*”ޗިކީ މަޑުކޮށްބަލަ” ހަމްދާން މިހެން ބުނަމުން ދިޔައިރު ހަނާ އަޑުއެހުމަކާއި ނުލައި ގޭގެ މައިދޮރާށިން ނިކުތް ތަނާ ބާރަށް ދުއްވާފައި އައި ކާރެއްގައި ޖެހި ހަނާ ބުރައިގެން ދިޔައެވެ. “ހަނާ!!!” ހަމްދާން އަޑު އޮތް ކޮޅަށް ގޮވައިލިއެވެ. *
ބާރު ދުވެލީހައި ހަމްދާން އޭނާގެ ކޮއްކޮ އާއި ދިމާލަށް ދުއްވައިގަތެވެ. ލަސް ކުރުމެއް ނެތި ހަމްދާން އެންބިއުލޭންސް އަށް ގުޅިއެވެ. ހަމްދާން މަސްކަތް ކުރަމުން ދިޔައީ ހަނާގެ ބޮލުން އަންނަމުން ދިޔަ ލޭތައް މަނާ ކުރެވެތޯ އެވެ. ނަމަވެސް މާގިނަ އިރު ތެކެއް ނުވެ އެންބިއުލޭންސް އައުމުން ހަނާ ގޮވައިގެން ހޮސްޕިޓަަލަށް ދިޔައެވެ.
އެވަގުތު ހޮސްޕިޓަލްގެ ވެއިޓިން ގައި ހުރި ހައިޒަލް އަށް ހަމްދާން ފެނުމުން ވީ ކަމެއް އޮޅުން ފިލުވަން އެދިމާލަށް ދިޔައެވެ. އަދި ހައިޒަލްގެ އަންހެނުން ޝިފާ ވެސް ހައިޒަލްގެ ފަހަތުން ދިޔައެވެ. “ކިހިނެތް ވީ މަންމަ ބަލިވީތަ ؟” ހައިޒަލް ވާނުވާ އޮޅުން ފިލުވަން އަހައިލިއެވެ. ހަމްދާން ހުރިހާ ވާހަކައެއް އަލިފް އިން ޔާ އަށް ކިޔައިދިނެވެ. “ވަޓް؟! އަޅެ މަންމަ ވެސް ވިސްނަލިއެލިއްޔާ ކީއްވަނީ ކަލޭ ތީ އަދި އެންމެ ފުރަތަމަ ދަރިވީމަ ދޮންފުތު ކުރުމުގެ ނަތީޖާ މީ… މިމިދިޔަ އަހަރު ސްކޫލް އިން ބެސްޓް އޯލްރައުންޑް އަށް ޗިކީ ހޮވުން ނުވި ތާކަށް ގައުމީ ގަދަ 10 ގަ ވެސް ޗިކީ ހިމެނޭ އެކަމަކު ނޭނގެ ކީއްވެ ކަމެއް މަންމަ ޗިކީ ދެކެ ނަފްރަތުން ކުރަނީކީ ” ހައިޒަލް މިދިޔަ އަހަރުގައި ހަނާ ކާމިޔާބު ކުރި ކަންކަން ހަމްދާން އަށް ކިޔައިދިނެވެ.
