އައްސަލާމު އަލައިކުމް އައު އަހަރުގެ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ދަންނަވާލަން… އަޅުގަނޑުގެ އާ ވާހަކަ “ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން…” އިންޝާ ﷲ ވަރަށް އަވަހަށް އަޕް ލޯޑް ވާނެ ވީމާ އަޅުގަނޑުގެ ކުރީގެ ވާހަކަ “ކަލާގެ ހިނިތުންވުން” ފަދައިން ތި އެންމެހާ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކޮށް ދުޢާ ކުރަން ޝުކުރިއްޔާ…. 😊❤️😊❤️
*”އަހަރެން އެބަ އޮތް ވާހަކައެއް…. ނައުފް ، ނިޔާޒް އައި ފައިންޑް ނިހާ އެންޑް ޝީ އިޒް އަލައިވް” މަޔާން ބުނެލިއެވެ. މި އާއެކު އެންމެން ވެސް ހަމަހިމޭން ވިއެވެ. އަދި ނައުފް އާއި ނިޔާޒް ގެ މޫނު މަތީގައި ވާ ހިނިތުން ވުން ފަނޑުވިއެވެ.* “ތި ނުވާނެ ތެދަކަށް ދޮންތަގެ މަރުވެފައި އޮތް މަސްގަނޑު އޮތް އެ ކާރު ތެރޭގަ ” ނިޔާޒް ފެންކަޅިވެ އެވެ. ” މިއޮއް ހާދުވަހު އަހަރެން ވެސް […]
ގެއިން ނިކުމެ ހިންގައިގަތް ތަނާ މީހަކު އައިސް ހަނާ އަތުގެ މުލައްދަނޑީގައި ހިފުމަށް ފަހު އޭނާ އާއި ވީކޮޅަށް އަނބުރައިލިއެވެ. އެމީހެއްގެ މޫނު ފެނުމުން ހަނާ ގާތައް އާއި އިސާހިތަކު ރުޅިއެވެ.* “އަޝާން” ދެބުމަ ގޮށްޖަހައިލަމުން ހަނާ ބުނެލިއެވެ. “ހަނާ އަހަރެން ބޭނުން ހަނާ އަނބުރާ ޕްލީސް ގިވް މީ އަ ސެކަންޑް ޗާންސް އައިމް ބެގިން” ހަނާ ކުރިމަތީގައި ދެކަކޫ މައްޗައް ތިރިވަމުން އަޝާން ބުނެލިއެވެ. އެވަގުތު އެ މަގަށް އަޅުވައިލި ނިޔާޒް އަށް […]
*ނައުފް ގޮސް މަޔާން މެންގެއަށް ވަތް އިރު ކައިރާ އާއި އިޒްހާ ވެސް ހުއްޓެވެ. އަދި މަޔާންގެ އަތުތެރޭގައި ރޯން ހުރި ޖޫލިއާ ފެނި ނައުފް ހައިރާން ވިއެވެ. “ކިހިނެތް ވީ؟” އެތެރެއަށް ވަދެފައި ނައުފް އަހައިލިއެވެ. ޖޫލިއާ މަޑުމަޑުން މަޔާންގެ މޭމަތިން މޫނު ދައްކާލަމުން ނައުފް އަށް ބަލައިލިއެވެ. ނައުފް އަށް ޖޫލިއާ މޫނު ފެނި ދެލޯ ބޮޑު ކޮށްލިއެވެ. އަނގަމަތި ފަޅައިގެން ގޮސް ކޯމަތީގައި ވަނީ ފިޔަހި އަޅުވާފައެވެ. ކަނާއަތުލޯ ދުޅަވެ ކުޑަވެފައިވެއެވެ. […]
*” ޖުމާން އަހަރެން ބޭނުން އެހިރަ އިޒްހާ އަށް ހޭދައްކަލަން އޭނަ އަހަރެން ގެ އަތުން އަހަރެން ގެ ކައިޒާން އަތުލީ” ޔަލްވީ ސަކުވާ ކޮށްލިއެވެ.” އެކަން ވާނެ އަހަރެން މިއަދު އެ ހަނާ ގައިގާ ކާރު ޖައްސާލި ގޮތް ވެސް ފެނުނެއްނު” ޖުމާން ފޮނިކަނޑާލިއެވެ. “އެޔެއް ނޫން އަހަރެން ބޭނުން އޭނާއަށް ޓޯޗާ ކުރަން” ޔަލްވީ ވިހަ ގޮތަކަށް އެތެރޭގައި ބަނދެފައި ހުރި ކުއްޖާއަށް ބަލައިލިއެވެ. “ލުކްސް ލައި ޔޫ އާރ ގެޓިން އަ ރޫމް […]
