Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލިބިދޭތޯ އަންނާނަން ލޯބިން-8

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 31, 2025 2 Mins Read
4 Comments

ދެމީހުންވެސް ހޮސްޕިޓަލުން ނިކުތީރު ގަޑިން 5 ޖަހާފި އެވެ. ޖިޔާން ސައިކަލް މަޑުކޮށްލީ “ސަންރައިސް” ކެފޭ ކުރިމައްޗަށެވެ. ދެމީހުންވެސް އެރީ މަތީ ފަންގިފިލާއަށެވެ. ހާމައަށް އުޑުފެންނަން އޮތީރު ހިޔާކޮށްފައި އޮތްބައެއް ވެސް އޮތެވެ. ވަރަށް މަދު މީހަކު ނޫނީ ނޫޅެއެެވެ.

“ޖިޔާން އައް ނާއިލް ވާހަކަދައްކާ ތަ؟” މާޔާ އެހެން ހުރެފައި އެހިއެވެ. “އާން މިއަދު މެންދުރު ގުޅި..” ޖިޔާން މެނޫ އަށް ބަލަން ހުރެ ބުނެލިއެވެ. މާޔާގެ މާޔޫސް ވެފައިވާ މޫނު ފެނި އެހިތް ނާއިލް އަށް އެދޭ ވަރު ޖިޔާން އައް ފަހުމް ވިއެވެ. “މާޔާ.. ޑޫޔޫ ލައިކް ނާއިލް..؟” ޖިޔާން ވަރަށް ސީރިއަސްކޮށް އެހިއެވެ. މާޔާ ސިއްސައިގެން ގޮސް ޖިޔާން އައް ބަލާލިއިރު އޭނާ އިނީ ސީދާ މާޔާ އައް ބަލާށެވެ. މާޔާ އިނީ ބުނާނެ އެއްޗެއް ނޭންގިފަ އެވެ. އޭނާ އައް ނެއިންގި ހުއްޓާ ނާއިލް ދެކެ ލޯބި ވެވިއްޖެވެ. އެކަމަކު ޖިޔާން ކައިރީ ބުނަންވީ ހެއްޔެވެ. މާޔާ މަޑުމަޑުން ބޯޖަހައިލުމުން ޖިޔާންގެ މޫނުމައްޗަށް ވެރިވީ ލާނެއްކަމެވެ.

“އެކަމު ޕްލީސް އެކަކު ކައިރީވެސް ނުބުނައްޗޭ..” މާޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. “އާން އޯކޭ.. ނުބުނާނަމޭ..” ޖިޔާން ހިނިގަޑެއް ޖަހާލަމުން އެއްބަސް ވިއެވެ. “ދެން ޖިޔާން އައް އިނގޭތަ އަހަރެން ކިޔަވަން ބޭރައް ގޮސް އުޅެނިކޮށް ނާއިލް އަހަރެން ގޯސްޓް ކޮށްލީ ކީއްވެކަން..؟” މާޔާ އަހާލިއެވެ. “ހާހްހް.. ކަލޭދޯ ތީ މާއިޝް މެންކިޔާ މަންޖެއަކީ..؟” ޖިޔާން ކޮށްލޮ ސުވާލުން މާޔާ ހައިރާންވިއެވެ. “އޭން..؟”  “އާން މާއިޝް މެންކިޔާ ނާއިލް އެމަންޖެ ގޯސްޓްކޮށްލީ އޭނާ އެހެން މީހަކާ ރައްޓެހިވީމައޭ..” ޖިޔާން ކިޔައިދޭން މަސަތްކަތް ކުރިއެވެ. “ތި ކިޔަނީ ދާނިޝްގެ ވާހަކަ.. އަހަރެންގެ އެކްސް..” މާޔާ ވެސް ބެލީ ޖިޔާން ކިޔައިދިން އެއްޗިހި ސާފުކޮށްދެވޭތޯ އެވެ. “ކަލޭ ބޭރައްދިއުމުގެ ކުރިން ރައްޓެހިވީ ދާނިޝް އާތަ..؟” ޖިޔާން އަހާލިއެވެ. މާޔާ އާއެކޭ ބުނުގެ ގޮތުން ބޯޖަހާލިއެވެ. “ނާއިލް ޕްރޮޕޯސް ކުރަން ވަރަށް ޕްލޭންކޮށްފަ އޮއްވައޭ މާޔާ ދާނިޝްއާ ރައްޓެހިވީ..”ޖިޔާން އިގިލިދިއްކޮށްލައިފައި ބުނެލިއެވެ. “ކުރިންވެސް އިގުނު ނަމަދޯ.. ނާއިލް ހާދަ ހާރްޓް ވާނޭ ދޯ..” މާޔާ އައް ކުއްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. “ދެން އަމިއްލަ ނަފްސް ކުއްވެރި ނުކޮށްބަލަ..” ޖިޔާން ބުނެލިއެވެ.  “އޭރު މާޔާގެ ވާހަކަ ނޫނީ ނުދައްކަ..” ޖިޔާން ދެކޮޅަށް ބޯހޫރާލަމުން ބުނެލިއެވެ.

