Skip to content
އެސްފިޔަ

މަންމަގެ ނަސޭހަތް!

މެންދަމުގެ ވަގުތެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަިރު ޖެހޭ ވައިގެ ސަބަބުން ގަސްތަށް ދެކޮޅަށް ހޫރެމުން ދިޔައެވެ. ދޭތެރެއަކުން ވިދާލައެވެ. ކުޑަދޮރަށް ވާރޭވިއްސާ މަންޒަރު ބަލަން  އަހަރެންނަށް އޮވެވުނީ ނުނިދިފައެވެ.

އެވަގުތު މާޒީގެ ސޮފްހާތަށް ލޯކުރިމަތީ ނިއުޅެން ފެށިއެވެ. އެއީ މީގެ 7 އަހަރު ކުރިއެވެ. އަހަރެން އޭރު އުޅޭނީ ގްރޭޑު 10 ގައެވެ. އަހަރެން ކިޔެވުމައް ވެސް މޮޅެވެ. ނަމަވެސް ފަހަކަށް އައިސް އަހަރެންގެ އެކުވެރިންގެ ވަސްވާހުގެ ސަބަބުން އަހަރެންގެ ހިޔާލު ބަދަލުވިއެވެ. އެކުވެރިން ބުނިގޮތުގައި އެއްމެ ފަހުއަހަރު ކަމުން ކިޔެވުމަށް އެހާ ސަމާލުކަން ނުދީ މަޖަލާ ސަކަރާތުގައި ހޭދަކޮށްލުމަށެވެ. ދެން ސްކޫލު ނިމިގެން އެންމެން ވަކިވުމުން މިގޮތައް މަޖާކޮށްލާނޭ ފުރުސަތެއް ނުލިބޭނެކަމެވެ. ނެއިންގި ނަމަވެސް އަހަރެންގެ  ސިކުނޑި އެފަރާތަށް ލެނބި އެކުވެރިން ބުނިފަދައިން ކިޔެވުމަށް ސަމާލުކަމެއް ނުދީ ބެލީ ސަކަރާތް ޖެހޭތޯއެވެ. ޓީޗަރުންވެސް އަހަރެން ބަދަލު ވެފައިވާވަރު މައިންބަފާން ކާރީ ކިޔެވެ. މަންްމަ އެކަމާ ހިތްހަމަ ނުޖެހި އެހެން ނޫޅުމަށް އެދި އާދޭސް ކުރިނަމަވެސް އަހަރެން އެ އާދެސް ތަކަށް ދިނީ މުޅިން ބީރު ކަންފަތެކެވެ. އަހަރެން މިހާރު ޕޮޑާއި ސިގެރޭޓް ވެސް ބޮމެވެ. އެއީ އަހަރެންގެ އުފަލެވެ. އެކަމާ މަންމަ ހަޅޭލަވާ ހެދިއެވެ. ނަމަވެސް ފަހަކަށް އައިސް މަންމަ، އަހަރެން އުޅޭ ގޮތާ އެއްޗެކޭ ނުބުނެއެވެ. އެކަންވީ އަހަރެންގެ ބޮލަށް ލިބުނު ލުޔަކަށެވެ. ނަމަވެސް ދުވަސް ކޮޅެއް ފަހުން މަންމަ، އަހަރެން އުޅޭގޮތަށް ކެއްނުވެގެން މުޅިއުމުރަށް އެދެލޯ މަރާލިއެވެ. އެދުވަސް ވެގެން ދިޔައީ އަހަރެން އެއްމެ ރޮއި ހިތާމަ ކުރިދުވަހަށެވެ. ދެހަފްތާ ތިންހަފްތާ ވަންދެން އެހިތާމަ ތެރޭ އުޅުނީމެވެ. އޭރު މަންމަ ދެރަވާނެ ވަރެވެ. އެއާދޭސް ތަކަށް ބީރު ކަންފަތެތް ދިނުމުން ހިތުގައި ޖެހޭނެވަރެވެ.  އަހަރެންނަށް ޖީސީން ރަގަނޅު ނަތީޖާ އެއް ނުލިބުނެއް ކަމަކު ހިތްވަރު އެލުވައެއް ނުލަމެވެ. އަހަރެން ގަދައަޅާ މަސަތްކަށް ކުރީމެވެ. މަންމަގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދާދިނުމަށެވެ.

މާޒީގެ ފުންކަނޑުން އެއްގަމަށް ބީއްސާ ލެވުނީ ފަތިސް ނަމާދުގެ ބަންގިގެ އަޑަށެވެ. އަވަހައް މިސްކިތަތް ދާން ތައްޔާރު ވެލީމެވެ. މިސްކިތުން އައިސް، އަލަމާރީން އަހަރެންގެ ޕޮލިސް ޔުނިފޯމު ނެގީމެވެ. މިއަދު އަހަރެންނަށް މިމަގާމުގައި މިހުރެވުނީ އެދުވަހު ކުރި ބުރަ މަސަތްކަތުގެ ސަބަބުންނެވެ.

*ނިމުނީ*

Comments (3)

  1. Ellie

    Aww cute story!
    Hope I see other stories of yours!

  2. Girlyy

    Awwwwn varah loabi mivaahaka
    Hoping to get a new story sooon
    Lyssm

  3. Ghost girl 👻

    Masha Allah 😍 vrh reethi mi story ❤️ when’s next story🫶🏻🫶🏻 curiously waiting for your new story 🫶🏻 keep it up dear your doin great 🥰🥰🥰🥰

Comments are closed.