Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

1-ބައިވެރިޔާ

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
February 20, 2025 2 Mins Read
7 Comments

އުޑުގައި ރަނިކަން ކުރަމުން ގެންދިޔަ ބުރުހަމަ ހަނދު ދިޔައީ އުޑުގެ ފަޅުފިލުވަމުންނެވެ. އުކާލެވިފައިވާ ކުލަ ބޮކި ތަކެށް ފަދައިން  ތަރިތައް ބަބުޅަމުން ގެންދިޔަ އެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތު ސޫތްޕެއް ގޮވައިލާ އަޑު ވެސް ނީވެ އެވެ. މުޅި މާހައުލުގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ.

ހުޅުމާލޭ ފޭސް ޓޫ ގެ ފަނަރަވަނަ ފްލެޓޮގެ ސައުވީސް ވަނަ ބުރީގެ ބެލްކަިންޏެއްގައި އަންހެން ކުއްޖަކު ހުއްތޓެވެ. ނިދާ ހެދުމެއްގައި ހުރި އެއަންހެން ކުއްޖާ ވަނީ މިރޭގެ ރީތިކަމުގެ އަވައިގައި ޖެހިފައެވެ. ޖެހޭ މަޑު ވައިރޯޅިތަކާއެކު މިނިވަންކޮށް ނަށާލަން ދޫކޮށްލައިފައިވާ އޭނާގެ ބުޅި އިސްތަށިގަނޑަށް ހަނދުގެ ރިހި ދޯދިތައް އެޅިފައިވުމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. އޭނާގެ މޫނަށް ބަލައި ލުމުން އެހުރީ ވަރަށް ފުން ހިޔާލެއްގައިކަން އެނގެއެވެ.

މައިޝާގެ ހިޔާލުތައް ގުޅިފައި ވަނީ އޭނާގެ ހިތުގައި ރަސްކަން ކުރަމުންދާ ވިޝާލް އަށެވެ. ވިޝާލް އަކީ މައިޝާ އަށް ވުރެ އެއްއަހަރު ބޮޑު އެސުކޫލުގައި އުޅޭ ކުއްޖެކެވެ. ވިޝާލްގެ ރީތިކަމާމެދު މައިޝާ އަބަދުވެސް ހިތާއި ހިތުން ތައުރީފު ކުރެ އެވެ. ވިޝާލްގެ ކަސްރަތީ ހަށިގަނޑުން ފެނުނު ދުވަހުން ފެށިގެން އޭނާގެ ލޯބި ހިނިތުންވުންތައް ހަދިޔާވާން ފެށުމާއެކު މައިޝާގެ ހިތް ހިބައިން ދެވުނެވެ. ވިޝާލްގެ އޯގާތެރި ކަމާމެދު މައިޝާ އަބަދުވެސް ހިޔާލުކުރެއެވެ.

ހިޔާލުތަކުގެ ފުން ކަނޑުން މައިޝާ އަށް އެއްގަމަށް ބީސައިލެވުނީ ކޮންމެވެސް މީހަކު އޭނާގެ ކޮޑުގައި ކޮށްޓައި ލުމުންނެވެ. އޭނާ ސިހިފައި ބަލައިލި އެވެ. އެއީ އޭނާގެ މަންމަ އެވެ. މަންމަ ނިދަން ދާން ބުނުމުން ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން މައިޝާ އެތެރެއަށް ވަދެގެން ދިޔައެވެ.

އަރައިގެން އައި އިރާއެކު މަގުތައްމަތި ހަލަބޮލިވާން ފަށައިފި އެވެ. މައިޝާ ހިނގަމުން ދިޔައީ ސުކޫލާއި ދިމާލަށެވެ. އެންމެ ފުރަތަމަ ވެސް ވިޝާލްގެ ރިތި މޫނު ފެނޭތޯ ހިތުން ދުޢާ ކޮށްލަމުންނެވެ.

ސުކޫލާއި ހަމަ އަށް ދެވުމާއެކު މައިޝާގެ ބޮޑު ދެލޯ ހޯދައިލި ވިޝާލްގެ ސޫރައަށެވެ. ވިޝާލް ފެނުމާއި އެކު މައިޝާގެ މޫނުމަތިން ފެނިގެން ދިޔައީ ނިމުމެއް ނުވާ އުފާވެރިކަމެވެ.

ވިޝާލްގެ ކަޅުކަންގަދަ ދެލޯފެނިފައި އާޝޯހުވާހާއެވެ. ގަދަ މުށިކުލައިގެ ރާޅުބާނީ އިސްތަށިގަނޑު ނިތްމަށްޗަށް ވައްތައިލައިފައި ވާގޮތުން ވަރަށް ވެސް ހިތްގައިމެވެ. ދިގު އިސްކޮޅަކާއި ބައިމަތި ފުޅާ ހަށިގަނޑެކެވެ. މުށިކުލައިގެ ހަންގަނޑެވެ. މި ފުރިހަމަ އިންސާނާ ފެނިފައި އަންހެން ކުއްޖެއްގެ މޫނު މަށްޗަށް ހިނިތުންވުން ނުގެނެސްދޭންވީ ސަބަބެއް ނެތެވެ.

