Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 2

Anjal Level 210 Stories100 Comments100 Login
August 22, 2018 3 Mins Read
9 Comments

ކާރުގެ ރިއަރ މިރާ ސީދާ އީން ގެ މޫނު ފެންނާނޭހެން ސެޓް ކޮށް ޑްރައިވަރ އީން ގެ ހުރިހާ ހަރަކާތަށް ބަލަމުން ދިޔައެވެެ. ކާރު ގޮސް  ފެކަލްޓީ ކައިރިއަށް މަޑުކޮށްލުމާއެކު އީން ވޮލެޓުން 50ރ ނަގާ ޑްރައިވަރ އަށް ދިއްކޮށްލިއެވެ. އެހެން ނަމަވެސް ޑްރައިވަރ ހަމަ ސްޓެޗޫ އެއްހެން ގުޑިވެސް ނުލާ އިނެވެ. މިވަނީ ކީއްކަމެއް ނޭނގި ފައިސާ ސީޓްމަތީ ބޭއްވުމަށްފަހު “ކީޕް ދަ ޗޭންޖް.. ތެންކިޔު” އޭ ބުނެފައި ފައިބައިގެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކޮލެޖަށްް ވަނެވެ.

އީން ދިޔަ މަންޒަރު ބަލަން އަލްޔާން އަށް ހުރެވުނީ އާޝޯހުވެފައެވެ. ސިއްސައިގެން ގޮސް ކާރު ދުއްވާލީ ފަހަތުން އައި ޕިކަޕް ކުރިއަށް ނުދެވިގެން ބަރުގޮނު އަޅަން ފެށުމުންނެވެ.  އަލްޔާން ގެ ހިތް ގަނޑުވެފައިވާކަހަލަ އެވެ. ރީތި އަންހެންކުދީން އަބަދުވެސްދެކެއެވެ. އެކަމަކު ވާރޭތެރެއިން މި ނިކުތް ޕަރީ އެއްފަދަ ލޯބި އަންހެންކުއްޖާ ފެނި ހިތަށް މިވީ ކިހިނެތް ހެއްޔެވެ. މުއްކަވާލުމަށް ފަހު އަލްޔާން މަޑުމަޑުން މޭގައި ޖަހާލިއެވެ. ހަމަޖެހިބަލާށޭ ބުނާފަދަ ގޮތަކަށެވެ. މަޑު ދުވެއްޔެއްގައި ގޮސް އެކުވެރިޔާ އީތަން މެންގެއާ އަރާމަވިއިރު އިންތިޒާރުގައި އީތަން ހުއްޓެވެ. ހިސާބަކަށް ތެމިފައި ހުރި އީތަން ގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ކާރު މަޑުކޮށްލުމާއެކު އަރައި ޝަކުވާ ކުރަން ފެށިއެވެ. ”  ބްރޯ ކިހާ އިރެއް އަންނާނަމޭ ބުނި ފަހުން.. ގެއިން ނައްޓާލަމުން ބުނި މިކައިރި ކުރީއޭ.. އެފަހުން ފޯނު ނެގީ އެއް ނޫން..ކިތަށް ފަހަރު ގުޅިއްޖެ..ހުވާ މިބުނީ މަގުމަތި އެޅީތަ؟” އީތަން ރުންކުރު ގޮތަކަށް ބުނެލިއެވެ. އީތަން ދެއްކި އެއްވެސް ވާހަކަ އެއް އަލްޔާން އަށް ނީވޭ ކަހަލައެވެ. އޭނާގެ ސިނކުޑީގައި ދެންމެ ފެނުނު އަންހެން ކުއްޖާ ގެ ކޮންމެ ހަރަކާތެއް ތަސްވީރެއްހެން ކުރެހި ފަހަރަކު ތަސްވީރެއް ފްލެޝް ވަމުންދިޔައެވެ. ޓިޝޫ އިން މަޑުމަޑުން މޫނު ފޮހެލި މަންޒަރެވެ..ތުނި ތުނި ތުންފަތެވެ. ތެމިފައިވާ ދިގު އެސްފިޔަތަކާއެކު ގަދަ ކަޅުކުލައިގެ ރީތި ދެލޮލެވެ…

“އޭ…ބަލަ އަލްޔާނޫ..ހައިރާނެއް ނުވާނެތަ..ބްރޯ އާ މަވާހަކަ މިދައްކަނީ..ކިހިނެތްހޭވީ..؟ އީތަން އަލްޔާން ގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ.

