*”އަހަރެން އެބަ އޮތް ވާހަކައެއް…. ނައުފް ، ނިޔާޒް އައި ފައިންޑް ނިހާ އެންޑް ޝީ އިޒް އަލައިވް” މަޔާން ބުނެލިއެވެ. މި އާއެކު އެންމެން ވެސް ހަމަހިމޭން ވިއެވެ. އަދި ނައުފް އާއި ނިޔާޒް ގެ މޫނު މަތީގައި ވާ ހިނިތުން ވުން ފަނޑުވިއެވެ.*
“ތި ނުވާނެ ތެދަކަށް ދޮންތަގެ މަރުވެފައި އޮތް މަސްގަނޑު އޮތް އެ ކާރު ތެރޭގަ ” ނިޔާޒް ފެންކަޅިވެ އެވެ. ” މިއޮއް ހާދުވަހު އަހަރެން ވެސް ގަބޫލު ކުރީ ތިހެން… އެކަމަކއެކަމަކު ރޭގަ ޔަލްވީ އެން ޖުމާން އެތާ ވަލުތެރޭގައި ހުރި ގެއަކަށް ގޮސް އެ ގެއިން ކުއްޖަކަށް އަނިޔާ ކުރި ތަން މަގޭ ލޮލުން ދެކުނު” މަޔާން ކިޔައިދިނެވެ. “މާން ހަމަ ހޭގަތަ ހުރީ ނިހާ މީގެ 3 އަހަރު ކުރިން މަރުވެއްޖެ އަހަރެން ވެސް ގަބޫލު ކުރާކަށް ބޭނުމެއް ނޫން އެކަމަކު އޭނާގެ ހަޑިގަނޑު އެ ކާރު ތެރެއިން ނުދެކެން ތަ؟” ނައުފް ބުނެލިއެވެ. “އަހަންނަށް އިންގޭ ގަބޫލު ނުކުރާނެ ކަން އެހެންވެ އަހަރެން މި ވީޑިއޯ ނެގީ” މަޔާން މިހެން ބުނެ ރޭގަ ނެގި ވީޑިއޯ ޕްލޭ ކޮށްލިއެވެ.
“މަގޭ ދޮންބެ އަންނާނެ މަ ބަލާ އެ އަންނަ ދުވަހު ތި ދެމީހުން ވެސް ޖަލަށް ލާނެ ހަނދާން ކުރާތި” ނިހާ މިހެން ބުނި އަޑު އިވުނެވެ. ދެން އިވެމުން ދިޔައީ ނިހާގެ ވޭނީ ހަޅޭކުގެ އަޑު މުޅި މާހައުލު ގައި ގުގުމާލިއެވެ. މި އަމަލު އެތަކެއް އިރެއް ވާދެކަށް ކުރިއަށް ދިޔައެވެ. އަދި ދުރުގައި ހުރެ ޔަލްވީ ދިޔައީ ހެމުން އެވެ. “ބުނަން މާ ވަރުގަދަ ވެގެން ނޫޅެއްޗެ އެފާޑަށް ތެޅީފިއްޔާ މަހާ ނުލަފާ މީހަކު ނުފެންނާނެ އެކަން ކަލޭ ހަނދާން ކުރާތި” މިހެން ބުނެ ޖުމާން އެ ގެއިން ބޭރަށް ނިކުތެވެ.
އެހިސާބުން ވީޑިއޯ ހުއްޓައިލިއެވެ. “މި ވީޑިއޯ ގަބޫލު ނުކުރަންޏާ މިރޭ ދަންވަރު އަހަރެން ގޮސް ދާނަން ނައުފް އާ ޒާން އެންޑް ނިޔާ ގޮވައިގެން… ކޮކޮންމެ ރެއަކު ފަތިސް ވާދެކަށް ޖުމާން އެތާނގަ އުޅެނީ މިރޭ ތައްޔާރު ވެގެން ހުންނައްޗެ…. އަދިއަދި ވާހަކައެއް ކައި އިޒްހާ އެކަނި ތަނަކަށް ދިޔަ ނުދެއްޗެ މިރޭ އިޒްހާ އެއީ އެމީހުންގެ ޓާރގެޓް މިހާރު” އެރޭ ޖުމާން އާއި ޔަލްވީ ދެއްކިހާ ވާހަކައެއް މަޔާން އެންމެން އަށް ކިޔައިދިނެވެ.
