Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި-3

Amee_sher Level 110 Stories
February 7, 2022 3 Mins Read
0 Comments

….އަހަރެން ބޭރަށް ނިކުމެ މަޑުކޮށްލައިގެން ހުރީ ޝައްމާގެ އިންތިޒާރުގައެވެ. ފަހަތުން މީހަކު އަހަރެންގެ ގައިގާ ކޮށްޓާލި ތަނާ ސިއްސައިގެންގޮސް ފަހަތަށް އެނބުރެވުނު ހިނދު އިތުރަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ފަހަތުގައި ހުރީ ޝައްމާއި ސައިހާ ކުރެން މީހެއް ނޫނެވެ. އެއީ ފުރާވަރަށް އަރައިފައިވާ ރީީތި ރާޅު އިސްތަށިގަނޑެއް ލިބިފައިވާ ޗާލު ފިރިހެނެކެވެ. އެ ޒުވާނާ އަހަރެންނާާ ހަމައަށް ހުއްޓިފައި އެއްކަކޫ މައްޗަށް ތިރިވެލިއެވެ. ހުރެވުނު ތަން ވެސް ނޭނގުނެވެ. އަހަރެންނަށް އޮޅުން އެރިއެވެ. މިވަނީ ކީއްބާއޭ ވެސް ހިތަށް އެރިއެވެ. ބުދެއް ފަދައިން ހުއްޓުން އަރާފަ ހުރުމުން އެ ޒުވާނާ އަހަރެންްނަށް ހިނިތުން ވުމެއް ރައްދު ކޮށްލުމަށްފަހު ތެދުވެ އަހަރެނާއި ތަންކޮޅެއް ކައިރިވެލައިފަ “ޑެއާއެއް އިނގޭ!” މިހެން ބުނެލަައިފާ ހިނގައްޖެއެވެ. އެ ޒުވާނާގެ ފަހަތުގައި އެހެން ބަޔަކު ތިބިކަން އަހަރެންނަށް ރޭކާލީދެނެވެ. އެ މީހުން ހަަމަ ދިޔަތަނާ ޝައްމާއި ސައިހާ އަހިއްސިއެވެ. އަދި ސައިހާ ފާޑަކަށް ހެވިފަ ހުރެ “އެ ސޮރަށްދިން ޖަވާބު ބެނެބަލަ ދޯ” މިހެން ބުނެލިއެވެ. ހަމަ ބުނުމާއި އެކު ޝައްމާ އާއި ސައިހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއްވެސް އެއްޗެއް ނުބުނަން ކަމަށް ބުނެ އަހަރެން ހިނގައިގަތުމުން އެ 2 މޮޔައިން ވެސް އަހަރެންގެ ފަހަތުން ޝޯވ ކުޅޭ ތަނަށް ދާން ހިނގައިގަތެވެ.

ޝޯވ ކުޅޭ ތަނަށް ދެވުނުއިރު ޝޯވގެ ފުރަތަމަ ލަވަ ނިމިއްޖެއެވެ. ޝޯވ ދެނީ އެހެން ރަށެއްގެ ބައެކެވެ. ޝޯވ ދޭން އުޅޭ މީހުނަށް ރަނގަޅަށް ނަޒަރު ހިންގައިލި ހިނދު ފެނުނު މީހެއްގެ ސަބަބުން ދެ ލޯ ކާއްޓެކޭ އެއްވަރަށް ބޮޑުވެގެން ދިޔައީ ފެނުނު މީހެއްގެ ސަބަބުންނެވެ. އެއީ އެއްކަލަ ޒުވާނާއެވެ. ގޯތި ކައިރިން ދިމާވި ޒުވާނާއެވެ. އެ ޒުވާނާ ހުރީ އަހަރެނާއި ދިމާލަށް ބަލާށެވެ. އެ ވަގުތު ކިޔަމުން އަންނަ ނަލަ ލަވައަށް ނަށަން ތިބި މީހުނާއި ދިިމާލަށް އަވަސް ގޮތަކަށް ބަލައިލީމެވެ. ޝޯވ ވަރަށް ވެސް ފޯރި ގަދައެވެ.