“ހްމްމް…ވީ ގޮތަކީ ދޯ..މަށަށް އަސްލު ޕަރީ އެއް ފެނުނީ” “ރިއަލީ..ޑޫޑް.. ކޮން އިރަކުން ތިކަން ހުއްޓާލާނީ. ތި ކަހަލަ ކިތައް ޕަރީން ގެންގުޅެން..” އަލްޔާންގެ ޖުމްލަ ނުނިމެނީސް އީތަން އެއްބުމަ މައްޗަށް އަރުވާލަމުން ބުންޏެވެ. އަލްޔާން ވަކި އެއްޗެއް ނުބުނެ  ހީލުމަކުން ފުއްދާލިއެވެ. ހަގީގަތަކީ މިވަނީ ކިހިނެތް ކަމެއް ޙުދް  އޭނާއަށް ވެސް ނޭނގެއެެވެ. މީގެ ކުރީން އޭނާގެ ހަޔާތަށް އެތަށް އަންހެން ކުދީންނެއް އައިސްފާވެއެވެ. އެހެނަސް އަންހެންކުއްޖަކު ފެނިގެން ހިތަށް މި ފަދަ އަސަރެއް ކުރި މީ ފުރަތަމަ ފަހަރެވެ.މުއްސަންދި މައިން ބަފައިން ގެ ހުރި އެންމެ ދަރިއަކަށް ވީތީ ކުޑައިރުއްސުރެން ފެށިގެން ބޭނުން ހުރިހާ އެއްޗެއް ލިބެއެވެ. ކިތަންމެ ރީތި އެއްޗަކަސް އަވަހަށް ފޫހިވެއެވެ. އަލްޔާން އަކީ މާލޭގެ ގަދަރުވެރި ވިޔަފާރިވެރިއެއްގެ ދަރިއަކަށް ވުމުގެ އިތުރުން އޭނާއަށް ލިބިފައިވާ ދިގު އިސްކޮޅާ، ކަސްރަތީ ދޮން ހަށިގަނޑު އަދި ގަދަ މުށިކުލައިގެ ފުން ދެލޮލުގެ ޖާދޫގައި ނުޖެހޭ އަންހެން ކުއްޖަކު އޭނަ އާއި ދުވަހަކު ދިމާ ނުވެޔޭ ބުންޏަސް ރަނގަޅެވެ. ކިތަންމެ އަވަހަށް ރައްޓެހިވިޔަސްހަމަ އެހާފަސޭހައިން ފޫހިވާގޮތް ވެއެވެ.މާ ބޮޑު އަސަރެއް ހިތަށް ނުކުރެއެވެ.  އެހެން ކަމުން ގިނަ ރައްޓެހިންނަށް އޭނާ ސިފަ ވެފައި އޮންނަނީ ޕްލޭބޯއީ ޓައިޕަށެވެ. އީތަން އެހެން އެބުނީ  އެހެން ވެގެން ކަންވެސް އޭނާއަށް އެގެއެވެ. އެކަމަކު މިފަހަރު ތަފާތެވެ. އެ ނުދަންނަ އަންހެން ކުއްޖާގެ މޫނުމަތީން ފެނުނީ ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ. މީ އަނެއްކާ އެ ކިޔާ ފުރަތަމަ ނަޒަރުން ވާ ލޯބި ހެއްޔެވެ. އަލްޔާންގެ ސިކުނޑި ހިޔާލްތަކުން ފުނިޖެހެމުން ދިޔައެވެ.

އީތަން ގޮވައިގެން ގޮސް އެމީހުންގެ މިއުޒިކް ސްޓޫޑިއޯ އަށްލުމަށް ފަހު އެބައަންނަމޭ ބުނެ އަލްޔާން މިސްރާބް ޖެހީ ފެކަލްޓީ އަށެވެ.  ގޭޓް ފެންނާނޭހެން ގޯޅި އަރިމަތީގައި ކާރު ޕާރކް ކުރުމަށްފަހު ތެޅިތެޅި އޮތް ހިތަކާއެކު އަލްޔާން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އެންމެ ފެނިލުމަކުން އޭނާގެ ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލި އެރީތި އަންކުއްޖާ ނިކުންނާނެ އިރަކަށެވެ.