ރޭގަނގެ ވަގުތެވެ. އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޣާޒީ އަންނާނެ އިރަކަށް ށެވެ. 21:00 ޖަހައިލި ހާއިރު ޣާޒީ އައިސް ގެއަށް ވަދެ ސަލާމް ގޮވައިލިއެވެ. ޖަވާބުގައި ސަހީމާ ސަލާމް ބަލައިގަތެވެ. “މަޢާފުކުރައްވާ ކުޑަކޮށް ލަސް ވީތީ… ކޮކޮބަތަ ކައިވެނި ކުރަން އުޅޭ އަންހެން ކުއްޖާ؟” ޣާޒީ ސުވާލު ކުރިއެވެ. “އަޅުގަނޑު މިހުރީ” ސިޑިން ފައިބަމުން އިޒްހާ ބުނެލިއެވެ. އިޒްހާ ގާތުގައި ކައިރާ އާއި ޖޫލިއާގެ އިތުރުން ހަނާ ވެސް ހުއްޓެވެ. ހިނިތުން ވެލާފައި ގޮސް ކައިޒާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. ” ސަހީމާ އަހަރެން ބުނަން އޮތީ މި ދެކުދިން ކައިވެނި ކުރުން އެންމެ ރަނގަޅު ވާނީ މި އަންނަ މަހު 20 ވާ އާދީއްތަ ދުވަހު އެއީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ވެސް ރީތި އަދި ނަސީބު ގަދަ ތާރީޚެއް… ތި ދެކުދިންގެ އެއްބަސްތަ؟” ޣާޒީ އަހައިލިއެވެ. “ލައްބަ ޣާޒީ ދެއްވާ ކޮންމެ ތާރީޚަކަށް އަޅުގަނޑުމެން ތައްޔާރު ވަނަން ” ކައިޒާން ޖަވާބު ދިނެވެ. އަދި އުފަލާއެކު އެރޭ ޣާޒީ އަށް ކަން ދިނުމަށް ފަހު އެރޭގެ ހަފްލާ ނިންމާލިއެވެ.
ދަންވަރު ވަގުތެވެ. ކައިޒާން އާއި ނައުފް އަދި ނިޔާޒްގެ އިތުރުން މަޔާން ދިޔައީ ވަލުތެރެ ފަރާތުގައި ހުންނަ ފަޅުގެ ކައިރިއަށް ށެވެ. “ޖުމާން ކޮން އިރަކު އިޒްހާ ކިޑްނަޕް ކުރަނީ ؟” ޔަލްވީ އަހައިލިއެވެ. “އޭނާ އެކަނި ވާ ވަގުތަކު މިހާރަކަށް އައިސް ކައިޒާން އާއެކު އަބަދުވެސް ހޭދަކުރަނީ” ޖުމާން ބުނެލިއެވެ. “އޭތް ނިހާ ކަލޭ ގިވް އަޕް ދިނީތަ ؟ އަނގަ މާތިރި ކޮށްގެން ތި ހުންނަނީ ކީއްވެ؟” ޖުމާން ނިހާ އިސްތަށިގަނޑުގައި ހިފާ ދަމައިލިއެވެ. ” އަހަރެންގެ ދޮންބެ ކޮއްކޮ ކުޑަބެ އެބަ އާދޭ އަހަރެން ސަލާމަތް ކޮށް ކަލޭމެން ދެމީހުން ޖަލަށް ލާން”އެއް މިޔަކަޅިން ހީލާފައި ނިހާ ބުނެލިއެވެ. ” އަޖާބެއް އެމީހުން ނާންނާނެ އެއީ އުފަލާއެކު އުޅޭ މީހުން ކަލޭ ތީ ބޭކާރެއް” މިފަހަރު ޔަލްވީ ނިހާގެ މޫނުގައި ޖަހަލަމުން ބުނެލިއެވެ.
