“ކަލޯ ދެއްމެ ވަރަށް ރީތި މަންޖެ އެއް މަށާ ވާހަކަ ދެއްކީ.. އަލައިކާގެ ބެސްޓީ.. އޭނާގެ ރީތިކަމުގެ ވާހަކަ ރަގަނޅުވާނީ ނުދެއްކިއްޔާ..” އައްޒާމް އަނެއްކާ ވެސް އޭނާގެ ފޮނި ހިޔާލު ތަކަށް ގެނބުނެވެ. ޝިފާން ހީލާފައި ގޮނޑީގައި ހަމަޖެހިލިއެވެ. އައްޒާމްގެ މިޒާޖަކީ އެއީ އެވެ. ތާކުން ފެންނަހާ އަންހެން ކުއްޖެއް ރީތިވާނެ އެވެ. *ޕާރޓް-5* “އޭންންން.. ހަމަ ހުވާ..؟” އަލައިކާ އޭނާ އަށް މިއަދު ދިމާވި ވާހަކަތަށް ކިޔައިދިނުމުން ނައިހާ އަށް އަގަމަތީ އަތް އެޅުނުވެ. އޭނާ […]
ރޮމުން ރޮމުން އަހަރެން ހިގައިގަތީމެވެ. އަވަށުން ބޭރަށެވެ. އެއަވަށަކީ ވަރަށް ކުޑަ އަވަށެއް ކަމުން 15 ވަރަކަށް މިނެޓް ތެރޭގައި އަވަށުން ނުކުމެވުނެވެ. އަހަރެންގެ މުޅި ދިރިއުޅުން މިވަނީ އެފުއްމިފުށަށް ޖެހިފައެވެ. އަހަރެން ގެއިން ވެސް ނެރި އެއްލާލާފިއެވެ. ދާނީ ވެސް ކޮންތާކަށް ހެއްޔެވެ؟ އަވަށުން ނުކުމެ ދެން ހިގުނީ އެއްމެ 30 ވަރަކަށް މިނެޓް އެވެ. ވެފައިވާ ހައެއްގެ ސަބަބުންނާއި ހިތާއި ސިކުނޑިއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އަހަރެންގެ ބޯ އަނބުރާގަތެވެ. ހިތްވަރު ކޮށްލާފައި އަހަރެން […]
ބަލިއެނދުގައި އޮތް އަޝްވާން އަށް ހެވުނެވެ. ޔޫރާ ހަމަ އަސްލު ވެސް އޭނާ އާއި މެދު ވިސްނައެވެ. އޭނާ އަށް އަޅާލައެވެ. އެހެން ނޫންނަމަ އޭނާ އެކްސިޑެންޓް އެއް ވާރަކަށް ނާންނާނޫން ހެއްޔެވެ؟ *ޕާރޓް-19* އެނދުގައި އިށީންދެލައިގެން އިން އަޝްވާން ސިހުނީ ދޮރުހުޅުވާލާފައި ވަދެގެން އައި ޔޫރާ ފެނިއެވެ. އޭރު އޭނާ އަށް މާނެއިވާ ލެވެނީއެވެ. އޭނާ އެއައީ ދުވެފަ ހެއްޔެވެ؟ ޔޫރާ އައިސް ޖެހިގަތީ އެތާ އިން ގޮނޑިއަށެވެ. އޭނާ އަޝްވާން އާއި ދިމާއަށް ބަލާލިއެވެ. […]
އައްސަލާމް އަލައިކުމް ވަރަހްމަތުއްﷲ ވަބަރަކާތް.. ހުރިހާ ކިޔުންތެރިންގެ ހާލު ކިހިނެއްހެއްޔެވެ؟ އަޅުގަނޑުގެ ހާލު ރަގަނޅެވެ. ކޮންމެ ކުއްޖެއްގެ ވެސް ހިތުގައި މިހާރު ވާނީ ޝަކުވާ އުފެދިފައެވެ. މުޒޯ ކޮބާ ހެއްޔެވެ؟ މުޒޯ މިހާރު ވާހަކަ ނުލިޔަނީ ކިއްވެހެއްޔެވެ؟ ކޮބާ ދެން ވާހަކައިގެ ދެން އޮތް ބައި ލިޔާނީ ކޮން އިރަކުން؟ މިކަހަލަ ވަރަށް ގިނަ ސުވާލުތަށް ތިޔަ ބޭފުޅުންގެ ހިތުގައި ވާނެކަން ކަށަވަރެެވެ. މިހުރިހާ ސުވާލު ތަކުގެ ޖަވާބު އަޅުގަނޑު ދޭނަމެވެ. 17 މާރޗް ގައި އަޅުގަނޑު […]
ރުއި ރުއި ވަރުބަލި ވުމުން އަހަރެން ވަނީ ކޮޓަރިއަށެވެ. ދެން އެކޮޓަރިގަނޑުން ނުނިކުންނަން ހިތުލައިގެންނެވެ. ބަނޑުހައިވި އަސް ހެވެ. ބަނޑަށް މަރުވާނީއެވެ. އެގޮތް ވެސް މާރަގަނޅު ވާނެއެވެ. މި ތާގައި ދިރިއުޅުމަށް ވުރެއް ކައްވަޅެއްގައި އޮތަސް މާ ހިތްހަމަ ޖެހުން ލިބޭނެއެވެ. *ޕާރޓް-5* އޭގެ އަނެއްދުވަހު ހެނދުނު އަހަރެން ފެންވަރައިލައިގެން އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ. ބޭރުގައި އިންނަ ހިތެއް ނުވެއެވެ. އަހަރެންނާއި މެދު ނުވިސްނާ މީހުން ތަކެއްގެ ކުރިމަތީގައި އަހަރެން ހުންނާކަށް ބޭނުމެއް ނޫނެވެ. އެމީހުންނާއި […]