ޓެސްޓް ނިންމާލުމަށްފަހު  އީން ނިކުތީ ވަރަށް ހިތްހަމަޖެހިގެންނެވެ. ގަޑިޖެހިގެން އާދެވުނަސް ހުރިހާ ސުވާލްތަކަށް ޖަވާބް ދިނުމަށް ވަގުތު ލިބުމުން އުފާވިއެވެ.  ހެނދުނު ސައިނުބޮއި އާދެވުނުކަމާއި ބަނޑުހައިވާކަން އިހްސާސްވީ ބޭރަށް ނިކުތް އިރު ޖެހިގެން އިން ކެފޭ އިން ދުވާ މީރު ހެދިކާ ވަހުންނެެވެ. އެކީގައި ތިބި ކްލާސް ދެކުއްޖަކު ސައިބޯން ހިގާށޭ ބުނުމުން އެކުދިންނާ އެކު ހިގައިގަތް ތަނާ ފަހަތުން މީހަކު “ހޭއި” އޭ ބުނުމުން އީން ބަލާލިއެެވެ. އިސްކޮޅުން ދިގު އެ ޒުވާނާ މީގެ ކުރިން ދުވަހަކުވެސް އީން އަށް ފެނިފައެއް ނުވެއެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޖީންސަކާ ގަދަ ފެހިކުލައިގެ ގޮޅިޖެހި ސިލްމްފިޓް ގަމީހެކެވެ. ގަމީހުގެ  އަތުކުރި އުޅަބޮއްޓާ ހަމައަށް އޮޅާލާފާއި ހުރި އިރު އަތުގެ މަސްތަކުގެ ވަރުގަދަ ކަން ފާހަނގަވެއެވެ. ގަދަ މުށިކުލައިގެ ފުން ދެލޮލުން ބަލާ މީހަކު ޢަރަގު ކޮށްލާނޭފަދައެވެ. ލުއި ހިނިތުންވުމަކާއެކު  އީން އަށް ބަލަން ހުރި އިރު ޓްވިލައިޓް ފިލްމް ގައި އުޅޭ އެޑްވާރޑް އާއި ވައްތަރުގޮތެއް ހުރިކަން ފާހަގަވިއެވެ.

“ހައި..އަހަންނަށް ކިޔަނީ އަލްޔާން” އީން ހައިރާންވެފައި ބަލަން ހުރި ގޮތުން އަލްޔާން ތައާރަފްވެލިއެވެ. ” ނޭގުނު ކާކުކަމެއް” އީން ކުރު ޖަވާބެއްދީފައި ހިނގައިގަތެވެ. އީންގެ ފަރާތުން އެފަދަ ހަރަކާތަކަތް ވިސްނައިގެން ހުރި އަލްޔާން ހުށިޔާރުކަމާއެކު އީން ކުރިމައްޗައް އަރާ ހުއްޓުވިއެވެ. ” އިނގޭ ނޭގޭނެކަން ވެސް.. އެކަމަކު އަހަންނަށް ތި ކުއްޖާ އިނގޭ..ދެން ބުނެބަ ހައު ވޯޒް ޔޯ އެގްޒާމް؟” އަލްޔާންގެ ކުއްލި ހަރަކާތުން ސިހުން ލިބުނު އީން އިތުރަށް ހައިރާންވީ ޓެސްޓް ގެ ވާހަކަ އެހީމައެވެ. މި ޒުވާނާ އެއްވެސް ތަނަކުން ފެނުނު ހަނދާނެއް އީން ވިސްނާ ވިސްނާ ވެސް ނުވިއެވެ. ވީ އިރު މިހާ ދަންނަ ކަމަށް ހެދިގެން ވާހަކަ ދައްކަން ވީ ސަބަބެއް ނޭގެއެވެ. ” ލުކް..އަހަންނަށް ތީ އަސްލުވެސް ކާކުކަމެއް ނޭގުނު..ނުދަންނަ މީހުންނާ ވާހަކަ ދައްކައެއް ނޫޅެން. ނައު މޭ އައި ގޯ”  އީން ފޫހި ގޮތަކަށް ބުނެލިއެވެ. “އޯކޭ..ގެއަށް ދާން ޓެކްސީ އެއް ބޭނުންތަ؟ އަހަރެން ގެންގޮސްދީފާނަން” ކުރިމަތީގައި އޮތް އޭނާގެ ކާރަށް އިޝާރާތް ކުރަމުން އަލްޔާން  އެހެން ބުނުމުން އެދިމާލަށް ބަލައިލަމުން މީ އަދި ހާދަ ފޮނި މީހެކޭ  އީން ގެ ހިތަށް އެރިއެވެ. އެހެންޏާ، ދެން މީނަ އަތުގަ ޕްރައިވެޓް ކާރެއް އޮޮންނަކަން ދައްކަން އުޅުނަސް މީ ބޮޑުވަރުތާއެވެ. “ނޯ ތޭންކްސް..އަހަރެން ހިނގާފަ ގޮސްދާނަން..އެހެން ނޫނަސް ޕްރައިވެޓް ކާރުގަ މީހުން ޓެކްސީ ކުރާކަން އެނގިފައެއް ނެތް” އީން ސާދާ ގޮތަކަތް އެހެން ބުނަމުން މި ފިރިހެނަކާ ހެދި ސައިބޯންވެސް ނުދެވުނޭ ހިތަށް އަރައި ގެއަށް ދާން ހިނގައިގަތެވެ.

