ގަސްގަނޑު ތެޅިގަތުމުން މާހީ އެދިމާ އަށް ބަލާލިއެވެ. ހަމަ އެވަގުތު އަރަން ވެސް މާހީ އަށް ބަލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި އެވަގުތު ހަމަވިއެވެ. ދެމީހުންނަށް ވެސް ބަލަން ތިބެވުނީ ސުވާލުގެ ނަޒަރަކުންނެވެ. މާހީ އިރުކޮޅަކު ބަލަން އިދެފައި ނަޒަރު ބަދަލު ކޮށްލިއެވެ. އަރަން ދެން ބަލާލީ މާހީގެ ފަޔަށެވެ. “ތިއޮށް ލޭ އަންނަނީނު.. ކިހިނެއްވީ..؟ އާދެބަލަ..” އަރަން އެއްފަޗަކަށް އަމުނާލިއެވެ. އޭނާ މާހީގެ އަތުގައި ހިފައިގެން ގެނެސް ޖޯލީގައި ބެއިންދި އެވެ. އަރަންގެ އެހީތެރިކަން ބޭނުން […]
ދުރުގައި މި މަންޒަރު ބަލަން ހުރި އަރަންގެ ލޭ ކެކިގަތެވެ. އެހެން ފިރިހެނަކު މާހީ ގައިގައި އިގިލި ކުރި ޖައްސާލިއަސް އެއީ އަރަން އައް ކެއްވާ ވަރު ކަމެއް ނޫނެވެ. ނަމަވެސް ސުކޫލު ކަމުން އޭނާ މަޑުން ހުރީ އެވެ. ނޫންނަމަ އަރަން މިހާރު ދާއިން މަހާ ކައްޓާ ވަކި ކުރީސްކަން ޔަގީނެވެ. ސުކޫލު ނިމިގެން މާހީ ގެޔަށް ދިޔައިރު އޭނާގެ ބޮޑުދައިތަ ފަހާފޮށި ކައިރީ އުޅެއެވެ. މާހީ ފެނުމުން އޭނާ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މާހީ […]
އިރު އޭގެ ވާޖިބު އަދާކުރުމައް ފަހު ދުނިޔެއާ އަލްވަދާޢު ކިޔުމައް ތައްޔާރު ވަނީއެވެ. އުޑުމަތީ ރަތް ވިލާ ލާން ފަށާފިއެވެ. ދޫނިތައްވެސް އެއްޗިހީގެ ހާލިތަކަށް ވަންނަން ފަށާފިއެވެ. އަތިރިމަތިން ވެސް ކުޑަކުދިން ގޮވައިގެން މީހުންތައް ގެޔާދިމާއަށް މިސްރާބު ޖަހަނީ އެވެ. ފިނިކޮށްލަން ނިކުމެ އުޅޭ މުސްކުޅިން ވެސް ގެޔައް ދަނީ އެވެ. ރާޅު ޖަހާ ހިސާބުގައި ތިބި ތިން އަންހެން ކުދިން ފިޔަވައި އަތިރިމަތީ އެއްވެސް މީހެއްގެ ހިލަމެއް ހިލަމެއް ނުވެއެވެ. އިރު އޮއްސޭ ހިތްގައިމު މަންޒަރު […]
“ދެން ކީއްވެޔޯ އެފަހަރު އަހަރެން ދޫކޮށްލައިފައި ދިޔައީ..؟” މާޔާ ސީދާ ނާއިލްގެ ކަޅު ދެލޮލައް ބަލަން ހުރެ ބުނެލިއެވެ. “އެގެ އެއްނު..” މާޔާ އެގޮތައް ބަލަން އިނުމުން އެހެންދިމާއަކަށް ނަޒަރު ބަދަލު ކޮށްލަން ނާއިލް އައް އުދަގޫވިއެވެ. “ނޯ.. އަހަރެން ބޭނުމީ ނާއިލް ފަރާތުން އިގެން..” މާޔާ ކުޑަކުއްޖެއްހެން ބުނެލިއެވެ. “އަހަރެންނަށް މާޔާ ފުރަތަމަ ފެނުނު ދުވަހުންވެސް މާޔާދެކެ ލައިކްވެވުނު.. ދެން ކޮންފެސް ކުރަން އުޅުނު ދުވަހު މާޔާ އައިސް ބުނީ ދާނިޝް އާ ރައްޓެހިވިވާހަކަ..”ނާއިލް ކިޔައިދިނެވެ. […]
އެމީހަކު ކެބިން ތެރެއަށް ވަނުމާއިއެކު މާޔާ ގަޔަށް ފިނިގަޑެއް އަދައިގެން ދިޔައެވެ. ލާން އުޅުނުނޭވާ ވެސް ކަރުތެރޭ ތާށިވިއެވެ. އެވަގުތު ނާއިލް ވެސް މާޔާ އައް ބަލާލި އެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ބުނަން ނެއިންގޭ އިހްސާސް އެއް ކުރެވުނެވެ. މާޔާ އިތުރަށް ނާއިލް އައް ނުބަލަންވެގެން ކަރުކެހިލުމައް ފަހު ކަރުކެހިލުމައްފަހު ކުރިމަތީ ހުރި ގޮޑިޔައް އިޝާރާތް ކޮއްލިއެވެ. އޭރު ވެސް ނާއިލް މާޔާގެ މޫނާ ނަޒަރު ވަކިކޮށް ނުލައެވެ. ގޮނޑީގައި އިށީންދެފައި އޭނާ […]
