ހާސިލް ވުމަށް އެދި ހިތް ރޮޮނީ 3
އެކުދިން ހެވިލާފައި ބަލަން ތިއްބަސް އެކަމާ އަލްޔާން ގެ އެެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. ލާނެތް ހިނިތުންވުމަކާއެކު އީން އަށް ބަލަން ހުރެ ކުޑަކޮށް ވޭވް ކޮށްލިއެވެ. އީން ގަތީ އަމަށަކު ލަދެއްނޫނެވެ. އަވަހަށް އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ އަހަރެން ދަންނަ މީހެއް ނޫނޭ ބުނާ ފަދައިންނެވެ. އަވަސް ހިނގުމެއްގައި ގޮސް ލައިބްރަރީ އަށް ވަދެ އިށީނދެ އީން ފުން ނޭވާ އެއް ލިއެވެ. އެ ހިތުގެ ތެޅުން އަދިވެސް މަޑެއް ނުވެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ހަޔާތުގައި ވޭތުވެ މި ދިޔަ ނަވާރަ އަހަރުގައިވެސް މިފަދަ ގޮތަކަށް ފިރިހެނަކު އީން އާ ދިމާ ކޮށްފައެއް ނުވެއެވެ. ސްކޫލް ގައި އުޅުނު އިރު ފިރިހެން ކުދިން އެހެން ފޮނުވާ ނޯޓް ކޮޅުތަކާއި ސިޓީތަކަށް އީން ދުވަހަކުވެސް ސަމާލުކަމެއް ނުދެއެެވެ. ރަށުގައި އުޅުނު އިރުވެސް މާގިނަ ރައްޓެހިން ނުތިބޭތީއާއި ތަންތަނަށް އެހާ ނުދާތީ މި ގޮތަށް ފިރިހެން ކުއްޖަކު ދިމާކުރާނެ ހާލަތެއް ދުވަހަކުވެސް މެދުވެރި ނުވެއެވެ. އެހެން ކަމުން ލައިގަންނަން މި އުޅެނީ ކޮންފަދަ ކަންތައް ގަނޑަކާ ބާއޭ އީންގެ ހިތަށް އެރިއެވެ. ހަމަ އެެއާ އެކު މަންމަ އަބަދުވެސް ދޭ ނަސޭހަތް މަތިން ހަނދާންވިއެވެ. އަންހެއްކުއްޖެއްގެ އިތްފަތްތެރިކަން ރައްކާ ކުރުމުގެ މުހިއްމު ވާހަކައެވެ. ދީނީ ހުދޫދުގެ ތެރޭގައި އުޅުމުގެ މުހިއްމު ކަމުގެ ވާހަކަ އެވެ. އަދި އެކި މީހުންނާ ރައްޓެހިވެ އުޅުމުން މީހުންގެ ކުރިމަތިގައި އަގެއް ނުހުންނާނެ ކަމުގެ މިފަދަ އެތަށް ވާހަކަ ތަކެވެ.މި ހަނދާންތައް އާވުމާއެކު އީން ގެ ހިތުގައި ބިރުވެރި ކަމުގެ ޝުއޫރެއް ހިނގާލިއެވެ. އެހެންވެ އަވަހަށް ހިނގާދިޔަ ކަންތައް މަތިން ހަނދާން ނައްތާލާފައި ފޮތް ހުޅުވައިގެން މަސައްކަތް ފެށިއެވެ.
