ލިބިދޭތޯ އިންނާނަން ލޯބިން-6
މާޔާ ގެއިން ނިކުތީ ހިގައިފައިދާން ވަގުތުނަގާނެތީ އެވެ. ދޮރާށި ލައްޕާލުމާއިއެކު މާޔާ ސިހުނެވެ. ސައިކަލުގައި ލެގިލައިގެން ނާއިލް ހުރީ މާޔާ އަށް ބަލާށެވެ. ނާއިލް ބަލަން އިންގޮތުން މާޔާ އައް ފިނިވިއެވެ. އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ހުޑީ އަކާއި ޖިންސް އެކެވެ. “ބުނީ ނާންނާނަމެކޭ އެންނު..؟” މާޔާ ބުނެލިއެވެ. “އެކަމުވެސް މީނީ އައިސް..” ސައިކަލަށް އަރަން އިށާރާތް ކޮއްލަމުން ނާއިލް ބުނެލިއެވެ. “ފޮނި މީހެކޭދޯ..” މާޔާ ސައިކަލަށް އަރަމުން މަޑުމަޑުން ބުނެލިއެވެ. “ކީކޭ..؟” “އެއްޗެކޭ ނޫން..” މާޔާ އަވަހައް ބުނެލިއެވެ.
ނާއިލް ގޮސް މާޔާ ހޮސްޕިޓަލަށް ލައިފައި މިސްރާބުޖެހީ ބީޗާދިމާއަށެވެ. އަލިކަމެއް ނުވާ ބީޗްގައި ނާއިލް ހުއްޓިލީ ރާޅު ބީއްސާ ހިސާބުގައެވެ. ޖެހެމުންދިޔަ ވައިރޯޅިތައް އެފަން އިސްތަށިގަޑަށް ގޯނާ ކުރަމުން ދިޔައެވެ. ނާއިލް އައް ހިޔާލު ކުރެވުމުން ދިޔައީ މާޔާ އާއި މެދުއެވެ. އޭނާ މިހާރު އޭނާގެ އިހްސާސްތައް މާޔާ އައް ކިޔައިދޭންވީހެއްޔެވެ؟ މާޔާ އޭނާ އާއި ދޭތެރޭ މިގޮތައް ނުދެކެންޔާ އެވެ؟ އަދި މާއަވަހީ ހެއްޔެވެ؟ އެކަމު މާލަސްވެގެން މާޔާ އެހެން މީހަކާއި ގުޅިއްޖެއްޔާ ކުރީފަހަރުހެން އޭނާ އައް މާޔާ ގެއްލޭނީއެވެ. އެކިކަހަލަ ހިޔާލުތަކުގައި އޭނާއައް ހުރެވުނީރު ތުނިކޮށް ވާރޭ ވެހެމުން ދިޔަ ކަމެއްވެސް ނެއިންގެ އެވެ.
މާޔާ ރޫމްގައި އިނީރު އޭނާ އިނީ ފޯނުން ވާހަކަކިޔާށެވެ. ކުޑާއިރުއްސުރެއް ވެސް އޭނާ ވާހަކަ ކިޔުމައް އެހާ ފޯރިހުރެއެވެ. މިރޭ ޖިޔާން ސަލާމް ބުނެފައިވުމުން މާޔާ ހިތްހަމަ ޖެހުނެވެ.
ނާއިލްް އައް ހަމަހޭކަން ވެރިވީ ކުޑަކޮށް ގުގުރާލުމުންނެވެ. ދުވެފައި ކަހަލަގޮތަކަށް އޭނާ ވަނީ އެތާ އިން ހަޓެއް ދަށަށެވެ.
