Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-3

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 10, 2025 4 Mins Read
15 Comments

ގަސްގަނޑު ތެޅިގަތުމުން މާހީ އެދިމާ އަށް ބަލާލިއެވެ. ހަމަ އެވަގުތު އަރަން ވެސް މާހީ އަށް ބަލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި އެވަގުތު ހަމަވިއެވެ. ދެމީހުންނަށް ވެސް ބަލަން ތިބެވުނީ ސުވާލުގެ ނަޒަރަކުންނެވެ. މާހީ އިރުކޮޅަކު ބަލަން އިދެފައި ނަޒަރު ބަދަލު ކޮށްލިއެވެ. އަރަން ދެން ބަލާލީ މާހީގެ ފަޔަށެވެ.

“ތިއޮށް ލޭ އަންނަނީނު.. ކިހިނެއްވީ..؟ އާދެބަލަ..” އަރަން އެއްފަޗަކަށް އަމުނާލިއެވެ. އޭނާ މާހީގެ އަތުގައި ހިފައިގެން ގެނެސް ޖޯލީގައި ބެއިންދި އެވެ. އަރަންގެ އެހީތެރިކަން ބޭނުން ނުވިއަސް މިވަގުތު ބޭނުމީ މީހެއްގެ އެހީތެރިކަން އިގުމުން މާހީ އަރަންގެ އެހީތެރިކަން ގަބޫލު ކުރި އެވެ.

“މާހީ އަށް ގަލެއް މައްޗަށް ފައިން އެރުނީ..” ލަވްޔާ އައިސް ހުއްޓިލީ ޖައިޝް ކައިރީގަ އެވެ. އަރަން ވަކި އެއްޗެކޭ ނުބުނެ ލަވްޔާ އަތުގައި އޮތް ފަތުން މާހީގެ ފައިން އަންނަމުން ދިޔަ ލޭތަށް ފުހެލިއެވެ. ދެން އޭނާގެ އަތުގައި އޮޅާލައިފައިވާ ފޮތިގަނޑު މާހީގެ ފައިގައި އައްސާލިއެވެ.

“މިހާރު އޯކޭތަ..؟” އަރަން ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. މާހީ މަޑުމަޑުން ބޯޖަހާލިއެވެ.

“ދެން ދޭ ގެޔަށް ގޮސް ދައްތަ ކައިރީ ބުނޭ..” އަރަން ތެދުވިއެވެ. މާހީވެސް ތެދުވަން ވެގެން ހިފައިލީ އަރަން އަތުގަ އެވެ. އަރަން އަވަހަށް މާހީ ތެދުވަން އެހީވެދިނެވެ. މާހީ މެންނާއިއެކު އަރަން އާއި ޖައިޝް ވެސް ހިސާބަކަށް އައެވެ.

“ޓޭކް ކެއާރް..” އަރަން މާހީ އަށް ބަލައިލައިފައި އެއްލޯ މަރާލިއެވެ. މާހީ އަށް އަގަޔަށް ކުނި ވައްތަރެއްޖައްސާ ލެވުނެވެ. ވާނީވެސް އެހެންތާ އެވެ. އިގި ހުރެވެސް އަރަން އެއުޅެނީ މާހީގެ ހިތް ދަމައިގަންނާ ށެވެ. ފަހުން އަރަން ދެރަވާނެކަން އިގޭތީވެ މަހީ ހުރީ ހަމަޖެހިލައިގެންނެވެ.

“ހޫމް ހޫމް.. ތިހާ ކެއަރިން ގޮލައެއް ލިބެން ހުއްޓަވެސް ރެޖެކްޓް ކޮށްލީ އޭ..” ލަވްޔާ ދިމާކުރަން ފެށިއެވެ. މާހީ އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

“އަހަ.. ފްލާވާރް ފަޔަށް ކިހިނެއްވީ..؟” ސިޓިން ރޫމް ސޯފައިގައި އޮތް ޒަހާން އަށް މާހީ ފެނުމުން އަހާލިއެވެ.

“ކޮބާ ކުޑޫ..؟” މާހީ އަށް ހިގެނި ވެސް ކޮރައިގެންނެވެ.

“ކޮޓަރީގަ.. ފައި ކަޑައިގެން ދިޔައީތަ..؟” ޒަހާން އަނެއްކާ ވެސް އެހިއެވެ.

“ހޫމް.. ބީޗް އަށް ގޮސް އުޅެނިކޮށް ގަލެއް މައްޗަށް ފައިން އެރުނީ..” މާހީ އައިސް ސޯފާގައި އިށީން ދެލިއެވެ.