މެންދުރު 2 ޖެހިއިރު ކްލާސް ނިމުނު އިރު ގްރޫޕް އެސައިންމެންޓެއް ވެސް ހަދަން ހަވާލު ކުރެވުނެވެ. އެހެނަސް އީން ގްރޫޕް ގައި ތިބި 3 ކުދީންވެސް މިވަގުތު މަޑުނުކޮށް މިރޭ އެއްކުއްޖެއްގެ ގެއިން ދިމާވާން ނިންމިއެވެ. އީން ވެސް އެކުދީންނާ އެއްބަސްވެ ބޭރަށް ނިކުންނަން ހިނގައިގަތެވެ. ކުއްލިއަކަށް ހުއްޓުން އެރީ އެއްކަލަ އަލްޔާން މަތިން ހަނދާން ވުމުންނެވެ. އޭނާ ހުރެދާނެބާވައެވެ. ނޫނެކެެވެ. އޭރު ހެނދުނު 9 ޖެހީއެވެ. މިހާރު އެެއޮތް ދެގަޑިބައިވަނީ އެވެ. އޭނަވެސް ވެސް ދެން މޮޔައެއް ނޫނީ އެހާގިނަ އިރު މިއޮތް އަވީގަމަޑުނުކުރާނެ ނޫންހެއްޔެވެ. މޮޔައެއް ވައްތަރު ޖަހަނީކީވެސް ނޫނެވެ .އީން ގެ ސިކުނޑިއަށް ތަފާތު ހިޔާލްތައް ވެރިވަމުން ދިޔައެވެ. ހަދަންވީ ކިހިނެތް ކަމެއް ނޭނގި ކުޑައިޅުކޮޅަކު އީން އަށް ހުރެވުނެވެ. ކުއްލިއަކަށް ފެކަލްޓީގެ ސްޓާފް ކުއާޓާރސް ގައި ހުރި ގޭޓު ފެނުމާއެކު މޮޅުހިޔާލެއް އައެވެ. އެ ގޭޓު ހުންނަނީ ފެކަލްޓީގެ ފުރަގަހުގައި ކަމުން އޭނާ ނިކުމެގެން ދިޔަޔަސް ނުފެންނާނެކަން އިނގޭތީ އީން އަވަހަށް ގޮސް އެ ގޭޓުން ނިކުމެގެން ގެއަށް ދާން ހިނގައިގަތެވެ.
މަގުގެ އެއްފަރާތުގައި ޕާރކްކޮށް ފައި އޮތް ކާރުގައި ސީޓަށް ލެނގިލައިގެން އިން އަލްޔާން ކަޅިޖަހާ ނުލާ ބަލަމުން ދިޔައީ ފެކަލްޓީގެ ގޭޓާ ދިމާލަށެވެ. އަނެއްކާވެސް ކުދިން ތަކެއް ނިކުންނާތީ ފެނުމުން އަވަހަށް ކާރުން ފައިބައިގެން ގޭޓް ކައިރިއަށް އައެވެ. އޭނާގެ ހިތުގެ ރާނީ ފެނޭތޯއެވެ. ލޯ ހޯދަމުން ދިޔައީ އެރީތި ސޫރައެވެ. އަލްޔާން މާޔޫސްވީ މިފަހަރުވެސް އޭނާ ހޯދަން އުޅުނު ކުއްޖާ ނުފެނުމުންނެވެ. އަލްޔާންގެ މޫނުމަތި ވަނީ މިލާމޯޅިވެފައެވެ. އޭރުއްސުރެން އެއްވެސް ތަނަކަށް ނުގޮސް، އެއްވެސް ކޯލް އަކަށް ވެސް ޖަވާބު ނުދީ އޭނަ އެހުންނަނީ އިންތިޒާރުގައެވެ. ކޮންމެ ފަހަރަކު މާ ބޮޑަށް ހޫނުވެ ވަރުބަލިވުމުން ކާރުގައި މަޑުކޮށްލަނީއެވެ.ބަނޑުހައިވެގެން ގޮސް މިހާރު ހާންތިވާވަރުވެސް ވަނީއެވެ. އިންތިޒާރަށް ނިމުމެއް ނާދެއެވެ. ކޮންމެ ގޮތެއްވިޔަސް އެ ކުއްޖާގެ ނަން އެގެން ބޭނުންވެއެވެ. ވާހަކަ ދައްކަން ބޭނުން ވެއެވެ. ޖީބުގައި އޮތް ފޯން ވައިބްރޭޓް ވެގެން ބަލާލިއިރު ގުޅަނީ އީތަން އެވެ. މިހާރުވެސް އޭނާގެ ވިއްސަކަށް މިސް ކޯލް އެބަހުއްޓެވެ. އަލްޔާން ނުފެނިގެން ފޯން ނުނަގައިގެން މުޅިމާލެ ކުޑަކޮށް ދުއްވަމުން ދިޔަ އީތަން ކުއްލިއަކަށް ސައިކަލް ބުރަކި ހިފުނީ ފެކަލްޓީ ގޭޓް ކައިރީ ހުރި އަލްޔާން ފެނިގެންނެވެ. ޔަގީން ކުރުމުގެ ގޮތުން އީތަން އަނެއްކާވެސް ގުޅަން ފެށިއެވެ. އަލްޔާން ފޯން ބަލާލި އިރު ގުޅަނީ އީތަން އެވެ. އަނެއްކާ ކަމެއް ދިމާވީބާއޭ ހިތަށް އަރާ އަލްޔާން ފޯން ނެގިއެވެ. ” ކީކޭ ބްރޯ”. އަލްޔާން ހަމަޖެހިލާފައި ވާހަކަ ދެއްކިއެވެ. “ކީކޭހޭ…ކޮންތާކު ތިއުޅެނީ؟ ކިހާ އިރެއް ގުޅާތާ” އީތަން އަހާލިއެވެ. “އާނ…ވަރަށް ބިޒީ..މަ ކުޑަ ކަމެއްގަ އޮފީހުގަ” އަލްޔާން އެހެން ބުނީ ސީދާ އޭނަހުރިތަން އީތަން ކައިރީ ނުބުނާންވެގެންނެވެ. “އެހެންތަ.. ކަލޭ ބައްޕަ އޮފީސް ހުންނަނީ ފެކަލްޓީ އޮފް ހެލްތް ސައިސަސް ޖެހިގެންތަ.ނޫނީ ކުރިމަތީގަތަ؟ ..މަ ނުދެނަހުރީން” މާ ކައިރިން އަޑު އަންނަހެން ހީވެގެން ފަހަތް ބަލާލި އިރު ކުރިމަތީ ހުރީ އީތަން އެވެ. އީތަން ޖީބަށް އަތް ޖަހާލައިގެން ހުރި ގޮތުން އަލްޔާން ރަކިވެ އަނގަ އޮޅޭ ގޮތްވިއެވެ. ” ބްރޯ..މި..މިތާގަ..ތަ” އަލްޔާން ހުރި ހާލު ފެނިފައި ވާނުވާ ނޭނގި ހުރި އީތަން ހައިރާންވިއެވެ. އީތަން އަށް ދެން އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަން އަލްޔާން އަށް އެނގުނެވެ. އެހެން ކަމުން އީތަން ގޮވައިގެން ޖެހިގެން ހުރި ކެފޭ އަށް ގޮސް ކާއެއްޗިއްސައް އޯޑަރު ދިނުމަށް ފަހު އައުޓް ޑޯ އޭރިއާގައި ހުރި މޭޒެއްގައި ހަމަޖެހިލައިގެން އިށީނެވެ. އެވެސް އެއަންހެން ކުއެޖާ ނިކުމެގެންދާ އިރު ފެނިދާނެ ކަމުގެ އުއްމީދުގައެވެ.
އަލްޔާންގެ ވާހަކަތަށް އަޑުއަހާ ނިމުމުން އީތަން އެންމެ ފުރަތަމަ ވެސް ޕަކަޕަކަލާފައި ހޭންފެށިއެވެ. “ހައްހައް..ކަލޭ…އަންހެނަކު ފެނިގެން ތިވަރުވީ؟..މިއޮއްހާއިރު މިތާ ތި ހުންނަނީ؟” އިރުކޮޅެއްފަހުން އީތަންގެ ހުނުންގަނޑު މައިތިރިވީ އަލްޔާންގެ މޫނުމަތީން ފެނުނު ސީރިއަސް ކަން ފެނިފައެވެ. އެއީ މީގެ ކުރީން ދުވަހަކުވެސް އަލްޔާން ގެ ފަރާތުން ދެކެފައި ނުވާފަދަ މަންޒަރެކެވެ. ހާއްސަކޮށް އަންހެންކުއްޖަކާ ގުޅުން ހުރި ކަމެއްގައެވެ.
އަވަހަށް ކައި ނިމިގެން އަލްޔާން ދިޔައީ ގޭޓްކައިރިއަށެވެ. އޭރު ހަވީރު 4 ޖަހަން އުޅެނީއެވެ. ބޭރުންވެސް އެތެރެއިންވެސް ކުއްޖަކު ފެންނާން ނެތުމުން ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. އެހެންކަމުން ގޭޓް ބަލަހައްޓަން ހުރި މީހާކައިރިން ހުރިހާ ކްލާސް ތައް ނިމުނީ ހޭ އަހާލިއެވެ. އެމީހާ ފާޑަކަށް ބަލާލާފައި “އާން..ހުރިހާ ކުދީން ގެއަށް ގޮއްސި” އޭ ބުނުމުން މާޔޫސްވެ ގެއަށް ދާން ހިނގައިގަތެވެ.