ވަގަށް ބަލަން ހުރި ނިޔާޒް އާއި ނައުފް ގެ ރުޅިގަނޑު ދިޔައީ ކެކެމުން އެވެ. “އަޓޭކް އެއް ހަދަމާ؟” ކައިޒާން ބުނެލިއެވެ. “ޔަގީނެއްނު” ނައުފް މިހެން ބުނެ ބިން މަތީގައި އޮތް ދަގަނޑު ހޮޅި ނަގައި އަތެއް ހެޔޮވަރު ކޮށްލިއެވެ. ކައިޒާން އާއި މަޔާން ވެސް އެތަނުން ލަކުދިކޮޅެއް ނެގިއެވެ. “ނިޔާ މިތާނގަ މަޑުކުރޭ ދޮންބެގެ ސިގްނަލް އަށް ވަދެ ނިހާ ސަލާމަތް ކުރާތި” ނައުފް ޕްލޭން ކިޔައިދިނެވެ. ކައިޒާން އާއި ނައުފް އަދި މަޔާން މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް މަދުކޮށްލާފައި ނައުފް ޖުމާން ބޮލުގައި ދަގަނޑު ހޮޅިއިން ޖެހުމުން މަޔާން ޖުމާންގެ ކަކުލާއި ދިމާލުގައި ޖެހިއެވެ. އަދި ކައިޒާން ޔަލްވީ ބޮލުގައި ޖެހީއެވެ. މި އާއެކު ޔަލްވީ އާއި ޖުމާން ބިންމައްޗަށް ވެއްޓި ވޭނީ ހަޅޭކެއް ލައްވައި ލިއެވެ. އަދި ގަދަކަމުން ގެންގޮސް ޖުމާން އާއި ޔަލްވީ އެތާންގެ ތަނެއްގައި ބަނދެލިއެވެ. އެއިރު ނިޔާޒް ނިހާ އައްސާފައި ވާ ގޮނޑި ން މޮހެލިއެވެ. “ހިންގާ ދަމާ” ދަގަނޑު ހޮޅި ބުރި ބިންމައްޗަށް ވައްޓާލަމުން ނައުފް ބުނެލިއެވެ.
ބާރު ހިންގުމެއްގައި ގޮސް ވަލުތެރެ އިން ނިކުމެވުނު ކައިޒާން ،ނައުފް ،ނިޔާޒް އަދި މަޔާން ނިހާ އަށް ބަލައިލިއެވެ. “ނިހައްކޯ” ނައުފް މިހެން ބުނެ ނިހާ ގައިގައި ބައްދައިލިއެވެ. “ދޮންތާ” ނިޔާޒް މިހެން ބުނެ ނިހާ ގައިގައި ބައްދައިލިއެވެ. “އައި މިސްޑް ޔޫ ޓޫ” ނިހާ ބުނެލިއެވެ. “ހިންގާ ގެއަށް” ނައުފް ބުނެލިއެވެ.
……………….
