ގަޑި އެލާމްވާން ފެށުމާއެކު އަންޖަލް ފުންމައިގެން ތެދުވިއެވެ. އެެލާމް އޮފް ކޮށްލުމަށްފަހު އަވަހަށް ތެދުވެގެން ފާހާނައާއި ދިމާއަށް ދުއްވައިގަތެވެ. އިރުކޮޅެއްފަހުން ނިކުތ ީތެމިފައިވާ ދޮން ހަށިގަނޑުގައި ހުދު ކުލައިގެ ތުވާޔެއް އޮޅާލައިގެންނެވެ. އަދި ޑްރެސިންގެ ޓޭބަލް މަތީގައި ބާއްވާފައި އޮތް ހެއަރ ޑްރަޔާރުން ބޯހިއްކަން ފެށިއެވެ. އޭރުވެސް އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. ތަނަކަށް ދާން ލަސްވެގެން އުޅޭ ކަހަލައެވެ. ބޭނުންވާވަރަށް ބޯހިއްކާލުމަށްފަހު އަލަމާރިން ރީތި ހެދުމެއް ހޯދަން ފެށިއެވެ. ހިތްހަމަޖެހޭ ވަރުގެ ހެދުމެއްލައިގެން ލުއިލުއި މޭކަޕެއް ކޮށްލިއެވެ. […]
މި ވާހަކަ ވަރަށް އަވަހަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. -އަޒޫ-
” ޑޯންޓް ފޮގެޓް ތީ އަހަރެންގެ ބެސްޓް ފްރެންޑް.. އެންޑް އައި ރިއަލީ ހޭޓް ދެޓް މާޒް… ކާރުގެ ކުރީ ޝީޓުގައި އިންނާނީ އަހަރެން.. އަބަދުވެސް އަހަރެން..” އާރާގެ ޖުމްލަތަކުން ޔުއާން ކައިރިއަށް ހިނި އަންނަ ގޮތްވވިއެވެ. ނަމަވެސް އާރާ ރުޅިއައިސްދާނެތީ ހިނި ކޮންޓްރޯލް ކުރިއެވެ. އާރާ ފަލަކް ކައިރިއަށް ދަމުން ދިޔައީ މާޒްގައިގަ ޖެހިގަނެފައެވެ. އެވަގުތު މާޒް ވެއްޓެން ދިޔަ ނަމަވެސް ވެއްޓުމުގެ ކުރިން އަމިއްލަ މީހާ ކޮންޓްރޯލް ކުރިއެވެ. ” ޑޯންޓް މައިންޑް ހަރ.. […]
” މާޒް ތިވިސްނުން ދޫކޮށްލާ… މާޒްގެ މަންމަ ކުރަން ބޭނުން ނުވި ކަމެއް ކީއްކުރަން މާޒް ކުރަނީ.. ” ސޮފާ ބުންޏެވެ. ” އަހަރެން ބޭނުން އަހަރެންގެ ބައްޕަ ހޯދަން.. އަހަރެން ބޭނުން އަހަރެންގެ ސުވާލުތަކުގެ ޖަވާބު ހޯދަން..” މާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ. ” މާޒްގެ މަންމަ ދުނިޔޭގަ އެންމެ ކުރަން ބޭނުން ނުވި ކަންތައް ތީ.. އެހެންވީމަ މާޒްވެސް ރަނގަޅުވާނީ ތިހިޔާލު ދޫކޮށްލިއްޔާ” ސޮފާ މާޒް އަށް ވިސްނައިދެވޭތޯ އުޅުނެވެ. […]
