އިތުބާރު 2
އަހަރެން ބާރު ހިގުމެއްގައި ގޮސް ފާހަނާ އިންނަ ކޮރިޑޯ އައް އަޅާލުމާއެކު ހުއްޓުން އެރިއެވެ. އަހަރެންގެ ގައިގައި ޖެހޭނުޖެހޭ ހިސާބު ކައިރީ އިޔާން ހުއްޓާ ފެނުމުން ގަޔަށް ފިނިވިއެވެ. އޭނާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.
“އަހަރެން ހީކުރީ މާލަސްވީމަ އިޔާން ދާނެކަމައް…” އަހަރެން ހަމަޖެހިލުމައް ފަހު ބުނެލީމެވެ.
“އާން.. ދާން އުޅެނިކޮށް ތިއައީ..” އިޔާން ފާރުގައި ލެެގިލަލުން ބުންޏެވެ.
“ކީކުރަން އަހަރެން ކައިރީ އަންނަން ބުނީ..؟” އަހަރެން އަހާލީމެވެ.
“އާ ދޯ..!” އިޔާން ޖީބުން ނެގީ ފަތްޖަހާފައި އޮތް ގަނޑު ކޮޅެން ނެގިއެވެ. އަހަރެން އަތައް އެ ގަނޑުކޮޅު ދީފައި އޭނާ ވަރަށް ރަކިވެފައި ހުރެ ދިޔައެވެ. އަހަރެން އެ ގަނޅުކޮޅު އަތުތެރެއަށް ލައި ފޮރުވައިގެން ކުލާހަށް ދިޔައީމެވެ.
ސެޝަން ނިމުމާއެކު އަހަރެން އަވަސް ވެގަތީ ގެޔަށް ދާށެވެ. އަހަރެން ސުކުލު ހޯލުން ބޭރަށް ނިކުންނަން ދަނިކޮން އިޔާން ގޮވާލި އަޑު އަހަރެންގެ ކަންފަތައް ފޯރިއެވެ. ފަހަތަށް އެބުރި ބަލާލީރު އިޔާން ވަރަށް ބާރަށް ދުވެފައައެވެ.
“އެ ސިޓީ ކިޔާފިންތަ؟” އިޔާން ބޯކަހާލަމުން އަހާލިއެވެ.
“އަދި ނުކިޔަން..” އަހަރެން ބުނީމެވެ.
“އޮހް.. އޯކޭ..” އިޔާން ހަނާއަޅާލަމުން ދިޔައެވެ.
ގެޔަށް ދިޔަގޮތަށް އެެއްޗިހިވެސް ބަދަލުނުކޮށް އެގަނޑުކޮޅު ނެގީމެވެ. ގަނޑުކޮޅު ހުޅުވާލުމާއެކު އަހަރެންގެ ލޯ ބޮޑުވިއެވެ. ވަރަށް ދިގު ލިޔުން ކޮޅެކެވެ. އޭގައިވަނީ :
“ލޯބިވާ ރާޔާ އައް..! ވަރަށް ގިނަދުވަހަށް ފަހު އަަހަރެންގެ އަސްލު އިހްސާސްތަތް ރާޔާ އާ ހިއްސާކޮށް ލާނަމެވެ. ރާޔާ އެވެ. އަހަރެންނަށް ރާޔާ ފުރަތަަމަ ފެނުުދުވަހުން ފެށިގެންވެސް ތީ ހަމައެކަނި އަހަރެންގެ އެކުވެރިއެއް ނޫންކަން އިގުނު.. ތި ރީތި ހިނިތުންވުންތަކާ، ސަމާސާބަސް ބަހުން އަހަރެންނަށް ރާޔާ އާއި މާގަޔާ ވެވިއްޖެވެ. އަހަރެން ރާޔާ އާއި ސުވާލެއްކޮށްލާ ނަމެވެ. ވިލް ޔޫބީ މައި ގާރްލްފުރެންޑް..؟ އާއެކޭނަމަ މާދަމާ އިންޓަވަލް އައްފަހު ދެވަނަ ގަޑީ އަހަރެން ދިޔައީމަ އަންނަށްޗޭ ފާހަނާއައް.. ނޫނެކޭނަމަ ޓެކްސްޓު ކޮށްލާ ”
އެސިޓީ ކިޔުމައްފަހު އަހަރެންނަށް ހީވީމުޅި ދުނިޔެ ލިބުންހެނެވެ. އެދުމައްޗައް ވެއްޓިގަނެވުނެވެ. ބާލީހުގައި ބާރަށް ބައްދާލެވުނެވެ. ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. އިޔާން ވެސް އަހަރެންނަށް ރުހޭ ކަން އިގުމުންވީ އަމަށަކު އުފަލެއްނޫނެވެ. ކޮންމެއަކަސް މިލިބުނީ ރަނގަޅު ފުރުސަތެކެކެވެ. އަވަހަށް ޝީން އައް ގުޅާފައި މިވާހަކަ ބުނީމެވެ. ޝީން ގެ ރާގު ހުރިގޮތުން ހިތްހަމަނުޖެހޭ ކަން އިގުނެވެ.
