Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއިއުލާންއެހެނިހެން

ސްޓަޑީން މެތޮޑްސް

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 11, 2026 3 Mins Read
15 Comments

އަހަރަމެން ހުރިހާ ކުދިން ވެސް ބޭނުންވާނީ ކިޔެވުމުގައި ވަރަށް ކާމިޔާބު ކުއްޖަކަށް ވުމަށެވެ. ކްލާހުން އެއްމެ މަތީ މާރކްސް ހޯދާ ކުއްޖަ އަށް ވާކަށް ނޫންހެއްޔެވެ. ދުނިޔެއަށް ކުރިމަތިލާއިރުގައި އިލްމީ ގޮތުން މުއްސަދި މީހަކަށް ވާކަށް ނޫންހެއްޔެވެ؟ އާދެ މިލިޔުމުގައި އަޅުގަނޑު ތިޔަ ކުދިންނަށް މިހިއްސާ ކޮށްލަނީ ބައެއް “ސްޓަޑީން މެތަޑްސް” ތަކެވެ.

*އެކްޓިވް ރީކޯލް                                                                           *ފެޔްންމެން ޓެކްނީކް                                                                        *އެގްޒާމް ޕާސްޓް ޓެކްނީކް                                                                       *ޕޮމޯޑްރޯ ޓެކްނިކް (ލިޔެވިފައި އިންގޮތް ނުބައިވުން އެކަށީގެންވޭ)

މި ފަސް ޓެކްނީކް އަޅުގަނޑު ތިޔަ ކުދިންނަށް އޮޅުން ފިލުވާދޭނަމެވެ. ފުރަތަމަ ފަށަމާ “އެކްޓިވް ރީކޯލް” އިން ދެއްތޯ؟

އެކްޓިވް ރީކޯލް އަކީ ވަރަށް ގިނަ މާއްދާތަށް ދަސްކުރަން  ފަސޭހަ ވާނޭ ޓެކްނިކް އެކެވެ. މި ޓެކްނިކް އަކީ ވަރަށް ފަސޭހެ ޓެކްނިކް އެކެވެ. ގިނަކުދިންނަށް ނޭނގިވެސް މިޓެކްނީކް ބޭނުން ކުރެވެއެވެ.

ފުރަތަ ދަސްކުރަން ބޭނުންވާ ޔުނިޓް ނޫނީ ފިލާވަޅު ކިޔާލާށެވެ. ތިމާގެ ސިކުނޑީތެރޭ އެވެ. ދެން އެއަށްފަހު ބާރަށް އަޑުއިވޭވަރަށް ކިޔާށެވެ. އެއައްފަހު ދެލޯ މަރައިގެން ފިލާވަޅު ކިޔޭތޯ މަސަށްކަތް ކުރާށެވެ. މިކަންތަށް ކުރުމަށް ފަހު ކީވޯޑްސް ނުވަތަ ދަސްކުރުން ވާޖިބު ޓާރމް އެއް އިންނަމަ ގަނޑެއްގައި ލިޔާށެވެ. ދެން ހަމަ މިގޮތަށް ދަސްވާންދެކަށް ތަކުރާރު ކުރާށެވެ. މި ޓެކްނިކް އެއްމެ ރަގަނޅީ (އަޅުގަނޑުގެ ނަޒަރުގާ) ސައިންސް ބިޒްނަސް އަދި ސޯޝަލް އަށެވެ.

ދެން ފެޔްންމެން ޓެކްނީކް އަށް ބަލައިލަމާތާއެވެ.