ހަވީރު 6 ޖަހަން އުޅެނިކޮށް އަލްޔާން ގެއަށް އައިސް ވަން އިރު އެއްވެސް މީހަކު ފެންނަން ނެތުމުން އަވަހަށް ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އެވަގުތު ގޭގައި ގެންގުޅޭ ރަޝީދާ އައިސް މަންމަ އާއި ބައްޕަ ރިސޯޓަށް ދިޔަވާހަކަ އާއި އަލްޔާން އަށް ކާއެއްޗެއް ތައްޔާރު ކުރާނެތޯ އެހިއެވެ. ނޫނެކޭ ބުނެފައި އަލްޔާން ދިޔައީ 10 ބުރިއަށް ހަދާފައި ހުންނަ އެގޭގެ އެންމެ މަތީ ފްލޯރށެވެ.އެބައިގައި 3 ކޮޓަރިއާއި ބަދިގެ އާއި އަދި ސިޓިންރޫމް އާއި އެކު ތަނަވަސް ބެލްކަނީ އެއްހުރެއެވެ.އެއީ އަލްޔާންގެ ޕްރައިވެޓް ކުއާޓާރސް އެވެ އަލްޔާން ބެލްކަނީގެ ރެއިލިންގްސް ގައި އެތް އަތްް އަޅުވާލައިގެން ހުރި އިރު އަނެއް އަތުން ސިގަރެޓް ދަމަމުން ދިޔައެވެ. ސްކޫލްގައި އުޅުނު ދުވަސް ވަރު ސިގަރެޓް ބޯކަން އެނގިމަންމަ އެކަން ނުކުރުމަށް އެދުނު ފަހުން އަލްޔާން އެކަން ކުރުން ހުއްޓާލިއެވެ. އެކަމަކުވެސް ހިތްހަމަ ނުޖެހޭ ފަހަރު ތަކުގައި އަލްޔާން ސިގަރެޓް ބޮއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުންވެސް އަލްޔާން ގެ ހިތަށް އަރާމެއް ނުލިބޭފަދައެވެ. ” އެކުއްޖާ ކޮބައިބާ.. ވީ ކޮންތާކުބާ…”ކުރިމަންތިން ފެނަނަމުން ދިޔަ އެކި ކުލަކުލައިގެ ބޮކިތަކުންނާ އުސް އިމާރާތް ތަކުން ފުރިފައިވާ މަންޒަރު ބަލަން ހުރެ އަލްޔާން ގެ ހިތަށް އަރަމުން ދިޔައެވެ. ގިނަ ދުވަސް ތަކަކަށް ފަހު ސިނގަރެޓް ދަމާލުމުން އަލްޔާން ކޮށިއަރާ ގޮތް ވިއެވެ. އެހެންކަމުން އޭތި ނިއްވާލައި ގޮސް އޭނާ ގެންގުޅޭ ގިޓާ ނެގިއެވެ. މަޑުމަޑުން ރީތި ރާގެއް ކުޅެމުން ދިޔައިރު އަލްޔާންގެ ސިކުނޑީގައި ހަރުލާފައިވަނީ ހަމަ އެކަނި އެރީތި އަންހެން ކުއްޖާގެ ފަރި ހަރަކާތްތަކެވެ.
