*ކައިރާ އާއި ކައިޒާން އަދި އިޒްހާ ގޮސް ގެއަށް ވަތް ތަނާހެން ސަހީމާ އާއި ކުރިމަތި ލާން ޖެހުނެވެ. “މަންމާ!؟” ކައިޒާން އަށް ހަމައެކަނި ބުނެވުނީ މިހެން އެވެ. ސަހީމާ ގެ އެ ރުޅި ވެރި މޫނު ފެނި ކައިޒާން އިސް ޖަހައިލިއެވެ. *
“އިޒްހާ ކައިރާ ގޮވައިގެން އެތެރެއަށް ދޭބަލަ” ސަހީމާ އިޒްހާ ގާތުގައި ބުނެލިއެވެ. “ލައްބަ ދައްތާ” އިޒްހާ މިހެން ބުނުމަށް ފަހު ކައިރާ ގޮވައިގެން އެތެރެ އަށް ދިއުމަށް ހިންގައިގަތެވެ.
“މަންމަ ކިތައް ފަހަރު ޒާން ކައިރީގަ ބުނަން ޖެހެނީ ކައި ގޮވައިގެން ޒާން ޖެހޭހާ ސަކަރާތަކަށް ނުދާށޭ… މަންމަ އަށް ހެޔޮ ޒާން ގެ އެކުވެރި ނައުފް އާ މަޔާން އާ އެކު ދާއިރު ކައިރާ ގޮވައިގެން ދިޔަޔަސް އެކަމަކު އެ ޖުމާނު ވެސް ގޮވައިގެން 2 ދުވަސް ވާދެކަށް ފަޅު ރަށެއްގަ އުޅެފަ ތި އައީ… ކީއްކުރަން ޖުމާނު ގޮވައިގެން ދާން ވީ އިންގޭންނު އޭނަ ތިމާ މީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަށް ހެދި ވަރު… އިންގޭ އިރުވެސް އޭނަ ގޮވައިގެން ދާން ޖެހޭ ތަ ؟” ސަހީމާ ރުޅިވެރި ގޮތަކަށް ބުނެލިއެވެ.” އަހަރެން ބޭނުން ވެގެން ގެންދިޔަ މީހެއް ނޫން އެއީކީ އެއީ މިހިރަ ޔަލްވީ މީހުން އަށް އުނދަގޫ ކުރަން ގެންދިޔަ މީހެއް “މިހެން ބުނެ ކައިޒާން ގޭތެރެއަށް ވަދެ އޭނާގެ ކޮޓަރި އަށް ދިޔައެވެ.
*****************
ފާހާނާ އިން ނިކުތް މަޔާން ގެ ސިކުނޑި ތެރޭގައި ގުގުމާލަމުން ދިޔައީ ޖޫލިއާ ގެ ބަސް ތަކެވެ.” އައިމް ބީއިންގް ސޯލްޑް ޓު އަލޮޓް އޮފް ޕީޕަލްސް” މިބަސް ތައް ސިކުނޑި ތެރޭގައި ގުގުމާލަމުން ދިޔަ އިރު މަޔާން ގެ ލޮލުން އިސާހިތަކު ހޫނު ކަރުނަތައް ފައިބަން ފެށި އެވެ. އެނދުމަތީގައި އޮށޯވެ މޫނުމަތީގައި އަތް އަޅައިލިއެވެ. އަދި ހިތާހިތުން ބުނެލި އެވެ. “ޖުމާން ކަލޭގެ ދުވަސް ދިޔައީ އަހަރެން ކަލޭ މުޅިން ހަލާކު ކޮށްލާ ނަން” މިހެން ބުނެ ކުޑަކޮށް ނިދާލުމަށް ލޯމަރައިލިއެވެ.