އިރު އޮއްސޭން އުޅު ގަޑިއެވެ. އަހަރެން ފިހާރެއައް ދާން ނިކުތީ އިޔާން ފެންނާނެކަމުގެ އިންތިޒާރުގައެވެ.
މަޑުމަޑުން ވައިޖެހެމުން ދިޔައެވެ. ކައިރި ގެޔަކުން ބާރަށް ލަވަޖަހާ އަޑުއިވެއެވެ. އަހަރެން ފިހާރައިން ނިކުންތަނާހެން ބައިސްކަލުގައި އައި މީހަކު އަހަރެން ކުރިމަތީ ހުއްޓިލިއެވެ. އިސްއުފުލާ ބަލާލުމާއެކު ލަދުގަތެވެ. ކަޅުކުލައިގެ އަތް ދިގު ޓީޝާޓަކާއި އައިސް ބުލޫ ޖިންސެއްގައި އިޔާން ފެންނަން ހުރީރު ނިކަން ހިތްގައިމެވެ. އިޔާންގެ ފަން އިސްތަށިގަޑު ވަޔާ ހޫރެމުން ދިޔައެވެ.
“ކޮބާ ޖަވާބަކީ..؟” އިޔާން އެއް އަތުން އިސްތަށިގަޑު ރީތި ކޮއްލަމުން އަހާލިއެވެ.
“އާމްމްމް… ޔެސް..” އަހަރެން ވަރަށް ލަދުން ހުރެ އެހެން ބުނެލައިފައި ގެޔައްދާން ހިގައިގަތީމެވެ.
“އަސްލުވެސްތަ..؟” އިޔާން ހައިރާންވެފައި އަހާލިއެވެ. އަހަރެން އޭނާ އާއި ދިމާއައް ބަލާލީމެވެ. އޭނާ ހުރީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލައިގެންނެވެ. އޭނާ އައިސް އަހަރެންނާ އެއްވަރު ކުރިއެވެ.
“މީހަކަށް ފެނިދާނެ.. ދެން ދަނީ..” އިޔާން ހަނާ އަޅާލައިފައި ދަމުން “ފްލައިން ކިސް” އެއް ދިނެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ. އަވަހަށް ގެޔަށް ދިއުމައްޓަކައި ހިގުންބާރު ކޮށްލިއެވެ.
“އެހެންމަ އިޔާން އަހަރެންދެކެ ހާދަ ލައިކްވެއޭ ދޯ..” އަހަރެންގެ ބޯތެރޭ މިހާރު ހިގަނީ ހުސް އިޔާންގެ ހިޔާލުތަކެވެ. އަހަރެންނަށް އެތަކެއް ލޯބީގެ ލަވަތަކެށް ކިޔުނެވެ.
“ހާދަ އުފަލުން އުޅޭ ދުވަހެއް..” މަންމަ ހެވިލާފައި ބުންޔެވެ. އެއީ އަހަރެން އެނބުރިލާފައި އައިސް ބަދިގެޔަށް ވަނުމުންނެވެ.
“އައްސަލާމްއަލައިކުމް..” ބޭރުން އިވުނީ ޝީންގެ އަޑެވެ.
“ވައަލައިކުމުއްސަލާމް..” އަހަރެން ފުންމަމުން ގޮސް ޝީން ގޮވައިގެން ވަނީ ކޮޓަރިއަށެވެ.
ރާޔާ، ތެދުތެދައް ބުނޭ.. ކާކު ރާޔާ ކައިރީ ރައްޓެހިވާން އެހީ..؟” ޝީން ވަރަށް ސީރިއަސް ވެފައި ހުރެ އަހާލިއެވެ.
“އައިގެ ކްރަޝް.. ހިތަކަށްވެސް ނާރަން..” އަހަރެން ޖެހިގަންނަމުން ބުނެލީމެވެ.
“ބަޓް ކީއްވެ..” ޝީންގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. ޝީން އަހަރެންނާއި ފުރަގަސް ދީގެން ހުރެފައި އަނެއްކާވެސް އެބުރުނެވެ.