ފުރަތަމަ ދަސްކުރަން ބޭނުންވާ ޓޮޕިކް އެއް ދަސްކޮށްލާށެވެ. އެއަށްފަހު މީހަކަށް ފިލާވަޅު ކިޔާދޭށެވެ. ޕްރިޓެންޑް ކޮށްލުމުން ވެސް ވާނެއެވެ. މިހެން ކަންތަށް ކުރުމަށް ފަހު ތިމާއަށް ކިޔާދޭން ނޭނގޭއެއްޗެހި ވަކިކޮށް އަނެއްކާ ދަސްކުރާށެވެ. މިގޮތަށް ފުރިހަމައަށް ފިލާ ވަޅު ކިޔައިދޭނ އެނގިއްޖެއްޔާމުން އެއޮތީ ފިލާވަޅު ދަސްވެފައެވެ. މިއީ ވަރަށް މަދު ވަގުތުކޮޅެއް ތެރޭގައި ފިލާވަޅު ދަސްކުރެވޭނޭ އުކުޅެކެވެ. އަޅުގަނޑު ވެސް މި ޓެކްނީކް ވަރަށް ގިނައިން ބޭނުން ކުރަމެވެ. މި ޓެކްނީކް މިއީ ހުރިހާ މާއްދާއަކަށް ވެސް އެކަށީގެންވާ ޓެކްނީކް އެކެވެ.

ދެން އޮތީ އެގްޒާމް ޕާސްޓް ޓެކްނިކް އެވެ.

މިއީ ވަރަށް ވެސް ފަސޭހަ ޓެކްނީކް އެކެވެ. ފުރަތަމަ ތިމާ ފިލާވަޅު ދަސްކުރާށެވެ. ދެން އަމިއްލަ އަަށް ޓެސްޓް އެއް ނަގާށެވެ. ޓެސްޓް ނެގުމަށް ފަހު ނުބައި އަދި ރަގަނޅު ޖަވާބުތަށް ބަލާށެވެ. ނުބައިވި ޖަވާބުތަށް އަނެއްކާ ވެސް ދަސްކޮށްލާށެވެ. މިއީ އިމްތިހާނަށް ކުއްޖާ ތައްޔާރު ކޮށްދޭ ކަމެކެވެ.

އެއްމެ ފަހަށް އޮތީ “ޕޮމޯދްރޯ ޓެކްނީކް” އެވެ.

މިއީ ވެސް ވަރަށް ވެސް ފަސޭހަ އުކުޅެކެވެ. ތިމާ ދަސްކުރަން ބޭނުންވާ ފިލާވަޅެއް 25 މިނެޓް ވަންދެން ދަސްކުރާށެވެ. ކިޔާށެވެ. ދެން 5 މިނެޓްގެ ބްރޭކް އެއް ނަގާށެވެ. ކޮންމެ ފަހަރަކު ތިމާ ބްރޭކެއް ނަގާރު 5 މިނެޓް އިތުރުވާނެއެވެ. އެއި ފުރަތަ ބްރޭކް ނެގީރު މަޑުކޮށްލަނީ 5 މިނެތް އެއް ނޫންހެއްޔެވެ؟ ދެން އަނެއްކާ 25 މިނެޓް ދަސްކޮށްފައި ބްރޭކް ގަނޑި އިތުރުވާނެއެވެ. 10 މިނެޓް އަށް ބަދަލު ވާނެއެވެ. ފިލާވަޅު އެއްކޮށް ދަސްވާންދެން މިގޮތަށް ތަކުރާރު ކުރާށެވެ.

މިއޮތީ އަޅުގަނޑު ބުނެދިން ސްޓަޑީން މެތޮޑްސް ތަށް ތިޔަ ކުދިންނަށް ފުޅާ ގޮތެއްގައި ކިޔާދެވިފައެވެ. މި ޓެކްނީކް ތަށް ތިޔަ ކުދިން ޓްރައި ކޮށްލާށެވެ. ތިމާ އަށް އެއްމެ ފަސޭހަ ގޮތް ބަލާށެވެ. ހަމަ ޔަޤީނުން ވެސް ރަގަނޅަށް ފިލާވަޅު ދަސްކުރެވިއްޖެއްޔާ އިމްތިހާނުތަކުން އެއްމެ މަތީ މާރްކްސް ލިބޭނެކަން ކަށަވަރެވެ.

