Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 2

afu.shvvn
afu.shvvn Level 110 Stories
February 22, 2025 5 Mins Read
6 Comments

އިށީނދެ ތިބި ދެ ޒުވާނުން ތިބީ އެ ދެކުދީންނަށް ފުރަގަސްދީގެން ކަމުން ޒީކްއަށް އެއިން މީހެއްގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އަލްޔާ ދިޔަގޮތަށް ގޮސް ހުދު ކުލައިގެ ޓީޝާޓެއް ލައިގެންއިން ޒުވާނާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. އެއާއިއެކު އޭނާ މޫނު އަނބުރައިލިއެވެ. އެ ޒުވާނާގެ މޫނު ފެނުމާއިއެކު ލިބުނު ހައިރާންކަމެއްގެ ސަބަބުން ޒީކްގެ އަތުގައި އޮތް ފޮތްބޮނޑި އަތުން ސޮހިގެން ވެއްޓުނެވެ. އެ ޒުވާނާ ޒީކްގެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭނާގެ މޫނުމަތިން ހައިރާންވިކަމުގެ އެއްވެސް ނިޝާނެއް ނުފެނުމުން ޒީކްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެއާއިއެކު އޭނާގެ ކައިރީގައި އިށީނދެއިން އަނެއް ޒުވާނާވެސް ތެދުވެލިއެވެ.

“ނު..ހައިކް؟” ޒީކްގެ ދުލުން ބޭރުވި އެ ނަމާއިއެކު އެ ޒުވާނާގެ ޒީކްގެ ފައިން ފެށިގެން ބޮލަށް ލަސްލަހުން ނަޒަރު ހިންގައިލިއެވެ.

“ލޯންގް ޓައިމް ނޯ ސީ، ޒީކް.” ދެ ޖީބަށް އަތް ޖަހައިލި ނުހައިކް ޒީކްއަށް ހަދިޔާކޮށްލީ ފަނޑު ހިނިތުންވުމެކެވެ.

ކުލާހުގައިއިން ޒީކްއަށް އަދިވެސް ވިސްނެމުން ދިޔައީ މީގެ ހިނދުކޮޅެއްކުރިން ހިނގައިދިޔަ ކަންތައްތަކާއި މެދުގައެވެ. ނުހައިކްއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ، ޔާނިއުއާއި އަލުން ބައްދަލުވެދާނެކަމަށް ހީނުކޮށް ހުއްޓައި އަލުން ބައްދަލުވުމުން އޭނާ އަދިވެސްހުރީ ކުޑަ ޝޮކެއްގެ ތެރޭގައެވެ. އެންމެ ބައްދަލުކުރަން ބޭނުންނުވި މީހާއާއި ކޮލެޖުގެ އެންމެ ފުރަތަމަ ދުވަހު ބައްދަލުވުމުން އޭނާވީ އަމަށަކު ފޫއްސެއްނޫނެވެ.

ބައްދަލުވުމާއިއެކު ދެމީހުންގެ ޢަމަލުތައްހުރި ގޮތުން އަލްޔާ ސުވާލުކުރިއެވެ. ނަމަވެސް ދެކޮނޑު އަރުވާލައި އެއީ ކުރީގެ ކްލާސްމޭޓެއްކަމަށް ބުނެ، ނުހައިކް ފުއްދައިލީއެވެ. ޒީކް އެކަމަށް އެއްބަސްވި ނަމަވެސް ހަޤީޤަތް އެނގޭނީ މަދު ބަޔަކަށެވެ. ފުރާވަރުގެ ދުވަސްކޮޅު ދެމީހުންގެ ދެ މެދުގައި ހިނގައިދިޔަ ލޯބީގެ ގުޅުމަކީ ޒީކްގެ ނަޒަރުގައި “މިސްޓޭކް” އެކެވެ. ކުށެކެވެ. އެ ގުޅުމެއްގެ ސަބަބުން އެތަކެއް ބަޔަކަށް އޭގެ ނުބައި އަސަރު ފޯރުވި، ދެމީހުންގެ އަމިއްލަ ނަފުސުތަކަށްމެ ވިހަކަން ގަދަވެ، ދިރިއުޅުން އެކަށް ހަލާކުކޮށްލި ގުޅުމެކެވެ.

