ކުޑަދައްތަ ގާތު ބުނެފަ އަނީމް ގާތަށް އަހަރެން ދިޔައީމެވެ. އަތިރިމަތި އޮތީ ވަރަށް ނަލަ ކޮށްލާފައެވެ. އެތަން ވައްތަރީވެސް ލޯބިވެރިއަކަށް ތައްޔާރު ކޮށްފައިވާ ތަނަކަށެވެ. އަނެއްކާ މިރަށުގައި އުޅޭ ދެލޯބިވެރިއަކު ރައްޓެހިވާން އުޅެނީ ނޫންބާއެވެ. ކުއްލިއަކަށް އަނީމް މަތިން ހަނދާންވިއެވެ. އަތިރިމަތި ޗާލު ކަމުން އައީ ކީއްކުރަން ކަންވެސް ހަނދާން ނެތުނީއެވެ. އަނީމް ފެންނާކަށް ނެތެވެ. އަނެއްކާ އަހަރެންނަށް ސަމާސާ ކުރީ ނޫންބާއެވެ. މީހަކު ފެންނަން ނެތީމަ އަހަރެން ހުރީ އިންތިހާ ދަރަޖައަށް ބިރުގަނެފައެވެ. އަނީމް އަހަރެން […]
ޕުޑިން ތައްޔާރު ކޮށްނިންމާފައި އަހަރެން އަވަސްވެގަތީ އެ އަންނަ ބަޔަކު އަންނަ ތަނަށްދާށެވެ. ގެއިން ނިކުމެގެން ދާން އުޅެނިކޮށް ކޮންމެވެސް މީހެއްގެ ގައިގާ ލައިގަތެވެ. ކާކުކަން އެނގުމުން އަހަރެންގެ ހިތް ސުވާލުތަކުން ފުރި ބާރުވިއެވެ. ކުރިމަތީގައި ހުރީ އަނީމެވެ. “ޝަ…ޝައީ” އެ އަސަރުގަދަ އަޑުން އަހަރެންނަށް ގޮވާލިއެވެ. އެ ޗާލު އަޑު އިވުމުން ހިތްހަމަޖެހި އުފާވިއެވެ. ނަމަވެސް ނުބުނެ އައުމުން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. “އާނނނ… ކީއްވެ ނުބުނެ އައީ؟” އަހަރެން ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ބުނެލީމެވެ. […]
ގެއަށް ދެވުނުއިރު 8 ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް މަންމަ އަހަރެމެން ލަސް ވެގެން ހޯދައެވެ. އަހަރެމެން މަންމަ ގާތު މަޢާފަށްއެދުނީމެވެ. އަހަރެން ދެރަވީ ސައި ތައްޔާރު ކޮށްފައި ހުރިކަން އެނގުމުންނެވެ. އެއީ މަންމަ އެކަނި އެކަމުގައި އުޅުނުކަން އެނގުމުންނެވެ. މަންމަ އަހަރެމެންނަށް ސައި ބޯން ގޮވުމުން ސައި ބޮއެގެން ޖައްސާލަން ދިޔައީމެވެ. ފޯނު ބަލައިލި ހިނދު އަހަރެންނަށް ވީގޮތް ވެސް ބުނެދޭން ދައްޗެވެ. އަނީމްގެ 30 މިސްޑް ކޯލް އިނެވެ. އަނީމް އެ ވަރަށް ގުޅިއިރު ފޯނަށް […]