މާޔާ ކުޑަދޮރު ކައިރީގައި ވާރޭ ވެހޭ މަންޒަރު ބަލަން ހުރީރު އެސިކުޑި ތެރޭ ދައުރުވަމުން ދިޔައީ ނާއިލްގެ ހިޔާލުތަކެވެ. އަދިވެސް އެފަހަރު އޭނާ މާޔާ ދޫކޮށްލައިފައި ދިޔަ ސަބަބެއް ނުބުނެއެވެ. މާޔާ މެލޭޝިއާ އައް ދިޔަފަހުން ނާއިލް އޭނާގެ ފޯނު ނަންބަރުވެސް ބަދަލު ކޮއްލިއެވެ. ދެންވެސް މެސެޖް ކުރެވެން ހުރުހުރިހާ އެޕަކުންވެސް ނާއިލް މާޔާ ބްލޮކް ކޮއްލިއެވެ. ދާނިޝް އައް މިވާހަކަތައް ކިޔައިދިނުމުން އޭނާ ކުރީ އުފަލެވެ. ދާނިޝް އޭނާއައްވި ބޭވަފާތެރިކަން ހަދާންވެ މާޔާގެ ލޮލުގައި ކަރުނަ އުފައްދާލިއެވެ. ނުރޯންވެގެން އޭނާ ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. “ކީއްވެތަ އަބަދު ނާއިލް އާއި މެދު މިވިސްނެނީ..؟ އަނެއްކާ އަހަރެންނަށް ނާއިލްދެކެ ލައިކް ވެވުނީތަ..؟ އެކަމު ނާއިލް މިގޮތަށް ނުދެކެންޔާ ހާދަ ކަޑައެއް ވާނޭ..” މާޔާ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
ފޯނު ރިންގުވާއަޑައް ނާއިލް ސިއްސއިގެން ދިޔައެވެ. ސްކްރީނައް އަރާފައިވީ މާޔާގެ ނަންފެނި ނާއިލް މިފަހަރަކު އުފަލެއް ނުވިއެވެ. ހިތަތްވެރިވީ އުދާސްކަމެވެ. އަޅާލުން ކުޑަގޮތަކައް އޭނާ ފޯނު ބިޒީކޮއްލިއެވެ. ދެވަނަފަހަރައްވެސް މާާޔާ ގުޅިއެވެ. ނާއިލް ދެންވެސް ފޯނެއްނުނެގިއެވެ. ނާއިލް ފޯނުނެގީ ތިންވަން ފަހަރަށް ގުޅުމުންނެވެ. މާޔާ ބަލައި އައިސްދިނުމައް އެދުނެވެ. ނާއިލް މާޔާ ބަލާ ދިޔައެވެ.
“ކީއްވެ ބިޒީ ކޮއްލީ..؟” މާޔާ ޝާކުވާގެ ރާގަކައް އަހާލިއެވެ. “ބިޒީ ވީމައެއްނު..” ނާއިލް މާޔާ އައް ބަލާލިއެވެ. “ހާދަ މޫޑީ ވެފަ.. ކަމެއްވީތަ..؟” ނާއިލް ބަހެއްވެސް ނުބުނެ އިޝާރާތް ކޮއްލީ ސައިކަލައް އެރުމަށެވެ. އޭނާ އެސުވާލައް އޭނާ ޖަވާބު ދޭކައްބޭނުމެއް ނުވިއެވެ.
މިރޭ ނާއިލްގެ މަޑުަމައިތިރި ކަމާއި އަޅާލުން ކުޑަކަން މާޔާގެ ހިތަތް އުދަގޫކުއްލިއެވެ. އެދެލޮލުން މާޔާ އައް ފެނުނީ ބުނެދޭން ނެއިންގޭ އަސަރުތަކެކެވެ. ނާއިލްގެ މަޑުމައިތިރިކަމައް ފުރުސަތުދީގެން މާޔާވެސް ބަހެއް ނުބުނެ ސައިކަލައް އެރިއެެވެ. އެދަތުރު ހޭދަވެގެން ދިޔައީ ދެމީހުންވެސް ވާހަކަ ނުދައްކައެވެ.
“މާދަން ގެންގޮސްދޭކައް ނާދެވޭނެ.. މިއުޅޭނީ ފްރެންޑްސް އާއި އެކު ދަތުރުދާން މާދަަން..” މާޔާ ފެއިބީރައް ނާއިލް ބުނެލާފައި އަވަހައް ދިޔައެވެ. މާޔާ އަވަހައް ގެޔައްވަދެ ކާން އިނީރުވެސް ހިޔާލުކުރެވެމުން ދިޔައީ މިރޭ ނާއިލްގެ އަމަލުތައް ހުރިގޮތާމެދު އެވެ. އޭނާ ހުރީ ކޮންމެވެސް ކަމަކާ ދެރަވެފަ އެވެ.
