Skip to content
އެސްފިޔަ

ވިހަ ލޯބި

ފުރާވަރުގެ ދުވަސްވަރު ލޯބީގެ އެތަކެއް ވަޢުދުތަކަކާއި ހުވާތަކެއްކޮށް ވަކިވި ނުހައިކް އާއި ޒީކް އަނެއްކާވެސް ދިރިއުޅުމުގެ މައިދާނުގައި ދިމާވެއެވެ. އެކަކު އަނެކަކަށްޓަކައި ހިތުގެ ކަނެއްގައި ފަސްއަޅައި ވަޅުލައިފައިވި ލޯބި އަނެއްކާވެސް މަޑުމަޑުން ފޮޅިގެންދެއެވެ. ނަމަވެސް އެކަކު އަނެކަށްޓަކައި ނަފުރަތުގެ ހުޅުގަނޑެއް ރޯވެފައިވުމާއިއެކު ދެމީހުންވެސްދަނީ ހިތުގެ އެ ބުނުމަށް އިންކާރުކުރަމުންނެވެ. ބޭރުފުށުން ލޯބި ދައްކަމުން ދާ ނަމަވެސްމެއެވެ. ނުކުރުމަށް ހިތް އެދި ގޮވާ އެތަށްކަމެއް ކުރަމުން ދާ ނުހައިކް އާއި ޒީކްގެ ހިތްތަކުގައި އެކަކު އަނެކަކަށްވަނީ ވިހަ ލޯތްބެކެވެ. މި ލޯބީގެ ސަބަބުން އެކަކު އަނެކަކުގެ ދިރިއުޅުން މަޑުމަޑުން ހަލާކުވަމުންދެއެވެ. އެކަކު އަނެކަކަށް ބޯންދެވޭ ވިހައެއް ފަދައިންނެވެ…

 

ސަލާމް…

އަޅުގަނޑު 2 އަހަރަށްފަހު އަނެއްކާވެސް އަލުން ވާހަކަ ލިޔެ، ކިޔުންތެރީންނަށް ހިއްސާކުރެވެން ފެށުމަކީ އަޅުގަނޑު ވަރަށް އުފާކުރާކަމެކެވެ. ކުރިން އެކި ނަންނަމުގައި ވާހަކަ ލިޔުނު ނަމަވެސް މިފަހަރު އަސްލު ނަމުން ވާހަކަ ލިޔުމަށް އަޅުގަނޑު މި ނިންމި ނިންމުމަކީ ވަރަށް ބޮޑު ނިންމުމެކެވެ. ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއްކަމަށް ވެފައި ކުރިމަތިވި ކުޑަ ކަމަކާއި ގުޅިގެން ވާހަކަ ލިޔުން މެދުކަނޑައިލަން ޖެހުމަކީ އަޅުގަނޑު ވަރަށް ހިތާމަކުރި ކަމެކެވެ. ނަމަވެސް އަލުން ވާހަކަ ލިޔަން ފެށުމަކީ އަޅުގަނޑަށް އޭގެ ސަބަބުން ކިޔުންތެރީންގެ ސަޕޯޓްލިބޭނެ ކަމެއްކަމަށް އުންމީދުކުރަމެވެ.

އިންޝާ ﷲ، ‘ވިހަ ލޯބި’ މި ވާހަކައިގެ ފުރަތަމަ ބައި މި އަންނަ ހަފުތާގެ ހޯމަ ދުވަހު (17 ފެބްރުއަރީގައި) ނެރެވިގެންދާނެއެވެ. މި ވާހަކައަކީ ކިޔުންތެރީންނަށް ކަމުދާނެ ވާހަކައެއްކަމަށް އުންމީދުކުރަމެވެ. އެއްވަނަ ބަޔަށް އިންތިޒާރުކުރައްވާ!

އިތުރު މައުލޫމާތު:

ވާހަކަ އިންސްޕޯ ފްރޮމް (ROSÉ – toxic till the end)

Comments (6)

  1. Zozo!

    Good luck with your story!
    Heekuran thi liyan ulhey vaahaka interesting vaanehen!

    1. af.shyn
      Zozo!

      Thank you sm <33

  2. O

    Love it, waiting for the first part❤️

    1. af.shyn
      O

      Thank you. Will be released soon, IA 🫶🏼

  3. Ghost girl 👻

    Waiting waiting vrh reethi vaane hn heevey thi story ge namah balaalaafa ves 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻

    1. af.shyn
      Ghost girl 👻

      Thank youuu 🫶🏼

Comments are closed.