އެތަކެއް އިރެއް ވާދެކަށް ދެބެން ހޮސްޕިޓަލުގައި މަޑުކުރިއެވެ. ހަމްދާން އެތާންގެ ގޮނޑި އެއްގައި އިށީންދެ ބޯމަތީގައި އަތް އަޅާ ލައިގެން ހުރި އިރު ހައިޒަލް ދިޔައީ ދެކޮޅު ދެކޮޅަށް ހިނގަމުންއެވެ. “ހަނާ ކޮބާ ؟” ހޮސްޕިޓަަލަށް ވަދެގެން އައި ސަހީމާ ހާސްވެފައި ހުރެ އަހައިލިއެވެ. އަމިއްލަ ދަރިއެއް ނޫން ކަމުގައި ވިޔަސް ސަހީމާ ހަނާ ދެކެނީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ފަހަތުން ކައިޒާން އާއި ކައިރާގެ އިތުރުން އިޒްހާ ވެސް އައެވެ. “ދަރިފުޅުމެން ހާސް ނުވޭ ﷲ ގެ އިރާދަފުޅުން ހަނާ ރަނގަޅު ވާނެ” ސަހީމާ މިހެން ބުނިތާ މާގިނަ އިރެއް ނުވޭ ޑޮކްޓަރ ނިކުތެވެ. ބާރު ހިންގުމެއްގައި ގޮސް ހައިޒަލް ޑޮކްޓަރު ކުރިމަތީގައި މަޑުކޮށްލީ ސުވާލުް ފުރިފައިވާ ނަޒަރަކުންއެވެ. “ހަނާ އިޒް ފައިން އެކަމަކު ލިބުނު ގެއްލުން ތަކުގެ ސަބަބުން ހަނާގެ ދެ ފައިގެ ކަކުލުން ތިރީ ވަނީ އެއްކޮށް ޕެރެލައިޒް ވެފަ އައިމް ސޯ ސޮރީ ވީ ކެނޮޓް ޑޫ އެނީ ތިން” ޑޮކްޓަރު މިހެން ބުނުމުން ހައިޒަލްގެ ހިތް ހުއްޓުން ފަދައެވެ. އޭނާގެ އެއްބަނޑު ތިމާގަ ކޮއްކޮ ކައިރާ ލޯފަން ވީ ފަދައިން މިއަދު އޭނާގެ އަމިއްލަ ކޮއްކޮ މިވަނީ ނުކުޅެދޭ ކުއްޖަކަށް ވެފައެވެ.
މިފަދަ ވަގުތުގައި ކައިޒާންގެ ފޯނަށް ނައުފް ގުޅުމުން ތަންކޮޅެއް ދުރަށް ގޮސް ފޯނު ނަގައި ވާހަކަ ދެއްކި އެވެ. “ކަލޭ ކޮންތާކުގަ… އަހަރުންއަހަރުން މި ތިބީ ކަލެ މެންގޭ ދޮރުމަތީގަ” ނައުފް ވާހަކަ ދެއްކި އެވެ. “މަ މިހުރީ ހޮސްޕިޓަލުގަ… މިމި އުޅޭ ހަނާ އެކްސިރެންޓް ވެގެން މަށަށް ހަމަ ޔަގީން މީ އެ އުޅޭ ޖުމާންގެ ކުޅިވަރެއް…. ކޮބާކޮބާ މަޔާން އޭނަ އެބަ ހުރިތަ؟” ރުޅިވެރި ކަމާއެކު ކައިޒާން ވާހަކަ ދެއްކި އެވެ.” އާން އޭނަ އެބަ ހުރި ކީއްވީ ؟” ސިކުނޑީގައި ސުވާލު މާކެއް ޖެހުމުގެ ސަބަބުން ނައުފް އަހައިލިއެވެ.” އެއްކަލަ ގެއަށް ދޭބަލަ އޭނާ ގޮވައިގެން އަދި ނިޔާޒް ވެސް ގޮވައިގެން މި އުޅޭ ޖުމާން އަހަރެމެން ގެ އަތުން މަރު ނުވެވިގެން އެހިރަ އުޅެނީ” ކައިޒާން މިހެން ބުނުމަށް ފަހު ސަހީމާ ގާތުގައި ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިއްޖެ އޭ ބުނެފަ ހޮސްޕިޓަލުން ނިކުމެ ސައިކަލަށް އަރައިގެން ބާރު ސްޕީޑް ގައި ރަށުގެ ފުއްޓަރު ފަރާތުގައި ހުންނަ ފަޅު ގެއަށް މިސްރާބު ޖެހި އެވެ.
އެ ގެއާއި ހަމަވުމުން ކައިޒާން ސައިކަލު ޕާކު ކޮށް ފައި އެތެރެއަށް ވަދެގެން ދިޔައެވެ. “ކީއްވެ އަހަރުމެން މިތަނަށް މި ގެނައީ ؟” މަޔާން އަހައިލިއެވެ. “މިހާރު މި އުޅޭ ޖުމާން މާމައްޗައް އަރައިގެން އެހިރަ ތެޅެނީ މީގެ އަހަރެއް ކުރިން ކައި ގެ ލޮލަށް ޕޮއިޒަން އަޅައި އެފަކީރު ލޯފަން ކޮށްލީ މިއަދު ހަނާ ގައިގައި ކާރުން ޖައްސާ އޭނާ އެކްސިރެންޓް ކޮށްލީ” ކައިޒާން މިހެން ބުނުމުން ފާރުމަތީގައި އިށީންދެލައިގެން އިން ނިޔަން ފާރުމަތިން ފުންމައިލިއެވެ.” ކީކޭ؟ ހަނާ އެކްސިރެންޓް ކޮށްލީއޭ؟”ހައިރާން ވެފައި ނިޔާޒް އަހައިލިއެވެ.” އާން” ވަގުތުން ކައިޒާން ޖަވާބު ދިނެވެ.” އޭނަ ކިހިނެތް ؟ ކަމެއް ވިތަ ؟” ހިތް ބިރު ގަނފައި ވާވަރުން ނިޔާޒް އަށް އަހައިލެވުނެވެ. “ނިޔާޒް އައިމް ސޮރީ ހަނާ އެއީ މިހާރު ނުހިނގޭ ކުއްޖެއް ފުރޮޅުލީ ގޮނޑީގައި ހަނާ އުޅެން ޖެހިފައި މިހާރު ވަނީ” ކައިޒާންގެ މި ބަސްތަކުން ނިޔާޒް ގެ ހިތް ހުއްޓުން ފަދައެވެ.