ފަތިހުގެ ހިތްގައިމު ވަގުތެވެ. ކައިރާ ނިކުމެލީ ޖޮގިން ކުރުމަށް ށެވެ. އެވަގުތު މަޑުމަޑު ޖެޓީ މަތީގައި ހިނގަމުން ދިޔަ ނައުފް އަށް ކައިރާ ފެނުނެވެ. ކަންފަތުގައި ހެޑް ފޯން ޖަހައިގެން ހުރި ކައިރާ ދިޔައީ ޓެއިލާ ސްވިފްޓްގެ ލަވައަކަސް އަޑު އަހަމުން އެވެ. މިހެން ގޮސް މަގުމެދަށް ނިކުމެވުނު އިރުވެސް ކައިރާ އަކަށް ނޭންގެއެވެ. ލަވައިގެ ތެރެއަށް ގެއްލިފައި ހުރި ކަމުން ކައިރާ ހުރީ ދެވޭ ނުދެވޭ ތަނެއް ނޭންގިފައެވެ. ކައިރާ ސްއްސައިގެން ދިޔައީ މީހަކު ކައިރާގެ އަތުގެ މުލައްދަނޑީގައި ހިފުމަށްފަހު އޭނާއާއި ގަޔާ ކުރުމުން އެވެ. “ކައި މަގަށް ބަލައިގެން ދުވޭ ބަލަ ދެންމެ ވެސް ކިރިޔާ އެ ކާރުގަ ނުޖެހުނީ” ހާސްވެފައި ހުރެ ނައުފް ކައިރާގެ ދެ އަތުގައި ހިފާ ލަމުން ބުނެލިއެވެ. “ތެންކްސް” ކަންފަތުން ހެޑް ފޯނު ނަގަމުން ކައިރާ ބުނެލިއެވެ. އަދި ހިނިތުން ވެލި އެވެ. “ކައި ޕްރޮމިސް މީ ދެން ދުވަހަކުވެސް އެހާ އިރެރެސްޕޯންސިބަލް ނުވާނެ ކަމަށް” ނައުފް މަޑުމަޑުން ކައިރާ ގައިގައި ބައްދާލިއެވެ. “އައި ޕްރޮމިސް” ކައިރާ ބުނެލިއެވެ. އަދި މިއާއެކު ކައިރާ އާއި ނައުފްގެ ދެމެދު އެކި އެކި ވާހަކަތައް ދެއްކުމުން ދިޔައެވެ.
ހައިޒަލް މެން ގޭގެ ދޮރު މަތީ ކުނިކަހަން އޮތް ހަނާ ސިހުނީ މީހެއްގެ ފައިތިލަ ފެނުމުން އެވެ. “ނިޔާޒް؟” ހަނާ ކާކުތޯ ބަލައިލަމުން ބުނެލިއެވެ.” ޔެސް ލަވް އިޓްސް ޔުއާރ ޕްރިންސް ޗާމިންގް” ނިޔާޒް މިހެން ބުނުމުން ހަނާ ރަކި ވިއެވެ. “މިތާ ކީއްތި ކުރަނީ؟” ހަނާ އަހައިލިއެވެ. “އެއްޗެއް ބުނަން ވެގެން މި އައީ….ކޮބާ ތަ ؟ ކޮންތާކަށް ތަ އެ ލެވުނީ ؟ އެސް ފައުންޑް އިޓް އައި ލަވް ޔޫ ހަނާ އޯ ޝުޑް އައި ސޭ މައި ކުއީން” އެއްފައިމައްޗައް ތިރިވެ ހަނާ އަށް ރަތް ފިނިފެން މަލެއް ދެމުން ނިޔާޒް ބުނެލިއެވެ. “ނިޔާ އައި ލަވް ޔޫ ޓޫ” ފިނިފެން މަލުގައި ހިފަމުން ހަނާ ބުނެލިއެވެ. ” ހަނާ ބީ މައި ގާރލް ޑާލިން” ނިޔާޒް މިހެން ބުނުމުން ހަނާ ބޯޖަހައިލަފައި ނިޔާޒް ގައިގައި ބައްދައިލިއެވެ.
…………….