“އާންމު ކޮށް ނުކުރަން އެކަމަކު ވާރޭ ވެހޭ ދުވަސް ދުވަހު ގަޑިޖެހިގެން ކޮލެޖް އަށް ނުދެވިފަ ތިބޭ ކުދިންނަށް ޓެކްސީ ކޮށްދެން..އަސްލު ހަމަ ޓެކްސީއާ  އެއްއަގެއްގަ ކޮށްދެނީވެސް. އެކަމް ދިނީ ފަންސާސް ރުފިޔާ އެއްނު ސޯ…އެ އަށް ކުރެވޭނެ ދެ ދަތުރު. އެހެންވެ މިބުނީ ގެއަށް ލާދެންހޭ” އަލްޔާން އެހެން ބުނުމުން އީން އަޅަން އުޅުނު ފިޔަވަޅު މައްޗައް ގަނޑު ވި ކަހަލައެވެ.  އަވަހަށް ފަސްއެނބުރި ބަލާލިއިރު ވަރަށް ރީތި ކޮށް ހެވިލާފައި އިނގިލި ކުރިން އީން ދިން ފަންސާސް ރުފިޔާ ދައްކާލައިގެން އަލްޔާން ހުއްޓެވެ. އީން އެއްފަހަރު އަލްޔާންގެ މޫނަށް އަނެއް ފަހަރު ކާރަށް ބަލަމުން ދިޔައެވެ. އަސްލުވެގެން އުޅޭގޮތް ރޭކާލީ ދެނެވެ. އޭނާ  އަށް ހެނދުނު އަވަސް އަރުވާލައިގެން  ގޮސް އެރުނީ މީހެއްގެ ޕްރައިވެޓް ކާރަކަށް ކަން ޔަގީން ވުމުން ގަތް ލަދުން މޫނު ރަތްވެގެން ދިޔައެވެ.  އިރުގެ އަތްވެތް ނެތް އެފިނިފިނި ދުވަހުގައިވެސް އީންގެ ދެކޯތާފަތް ކައިރިން މަޑު ހޫނެއްގެ އިހްސާސް ވެގެން ދިޔައެވެ. ހަޔާތުގައިވެސް މިހާ ލަދުގަތް ދުވަހަކާ އަދި ދިމައެއް ނުވެއެވެ. “ޑޭމް އިޓް..” އަތުގައި ހުރި ފޮތް ތަކާއެކު ބަނޑުގައި ޖައްސާ ބާރުކޮށްލަމުން

މަޑުމަޑުން ބުނެލެވުނެވެ. އަދި މިހާ ފާޅުކަން ބޮޑުގޮތެއްގައި މި ޒުވާނާ އެކަން ބުނެދިނުމުން  އީން  ހުރީ ލަދުން  އިސްއުފުލާލަންވެސް ނުކެރިފައެވެ. އޭނާ ހިތަށް އަރާނީ ވެސް ކީކޭބާއެވެ. ގަމާރު ވިޔަސް ތަންފުކެއް ބޮޑުވަރެވެ.  އީން ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ.

“ވާއު.. ނެޗުރަލް ބްލަޝް…ވަރަށް ލޯބި” އީން ގެ މޫނު މައްޗައް އެރި ކުލަވަރު ފެނި ހިތަށް އެރި ލޮޅުމާއެކު އަލްޔާން އަށް ބޭއިޙްތިޔާރުގައި އެހެން ބުނެލެވުނެވެ. އީން އަށް ލަދުން ގޮސް ހަދާނެގޮތް ހުސްވިކަހަލައެވެ. “އި…އިިޓް ވޯޒް އަ ސިންސިއަރ މިސްޓޭކް…އައި އޭމް ރިއަލީ ސޮރީ..” އަޅަައަޅައިގެންފާ ވެސް ކުރެވުނު ކަންތަކަށް މާއާފަށް އެދިފައި  ދުވެފައި ކަހަލަ ގޮތަކަށް  އީން  އެތަނުން ދިޔައެވެ. އަލްޔާން އީން ގެ ފަހަތުން ދާން އުޅެފައިވެސް  ނުދިޔައީ އޭނާ ދަންނަ ރައްޓެހިން ތަކެއް އެދިމާލަށް އަންނާތީ ފެނިގެން އެމީހުން ހީކޮށްފާނެ އެއްޗަކާ މެދުގައެވެ.