އެ ފޯރިގަދަ ވަޤުތު ނިންމަން މިހާރު ކުރިއަށް އެ ގެންދަނީ ޝޯވގެ އެންމެފަހު ލަވައެވެ. އަހަރެނާއި ޝައްމާ އާއި ސައިހާ ވެސް އެންމެފަހު ލަވަ ވީމަ ނަށާލަން އެރީމެވެ. “މި  ޝޯވ ދެން ދަނީ ދަނީ…. މި ޝޯވ ނިންމާލަނީ!” ޝޯވގެ ފަހު ލަވަ ވެސް ވަރަށް ނަލަ އެވެ. ޝޯވ ނިންމާލުމަށް އެއްކަަލަ ނުދަންނަ ޒުވާނާ ވާހަކަ ދައްކަމުން ދިޔައީ މައިކުނެވެ. ޝޯވ ނިމުމުން ގެއަށް ދާން ހިނގައިގެން ހިނދު ސިއްސައިގެން ދިޔައީ “ޝައީ” އޭ ކިޔާ ގޮވަން ފެށުމުނެވެ. އަހަރެމެން ފަހަތަށް ބަލައިލި ހިނދު ފެނުނީ އެއްކަލަ ޒުވާނާ އަހަރެމެންނާ އަރާ ހަމަކުރަނިކޮށެވެ. އަދި އަހަރެންނަށް އެކަހެރި ކޮށް ވާހަކަ ދައްކަން ބޭނުން ކަމަށް ބުނުުމުން ޝައްމާ އާއި ސައިހާ ދުރަށް ޖެހިލީ ކަރު ކެހިލުމަށްފަހު ހިނިތުންވުމެއް ރައްދު ކޮށްލާފައެވެ. އެ ހިނިތުންވުުމުގެ މާނަ އަހަރެންނަށް އެނގެއެވެ.

އެ ޒުވާނާ އެހެން ބުނެލުމުން އަހަރެން އެ  ޒުވާނާއަށް ވާހަކަ ދައްކަން ފުރުސަތެއް ދިނީމެވެ. އެ ޒުވާނާ ‘އަނީމް’ގެ ނަމުން އަހަރެންނަށް ތަޢާާރަފު ވެލުމުން އަހަރެންނަށް ކިޔަނީ ‘ޝައިނާ’ އޭ ބުނެ ޖަވާބު ދާރީވެލީމެވެ. އެ ޒުވާނާ އެކުވެރި ކަމަށް އެދުނެވެ. އަހަރެން ވިސްނާލުނަށްފަހު އާނ ބަސް ދިނީމެވެ. އަނީމް ހިނިތުން ވެލުމަށްފަހު އަހަރެންނަށް ގުޅޭނެ ނަންބަރަކަށް އެދުމުން ނަންބަރު ދިނީމެވެ. އަދި އަހަރެންގެ އެކުވެރިންނަށް މިހާރު ލަސް ވާނޭ ބުނެ ހިނިތުން ވެލަމުން ޝައްމާމެން ކައިރިއަށް ދާން ހިނގައި ގަތީމެވެ.

“ތި ފޮޅުވާލި މަލުގެ އިބާރާތްތައް އަހަރެމެންނަށް ހިއްސާކޮށްލިޔަސް ރަނގަޅު ވާނެހެން ހީވަނީ… ހެހެ..” ޝައްމާ އެހެން ބުނެލުމުން ސައިހާ އާއެކޭ ބުނެ ހޭން ފެށިއެވެ. އަހަރެން އެ 2 މީހުންނަށް ސާބަސްދީ އަހަރެނާއި އަނީމާ ދެމެދު ދެކެވުނު ވާހަކަތައް ހިއްސާ ހުރުމުން 2 މީހުުން ހޯ ލައްވަން ފެށިއެވެ. އަހަރެންނަށް ވެސް މަޖާވިއެވެ. ސަކަރާތުގައި ގެއަށް ގޮސް ވަނީ 2 އެކުވެރިންނަށް ރޭގަނޑުގެ ފޮނި ޖުމުލަ ކޮޅެއް ދީފައެވެ. އޭރު ގަޑިން 12 ޖަހަން އުޅެއެވެ. އަވަސް ކޮށްލައިގެން އޮއްތީ ނިދާށެވެ.