އާދުވަހަކައް އިރު އަރާފިއެވެ. ގަޑިން 6:30 އެވެ. އެލާމް ވާންފެށުމުން މާޔާ ތެދުވިއެވެ. އަވަހައް ފެންވަރާ ހަދައިގެން އަވަހައް ސައިބޯން ނިކުތެެވެ. އަވަސް އަވަހައް ސައިބުއިލައިގެން ދާން އުޅުމުން އިނާސާ އަހާލިއެވެ. “މިއަދު ހާދަ އަވަސް އަރުވައިލައިފަ..” “އާން.. ހިގައިފަ ދާން ޖެހޭތީ..” މާޔާ ނިކުތެެވެ.
އޭނާ އައް ހޮސްޕިތަލައް ދެވުނީރު އަށެއް ޖަހަން ފަސް މިނެޓް އައް ވެފަ އޮއްވައެވެ. ފުންނޭވާތަކެއް ފަޒާގެ ތެރެއައް ދޫކޮއްލަމުން އޭނާ ހިގައިގަތީ ހޮސްޕިޓާލައް ވަންނާށެވެ. އޭނާ އާއި އެއްކޮށް ޖިޔާން ވެސް ވަދުނެވެ. “ހެލޯ.. އިގޭތަ މިއަދު އަސްލު އެކުވެރިންނާ އެއްކޮއް ދަތުރު ނުގޮސް މިއައީކީ މާޔާ އަދި އާވީމަ، އަދި މިތަނުގެ ގޮތެއް އެހާ ނެއިންގޭނެއްނު..” ޖިޔާން ބުނެލިއެވެ. “ވަރަށް ހެދުނު ހެދުނާތަ ދިޔައީ..؟” މާޔާ އަހާލިއެވެ. “ޕިސް، ނުވައެއް ޖަހާރު ދާން ކިޔައިފަ އޮތީ..” “ނުވައެއް ޖަހާރު ދަންޔާ ޑްރޮޕް ކޮއްލާފަ ދެވޭނު.. އުހުން.. ވެދާނު ޕެކް ކުރުމުގް ބިޒީވީ ކަމައް..” މާޔާގެ ހިތުތެރޭ އޮތެވެ.
ބްރޭކް ގަޑިވެސް ދިޔައީ އެހެންދުވެސް ދުވަހާ އެއްގޮތަށެވެ. ފޫހި ކަންމަތީ ވަޒީފާ ނިއްމާލައިފައި މާޔާ ގެޔައްދިޔައެވެ. ރޭގަޑު ހަތަރެއް ޖަހާލީރު އެވެ. މާޔާ އައް ނުހުރެވިގެން ނާއިލް އައް ގުޅިއެވެ. ފޯނެއް ނުނެގިއެވެ. ދެފަހަރު ގުޅުމުންވެސް މެއެވެ. މާޔާ ކަންބޮޑު ވިއެވެ. ނާއިލް އައް ކަމެއްވީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ ދަތުރު ގޮސް އައުމުން ވަރުބަލިވުމުން އިންނާނީ ނިދައިފަ އެވެ. މާޔާ ހިތަތް ވިސް ނައިދިނެވެ.
ރޭގަނޑުގެ ޑިއުޓީ ނިއްމާލައިފައި މާޔާ އައެވެ. އަދިވެސް ނާއިލް އޭނާގެ މެސެޖް ސީން އެއް ނުކުރެއެެވެ. ނިދުނީވެސް އެކަމާ ވިސްނަން އޮއްވައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







omg mi part vx vrh reethi Masha Allah ❤️
what happened to naail?
when next part?
Thank you!
next part pending ga! heevani mireyge vaguthehga nikunnaane hen!
Masha Allah mi part vx vrh reethi ❤️💯
When’s next part???
Curiously waiting for the next part 🙂
Thank you! next part ves v avahah nikunnaane!
mi part vx vrh reethi
when next part?
bro kobaa how’s you man??
Thank you, dhaantte!
Mireyge vaguthehga nikunnaane kamah mi balani!