ގެއަށް ގޮސް ވަދެވުނު އިރު އީން ހުރީ ވަރަށް ވަރުބަލިވެފައެވެ. ފޮތްތަތް ބަހައްޓާފައި އެނދުގައި ޖައްސާލިއެވެ. މިއަދު  ހިނގާ ދިޔަ ކަންތަށް ހިޔާލަށް އައުމާއެކު މޫނުގައި ބާލީސް އަޅާ ފޮރުވާލިއެވެ. ނޯ..ނޯ..ނޯ.. އޭ ކިޔާ ތަކުރާރުކޮށް އަތުން ބާލީހުގައި ޖެހިއެވެ. “އޭތް..މޮޔަވީތަ؟” އޮފީހުން ގެއަށް އައިސް ވަން އަލްކާ އީން ގެ ހަރަކާތް ފެނިފައި ބުނެލިއެވެ. “މޮޔަނުވާވަރެއްތަ؟ ހިނގާބަ ކާން ވަރަށް ބަނޑުހައި” އެނދުން ތެދުވަމުން އީން ބުނެލިއެވެ. ބަދިގެއަށް ވަން އިރު ދުވާމީރު ކުޅިމަސްވަހުން ބަނޑު ފުރޭވަރު ވިއެވެ. އަލްކާގެ ދައްތަ އަޝްފާ ބަދިގޭގައި އަވަދިނެތި އޭނާގެ 2 އަހަރަށް ދާ ކުޑަދަރިފު ލިވީ އަށް ކާންދޭން އުޅެއެވެ. ” ދެ ކުދީން އަވަހަށް ކައިގެން ބޭބެ އަށްވެސް ކާން ހަދައްޗޭ..މިހާރު އުޅޭނެ އަންނަން..” އަޝްފާ ހިނިތުން ވެލާފައި ބުންޏެވެ. ކިޔަވަން އައިސް މާލޭގައި އާއްމުކޮށް ކުދިން އުޅޭ ހާލާއި ބަލާއިރު އީން އުޅެނީ ވަރަށް އުފަލުގައެވެ. ކުޑައިރުއްސުރެން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަލްކާ ގެ ދޮންތަ ކުއްޔަށް ހިފާފައި ހުންނަ ކުޑަ ނަމަވެސް ރީތިކޮށް ހަދާފައި ހުރި ދެ ކޮޓަރީގެ އެޕާރޓްމެންޓުން އެއްކޮޓަރި ހުންނަނީ އަލްކާ އާއި އީން އަށް ދީފައެވެ. ދޮންތަމެން އަލްކާ އެކޭ އެއްފަދައިން އީން ވެސް ކޮއްކޮ އެއް ކަމުގައި ދެކޭތީ އީން އެމީހުން ދެކެ ވަރަށް ލޯބިވެއެވެ. އަމިއްލަ އާއިލާ އާއި ދުރުގައި ހުރެވޭ އިހްސާސް ވެސް ނުކުރެވެއެވެ. އެކަމަށްޓަކައި އީން އަބަދުވެސް ހިތާހިތުން ޝުކުރުވެރި ވެއެވެ.

ކާން ތިބި ގަޑީގައި ދޮންތަ އާއި އަލްކާ އަށް އީން  މިއަދުވީ ކަންތައް ކިޔާދިނެއެވެ. އެ  ވާހަކަތަށް އަޑުއަހާފައި އެމީހުން ހިީ ހީ ހަލާކުވާ ވަރު ވިއެވެ. “ސާބަސް…އެކަމް ބޮޑުވަރު ދޯ” އަލްކާ ހެމުން ހެމުން ބުންޏެވެ.

