Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި-2

Amee_sher Level 110 Stories
February 3, 2022 2 Mins Read
1 Comment

ފޯނާ ކުޅެން އޮއްވާ “ޝައީ” އޭ ކިޔާފަ މެސެޖަކުން ޢަލީ އަހަރެންނަށް ގޮވާލިއެވެ. އަދި މައިޝަންގެ ޖަވާބު ވެސް އަހަރެންނަށް ޙިއްޞާ ކުރިއެވެ. އެ މެސެޖު ކިޔާފަ އަހަރެންގެ ހިތް ކުދިކުދިވެ ވެއްޔާ އެކުވެގެން ދިޔަކަހަލައެވެ. އެ މެސެޖުގައި އޮތީ އަހަރެން އުންމީދު ކުރި ޖަވާބެއް ނޫނެވެ. ތިހީވީ ރަނގަޅަށެވެ. ޢަލީ ކޮށްފައިވާ މެސެޖުގައިވަނީ “މައިޝަން ބުނީ ނޫނެކޭ” މިހެންނެވެ.

މައިޝަންގެ އެ ޖަވާބު ލިބުމުން “ލޯބި” މި ލަފްޒު ދެކެ ވެސް އިންތިހާ ދަރަޖައަށް  އަހަރެންނަށް ނަފްރަތު ކުރެވުނެވެ.

ހިތާމައިގެ ދުނިޔޭގައި 1 މަސް ފާއިތު ވަމުން ދަނީއެވެ. މައިޝަން ފެންނާތީ ވެސް ހިތްދަތިކަން ވަނީ އިތުރެވެ. އެކަމަކު އަހަރެން މިހާރު މައިޝަނާ ދުރަށް ދާން ކިތަންމެހާ ވެސް ބޭނުމެވެ. ވަރަށް މަސައްކަތް ވެސް ކުރަމެވެ. މަސައްކަތަށް ކުޑަަ ނަމަވެސް ރަނގަޅު ނަތީޖާއެއްގެ އަލި އެޅެންފެށިއެވެ. އަލްޙަމްދުލިﷲ!

އާދުވަހަކަށް އިރު އެރި އިރު އަހަރެން އިނީ ނަމާދު ކޮށްގެން ލޯބީގެ ޖުމުލަ ކޮޅެއް ލިޔެލާށެވެ. އެއީ އަހަރެން ވަރަށް ކުރާ ހިތްވާކަމެކެވެ. އެހެން އިންދާ އަހަރެންގެ ކޮއްކޮ ‘މައީ’ ފަހަތުން އައިސް އަހަރެންގެ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. “ސާބަސް. މާ ވަރަކަށް ‘ލަވް ކުއޯޓްސް’ އަށް މޮޔަަވެެގެން އުޅޭތީ ތިހެންތިވީ.” މައީ ހެމުން ހެމުން އެހެން އެ ބުނެލީ މައިޝަންގެ ކަންތައް އިނގޭތީ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ. އަހަރެންވެސް ކޮއްކޮގެ ހިނިގަނޑާ އެއްބައި ވެލީމެވެ. “ހޫހޫހޫނނނނ… މަންމަ ހަޅޭލަވައި ނުގަންނަނީސް ބަދިގެއަށް ދާން ހިނގާ” މައީ ބުނެލިއެެވެ. އަހަރެން ވެސް އާއެކޭ ކިޔާފައި ކޮޓަރިން ނުކުތީމެވެ.

ބަދިގެއަށް ގޮސް މަންމައާ އެކު ސައި ހަދަން އުޅެފައި ދެން އަހަރެން ދިޔައީ މަގުމަތި ކުނި ކަހާށެވެ. ކުނި ކަހަން އުޅޭތަން ޝައްމާއަށް ފެނިގެން އައިސް މަޑުކޮށްލާފައި ބުންޏެވެ. “މިއަދުގެ ޝެޑިއުލް ކިޔާބަލަ!”. އަހަރެންނަށް ވިސްނުނެވެ. ކަމެއް ނެތިއްޔާ ޝައްމާ އެހެންއެއް ނާހާނެއެވެ. “މިއަދު ވަކި ޚާއްޞަ ކަމެއް ނެތް. ތި ވީގޮތެއް ބުނެލަބަލަ!” އަހަރެން ބުނެެލީމެވެ. އެއާއެކު ޝައްމާ ބުންޏެވެ. “ހޫން. އެހެންވެ ވާނެ މަށާ ޝާއީ އާއި ސައިހާއާ މިރޭ އޮންނަ ޝޯއަށް ދާން”. އަހަރެން އާއެކޭ ބުނުމުން ޝައްމާ ދަނީއޭ ބުނެ ދާން ހިނގައި ގަތެެވެ. އަހަރެން ވެސް ކުނިކަހާ ނިންމާފައި ގެއަށް ވަންނަން ހިނގައިގަތީމެވެ.

ދުވަހުގެ މަސައްކަތްތައް ކޮށް ނިމި ގަޑިން 21:15 ވީއެވެ. އަހަރެން ތައްޔާރު ވަމުން މިދަނީ މިރޭގެ ޝޯވއަށެވެ. 21:30ގައި ޝޯވ ފެށޭނެއެެވެ. އަަހަރެން ބޭރަށް ނިކުމެ މަޑުކޮށްލައިގެން ހުރީ ޝައްމާގެ އިންތިޒާރުގައެވެ. ފަހަތުން މީހަކު  އަހަރެންގެ ގައިގައި ކޮށްޓާލި ތަނާ ސިއްސައިގެންގޮސް ފަހަތަށް އެނބުރެވުނު ހިނދު އިތުރަށް އަހަރެން ދިޔައީ ސިއްސައިގެނެވެ. އަހަރެންގެ ފަހަތުގައި ހުރީ ޝައްމާ އާއި ސައިހާ ކުރެން މީހެއް ނޫނެވެ. އެއީީ ފުރާވަރަށް އަރައިފައިވާ ރީތި ރާޅު އިސްތަށި ގަނޑެއް ލިބިފައިވާ ޗާލު ފިރިިހެނެކެވެ. އެ ޒުވާނާ އަަހަރެންނާއި ހަމައަށް ހުއްޓިފައި އެއްކަކޫ މައްޗަށް ތިރިވެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amee_sher

Level 110 Stories

Other Articles

Previous

ލޯބިވާނަމޭ އުމުރަށް

Next

ޖޭއޯވަން 1

Next
February 3, 2022

ޖޭއޯވަން 1

Previews
February 3, 2022

ލޯބިވާނަމޭ އުމުރަށް

One Comment

  1. GUITAR LOVER says:
    February 3, 2022 at 6:42 pm

    nicee?❤️

Comments are closed.

Next Episodeތި ލޯބި-3←


All Right Reserved!