*****
އަލްކާ ފާހާނާ އިން ނިކުތް އިރު އީން ހުރީ މޫނުބަލާ ލޯގަނޑު ކުރިމަތީ ޝޯލް އަޅާށެވެ. ލައިގެން ހުރި މަޑުފިޔާތޮށި ކުލައިގެ ޓޮޕާގުޅުވައިގެން މެރޫން ކުލައިގެ ބުރުގާ އަޅަމުން ދިޔައިރު އީންގެ ދޮން މޫނު ފެންނަ ގޮތް ވަރަށް ލޯތްބެވެ. މާ ބޮޑު މޭކަޕަކާ ނުލާވެސް ފެންނަ ގޮތް ވަރަށް ސާދާއެވެ. ” އޯ..ވާއު..ޑޭޓަކަށް ދާންތަ ރެޑީވަނީ…. ނޫނީ އަނެއްކާ ދުވެފަ ގޮސް މީހެއްގެ ޕްރައިވެޓް ކާރަކަށް އަރަންތަ؟” އަލްކާ އީން އާ ދިމާ ކުރަމުން އައިސް ލެޕްޓޮޕް ހިފައިގެން އެނދުގައި ޖައްސާލިއެވެ. “ހްމްމް..މަށެއް ނޫޅެން” އީން ތުންކޮޅު ދަމާފައި ޖަވާބު ދެމުން އެތަނުން ސޮފްޓް ޓޯއި އެއް ނަގާ އަލްކާ އާ ދިމާލަށް ހޫރާލިއެވެ. ފިރިހެން ކުދީންނާ އަޅުވާ ކިޔުމުން އީން ރުޅިއަންނަކަން އަލްކާ އަށް އިނގެއެވެ. “އޭތް.. ނޫނީ އެބޯއި އަނެއްކާ މީޓް ކުރަން ބުނީތަ؟” އަލްކާ އެހެން ބުނުމުން އީން ކުއްލިއަކަށް އަލްޔާން މަތިން ހަނދާންވިއެވެ. އޭނާ މިއަދު އީން ގެ އިންތިޒާރުގައި ހުރި ބާވައެވެ. ނޫނެކެވެ.ނުހުންނާނެ ކަން ނޭގެއެވެ. އޭނަ ހުއްޓަސް ނެތަސް އަހަންނަށް ކޮންކަމެއް..އަހަރެން ނަށް އަލްޔާން އާ މެދުގަ މި ވިސްނެނީ ކީއްވެބާ؟ “ސާބަސް.. މަމިދަނީ ކްލާސް ކުއްޖެއްގެ ގެއަށް ގްރޫޕް ވޯރކް އެއް ނިންމަން..އަންނާނަން 10 ގަ” ކުރެވުނު ހިޔާލް ތަކުން ދުރުވަމުން އީން އަވަސް އަވަހަށް ބުނެލިއެވެ.
****
ސޯފާގައި ލޯމަރާލައިގެން އޮތް އަލްޔާން ލޯހުޅުވުނީ މީހަކު ދޮރު ހުޅުވާލި އަޑަށެވެ. އެއާ އެކު އެެވާނީ އީތަން ކަމަށް ޔަގީން ވުމާއެކު އަނެއްކާވެސް ލޯމަރާލިއެވެ. އެ ފްލޯރ ގެ ޑޯ ޕާސްކޯޑް އަލްޔާން ފިޔަވައި އިނގޭ ހަމައެކަނި މީހަކީ އީތަން އެވެ. އަދި އޭނާ އެ އަންނަނީ މިއަންނަ ހަފްތާގައި އެމީހުން ގެ ބޭންޑް ޖެޒް އެންޑް ބްލޫސް ގެ ފަރާތުން ހުށައަޅަން ރާވަމުންދާ ހޮޓެލް ޕާރފޯމެންސް އާ ގުޅޭ ޑިސްކަޝަން އަކަށް ކަން ވެސް އަލްޔާން އަށް ރަނގަޅަށް އިނގެއެވެ. އެކަމަކު މިވަގުތު އޭނާ އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. މީހަކާ ވާހަކަ ދައްކާ ހިތެއްވެސް ނެތެވެ. ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެ އަންހެން ކުއްޖާ އާ ބައްދަލް ވުމަށެވެ. ވާހަކަ ދެއްކުމަށެވެ. އޭނާގެ ހިތް މިހާ ނުކިޔަމަންތެރި ވެގެން މިއުޅެނީ ކީއްވެގެން ކަމެއް ޙުދް އަމިއްލަ ނަފްސަކަށް ވެސް ނޭގެއެވެ.މީގެ ކުރިން އަލްޔާން ދުވަހަކުވެސް އަންހެން ކުއްޖެއްގެ ފަހަތުން މިވަރަކުން ނޫޅެއެވެ. އުޅޭކަށް ނުވެސް ޖެހެއެވެ. ގިނަފަހަރަށް އޭނާ އަށް ލޯބި ހުށައަޅަނީވެސް އަންހެންކުދީންނެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިވެފައި ނުވާ އަޖައިބެއްފަދަ އިހްސާސް އެކެވެ. މިއީ ލޯބި ބާ؟؟؟އަލްޔާން އަމިއްލަ ހިތާ ސުވާލް ކުރަމުން ދިޔައެވެ.
