v dhigukoh genesdheefa innaanee. Readers ge support libeythee gift akah ? and pls note out my mistakes ingey. Huriha readers dheke ves varah loabivey bodukoh ?? Eysh mihunnanee v ufalun kiyuntheringe sweet coments thah kiyaalaafa. Thank you all for the support. Really appreciate. Love u all ????????

    1. Jazlee says:
      April 21, 2018 at 12:29 pm

      Kyp goin?wndrfl stry eysh?
      Yur Idea is brilliant??❤?

  14. Shaa says:
    April 12, 2018 at 7:20 pm

    V ves rythi mibaives.. Zeevaa marry kuruvan e ulheny livaan aa dhw… V hyvey ehen… Haadha ryhchey story kuriah thigendhaa goeh… Fahun anehka hadikoh nulahchey igey… Anehbai hama v kiyaalaa hithun mihury…

    1. eysh says:
      April 12, 2018 at 8:55 pm

      Thank you Shaa dhooni ??? lets c dho wht happns ? Eysh balaanan reethikoh liyamun gendheveytho. Story hadikoh genesdhevenyaa ves readers vaane ragalhu kohlladheyn. Thigothah support dhenyaa story Insha Allaah reehikoh genesdheveyne. Vvvvvvv bodah happy coment kiyaalaafa. Keep waiting ???????????????? luvs ??

  15. Luv says:
    April 12, 2018 at 7:50 pm

    Thnkx drlin miha reethikoh srty up kuraathy… masha allah v lwbi mi partves.. nd v v v happy vey buna day ah stry up kohdheythy nd ehaa dhigu koh up koh dheythy v v happy vey.. well done eysh.. luv u…

    1. eysh says:
      April 12, 2018 at 9:04 pm

      Luv darling vvvvvv happy vefa Eysh meenee mirey seriouskoh ves ???????? thihaa sweet coments fennaathee. ??? bunaa dhuvahah upkohdheveyhaa support ebalibey readers ge faraathun. ??? dhigukohves upkohdheveny readers dheke ehaaves loabivey. Ehaa sweet coments fennaathee Eysh mihury vvvvv happyvefa. ?????? thanks vvvv bodah thidhey support ah. Unmmeedhu kuran adhives dhen huri baithah kilaane kamah ??????? luv u tooo. Good nyt dear ???

  16. Any says:
    April 12, 2018 at 7:55 pm

    Vvvv reethi story thanks love mihareethi vahakaeh genesdheythy ❤❤❤❤

    1. eysh says:
      April 13, 2018 at 6:04 pm

      Thanks my sweeet Any dhooni ????? keep waiting ingey. Eysh mihaaruves meenee story liyan hama ?????? thihaa supportive v ma aslu mi liyeveny mivarun ??????? keep comenting ur views ingey. Luvs tc ??????

  17. axoo says:
    April 12, 2018 at 8:09 pm

    mivaahaka varah reeth vaahakayah v inthizaarukurevey

    1. eysh says:
      April 12, 2018 at 9:09 pm

      Thank u dear axoo ?? Eysh eba balan readers ah ehaa gina vaguthu inthizaaruga nubaithibba veytho ?????? varah happy vey thidhey support ah. ?? keep waiting.. ??????? luvs good nyt ??

  18. sheen says:
    April 12, 2018 at 8:23 pm

    Wow v salhi ingey mi part ves.. alhe emeehun andhaalee dhw thi. Haadha dheraey thivee goiy

    1. eysh says:
      April 12, 2018 at 9:13 pm

      Andhaalevuneema asluves v dheravefa Eysh ves meenee. ?? varah dhera v goiy dho asluves. ? sheen dear thanks for the lovely coment. ???? kuriyah happy parts thah ves annaane. Dont be sad ingey. ?????? luvs and gud nyt ??????

  19. Niu says:
    April 12, 2018 at 8:24 pm

    Hey dear
    V reethi ingey story
    Keeep going

    ??????????????

    1. eysh says:
      April 13, 2018 at 6:14 pm

      Finally. My dear sweeeet sweeet Niu ge comenteh ves kiyaalan libijje ?????? varah happy vehje dear thidhey support ah ?????? keep waiting. Eysh meenee hurihaa teeths fenna varah heelaigen sweet coments thah fenna varun ????? keep waiting ingey. Thihaa supportive v ma v liyaa hithun mi liyevenee ves. Vvvv happy. Luvs and tc ???????