“މަ ބުނިން ކަލޭ ކައިރީ ރަނގަޅަށް މަގު ތައް ބަލާށޭ އެކަމަކުވެސް ނުބަލާ އެއްނު… ޔަލްވިޔަލްވީ މީ ހައްތަހާވެސް ކަލޭގެ މައްސަލަ” ޖުމާން ޔަލްވީ އާއި ދިމާލަށް އެއްޗިސް ކިޔަމުން ދިޔައެވެ. އެވަގުތު ދެމީހުން ވެސް ތިބީ ފުލުހުންގެ ދަށުގައެވެ. “މަގޭ މައްސަލައޭ ؟ ކަލޭ އަމިއްލަ އަކަށް ނިހާ ހައްޔަރު ކުރިީ…. މިސްޓަރ ޕޮލިސް އެހިރަ ނަޖިސް ގަނޑު އެ ކުއްޖާ ކިޑްނަޕް ކުރީ އައިމް އިނޮސެންޓް ދެން އަހަރެން ދޫކޮށްލާފިއްޔާ އައި ވިލް މެރީ ޔޫ” ޔަލްވީ ބުނަމުން ދިޔައެވެ. “އައްޗި މަ އެބަ އުޅޭތަ ކަލެއަށް ވުރެ މަގޭ އަންހެނުން ވެސް މާ ރީތި ހަމަ މިހާރު ވަދޭ ޖަލަށް” އެ ފުލުސް މީހާ ބުނެލިއެވެ.” ޖުމާން މީ ހައްތަހާވެސް ތި ނަގޫބަޅާހެދި ވާކަންކަމޭ” ޔަލްވީ މިހެން ބުނެ އޭނާއާއި އެންމެ ގާތުގައި ހުރި ޖުމާން އާއި ދިމާލަށް ބަލައިލިއެވެ. ޖުމާން ގޮސް ޔަލްވީ ކޮލުގައި ހިފިއެވެ.”ކަލޭ މަށާ ދިމާލަށް ނަގުލަކުން ތި ގޮވީ…. ކަލޭ ދެން ވާންޖެހޭނީ މަގޭ ދަރިންގެ މަޔަށް” ޖުމާން މިހެން ބުނެ ޔަލްވީ ގެންގޮސް އެތާންގެ އެނދެއްގައި ބާއްވާ ހައްޔަރު ކުރިއެވެ. އަދި ޔަލްވީ ލައިގެން ހުރި އެއްޗެހި ބާލުވައި އޭނާ އެންމެ ހިތް އެދޭ ކަންކަން ކުރިއެވެ.
………………
ދުވަސްތައް ފާއިތުވެގެން ގޮސް އެންމެ ފަހުން ކައިޒާން އާއި އިޒްހާގެ ކައިވެނީގެ ދުވަސް އައިސް ޖެހުނެވެ. ކޮޓަރިއެއްގެ ތެރޭގައި ހުދު ކުލައިގެ ވެޑިން ޑްރެސް އެއް ލައިގެން ހުރި އިޒްހާ ދިޔައީ ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަމުން އެވެ. “ކައި އައިމް ނާވެސް” ކޮޓަރިއަށް ވަދެގެން އައި ކައިރާ އަށް ބަލައިލާ ފައި އިޒްހާ ބުނެލިއެވެ. “އިޓްސް ގޮއިންގް ޓުބީ ފައިން އިޒޫ އޯރ ޝުޑް އައި ސޭ ދޮންބެ ދައްތާ” ކައިރާ މިހެން ބުނުމުން އިޒްހާގެ މޫނަށް ޖަންބު ކުލަވަރު އެރިއެވެ. “އިޒޫ އާރ ޔޫ ރެޑީ” ކައިޒާން އައިސް ބުނެލިއެވެ. ބޯޖަހައިލުމަށް ފަހު އިޒްހާ ކައިޒާން ގެ ފަހަތުން ދިޔައެވެ. އަދި މޭޒެއްގެ ކައިރީގައި މަޑު ކޮށްލުމަށް ފަހު ދެމީހުން ކައިރި ކައިރީ އިށީންދެލިއެވެ. ޣާޒީ އާއި ދެ ހެކިން ވެސް އައިސް މޭޒު ކައިރީގައި އިށީންދެލިއެވެ.
