*ނައުފް ގޮސް މަޔާން މެންގެއަށް ވަތް އިރު ކައިރާ އާއި އިޒްހާ ވެސް ހުއްޓެވެ. އަދި މަޔާންގެ އަތުތެރޭގައި ރޯން ހުރި ޖޫލިއާ ފެނި ނައުފް ހައިރާން ވިއެވެ. “ކިހިނެތް ވީ؟” އެތެރެއަށް ވަދެފައި ނައުފް އަހައިލިއެވެ. ޖޫލިއާ މަޑުމަޑުން މަޔާންގެ މޭމަތިން މޫނު ދައްކާލަމުން ނައުފް އަށް ބަލައިލިއެވެ. ނައުފް އަށް ޖޫލިއާ މޫނު ފެނި ދެލޯ ބޮޑު ކޮށްލިއެވެ. އަނގަމަތި ފަޅައިގެން ގޮސް ކޯމަތީގައި ވަނީ ފިޔަހި އަޅުވާފައެވެ. ކަނާއަތުލޯ ދުޅަވެ ކުޑަވެފައިވެއެވެ. އަދި އެމޫނުގެ އެއް ފަޅި ނޫފާވެފައި ވެއެވެ. އަނެއްކާވެސް ޖޫލިއާ މަޔާން ގެ މޭތެރެއަށް ވަދެ ފޮރުވުނެވެ. “ޖުމާންގެ ކުޅިވަރު ފެށީ” މަޔާން ރުޅިވެރިކަމާއެކު ބުނެލިއެވެ. *
“ނައުފް ކަލޭ ކައި ބަލާބަލަ މަށާ މާން އާ އެބަ އަންނަން ބޭސްފިހާރައަށް ގޮސްފަ… އެން އިޒޫ ޓޭކް ކެއަރ އޮފް ޖޫލީ” ކައިޒާން މިހެން ބުނުމުން އިޒްހާ ޖޫލިއާ ގޮވައިގެން މަޔާން މެން ކޮޓަރިއަށް ދިޔައެވެ. އެވަގުތު ނައުފް އާއި ކައިރާ އެކަނި ވިއެވެ. “ކައި ކިހިނެތް؟” ނައުފް އެ ދެމީހުން ދޭތެރޭގައިވާ ފަޅުކަން ނަގައިފިއެވެ.” އަލްހަމްދުލިﷲ އަދި ރަނގަޅު… ނައުފް ކިހިނެތް؟”ކައިރާ ލަދުވެތި ކަމާއެކު އަހައިލިއެވެ. “އިންޝާ ﷲ އަހަރެން އަދި ރަނގަޅު” ހިނިތުން ވެލަމުން ނައުފް ބުނެލިއެވެ. އަނެއްކާވެސް އެ ދޭތެރޭގައި ފަޅުކަމެއް އުފެދުނެވެ.
“ނައުފް އަހަރެން ހަނާ ލޯ އޮޕަރޭޝަން ކުރަން ވަރަށް އަވަހަށް މެލޭޝިޔާ އަށް ފުރަން އަހަރުމެން އާ އެކު ހަނާ ވެސް ދާނެ ހަނާ ފައި އޮޕަރޭޝަން ކުރަން” މިފަހަރު ކައިރާ ވަރަށް ހިތްވަރު ކޮށްގެން ބުނެލިއެވެ. “ކޮން އިރަކު ފުރަނީ؟” މާޔޫސް ވެފައި ނައުފް އަހައިލިއެވެ. “ނެކްސްޓް ވީކް ” ކައިރާ އިސް ޖަހައިލިއެވެ. ދެމީހުން ދޭތެރޭގައި އެތަކެއް ވާހަކަ ތަކެއް ދެއްކުމުން ދިޔައެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އާ ވިންދު ތަކެއް ޖަހަމުން ދިޔައެވެ.
…………..