އަލްޔާން ގެއަށް ވަންނަން ދިޔަ އިރު ބައްޕަ ގެ ކާރު ބޭރުގައި އޮއްވާ ފެނުމުން ޖެހިލުން ވާ ގޮތްވިއެވެ.މިގަޑީގައި ބައްޕަ ގެއަށް ދުރުވީ ކީއްކުރަންބާއޭ ހިތަށް އެރިއެވެ. “ދަރިފުޅާ އަލްޔާން އާދެބަލަ..ބައްޕަ ބޭނުންވެލައްވާ  އެބަ ދަރިފުޅާ ވާހަކަ ދައްކަން”” އަލްޔާން ގެ މަންމަ އާޝިޔާ އޭނާ ގެއަށް ވަންތަނާ ގޮވާލިއެވެ. އަލްޔާން ބަސްއަހާ ކުޑަކުއްޖެއްފަދައިން ގޮސް ބައްޕަ އާއި ސީދަ ކުރިމައްޗަށް ވާ ހެން އިން ސޯފާގައި އިށީނެވެ. “ލައްބަ ބައްޕާ” އަލްޔާން އިސްޖަހާލައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ.” ކޮން އިރަކުން އޮފީހަށް ނިކުންނަނީ؟” ވަލީދު އޭނާގެ ދަރިފުޅާ ދިމާލަށް ބަލާލަމުން ހަރުކަށި ރާގެއްގައި އަހާލިއެވެ. އަލްޔާން އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހާލައިގެން އިނީ އެވެ. އެ ހަމަހިމޭން ކަމުގެ ސަބަބުން ވަލީދު އިތުރަށް ރުޅިގަދަ ވާ ގޮތްވިއެވެ. އެހެނަސް ރުޅިމަޑުކޮށްލާފައި ވިސްނުންތެރި ކަމާއެކު ވާހަކަ ދައްކަންފެށިއެވެ. ”  ދަރިފުޅުގެ މަންމަ ބުނާނެ އަބަދުވެސް ބައްޕަ ރުޅިގަދައީ އޭ.. އެހެން ވެގެންނޭ ދަރިފުޅު ދުރުން  އުޅެނީ..އެކަމަކު  މިހާރު ދެން ބައްޕަ އަށް ވެސް މި ހުރިހާ ކަމެއް އެކަންޏަކު ނުވާނެ ދޯ؟ ދަރިފުޅު ކިޔަވައިގެން އައިފަހުން މިހާރު ހަމަސް ވަނީ.. އަދިވެސް އޮފީހަށް ނުނިކުމޭ. ބައްޕަގެ ބިޒްނަސް  އާ ބެހޭ އެކައްޗެއްވެސް ދަރިފުޅަކަށް ނެގޭ..” ބައްޕަ އެހާ ރީތިކޮށް ވަހަކަ ދައްކަން ފެށުމުން އަލްޔާން ހައިރާންވިއެވެ. އަމިއްލައަށް ބޭނުންވާގޮތް ބުނަން މީ ރަނގަޅު ފުރުސަތެކޭ ހިތަށް އަރައި އަލްޔާން ވާހަކަ ދައްކަން ފެށިއެވެ.” ބައްޕާ..ބައްޕަ އަށް ވެސް އެނގިލައްވާނެ އަޅުގަނޑު ކުރިއަށް ދާން ބެނުންވާ ދާއިރާ..ބިޒްނަސް އަށް އެއްވެސް އިންޓްރެސްޓެއް ނެތް އިރުވެސް އެދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރީ ބައްޕަ އެދިލައްވައިގެން.އެކަމަކު  އަޅު…” އަލްޔާންގެ ވާހަކަ ނުނިމެނީސް ވަލީދު ރުޅިގަނޑު ފަޅައިގެންދިޔައެވެ. “ހުއްޓާލާ..ބަލަ ކުރަހައިގެން މިއުޒިކް ކުޅެގެން އޮތީ ކޮން ކުރިމަގެއް..އަލްޔާން ބޭނުންވެގެން ސްޓޫޑިއޯ ހެދި އިރު ވެސް އެއްޗެކޭ ނުބުނަން…އެކަމަކު ދެން މިހާރު ތި ކަންތައް ދޫކޮށް ތަންކޮޅެއް ހަރުދަނާ ވާންވީ..އެހެން ނޫނަސް މަގޭ އިތުރު ދަރީން ތިބީ އެއްނޫން. މި ހުރިހާ ކަމެއް މި ކުރަނީ އަލްޔާން އަށްޓާކާ..ބޭނުންހާ ގޮތަކަށް ނޫޅެވޭނެ…މާގިނަ ވާހަކަ އަޑުއަހާކަށް ނެތިން ކުރިއަށް އޮތް ހަފްތާ ތެރޭ އޮފީހަށް ނިކުންނާތި” އެންމެ ފަހުގެ ނިންމުން އަޑު އިއްވާލަމުން ވަލީދު ހަރު ކޮށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އަލްޔާން ވެސް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗައް ވެއްޓިގަތީ ހަނގުރާމައެއް ކުރުމަށްފަހު ވަރުބަލިވެގެން މީހަކު ވެއްޓޭ ގޮތަށެވެ. ތަނަވަސް އެކޮޓަރި ޒީނަތްތެރި ކޮށްފައިވާ ގޮތުން އަލްޔާން މިއުޒިކަށް ކުރާ ލޯބި ބަލާލި ކޮންމެ މީހަކަށް ފެންނާނެއެވެ. ކޮޓަރީގެ އެއްކަނެއްގައި ރީތި ޑިޒައިން އަކަށް އަތުރާލާފައި ހުރި އެކި ކުލައިގެ ގިޓާތައް ތިބިއިރު މިއުޒިކް ރަމްޒުކޮށްދޭ އެކި ކުރެހުން ކޮޓަރީގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުއްޓެވެ. އަލްޔާންގެ ދެލޯ މެރެމުން ދިޔައިރުވެސް ސިފަވަމުން ދިޔައީ އެ އަންހެން ކުއްޖާގެ ރީތި ސޫރައެވެ.