“ކައިޒާން އަނބި ގަބޫލުކޮށްފިންތަ؟” ޣާޒީ އަހައިލިއެވެ. “ލައްބަ އަޅުގަނޑު އަނބި ގަބޫލުކޮށްފިން” ކައިޒާން މިހެން ބުނުމުން އިޒްހާގެ ހިތައް ފިނިކަމެއް ލިބުނެވެ. ކައިވެނި ކޮށް ނިމިއްޖެއެވެ. އެންމެން ވެސް ޕާޓީ އާއި ގެން ކުރިއަށް ދިޔައެވެ. އެކަނިވެރިކޮށް މޭޒެއްގެ ކައިރީގައި އިށީންދެގެން އިން ނިހާ ސިހުނީ މީހަކު އޭނާ ކައިރީގައި އިށީންނުމުންއެވެ. ކާކުތޯ ބަލައިލި ވަގުތު އެ ހިތް އެންމެ އެ ދެމުން އައި ސޫރަ ފެނުމުން ނިހާ ހިނިތުންވެލި އެވެ. “އިވާން؟” ނިހާ ގޮވައިލިއެވެ. “ޔެސް ނިހާ އިޓްސް ބީން ލޯންގް އިނަފް….. ނިހާ ދިރި ހުރިކަން އިންގުން ހާ އަވަހަށް އަހަރެން މި އައީ މެލޭޝިޔާ ގަ ހުރެފަ…. އައި ރިއަލީ މިސްޑް ޔޫ ނިހާ އޯލްސޯ ކޭން ވީ ގެޓް ބެކް ޓުގެދާ” އިވާން ނިހާ އަތުގައި ހިފާ ލާފައި ބުނެލިއެވެ. “ލައްބަ އައި މިސްޑް ޔޫ ޓޫ” ނިހާ ވެސް ބުނެލިއެވެ.
” ކައި މިރޭ އަހަންނާ ބައްދަލު ކުރެވިދަނެތަ އަތިރި ޕާކް ތެރެއިން”ނައުފް ކައިރާ އަށް ކުރި މެސެޖް ކައިރާ ކިޔައި ލިއެވެ. “ލައްބަ” ކައިރާ ރިޕްލައި ދިނެވެ.”ކޫލް 20:30 ޖަހާ އިރު އަހަރެން ދާނަން ކައި ބަލާ ބީ ރެޑީ” ނައުފް އަނެއްކާވެސް މެސެޖެއް ފޮނުވިއެވެ. “ޔެސް” ކައިރާ ރިޕްލައި ދިނެވެ. ކައިވެނީގެ ހަފްލާ ނިމުން އިރު 19:00 ޖަހައި ފިއެވެ. އެންމެން ވެސް ގެއަށް ގޮސް އަވަސްވެގަތީ ނަމާދު ކުރުމަށް ށެވެ.
ނަމާދު ކޮށްގެން ކައިރާ އަލަމާރި ކައިރީ ގައި ހުއްޓިލިއެވެ. އަދި އަލަމާރިން ކަޅު ލުލައިގެ ޓައިޓް ހަރުވާޅަކާއި މުށި ކުލައިގެ ފަލަމަސްގަނޑާއި ހަމަ އަށް ދާވަރުގެ ވަށްތިރި ހެދުމެއް ނަގައި ތުވާލި ހިފައިގެން ފާހާނާ އަށް ވަނެވެ. ފެންވަރައިގެން ނިކުމެ އިސްތަށިގަނޑު ހިއްކަމުން ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އަދި ލުއި ލުއި ކޮށް މޭކަޕް ކޮށްލައިގެން ބޮލުގައި ފުނާ އަޅައިލިއެވެ. އެއަށްފަހު އަތް ދަބަސް ނަގައި ބޭރަށް ނިކުތް އިރު ނައުފް އިނީ ސައިކަލު މަތީގައި އިށީންދެ ކައިރާގެ އިންތިޒާރު ގައެވެ. “އަރާ” ކައިރާ ފެނުމައެކު ނައުފް ބުނެލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ކައިރާ ސައިކަލު ފަހަތަށް އެރި އެވެ. ނައުފް ސައިކަލު ސްޓާޓް ކޮށް އަތިރީ ޕާކަށް މިސްރާބު ޖެހިއެވެ.