ލަސް ތަކެއް ކުރުމެއް ނެތި ނައުފް އަތުން ސައިކަލު ތަޅުދަނޑި ހިފައިގެން ހޮސްޕިޓަލާއި ދިމާލަށް ދިޔައެވެ. “ކައި ދައްތާ ކޮބާ ހަނާ” އެކަނި މާއެކަނި އިށީންދެ ލައިގެން އިން ކައިރާ ގާތައް ގޮސް އިށީންނުމާއި އެކީގައި ނިޔާޒް އަހައިލިއެވެ. “އެތެރޭގަ އިޒޫ ވީ އެތެރޭގަ މަންމަ ވީ ހަމްދާންބެ އާ އެކު މައިމޫނާއްތަ މެންގެއަށް ގޮސް ހައިޒަލް ބެވީ އޭނާގެ އަންހެނުން އާއެކު ގެއަށް ގޮސް” ކައިރާ ކިޔައިދިނެވެ. ނިޔާޒް އެތެރެއަށް ވަތް އިރު އިޒްހާ ނިކުންނަނީ އެވެ.
“ހާއި މައި ސްޓާރ ކިހިނެތް ؟” އެތެރެއަށް ވަދެފައި ލާނެތް ގޮތަކަށް ނިޔާޒް ބުނެލިއެވެ. “ނިޔާޒް އަހަރެން މޫޑެއް ނެތް ސަމާސާ ކުރާކަށް އަހަރެން ބޭނުމީ އެކަނި ވާން” ހަނާ އިސްޖަހަލަމުން ބުނެލިއެވެ. “އަޑުއަހާ އަހަރެން މި އައީ ކަމަނާ ފާނުގެ ހާލު ކޮޅު ބަލައިލާންށޭ… ކޮބާކޮބާ އެ ލާނެތް ހިނިގަނޑު؟ ކޮބާ އެމަޖާ ބޮޑު އަންހެން ކުއްޖާ؟ އަހަންނަށް އިނގޭ އެކުއްޖާ އެބަހުރިކަން” ހިނިތުން ވެލަމުން ނިޔާޒް ބުނެލިއެވެ.” ނިޔާޒް އަށް ނޭންގެނިތަ އަހަރެން މީ ނުކުޅެދުންތެރިއެއް އަހަންނަކަށް ނުހިނގޭ ” ހަނާ ކަރުނަވީ ލޮލަކުން ނިޔާޒް އަށް ބަލައިލިއެވެ. ” ދެން ކޮބާ އޭގެ މައްސަލަ އަކީ ” ނިޔާޒް އަހައިލިއެވެ. “ނިޔާޒް ނިކުމޭ މީގެ ފަހުން އަހަރެން ހޯދަން ނާންނާތި އަހަރެން އޮތް ހާލެއްގަ އޮންނަ ދީ ދޭ މީހާރު ނިކުމޭ!!” ހަނާ ހަޅޭއް ލަވައިގަތެވެ އެއާއި އެކު ނިޔާޒް އިތުރު އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔައެވެ. ނިޔާޒް އާއި ދިމާލަށް އެއްޗެހި ކިއުމުން ހަނާގެ ހިތައް ވޭނީ ތަދެއް އެރިއެވެ. އިސާހިތަކު އެ ދެލޮލުން ކަރުނަތައް ޖަމާވިއެވެ.