ލޮލުގެ ހިމަކޮޅުން ތަންކޮޅެއް ފަހަތުގައިއިން ނުހައިކްއަށް ޒީކް ބަލައިލިއެވެ. އެ ކަޅުކަންގަދަ ތޫނު ނަޒަރާއި އޭނާގެ ދެލޯ ބައްދަލުވުމާއިއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް ހިންދިރުވައިލަމުން ކުރިމަތި ބަލައިލިއިރު، އޭނާގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. އޭނާ ފަހަތަށް ބެލީކީ ނުހައިކް ބަލަން އިންނާނެކަމަކަށް ނޫނެވެ. ކުޑަކޮށް ލަދުގަތް ނަމަވެސް ފުން ނޭވާއެއްލުމަށްފަހު ލެކްޗަރާރ ދައްކަމުންދިޔަ ވާހަކަތަކަށް ޒީކް ސަމާލުކަން ދިނުމަށް މަސައްކަތްކުރިއެވެ. ނުހައިކްގެ ޚިޔާލުތައް ސިނކުޑިން ބޭރުކޮށްލުމަށް އުނދަގޫވާނެކަން އެނގުނު ނަމަވެސްމެއެވެ.

ދެ ކުލާސް ޖެހިޖެހިގެން ކިޔެވުމަށްފަހު ބްރޭކް ލިބުނެވެ. ދަބަހަށް ފޮތްތައް އެޅުމަށްފަހު ތެދުވެ ދިއުމަށް އެނބުރުނު ޒީކް ހުއްޓުމަކަށްއައީ ކުރިމަތިން ކުއްލިއަކަށް ފެނުނު ތަނަވަސް މޭމައްޗާއިއެކުގައެވެ. އޭނާ އިސް އުފުލައި ބަލައިލިއިރު ހުރީ ނުހައިކްއެވެ.

އުމުރުން ނަވާރަ އަހަރު ފުރިފައިވާ ނުހައިކްއަކީ ހަޑި ޒުވާނެއް ނޫނެވެ. އެންމެ ރީތި ނޫންކަމުގައިވިޔަސް އަދި ކޮންމެ އަންހެން ކުއްޖަކަށް ރީތިނުވި ކަމުގައިވިޔަސް ހިތް ދަމައިގަންނަފަދަ ގޮތެއް ހުރެއެވެ. ކުރިން ހުރި ކަޅުކަންގަދަ ރާޅުބާނީ އިސްތަށިގަނޑު ކުޑަކޮށް ދިގުވެލައިފައި ހުރިއިރު އެ އިސްތަށިގަނޑުގެ މަޑުކަން އިހުސާސްކޮށްލުމަށް ޒީކްގެ ހިތް އެދެމުން ދިޔައެވެ. އަދިވެސް އެ ކަޅުކަންގަދަ ތޫނު ދެލޮލުގައިވަނީ ހަމަ އެ ގޮތް ނޭނގޭ ވިދުވަރެވެ. މާކަ ބޮޑަށް ޖިމަށް ނުދިޔަ ކަމުގައިވިޔަސް ފުޓުބޯޅަ ކުޅުމުގެ ސަބަބުން އެ ހަށިގަނޑުވަނީ ކުރިއަށްވުރެ ވަރުގަދަވެލައިފައެވެ. ކުރިއަށްވުރެ ބައިމަތި ފުޅާވެ، ދިގުވެލައިފައި ހުރިހެންވެސް ހީވެއެވެ.

