ހިނގަމުން ހިނގަމުން ދަނިކޮށް ދެ މީހުން ފެނުނެވެ. ފެންނަ ފެނުމަށް ވައްތަރުވަނީ ދެ ލޯބިވެރީންނަށެވެ. އަހަރެންނަށް އުފާވެރި ހިނިތުންވުމެއް މޫނު މައްޗަށް ގެނެވުނެވެ. އެ ދެ ލޯބިވެރީން ފެނުމުންނެވެ. އެ ފިރިހެން މީހާއި އަންހެން މީހަ ދަންނަ ވައްތަރެއް ޖަހައެވެ. ކާކު ބާވައޭ އަހަރެންގެ ހިތަށް އެރުމުން އެ ކާކު ކަން އެނގެން އަހަރެން ބޭނުން ވިއެވެ. އަހަރެންނަށް އެ ދެމީހުން އެނގުނެވެ. އަހަރެންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. މައީ އަށް އެ ދެމީހުން ދެއްކުމުން […]
އަހަރެން އެއަރޕޯޓަށް ދިއުމަށްފަހު ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމައިގެން އިންދާ ފުރަން ދިއުމަށް ގޮވަންފެށިއެވެ. އަހަރެން އަވަހަށް އަހަރެންގެ އެއްޗިހި ހިފައިގެން ފުލައިޓަށް އަރަން ދިޔައީމެވެ. ގިނަ އިރު ތަކެއް ނުވަނީސް ބަހުގެ އެހީގައި ފުލައިޓުގެ ދަތުރުވެރީން ފުލައިޓާ ހަމައަށް ގެންގޮސް ދިނެވެ. ބަހުން ފޭބުމަށްފަހު ފުލައިޓަށް އަރައިގެން އަހަރެމެންގެ ދަތުރު ފެށީމެވެ. އަހަރެންގެ ހަޔާތް އެކުއެކީ ބަދަލުވީކަމުގެ އިހުސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. އަންނަ މީހުންގެ ގިމަތައިން އަހަރެން ނިކުމެގެން އައި އިރު […]
ޖެހިގެން އައި ދުވަހެވެ. އަހަރެމެން އެންމެން ސުކޫލަށް ދިއުމަށް ނިންމީ އެއްކޮށެވެ. އާއެކެވެ. އިއްޔެ އެއްކޮށް އުލުނު ކުދިންތަކާ އެކުގައެވެ. ކުދިންތައް ތިބީ އެންމެން އެއްކޮށް ނޫނީ ނަތީޖާ ނުބެލުމަށް ނިޔަތް ގަނެގެން ކަހަލައެވެ. އާއެކެވ. އެކަކު ވެސް އެ ގަނޑެއް ނުބަލައެވެ. ނަމަވެސް އެންމެންނަށް ނަތީޖާ ލިބުމުން ގުނުމަށްފަހު އެންމެންގެ ގަނޑު ބަލައިލިއެވެ. އެއްބަޔަކު އުފަލުން ނަށަނީއެވެ. އަނެއް ބަޔަކު ބަސް ހުއްޓިފަ ޖެހި ބުދެއް ފަދައިން ހުއްޓުން އަރާފަ ހުރިއެވެ. ދެން ތބި މީހުން […]
6 ޖެހުމުގެ ކުރިން ފިލާވަޅު ހަދާ ނިމުމުން ޖައްސާލީ ކުޑަކޮށް އަރާމުކޮށްލާށެވެ. ނިދޭ ގޮތް ވުމުން އަވަހަށް ތެދުވީ ގަޑިއަށް ދެވޭ ގޮތް ނުވެދާނެތީއެވެ. ތެދުވެގެން އަހަރެން ދިޔައީ އެއްޗެއް ކެއުމަށްޓަކައެވެ. ކައިގެން ކޮޓަރިއަށް ވަދެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވައިގެން ގޮސްފިއެވެ. ނަމާދުކޮށްލައިގެން އާދައިގެ މަތިން ވާހަކައެއް ކިޔާލަން އިއްތާލީމެވެ. އިޝާއަށް ގޮވުމުން އަހަރެން އަވަހަށް ނަމާދުކޮށްލީމެވެ. ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވާން ފެށީމެވެ. ހަމަޖެހިލައިގެން ތައްޔާރު ވެވޭނީ އޭރުންނެވެ. ތައްޔާރުވާން ހުއްޓާ މީހަކު […]