ފާޚާނާއިން ނުކުމެ އޮށޯތީ ނިދުމުގެ ނިޔަތުގައެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އަނީމް މަތިން ހަނދާންވެ އަނީމާ ދޭތެރޭ ވިސްނަަން އޮވެވުނެވެ. ދުވަހަކުވެސް މައިޝަނާ އެއްވެސް ފިރިހެނަކާ އަޅާނުކިޔާ އިރު އަނީމާ އަޅާ މިކިޔެނީ ކީއްވެގެން ބާއެވެ؟ އަހަރެންނަށް ވިސްނެން ފެށުނެވެ. މައިޝަނާ ދޭތެރޭ ނުވިސްނޭ ވަރަށް ވިސްނެން ފެށުނެވެ. މި ވެވެނީ ލޯބި ބާއެވެ!؟ އެ ޚިޔާލު ތަކަށް ގެއްލިފައި އޮއްވާ ނިދުނު އިރެއްވެސް ނޭނގުނެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެންނަށް ހޭލެވުނީ މައީ އައިސް […]
….އަހަރެން ބޭރަށް ނިކުމެ މަޑުކޮށްލައިގެން ހުރީ ޝައްމާގެ އިންތިޒާރުގައެވެ. ފަހަތުން މީހަކު އަހަރެންގެ ގައިގާ ކޮށްޓާލި ތަނާ ސިއްސައިގެންގޮސް ފަހަތަށް އެނބުރެވުނު ހިނދު އިތުރަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ފަހަތުގައި ހުރީ ޝައްމާއި ސައިހާ ކުރެން މީހެއް ނޫނެވެ. އެއީ ފުރާވަރަށް އަރައިފައިވާ ރީީތި ރާޅު އިސްތަށިގަނޑެއް ލިބިފައިވާ ޗާލު ފިރިހެނެކެވެ. އެ ޒުވާނާ އަހަރެންނާާ ހަމައަށް ހުއްޓިފައި އެއްކަކޫ މައްޗަށް ތިރިވެލިއެވެ. ހުރެވުނު ތަން ވެސް ނޭނގުނެވެ. އަހަރެންނަށް އޮޅުން އެރިއެވެ. މިވަނީ ކީއްބާއޭ […]
ފޯނާ ކުޅެން އޮއްވާ “ޝައީ” އޭ ކިޔާފަ މެސެޖަކުން ޢަލީ އަހަރެންނަށް ގޮވާލިއެވެ. އަދި މައިޝަންގެ ޖަވާބު ވެސް އަހަރެންނަށް ޙިއްޞާ ކުރިއެވެ. އެ މެސެޖު ކިޔާފަ އަހަރެންގެ ހިތް ކުދިކުދިވެ ވެއްޔާ އެކުވެގެން ދިޔަކަހަލައެވެ. އެ މެސެޖުގައި އޮތީ އަހަރެން އުންމީދު ކުރި ޖަވާބެއް ނޫނެވެ. ތިހީވީ ރަނގަޅަށެވެ. ޢަލީ ކޮށްފައިވާ މެސެޖުގައިވަނީ “މައިޝަން ބުނީ ނޫނެކޭ” މިހެންނެވެ. މައިޝަންގެ އެ ޖަވާބު ލިބުމުން “ލޯބި” މި ލަފްޒު ދެކެ ވެސް އިންތިހާ ދަރަޖައަށް އަހަރެންނަށް […]
މިއަދަކީ އަހަރެންގެ ތުއްތަގެ ކޮއްކޮ އައިހަލް ހިތާނަ ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އަހަރެމެން ތައްޔާރުވަމުން މިދަނީ އައިހަލްގެ ހިތާނީ މޫސުމަށެވެ. މީ ވަރަށް މަޖާ އަދި އެހާމެ އުފާވެރި ދުވަސް ކޮޅެކެވެ. އައިހަލް ހިތާނަކުރުމަށް އަންނަ މީހާ އަތުވެއްޖެއެވެ. އަހަރެންނަށް ކުޑަކޮށް އުނދަގުވާ ގޮތް ވާތީ އަހަރެން ދިޔައީ ފައިނާ، ޝައްމާ އަދި ސައިހާ އާއި އެއްކޮށް އަހަރެންގެ މާމަ ގެއަށެވެ. މާމަގެ ހުންނަނީ މާދުރު ނޫން ހިސާބެއްގައެވެ. އެއީ ވެސް ނަސީބެކެވެ. އެކި ކަންތަކުގަ މޮޔަ ވަމުންގޮސް […]