މާ ގިނަ އިރު ތަކެއް ނުވެ އަތިރީގައި އޮންނަ ޕާކަށް އާދެވުނެވެ. “ކައި މިއަދު މި ގެނައީ ވާހަކައެއް ދައްކާ ލާން” ނައުފް އެތަންގައި ހުރި ބެންޗެއްގައި އިށީންނަމުން ބުނެލިއެވެ. “ކޮން ވާހަކައެއް؟” ކައިރާ ވެސް ނައުފް ކައިރީގައި އިށީންނަމުން އަހައިލިއެވެ. “ކައި އަހަރެން ކައި ދެކެ ލޯބިވެވިއްޖެ….. އަހަރެންގެ ލޯބި ގަބޫލު ކުރަނަންތަ؟” ނައުފް ކައިރާގެ ލޮލަށް ބަލައިލާ ފައި ބުނެލިއެވެ. “އައި ޑޯންޓް ނޯ… ނައުފް އައިމް ސްކެއަރޑް” ކައިރާ އިސްޖަހައިލަމުން ބުނެލިއެވެ. “ކައި އަހަރެން މީ ޖުމާން ކަހަލަ މީހެއް ނޫން ކައި ޔޫ އާރ މައި ފަސްޓް ލަވް…. އަހަރެންއަހަރެންގެ އަންހެނަކަށް ވާނަންތަ؟” އަނެއްކާވެސް ނައުފް އަހައިލިއެވެ. މިފަހަރު ކައިރާ ހިނިތުން ވެލާފައި ބޯ ޖަހައިލިއެވެ. ވީ އުފަލަކުން ނައުފް ކައިރާ ގައިގައި ބައްދާލިއެވެ. “އައި ލަވް ޔޫ ކައި އައި ލަވް ޔޫ ސޯ މަޗް” ނައުފް މިހެން ބުނުމުން ކައިރާގެ ހިތައް އުފާވެރިކަން ވެރިވި ފަދައެވެ.” އައި ލަވް ޔޫ ޓޫ ނައުފް” ކައިރާ އޭނާގެ ލޯބި ހުށައެޅިއެވެ. “އައި ޕްރޮމިސް އައި ވިލް ލަވް ޔޫ އެންޑް ޓޭކް ކެއަރ އޮފް ޔޫ ޓިލް ދަ ޑޭ އާއި ޑައި….. މަގޭ ލޯބިވާ” ނައުފް އޭނާގެ ނިއްކުރި ކައިރާގެ ނިއްކުރީގައި ޖައްސަލަމުން ބުނެލިއެވެ.
5 އަހަރު ފޮސް…..
ގެއަށް އައިސް ވަތް ނައުފް ފައިގައި ކުޑަކުޑަ ކިޔާރާ އައިސް އޮޅާލިއެވެ.” ޑެޑީ ގެ ޕްރިންސެސް ހާދަ ޕްރިޓީ އޭ ދޯ” ނައުފް ކިއާރާ އުރާލަމުން ބުނެލިއެވެ. “ތެންކް ޔޫ ޑެޑީ” ނައުފް ގައިގައި ބައްދާލަމުން ކިއާރާ ބުނެލިއެވެ. “ހާއި ލަވް އަދިވެސް ރެޑީ ނުވަނީ ތަ ލޯބި ހާދަ ލަހޭ” ކައިރާ ރުޅި އަރުވައިލުމަށް ނައުފް ބުނެލިއެވެ. “ދެން ނައުފް…. ކިޔާ ރެޑީ ކުރަން ބައިގަޑިއިރު ދޭވިއްޔާ…. ޝައްކެއްނެތް އެއީ ހަމަ ނައުފް ގެ ދަރިއެއް ” ތުން ދަމާލަމުން ކައިރާ ބުނެލިއެވެ. “ލޯބި އާ ނުލާ ނުލިބޭނެއްނު ކައި ޔޫ އާރ މައި ކުއީން ރިމެމްބާރ ދެޓް” ނައުފް ކައިރާގެ ކޮލަށް ބޮސްދެމުން ބުނެލިއެވެ. “ކިޔާ ދަރިފުޅު އަވަހަށް އާދޭ ލިޕްސްޓިކް ޖައްސަން މަންމި ކައިރިއަށް އޭރުން އަވަހަށް އަލްޔަން ދޮންބެ އާ ހައިފާ ކޮއްކޮ އާ ޖެނީ ދޮންތި އެންޑް އިޒްކާން ތުއްތު ކައިރިއަށް ޕަކަށް ދެވޭނީ އަވަސް އަވަސް އަވަސް” ނައުފް މިހެން ބުނުމުން ކިޔާރާ ދުވެފައި ކައިރާ ގާތައް ދިޔައެވެ.
