ރޮމުން ރޮމުން އަހަރެން ހިގައިގަތީމެވެ. އަވަށުން ބޭރަށެވެ. އެއަވަށަކީ ވަރަށް ކުޑަ އަވަށެއް ކަމުން 15 ވަރަކަށް މިނެޓް ތެރޭގައި އަވަށުން ނުކުމެވުނެވެ. އަހަރެންގެ މުޅި ދިރިއުޅުން މިވަނީ އެފުއްމިފުށަށް ޖެހިފައެވެ. އަހަރެން ގެއިން ވެސް ނެރި އެއްލާލާފިއެވެ. ދާނީ ވެސް ކޮންތާކަށް ހެއްޔެވެ؟ އަވަށުން ނުކުމެ ދެން ހިގުނީ އެއްމެ 30 ވަރަކަށް މިނެޓް އެވެ. ވެފައިވާ ހައެއްގެ ސަބަބުންނާއި ހިތާއި ސިކުނޑިއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އަހަރެންގެ ބޯ އަނބުރާގަތެވެ. ހިތްވަރު ކޮށްލާފައި އަހަރެން އަނެއްކާ ވެސް ހިގައިގަތީމެވެ. މަގުމައްޗަށް ވެއްޓެއްޖެއްޔާ އަހަރެން ނަގާނީ ކާކު ހެއްޔެވެ؟ އަހަރެންމީ އަޅާލާނެ ޔާރެއް އިޔާރެއް ނެތް ކުއްޖެކެވެ. އެހާ ވެސް ނިކަމެތި ވެއްޖެއެވެ. އިސާހިތަކު އަހަރެންގެ ލޯމައްޗަށް އަނދިރިވިއެވެ. ހުރިތަނަށް ދެމުނެވެ.
*ޕާރޓް-6*
އެސްފިޔަތަށް ތަޅުވާލާފައި ދެލޯ ހުޅުވާލުމާއި އެކީ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ސީލިންގް މަތީގައި އެލުވައިފައި ހުރި ބޮޑު ބޮކި ފައްޗެވެ. އަހަރެންނަށް ފުއްމައިގެން ތެދުވެވުނެވެ. މިއީ ކޮންތަނެއް ހެއްޔެވެ؟ އަހަރެންނަށް އޮވެވުނީ ސޯފާއެއްގައެވެ. ވަށައިގެން ހޯދާލީމެވެ. މާސިންގާ އެތާތެރޭގައި އެކި ފަރނީޗާ ހުއްޓެވެ. ކަޅު ކުލައިގެ ސޯފާ ސެޓް އާއި ވާސް ތަކާއި އޭތި މީއްޗެވެ. މިއީ ވަަރަށް މުއްސަނދި ބަޔަކު ދިރިއުޅޭ ތަނެއްކަން އަހަރެންނަށް އެނގެއެވެ.
“އަހަ ހޭލެވުނީ ދޯ.. އެހަށް ނުތެދުވެ އިށީންދެލާ..” އަޑުއައީ ފަހަތުންނެވެ. އެއީ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ކަކުލާއި ހަމަ އަށް އަރާވަރުގެ ހެދުމެކެވެ. މޭމަތީގައި އެއްކޮޅުގައި އިސް ޓެގް ކޮޅުގައި ލިޔެވިފައިވެއެވެ. “ލީނާ” އެވެ. މީ މިގޭ ނޯކަރެއްކަން އަހަރެންނަށް އެނގި ޔަޤީންވިއެވެ. އަހަރެން އިށީން ދެލީމެވެ.
“އެބަ އަންނަން މިސްޓާރ ޒައިދާން އަށް ގޮވާފަ..” ލީނާ ކިޔުނު ކުއްޖާ އަނެއްކާ ވެސް ނުކުމެގެން ދިޔައެވެ. އަނެއްކާ ވެސް އަހަރެން ހިޔާލުތަކަށް ގެނބުނެވެ. މަންމަމެން ހަމަ ރަގަނޅަށް ވެސް އަހަރެން ގެއިން ނެރެލީ ދޯއެކެވެ. އަހަރެންގެ ނަސީބު ރަގަނޅު ކަމުން ކޮންމެވެސް މީހަކު އަހަރެން އެމީހެއްގެ ހިޔާވެހިކަމުގެ ދަށަށް އަހަރެން ގެނައީއެވެ.