“ފޮނި ގަނޑާ ތެދުވޭ” މައީ އަހަރެންނަށް ފަތިހު ގޮވާލިއެވެ. ތެދުވެގެން އަހަރެން ދިޔަ ގޮތަށް ދިޔައީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެ ފާޚާނާކޮށް ދަތް އުނގުޅައި ވުޟޫ ކޮށްގެން ނުކުމެ ނަމާދު ކޮށްލީމެވެ. ނަމާދު ކޮށް ނިމުމުން އަވަސްވެގަތީ މަންމައާ އެކު ބަދިގެއަށް ދިއުމަށެވެ. ބަދިގެއަށް ވަދެ ރޮށި ކޮޅެއް ފިހެލައި ބަޓާނާގައި މަސް ހުނި ކޮޅެއްް ތައްޔާރު ކޮށްލުމަށްފަހު ބަދިގެއިން ނުކުމެ އިލޮށި ފަތި ނަގައިގެން ކުނި ކަހަން ބޭރަށް ނުކުމެލި ވަގުތު އަނީމް ގެއާ ހަމަވަނީއެވެ. އަހަރެން ފެނުމުން ގޮވާލުމަށްފަހު ޙާލު އަހާލިއެވެ. އަހަރެންގެ ޙާލު ރަނގަޅޭ ބުނެ އަނީމްމެން ރަށަށް ދަނީ ކޮންއިރަކުންތޯ އަހާލުމުން މިއަދު ހަވީރު 5 ޖަހާއިރު ފުރާކަަމަށް އޭނާ ބުނިއެވެ. އަދި ފުރުވާލަން ދިއުމަށް ދަޢުވަތު ދިިނުމުން އަހަރެން އެ ދަޢުވަތު ޤަބޫލުކުރީ އަނީމަކީ މިހާރު  އަހަރެންގެ އެކުވެރިއަކަށް ވާތީއެވެ. އަނީމް އޭނާ ހުންނަ ގެ ކަމަށް ބުނާ ގެއަށް ދިއުމަށް މިސްރާބު ޖެހުމުން އަހަރެން ކުނިކަހަން ފެށީމެވެ.

ސައިހާއަށް އެ ވާހަކަ ހިއްސާކޮށް ސައިހާއާ އެއްކޮށް ދާން ނިންމީ މިއަދު ޝައްމާ ކުޑަކޮށް ބަލި ކަަމަށް ބުނުމުންނެވެ. ބަނދަރަށް ދެވުނުއިރު 16:55 އެވެ. އަނީމް ފެނުުމުން އަނީމް ގާތަށް ގޮސް ސަލާމް ކޮށްލީމެވެ. އިރާދަކުރެއްވިއްޔާ އަދި ދިމާވާނެ ކަމަށް ބުނެ އަނީމް ލާންޗަށް އަރަން ދިޔައެވެ.

ގަޑިން 18:12 ހިނގިއިރު އަހަރެން  ހުރީ ގޭގައެވެ. އޭރު އިރުއޮއްސި ބަންގި ގޮވައިފިއެވެ. އަހަރެން ނަމާދު ކޮށްލައިގެން ދިޔައީ ކާގެއަށް ކާށެވެ. ކައިގެން އައިސް ‘އެސްފިޔަ’ ވާހަކަ ސައިޓުން ވާހަކަ އެއް ކިޔަން އިށީނދެފައި އިރުކޮޅެއް ފަހުން ބަންގީގެ އަޑު އިވުމުން ނަމާދަށް ތައްޔާރު ވެލައިގެން ނަމާދަަށް އެރީމެވެ. ނަމާދު ކޮށްލައިގެން މައިކޮޓަރި (ސިޓިންގރޫމް) އަށް ދިޔައިރު މައީ އިނީ ކޮރެއަން ޑްރާމާއެއް ބަލާށެވެ. ދެން އިނދެވުނީ ކޮއްކޮއާ އެކު އެ ޑްރާމާ ބަލާށެވެ. އެ ބަލާ ނިމުނުއިރު 22:30 ވެފައި ހުރުމުން އަވަހަށް ދިޔައީ ނިދަން އޮށޯންނަން ތައްޔާރު ވުމަށް ފާޚާނާާއަށެވެ.

ފާޚާނާއިން ނިކުމެ އޮށޯތީ ނިދުމުގެ ނިޔަތުގައެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އަނީމް މަތިން ހަނދާންވެ އަނީމާ ދޭތެރޭ ވިސްނަން އޮވެވުނެވެ. ދުވަހަކުވެސް މައިޝަނާ އެއްވެސް ފިރިހެނަކާ އަޅާނުކިޔާ އިރު އަނީމާ އަޅާ މިކިޔެނީ ކީއްވެގެން ބާއެވެ؟ އަަހަރެންނަށް ވިސްނެން ފެށުނެވެ. މައިޝަނާ ދޭތެރޭ ނުވިސްނޭ ވަރަށް ވިސްނެން ފެށުނެވެ. މިވެވެނީ ލޯބި ބާއެވެ!

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amee_sher

Level 110 Stories

Other Articles

Previous

އެ ހުވަފެން – 6

Next

ތިޔަ ހިތުން ޖާގަ އެއް އެދެމޭ – 5 ފަހުބައި

Next
February 7, 2022

ތިޔަ ހިތުން ޖާގަ އެއް އެދެމޭ – 5 ފަހުބައި

Previews
February 7, 2022

އެ ހުވަފެން – 6



All Right Reserved!