ދުވަހަކީ ކޮލެޖް ގެ ފުރަތަމަ ދަންފަޅީގެ ކިޔެވުން ނޯންނަ ދުވަހެއްކަމުން ފަތިސް ނަމާދަށް ފަހު އީން ބޭނުންވީ އަލްކާ އޮފީހަށް ދާންވާއިރަށް ރޮއްޓާ މަސްހުންޏާ ތައްޔާރު ކުރާށެވެ.އީން މޮޑޭ މަސްހުނި މީރުވެގެން އަބަދުވެސް އަލްކާ އުޅެއެވެ. އެހެން ނޫނަސް އެގޭގައި ކެއްކުމުގެ ކަންތައް ދޮންތަ ކުރިޔަސް ވަގުތު ވާ ވަރަކުން އީން ދޮންތައަށް ފަސޭހަކޮށްދެވޭތޯ އަބަދުވެސް ބަލައެވެ.ހަތެއް ޖަހަންވާ އިރަށް  އީން ހުރިހާކަމެއް ނިންމާލާފައި އަލްކާ އަށް ގޮވަން ދިޔައެވެ. ނިދާފައި އޮތްގޮތް އަރާމުކަމުން އަލްކާ އަށް ކޮންމެވެސް ޖެއްސުމެއް ކޮށްލާނަމޭ  ހިތާ ޑްރެސިން ޓޭބަލްމަތީ އިން ސާމަރާދޫނި ފަތްނަގާ އަލްކާ މޫނުގައި މަޑުމަޑުން ޖައްސަންފެށިއެެވެ. އަލްކާ މޫނަށް ހަދާ ގޮތްފެނި އީން އަށް ވަރަށް މަޖާވިއެެވެ. މަޑުމަޑުން އަލްކާގެ ނޭފަތަށް ފަތް ވައްދާލިއެވެ. އަލްކާ” ހަނޗޫ..ހަނޗޫ” އޭ ކިޔާ ކިނބިހި އަޅަމުން ނޭފަތްކަހަމުން ކުއްލިއަކަށް ތެދުވިގޮތުން އީން ހިނިގަނޑު ފަޅައިގެންދިޔައެވެ.. “ހުރެބަލަ ވަރުގަދަ ލަނޑެއް ދޭނަން”  އަލްކާއައި ރުޅީގައި އަތުގައި އޮތް ބާލީސް ނަގާ އީން އާ ދިމާލަށް ހޫރާލަމުން ބުނެލިއެވެ. އީން އަވަހަށް ކޮޓަރިން ނިކުންނަން ދަމުން..”ތައްޔާރުވެގެން އަވަހަށް އާދޭ..ހޭވް އަ ސްޕްރައިޒް ފޯ ޔޫ” އޭ ބުނެލިއެވެ.