ހުވްފެނީ ދުނިޔެއަށް މަޔާން ގެނބިގެން ދިޔައެވެ. އުމުރުން 16 އަހަރުގެ މަޔާން އޮތީ އަތިރީ ގޮނޑުދޮށުގެ ދޮން ވެލި ގަނޑު މަތީގައި އޮށޯއްވެލައިގެން އެވެ. ވަގުތަކީ ފަތިސް ވަގުތައް ވުމުން ރަށު ތެރެ އޮތީ ވަރަށް ހަމަހިމޭން ކޮށް ށެވެ. “ހާއި އާރ ޔޫ އޯކޭ ؟” މަޔާން ލޯ ހުޅުވައިލީ ކުއްޖަކު މިހެން ބުނި އަޑަށް ށެވެ. ފެނުނީ ރީތި މައުސޫމް އަންހެން ކުއްޖެކެވެ. ހިތިފަތުބުމަ އެކެވެ. ބޯ އެސްފިޔަ ތަކެވެ. އަޅި ކުލައިގެ ކަޅި އެކެވެ. އެހާ ވެސް ފުރިހަމަ އެވެ. “ޔާރ އައިމް ފައިން” މަޔާން މިހެން ބުނެ ދޮން ވެލިގަނޑު މަތިން ތެދުވިއެވެ. އެ އަންހެން ކުއްޖާ މަޔާން ގާތުގައި އިށީންދެލިއެވެ. “އަހަންނަށް ކިޔަނީ ޖޫލިއާ އެކަމަކު އަހަރެންގެ ބެސްޓީ ކިޔަނީ ޖޫލްސް ލޯބިން މީހުން ގޮވާނީ ޖޫލީ ކިޔާފަ އަހަރެން ގެ އުމުރުން 14 އަހަރު…. ވަވަޓްސް ޔުއާ ނޭމް؟” ޖޫލިއާ އަހައިލިއެވެ. “މަޔާން” މަޔާން ހިނިތުންވުމެއް ޖޫލިއާ އަށް ހަދިޔާ ކުރި އެވެ. މާގިނަ އިރެއް ނުވޭ މުޅި ތަން ކަޅު އަނދިރި ގަނޑަކަށް ވެއްޖެއެވެ. މަޔާން ކުރިމަތީގައި ހުރި 14 އަހަރުގެ ޖޫލިއާ އަޅިތަކެއް ގެއްލޭފަދައިން ގެއްލިގެން ދިޔައެވެ. އަދި ވަށާ ބަލައިލި އެވެ. ދެން ލޮލުގައި އަޅައިގަތީ 17 އަހަރުގެ ޖޫލިއާ އެވެ. “މަޔާން އައިމް ސޮރީ އަހަރެން މަޔާން ދެކެ ލޯތްބެއް ނުވޭ…. މީގެމީގެ ފަހުން އަހަންނާ ބައްދަލު ކުރަން ނާންނާތި” ޖޫލިއާ މިހެން ބުނެ އެ ކަޅު އަނދިރި ގަނޑާއި ދިމާލަށް ހިންގައިގަތެވެ. ދެން ފެނުނީ 20 އަހަރުގެ ޖޫލިއާ އެވެ. “މަޔާން އަހަރު ސަލާމަތް ކުރޭ…..” ޖޫލިއާ ބުނެލިއެވެ.
ޖޫލިއާ މިހެން ބުނިތަނާ މަޔާން އަށް ހޭލެވުނެވެ. އޭސީގެ ފިނިކަން ކިތަންމެ ބާރު ނަމަވެސް މަޔާން ހުރީ އޮށް ދާހިއްލާފައެވެ. އަދި އެނދުގެ ބޯކޮޅުގައި ލެގިލައިގެން ހުރެ ސީލިންގް އަށް ބަލައިލިއެވެ. އެއަށް ފަހު ފޯނުން ގަޑި ބަލައިލިއިރު މެންދަމު 2 ޖެހީ އެވެ. ދެން ނުނިދޭނެކަން އެނގުމުން މަޔާން ކޮޓަރިން ނިކުމެ ގޭގެ މާ ދޮރުމައްޗަށް ނިކުމެ ލިއެވެ. އަދި އަތިރިއާއި ދިމާލަށް ދިއުމަށް ހިންގައިގަތެވެ.