“ހޮސްޕިޓަލަށް ދާކަށްނު ތިޖެހުނީ..” ޒަހާން ދިޔައީ ޒަހީނާ އަށް ގޮވާ ށެވެ. ދުވެފައި ކަހަލަ ގޮތަކަށް ޒަހީނާ އައެވެ.

“ކިހިނެއްވީ ފަޔަށް..؟” ޒަހީނާ މާހީގެ ފައި އޭނާގެ އުގުމަތީ ބާއްވައިލިއެވެ.

“ގަލަކަށް ހެރުނީ..” މާހީ ބުނެލިއެވެ.

“އަވަހަށް ހިގާ ހޮސްޕިޓަލަށް..” ޒަހީނާ އަވަސް ވެގަތީ ހޮސްޕިޓަލަށް ދާށެވެ.

7:30 ވަނިކޮށް ޒަހީނާ މާހީ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެތަނުން މާހީގެ ފައިގައި ބޭސް އުގުޅުމަށް ފަހު ބެންޑޭޖް ގަޑެއް އަޅުވައިދިނެވެ. ގެޔަށް އަިސް މާހީ ކޮޓަރިއަށް ވަންނަން ދަނިކޮށް ޒަހީނާ ގޮވާލިއެވެ.

“ކާކު ފައިގަ ފޮތިގަނޑު އަރުވައިދިނީ..؟” މާހީ ހުއްޓުން އެރިއެވެ. އޭނާ އަރަން އޭ ބުނެފިއްޔާ ޒަހީނާ ހިތަތް އަރާނީ ވެސް ކީކޭ ހެއްޔެވެ.

“އަރަން..” ބުނަން ނުބުނަން ހުރެފައި މާހީ ބުނެލިއެވެ.

“ތި ކުލާސް ކުއްޖެއްދޯ..؟” ޒަހީނާ ހުރެފައި އެހި އެވެ. މާހީ ބޯޖަހައިލި އެވެ.

ޒަހީނާ ގޮސް ކޮޓަރި އަށް ވަނުމުން ޒަހާން ދުވެފައި އައެވެ.

“ހޫން ހޫން.. އަރަން އާއިއެކު ކޮން ރުމޭންސް އެއް ހިންގާލައިފަ ތި އައީ..؟” ޒަހާން މަހީ އަށް ޖެއްސުމަށް އެހިއެވެ.

“އޭނާ އަބަދު އަހަރެންނަށް ފާރަ ލަނީ..” މާހީ ޝަކުވާ ކޮށްލިއެވެ.

“ދެން ލޯބިވާ މީހުން އުޅޭ ނުޅޭގޮތެއް ބަލަން ޖެހޭނު..” ޒަހާން އަޅުވާ ކިޔަން ފެށިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި މާހީ ވަނީ ކޮޓަރިއަށެވެ.

އަރަން ކޮޓަރިގައި އޮތްވައި އޭނާގެ މަންމަ އަރީޝާ ހަޅޭލަވައިގަތް އަޑު އިވުނެވެ. ދުވެފައި އަރަން ބަދިގެޔަށް ވަނެވެ. އަރަންގެ މޫނު މަތިން ފެންނަނީ ހާސްކަމެވެ.

“ކިހިނެއްވީ މަންމާ..؟”

“ކުރަތްޕެއް ފެނުނީ.. ހެހެ..” އަރީޝާ ހިނިތުންވެލިއެވެ. “ދެން އާދޭ ކާން..” އަރީޝާ ކުނިކަހާ ނިއްމާލިއެވެ. އަރަން އައިސް މޭޒުކައިރި އިށީން ނަމުން އުދުންކައިރީ އުޅުނު އޭނާގެ މަންމަ އަށް ބަލާލިއެވެ. އަރަން އަށް އެ މަންމަގެ ދިރިއުޅުމާއި މެދު ހަމްދަރުދީ ވެވުނެވެ. އަރީޝާ މޭޒުމަތި ތައްޔާރު ކުރުމައްފަހު އައިސް އިށީނީ އަރަން އާއި ކުރިމަތި ވާގޮތަށެވެ. ކަމުން ދިޔައިރުވެސް އަރީޝާ އިނީ ހިޔާލަކަށް ގެއްލިފަ އެވެ. އަރަން އަށް، ހުއްޓުން އަރައިފައި އިން އަރީޝާ ފެނި ގޮވާލެވުނެވެ. އަރީޝާ ސިއްސައިގެން ގޮސް އަރަން އަށް ބަލާލިއެވެ. އަދި ހިނިތުން ވެލިއެވެ. އަރަން އަށް މަންމަގެ އެ ދެލޮލުން އަބަދުވެސް ވޭން ފެނެއެވެ. އަރީޝާ ކިތައްމެ އުފަލުން އުޅޭކަން ދައްކަން އުޅުނު ނަމަވެސް އަރަން އަކަށް އެހަލާކުވާ ހިތެއް ނުފޮރުވުނެވެ.

