Skip to content
އެސްފިޔަ

އެދުވަސްތައް އަނބުރާ ލިބިދާނެބާ…

*މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން މިސްޓޭކްސް ހުރެދާނެ. ހުރިހާ ކިޔުންތެރިންނަށް މި ވާހަކަ ކަމުދާނެކަމަށް އުންމީދު ކުރަން.*

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ފިނިފިނި ވައިރޯޅި ޖެހެމުން ދިޔައެވެ. ފަޒާގައި ވެސް ތެއްފިނިކަމެއް ހުއްޓެވެ. އަހަރެން މިއިނީ އަތިރިމަތީގައެވެ. ފިނިވާތީ ދެއަތް ދެއަތާ އުނގުޅާލަ އުނގުޅައިލަ އެވެ. އެޑުމަތިން ވިއްސާރަ ގޮތް ދައްކައިލި އެވެ. ނަމަވެސް އަހަރެން ގެއަށްދާ ހިޔާލެއް ނުލުރަމެވެ. ޖެހޭ ފިނި ވައިރޯޅީގެ އަސަރު ހިތާށާއި ސިކުނޑިއަށް ފޯރަމުން ދިޔަ އެވެ. ސުކޫލު ދައުރުގެ ފޮނި ހަނދާންތައް އާވާން ފެށިއެވެ. މަންޒަރުތަށް ލޯމަތީ ސިފަވާން ފެށިއެވެ.

އެއީ މީގެ ހަ އަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ދިޔައީ ގްރޭޑު 7 ގައެވެ. އަހަރެންނަކީ އެހެން އަންހެން ކުދިންނާއި ހިލާފަށް، ކްލާސް ތެރޭގައި ފިރިހެން ކުދިންނާ އެބައި ވެގެން ސަކަރާތްޖަހާ ކުއްޖެކެވެ. ކްލާހުގައި އެންމެ ބަސްނާހާ ކެރިގެން އުޅޭ ކުދިންނާ ވެސް، ކަންކަމުގައި އަހަރެން ވާދަކުރަމެވެ. މިހެން ދިޔަ ކަމުގައިވިޔަސް، އަހަރެން ދިޔައީ ކިޔެވުމަށް ފަރުވާތެރިވަމުންނެވެ. އެންމެ މަތިން މާކްސް ނުލިބުނަސް މުޖުތަމަޢު ބަލައިގަނެވޭ ވަރު ނަތީޖާ ހޯދަމެވެ.

ދުވަސްތައް އާދައިގެ ގޮތަކަށް ފާއިތު ވަމުން ދިޔައެވެ. ކްލާސް ތެރޭގައި ދެކެވެން ފެށި ވަހަކަ އަކީ، ކްލާހައް އާކުޖަކު އަންނަން ކަމުގެ ވާހަކަ އެވެ. އެއީ ފިރިހެން ކުއްޖެއް ކަން ވެސް އަހަރެންނަށް ވަނީ އެނގިފަ އެވެ.

ހަފްތާއެއްގެ ތެރޭގައި އެކުއްޖާ ސްކޫލައް އައެވެ. ރީހާން ވީ ހުރިހާ ކުދިންގެ ޝަޢުގުވެރިކަން އަތުލައިގަތް ކުއްޖަކަށެވެ. އެކަމާ އަހަރެން ގާތައް އައީ އަމަށަކު ރުޅިއެއްނޫނެވެ. އަހަރެން އޭނާ އައް ވަނަން ކިޔާ މަލާމަތްކޮށް ހެދީމެވެ. އަހަރެން ކީ ވަނަންތައްވީ މުޅި ސްކޫލައް މަޝްޙޫރު ވެފައެވެ. ރައްދުގައި ރީހާން ވެސް އަހަރެންނާ ދިމާލަށް އެއްޗެހި ކިޔެވެ. ރީހާން އަކީ އަހަރެންނަށް ވުރެ އެއް އަހަރު ބޮޑު ކުއްޖެއްކަން އިނގުނީ އެގެ ދުވަސްކޮޅެއް ފަހުންނެވެ. އެކަމާ ވެސް އަހަރެން ކުރީ މަލާމާތެވެ.

މުޅި އަހަރު ނިމިގެން ދިޔައީ ރީހާން އާއި އަހަރެން އެކަކު އަނެކަކަށް މަލާމާތުގެ ބަސްތައް ރައްދު ކުރުމިގަ އެވެ. ކޮންމެއަކަސް، މިކަން ހުއްޓުވާނެ މީހަކު ނުވިއެވެ.