ޚިޔާލުތަކުން ޒީކްއަށް ބޭރުވެވުނުއިރު ކުލާހުން ހުރިހާ ކުދިންހެން ނިކުމެއްޖެއެވެ. އެތާ ތިބީ އެ ޒުވާނުން އެކަންޏެވެ. ކަންނެތް ގޮތަކަށް އަތް އުފުލައިލަމުން ނުހައިކް ޒީކްގެ ކޮނޑު މައްޗަށް ވެއްޓިފައި އޮތް ފަން އިސްތަށިކޮޅާއި ކުޅެލިއެވެ. ކިތަންމެ ވަރަކަށް ދުރުވާން އުޅުނު ނަމަވެސް ޒީކްއަށް އެކަންވީ ކުރަން އުނދަގޫވި ކަމަކަށެވެ.

“ކީތްވެ އިސްތަށިގަނޑުގަ ކަޅުކުލަ ޖެއްސީ؟” ނުހައިކް ކޮއްލީ ސުވާލެކެވެ.

“ހަހް..” ޒީކްހުރީ ދޭންވި ޖަވާބެއް ނޭނގި، ހުއްޓުން އަރައިފައެވެ.

“ބްރައުން ސޫޓްސް ޔޫ ބެޓާރ.” ޒީކްއަށް ވީ ގޮތް ފެނި، ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިވިއެވެ.

އެއްެއިރެއްގައި އެ ހިނިތުންވުން ޒީކްގެ ހިތަށް ހިތްހަމަޖެހުން ގެނަސްދިނީހެވެ. ނަމަވެސް މިއަދު އެ ހިނިތުންވުން ފެނި، އޭނާއަށްވީ އުނދަގުލެވެ. ހިތްވަރެއްކޮށްލައި ފަހަތަށް ޖެހިލަމުން އޭނާ ކުރިއަށްވުރެ ބޮޑަށް އިސް އުފުލައިލައި ލޯ އަޅައިލިއެވެ. އެއާއިއެކު ނުހައިކްގެ ހިނިތުންވުން މަޑު ހުނުމަކަށް ބަދަލުވެގެން ދިޔައެވެ.

“ޔޫ ހެވެންޓް ޗޭންޖްޑް އެޓް އޯލް، ޒިޒީ.” މަޑުމަޑުން ޒީކްގެ ބޮލުގައި ފިރުމައިލުމަށްފަހު ނުހައިކް އެނބުރި، ކުލާހުން ނިކުތީއެވެ.

“ޒިޒީ..؟” އަމިއްލަ ބޮލުގައި އަތްލުމާއިއެކު ޒީކްއަށް ބަލައިލެވުނީ ނުހައިކް ދިޔަ ދިމާލަށެވެ.

ދެވަނަ ސިކުންތުގައި ދެފަރާތަށް ބޯ ހޫރުވައިލަމުން އަވަހަށް ފޮތްތައް ހިފައިގެން އޭނާވެސް ނިކުތީއެވެ. ހުރިހާ ކުލާސްތަކެއް ނިމުނުއިރު ގަޑިން ތިންގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ. ކޮލެޖްގެ ގޭޓް ކައިރީގައިހުރި ޒީކްއަށް ޗުސް ތަޅާލެވުނީ އަލްޔާ ގްރުޕް ޕްރޮޖެކްޓްއަކަށް މަޑުކުރަންޖެހޭ ކަމަށް ބުނެ، އޭނާއަށް މެސެޖުކުރުމުންނެވެ. އުޝާންވެސް މާ ބުރަކޮށް އުޅޭ ގަޑިއެއްކަމުގައި މާ ކުރިން ބުނެފައިވުމުން އޭނާއަށް ގުޅާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ކާރެއް އަތުޖެހޭތޯ މަސައްކަތް ފެށިއެވެ. ގަޑިން ހަތަރެއް ޖަހައި ބޮޑުވިއިރުވެސް، ޓެކްސީއެއް އަތުޖެހޭ ގޮތެއް ނުވިއެވެ.