އާކިފް އައިސް ސެހްރިޝް އާއި ދިމާއަށް ގުދުވެލިއެވެ. ސެހްރިޝް ހުއްޓުން އެރިއެވެ. އާކިފްގެ ހޫނުނޭވާ ދިޔައީ އެއްވެސް ހުރަހެއްނެތި އޭނާގެ މޫނުގައި ބީހެމުންނެވެ. އަވަސް ހަރަކާތާއި އެކީ އާކިފް ސެހްރިޝްގެ ނިއްކުރިއަށް ބޮސްދިނެވެ. ސެހްރިޝް އަށް ހުރެވުނީ ގަނބު އަރާފައެވެ. ދުރުވެލާފައި އާކިފް ހިނިތުންވެލިއެވެ. “ގުޑް ނައިޓް..” އެހެންބުނެ އާކިފް ގޮސް ފާޙަނާއަށް ވަނެވެ. އެއޮށްގޮތަށް ސެހްރިޝް އޮތީއެވެ. *ޕާރޓް-21* ނިއްކުރީގައި އަތް ޖަސާލާފައި ސެހްރިޝް އަށް ހިނިތުންވެލެވުނެވެ. އާކިފް އެހެން ހެދީމައި އޭނާ އަށްވީ މަޖާކަމަކަށެވެ. […]
ސިޓިންރޫމްގައި ހޭކިފައި ހުރި ލޭތަކާއި އެއްޗެހި ސާފުކޮށް ގޭތެރެ ފޮޅާކަންތަށް ކޮށްލީމެވެ. ޝައިލް އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮންމެތާކަށް ދިޔަސް ހެވެއްނޫން ހެއްޔެވެ؟ އަހަރެންނަކަށް ދެނެއް އޭނާ އެއް ނުބެހޭނެއް ނޫންހެއްޔެވެ؟ ހިތްހަމް ޖެހިގެން ހުރެމެ އަހަރެން ތަޅުންގަނޑު މަތީ އޮށޯވެލީމެވެ. އެނދުގައި އޮށޯނަން ބޭނުން ނުވާތީއެވެ. ދެން އެދާނުގައި އިނގިލި ކުރި ވެސް ނުޖައްސާނަމެވެ. އަމިއްލަ މަސަށްކަތާއި މެދު ފަޙުރުވެފައިވާ ހާލު އަހަރެން ދެލޯ މަރާލީމެވެ. *ޕާރޓް-4* އޭގެ އަނެއް ދުވަހު ހޭލައިގެން އަހަރެން ނުކުމެލީ […]
އެރޭ ނައުހާ އާއި ނަތާން އާއި އެކު ބޭރުގައި އުޅެ އުޅެފައި އަލައިކާ ގެޔަށް އައިރު އެގާރަ ގަނޑި ބައިވެ ދާނެއެވެ. މިއީ އޭނާގެ އާދައެވެ. ގޭގައި ހަރެއް ނުލާނެއެވެ. ގެޔަށް ވަނީރު އެކަކު ވެސް ފެންނާކަށް ނެތެވެ. ސިއްރު ސިއްރުން ގެޔަށް ވަދެ ލަސްލަހުން ހިގާފައި އައިސް އޭނާ ވަނީ ކޮޓަރިއަށެވެ. ބުރުގާ ވެސް ނުބޭލި އުޅެނިކޮށް ދޮރުގައި ޓަކި ޖެހިއަޑު އިވުނެވެ. އަލައިކާ ހިއްހުއްޓުނު ކަހަލައެވެ. އަނެއްކާ ޝަބާ އަށް އޭނަ ގޭތެރެއަށް ވަދެގެން […]
“މަންމަ އާއި ބައްޕަ ދިޔައީ ބޮޑުދައިތަ ބަލިވެގެން އެގެޔަށް.. މާދަމާ އަންނާނެ..” އޭނާ ގޮސް ސޯފާ އަށް ޖެހިގަންނަމުން ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. ހެއްދެވި ފަރާތަށް އަހަރެން ރައްކާތެރި ކުރެއްވުމަށް އެދި ދުޢާ ދެންނެވީމެވެ. އަހަރެން އުޅުނީ ވަރަށް ދުރުދުރުންނެވެ. ޝައިލް އަށް އަހަރެންނަށް ކައިރި ނުވެވޭނެ ހެންނެވެ. އޭނާ އެހާ އަޅާލާ ހެނެއް ހިޔެއް ނުވެއެވެ. އެއީ އަހަރެންގެ ނަސީބެވެ. ކައިހަދައިގެން އަހަރެން ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕަން އުޅުމުން ދޮރު ތާށި […]