ޔުއާން ކޮޓަރިއަށް ގޮސް ވަންއިރު ޔުއާން ފެންނާކަށް ނެތެވެ. ފާހަނައިން ފެން އަންނަ އަޑު އިވުމުން ޔުއާން ވީ ފާހާނައިގަކަން އާރާއަށް އެނގުނެވެ. އާރާ ޔުއާންއަށް ޖެއްސުން ކުރުމަށް ފާހާނަ އިގެ ދޮރުގައި ބާރަށް ޓަކި ޖަހަންފެށިއެވެ. އަދި ޔުއާންއަށް ބާރަށް ގޮވަންފެށިއެވެ. އެވަގުތު ކުޑަކޮށް ދޮރު ހުޅުވާލާފައި އެތެރޭން ނެރުނު އަތުން އާރާގެ އަތުގައި ހިފާފައި ކުއްލިއަކަށް އެތެރއަށް ދަމައިގަތެވެ. ” ވަޓް ދަ..” ފެނުނު މަންޒަރުން އާރާއަށް ބުނެވުނެވެ. އަދި އަވަސް އަވަހަށް އަނެއް […]
” އާރާ ވަރަށް ބޮޑަށް ސޮރީ… މަންމަ ބުނެގެން އެއަރޕޯރޓަށް މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް ރިސީވެކުރާން ދާންޖެހިއްޖެ” ކުށްވެރިއަކު ފަދައިން އިސްޖަހައިގެން އިނދެ ޔުއާން ވާހަކަ ދެއްކިއެވެ. ” ސޯ ވަޓް އަހަރެން ގޮވައިގެން ދެވިދަނެއްނު…އެކަމަކު ޖެހޭނެ ބަރގަރ ކިންގުން އަހަންނަށް ކާންދޭން.. ” އާރާގެ ޖަވާބުން ޔުއާންއަށް ހީލެވުނެވެ. އަދި ހުޅުލޭ ފެރީއަށް ދާން ދުއްވާލިއެވެ. ” ބައިދަ ވޭ.. ރިސީވް ކުރަން މިދާ ކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ” އާރާ އަހާލިއެވެ. ” […]
” ކޮބާ އަހަރެންގެ ގިފްޓް.. ” ޔުއާން ފޯނު ނެގުމާއެކު އާރާ އަހާލިއެވެ. ” ގިފްޓަށް އަދި ތަންކޮޅެއް އިންތިޒާރު ކޮށްލާ.. މާދަން މެންދުރުއެކެއް ޖަހާއިރު އަހަރެން ދާނަން އާރާ ބަލާ.. ރެޑީވެގެން ހުންނައްޗެ..” ޔުއާން ބުނެލިއެވެ. އާރާވެސް އާއެކޭ ބުނުމަށްފަހު ފޯނުބޭއްވިއެވެ. އަދި އެންމެން ދީފައި ހުރި ގިފްޓްތައް ކަނޑަން ފެށިއެވެ. ………………………………………………………………………………………………… އެންމެން ހެނދުނު ނާސްތާއަށް އިންސާފު ކުރަން ތިބިއިރު އެތަނުން މަދުވަނީ ހަމައެކަނި ނަވާރަ އަހަރުގެ ރާކިންއެވެ. ރީހާންއާއި ރަޔާން އަނަސް […]
ނިދާފައި އޮތް އާރާއަށް ހޭލެވުނީ އުނދަގުވާ ކަހަަލަ އަޑެއް އިވޭތީއެވެ. ގަޑި ބަލާލިއިރު ގަޑިން މެންދަމު ބާރަ ޖަހަން ގާތްވަނީއެވެ. ލޯފޮހެމުން ގޮސް އާރާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އަޑު އަންނަނީ ސިޓިންގް ރޫމުން ކަމަށްވާތީ ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. މުޅިތަނަށް އަނދިރިކަން ވެރިވެފާ ވާއިރު އަދިވެސް އެ އަޑު އިވެމުން ދިޔައެވެ. ” އިމީ.. ބެންޖީ..” އެގޭގާ މަސައްކަތް ކުރަން ގެންގުޅޭ ދެމަފިރިން ކަމަށްވާ އިމީ އާ ބެންޖީ އަށް އާރާ […]