16:15 ވެ އުޅުނިކޮށް ކައިރާ އާއި ނައުފް އަދި ކިޔާރާ ޕާކަށް ދިޔައެވެ. އެއިރު ޕާކުގައި ކައިޒާން އާއި އިޒްހާ އެމީހުންގެ 4 އަހަރުގެ އިޒްކާން ގޮވައިގެން ހުއްޓެވެ. އަދި މަޔާން އާއި ޖޫލިއާ އެމީހުންގެ 3 އަހަރުގެ ދަރިފުޅު ޖެނީ ވެސް ތިބިއެވެ. ހަނާ އާއި ނިޔާޒް އެމީހުންގެ 9 މަހުގެ ދަރިފުޅު ހައިފާ ގޮވައިގެން އަންނަނީ އެވެ. ނިހާ އާއި އިވާން އެ ދެމީހުންގެ 1 އަހަރުގެ ދަރިފުޅު އަލްޔަން ގޮވައިގެން އުންދޯލި ތައްކައިރީގައި ހުއްޓެވެ. “އަސްތަޤްފިރުﷲ ހާދަ ލަސްވީ” އިޒްހާ ބުނެލިއެވެ. “އެހެންނެއްނު ވަނީ މި އުޅޭ ނައުފް ކިޔާ އަށް އޭނާގެ ގޮތް ގަނޑު ދަސްކޮށްދީފި ވިއްޔާ” ކައިރާ ބުނެލިއެވެ. “ހަހަހަ އެއީ ދޮންބެ ގޮތޭ ފަހަރީ” އަލްޔަން ގޮވައިގެން އަންނަމުން ނިހާ ބުނެލިއެވެ. “ހިންގާ ސައިބޯން ދަމާ އަހަރެން ޕޭ ކުރާނަން” ކައިޒާން މިހެން ބުނުމުން ހުރިހާ ކުދިން ގޮވައިގެން އިޒްހާ ހިންގައިގަތެވެ. “ކައި ހިނިތުން ވެލަބަލަ… ބޭބީ މޫޑީ ވީމަ ވަރަށް ހިތައް އަސަރު ކުރޭ” ނައުފް އޭނާގެ މޭ މަތީގައި އަތް އަޅާ ލަމުން ބުނެލިއެވެ. “ކަލާގެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ މި ހިތް އުފަލުން ނަށަލާނެ” ނައުފް ކައިރާ ހެއްވަލުމަށް ބުނެލިއެވެ. މި އާއެކު ކައިރާގެ މޫނު މައްޗައް ދުވަހަކުވެސް ފިލައި ނުދާނެ ފަދަ ހިނިތުންވުމެށް ވެރިވިއެވެ. އަދި ނައުފްގެ އަތުގައި ހިފާ ލިއެވެ. އަދި އެންމެން އާއި އެއްވަރު ކުރުމަށް ކުރިއަށް މަޑުމަޑުން ދުއްވައިގަތެވެ.
ނިމުނީ…..
For those who read my story without any boredom
Thank you all for your support and I love you all so much ❤️
2 Comments!
Comments are closed.


Mi vaahaka vx varah reethi……maashaa allah💜
Mi part vex varha reethi Masha Allah ❤️
Unmeedhu kuran ifaa ge aa vaahakae libeeney kama
I miss you so much ifaa
💕💕💕💕Lysm💞💞💞💞💞
Take care 😘💟