Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި-5

Amee_sher Level 110 Stories
February 18, 2022 2 Mins Read
0 Comments

ގެއަށް ދެވުނުއިރު 8 ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް މަންމަ އަހަރެމެން ލަސް ވެގެން ހޯދައެވެ. އަހަރެމެން މަންމަ ގާތު މަޢާފަށްއެދުނީމެވެ. އަހަރެން ދެރަވީ ސައި ތައްޔާރު ކޮށްފައި ހުރިކަން އެނގުމުންނެވެ. އެއީ މަންމަ އެކަނި އެކަމުގައި އުޅުނުކަން އެނގުމުންނެވެ. މަންމަ އަހަރެމެންނަށް ސައި ބޯން ގޮވުމުން ސައި ބޮއެގެން ޖައްސާލަން ދިޔައީމެވެ. ފޯނު ބަލައިލި ހިނދު އަހަރެންނަށް ވީގޮތް ވެސް ބުނެދޭން ދައްޗެވެ. އަނީމްގެ 30 މިސްޑް ކޯލް އިނެވެ. އަނީމް އެ ވަރަށް ގުޅިއިރު ފޯނަށް ޖަވާބު ނުދެވުނީމަ ކުޑަކޮށް ޖެހިލުންވި ނަމަވެސް އަހަރެން އަނީމްގެ ނަމްބަރަށް ގުޅާލީމެވެ. ފޯނު ނަަގާނެކަމުގެ އުންމީދުގައެވެ.

13 ފަހަރު ގުޅިއްޖެއެވެ. އަނީމް ކޮންމެ ފަހަރަކުވެސް ފޯނަަށް ޖަވާބު ނުދީ ފޯނު ކަނޑާލަނީއެވެ. ހިތުގެ ވިންދު އަވަސް ވެެގަންނަން ސުކުންތެއްވެސް ނުނެގިއެވެ. އިންތިހާ ދަރަޖައަށް ބިރުގަތެވެ. އެހާމެ ދެރަވެސް ވިއެވެ. މައީ ގާތު އަނީމް ކަމުދާ ވާހަކަ ބުނެވިފައިވުމުން އަނީމް ފޯނު ނުނަގާ ވާހަކަ ވެސް މައީއަށް ހިއްސާކުރެވުނީ ބޭއިޙްތިޔާރުގައެވެ. އަހަރެން ދެރަވެފައި ހުރިވަރު މައީ އަހަރެންގެ މޫނުން ދެނެގަތެވެ. “އަނީމް ވަރަށް އަދި ބުރަ ދުވަސް ކޮޅެއް ކަމަށް އެވާނީ. މިއަކީ ރެސޯޓުތަކަށް ވެސް ވަރަށް ގިނައިން ގެސްޓުން އަންނަ ދުވަސްކޮޅެއް. އެހެންވެ ޝޯވ އެއް ލިބިގެން މާބޮޑަށް ބިޒީވީ ކަމަށް އެވާނީ.ހާސް ނުވޭ އިނގޭ” މައީ އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. އަހަރެން އާއެކޭ ބުނެ ހަމަޖެހިލީމެވެ.

“ޝައީ… އާދެބަލަ ބަދިގެ ފަރާތަށް” މަންމަ ގޮވާލުމުން ބަދިގެއަށް ދިޔައީމެވެ. އަދި ކީއްތޯވީ އަހާލީމެވެ. އަދި 12:30 ވަނީ އޭ ބުނުމުން އަހަރެން ކައްކަން އުޅެންވީ ދޯ އޭ ބުނެލީމެވެ. “ހުންނާނެ އަނބާާއި ފަޅޮލާ ގެނެއްސަ. އޭގަ މަޖާ ހަދާލަބަލަ. އޭރުން އެވީ. މަންްމަ މެންދުރަށް ކައްކައިފިން.” މަންމަ ބުނެލިއެވެ. އަހަރެން އެހެންހޭ ކިޔާފަ އަނބާއި ފަޅޯ ކޮށުމަށް އަވަސްވެގަތީމެވެ. “ރިހާކުރު ބޮޑުދައިތަ ގަނޑާ… ކޮބާ ރިހާކުރުފުޅި؟” މައީއަށް ނިސްބަތް ކޮށް އަހަރެން އަހާލުމުން މައީ ފާޑަކަށް މޫނުހަދާފަ އަހިސް ރިހާކުރުފުޅި ދިނެވެ. “އޭ މެއްޔާ، ތިހަދާފަ ކާން ފަށާނީއެއް ނޫން ހޯން. ތި އަހަރެމެންނަށް ތައްޔާރު ކުރާ އެއްޗެއް ނޫނޯ” މައީ ފާޑަކަށް ބުނެލިއެވެ. މަންމަ ކާ ހިތް ވެގެން ތައްޔާރު ކޮށްދޭން ބުނެފައި މައީ އެހެން ބަޔަކަށް ތައްޔާރު ކުރާ އެއްޗެކޭ ބުނުމުން ހިތުގައި ޝައްކުގެ ރާޅެއް ނެގި ނަމަވެސް އާއެކޭ ބުނެ އަހަރެން ހަނު ހުރީމެވެ.

“ޝައީ… ހަވީރު އެބަ އާދޭ މިރަށަށް ޝޯވ ދޭ ގުރޫޕެއް. އެމީހުން ތިބޭނީ މި ގޭގައި. މަންމަ އަކަށް ނޭނގެ އެމީހުން ކިޔައިދޭކަށް. އެމީހުންނަށް ފޮނި އެއްޗެއް ވެސް ހަދައިދެން ވާނެ އިނގޭ!” މަންމަ އަހިސް ބުނެލިއެވެ. “އޭ މޮޔަ ގަނޑާ އުޅޭ ޕުޑިން ހަދަން. ދޯ؟” މައީ ބުނެލީ ވަރަށް ފޯރީގައެވެ. އަހަރެން މާރީ ބިސްކޯދުގައި ޕުޑިން ހެދުމަށް ޙިޔާލެއް ދިނުމާއި އެކު މައީ އާއެކޭ ބުނެ އަވަސްވެގަތީ ޕުޑިން އަށް ބޭނުންވާ އެއްޗެހި ފިހާރައަށް ގޮސް ގަންނާށެވެ. އަހަރެންނަށް އަދިވެސް އަންނަނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

ޕުޑިން ތައްޔާރު ކޮށްނިންމާފައި އަހަރެން އަވަސްވެގަތީ އެ އަންނަ ބަޔަކު އަންނަ ތަނަށްދާށެވެ. ގެއިން ނިކުމެގެން ދާން އުޅެނިކޮށް ކޮންމެވެސް މީހެއްގެ ގައިގާ ލައިގަތެވެ. ކާކުކަން އެނގުމުން އަހަރެންގެ ހިތް ސުވާލުތަކުން ފުރި ބާރުވިއެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amee_sher

Level 110 Stories

Other Articles

Previous

އެ ހުވަފެން – 8

Next

އަބަދަށް އެކުގައި 3

Next
February 19, 2022

އަބަދަށް އެކުގައި 3

Previews
February 18, 2022

އެ ހުވަފެން – 8



All Right Reserved!