ޖިޔާން މިސްރާބުޖެހީ ނާއިލް ކައިރިއަށް ދިއުމަށެވެ. އޭނާ އައް ގުޅުމުން ބީޗްގައި ކަމަށް ބުންޔެވެ. ޖިޔާން ބީޗްއަށް ދިޔައިރު އެތާއިން ޖޯއްޔެއްގައި ނާއިލް އޮތެވެ. ޖިޔާން ގޮސް ނާއިލް އާއި ޖެހިގެން ހުރި ޖޯލީގައި އޮށޯތެވެ. “ކަލޭ ތިއުޅެނީ ކިހިނެއް ވެގެން..؟” ޖިޔާން ނާއިލް އައް ބަލަން ހުރެ އަހާލިއެވެ. “މަށަށް ކަމެއް ވެއްޖެތަ..؟” ނާއިލް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. “މިހާރު މާޔާ އުޅެނީ ކަލޭ ފޯނު ނުނަގާތީވެ ދެރަވެގެން.. މިހާރު މުޅިންހެން ތިހުންނަނީ އޭނަ އިގްނޯ […]
ދެމީހުންވެސް ހޮސްޕިޓަލުން ނިކުތީރު ގަޑިން 5 ޖަހާފި އެވެ. ޖިޔާން ސައިކަލް މަޑުކޮށްލީ “ސަންރައިސް” ކެފޭ ކުރިމައްޗަށެވެ. ދެމީހުންވެސް އެރީ މަތީ ފަންގިފިލާއަށެވެ. ހާމައަށް އުޑުފެންނަން އޮތީރު ހިޔާކޮށްފައި އޮތްބައެއް ވެސް އޮތެވެ. ވަރަށް މަދު މީހަކު ނޫނީ ނޫޅެއެެވެ. “ޖިޔާން އައް ނާއިލް ވާހަކަދައްކާ ތަ؟” މާޔާ އެހެން ހުރެފައި އެހިއެވެ. “އާން މިއަދު މެންދުރު ގުޅި..” ޖިޔާން މެނޫ އަށް ބަލަން ހުރެ ބުނެލިއެވެ. މާޔާގެ މާޔޫސް ވެފައިވާ މޫނު ފެނި އެހިތް ނާއިލް […]
ނާއިލް އެދުމަތީ އޮތީރު ސިކުނޑިތެރޭ އެތަކެއްކަމެއް ހިގަމުން ދިޔައެވެ. މާޔާގެ ހަތަރު ފަސް މިސްކޯލް އައިސް ހުރިތަން ފެނުނުނަމަވެސް ނާއިލް އަޅައެއްނުލުއެވެ. ނާއިލް ހިތަތް އެރިއެވެ. ދެން އެއްމެ ރަގަނޅުވާނީ މާޔާ އަމިއްލައައް އުޅެން ދޫކޮށްލިއްޔާ އެވެ. މިހެން އުޅެގެން ދެވަނަފަހަރައް ވެސް އޭނާގެ ހިތް ހަލާކުވެދާނެއެވެ. އެކަމު ނާއިލް އައް ނެއިންގޭ ކަމަކީ މާޔާވެސް ނާއިލް އާއި ގަޔާވާ ކަމެވެ. ނާއިލް އައް އެރޭ ނިދުނީވެސް ވަރަށް ދަންވިފަހުންނެވެ. ހެދުނުގެ ވަގުތެވެ. ކެބިންގައި އިނީރު އިރު […]
މާޔާ ގެއިން ނިކުތީ ހިގައިފައިދާން ވަގުތުނަގާނެތީ އެވެ. ދޮރާށި ލައްޕާލުމާއިއެކު މާޔާ ސިހުނެވެ. ސައިކަލުގައި ލެގިލައިގެން ނާއިލް ހުރީ މާޔާ އަށް ބަލާށެވެ. ނާއިލް ބަލަން އިންގޮތުން މާޔާ އައް ފިނިވިއެވެ. އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ހުޑީ އަކާއި ޖިންސް އެކެވެ. “ބުނީ ނާންނާނަމެކޭ އެންނު..؟” މާޔާ ބުނެލިއެވެ. “އެކަމުވެސް މީނީ އައިސް..” ސައިކަލަށް އަރަން އިށާރާތް ކޮއްލަމުން ނާއިލް ބުނެލިއެވެ. “ފޮނި މީހެކޭދޯ..” މާޔާ ސައިކަލަށް އަރަމުން މަޑުމަޑުން ބުނެލިއެވެ. “ކީކޭ..؟” “އެއްޗެކޭ ނޫން..” […]