ރަނގަބިލު ޖެހިއިރަށް މައިޝާ ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ވިޝާލް ކައިރިއަށް ދިޔައެވެ. ދެކުދިން އެކީގައި ވާހަކަ ދައްކަމުން ސިޑިން އަރައިގެން ދިޔައިރު އަންހެން ކުދިންގެ ވަގު ނަޒަރުތައް ވިޝާލް އަށް އަމާޒުވަމުން ދިޔައެވެ. އަންހެން ކުދިންގެ ހިތްތައް ދަމައިގަނެވޭހާ އޭނަ ކުޅަދާނަކަން އެނގޭތީ ވިޝާލް ބޮޑާވެފައި ހުރިއިރު މައިޝާ ހުރީ ވިޝާލްގެ ގާތްކަން ލިބުމުން ފޮނިވެފައެވެ.

ވަކި ހިސާބަކުން ދެކުދިން މިސްރާބު ބަދަލު ކޮށްލަން ޖެހުނެވެ. މައިޝާ ގޮސް ކުލާހަށް ވަތް ތަން ބަލަން އިނދެފައި ވިޝާލް ވެސް ކުލާހަށް ދާން ހިނގައިގަތެވެ.

“ހެއި…” ވިޝާލް އާއި އެއް ކުލާހެއްގައި ކިޔަވަމުންދާ ޒައިނާ ވިޝާލް އަށް ގޮވައިލިއެވެ. ވިޝާލް ވެސް ރީތި ހިނިތުންވުމަކާއެކު ގޮސް ޒައިނާގެ އަތުގައި ހިފައިލިއެވެ.

މިއީ ވިޝާލްގެ އާދައެވެ. މައިޝާ އާއި އެކު ދާނީ މައިޝާގެ ކުލާހާއި ހަމަ އަށެވެ. ލޮލު ކުރިމަތިން މައިޝާ ގެއްލުމުން ދެން ހިފާނީ ކޮންމެވެސް އެހެން އަންހެން ކުއްޖެއްގެ އަތުގައެވެ. އެހެން ކުދިން ކައިރީ މައިޝާ އޭ ކިޔައިގެން ފާޑުފާދުގެ ވާހަކަ ދައްކުމަކީ ވެސް ވިޝާލް ކުރާކަމެކެވެ.

ކޮންމެ އަކަސް މައިޝާ ވަނީ ވިޝާލްގެ ލޯބީގައި ކަނުވެފައެވެ. ވިޝާލް ވަނީ ހަމަ ރަނގަޅަށް ވެސް މައިޝާ އޭނާގެ ދަލުގައި ޖައްސައިފައެވެ. މައިޝާ އައް މާބޮޑަކަށް އަޅައެއްނުލައެވެ. މައިޝާ އައް ވަފާތެރިއެއް ނޫނެވެ.

ނަމަވެސް ކޮންމެ ކަމަކީ އަބަދު އެއްގޮތަކަށް އޮންނާނެ ކަމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ހުރިހާކަމެއް ބަދަލުވާނެ އެވެ.

އާދައިގެ ދުވަހެކެވެ. ބްރޭކް ގަޑި ކަމުން ކޮންމެ ކުއްޖަކު ވެސް އެކި ކަންކަމުގައި ޝާމިލުވެގެން އުޅުނެވެ. މައިޝާ ކުލާސް ތެރޭގައި ވާހަކަ ފޮތެއް ކިޔަން އިންއިރު އޭނާގެ ހުރިހާ އެކުވެރިން އުޅުނީ ބޭރުގައެވެ.

“އޯ އެމް ޖީ…! މައިޝާ ޔޫ ކާންޓް ބިލީވް ވަޓް ޖަސްޓް ހެޕެންޑް…” މައިޝާގެ އެކުވެރިއެއް ކަމަށްވާ އަނާ ކުލާހަށް ވަތް ގޮތަށް ދުވެފައި އައެވެ.

“ވަޓް…” ޝައުޤުވެރިވެފައި މައިޝާ އަހައިލި އެވެ.

“ޔޫ ނޯ ސްކޫލްގެ އެންމެ ހޮޓް ބޯއި ވިޝާލް…” ލަދުރަކި ގޮތަކަށް އަނާ ބުނެލިއެވެ.

“ވިޝާލް ކިހިނެއްވީ؟” ހާސް ވެފައި މައިޝާ އަހައިލި އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ.. ( 4-1 )

Next

ޝީހާ

Next
February 20, 2025

ޝީހާ

Previews
February 20, 2025

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ.. ( 4-1 )

7 Comments!

  1. cutie girl says:
    February 20, 2025 at 1:28 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    alhey khinehbaa evee
    i appreciate your hard work

    1. _MuXo_ _devil_ says:
      February 20, 2025 at 2:13 pm

      Thank You Cutie girl!
      Lets see dhw vaanegoii!

  2. Ghost girl 👻 says:
    February 20, 2025 at 3:31 pm

    Masha Allah 😍 vrh reethi mi part ves ☺️ when’s next curiously waiting for the next part keep it up ❤️🥰 dhen kihinehbaa vaani dhen vaane gotheh vrh balaalaa hiy vey eba … Ur One of my fav author 🤭😍

  3. Zozo! says:
    February 20, 2025 at 8:32 pm

    Mi vaahaka ves bath reethi!
    Keep it up!
    When next?
    V curious vehje!

  4. Blossom Blossom says:
    February 21, 2025 at 1:25 pm

    V reethi vaahaka eh. Allahumma Barik. ⭐
    Varah kiya hithun indhaa nimunii..hihi

  5. .Bloom. says:
    February 23, 2025 at 9:13 pm

    Varah reethi mashallah patiently waiting for next part😆🥰

  6. baby girl 🙈 says:
    February 26, 2025 at 5:29 pm

    Vrh reethi masha Allah ❤️
    can’t wait for the next part
    ly devil 🖤

Comments are closed.

Next Episode2-ބައިވެރިޔާ←


All Right Reserved!