Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ހިތެއްގެ އާދޭސް

EXO
EXO Level 210 Stories100 Login
September 26, 2024 3 Mins Read
0 Comments

ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގާ ލިބިގަތުމަށް މަސައްކަތްނުކުރަނީ ކީއްވެހެއްޔެވެ؟ ތިބާގެ އުމުރަކީ ދިގުއެއްޗެއް ކަމަށް ހީކޮށްގެން ތިޔަ ހުންނަނީ ތިޔައީ ހަމަ ސީދާ ކުއްހީއެކެވެ. މަރުގެ މަލާއިކަތާ ކޮންމެ ފަދަ ވަގުތެއްގާވެސް ހާޒިރުވެދާނެވެ. އަވަހަށް ތައުބާވާށެވެ.

މުޒްނާއަކީ ޒުވާން ރީތި ކުއްޖެކެވެ. އެތައް ފިރިހެނުންނެއް އޭނާއަށްޓަކާ ހިތް ކިޔަމުންދެއެވެ. މީސްމީޑިޔާގަވެސް އެހާމެ މަޝްހޫރެވެ. ކޮންމެ ދުވަހެއްގެ އިރުއަރާއިރު މުޒްނާއަށް އޮންނަނީ އެތައް ފިރިހެނުންނެއްގެ އާދޭހުގެ މެސެޖްތައް ލިބިފައެވެ. ވާހަކަ ދައްކާނުލާގެންނެވެ. ނަމަވެސް މުޒްނާއަކީ މިނިވަންކަމަށް ލޯބިކުރާ ކުއްޖެކެވެ. މީހަކު ކިޔާ އެއްޗަކަށް ނުބަލާ ފަހުގެ ޒަމާނީ ހެދުން ލައިގެން ނުކުތުމަކީ އޭނާ ލަދުވެސް ގަންނަކަމެއްނޫނެވެ. ބައެއްފަހަރު އެކަމުގެ ސަބަބުން ފިރިހެނުންގެ ފަރާތުން އުނދަގޫތަކާ ކުރިމަތިވެ ގެޔަށް ވަންނަންޖެހޭ ފަހަރުވެސްދެއެވެ

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް މުޒްނާ ރީތިވެލާން ނުކުތީ ފިހާރަތައް ބަލާލުމުގެ ނިޔަތުގައެވެ. މަގުމަތީ އެކަނި ހިނގާލަމުން ދިޔައިރު އެތައް ބަޔެއްގެ ލޯތައް ދިޔައީ އަމާޒުވަމުންނެވެ. ފަހަރަކު ފިހާރައަކަށް ވަންނަމުން އެއްޗެހިތައް ހާވަމުން ދިޔަ މުޒްނާއަށް ވަދެވުނީ ވަރަށްވެސް އާދައިގެ ފިހާރައަކަށްށެވެ. އެ ފިހާރާން މުޒުނާއަށް ކަމުދާ އެއްޗަކާ ދިމާވިޔެވެ. ރީތި ހެދުމެކެވެ. އެ ހެދުން ނަގައިގެންގޮސް ހެޔޮވަރު ކުރުމަށްފަހު ފައިސާ ދެއްކުމަށް ކައުންޓަރު ކައިރިޔަށް ދިޔައިރު ކައުންޓަރުގާ އިނީ މުޒުނާ ދުވަހަކުވެސް ނުދެކޭހާ ރީތި ފިރިހެނެކެވެ. ބަލާ ބެލުމަށް އޭނާއަކީ މުޒްނާއާ އެއް އުމުރެއްގެ މީހެކެވެ. އެހެންކަމުން ހިނދުކޮޅަކު ބަލާލަން ހުރެފާ ހެދުން ދިއްކޮށްލާ އަގުއަހާލުމަށްފަހު ފައިސާ ދެއްކިޔެވެ. މުޒްނާ ހައިރާންވިކަމަކީ އެ ފިރިހެން މިހާ ފައިސާ ނެގުމަށްފަހު އިސްދަށަށް ޖަހައިގެން އިންކަމުންނެވެ. މުޒުނާއާ ދިމާލަށް ބަލާވެސް ނުލައެވެ. މިއީ މިފަދަ ކަމެއް ހިނގި ފުރުތަމަ ފަހަރު ކަމުން ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ސަބަބަކީ އެހެން މީހެއްނަމަ މުޒްނާއާ ވާހަކަ އަޅުވާލަން އުޅޭނެތީޔެވެ.