ޖެހިގެން އައި އަހަރު ވެސް ކުރިޔަށް ދިޔައީ މިފަދަ ގޮތަކަށެވެ. ނަމަވެސް މާގިނަ ދުވަސް ތަކެއް ނުވެ މުޅި ދުނިޔެއައް ފެތުރުނު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ ވެސް ފުރަބަންދު ވިއެވެ. އެހިސާބުން ސްކޫލް ވެސް ބަންދު ކުރި އެވެ. ހަތަރު މަސް ދުވަހުގެ ބޮޑު ބަންދަކަށް ފަހު އެނބުރި ސްކޫލައް ދިޔައިރު އިތުރު ކުއްޖެއް ވެސް އުޅުނެވެ.

ރީހަން އަށް އީނާލް ކަމުދިޔަކަން އެންމެ ފުރަތަމަ އެނގުނީ އަހަރެންނަށެވެ. ވަށްބަހުން ރީހާން އަށް ދިމާކުރީމެވެ. އެއްވެސް ކުއްޖެއް ކައިރީ ނުބުނުމަށް އެދި ރީހާން އާދޭސް ކުރި އެވެ. ނަމަވެސް ރީހާން ރުޅި އަރުވައި ލުމުގެ ގޮތުން ކުލާސް ހުރިހާ ކުދިން ކައިރީ ކިޔައިލީމެވެ. ހުރިހާ ކުދިންގެ ބަހުގެ ހަމަލާތައް އަޑުއަހަން ޖެހުނީ އޭނާ އަށެވެ.

ދުވަސް ކޮޅެއް ފަހުން ލިބުނު ޙަބަރަކީ ރީހާން، އީނާލް އާއި ރަށްތެހިވި ކަމުގެ ޙަބަރެވެ. އޭނައް ކުރި އުނދަގޫ އަހަރެން ކޮށްލީ އިތުރެވެ. ނަމަސް ޖެހިގެން އައި ދުވަހު ރީހާން ބުނި ވާހަކަ އަކުން އަހަރެން ވަރަށް ހައިރާންވި އެވެ. “އީނާލް އަހަރެންނާ ބްރޭކަޕް ވެށްޖެ. ޝީ ލަވްސް ސަމްވަން އެލްސް.” ރީހާންގެ އަޑުގައި ވީ މަޑުމޮޅި ކަމާއި މޫނުމަތީވީ ހިތާމައިގެ ކުލަވަރުތަށް ފެނި ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް އަސަރުކުރީ އެދުވަހު އެވެ. ރީހާން އަށް މަލާމާތް ކުރުމުގެ ބަދަލުގައި އަހަރެން ބެލީ އޭނާ ހިތްހަމަ ޖައްސައިދެވޭތޯ އެވެ. އޭނާ އަކަށް އެއްވެސް ބަދަލެއް ނައެވެ.

ސެޝަން ނިމިގެން ކުލާހުން ނިކުތުމުގެ ކުރިން އެންމެ ފަހު ފަހަރައް ރީހާން އާއި ދިމާލައް ބަލައިލީމެވެ. ހިތާމައިގެ ތަސްވީރެއް ފަދައިން ހުއްޓުން އަރައިފައި އީމާލް އާއި ދިމާލަށް އިން ތިން ފެނިފައި ހީވީ ހިތަށް ކައްޓެއް ހެރުނުހެނެވެ. އެދުވަހު އަހަރެންގެ ހިތަށް ވަރަށް ފުން އަސަރެއް ކުރި އެވެ. ކީއްވެ ކަމެއް ޙުދު އަހްރެންންކަށް ވެސް ނޭނގުނެވެ.

ގެއައް ގޮއްސައިވެސް އެއްވެސް ކަމެއް ކުރާހިތެއް ނުވި އެވެ. ނިދާލެވޭތޯ އޮށޯވެ ލޯމަރައިލުމުން ވެސް ސިފަވީ ރީހާންގެ ހިތާމަވެރި މޫނެވެ. ވަގުތުން ނިދާހިތް ވެސް ކެނޑުނެވެ.

ޖެހިގެން އައި ދުވަހުވެސް ރީހާން އިނީ ހަމަ އެހެންނެވެ. އޭނާގެ ހިތާމައައް ލުޔެއް ލިބުނު ހެނެއް ހިޔެއްނުވެ އެވެ. އަހަރެން ރީހާން އާ ވާހަކަ ދައްކާ ހެދީމެވެ. އަހަރެން އެކިކަހަލަ މަޖާ ވާހަކަ ވެސް ދެއްކީމެވެ. ރީހާން ހިނިތުން ވެލިތަން ފެނިފައި އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. މިވާގޮތެއް އަހަރެންނަކަށް ނޭނގެ އެވެ.