ގޮތް ހުސްވެފައިހުރި ޒީކް ސިހުނީ އޭނާގެ ކޮނޑުގައި މަޑުމަޑުން މީހަކު ކޮއްޓައިލުމުންނެވެ. ފަހަތް ބަލައިލިއިރުހުރީ ނުދަންނަ އަންހެން ކުއްޖެކެވެ. ބުރުގާ އަޅައިގެންހުރި އެ އަންހެން ކުއްޖާ އެހާ ދޮން ނުވިކަމުގައި ވިޔަސް ބަލައިލަން ނުހަނު ރީއްޗެވެ. އަޅައިގެންހުރި ވަށް ނަންބަރު އައިނު ރަނގަޅުކޮށްލަމުން އެ އަންހެން ކުއްޖާ ހީލިއެވެ.

“ތިހެން މިތާ އަތް އުކަން ހުއްޓަސް މި ވަގުތު ކާރެއް ލިބޭ ގޮތެއް ނުވާނެ. މީ މާލެ ވިއްޔަ. މިތާ ކައިރީގައި ހުންނާނެ ބަސް ސްޓޮޕްއެއް. އާދޭ ބަހުން ދާން؟” އެ އަންހެން ކުއްޖާ ބުނެލިއެވެ.

“އެންމެ ރަނގަޅު. ކޮން ނަމެއް ކިޔަނީ؟ މީ ޒީކް. ޒީ ކިޔަސް މައްސަލައެއް ނެތް.” އެ ކުއްޖާ އާއިއެކު ހިނގައިގަންނަމުން ޒީކް ބުނެލިއެވެ.

“މަލްކާ. މަލޫ ކިޔަސް އޯކޭ. އަހަރެންނަށް ވަރަށް ފާހަގަވި މިއަދު ޒީކް. އަހަރެން ކިޔަވާ ހުރިހާ ކްލާހެއް ޒީކް ކިޔަވާ. އަލަށް އައި ކުއްޖެއް ދޯ؟” ބަސް ސްޓޮޕް އާއި ހަމައަށް އާދެވުމާއިއެކު އެތާ ހުރި ބެންޗްގައި ދެކުދިން އިށީނެވެ.

“އާނ. ބޭރުގަ ދެ އަހަރުވަންދެން އުޅެއުޅެފަ އިއްޔެ ރާއްޖެ މި އައީ.” ޒީކް ހީލަމުން ބުނެލިއެވެ.

“އޯހް. ޒީގެ ފްރެންޑްސް ނުހުރޭތަ މިކޮޅަކު؟” މަލްކާ ޝައުޤުވެރިވެފައި އަހައިލިއެވެ.

“ނޫން. ނުހުރޭ. އަހަރެން ބޭރަށް ދިޔަ ފަހުން ފްރެންޑްސް ކޮޅު މަޑުމަޑުން އަހަރެންނާ ވާހަކަދެއްކުން މަދުވަމުން މަދުވަމުން ގޮސް އެންމެ ފަހުން އެއްކޮށް ދުރުވީ. އޭގެ ފަހުން އަހަރެންގެ ނުހުރޭ އެއްވެސް ފްރެންޑެއް.” ޒީކްގެ ވާހަކަ އަޑުއިވިފައި މަލްކާ ޒީކްއަށްޓަކައި ހަމްދަރުދީވިއެވެ.

“އަޅޭ! ހާދަ ފޭކު ބަޔެކޭ. ތި ކަހަލަ ކުދިންނާ ނުވާނެއެއްނު ރައްޓެހިވާކަށް.” މަލްކާ ދެފަރާތަށް ބޯ ހަލުވައިލަމުން އެހެން ބުނެލިއިރު ބަސް އައިއްސިއެވެ.

“ހަހަހަ. ދޯ؟” ޒީކްއާއި މަލްކާ ބަހަށްއަރައި ހަމަޖެހިލިއެވެ.