ލިޔުން ކޮޅު ނިއްމާ ލުމުގެ ކުރިން އަޅުގަނޑު ތިޔަ ކުދިންނަށް ޓިޕް ކޮޅެއް ދޭނަމެވެ.

*އަބަދު އެއްތާކު އިނދެ ނުކިޔަވާށެވެ.

އެއްގަޑީރުން އެއްގަޑީރުން ތިމާ ފިލާވަޅު ދަސްކުރަން އިންނަ މާހައުލު ބަދަލު ކުރާށެވެ. ފަސޭހަ ކަމާއެކީގައި ސިކުނޑީގައި ފިލާވަޅު ހަރުލާނީ އޭރުންނެވެ.

*އިމްތިހާނަށް ދަސްކުރަން ފަށާއިރު ތެޅިނުގަންނާށެވެ.

އަބަދުވެސް ޕްލޭންއަކާއި އެކީ ފަށާށެވެ. މިސާލަކަށް ފެހި ކުލައިން މާރްކް ކުރާނީ ތިމާއަށް އަވަހަށް ދަސްކުރެވޭނޭ އެއްޗެހީގައެވެ. ދެން ރަތް ކުލައިން މާރކް ކުރާނީ އެއީ ތިމާ ކޮންމެހެން ވެސް ދަސްކުރަން ޖެހޭނޭ ފިލާވަޅު ތަކުގައެވެ. ރީންދޫ ކުލައިން މާރކް ކުރާނީ އެއީ ކުޑަކޮށް ދަސްކޮށްލަން ޖެހޭ ފިލާވަޅުތަކުގައެވެ.

*އިމްތިހާންނަށް އެއްމެ ލަސްވެގެންވެސް އެއް ހަފްތާ ކުރިން ތައްޔާރުވާން ފަށާށެވެ.

*ތިމާއަށް ފަސޭހަ ގަނޑިއެއްގައި ކިޔަވާށެވެ.

އަދި ހަމައެހެންމެ ކިޔެވުމުގައި ކުދިންނަށް ވަރަށް ގިނައިން މިމައްސަލަ ކުރިމަތި ވެއެވެ. ފިލާވަޅު ދަސްކުރާ ވަގުތަށް ބަލާފައި ބްރޭކް ނަގާ ވަގުތެވެ. އަޅުގަނޑު ބުނެދޭނަމެވެ.

*(ދަސްކުރަން ހޭދަކުރާ ވަގުތު) 20 މިނެޓް- (ބްރޭކް ވަގުތު) 3 މިނެޓް

*30 މިނެޓް- 5 މިނެޓް

*45 މިނެޓް- 10 މިނެޓް

*1 ގަޑީރު- 20 މިނެޓް

*1 ގަޑީރާ 45 މިނެޓް- 45 މިނެޓް

*2 ގަޑީރު- 1 ގަޑީރު

މި ތާވަލާއި އެއްގޮތަށް ކިޔަވަން ހޭދަކުރާ ވަގުތު ކަޑައަޅާށެވެ. އޭރުން ތިމާގެ ސިކުނޑިއަށް ފަސޭހަ ވާނެއެވެ.

އަޅުގަނޑު މިލިޔުން ކޮޅު މިލިޔަނީ ކުއްޖެގެ އެދުމަކާއި އެކީގައެވެ. މި ލިޔުމުން ހުރިހާ ކުދިންނަަށް ވެސް އެހީވާނެކަމަށް ބަލަމެވެ. އިގެރޭސި އަދި ދިވެހި ބަސް ބޭނުން ކުރެވިފައިވާތީ އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. ކޮންމެއަކަސް ހުރިހާ ކުދިންނަށް ވެސް މިލުޔުމުން ފައިދާ ކުރާނެ ކަމަށް އުންމީދު ކުރަމެވެ.

ޝުކުރިއްޔާ!!