އަތިރިއާއި ދިމާ ގޯޅިން މީހަކު އައުމުން މަޔާން އޭނަ އާއި ދިމާލަށް ބަލައިލިއެވެ. “ޖޫލީ؟” މަޔާން ގޮވައިލިއެވެ. “މާން؟” މަޔާން ފެނުމާއެކު ޖޫލިއާ ފެން ކަޅިވިއެވެ. “ޖޫލީ ރޮނީތަ؟” މަޔާން ހާސްވެފައި ޖޫލިއާ ގާތައް ދިޔައެވެ. އަދި ޖޫލިއާ މަޔާން ގެ ގައިގާ އޮޅާލިއެވެ. ވަގުތަކީ ދަންވަރު ކަމަށް ވުމުން މަގުމަތީގައި ވަނީ ހިމޭން ކަމެވެ. އެތަކެއް އިރެއް ވާދެކަށް ޖޫލިއާ މަޔާން ގެ މޭތެރެއަށް އޭނާގެ މޫނު ފޮރުވައިލައިގެން އިނެވެ. “ޖޫލީ ކަމެއް ވީތަ؟… ޖޫލީގެ ހެދުމަށް ކިހިނެތް ވެފަ މިހުރީ؟… ޖޫލީ ބޭބީ އަހަރެން ގާތުގައި ބުނެ ބަލަ ކިހިނެތް ވީ؟” މަޔާން ލޯބިން ޖޫލިއާގެ ކަރުނަތައް ފޮހެދެމުން ބުނެލިއެވެ. “މި… މިރޭ ވެސް ދޮ… ދޮން .. ދޮންބެ އަހަ.. އަހަރެން ވިއްކާލި….. އެކަ…އެކަމަކު އަހަރެން…. މަޔާން އަހަރެން ސަލާމް ކުރޭ އަހަންނަކަށް އިތުރަށް ކެތެއް ނުވާނެ…. ޕްލީސް މާން އަހަރެން މި ކަމުން ސަލާމަތް ކުރޭ” އަޅައިގަންނަމުން ޖޫލިއާ ބުނެލިއެވެ. މަޔާން ވެސް މި ވާހަކަތައް އަޑު އިވުމުން ފެންކަޅިވެ އެވެ. ހަޔާތުގައި ވެވުނު އެންމެ ފުރަތަމަ ލޯބިވެރިޔާ ވެސް މި ހާލުގައި އުޅޭތަން ބަލާކަށް މަޔާން އަކަށް ކެތެއް ނުކުރެވުނެވެ. ދާދި ގިނަ އިރެއް ވާދެކަށް މި ދެ ލޯބި ވެރިން އެހުރި ތާނގައި ހުއްޓެވެ.
*************
ހެނދުނުގެ އަވިގަދަ ރަން ދޯދިތަކުން ފަޒާގެތެރެ އަލިވެ އާދުވަހަކަށް އިރު އަރައިގެން ދިޔައެވެ. ހަނާ އުޅުނީ ގޭގެ ދޮރުމަތީގައި ކުނި ކަހައެވެ. ކުނިތައް އެއް ކުރުމަށް ފަހު ކުނިތައް ގޯންޏަކަށް އަޅާފައި ފާރުގައި ލައްގައިލީ ރަށު ކައުންސިލުންގެ އެހީގައި ރަށުގެ ގެތަކުގެ ކުނި އުކައި ދޭތީއެވެ. އަދި ހަނާ އަތް ދޮވެ ލައިގެން ވަނީ ބަދިގެއަށްށެވެ. ރޮށިފިހުމުގެ ނިޔަތުގައި ބަދިގެއަށް ވަތް ހަނާ ސިހުނީ ބަދިގޭގައި މައިމޫނާ އުޅޭތީއެވެ. “މަންމާ ހާދަ އަވަހަކާ ހޭލައި ތި އުޅެނީ” ހަނާ އަހައިލިއެވެ. “މަ އުޅޭނެ ގޮތެއް ބަލާނެ ކަމެއް ނެތް ކަލޭ ދޭ މަ އަމިއްލަ އަށް މަގޭ ދޮށީ ދަރިފުޅަށް ކައްކާނީ” މައިމޫނާ މިހެން ބުނުމުން ހަނާ ހަނދާނަށް އައީ މިއަދު އޭނާގެ ދޮންބެ ހަމްދާން އަންނަ ކަމެވެ. ހަމްދާން އަންނަން އުޅެންޏާ މައިމޫނާ ހަނާ އާއި ދިމާލަށް އެއްޗެހި ގޮވަމުން ދާނެއެވެ. މީގެ އަހަރެއް ކުރިން ހަނާގެ ކުޑަބެ ހައިޒަލް މީހަކާއި އިނދެގެން އެ ގެއިން ނިކުމެގެން ދިޔައެވެ. މައިމޫނާ ކުދިކިޔަމުން ދިޔައިރު ހަނާ ބަދިގެއިން ނިކުމެ ގޭތެރެ ފޮޅުމުގައި އަތްމަތި އަވަސް ކޮއްލިއެވެ.