އެންމެން ސައިބޮއެ ނިމުމުން ތަށިތައް ނަގާފައި  އީން ކޮލެޖަށް ދާން ތައްޔާރު ވިއެވެ. ކިޔެވުން ނެތަސް ލައިބްރަރީ އަށްގޮސް ކުރަން ޖެހޭ މަސައްކަތް ހުރުމުންނެވެ. މަޑު ހިގުމެއްގައި ގޮސް ކޮލެޖަށް ވަންނަން ދިޔަތަނާ ކުއްލިއަކަށް މީހަކު ކުރިމައްޗައް އެރުމުން އީން ދިޔައީ ސިއްސައިގެންނެވެ. “ހޭއި ކިޔޫޓް ގާލް..ކިހާ އިރެއް އިންތިޒާރުގަ ހުންނަތާ..” އަލްޔާން ލޮލުގައި ހުރިއަވިއައިނު ނަގަމުން ފުން ނަޒަރަކުން ސީދާ އީން ގެ ދެލޮލަށް ބަލަމުން ބުނެލިއެވެ. އަލްޔާންގެ އެނަޒަރުން އީން ގެ ހިތުގައި ކަރަންޓެއް ހިނގާލިފަދަ އިހްސާސެއްވުމުން އިސްދަށައް ޖަހާލިއެެވެ. “ޕްލީޒް ނަން ބުނެބަލަ” އަލްޔާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އީން އެއްޗެކޭ ނުބުނެ ހިނގައިގަތުމުން އަލްޔާން އީން އަތުން ހިފައިގެން ހުރި ފޮތް ކުއްލިއަކަށް އަތުލައިގަތެވެ. އެނެޓޮމީ އެންޑް ފިޒިއޮލޮޖީ ބޭރުގައި ލިޔެފައިން އެޓެކްސްޓް ފޮތުގެ ފުރަތަމަ ގަނޑު ހުޅުވައިލުމާއެކު ފެނުނީ “ސްޓޫޑެންޓް އައި.ޑީ 15596 އެހެން ލިޔެފައި އޮތް ތަނެވެ. ނަމެއް ނެތެވެ. އަލްޔާން އަށް އެހެން ތަނެއް ނުބެލެނީސް  އީން އަލްޔާން ގެ އަތުން ފޮތް ޖަހައިގަތެވެ. “ނަން ނުބުންޏޭ ކިޔާފަ އަދި ގަޔަތް ބޮލަށް އަރަން ޖެހޭތަ؟ ތީ އަހަރެން ވަރަށް ފޫހިވާ ގޮތެއް. ފްލާރޓް ކުރަން ކޮންމެވެސް އެހެން މީހަކު ހޯދާ..އެހެން ނޫނަސް އިއްޔެވީ ކަންތަކަށް މިހާރު ސޮރީ އޭ ބުނެފިން ދޯ؟” އީން ވަރަށް ރުޅިއައިސް އެހެން ބުނުމަށް ފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.  “އޯހްހް…ރުޅި އައީމަވެސް އެހާ ލޯބި” ހިތާހިތުން އެހެން ކިޔާލުމަށް ފަހު އަލްޔާން ވެސް އީން ފަހަތުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެކަމަކު މަންޒަރު ބަލަން ހުރި ސެކިއުރިޓީ އައިސް ކާރޑް ދައްކަން އެދުމުން އަލްޔާން މަޑުޖެހުނެވެ. “ހޭއި 15596… އައިވިލް ވެއިޓް ފޯ ޔޫ.. ރައިޓް ހިއަރ.. ކަމް ސޫން” އަލްޔާން ތަންކޮޅެއް ބާރަށް އެހެން ބުނުމުން އީން އެނބުރި ބަލާލިއެވެ. އޭރު އެތާ ތިބި ބައެއް ކުދިން ހެވިފައި އަލްޔާން އާ ދިމާލަށް ބަލަން ތިއްބެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

ކުށަކީ ކޮބާ؟ (12)

Next

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 2

Next
August 22, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 2

Previews
August 22, 2018

ކުށަކީ ކޮބާ؟ (12)

9 Comments!

  1. Nunama says:
    August 22, 2018 at 11:35 pm

    Very nice. I am waiting for next part. Please upload it fast

    1. Anjal says:
      August 23, 2018 at 4:59 pm

      Thanks..insha allah will upload soon

  2. Shiu says:
    August 23, 2018 at 12:31 am

    Masha Allah v reethi mi vaahaka waiting for next part ?

    1. Anjal says:
      August 23, 2018 at 5:00 pm

      Thank you shiu.

  3. naash says:
    August 23, 2018 at 10:01 pm

    maasha allah… vvv nice… nxt part avahaah up kohdheeba plx.. can’t wait

  4. Meesh says:
    August 25, 2018 at 10:25 am

    Masha Allah mi part ves varah reethi.avahah up kohdyba

  5. Twinkle? says:
    August 28, 2018 at 1:09 pm

    Naash balaaba mioh stry ehge rythi kannn Masha Allah???

  6. Arya D.F says:
    August 29, 2018 at 3:51 pm

    Already in love with alyaan ? soo cute

  7. Garunu fahun comment kuraaa meehaa says:
    January 8, 2019 at 2:31 am

    Alhey ……..miiiii hama enme fav kind luv storyyyy……..thi een thiii hama ma kahala galhi kanthah kuraa manje eh ….. Owhhhh……aslu alyaaan avvvure eethan enan maa reethi…….

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮޮނީ 3←


All Right Reserved!