ހެދުން ގަނެގެން ފިހާރައިން ނުކުތްއިރު ބަންގީގެ އަޑު އިވެންފެށިޔެވެ. ކައުންޓަރުގަ އިން ފިރިހެންމީހާ އަވަސް އަވަހަށް ތެދުވެގެން އައިސް ފިހާރަ ތަޅުލުމަށްފަހު އަވަސް ހިނގުމެއްގާ މިސްކިތާ ދިމާލަށް ދިޔަތަން މުޒުނާއަށް ފެނިގެންދިޔައެވެ. ކޮންމެޔަކަސް މުޒްނާގެ ހިތުގާ އެދުވަހުން ފައްޓާގެން އެމީހާއަޓަކާ ކުޑަވަރެއްގެ ޝައުގުވެރިކަމެއް އުފެދުނެވެ. އެހެން ކަމުން މީސް މީޑިޔާ ހާވަން ފެށީ އެމީހާ ފެނޭތޯއެވެ. ހަމަ އެއްގޮތަކަށްވެސް ނުފެނުނެވެ. އެހެން ކަމުން މުޒުނާ ނިންމީ އަމިއްލަޔަށް އޭނާގެ ނަމްބަރު އެމީހާއަށްދީ ވާހަކަ ދައްކާލާށެވެ. އެހެންކަމުން މުޒްނާ އެ ފިހާރަޔަށް ގޮސް އެތަނުގެ މީހަކާ ބައްދަލްކޮށް ނަމްބަރު ހޯދުމަށްފަހު ގެޔަށްގޮސް ވައިބާ މެދުވެރިކޮށް ވާހަކަދެއްކޭތޯ މަސައްކަތްކުރިޔެވެ. ވަރަށް މަސައްކަތުން ޖަވާބެއް ލިބިއްޖެއެވެ. ވާހަކަ މަދުން ދައްކާލުމަށްފަހު އެދުވަހަށް މަޑުޖައްސާލިޔެވެ. ނަންވެސް ހޯދިއްޖެއެވެ. އޭނާގެ ނަމަކީ އަރީޝްއެވެ.

ފަސްވަރަކަށް މަހުގެ މަސައްކަތަށްފަހު މުޒްނާއާ އަރީޝް ރަނގަޅަށް ވާހަކަ ދައްކަންފަށާފިޔެވެ. އަބަދުވެސް ދެމުންދިޔައީ ހެޔޮ ނަސޭހަތެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލާއިރު ދީނީ ނަސޭހަތެއް ފޮނުވާފައޮވެއެވެ. ބައެއްފަހަރު މުޒްނާއަށް މިކަމުން އުނދަގޫވެ އެވާހަކަ ބުނެލަން ހިތަށްވެސް އަރައެވެ. ނަމަވެސް ބުނާކަށް ނުކެރެއެވެ. އެއީވެސް މުޒްނާ އަރީޝް ބޭނުންވާވަރުންނެވެ. އެންމެ ފަހަށް މިހެން އުޅެމުންގޮސް އެއް އަހަރުވީތަނާހެން މުޒްނާ އަމިއްލަޔަށް އަރީޝް ގާތު ކައިވެންޏަށް އެދުނެވެ. ނަމަވެސް އަރީޝްގެ ހާލަތު ރަނގަޅަށް ކިޔާދިނެވެ. އެވަރުންވެސް މުޒްނާ ދުލެއް ނުދިނެވެ. އެންމެ ފަހަށް ކައިވެނިވެސް ކުރެވިއްޖެއެވެ. ކޮންމެ ދުވަހަކުވެސް މުޒްނާއަށް ފަތިސްނަމާދަށް އަރީޝް ގޮވާފަދެއެވެ. އަރީޝް ދިޔުމުން މުޒްނާ ތެދުވެފާ އަލުން ނިދަން އޮށޯވެއެވެ. ކޮންމެ ނަމާދު ވަގުތެއްގާވެސް އަރީޝްދަނީ މުޒްނާއަށް ނަމާދަށް އެރުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް މުޒްނާ އެކަމަށް ދެނީ ފުރަގަހެވެ. އެންމެ ފަހަށް އަރީޝް މޫނުމަތީ މުޒްނާ ޒުވާބުކުރަންފެށިޔެވެ. ދެމުންދާ ދީނީ ނަސޭހަތްތަކުން ބޮލަށް އުނދަގޫވާ ވާހަކަވެސް ބުނެފިޔެވެ. މިކަމުން އަރީޝް ވަރަށް ހިތުގާ ޖެހުނެވެ. ފޮނި އުންމީދަކާއެކު ކުރި ކައިވެނިވެސްވަނީ ހަރާބުވެފަކަން އޭނާއަށް އެނގުނެވެ. ބޯހަރު ބުނާ ގޮތް ނަހަދާ މީހަކަށް ކިތަންމެ ވަރަކަށް ނަސޭހަތްދީ އާދޭސްކުރިޔަސް ރަނގަޅު ނުވާނެކަން އޭނާއަށް އެނގިގެންދިޔައެވެ. ނަމަވެސް އެންމެ ފަހު ފަހަރަށްވެސް އޭނާ ބޭނުންވީ މަސައްކަތްކޮށްލާށެވެ. އެހެންކަމުން ވަރަށް ވިސްނުމަށްފަހު މުޒްނާ ގޮވާން ގެޔަށް ނަމާދަށް އަރަން މަސައްކަތްކުރަންފެށިޔެވެ. އެކަމުގާވެސް ކުރިއެރުމެއް ނުލިބި ލިބެންފެށީ މަލާމާތެވެ. މިސްކިތް ދޫކޮށް ގެޔަށް ބަދަލުވެ ނަމާދުކުރަންފެށި އަނބިދަށުވާންކަމަށް ބުނަމުންދިޔައެވެ.