“ޗިކީ ސަހީމައްތަ އާ އެކުގައި މެލޭޝިޔާ އަށް ދާންވީނު އޮޕަރޭޝަން ކުރަން ކައި ވެސް ލޯ އޮޕަރޭޝަން ކުރަން ދާން އެ އުޅެނީ މި އަންނަ ހަފްތާގަ… ދޮދޮންބެ އާ ކުޑަބެ ހަރަދު ކުރާނަން” ހަމްދާން ނިޔާޒް ދިން ނޯޓަށް ގެއްލިފައި ހުރި ހަނާ ގާތުގައި ބުނެލިއެވެ. “އޯކޭ އަހަރެން ބޭނުމީ ވީހާވެސް އަވަހަށް މި ރަށުން ދުވަސްކޮޅަކަށް ދުރުވެލަން ” ހަނާ އެއްބަސް ވި އެވެ.
ދުވަސްތައް އޭގެ އެންމެ ބާރު މިނުގައި ދަމުން ގޮސް ކައިރާ މެން މެލޭޝިޔާ އަށް ފުރާ ދުވަސް އަތުވެއްޖެއެވެ. އެއާރޕޯޓް ގައި ކައިރާ އާއި ސަހީމާގެ އިތުރުން ހަނާ ފުރުވަން އައިސް ތިބި ކައިޒާން ،ނައުފް ، އިޒްހާ ،މަޔާން ،ޖޫލިއާ ،ހަމްދާން އަދި ހައިޒަލް އާއި ޝިފާ ދިޔައީ މި ތިން މީހުންނަށް އަލްވަދާޢު ކިޔަމުން އެވެ. ފުރޮޅުލީ ލީ ގޮނޑިއެއް ގައި ހުރެ ވެސް ހަނާ ދިޔައީ މުޅި މާހައުލް އިން ނިޔާޒް ފެނޭތޯ އެވެ. ނަމަވެސް ހަނާ އަށް އެނަސީބެއް ނުލިބުނެވެ. އެ ދުވަހަށް ފަހު ނިޔާޒް ހަނާ ހޯދާކަށް ވެސް ނާދޭ އެވެ. އިސް ޖަހާލި ހަނާ ހިތައް އަސަރެއް ކޮއްލިއެވެ. “ހޭވް އަ ސޭފް ޓްރިޕް ގާއިސް” އަތް ހޫރުވާ ލަމުން އެންމެ ކަހަލަ ގޮތަކަށް ބުނެލިއެވެ.
{6 މަސް ފަސް}
ކައިޒާން ،އިޒްހާ ،ނައުފް ،މަޔާން ،ޖޫލިއާ ،ހަމްދާން އަދި ހައިޒަލް އާއި ޝިފާ އިންތިޒާރު ކުރަމުން ދިޔައީ ސަހީމާ އާއި ކައިރާ އަދި ހަނާ ނިކުންނާނެ އިރަކަށް ށެވެ. ސަހީމާ ބުނި ގޮތުގައި ކައިރާ އާއި ހަނާގެ އޮޕަރޭޝަން ކާމިޔާބެއް ނުވެއެވެ. މިކަމާމެދު އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެމީހުން ފެންނާނެ އިރަކަށް ށެވެ. މިހެން ހުރެފައި ކުއްލިއަކަށް ކުރިމައްޗައް އެރި އަންހެން ކުއްޖާ ފެނި އެންމެން ވެސް ހައިރާން ވި އެވެ. “ޗިކީ ޔޫ ކޭން ވޯކް ؟ އެކަމަކު ދައްތަ ބުނި އޮޕަރޭޝަން ކާމިޔާބު ނުވެޔޭ” ކުރިމަތީގައި ހުރި ކަޅުކުލައިގެ އަބާޔާ އަކާއި ރަތް ކުލައިގެ ޝޯލް އެއް އަޅައިގެން ހުރި ހަނާ އަށް ބަލައިލަމުން ހަމްދާން ބުނެލިއެވެ. “ސަޕްރައިޒް” ހެވިލާފައި ހުރެ ހަނާ ބުނެލިއެވެ. “ކޮބާ މަމް އެން ކައި” ކައިޒާން ވަށައި ބަލައިލަމުން ބުނެލިއެވެ.” ހާއި ދޮންބޭ” ހިނިތުން ވެލަމުން ކައިރާ ބުނެލިއެވެ. “ކައި ޔޫ އާރ އޯލް ހީލްޑް އައި މިސްޑް ޔޫ” ކައިޒާން ކައިރާ ގައިގާ ބައްދާލަމުން ބުނެލިއެވެ. “ޖޫލްސް އައިމް ބެކް” ޖޫލިއާ ގާތައް ދަމުން ކައިރާ ބުނެލިއެވެ.” ވެލްކަމް ބެކް ބެސްޓީ” ޖޫލިއާ ވެސް ކައިރާ ގައިގާ ބައްދާލިއެވެ. އެންމެ ވެސް ދެން ގެއަށް ދާން މިސްރާބު ޖެހި އެވެ.