“ސޯ ހީ ލޮވްސްމީ..؟” މާޔާ އައް ގަބޫލުކުރަން ދަތިވިއެވެ. މިއޮތްހާދުވަހު އެކުއުޅުނީރު ވެސް ނެއިންގުނީތީ މާޔާ ދެރަވިއެވެ. “ޔެސް ހީޑޫ.. މަ ބުނާނީ އަވަހައް މާޔާ ދެކޭ ގޮތްވެސް ބުނާށޭ..” ޖިޔާން އޭނާގެ ހިޔާލުފާޅު ކުރިއެވެ. ޖިޔާން ބުނިހެން އޭނާ ދެކޭގޮތް ވެސް ނާއިލް ކައިރީ އަވަހަށް ބުނަންވީ އެވެ.

މިފަހަރުވެސް މާޔާ ގެޔަށް ލައިދޭން ދިޔައީ ޖިޔާން އެވެ. ޖިޔާން އައް “ޓާޓާ” އަޅާފައި މާޔާ ގެޔައް ވަނެވެ. މާޔާ ގެޔަށް ވަނީރު މަޔާން އާއި އިނާސާ ޓީވީ ބަލަން ތިއްބެވެ. “ދަރިފުޅާ އާދޭ ކާން..” އިނާސާ ބުނެލިއެވެ. “ދެއްމެ މިއައީ ކެފޭ އައް ގޮއްސަ..” މާޔާ އައިސް ސޯފާގަ އިށީންދެލިއެވެ. އޭނާގެ ސިކުނޑި ތެރޭ ދައުރުވަމުން ދިޔައީ ނާއިލްގެ ހަދާން ތަކެވެ. “ހާދަ ހެވިފަ.. ކޮންހިޔާލަކު..؟” މަޔާން އައް މާޔާގެ އުޖާލާވެފައިވާ މޫނުފެނި އަހާލެވުނެވެ. “ކަމެއްނުވޭ.. މިދަނީ ރެސްޓް ކޮށްލަން..” މާޔާ ހިޔާލުތަކުން ބޭރުވެވުމުން ކޮޓަރިއައް ދިޔައެވެ. ދޮރު ތަޅުލުމައްފަހު ދޮރުގައި ލެގިލައިފައި ލޯމަރާލިއެވެ.

ޖިޔާން މިސްރާބުޖެހީ ނާއިލް ކައިރިއައް ދިއުމަށެވެ. އޭނާ އައް ގުޅުމުން އިނީ ބީޗްގައި ކަމައް ބުންޔެވެ. ޖިޔާން ބީޗައްދިޔައިރު އެތާ އިން ޖޯއްޔެއްގައި ނާއިލް އޮތެވެ. ޖިޔާން ގޮސް ނާއިލް ކައިރީއިން ޖޯލީގައި އިށީނެވެ. “ކަލޭ ތިއުޅެނީ ކިހިނެއް ވެގެންތަ..؟” ޖިޔާން ނާއިލް އައް ބަލަން ހުރެ އަހާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…75

Next

އިންސާފު ލިބޭނެބާ – 32

Next
March 31, 2025

އިންސާފު ލިބޭނެބާ – 32

Previews
March 31, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…75

4 Comments!

  1. baby girl 🙈 says:
    March 31, 2025 at 1:02 pm

    Mi part vx vrh reethi Masha Allah 💗
    btw devil i might not be able to comment from tomorrow onwards but i will read the story if i get free time…
    when next part?

    1. _MuXo_ _devil_ says:
      March 31, 2025 at 1:44 pm

      Thank you, baby girl!
      Its totally fine!
      Inshaaallah maadhan!

  2. dhaantte says:
    March 31, 2025 at 4:45 pm

    heyy devil bro
    mi part vx vrh reethi ingey

    and gud luck leeshaa with your exams… cox dhn dhimaleh nuvaane ehnu chuhtteega noonee that’s why…
    @baby girl 🙈

    Eid Mubarak devil

    1. _MuXo_ _devil_ says:
      March 31, 2025 at 4:56 pm

      Eid Mubarak dhaantte ahves!
      Thank you!

Comments are closed.

Next Episodeލިބިދޭތޯ އިންނާނަން ލޯބިން-9←


All Right Reserved!