ދުވަސްތައް ފާއިތުވެގެންގޮސް އަރީޝްގެ ކެތްތެރިކަން ކޮޅުންލާގެންދިޔައެވެ. އެންމެ ފަހަށް މުޒްނާއާ ދިމާލަށް ފޮޅާލީ ރީތިގޮތުގައެވެ. އަބަދަކު މުޒްނާ ޒުވާންކަމުގާ ނުހުންނާނެކަމަށް ބުންޏެވެ. އަދި އެންމެ ފަހު ފަހަރަށް ތައުބާވުމަށް ނަސޭހަތްދިނެވެ. އޭގެ ބަދަލްގާ އަރީޝްގެ މޫނުމައްޗަށް އައީ ވަރުގަދަވެގެންވާ އެތިފަހަރެކެވެ. އެއަށްފަހު ހަޑި ހުތުރު ބަސްތަކެވެ. އަދި އެޔާއެކު ގެއިންވެސް ނެރެލާ މަގުމަތިކޮށްލިޔެވެ. އަރީޝް މިއަދު ވަންނާނެ ތަނެއް ނެތުމާއެކު ދިޔައީ މިސްކިތައްށެވެ. އެތަނަށް ގޮސް އެތަނުގާ ދިރިއުޅެންފެށިޔެވެ. މިކަން ކުރިން އަރީޝް މަސައްކަތްކުރި ފިހާރާގަ ތިބި ބިދޭސީންނަށް އެނގި އަރީޝްގެ ވާހަކަ އެމީހުންގެ ވަރިޔާއާ ހަމަޔަށް ގެންދިޔައެވެ. ވެރިޔާ ވަގުތުން އަރީޝްއަށް ގުޅާ ފިހާރަޔަށް އައުމަށް އެންގިޔެވެ. އަދި އަރީޝް ދިރިއުޅޭނެތަނެއް ހޯދާދިނެވެ.