ސުކޫލު ތެރެ އެވެ. ބްރޭކް ގަޑި ކަމުން ކްލާސް ތެރެ އޮތީ އަޑު ބައްދާލައިފަ އެވެ. މާހީ ހޯދާލީ އަރަން އަށެވެ. ކުޑަދޮރުގައި ލެގިލައިގެން އޭނާ އަށް ބަލަން ހުރި އަރަން ފެނުނެވެ. މާހީ ހިގައިގަތީ އަރަން އާއި ދިމާ އަށެވެ.

“އިއްޔެއް ވީކަމަށް ތެންކިއު..” މާހީ އިސްޖހައިލައިގެން ހުރެ ބުނެލިއެެވެ.

“އެއީ އެވަރު ކަމެއް ނޫނެއްނު..” އަރަން މަޑުމަޑުން ބުނެލިއެވެ. “މިހާރު ފައި ކިހިނެއް..؟”

“ހެވެއްނު..” މާހީ ފުނި ރާގަކަށް އެހެން ބުނެލައިފައި ހިގައިގަތެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. މާހި އާއި ލަވްޔާ ބޭރަށް ނިކުތީ ފޫހި ވެގެންނެވެ. ދެމީހުންވެސް ބަދަނރު މައްޗަށް އަރައިގެން އަންނަނިކޮށް ކުއްޖަކު ގޮވާލި އަޑުއިވުނެވެ. ބަލައިލި އިރު ދާއިން އޭނާގެ އެކުވެރިންކޮޅަކާއި އެކު ތިއްބެެވެ. އޭނާ އަތުން ހަނާ އަޅާލުމުން ލަވްޔާވެސް ހަނާ އަޅާލިއެވެ.

“ހޭޔް.. ކޮންތާކަށް ތިދަނީ..؟” ދާއިން އައީ އެކުދިން ކައިރި އަށެވެ.

“މިދަނީ އެތާ ބެންޗެއް ކައިރި އަށް..” މާހީ ބުނެލިއެވެ. ތިންމީހުންވެސް ގޮސް އިށީނީރު ދާއިން އިށީނީ މާހީ ކައިރީގަ އެވެ. ވާހަކަ ދެއްކުމުގެ ތެރެއިން އޭނާ މާހީގެ އަތުގައި ފިރުމައިލަ އެެވެ. ބޮލުގައި މަޑުމަޑުން ޖަހާލައެވެ. މާހީ އަށް މިކަންތަށް މާބޮޑު ކަމަކަށް ނުވި އެެވެ.

“އޭ ބުރޯ އޭނީ ކައޭގެ މާހީތަ..؟” ބަދަރު މަތީ ތިބި ފިރިހެން ގުރޫޕެއްގެ ތެރެއިން ގޮވާލިއެެވެ. އަރަން ހޯދާލިއެެވެ. އޭރު މާ ދުރުނޫން ބެންޗެއްގައި މާހީ މެން ތިބި ތަން ފެނުނެވެ. ދައިން މަޑުމަޑުން މާހީގެ ބޮލުގައި ޖަހާލުމުން އަރަން އަށް އަތް މުއްކަވާލެވުނެވެ. އޭނާ އަށް ބަލަން ކެއްވާވަރުގެ މަންޒަރަކަށް ނުވިއެވެ. ނަމަވެސް އަރަން ހުރީ އެވެ.

އިރު އޮތްސޭން ގާތް ވުމާއި އެކު މާހީ މެން ގެޔަށް ދިޔަ އެވެ. ދެނަމާދު ދޭތެރެ ކަމުން މާހީ އިނީ ކިޔަވާށެވެ. އެހެން އިންދައި މީހަކަު ކޮޓަރި ދޮރުގައި ތަކިދިނެެވެ. މާހީ ކުޑަކޮށް ހައިރާން ވިއެވެ. މި ގަޑީ އޭނާގެ ކޮޓަރި އަށް އަންނާނީ ކާކު ހެއްޔެވެ. ޒަހީނާ މިގަޑީ އުޅޭނީ ކޮޓަރީގަ އެވެ.

“ވަދޭ..” ބޭރަށް އަޑު އިވޭނެ ހެން މާހީ ގޮވާލިއެވެ.

ކޮޓަރިއަށް ވަނީ ޒަހާން އެވެ. އޭނާގެ މޫނުމަތީ ވަނީ އުފާ ވެރި ކަމެވެ.

