ތި ލޯބި-7
ކުޑަދައްތަ ގާތު ބުނެފަ އަނީމް ގާތަށް އަހަރެން ދިޔައީމެވެ. އަތިރިމަތި އޮތީ ވަރަށް ނަލަ ކޮށްލާފައެވެ. އެތަން ވައްތަރީވެސް ލޯބިވެރިއަކަށް ތައްޔާރު ކޮށްފައިވާ ތަނަކަށެވެ. އަނެއްކާ މިރަށުގައި އުޅޭ ދެލޯބިވެރިއަކު ރައްޓެހިވާން އުޅެނީ ނޫންބާއެވެ. ކުއްލިއަކަށް އަނީމް މަތިން ހަނދާންވިއެވެ. އަތިރިމަތި ޗާލު ކަމުން އައީ ކީއްކުރަން ކަންވެސް ހަނދާން ނެތުނީއެވެ. އަނީމް ފެންނާކަށް ނެތެވެ. އަނެއްކާ އަހަރެންނަށް ސަމާސާ ކުރީ ނޫންބާއެވެ. މީހަކު ފެންނަން ނެތީމަ އަހަރެން ހުރީ އިންތިހާ ދަރަޖައަށް ބިރުގަނެފައެވެ. އަނީމް އަހަރެން ހެއްދީކަމަށް ބަލާފައި އަހަރެން ދެން އަވަސްވެގަތީ އެތަނުން ދިއުމަށެވެ. ނަމަވެސް ދާންވެގެން ފަހަތަށް އެނބުރުނު ވަގުތު އަހަރެންގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީނދެލައިގެން އިން އަނީމް ފެނިފައި އަހަރެންގެ ގާތަށް އައީ ހިންޔެވެ. “މިފަހަރު ކާކު ޖެއްސި ޑެއާ އެކޯ؟” އަހަރެން އަހާލީމެވެ. ދެން އަނީމް ކޮއްލި ސުވާލުން އަހަރެންނަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ގަބޫލު ކުރަންވެސް ދަތިވިއެވެ. ތި ހީވީ ރަނގަޅަށެވެ. އަނީމްގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އަނީމްގެ ލޯބި އަހަރެންނަށް ހުށައެޅީއެވެ. އަހަރެންނަށް ޖަވާބު ދޭން ވެސް ދަތިވިއެވެ. ވެފައި ހުރި އުފަލެއްގެ ސަބަބުންނެވެ. ދުލުން އާބަސް ދޭން ވެސް ނުކުޅެދުނެވެ. ނަމަވެސް ބޮލުގެ އިޝާރާތުން އަހަރެން އަނީމްގެ ލޯތްބަށް އާބަސް ދިނީމެވެ. އަދި އަހަރެން އަނީމް ގައިގާ ވަރަށް ބާރަށް ބައްދާލީމެވެ. އެވަގުތު ބެރުގެ އަޑާއި މީހުން “ހޯ” އޭ ކިޔާ ކޮވަމުންދާ އަޑު އިވުނެވެ. ހަމަ އެ ހޯ ގޮވުމުގެ އަޑާއި އެއްވަރަށް މީހުންގެ އަތްތިލަ ބަޑީގެ އަޑުން މުޅިތަން ގުގުމާލިއެވެ. ކުޑަ ވަރެއްގެ ކެއުމެއްވެސް އޮތެވެ. އެއީި ބޮޑުބެރާއި އެކުއެވެ. އެހެން މީހުންނަށް ކުޑަ ކެއުމަކަށް ނޫނީ ކުޑަ އުފާ ފާޅު ކުރުމަކަށް ވީނަމަވެސް އެއީ އަހަރެންނަށް ވަރަށް ބޮޑު ހަފްލާއެކެވެ. އެގޮތުގައި ސަކަރާތް ޖަހަމުން ގޮސް ދަންވަރު 12 ޖަހަާ ބޮޑުވީ ފަހުން ގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ.
ގެއަށް ގޮސް ފާހަނާއަށް ވަދެ ނިދަން ތައްޔާރު ވެލައިގެން ނިދަން އެރުނު އިރު 1 ޖަހައިފިއެވެ. އަވަހަށް ނިދަން އޮށޯތީ ފަތިހު ހޭލުމުގެ ނިޔަތުގައެވެ.
އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު “ހަލޯ” އޭ ބުނެލުމުން އަނީމްގެ އަޑުން “ގުޑް މޯނިން ސަންޝައިން” އޭ ބުނެލި އަޑު އިވުނެވެ. އެވަގުތު އަހަރެންނަށް ހެވެން ވެސް ހެވުނެވެ. ލަދުން އޮވެ ނަމަވެސް “ގުޑް މޯނިން ސްވީޓްހާރޓް” އޭ ބުނެލުމަށްފަހު ގަޑި ބަލައިލީމެވެ. އޭރު ގަޑިން ފަތިހު 5:15 ވެއްޖެއެވެ. “އަނީމް ފަހުން ހަބަރެއް ވާނަން އިނގޭ… މިހާރު މިދަނީ ނަމާދު ކޮށްގެން ބަދިގެއަށް ދާނަ ކަމަށް.. އަނީމް ވެސް ދޭ ނަމާދު ކޮށްލަން” އަހަރެން ބުނީމެވެ. އަނީމް “އޯކޭ” އޭ ބުނުމުން ފޯނު ބޭއްވީމެވެ. އަދި ފާހަނައަށް ވަދެ ނަމާދު ކުރަން ތައްޔާރު ވުމަށްފަހު ފާނައިން ނުކުމެ ނަމާދަށް އަރަން އަވަސްވެގަތީމެވެ. ނަމާދު ކޮށް ނިމުނު ވަގުތު މައީ ފާހަނައިން ނުކުމެގެން ނަމާދަށް އަރަނީއެވެ. އަހަރެން މައީ ގާތު ނަމާދުކޮށްގެން ބަދިގެ ފަރާތަށް އަންނައްޗޭ ބުނުމުން މައީ ޖަވާބުގައި އާއެކޭ ބުނުމުން އަހަރެން ކޮޓަރީން ނުކުމެ ބަދިގެ ފަރާތަށް ދިއުމަށް ހިނގައި ގަތީމެވެ.
ބަދިގެއާ ހަމައަށް ފޯރުން ތަނާހެން ޝައްމަާ އަތުވެއްޖެއެވެ. އަދި ރޭގެ ވާހަކަ ފެށިއެވެ. ލަދުގަތް ނަމަވެސް އުފާވިއެވެ. “ހޫން… ތިއެއް ނޫނޭ ކޮބާ ސައިއްކޮ؟” ސައިހާ ކޮބައިތޯ އަހަރެން އަހާލީމެވެ. “އެ މަންޖެ ދޯ… ދެން އޭނަ ގޮތް އިނގޭނުން… ބަދިގެ ނިންމާގަ އަވަހަށް ބޭރަށް ނިކުންނަ މީހެއް ނޫނޭނުން އެއީ… އުޅޭނެ ގޭގަ” ޝައްމާ މަޖާވެފައި ބުނެލިއެވެ. އަހަރެންވެސް ހޫން އަޅުވާލީ ހެމުންނެވެ. ބަދިގެ ނިންމާލުމަށްފަހު އަހަރެން މަގުމަތި ކެހުމަށް ބޭރަށް ނުކުތީމެވެ. ޝައްމާ ވެސް ހުއްޓެވެ. ކުނި ކަހަން ހުއްޓާ މައީ ނިކުމެ އަނީމްގެ ފޯނެއް ކަމަށް ބުނެ އަހަރެންގެ އަތަށް އަހަރެންގެ ފޯނު ދިނެވެ. “ހަލޯ” ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު ބުނެލީމެވެ. ހަމަ އެއާއެކު އަނީމް ބުނެލިއެވެ. “ޝައީ ގޭގަތަ؟ ގޭގަ އުޅެންޏާ ބޭރަށް ބޯދިއްކޮއްލަބަލަ” މިހެން އަނީމް ބުނެލުމުން އަހަރެން މިއުޅެނީ ބޭރުގައި ކަމަށް ބުނެ ކީއްތޯވީ އަހާލީމެވެ. ޖަވާބެއްވެސް ނުދީ އަނީމް ފޯނު ބޭއްވިއެވެ. އިރުކޮޅެއް ނުވަނީސް އަނީމް އަހިސް ގޭ ފާރު ކައިރީގައި ޝައްމާ ހުރި ހިސާބުގައި ހުއްޓެލިއެވެ. “ހާދަ ބޮޑެތި ކުނި ކޮޅު ކޮޅު ވެސް އެބަ އެނބުރެއޭދޯ މިހިސާބުގަ… ދޯ!” އަނީމް އަހަންނަށް ޖެއްސުމަށް އެހެން ބުނެލުމުން ޝައްމާ ވެސް އަހަރެން ރުޅި އެރުވުމަށް އަނީމް އާ އެއްބައި ވެލިއެވެ. “އޭ އޭ… ބީރައްޓެހިން ރަށް ރަށަށް އަރާފަ ތެޅޭ ވައްތަރަށް ތެޅިބަލަ!” އަހަރެން އެހެން ބުނެލި ހިނދު ދެން އިވިގެން ދިޔައީ ސައިހާގެ އަޑެވެ. “އާއެކޭ… ސައިޒުގަ ހުރޭ އިނގޭ… އެ ނޫނީ ރަށުން ބާލުވަން ޖެހިދާނެ..” ސައިހާ ބުނެލިއެވެ. އެކަކަށް ވެސް ހިނި ގަނޑު މަތައެއް ނުކޮށްލެވުނެވެ. ހެމުން ހެމުން އަހަރެން ޝައްމާއި ސައިހާއި އަނީމަށް ހެނދުނުގެ ނާސްތާ ނަގަން ދިއުމަށް ދައުވަތު ދިނީމެވެ. އެންމެން ވެސް ދައުވަތު ޤަބޫލުކުރީ އުފަލުންނެވެ.
4 މީހުން އެއްކޮށް ގޯތި ތެރެއަށް ވަދެ މިސްރާބު ހުރީ ކާގެއަށެވެ. ކާގެއަށް ވަދެފައި އަހަރެންނަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑި އާ ދިމާލަށެވެ. ގަޑިން 9 ޖަހަނީއެވެ. “މިހާރު އެ 9 ޖަހަނީ…. އިރުކޮޅެއް ވަންދެން ތިބެވިއްޖެ ދޯ ބޭރުގަ ވާހަކަ ދައްކަން..” މަޖާ ވެފައި އެހެން ބުނެލި ހިނދު އެކަކު ވެސް ހިނިތުން ވުމެއް އަހަންނަކަށް ހިއްސާއެއް ނުކުރިއެވެ. އަހަރެންގެ ހިތށް އެރިއެވެ. އަނެއްކާ އަހަރެންނަށް ގޯސް ކޮށް ކަމެއް ކުރެވުނީ ނޫން ބާވައެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަހަރެން ސައިހާ ގާތުގައި ދޮރާއި ފުރަގަސްވާ ގޮތަށް އިން ގޮނޑީގައި އިށީންދެލީމެވެ. އަހަރެން ނޫން އެންމެން ދިޔައީ ކެއުމައިގެނ ކުރިއަށެވެ. އެންމެން ކައި ނިންމައިފިއެވެ. އެންމެފަހުން ކައިގެން ތެދުވީ އަނީމެވެ. އަނީމް އަތް ދޮވުމަށްޓަކައި ބޭރަށް ނުކުތެވެ. އަހަރެން ޝައްމާއި ސައިހާއާ ވާހަކައިގަ ކާގެ ތެރޭގައި އިނީމެވެ. އެހެން އިންދާ ގޮދަން ފުށާއި ކުލަފަދަ ތަކެތި އަހަރެންގެ ބޮލަށް މީހަކު އަޅާލިއެވެ. ކާކު ތޯ ބަލައިލި އިރު ފަހަތުގައި ހުރީ އަނީމާއި އޭނާގެ 4 އެކުވެރީންނެވެ. އޭރުވެސް ވެގެން އުޅޭ ގޮތެއްވެސް އަހަރެންނަށް ރޭކާ ވެސް ނުލައެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟
<ނުނިމޭ>
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