ފުރަން ވަންނަ ގަޑި ޖެހިއްޖެއެވެ. ބޭނުން ނުވި ނަމަވެސް ވަގުތު އަހިސް ޖެހިއްޖެއެވެ. އަނީމަށް ސަލާމްކޮށް އެކޮޅަށް ދެވުނުހާ އަވަހަަށް ވައިބަރުން މެސެޖު ކުރާނަމޭ ބުނެ ދިޔައީމެވެ. ދެމީހުންނަށް ރޮވުނެވެ. އެތަކެއް ލޯބީގެ ވައުދާ އަހުދެއް އުފަން ކުރި ތަން ދޫކޮށް އަހަރެން މިދަނީ އަހަރެންގެ ޒަވާޖީ ހަޔާތަށް ޓަކައެވެ. އަހަރެންގެ ދެން ކުރިއަށް އޮތް ހަޔާތަށް ޓަކައެވެ. މިއަދަކީ އުފަލުން ވެސް އަހަރެންނަށް އެންމެ ގިނައިން ރޮވުނު ދުވަހެވެ. އެހެން ގޮތުންވެސްމެއެވެ. ވާނީމެސް އެހެންތާއެވެ. އެންމެ […]
ގޭ ޖޯލިފަތީގައި އަހަރެން އިށީނދެލައިގެން އިނީ އަނީމްގެ ފޯނަކަށެވެ. މާގިނަ އިރުތަކެއް ނުވެ މޫސުން ބަދަލުވާން ފެށިއެވެ. އަހަރެންގެ ހިތް ނުތަނަވާސް ވެގެން ދިޔައީ އަނީމްގެ ޚަބަރެއް އަދިވެސް ނުވާތީއެވެ. އެހެން ހުއްޓާ މަޢްރިބް ނަމާދުގެ ބަންގީގެ އަޑުން މުޅި ހިސާބުގަނޑުގެ ހިމޭންކަން ނައްތާލިއެވެ. އެ ވަގުތުވީ އަހަރެންގެ ފޯނުވެސް ރިންގުވި ވަގުތަށެވެ. ހިތުގެ ވިންދު އަވަސް ވެގެން ދިޔައީ އިންތިހާ ދަރަޖައަށެވެ. ފޯނު ނަގާ ބަލައިލީމެވެ. ފޯނަށް ގުޅަމުން ދަނީ ނުދަންނަ ނަމްބަރަކުންނެވެ. “ހަލޯ” އަހަރެން […]
ފާހަނައިން ނުކުމެ އަހަރެން ނަމާދަށް އަރަން އަވަސްވެގަތީމެވެ. ނަމާދުކޮށް ނިންމާފައި އަހަރެން އިށީންދެލީ ޤުރްޢާނުގެ މިންވަރެއް ކިޔަވާލުމަށްޓަކައެވެ. އެހެން އިންދާ އަހަރެންގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. “ހަލޯ…” އަހަރެން ބުނެލީމެވެ. ފޯނުން ވާހަކަ ދެއްކި މީހަ ބުނި ވާހަކައިން އަހަރެންގެ ބަސް ހުއްޓިގެން ދިޔައެވެ. އަހަރެންގެ ހުވަފެންތައް ފުރިހަމަ ވުމުގެ މަގު ފަހިވެގެން ދަނީއެވެ. “އަލްޙަމްދުﷲ!” ހިތާ ހިތުން އަހަރެންނަށް ބުނެލެވުނެވެ. “އާދެ. ޝައިމާގެ ކިޔެވުން މިމަހު 14ގައި ފެށޭނެ. […]
ހިނގަމުން ހިނގަމުން ގޮސް ފޭބީ އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ފެށިގެން ދިޔަ އަތިރި މައްޗަށެވެ. އަދި އަނީމް އަހަރެންނަށް ވަރަށް ލޯބިން ގޮވާލިއެވެ. ގޮވާލުމަށްފަހު ވާހަކަ އެއް ބުނަން ބޭނުން ކަމަށް އަނީމް ބުންޏެވެ. އަހަރެން އަނީމް ގާތު ބުނާށޭ ބުނެލި ހިނދު އަނީމް ބުނެލި ވާހަކަ ވީ އަހަރެން އަޑު އަހަން ބޭނުންވި ވާހަކަ އަކަށް ނުވިއެވެ. އާއެކެވެ. އަނީމްމެންގެ ރަށް ރ.މީދޫއަށް ދާން ޖެހުނީއެވެ. އަނީމްގެ އެ ވާހަކަ އިވުމާއި އެކު އަހަރެންގެ […]
4 މީހުން އެއްކޮށް ގޯތި ތެރެއަށް ވަދެ މިސްރާބު ހުރީ ކާގެއަށެވެ. ކާގެއަށް ވަދެފައި އަހަރެންނަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑި އާ ދިމާލަށެވެ. ގަޑިން 9 ޖަހަނީއެވެ. “މިހާރު އެ 9 ޖަހަނީ…. އިރުކޮޅެއް ވަންދެން ތިބެވިއްޖެ ދޯ ބޭރުގަ ވާހަކަ ދައްކަން..” މަޖާ ވެފައި އެހެން ބުނެލި ހިނދު އެކަކު ވެސް ހިނިތުން ވުމެއް އަހަންނަކަށް ހިއްސާއެއް ނުކުރިއެވެ. އަހަރެންގެ ހިތށް އެރިއެވެ. އަނެއްކާ އަހަރެންނަށް ގޯސް ކޮށް ކަމެއް ކުރެވުނީ ނޫން ބާވައެވެ. އެއްވެސް […]