*”ޗިކީ މަޑުކޮށްބަލަ” ހަމްދާން މިހެން ބުނަމުން ދިޔައިރު ހަނާ އަޑުއެހުމަކާއި ނުލައި ގޭގެ މައިދޮރާށިން ނިކުތް ތަނާ ބާރަށް ދުއްވާފައި އައި ކާރެއްގައި ޖެހި ހަނާ ބުރައިގެން ދިޔައެވެ. “ހަނާ!!!” ހަމްދާން އަޑު އޮތް ކޮޅަށް ގޮވައިލިއެވެ. * ބާރު ދުވެލީހައި ހަމްދާން އޭނާގެ ކޮއްކޮ އާއި ދިމާލަށް ދުއްވައިގަތެވެ. ލަސް ކުރުމެއް ނެތި ހަމްދާން އެންބިއުލޭންސް އަށް ގުޅިއެވެ. ހަމްދާން މަސްކަތް ކުރަމުން ދިޔައީ ހަނާގެ ބޮލުން އަންނަމުން ދިޔަ ލޭތައް މަނާ ކުރެވެތޯ […]
ހުޅުމާލެ ފޭސް 2 ގެ ފްލެޓެއްގެ ބެލްކަނީ ތެރޭގައި ކޮފީ ތައްޓެއް ހިފައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި އައިނީގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރި ކަމުގެ ކުލަވަރެވެ. ބަލާބެލުމުން އައިނީ އަކީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާފަދަ ސިފަތަކެއް ހުންނަ ޒުވާން އަންހެން ކުއްޖެކެވެ. ހިތިފަތުބުމަ އެކެވެ. ބޯ އެސްފިޔަ ތަކެވެ. މަޑު މުށިކުލައިގެ ކަޅިއެކެވެ. ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. އަދި ރާލުބާނީ އިސްތަށިގަނޑު ވަނީ ހުޅިއެއްގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. ނިއްކުރި މައްޗަށް […]
*ކައިރާ އާއި ކައިޒާން އަދި އިޒްހާ ގޮސް ގެއަށް ވަތް ތަނާހެން ސަހީމާ އާއި ކުރިމަތި ލާން ޖެހުނެވެ. “މަންމާ!؟” ކައިޒާން އަށް ހަމައެކަނި ބުނެވުނީ މިހެން އެވެ. ސަހީމާ ގެ އެ ރުޅި ވެރި މޫނު ފެނި ކައިޒާން އިސް ޖަހައިލިއެވެ. * “އިޒްހާ ކައިރާ ގޮވައިގެން އެތެރެއަށް ދޭބަލަ” ސަހީމާ އިޒްހާ ގާތުގައި ބުނެލިއެވެ. “ލައްބަ ދައްތާ” އިޒްހާ މިހެން ބުނުމަށް ފަހު ކައިރާ ގޮވައިގެން އެތެރެ އަށް ދިއުމަށް ހިންގައިގަތެވެ. […]
އައްސަލާމު އަލައިކުމް ކިޔުންތެރިންގެ ސަމާލުކަމަށް އަޅުގަނޑުގެ ފަސްޓް ޓާރމް އެސެސްމެންޓް 12 ނޮވެމްބަރު 2023 ވާ އާދީއްތަ ދުވަހު ފަށާތީ އަޅުގަނޑުގެ ވާހަކަ މެދު ކަނޑާލަން ޖެހިއްޖެ ކަނަށް ދަންނަވަލަން… ﷲގެ އިރާދަ ފުޅުން 22 ނޮވެމްބަރު 2023 ވާ ބުދަ ދުވަހު (ކަލާގެ ހިނިތުންވުން 7) އަޕް ލޯޑް ކުރަން މަސައްކަތް ކުރާނަން…. ތިޔަ އެންމެހައި ކިޔުންތެރިން އިންތިޒާރު ކުރައްވާ 🌺🌺