“އޯ މައި ގޯޑް.. ނައު ދިސް އިޒް ބިކަމިން ސީރިއަސް..މަގޭ އަކުވެރިޔާ އަށް މިވަނީ ކިހިނެތް..” އީތަން ވަން ގޮތަށް އައިސް އޮށޯވެގެން އޮތް އަލްޔާން ފެނިފައި ފަށައިގަތެވެ. ” ކިޔާ!!!..ހަމަ މިހާރު ތި އަންހެން ކުއްޖާގެ ނަންބަރު ކިޔާ!!! މަ ގުޅާފަ ބުނާނަން އަލްޔާން އެއް ވާ ނެތޭ އަންނާށޭ އަވަހަށް ކަށުކަމާ ކެމީގެ ކަންތަށް ކުރަން ” އީތަން ސީރިއަސް ކަމާއެކު ޖީބުގައި އޮތް ފޯން ނަގާ ޑައެލް ޕެޑް ހުޅުވަމުން ބުންޏެވެ. “15596” ލޯމަރައިގެން އެއޮތް ގޮތަށް އޮވެ އަލްޔާން ނަންބަރު ކިޔާލިއެވެ. އޭރު އޭނާގެ ސިނކުނޑީގައި ކުރެހުނީ ފޮތް އަތުލުމުން އެއަންހެންކުއްޖާ ރުޅިއައިސްގެން ލޯ އަޅާލި މަންޒަރެވެ. ހާދަ ފުރިހަމައެވެ..ހާދަ ލޯތްބެވެ..އަލްޔާން ގެ ހިތައް އަރަމުން ދިޔައެވެ. “އޭން….15596 އޭ….ކޮބާ މީގެ ކުރީގަ ހުންނަ ނަންބަރުތައް..މީ މޯބައިލް ނަންބަރެއްތަ؟” އީތަން ފޯނުގައި އެނަންބަރު ޖަހަމުން ވާނުވާ ނޭނގި އަހާލިއެެވެ. “ތީ އޭނާގެ ސްޓޫޑެންޓް އައި.ޑީ ނަންބަރު..” އަލްޔާން ތެދުވެ ސޯފާގައި އިށީނދެ އެހެން ބުނުމުން އީތަން ބޯހަލާކު އޭބުނާ ފަދަ ކޮތަކަށް އަތުން ނިތުގައި ޖެހިއެވެ.” މަށަށް ބުނެވުނީ އައި ޑީ ނަންބަރު ކިޔާށޭތަ؟…ސާބަސް” އެހެން ބުނެލުމަށްފަހު މިސޮރު މިއިނީ ވަރެއް ވެފަތާއޭ ހިތަށް އަރައި ކައިރީގައި މަޑުމަޑުން އިށީނެވެ. އަދި ވަރަށް ހަމަޖެހިލާފައި އެމަންޖެގެ ނަން އިނގޭހޭ އަހާލިއެވެ. އަލްޔާން މާޔޫސްކަމާއެކު ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ. “އުޅެނީ ކޮންތާކު ކަން އިނގޭތަ؟” އީތަން ގެ އެ ސުވާލަށް ވެސް ނޫނެކޭ ބުނުމުގެ ގޮތުން އަލްޔާން ބޯހޫރުވާލިއެވެ. “މަށަށް އޭނަ ފެނުނު ތާ އަދި މިވީ 48 ގަޑިއިރު..ފެނުނީ އަދި ވާހަކަ ދެއްކުނީވެސް ދެފަހަރު.. އިނގެނީ ފެކަލްޓީ ގަ ކިޔަވާކަން..ކިޔަވަނީ ކޯއްޗެއް ކަމެއް ވެސް ނޭނގޭ..ދެން އެނގޭހާ ވެސް އެއްޗަކީ ސްޓޫޑެންޓް އައި.ޑީ” އަލްޔާން ކަރު އެލުވާލައިގެން ހުރެ ހުރިހާ ތަފްސީލެއް ދިނެވެ. ” ހްމްމް… އެކަމެއް ނޭނގޭ ކަލޭ ތި އުޅޭ ވައްތަރުން ހީވަނީ 48 އަހަރު ވަންދެން އެކީގަ އުޅުނު ލޯބިވެރިޔާއި ވަކިވެ ގެއްލިގެން އުޅެނީހެން ވިއްޔަ..” އީތަން މަލާމާތުގެ ރާގަކަށް އެހެންބުނުމަށްފަހުވެސް އަލްޔާން އަށް ހިތްވަރު ދޭން ފެށިއެވެ.” އޯކޭ..މައްސަލައެއްނެތޭ ތީގަ..ތިވަރު މަލޫމާތު ލިބުނުކަން ވެސް ހަމަ ބަރާބަރު..ހާސް ނުވޭ ބާކީބައި މަ ޖައްސާނަން.. މި ބުނީ މަ ހޯދަދޭނަމޭ ހުރިހާ އެއްޗެއް..ބްރޯ ހާސްނުވެބަލަ.”އީތަން މޮޅުވާހަކަ ދައްކަމުން އެންމެ ފަހުން މޫޑް ޗޭންޖް ކުރަންވެގެންނޭ ކިޔާ އަލްޔާން ކޮފީ އަކަށް ދާން އެއްބަސް ކުރުވިއެވެ.