“އާނ. ހާސްނުވޭ ދެން. އަހަރެން މިހުރީ ޒީގެ ފްރެންޑްއަކަށް. އިންޝާﷲ، އެކަހަލަ ކަމެއް ނުކުރާނަން. ހުޅުމާލޭގަތަ ހުންނަނީ؟” މަލްކާ އެއްސެވެ.

“ތެންކްސް. ހްމްމްމް. ހުޅުމާލޭގަ. މަލްވެސް ތަ؟” ޒީކްގެ އެ ސުވާލަށް މަލްކާ ހިނިއައިސްފައި އިނދެ ބޯ ޖަހައިލިއެވެ.

ބަހުގައި އިނދެ ދެކުދީންގެވެސް އެކުވެރިކަން ބަދަހިކުރަމުން ގުޅޭނެ ނަންބަރު ބަދަލުކޮށްލިއެވެ. ބަސް ހުއްޓުމާއިއެކު ދެކުދިންވެސް ފޭބީ އެކުގައެވެ. ކަން ދިމާކުރިގޮތުން ދެކުދިންގެ ގެވެސް ނުހަނު ކައިރިއެވެ. ފަހުން ބައްދަލުވާނޭކަމަށް ބުނެ، ވަކިވެލަމުން ޒީކް މިސްރާބުޖެހީ ގެ އާއި ދިމާލަށެވެ.

ގެއަށް އައިއިރު ގޭގައިވަނީ ހުސްކަމެވެ. ނާޒިމާވެސް އޭނާގެ ވަޒީފާއަށް ދިއުމާއިއެކު ގެއަކު އެއްވެސް މީހަކުނެތެވެ. އަވަހަށްގޮސް ކުޑަ ގޮތަކަށް ފެންވަރައިލައި ނިކުމެ، އޭނާ ވަނީ ބަދިގެއަށެވެ. ބަނޑުހައިވެފައިވުމުން ކާނެ އެއްޗެއް ހަދަން ވަތް ޒީކް ނިކުތީ ރޭގަނޑުގެ ކެއުންވެސް ތައްޔާރުކޮށްފައެވެ.

“ކައިފީމޭ މަންމާ، ސީރިއަސްކޮށް.” ބެލްކަނީއަށް ނިކުމެހުރި ނުހައިކް ފޯނުގައި ކަންފަތް ޖަހައިލައިގެން ހުރެ ބުންޏެވެ.

“އެންމެ ރަނގަޅު ދެން. އަވަހަށް ނިދާތި ދަރިފުޅާ. މަންމަ މި އޮށޯތީ ނިދަން.” އެކޮޅުން ލޯތްބާއިއެކު ނާއިމާ ބުނެލިއެވެ.

“އޯކޭ، މަންމާ. ގުޑް ނައިޓް.” ފޯނު ބޭއްވުމަށްފަހު ރެއިލިންގައި ހިފަހައްޓައިލަމުން އޭނާ ކުރިމަތިން ފެންނަމުން ދިޔަ މާލޭގެ ހަލަބޮލި މާހައުލަށް ނަޒަރު ހުއްޓައިލިއެވެ.

ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް އެނބުރެމުން ދިޔައިރު އެ ޚިޔާލުތަކުގެ ވެރިޔާއަކީ ޒީކްއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒީކް ފެނުމާއިއެކު މި އޮތް ހުރިހާ ދުވަހަކު އެ ހިތުގައި ފޮރުވައިގެން އުޅުނު އެ ޖަޒުބާތުތަކުގައި އަލުން ކުލަ ޖެހި، އެ އިހުސާސްތައް ކެކި އަރައިފިއެވެ. ކުރިން ފެނުނު ޒީކް އާއި މިއަދު ފެނުނު ޒީކް އަޅައި ކިޔަލާއިރު އޭނާއަށް ވަނީ އެތަކެއް ގޮތަކުން ބަދަލު އައިސްފައެވެ.