……………….
އެނދުމަތީގައި އޮށޯވެލައިގެން އޮތް ނިޔާޒް އަށް ހަމަ ބިމަށް އާދެވުނީ މީހަކު އެ ކޮޓަރީ ދޮރުގައި ޓަކި ޖަހާ ތީ އެވެ. ލޮޑު ގޮތަކަށް އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވި އިރު ކުރިމަތީ ހުރި ނައުފް ފެނި ނިޔާޒް އެތެރެ އަށް ވަނެވެ. “ނިޔާ މީހަކު ނިޔާ ހޯދަން އައިސްފި” ނައުފް މިހެން ބުނެ އެ ކުއްޖާ އެތެރެއަށް ވައްދާފައި ނައުފް އެތަނުން ދިޔައެވެ. އެތެރެއަށް ވަދެގެން އައި ހަނާ ފެނި ނިޔާޒް އެއްފަރާތަކަށް އެނބުރުނެވެ. “ނިޔާޒް އަހަންނަށް މަޢާފުކުރޭ…. އައައިމް ސޮރީ ފޯ ހާރޓިން ޔޫ” ހަނާ އިސް ޖަހައިލަފައި ބުނެލިއެވެ.” ހްމް ދެން ހެޔޮ ދިޔަސް” އަސަރެއް ނެތް ގޮތަކަށް ނިޔާޒް ބުނެލިއެވެ. “ނިޔާޒް” ހަނާ ގޮވައިލިއެވެ. “މަ ބުނިން ދޯ މަ ހޯދަން ނާންނާށޭ އެހެން ބުނީމަވެސް ހަމަ އައީ ކީއްކުރަން؟! ” ނިޔާޒް ތަންކޮޅެއް ބާރަށް ބުނެލިއެވެ.” އަހަންނަށް މަޢާފުކޮށްދީ އަހަންނަށް އިންގޭ އަހަންނަށް ކުށެއް ކުރެވުނު ކަން…. ޕްލީސް ނިޔާޒް އައިމް ބެގިން ޔޫ” ކަރުނަވީ ދެލޮލަކާއެކު ހަނާ ބުނެލިއެވެ.”ވަކި ކީއްކުރަން މިއަދު ތި އައީ އަހަންނާ ދިމާލަށް އެދުވަހު ގޮވިހާ އެއްޗެސް ހަނދާން ނެތުނީ؟…. ހަނާ ބުނަން އެއިރު އަހަރެން ހަނާ ދެކެ ލޯބިވީ މިހާރު އައި ޑޯންޓް ލަވް ޔޫ…. ނިކުމޭ!!! ” ނިޔާޒް ހަޅޭއް ލަވައިގަތުމުން ހަނާ ދެކޮޅުހެދުމެއް ނެތި ނިކުމެގެން އެންމެ ފަހު ފަހަރަށް ނިޔާޒް މެންގެއަށް ބަލައިލާފައި އިސްޖަހައިގެން ހުރެ ގެއަށް މިސްރާބު ޖެހި އެވެ.