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އެކުގައިވާނަން-35 (ފަހުބައި)

Next

ދެވުނީ ވޭނޭ 52

Next
March 12, 2026

ދެވުނީ ވޭނޭ 52

Previews
March 11, 2026

އެކުގައިވާނަން-35 (ފަހުބައި)

15 Comments!

  1. Verrr says:
    March 11, 2026 at 9:07 pm

    Varah varah varah ufaa vehjjey mikankan kiyaaladhineema
    Varah massaihkaih kuraanan miaai ehgothahh amalu kureveytho
    meege fahun
    Thanks muxo love YAHH.!!

    1. _MuXo_ _MuXo_ says:
      March 11, 2026 at 9:36 pm

      Thank you Verrr!!!
      Ofc you have to it will really help!!
      My pleasure!! Love you too!!

  2. Anonymous says:
    March 11, 2026 at 9:43 pm

    Vrh eheetheri kan libey fadha liyumeh.. ekam liyumuge nan English in hureema ehaa eh noon.. eyge badhaluga kiyevumuge ukulhu thah nooney dhaskurumuge ukulhu thah jahaali nama maa furihama vees

    1. _MuXo_ _MuXo_ says:
      March 11, 2026 at 11:25 pm

      Happy to know that this helps you!!
      When you said it, now I can unsee it!! Anyways thankx for the feedback!!

  3. Cer says:
    March 12, 2026 at 12:30 am

    🤍🤍🤍…Tysm..Muxo..🤍🥀
    Cer ah neygey Ty ey bunaanee kihineih kameh vx Muxo Vrh Vrh bodah shukuran Dear 🤍🤍
    It helps me a lot and lot! Tbh,I even didn’t know anything about studies but Bcx of you,Ikw new things about studies…MaaSha Allah 🥀🤍

    1. Cer says:
      March 12, 2026 at 12:33 am

      TBH, This helps for every student who studies,
      The one’s who are new I recommend Mi techniques use kureema Muxo Ur the best and best!🫶🤍
      I forgot to write this on top 😔

    2. Cer says:
      March 12, 2026 at 12:40 am

      Shaairath eaee My sis Id ingey…
      I ge name work nuvegen sis phn in cmnt kuree..sry for the late Reminder 🎗️

    3. _MuXo_ _MuXo_ says:
      March 12, 2026 at 4:06 pm

      My pleasure dear!!
      Hope you find the best method for you and you get good grades like me!!

  4. Your fav bab says:
    March 12, 2026 at 1:08 pm

    Oh my gosh!! Tysmmm muxo for the amazing techniques!!!
    Business is the hardest subject for me so I’ll try the active recall!!
    Btw muxo thee science kujjeh thr?

    1. _MuXo_ _MuXo_ says:
      March 12, 2026 at 4:05 pm

      Yes I’m a science student I really hate business!! Actually muxo mennah kiyavaadhin teacher ge gothun foohi v!!
      Happy to know that this helps you!!

  5. Kk says:
    March 12, 2026 at 7:02 pm

    @Muxo saddam sir??

    1. _MuXo_ _MuXo_ says:
      March 12, 2026 at 8:27 pm

      Who is that??

    2. Kk says:
      March 12, 2026 at 9:37 pm

      He’s the piece of shit who taught me business last year. Tbh he didn’t k how to teach n I failed miserably. He taught me that purchase is always debit n all of sudden it became credit in the exam…
      Since you said you had a bad start, I thought he could be the reason.
      Anyways you r so danm lucky cuz you ain’t studying it anymore

  6. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    March 13, 2026 at 1:01 am

    Thanks…what I do these most is like 1 month kurin schedule hadhaafa eyah amalu kuranee dhn like komme dhuvahaku vx 1 hour and making presentation notes

  7. xukko says:
    April 17, 2026 at 2:13 pm

    thnks for the tip
    i also like science

Comments are closed.



All Right Reserved!