ކުރިން ‘ޗަބީކޮށް’ ހުރި ޒީކްގެ ހަށިގަނޑު ރީތިވަރަކަށް ހިކިވެލައިފައިހުރި އިރު، މޫނުމަތިވެސް ވަނީ ރީތިވެލައިފައެވެ. ނުހައިކް ބުނި ފަދައިން ޒީކްގެ މުށި އިސްތަށިގަނޑުގައިވަނީ ކަޅު ކުލަ ޖައްސައިފައެވެ. ތަފާތު ނުވެހުރި ކަމަކީ އިސްކޮޅުގެ ކުރުކަމާއި އޭނާގެ އެ ލޯބި ހިނިތުންވުމެވެ.

ކަނާއަތް މުއްކަވައިލުމަށްފަހު އަލުން ހުޅުވައިލަމުން ނުހައިކް ބަލައިލީ އެ އަތުގައި ބޮނޑިވެފައި އޮތް ކަރުދާސްކޮޅަށެވެ. މަޑުމަޑުން އެ ކަރުދާސްކޮޅު ހުޅުވައިލުމަށްފަހު އޭގައި ލިޔެފައިވީ ހަތް ނަންބަރު ހިތާހިތުން ކިޔައިލިއެވެ. ނުކީ ކަމުގައިވިޔަސް އެ ނަންބަރުވަނީ އޭނާއަށް ހިތުދަސްވެފައެވެ. މެންދުރު ކުލާހުގައި އިންއިރު އެ ގަނޑުކޮޅު ލިބުނީއްސުރެ، އޭނާ އިންނަނީ އިރުކޯކޮޅާ އެ ނަންބަރު ކިޔަކިޔައެވެ. އެންމެ ފަހުން ފޯނު ހުޅުވައި، ‘ޒިޒީ’ ގެ ގޮތުގައި އެ ނަންބަރު ސޭވްކޮށްލިއެވެ. ގުޅަން ކިތަންމެ ބޭނުންވިކަމުގައި ވިޔަސް މަސްލަހަތަށްޓަކައި ފަރު ޖައްސައިލިއެވެ. އެއާއިއެކު ކުއްލިއަކަށް ނުހައިކްއަށް އައި ޚިޔާލަކާއިއެކު އަވަހަށް އަލްޔާއަށް މެސެޖެއް ފޮނުވައިލިއެވެ.

“ވަޓް؟ ޕާރޓީއެކޭ؟ އަހަރެން ރެޑީއެއްވެސް ނޫން.” އަލްޔާގެ ވާހަކަ އަޑު އިވިފައި ޒީކް ދެލޯ ބޮޑުކޮށްލިއެވެ.

“ކީތްވެ ރެޑީ ނުވާންވީ؟” އަލްޔާ އަހައިލިއެވެ.

“ކުރިން ސަޓަޑޭގަ ޒީ މިކޮޅަށް އައީ. މި ފްރައިޑޭ ނައިޓްގަ ޕާރޓީ އޮތީ. މާދަން ތާރސްޑޭއެއްނު؟ އަދި މި އުޅެނީ ޝޮޕިންވެސް ނުކޮށް.” މޫނުގައި އަތް ހާކައިލަމުން ޒީކް ބުނެލިއެވެ.

“ޒީ، ތިހާ ހާސްވާ އެއްޗެއް ނޫނޭ. ހިނގާ މާދަން ޝޮޕިންއަށް ދާން، ކޮލެޖް ނިންމާފަ؟ އަހަރެންވެސް މި އުޅެނީ އަދި ހެދުމެއް ނުގަނެ.” ޒީކްގެ އަތުގައި ހިފައިލަމުން އަލްޔާ ބުނެލިއެވެ.