އިރުކޮޅެއް ތެރޭގައި އަނެއްކާ އެކުއްޖާ އައެވެ. އެކުއްޖާގެ ފަހަތުން ކަހަލަ ގޮތަކަށް ވަދެގެން އެއަންނަނީ ޒުވާން ފިރިހެނެކެވެ. ހަމުގެ ކުލަ އަލިވެފައި އިސްތަށިގަނޑު ބޮލެވެ. އޭނާގެ ނޫކުލައިގެ ދެލޯ އަމާޒުވެފައިވަނީ އަހަރެންނާ އެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ގަޔަށްދޫ ގަމީހެއް ކަހަލަ އެއްޗެކެވެ. އޭގެ އިތުރަށް ލެވިފައިވާ ކަޅު ކުލައިގެ ފަޓްލޫނުގައި އޭނާ ފެންނަލެއް ކިތައްމެހާ ވެސް ސްމާޓް އެވެ. ރީއްޗެވެ. ހިތް ގައިމެވެ. އެމީހާ އައިސް އަހަރެން ކާރީ ސޯފާގައި އިށީނެވެ. ބޭއިޙް ތިޔާރުގައި އަހަރެންނަށް ދުރައް ޖެހިލެވުނެވެ.
“އަހަރެންމީ ޒައިދާން..” ސަލާމަށް އަތް ދިއްކޮށްލަމުން ޒައިދާން ބުނެލިއެވެ. އަހަރެން އެެއަތުގައި ހިފާލީމެވެ. އެއަތް ވަރަށް ފިންޔެވެ.
“ކޮންނަމެއް ކިޔަނީ..؟” ޒައިދާން ސުވާލު ކޮށްލިއެވެ. އަހަރެން ވިސްނާލީމެވެ. އަހަރެން މަގުމައްޗަށް ވެއްޓިފައި އޮށްވައި ފެނުނީ ޒައިދާން އަށެވެ. އެއީ ވެސް އޭނާގެ ހެޔޮ ފުޅު ރަގަނޅު ކަމުންނެވެ. އެހެންމަ އަހަރެން ވެސް އޭނާގެ ބުނާބަސް އަހާނީއެވެ.
“ހަޔާތް..” އަހަރެން މަޑުމަޑުން ބުނެލީމެވެ. ޒައިދާންގެ ތުންފަތް މައްޗަށް ވެރިވީ ކަންނެތް އެކަމު އެހާމެ ރީތި ހިނިތުންވުމެކެވެ.
“ވަރަށް ރީތި ނަމެއް މާޝާﷲ.. ހަޔާތް އާ ކުޑަ ސުވާލު ކޮޅެއް ކޮށްލާނަން.. ބޭނުމިއްޔާ ޖަވާބުދީ..” ޒައިދާން އެހެން ބުނުމުން އަހަރެންގެ ހިތް ތެޅިގަތެވެ. އަނެއްކާ ޒައިދާން އަހާނީ ކޮން ސުވާލު ތަކެއް ހެއްޔެވެ؟
އޭނާ އެހީ އަހަރެން މަގުމަތީގައި ހޭނެތިފައި އޮތީ ކީއްވެކަމަށެވެ. އެއް ވެސް ފޮރުވުމަކާއި ނުލައި އަހަރެންނަށް ހުރިހާ ވާހަކަ އެއް ކިޔާދެވުނެވެ. ނަމަވެސް އެއްވެސް ވަރަކަށް ނޮރޮމެވެ. ހިތަށް ކިތައްމެ އަސަރެއް ކޮށްފައިވީ ނަމަވެސް އެއްވެސް ލުޔެއް ލިބޭނެ ހެއްޔެވެ؟ ނޭނގެއެވެ.
“ހަޔާތް.. ހަޔާތް އޯކޭތަ އަހަރެންގެ އެސިސްޓެންޓް އަށް ވާން.. އަހަރެން ރަގަނޅު މުސާރަ ދޭނަން ހަޔާތް އަށް.. އެސިސްޓެންޓް މިބުނީ އަހަރެންގެ ހާއްސަ ނޯކަރަކަށް.. އެއީ އަހަރެންގެ ހުރިހާ ކަމެއް ބަލާ މީހާ އަށް ވާން..” ޒައިދާން އެހެން ބުނެލުމުން އަހަރެން ވިސްނާލީމެވެ. މީ ރަގަނޅު ގޮތެކެވެ. ރަގަނޅު މުސާރަ ލިބެންޔާ އަހަރެން ލާރި އެއްކޮށްފިއްްޔާ ފަހުން މިތަނުން ނުކުމެގެން އުޅޭއިރު ފަސޭހަ ވާނެއެވެ. ދެވަނަ ހިޔާލަކާއި ނުލާ އަހަރެން އެއްބަސް ވީމެވެ.