އީތަން ގެ ސައިކަލް ފަހަތުގައި ހުރި އަލްޔާން އިނީ ފޫހިވެފައެވެ. އެހެނަސް އޭނާގެ ލޯ ވަށައިގެން ހޯދަމުން ދިޔައީ އެންމެ އިންސާނެކެވެ. ޓްރެފިކްގައި މަޑުކުރަން ޖެހުނަސް ވަށައިގެން ހޯދެނީ ފެނިދާނެ ކަމުގެ އުއްމީދުގައެވެ. މި ހުރިހާ ހަރަކާތް ތައް ބަލަން އިން އީތަން އަށް އެކުވެރިޔާގެ މިޒާޖަށް މިއައި ކުއްލި ބޮޑު ބަދަލާމެދު ސީރިއަސް ކޮށް ވިސްނަން މަޖުބޫރު ކުރުވަމުން ދިޔައެވެ. “އޭތް..ގެއަށް ވަދެލަން ޖެހޭ އެބަ.. މަ ބޭނުން މިރޭ ކަލެއަށް އާ ޓިއުންސް އަޑު އިއްވާފަ ފައިނަލް ކުރަން.” އީތަން އެހެން ބުނުމަށް ފަހު އަލްޔާން ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ސައިކަލުގެ މިސްރާބު އޭނާގެ ގެއަށް ބަދަލް ކޮށްލިއެވެ. “އެބަ އަންނަން ޕެން ހިފައިގެން” އީތަން ސައިކަލުން ފައިބަމުން އަވަސް އަރުވާލާފައި އެތެރެއަށް ދަމުން ބުނެލިއެވެ.
ހިނގާފައި ދިޔަ އީން ގެ ފޯން ރިންގް ވާން ފެށުމުން ބަލާލިއިރު ގުޅަނީ އޭނާގެ ކްލާސްމޭޓް އަޝްރާއެވެ. އީން އަވަހަށް ފޯނުނަގައި” މިހާރު ވަރަށް ކައިރީގަ ..މިވަންނަނީ ހަމަ ތިގެއަށް 2 ވަނަ ފްލޯރ ދޯ އޯކޭ.” ބުނެ ފޯން ބޭއްވިއެވެ. ސައިކަލް މަތީގައި ހުރި އަލްޔާން ފޯން ނަގާ ގަޑިބަލާލިއެވެ. ގަޑިން 8.30 ވަނީއެވެ. އޭނާ ބޭނުންވަނީ އަވަހަށް ގެއަށް ދާންށެވެ. އެހެނަސް އީތަންގެ ފަރާތުން މިރޭ އަވަހަކަށް ސަލާމަތް ނުވެވޭނެޔޭ ހިތަށް އަރައި ދެއަތަކަށް ބޯހޫރާލިއެވެ. އެއަށް ފަހު ފޯން ލޮކްފައި ޖީބަށް ލުމަށްފަހު ކުރިމައްޗައް ބަލާލެވުނެވެ. ފެނުނު މަންޒަރުން އަލްޔާން ގެ ނޭވާ ހުއްޓުނު ފަދައެވެ. އާއެކެވެ. އެއީ ހުވަފެނެއް ނޫނެވެ. ހަމަ ހަގީގަތެކެވެ. ކުރިމަތިން ފެނުނީ އެމީހަކާ ބައްދަލް ވުމަށް އެދި އަލްޔާން ގެ ހިތް ކެތްތެރި ކަމެއް ނެތި ގޮވަމުން ދިޔަ އަންހެންކުއްޖާ އެވެ. އެނާ ވަންނަން އައީ އީތަންމެންގެއަށެވެ. ކަޅިވެސްޖަހާނުލާ ބަލަން ހުރި އަލްޔާން ފެނުމުން އީން ގެ ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ. އަލްޔާން ކުއްލިއަކަށް ފުއްމައިގެން ސައިކަލުން ފައިބައިގެން އައިސް ސީދާ އީން ކުރިމަތީގައި މަޑުކުރިއެވެ. 