” ކޮންތާކު ތެޅި ތެޅިފަ ތި އައީ ” ހަނާ ގެއަށް ވަނުމައެކު މައިމޫނާ ބުނެލިއެވެ. “އަހަރެން ދާތަނެއް ބަލަކަށް ނުޖެހޭ މަނަމް އަކާ އަހަރެން ހޮސްޕިޓަލް ގަ އޮތް އިރު އަހަރެންގެ ހާލު ބަލަން ދިޔަ އިން ތަ؟ ނުދޭ މަ ނޫޅެން މިގޭގައި އުޅޭކަށް” މިހެން ބުނެ ކޮޓަރި އަށް ގޮސް ވަތް ހަނާގެ ބަޑި ފަޅައިގެން ދިޔައެވެ. ދޮރުގައި ލެގިލައިގެން ހުރެ ތިރިރވަމުން ގޮސް އެންމެފަހުން ބިންމަތީގައި އިށީންދެލިއެވެ. މިހެން އޮވެ ހަނާ އަށް ނިދުން އިރުވެސް އޭނާ އަކަށް ނޭންގުނެވެ.
“ނިޔާ ހަނާ އާ ދިމާލަށް ހަޅޭއް ލެއްވިީ ކީއްވެ ؟” ނައުފް އަހައިލިއެވެ. “އޭނާ މަށާ ދިމާލަށް ގޮވާފައި ހުރި އެއްޗިސް ތާހިރެއް ނޫނޭ” ނިޔާޒް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. “އަޑުއަހާ އެއީ މާޒީގެ ހަނދާން ތައް އޭއްޗިސް އެއްފަރާތް ކޮށްލަފަ ލިބުން ފުރުސަތުގެ ބޭނުން ހިފާ…. ހަނާ މިއަދު އެ އައީ ނިޔާ ދެކެ ލޯބިވެވިގެން… އެއާރޕޯޓް ގަ ވެސް ނިޔާ ވަރަށް ހޯދި” ނައުފް މިހެން ބުނުމުން ނިޔާޒް ހިނިތުން ވެލި އެވެ އަދި އެހިނދު އުދާސް ވެސް ވިއެވެ. އެ ހިތް އެންމެ އެދޭ ފަރާތް މިއަދު އޭނަ ދެކިލަން އާއި ވަގުތު ދުލައް އައިހާ އެއްޗެއް ގޮވަމުން ދެވުނެވެ. އިސް ޖަހައިލަމިން ނިޒާމް ވަނީ ފާހާނާ އަށް ށެވެ.
…………………
ބޭރު ޖޯލީގައި އިށީންދެގެން ފޯނުން އިންސްޓާގްރާމް އިން ރީލްސް ބަލަން ހުރި ކައިރާ އަށް ސިހުމެއް ލިބުނީ އޭނާ ކައިރީ ހުރި ޖޯލީގައި މީހަކު އިށީންނުމުން އެވެ. ކައިރީ އިށީންނީ ކައިޒާން ކަން އެނގުމުން ކައިރާ ލޯ ހަނި ކޮށްލާފައި ބަލައިލިއެވެ. “ކައި ހިންގާ ދުއްވަލަން ދާން ދޮންބެ ފްރެންޑް ނައުފް އަންނާނެ… ދޮންބެ ދާނީ އިޒޫ ގޮވައިގެން ސޯ ކައި ދޭ ނައުފް އާ އެކު” ކައިޒާން މިހެން ބުނުމުން ކައިރާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. “ކިހައިރަކަށް ތައްޔާރު ވަންވީ؟” ކައިރާ އަހައިލިއެވެ. “ޔޫ ލުކް ފައިން… ދޭ ކުޑަކޮށް މޭކަޕް ކޮށްލައިގެން އަންނަން” ކައިޒާން މިހެން ބުނުމުން ކައިރާ އެންމެ ރަނގަޅު ކަމަށް ބުނެ އެތެރެއަށް ވަނެވެ.