އަހަރެންނާއި ރީހާންގެ އެކުވެރިކަމުގެ ފެށުމަކީ މިއީއެވެ. އެކުވެރިކަމައް އެހެން ނަމެއް ދެވުނީ ނުވިސްނަ ތިއްބަ އެވެ. އަހަރެންގެ ހަޔާތައް ބަހާރު މޫސުން އައި ފަދައެވެ. ލޯބީގެ އެތައް ވަޢުދު ތަކެއް ވީމެވެ. އެކަކު އަނެކަކާ ނުލާ ނޫޅެވޭނޭ ހިތައް ވެސް އެރި އެވެ.

ހުރިހާ ކަމެއް ބަދަލުވީ ސްކޫލު ނިމި ދެމީހުން ދެތަނަކައް ދާންޖެހުމުންނެވެ. ރީހާން ދިޔައީ އޭނާގެ ރަށަށެވެ. އަހަރެން ދާޖެހުނީ އުތުރުގެ ރަށަކަށެވެ. އެރަށުން އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެއް ފެނުނެވެ. ނޭނގުމެއްގެ ތެރޭގައި ގަޔާ ވެވުނެވެ. ރީހާން ދެކެ ފޫހި ވެވުނެވެ. ގަސްތުގައި ދެރަކޮށްލުމުގެ ގޮތުން އެފިރިހެން ކުއްޖާގެ ވާހަކަ ދެއްކީމެވެ. ރީހާން އާއި ބްރޭކަޕް ވީ އަހަރެން އަމިއްލަ އަށެވެ. ނަމަވެސް އެހެން މީހުން ކައިރީ، ބްރޭކަޕް ވީ ރީހާން ކަމަށް ބުނީމެވެ.

ދާރިއަންގެ ހިތް ފަތަހަކޮއް އޭނާާއި އެކު ގުޅުމެއް ފަށީމެވެ. ދާރިއަން ހީކުރި ވަރަށް ވުރެ މާ ރަނގަޅެވެ. އަހަރެންނަށް ނޭނގުނީ ދާރިއަން އަހަރެންނަށް ނޭނގި އެހެން އަންހެން ކުދިންނާއި ގޯސް ގުޅުން ބާއްވާކަމެވެ. އެންމެ ފަހުން އެކަންތައް ފަޅާއަރައި ދެމީހުން ރުޅިވީއެވެ.

ރީހާން ދޫކޮށް ލުމަކީ ކުރެވުނު މޮޔަ ކަމެއްކަން ވިސްނުނީ ދެނެވެ. ދެވަނަ ފުރުސަތަކަށް އެދި އެތައް އާދޭސް ތަކެއް ކުރުމުން ރީހާން އަހަރެންނައް ފުރުސަތެއް ދިނެވެ. ކަން ނިމިގެން ދިޔައީ އަހަރެން ހީކުރި ގޮތާއި ހިލާފަށެވެ. ރީހާން އަހަރެން ދޫކޮށްލައިފައި ދިޔައީ އަހަރެން ވީ ބޭވަފާތެރި ކަމުގެ ރަހަ އަހރެންނަށް ލަށްވައިދީފަ އެވެ.

“މައުނާ! ހިނގާ ގެއަށް ދާންް. ހީވަނީ ވާރޭވެހެން އުޅެނީހެން”. ސިއްސައިގެން ގޮސް ހިޔާލުތަކުން ބޭރުވެވުނީ ދައްތަ ވާހަކަ ދެއްކި އަޑަށެވެ. ބޯޖަހައި ލައިފައި އަހަރެން ވެސް ދާން ތެދުވީމެވެ.

-ނިމުނީ-

*މިއީ ހަޤީޤީ ވާހަކައެއްގެ މަށްޗަށް ލިޔެފައިވާ ހިޔާލީ ވާހަކަ އެކެވެ.*

 

Comments (8)

  1. Ghost girl 👻

    Masha Allah vrh reethi mi story waiting for your new story 😊☺️

  2. Zozo!

    V reethi mi vaahaka!
    I wonder mee kaakuge love story eh baa ey!
    Ekamu varah reethi!

  3. Girlyy

    Masha allah mi vaahaka vess varah reethi
    Sifa kurun thah vess varah furihama
    Varah ufehdhuntheri vaahaka eh
    Waiting for your next story
    Love yaa

    1. _devil_
      Girlyy

      thank you, Girlyy

  4. Cutie girl

    Mi vaahaka ves v reethi masha Allah
    Curiously waiting for next part
    Keep it up

  5. L

    if it isnt the consequences of your own actions

  6. _devil_

    thank you for all your support

  7. LL

    Thank you for writing my love life in public but v creative

Comments are closed.