  20. Ibsha says:
    April 12, 2018 at 8:37 pm

    Varah reethi

    1. eysh says:
      April 12, 2018 at 9:15 pm

      Thank you so much Ibsha ???? varah happy vehje coment kohlleema. ??? luvs and gud nyt. Keep waiting for the next part ??????

  21. Axy says:
    April 12, 2018 at 8:50 pm

    V V V V reethi ????? ..mi part ??? Eysh alhey mi vaahaka nimendhen up kurahchey ???? mi vaahaka kuriah dhaa gothun kurin kiyaafa huri vaahaka thakaa v thafaathu kan faahaga vey aslu sifakurun v v reethi ? hama heevanee loa kuri mathin fenna manzaru thakey hen ……??????good luck ??????????????

    1. eysh says:
      April 12, 2018 at 9:27 pm

      Finally my sweet Axy ge coment kiyaalan libijje. ?????? Eysh meenee v happy vefa sweey coments thah kiyaafa. Haadha sweet coment ekey Axy ves kohllaafa theenee. Melt my hurt. ?????????? really so happy dear. Insha Allaah readers thigothah suport dhenyaa story nimendhen genesdheynan ????? story liyan feshi iry Eysh hiyeh nukuran readers ah mihaa kamudhaane kamakah. But now vvvvv bodu hihvareh libijje mi field in kuriah dhaan. ??? its my hobby aslu. Ekam mihaaru vvvvv liyaa hithun liyelevey ????? thanks my luv. Thanks to all readers who gives support Keep reading.. luvs gud nyt dear ????? huge thanks to alll ?? And I miss kuree part thakah v sweet coments kohllaafa thibi readers mathin ves ???????

  22. Inoo says:
    April 12, 2018 at 9:42 pm

    Mi story kuriah gendhaaleh varah reethi♥waiting for the next part

    1. eysh says:
      April 13, 2018 at 6:16 pm

      Inoo dhoonige coment kiyaalaafa ves Eysh v happy vehje dear ???????? next part genesdheveytho mi balanee. Still writing ???????? keep waiting ??

  23. Fathu says:
    April 12, 2018 at 11:51 pm

    Thnxx.. emme ufaavany avaha up kohdheythy? v salhi

    1. eysh says:
      April 13, 2018 at 2:18 pm

      Thank you dear sweet Fathu ????? so happy to kno that ???? Eysh miadhu busy v ma rply ves nukohllevunee. Keep waiting dear. Luvs ????

  24. Rish says:
    April 13, 2018 at 12:52 am

    Hama roveni roveni alhe haadha reechey mivaahaka. Avasko genesdhechey kiyaa hithun nunidheyey

    1. eysh says:
      April 13, 2018 at 6:19 pm

      Alhey. Eysh v goas dho Rish dhooni rovvaa levuneema.. Eysh v dheravehjje Rish rovvaalevuneema ?? hehe. Rish ge nidhikolhuves nagaalevijje dho eysh ah. Hehe. Keep waiting ingey. Hama try kuranee mi avahah genesdheveytho ??????????

  25. Hana says:
    April 13, 2018 at 11:15 am

    Eysh i loved this story
    When’s the next part comig❤

    1. eysh says:
      April 13, 2018 at 2:21 pm

      Hana dhooni thank you so much ??? v happy vehje ???? Next part genes dheveytho try kuranee mi still writing hama. Hehe. Keep waiting.. luvs ??????

  26. Any says:
    April 13, 2018 at 11:23 am

    Kura comment tha nudhany kyve

    1. eysh says:
      April 13, 2018 at 2:25 pm

      Oh my sweet sweet Any. Coment eh kohllaifintha? Eysh v dheracefa meenee Any ge coment netheema ?? Eysh akah hama neynge coment pulish nuvee keehvve kameh. Dont wory dear adhi publish vaane hen heevanee ?????? Eysh wait kuraanan Any ge coment pulish vandhen ingey dear ?????? luvsss ?

  27. Shafa says:
    April 13, 2018 at 3:17 pm

    Waiting waiting hama next partah…??kiyaahithun abadhu balabala mi huhnnany..❤?????

    1. eysh says:
      April 13, 2018 at 6:21 pm

      Shafa dear. Coment v vv sweet ingey ?? hehe. Ehaa kiyaa hithun ineema ey eysh ves miulheny next part avahah genesdheveytho. Ekam special part eh v ma dhigukoh gennaathee lasvanee ingey. Keep waiting. ?????????????