“އެއްވެސް ފިލާވަޅެއް އެބައޮތްތަ..” ޝީން މައުލޫ ބަދަލުކޮށްލިއެވެ. ދެންމެ އޭނާގެ މޫނު މަތިން ފެނުނު ނުތަނަވަސްކަން ނެތިގޮއްސިއެވެ. އަހަރެމެން ދެމީހުން ވާހަކަދައްކަން ތިބެފައި ޝީން މަންމަ ގުޅުމުން އޭނާ ދިޔައެވެ.
މެންދުރު ކައިގެން އައިސް ސޯފާގައި އިށީން ތަނާހެން މީހަކު ގުޅާލިއެވެ. އަޅާލުން ކުޑަގޮތަކަށް ބަލާލުމާއެކު ލޮލުގައިވިދާލީ އުފާވެރި ކަމެވެ. މަންމަ ގެގައި ނޫޅުނެއްކަމަކު އަހަރެން ކޮޓަރިއައް ވަދެ ތަޅުލީމެވެ.
“ހެލޯ..” އެކޮޅުން ވަހަކަ ދެއްކީ އިޔާން އެވެ.
“ހަލޯ.. ކީއްކުރަން ތިގުޅީ..؟” އަހަރެން އެދުގައި އޮށޯންނަމުން އަހާލީމެވެ.
“ދެން ނުގުޅަން ވީތަ؟” އިޔާން ސަމާސާ ރާގަކަށް ބުންޔެވެ.
“އުހުން އެހެނެއްނޫން..” އަހަރެން އަތުގެ ނެޔަފަތި ތަކާއި ކުޅެލަކުޅެލާ ހުރީމެވެ.
“ވަރަށް ފޫހިވޭ..”
“އެއީ..”
ރާޔާ މަތިން މިސްވާތީ..” އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އެތައްއިރަކު ވާހަކަދައްކަން ތިބެފައި ފޯނު ބޭއްވީމެވެ. މިއަދު އަހަރެން ވަރަށް އުފާވެއްޖައީމުއެވެ. ހަޔާތުގެ އާ އުއްސަލިތަކެއް ހުޅުވުނު ދުވަހަކަށް މިއަދު ވިއެވެ.
ކުޅެންދާން ރެޑީވެލީމެވެ. ކުޅެންދިއުމަކީ މިހާރު އަހަރެންނަށް ކުރަން ވަރަށް އުދަގޫ ކަމެކެވެ. އެތާގައި އަހަރެންނާއި އިޔާން އާއި އަޅުވާކިޔާވަރުންނެވެ.
“ކާކު ދިންމަލެއް..” މަންމަ އަހަރެން އަތުގައި އޮތް ފިނިފެންމާފެނި އަހާލިއެވެ.
“މީ އަންނަނިކޮށް ފެނުނު މަލެއް.. ރީތި ދޯ..” އަހަރެން ވާހަކައެއް ހަދާލީމެވެ.
މަންމަ އަހަރެންނާއި ދިމާއައް ފާޑަކަށް ބަލަން އިދެފައި އަނެއްކާވެސް ކުރިން ކުރަން އިންމަސަށްކަށް ރުޖޫޢަވިއެވެ.
ކޮޓަރިއައް ވަށްގޮތަށް އަހަރެން އެމާ ތުންފަތުގައި ޖައްސާލީމެވެ. މީ އިޔާން އަހަރެންނަށް ދިންމަލެކެވެ. އަހަރެން އެމާ ނޯޓުފޮތް ތެރެއައް ލީމެވެ. އިރުކޮޅަކުން މަންމަ ގޮވާލިއެވެ. ބޭރުގައި ޒަޔާން ހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







devil mi part vx vrh reethi Masha Allah 🖤
keep it up darl!
I appreciate your hard work 🖤
lyssm 😜
Aww, Thank you so much for your support!
Who is zayaan??
Mi part ves v reethi!
Keep it up!
Lets see who he is dhw!
Thank you!
Masha Allah mi part vx vrh reethi
Vrh interesting story eh..
Btw, who is zayaan?
Curiously waiting for the next part
Thank you!
Lets see who that is dhw!
V reethi when’s next?
Thank you!
Inshaaallah maadhamaa next part nikunaane!
devil luving this part is very nice…
lyssssm 😘
Thank you so much!
Love you too!
devilbe i like your stories…
this is my first time commenting on your stories…
gud job devilbe ❤️
Thank you, YAL KOKKI!
Wowww mi part vess varah varah reethi
Masha allah
Curiously waiting for the next part
Varah avahah nikunnaane kamah ummeedhu kuran
This storyy is getting really interesting hehehe
Lysmmm
Thank you, Girlyy!
Inshaaalaah miadhu faharehgaa nikumedaane. emme fahun beleeruves inee pending ga!
Love you too!