އެ ވަގުތަކީ ޒީކްގެ ފޯނަށް މެސެޖެއް އައި ވަގުތެވެ. ފަހުން އަންނާނޭ ކަމަށް ބުނެ، ޒީކް އަލްޔާގެ ކޮޓަރިން ނިކުތެވެ. މެސެޖު ހުޅުވައިލުމުގެ ކުރިން ކުރިމައްޗަށް ޖެހުނީ އުޝާންއެވެ. އޭނާ ހުރިގޮތުން އޮފީހުން ގެއަށް އެއައީ ހަމަ ދެންމެކަން އެނގެއެވެ.

“ޕިސް ޕިސް. ތިހާ ގިނައިރު އޮފީހުގަ އުޅެންޏާ ދޮންބެ މާ އަވަހަށް މުސްކުޅިވެދާނެ. އެ ނުވައެއް ޖެހީ ވިއްޔަ.” އުނަގަނޑުގައި ދެއަތް ވިއްދައިލަމުން ޖެއްސުންކުރުމުގެ ނިޔަތުގައި ޒީކް ބުނެލިއެވެ.

“މިއަދު ވަރަށް ބޮޑު ކަމެއް ލައިގަނެގެންނޭ. އެހެން ނޫނަސް މުސްކުޅިވިޔަސް، މި ރީތިކަމެއް ޔަޤީނުންވެސް ނުގެއްލޭނެ. އެބަ އަންނަން ފްރެޝްވެލައިގެން.” އުޝާން އަވަސް އަރުވައިލައިފައި ދިޔައީއެވެ.

ދެކޮނޑު އަރުވައިލަމުން އަނެއްކާވެސް އޭނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ނުދަންނަ ނަންބަރަކުން އައިސްފައިއިން މެސެޖެއްކަމުން އޭނާ އެ މެސެޖާއިމެދު ސުވާލު އުފެދުނެވެ. ފެންނާނީ ކޮންފަދަ އެއްޗެއްތޯ ހިތަށް ސުވާލުކޮށްލަމުން އެ މެސެޖަށް އޭނާ ފިއްތައިލިއެވެ.

“އާރ ޔޫ ކަމިން ޓު ދި ޕާރޓީ؟”

މެސެޖު ރަނގަޅަށް ކިޔައިނުލެވެނިސް އެ ނަންބަރުން ގުޅަން ފަށައިފިއެވެ. ލަސްކުރުމެއްނެތި ފޯނު ނަގައި ކަންފަތާއި ކައިރިކޮށްލަމުން އޭނާ ހަލޯ ކިޔައިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 13

Next

2-ބައިވެރިޔާ

Next
February 23, 2025

2-ބައިވެރިޔާ

Previews
February 22, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 13

6 Comments!

  1. jennie says:
    February 22, 2025 at 10:26 pm

    mi part ves reethi i like the setting of this story two ex lovers meeting again a bit different from the stories here so quite interested on how this goes when next part

    1. afu.shvvn af.shyn says:
      February 23, 2025 at 12:37 pm

      thankyouusomuchhhh! im glad u enjoy my story sm.. IA tomorrow or tuesday ga kiyaalan libeyne

  2. Ghost girl 👻 says:
    February 23, 2025 at 11:15 am

    Masha Allah 😍 vrh reethi mi part ves ☺️ when’s next curiously waiting for the next part 🫶🏻🥰

    1. afu.shvvn af.shyn says:
      February 23, 2025 at 12:38 pm

      thankyouuuuuuuuuuuu <33
      IA tomorrow or tuesday ga kiyaalan libeyne!

  3. Naakko says:
    February 25, 2025 at 1:30 pm

    To be honest, it’s really entertaining I love this story, much likely I would prefer both romance and horror mixed up, can u work on that? I really live Ur stories mashaa allah🔗💞

    1. afu.shvvn af.shyn says:
      February 27, 2025 at 11:48 am

      Thank youuu! I’m really glad you like my stories. I usually write romance but I’ll consider your request. I may not be that good at writing horror and romance mixed up, but I’ll try my best 😊

Comments are closed.

Next Episodeވިހަ ލޯބި 3←


All Right Reserved!