3 ވަރަކަށް ފޫޓުގެ ދުރުމިންވެސް ނުހުންނާނެހާ ކައިރީގައި ހުރެ އަލްޔާން އީން އަށް ބަލަމުން ދިޔައެވެ. މަޑު ފިޔާތޮށިކުލައިގެ ހެދުމުގައި ހުރި އެލޯބި އަންހެން ކުއްޖާ އަލްޔާން އަށް ސިފަވީ ހަމަ ފިނިފެންމަލެއް ފަދައިންނެވެ. ކަޅުފެހި ކުލައިގެ ޓީޝާރޓަކާ އެކު ޑެނިމް ޖީންސްގައި ހުރި އަލްޔާން ގެ ގައިން ދުވި މީރު ސެންޓުވަހުން އީން ގެ ސިނކުނޑީގައި ރާލުބާންޏެއް ހިނގާލިފަދައެވެ އަލްޔާން ގެ ތޫނު ނަޒަރުން އީން އަށް އުނދަގޫވާ ގޮތް ވިއެވެ. އެހެނަސް އެދެލޮލުގައިވީ ކޮންފަދަ ޖާދޫއެއްހެއްޔެވެ. ދުލުން އެއްޗެކޭ ނުބުންޏަސް ތިމަންނަ ހާދަ އިންތިޒާރެއް ކުރީމޭ އެދެލޮލުން ބުނަމުން ދިޔަހެން އީން އަށް ހީވިއެވެ.ގުޑިލާންވެސް ނޭނގި އީން އަށް ހުރެވުނީ ނޭނގޭ ޖާދޫއެއްގައި ޖެހެވިފައިކަހަލަ ގޮތަކަށެވެ. ލަފްޒެއް ނެތި ބަދަލްވަމުން ދިޔަ މެސެޖް ތަކުގެ ހަމަހިމޭންކަން ކަމުގެ ވަގުތު ކޮޅު ނިމުމަކަށް އައީ އަޝްރާ ނިކުމެ އީން އަށް ގޮވަންފެށުމުންނެވެ. ހިޔާލީ އާލަމަކުން ބިމަށް އާދެވުނު ފަދަ ގޮތަކަށް އީން ތެޅިގެންފައި ފަހަތަށް ޖެހި އަޝްރާ އާއި އެކީ ލިފްޓާދިމާލަށް ހިނގައިގެވެ. “އީން” އަލްޔާންގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިއެވެ. ހިތަށް ބަޔާން ކުރަން ވެސް ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. “އީން” އަނެއްކާވެސް އަލްޔާން އެނަން ކިޔާލަމުން “ޔެސް” އޭ ކިޔައި މުއްކަވާލެވުނެވެ. ދޮރުން ނިކުތް އީތަން އަށް ލިފްޓަށް އަރަން ދިޔަ އަންހެންކުދީން ފެނި އަލްޔާން އެގްސައިޓް ވެފައި ހުރިވަރު ފެނި ކިހިނެތްވީހޭ އަހާލިއެވެ. އަލްޔާން އަށް ވާހަކަ ދެއްކުނީވެސް އަވަސް އަރުވާލައިގެންނެވެ. “އޭ..އީން..ނަމަކީ އީން..އެދިޔައީ..ހިނގާބަލަ.. ވޯހް..މިގޭގައޭ އޭނަ އުޅެނީ ކަނޑު އޮތް ފުރޯ މަ ވަލުން މި ހޯދަނީ ..ކޭން ޔޫ ބިލީވް އިޓް..”އަލްޔާން ހީވަނީ އަގު ބޮޑު ޖަވާހިރެއް ލިބިގެން އުޅެނީ ހެންނެވެ.
10 Comments
Comments are closed.
Mi story varah reethi ?
Thank you Mal.
Aslu vx v fakka.. keep it up
Thank you R
yeah v reethi, whn next part, ummeedhu kuran next part vx mihaa reethi vaane kamah
thank you Hudher
ummeed kuran next part hudher ah reethivaane kamah. insha allah soon up kohladeynan ingey.
Varah reethi mivaahaka! ?
ow..thank you Hanaan
Awesome ?, varah furihama
Awesome ?, varah furihama.. keep up the good work ANJAL