“ކިހިނެއްވީ..؟” މާހީ އަހާލިއެވެ.

“މިރޭ މިއުޅެނީ ޑޭޓް އަކަށް ދާން..” ޒަހަންގެ ހނިތުންވުން ފުޅާވިއެވެ. 21 އަހަރު ވީއިރުވެސް އަންހެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުމެއް ނުބޭއްވި މީހަކު ކުއްލިއަކަށް ޑޭޓް އަކަށް ދާން އުޅޭތީ މާހީ ހައިރާން ވިއެވެ.

“ދެން އެހެންމަ އެކުއްޖަޔަށް ދޭނެ ގިފްޓް އެއް ކިޔާބަ..” ޒަހާން އަހާލިއެވެ.

“އަހަރެންނަކަށް ނެއިންގެ..” މާހީ ބުނެލިއެވެ.

” ދެން ފޮލާވާރ އައް ވިއްޔަ އެގޭނީ..” ޒަހާން ފާރުގައި ލެގިލިއެވެ.

“ރެޑް ރޯސް އެއް..” މާހީ އޭނާ ދެކޭ ގޮތް ބުނެލިއެވެ.

އިޝާ ނަމާދުން ފައިބައިގެން ގެޔާދިމާ އަށް ދާއިން ދިޔައިރު އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. އޭނާ ވަރަށް ހަމަޖެހިލާފައި ދިޔައީ ވަލު މަގުންނެވެ. ގަސްތަށް ބޯވެފައި އެމަގު އަދިރި އެވެ. ހިގައިފައި ދަނިކޮށް މީހަކު ގޮވާލި އަޑު އިވުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ލޯބިވެރިޔާ

Next

ވާނަމޭ އުމުރަށް އެކީ ޖާނާ………11

Next
April 11, 2025

ވާނަމޭ އުމުރަށް އެކީ ޖާނާ………11

Previews
April 10, 2025

ލޯބިވެރިޔާ

15 Comments!

  1. Never known says:
    April 11, 2025 at 4:31 pm

    First I saw this part uploaded from someone else n i couldn’t leave a comment
    Now I see this part uploads in your name like???
    Anyways mi part varah reethi Maashaa Allah
    Dhaain ah attack kuran annaanee yageen e aran gadu!!
    When next?

    1. _MuXo_ _devil_ says:
      April 11, 2025 at 4:37 pm

      Yeah I did a mistake!
      Please dont hate aran!
      And thank you!

  2. baby girl 🙈 says:
    April 11, 2025 at 5:13 pm

    hehe finally i can comment 😄
    mi part vx vrh reethi Masha Allah ❤️
    keep it up darl
    ly <3<3<3

    1. _MuXo_ _devil_ says:
      April 11, 2025 at 5:29 pm

      Thank you!

  3. baby girl 🙈 says:
    April 11, 2025 at 5:21 pm

    one more thing i have a favor to ask y’all
    please pray for my mom…
    she is going through a 50/50 operation
    she have a tumor on her head 😭
    so guys please help me and my fam
    thats the only favor i want to ask 😢

    1. _MuXo_ _devil_ says:
      April 11, 2025 at 5:28 pm

      Aww! I feel so sorry so you! The only thing you can do is pray god! and be brave!

    2. Tamam abi teşekkür ediyorum says:
      April 11, 2025 at 7:56 pm

      In sha allah your mamma will be alright
      May allah bless you as well

    3. baby girl 🙈 says:
      April 11, 2025 at 8:41 pm

      jazaakallah khairan

  4. baby girl 🙈 says:
    April 11, 2025 at 5:40 pm

    thankx devil 😢

  5. Nayerr says:
    April 11, 2025 at 6:46 pm

    insha’Allah baby girl ge mamma ah heyo goiy minwaru kurahvaashi aameen baby girl ge mamma ah operation kaamiyaabu vaane Insha Allah

    1. baby girl 🙈 says:
      April 11, 2025 at 6:49 pm

      nayu thankx a lot
      and btw its me leeshaa

  6. vaanuva says:
    April 11, 2025 at 11:23 pm

    mi dhaain ves maahy ge personal space respect kuran vajje ennu and mi kon follower eh tha zahaan mi kiyani

    1. _MuXo_ _devil_ says:
      April 12, 2025 at 1:08 pm

      Not follower its flower!

  7. baby girl 🙈 says:
    April 12, 2025 at 11:13 am

    thank you all
    and alhamdhulillah my mom is fine

  8. Alkko32 says:
    April 12, 2025 at 7:40 pm

    Masha Allah Varah reethi vaahaka eh

Comments are closed.

Next Episodeއަަބަދަށް-4←


All Right Reserved!