ކައިރާ ވަތް ތާ މާ ގިނައިރު ތަކެއް ނުވޭ ނައުފް ކައިޒާން މެންގޭ ކައިރީގައި ސައިކަލު މަޑުކޮށްލިއެވެ. ޖޯލިފަތީގައި އިށީންދެލައިގެން އިން ކައިޒާން ފެނުމުން އޭނަ ގާތައް ގޮސް އިށީންދެލިއެވެ. “އިޒްހާގެ އިންތިޒާރުގަ؟” ނައުފް ލާނެތް ގޮތަކަށް ބުނެލިއެވެ. “ހޫމް ކައިވެސް ދެޔޭ ވަކި މަށަށް އަޅުވާ ކިޔާނެ ކަމެއް ނެތް” ލާނެތް ގޮތަކަށް ކައިޒާން ވެސް ބުނެލިއެވެ. “އޯކޭ އޯކޭ ޔޫ ވޮން” ހިނިގަނޑެއް ޖަހައިލަމުން ނައުފް ބުނެލިއެވެ. “އަހަރެން އިޒޫ އަށް ޕްރޮޕޯސް ކުރަން މި އުޅެނީ…. އައި ވޯންޓް ޓު މެރީ ހަރ” ކައިޒާން ބުނެލިއެވެ. “ކޮންގްރާޑްސް… މިއަދު ޕްރޮޕޯސް ކުރަން ދޯ ތި ވިސްނަނީ “ނައުފް އަހައިލިއެވެ. ކައިޒާން ބޯޖަހައިލަފައި ގޭގެ މައި ގޭޓުން ނިކުތް އިޒްހާ އާއި ކައިރާ އަށް ބަލައިލިއެވެ. އިޒްހާ އަށް ބަލަން ހުރި ކައިޒާން ހިނިތުންވެލި އެވެ. ދަނބު ކުލައިގެ ފަލަ މަސްގަނޑާއި ހަމައަށް ދާ ވަރުގެ ވަށްތިރި ހެދުމެއް ލައިގެން ހުރި އިރު އެއައީ އެކު ތިރިން ކަޅުކުލައިގެ ޖީންސް އެއް ލައިގެން ހުއްޓެވެ. މިނިވަން ކަމާއެކު ވިއްސައިލާފައިވާ އިސްތަށިގަނޑު ކަންފަތުގައި އަޅުވައިލަމުން އިޒްހާ ކައިޒާން އަށް ބަލައިލިއެވެ.
ނައުފް ގެ ހަލާކު ތޯއެވެ. ޖީންސް ފޮތިން ފަހައިފައިވާ ވަށްތިރި ހެދުމެއް ލައިގެން ހުރި އިރު މެދުހަށީގައި ބެލްޓް އެއް އައްސާލައިފައި ވެއެވެ. އަދި ކަޅުކުލައިގެ ސްކިނީ އެއް ލައިގެން ހުރި އިރު އެހާމެ ވެސް ފުރިހަމައެވެ. އުނަގަނޑާއި ހަމައަށް ދާ އެ ބްލޯންޑް ފަން އިސްތަށިގަނޑު މިނިވަން ކަމާއެކު ވިއްސާރައިގައި ވެއެވެ. އިސް ޖަހައިލައިގެން ހުރި އިރު އެހާ ވެސް މައުސޫމް އެވެ.