އެއް އަހަރު ފަހުން އަރީޝް އުފާވެރި ކައިވެންޏެއްކުރިޔެވެ. އިނީ ދަރިޔަކު ހުރި މީހަކާއެވެ. ވަރަށްވެސް ދީންވެރި ހެޔޮލަފާ މީހަކާއެވެ. އަރީޝް ބޭނުންވާފަދަ މީހަކާއެވެ. އެމީހާގެ ފަރާތުން އަރީޝްއަށް ދެކުދިން ލިބި ފާގަތި މުސްތަގްބަލެއް ލިބިގެންދިޔައެވެ. އުފަލުގާ އުޅެމުންދިޔަ އަރީޝްއާ އޭނާގެ އަނބިމީހާ އެއްދުވަހަކު މަގުމަތިން ހިނގާލަން ދިޔައިރު މަގުމަތިން ހޫރެމުން އަންނަ އަންހެނެއް ފެނިގެންދިޔައެވެ. މޫނުމައްޗަށް އިސްތަށިގަނޑު ވައްޓާލާގެން މޮޔަ ގޮވަމުން އައި އަންހެންމީހާ މަގުމަތީ ހުރި ހޮޅިދަނޑިޔެއްގާ އެލިގަނެ ބާރަކަށް ހެމުންދިޔައެވެ. އެވަގުތު އަރީޝްއަށް އެއީ ކާކުކަން އެނގިގެންދިޔައެވެ. އެއީ މުޒްނާއެވެ. އޭނާގެ ރީތި ހަންގަނޑުވަނީ ކަޅުވެ ކުރަކިލާފައެވެ. އޭނާގެ އިސްތަށިގަނޑުގެ ބޮޑުބުބަޔެއްވަނީ ފައިބާފައެވެ. އޭނާގެ ދަތްތަކުންކުރެ މެދު ދަތްތައްވަނީ ފައިބާފައެވެ. މީހާގެ ސިފަ އެއްކޮށްވަނީ ގެއްލިފައެވެ. އަރީޝް އޭނާގެ އަނބިދަރިން ގޮވާގެން ގެޔަށް ދިޔުމަށްފަހު މުޒްނާގެ ބައްޕައަށް ގުޅާލިޔެވެ. އަދި މުޒްނާ ފެނުންކަމަށް ބުނެ ކިހިނެއްތޯވީ ކިޔާދިނުމަށް އެދުނެވެ. މުޒްނާގެ ބައްޕަ ހިތުގާ ޖެހި އިނދެ ކިޔާދޭންފެށިޔެވެ.

” އަހަރެންގެ ދަރިފުޅު ކަލޭ ދިޔަފަހުން އެހެން މީހަކާ ރައްޓެހިވި. އެމީހާގެ ނިޔަތްވެސް ވަރަށް ނުބައި. އަބަދު އައިސް އޮންނަނީ ގޭގާ. އިންނާކަށްވެސް ނޫޅުނު. އެންމެ ފަހަށް އަހަރެން އެމީހާ ވަނުމަށް މަނާކޮށް މުޒްނާއާ އެމީހާ ދުރުކުރިން. އޭގެ ފަހުން އަހަރެން ދެކެ އައިސްފާ ހުންނަނީ އަލިފާންކަހަލަ ރުޅި. އެގޮތުން އެއްދުވަހަކު ބަންގި ގޮވުމާއެކު ނަމާދަށް އަރަން ބުނިން ބުނީމަ ދިމާލަށް ބުނީ އަރާކަށް ނުޖެހޭނޭ ތިމަންނާ ކުރަން ޖެހޭ ކަމެއްނޫނޭ. ހަމަ އެވަގުތު އޭނާއަށް ސްޓްރޯކެއް ޖެހިގެން ވެއްޓުނު އަދި އެކަމަށް ފަރުވާ ކުރުމަށްފަހު ގެޔަށް ގެނެއި އިރު މީހާ ހުރީ ހަމަ ހެޔަކު ނޫން. އެދުވަހުން ފައްޓާން މީހާގެ ދިރިއުޅުން ޖަނަވާރަކަށްވުރެ ދަށް ދިރިއުޅުމަކަށް ބަދަލްވި. ގޭތެރެޔަށް ފާހަނާވެސް ކުރޭ މުޑުދާރުކަމުން ގޮސް ގާތްވާންވެސް ނުކެރޭ. އަހަރެން މި ހުންނަނީ އެކަމާ ބޯ ގޮވާފަ. ކަލޭ އޭނާ ކައިރީ ކުރި އާދޭހަށް މިއަދު އޭނާ ފުރަގަސް ނުދިންނަމަ އެހެނެއްނުވީސްކަން ކަށަވަރު. ދެން ހިހަށް ބޭއްވީ ”

މުޒްނާގެ ހާދިސާގެ ވާހަކަ އިވިފާ އަރީޝްގެ ހިތަށް ބިރުވެރިކަންވަނެވެ. އަދި އަވަސް އަވަހަށް ގޮސް ނަމާދަށް އެރުމަށްފަހު ދުއާކުރަންފެށިޔެވެ. މާތް ﷲ ގެ ފަރާތުން ރައްކާތެރިކަމަށްއެދިޔެވެ.

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ލޯބިން ބަލާލީމާ 16

Next

ކެޔޮޅުފުށި

Next
September 26, 2024

ކެޔޮޅުފުށި

Previews
September 24, 2024

ލޯބިން ބަލާލީމާ 16



All Right Reserved!