ނިޔާޒް ގެ ހަލަކީ ތޯއެވެ. ހަނާގެ އެ ބަސްތަކުން އެ ހިތަށް އަސަރު ކޮށްލިއެވެ. ނިޔާޒް ދިޔަގޮތަށް ދިޔައީ އޭނާގެ ގެއަށްށެވެ. އަދި އެ ދިޔަގޮތައް ގޮސް ކޮޓަރިއަށް ވަދެ އެނދު މަތީގައި އޮށޯތެވެ. ސީލިންގަށް ބަލައިގެން އޮވެ ހިތައް އަރުވާލަމުން ދިޔައީ މާޒީގެ ހަނދާން ތަކެވެ.
**********************
އާ އަހަރެއްގެ ފެށުމެވެ. އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ގްރޭޑް 10ގެ ދަރިވަރުންގެ މެދުގައި ބާއްވަމުން ދިޔަ ބާބަކިއު ގައި ނިޔާޒް އަދި ހަނާ ބައިވެރި ވިއެވެ. “އޭތް ނިޔައްޓޭ އެހެރީ އަލަށް އައިސްގެން އުޅޭ ކުއްޖާ… ހޮޓު މަންޖޭ އެކޭ” އެއިރު ނިޔާޒްގެ ގާތް އެކުވެރި އެއް ކަމަށްވާ އަޝާން ބުނެލިއެވެ. ނިޔާޒް ފޫހި ގޮތަކަށް ހަނާ އާއި ދިމާއަށް ބަލައިލިއެވެ. “ކައެ ކަނައީތަ މަށަކަށް ނުފެނޭ އެ މަންޖެ ގައިން އެއްވެސް ރީތި ސިފައެއް… ބްރޯ ކައެ ހަމަ ކަނައީ…. ބަލާބަލަ އެހިރަ ލައިގެން ހުރި ހެދުމަކަށް ސޯ އޯލްޑް ފެޝަން، ދެން އެ އަޅައިގެން ހުރި ޝޯލް ވެސް އަޅައިގެން އެހުރި ގޮތް ހަހަހަހަ ވަރަށް ޖޯކު ކަލޭ އެހިރަ މުސްކުޅި މާމަ ގަނޑާ ހިތާވެގެން ތި ތެޅެނީ ހަހަހަހަ ” ނިޔާޒް ދިޔައީ ހަނާ އަށް މަލާމާތް ކުރަމުން އެވެ. ހަނާ އަށް ނިޔާޒް ކިޔަމުން ދިޔަ އެއްޗެހި އަޑު އިވުނެވެ.
” އެކްސްކިއުޒް މީ އަހަރެން ހެދުން އަޅާ ގޮތާ އަހަރެން ޝޯލް އަޅާ ގޮތާ ތިމީހާ އާ ކޮން ބެހޭ ކަމެއް އަހަރެން އެބަ ކިޔަންތަ ތީނަ އަންނައުނު ލާގޮތާ ކިޔާފަ… ސޯ ޑޯންޓް ޖަޖް މީ” ހަނާ މިހެން ބުނެ ނިޔާޒް އާއި ދުރަށް ހިންގާ ގަތެވެ. “އޭތް އަޝާން ކަލޭ އެހެން މަންޖެ އެއް ހޯދާ އެ މަންޖެ އެއީ އަހަރެންގެ ހައްގެއް” އެއް މިޔަކަޅިން ހިނިތުން ވެލަމުން ނިޔާޒް ބުނެލިއެވެ.
ސުކޫލުގެ އެއް ސެމިސްޓާރ އެއްކޮށް ނިޔާޒް ދިޔައީ ހަނާ ފަހަތުން ދުވަމުން އެވެ. ހަމަ ރީއްޗަށް ވެސް ނިޔާޒް ހަނާ އަށް ހިތް ކިޔާ ފިއެވެ. ނަމަވެސް މިކަން ނިޔާޒް އަށް ކާމިޔާބު ނުވީ އޭނާގެ އެކުވެރިޔާ އަޝާން ހަނާ ގާތުގައި ރައްޓެހިވާން އެހުމުން އެކަމަށް ހަނާ އެއްބަސް ވުމުގެ ސަބަބުން އެވެ. އެ ނިކަމެތި ހިތް ކުދި ކުދި ވީ ފަދައެވެ. ދެން ނިޔާޒް ނިންމީ އުމުރު ދުވަހު ހުއްޓަސް ކުއްޖެއް ދެކެ ލޯބި ނުވުމަށް ށެވެ.