“އައިމް ބެކް މޯމް” ގެއަށް އައިސް ވަތް ހަމްދާން އޭނާ އާއި ކަން އަންގައި ލުމަށް ބުނެލިއެވެ. “ދަރިފުޅާ” މައިމޫނާ މިހެން ބުނެ ހަމްދާންގެ ގައިގައި އޮޅާލިއެވެ. އަދި އޭނާ ގޮވައިގެން ކާގެއަށް ދިޔައެވެ އެއިރު ހަނާ އުޅުނީ ކަން ހަދައެވެ. “ހާއި ޗިކީ ދޮނަބެ މަތިން މިސް ނުވޭތަ؟” ހަމްދާން މިހެން ބުނުމުން ހަނާ އޭނާ އާއި ދިމާލަށް ލޯ އަޅައިލިއެވެ. “ދަރިފުޅު މިއަދު ކާން ވާނީ މަންމަ އަތުން” މައިމޫނާ މިހެން ބުނުމުން ހަނާގެ ހިތުތެރޭގައި ހަމްދާން އާއި މެދު ހަސަދައިގެ ހުޅުގަނޑު ރޯކުރެވުނެވެ. “މަންމާ ތީ ރޭގަ ވިހޭ ތުއްތު ބޭބީ އެއް ނޫން އޭނާއަށް އަމިއްލައަށް ވެސް ކެވޭނެ” ހަނާ އަށް ކެތް ނުކުރެވުމުން މައިމޫނާ އާއި ދިމާލަށް ހަނާ ބުނެލިއެވެ. މައިމޫނާ ތެދުވެ ހަނާގެ ކޯތާފަތް މަތީގައި ބާރަށް ޖަހައިލިއެވެ. “އެއްވެސް ބަހަނާ އެއް ދައްކައިގެން ނުވާނެ” ރުޅިވެރި ގޮތަކަށް މައިމޫނާ ހަނާ އާއި ދިމާލަށް ބުނެލިއެވެ. ހަނާ އާއި ރުޅިން ގެއިން ނިކުމެގެން ދިޔައެވެ. “ޗިކީ މަޑުކޮށްބަލަ” ހަމްދާން މިހެން ބުނަމުން ދިޔައިރު ހަނާ އަޑުއެކުމަކާއި ނުލައި ގޭގެ މައިދޮރާށިން ނިކުތް ތަނާ ބާރަށް ދުއްވާފައި އައި ކާރެއްގައި ހަނާ ޖެހި ބުރައިގެން ދިޔައެވެ. “ހަނާ!!!” ހަމްދާން އަޑު އޮތް ކޮޅަށް ގޮވައިލިއެވެ.
ނުނިމޭ…
Hi guys I’m so sorry for being late 😔
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


It’s okay 👍 mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
It’s okay!That’s not a problem..
Heenukuraahaa reethi mi part vx maasha allah..thank you for uploading ❤️
Waiting for the next part….