“ހިންގާ ދަމާ” ނައުފް އަށް ހަމަބިމައް އާދެވުނީ ކައިޒާން މިހެން ބުނުމުން އެވެ. އިސް ޖަހައިގެން ހުރެ ކައިރާ ނައުފްގެ ސައިކަލު ފަހަތައް އެރިއެވެ. ކުއްލިއަކަށް ސައިކަލުގެ ސްޕީޑް ބާރުކުރުމުން ކައިރާ ގޮސް ތަތްވީ ނައުފްގެ ބުރަކަސީގައެވެ. “ބާރަށް ހިފަހައްޓައިގެން ހުންނައްޗެ” ސައިކަލު ސްޕީޑް ބާރުކުރަމުން ނައުފް ބުނެލިއެވެ. މަޑުމަޑު ކައިރާ ނައުފްގެ ގައިގައި ފަހަތުން ބައްދާލިއެވެ. އަދި އެ ބުރަކަށީގައި އޮށޯވެލި އެވެ. އަދި ލޯ މަރާލި އެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކުވެސް މި ދެމީހުން އަށް ބަލަން ހުއްޓެވެ. މާގިނަ އިރު ތަކެއް ނުވެ ރަށުކޮޅު ބީޗް އަށް މި ހަތަރު މީހުންގެ ފޯރިއެވެ.
ކައިޒާން ހަނާ ގޮވައިގެން ރާޅު ބިންދާ ހިސާބުގައި ހިންގައިލަން ދިޔައެވެ. އަތު ގުޅައިލިގެން ހެމުން ލޯބީގެ އެތައް ސަމާސާ އެއް ކުރަމުން ދިޔަ މި ދެ ލޯބި ވެރިން ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ހިތެއްގެ ތެރޭގައެވެ. ރީތި މަންޒަރު ބަލަމުން ދިޔަ އިޒްހާގެ ކައިރީގައި ކައިޒާން އެއް ފައި މައްޗައް ތިރިވިއެވެ. ސިހިފައި އިޒްހާ ކައިޒާން އަށް ބަލައިލިއެވެ. “އިޒޫ އައި ހޭވް ބީން ވެއިޓިން ފޯ ދިސް މޮމެންޓް…. ޢާއިޝަތު އިޒްހާ ވިލް ޔޫ މެރީ މީ” އަނގޮއްޓިއެއް ދިއްކޮއްލަމުން ކައިޒާ ބުނެލިއެވެ. “ޔެސް ޒާން އައި ވިލް މެރީ ޔޫ” މިހެން ބުނެ އިޒްހާ ކައިޒާން ގެ ގައިގައި އޮޅައިލިއެވެ. އަދި ކައިޒާން އިޒްހާގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވައިލިއެވެ.
…………………..
ރޭގަނޑުގެ ވަގުތެވެ. ހަނާ އޭނާގެ ފޮށި ހިފައިގެން ގެއިން ނިކުންނަން ދިޔައެވެ. “ޗިކީ މަޑުކޮށްބަލަ… ޗިކީ އުޅޭނީ ކޮންތާކުގަ؟” ހަމްދާން އަހައިލިއެވެ. “ނޭންގެ ކޮންމެވެސް ތާކުގަ އުޅޭނީ މަގުމަތީ ވިޔަސް” ހަނާ މިހެން ބުނެ ފޮށި ދަމަމުން ގެއިން ނިކުތެވެ. ގެއިން ނިކުމެ ހިންގައިގަތް ތަނާ މީހަކު އައިސް ހަނާ އަތުގެ މުލައްދަނޑީގައި ހިފުމަށް ފަހު އޭނާ އާއި ވީކޮޅަށް އަނބުރައިލިއެވެ. އެމީހެއްގެ މޫނު ފެނުމުން ހަނާ ގާތައް އާއި އިސާހިތަކު ރުޅިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Kureeege hinithunvumeyyyy???????
Sorry 😔 stupid keyboard auto corrected it
Kureeege hinithunvumeyyy
Anyways mi part vex varha reethi Masha Allah ❤️💞
Unmeedhu kuran next part kiyaalan libeeney kama
When is next part????