**************
ނިޔާޒް އަށް ހަމަ ބިމަށް އާދެވުނީ ނައުފް އޭނާގެ ކޮޓަރީ ދޮރުގައި ޓަކި ޖެހުމުން އެވެ. ކޯތާފަތް މަތީގައި ހުރި ކަރުނަތައް ގޮހެލަމުން ގޮސް ދޮރު ހުޅުވައި ލިއެވެ. “ބަލާބަލަ ދޮންބެ އަށް ދޯކާ ކެނޑި ވަރު މަ މި ޖެހުނީ ހިންގާފައޭ އަންނަން” ނައުފް އެ ކޮޓަރި އަށް ވަނުމަށް ފަހު އެންމެ ފުރަތަމަވެސް ޝަކުވާ ކޮށްލިއެވެ. “ސޮރީ” ކުޑަކުޑަ ޖަވާބެއް ދިނުމަށް ފަހު ނިޔާޒް އޭނާގެ އެނދާއި ކައިރީގައި ވާ ސްއިޑް ކަބަޑު ގައި އިން ހަނާގެ ފޮޓޯ ފްރޭމް ނެގިއެވެ އަދި އެނދުގެ ބޯކޮޅުގައި ލެގިލައިގެން ހުރެ އެ ތަސްވީރަށް ބަލަމުން ދިޔަ ހިނދު އެ ލޮލުން ކަރައިގެ އިހަލެއް ވެއްޓުނެވެ. ނައުފް އަށް އޭނާގެ ކޮއްކޮ ގާތަށް ދިޔައީ ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން ށެވެ. “ދޮންބޭ އައި ލަވް ހާރ އަހަރެން ހަނާ ދެކެ އަދިވެސް ލޯބިވޭ މިހާރު 2 އަހަރު މި ވަނީ އޭނަގެ އިންތިޒާރުގައި ހުންނަތާ އަދިވެސް އޭނާ އެ އުޅެނީ އެހިރަ އަޝާން އާ ރައްޓެހި ވެގެން… އަހަންނަކަސއަހަންނަކަށް ނޭންގެ އަހަރެން ކުރަން ވީ ކީއްކަމެއް އިޓްސް ޑްރައިވިން މީ ކްރޭޒީ ” ރޮމުން ކަހަލަ ގޮތަކަށް ނިޔާޒް އޭނާގެ ހިތުގައި ބަންދު ކުރެވިފައިވާ އިހުސާސް ތައް ނައުފް އަށް ކިޔައިދިނެވެ.” ނިޔާ ބަލަ އަޑުއަހާ ހިތްވަރު އެލުވާ ނުލާ އަދި ހަނާ ލިބޭނެ ދޮންބެ އަށް އިންގޭ އަޝާން އެއީ ކޮންފަދަ މީހެއް ކަން ދޮންބެ ބުނީތީ އަދި ހަނާ އަށް އިންތިޒާރު ކުރޭ” ނިޔާޒް ގާތުގައި އިށީންނަމުން ނައުފް ބުނެލި އެވެ. “ދޮންތަ ހުރި ނަމަ” ނިޔާޒް ބުނެލިއެވެ.
………………………
” ޖުމާން އަހަރެން ބޭނުން އެހިރަ އިޒްހާ އަށް ހޭދައްކަލަން އޭނަ އަހަރެން ގެ އަތުން އަހަރެން ގެ ކައިޒާން އަތުލީ” ޔަލްވީ ސަކުވާ ކޮށްލިއެވެ.” އެކަން ވާނެ އަހަރެން މިއަދު އެ ހަނާ ގައިގާ ކާރު ޖައްސާލި ގޮތް ވެސް ފެނުނެއްނު” ޖުމާން ފޮނިކަނޑާލިއެވެ. “އެޔެއް ނޫން އަހަރެން ބޭނުން އޭނާއަށް ޓޯޗާ ކުރަން” ޔަލްވީ ވިހަ ގޮތަކަށް އެތެރޭގައި ބަނދެފައި ހުރި ކުއްޖާއަށް ބަލައިލިއެވެ. “ލުކްސް ލައިކް ޔޫ އާރ ގެޓިން އަ ރޫމް މޭޓް ނިހާ” ވިހަ ހިނިތުން ވުމާއެކު ޔަލްވީ ބުނެލިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Vrh reethi mi part vx Maasha Allah❤️