  28. Axy says:
    April 13, 2018 at 7:47 pm

    Alhey Eysh dhooni new part up veythw miadhu belunu varey bunedheyn ves neynge ????…….. new part kiyaa laahithun hurevenee key noon. ……..♥♥♥♥♥♥♥

    1. eysh says:
      April 13, 2018 at 8:07 pm

      Sooo happy dear Axy dhooni asluves varah wait kurevijje dho. Aslu Friday v ma Eysh ves busy vegenna ves ekee las v. ???????? varah happy vehje thihaa loabin wait kuraathee. And also v happy vehje negative koh nuvisneema. Eysh miadhu huriha free time ehga hama story liyunee. Story Submit kohfa innaanee mihaaru. ????? keep waiting ingey love ????????

  29. Anonymous2 says:
    April 13, 2018 at 7:53 pm

    Alhe balaala balaala mi hureveny??. But its ok u can take ure time?. Aslu ehn authors daily koh up nuvx kohdheyne. Keep up the good work eysh dear. ??Ly??

    1. eysh says:
      April 13, 2018 at 8:12 pm

      Owh Anonymous2 haadha sweetey ? Eysh miadhuge huriha free time ehga hama story type kuree. Liye liye meenee athah thadhuvefa. Hehe ? varah dhiguvaane mireyge part. Ehen faharu thakah vure 3 times dhiguvaane. Mireyge part v special vaane. And also readers ge support ehaa varah libeythee Eysh mihury v happyvefa. Thank dear. V happy. Ly too ????????

  30. Luv says:
    April 13, 2018 at 9:02 pm

    Assluves bxy vaane..anehkaa miadhu mee friday viyya dhw..v happy vey thiha bxy koh ulhemunves stry up kohdheythy igey eysh.. luv u grl.. next part ah v waitin waitin…

    1. eysh says:
      April 13, 2018 at 10:32 pm

      Thanks Luv ?? yea dho Friday v ma v bxy nd tired too. Vvvv happy ehaa understand v ma ingey dear ????? luv u too Luv ?? next part Eysh submit kohfa innaanee. Eysh akah neynge ekam submit kuraane gadieh. Keep waiting ?????? tc. Gud nyt dear

    2. eysh says:
      April 13, 2018 at 10:34 pm

      *pulish kuraane gadieh

    3. eysh says:
      April 13, 2018 at 10:35 pm

      *publish
      Hehe. Eysh nidhi aissa ineema kanneyge rangalhah nuliyevigen miulheny. Hehe ???

  31. leen says:
    April 13, 2018 at 10:17 pm

    haadha rychey ??? waitin fr the next part? story is getting more n more excitin?

    1. eysh says:
      April 13, 2018 at 10:46 pm

      Thank you Leen sweety ?? vvvvv happy vehje kiyaaleema ingey. Keep waiting.. story submit kohllaafa innaanee ????? ???

  32. Any says:
    April 14, 2018 at 6:57 am

    Alhey kyve vahaka up nuvany inthizaruga ohva nidhunyves???

    1. eysh says:
      April 14, 2018 at 12:09 pm

      Alhe Eysh heekuree reyga upvaane kamah. ? v wait kurevijje dho. ??? vvvv happy thihaa varah story ah inthizaaru kuraathee. ??? story upvefa inee nw. Avahah kiyaalaa ????

  33. Naanii says:
    April 14, 2018 at 9:19 am

    Waiting

    1. eysh says:
      April 14, 2018 at 12:11 pm

      Dear Naanii story upvehje mihaaru avahah kiyaalaa ?????????

  34. Niha says:
    April 14, 2018 at 9:21 am

    haadha reehchey..varah varah reethi.. love you eysh.. waiting for the next part ❤ ❤ ❤ ❤

    1. eysh says:
      April 14, 2018 at 12:13 pm

      Niha dhooni thanks ????? Eysh v happy vehje dear. Love u too ????? next part avahah kiyaalaa now ebain upvefa ??????

  35. reader says:
    April 14, 2018 at 9:59 am

    Eyshhh.. Kobaa story?

    1. eysh says:
      April 14, 2018 at 12:14 pm

      Yes dear reader ?? story ebain upvefa now. Avahah kiyaalaa. Luvs tc ??????

Comments are closed.

Next Episodeކެތްކުރާނަން އުއްމީދުގައި 4←


All Right Reserved!