މާދަމާ މަސަށްކަތް ފަށާނެ ކަމަށް ބުނެ ޒައިދާން ދިޔައެވެ. ލީނާ އަަހަރެން ގޮވާގެން ގޮސް އަހަރެން ހުންނަން ހަމަޖެހިފައިވާ ކޮޓަރި ދެއްކިއެވެ. ކޮޓަރި ގަނޑު ބޮޑެވެ. ވަރަށް ހިތްގައިމެވެ. މުށި ކުލައިގެ ދަވާދު ލެވިފައިވީރު ވަރަށް ރީއްޗެވެ. އަހަރެން ގޮސް އެނދުގައި އޮށޯވެލީމެވެ. އޭސީން ވަމުން ދިޔަ ފިނިން އަހަރެންނަށް ހިތްހަމަޖެހުން ލިބުނެވެ.
އަނެއްކާ ވެސް އަހަރެންގެ ސިކުނޑި މިސްރާބުޖެހީ މަންމަމެންނާއި ދިމާއަށެވެ. އަހަރެން ގެއިން ނެރިލާފައި މަންމަމެން މިހާރު އުޅޭނީ ވަރަށް އުފަލުގަ އެއް ނޫން ހެއްޔެވެ؟ އަމުދުން ޝައިލް އެވެ. ޝައިލް ބޭނުމީ އަހަރެން މުޅިން އެކަނިވެރިވާށެވެ. އަހަރެން މުޅިން ބަލި ކަށި ކޮށްލާށެވެ. އެމަޔެއްގެ ދަރިއަކަށް ދެރަގޮތް ވުމަށް އެދޭނީ ކޮން މައެއް ހެއްޔެވެ؟ އަހަރެންގެ މަންމަގެެ ސިކުނޑި މައްސަލަ އެއް ހުންނަނީ ހެއްޔެެވެ؟
ކަންތަށްކޮންމެގޮތަކަށް ވަމުން ދިޔައަސް އަހަރެންނަށް މިހާރު ވަނީ ބޯހިޔާވެހިކަން ލިބިފައެވެ. ރަގަނޅު މުސާރައަކަށް ވަޒީފާ އެއް ވެސް ލިބިފައެވެ. ދެން އަނދިރި ހަދާންތަކުން ދުރަށް ދާން މާގިނަ ދުވަހެއް ނުވާނެއެވެ. އަހަރެން ހިއްވަރު ކުރާނީއެވެ. ޒައިދާން އަށް އަހަރެންނަށް ވީ ވަރަކުން އެހީވާނަމެވެ. އެއްމެ ފުރިހަމަ އަށް އަހަރެން މަސަށްކަތް ކުރާނަމެެވެ.
މިކަހަލަ ފޮނި ހިޔާލުތަކެއް ކުރަމުން އަހަރެން ގޮސް ފާޙަނާ އަށް ވަދެ ފެންވަރާލީމެވެ. ވީ އަރާމެއްގެ ބޮޑުކަމުން އަހަރެން ބޭނުންވީ ނިދާލާށެވެ. އެނދުމައްޗަށް ޖެހިގަނެވުމާއި އެކީގައި އަހަރެންގެ ސިކުނޑީގައި ކުލަނެތް ތަސްވީރެއްހެން ކުރެހިގެން ދިޔައީ އަހަރެންގެ ނުރުހުމާއި އެކީ އަހަރެންގެ ފަރާތުން ނުހައްޤުޤައި އުފަލާއި އަރާމު ހޯދި ޝައިލް ކުރިކަންތަކެވެ. ވަގުތުން ފުންމައިގެން ތެދުވެވުނެވެ. އެދުނގައި އޮށޯންނަ ހިތެއް ނުވެއެވެ. ތަޅުން ގަނޑު މަތީގައި އޮށޯވެ އަހަރެން ދެލޯ މަރާލީމެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part ves varah reethi. Naseebakun kommes meehaku hayaath ah alhaalaa eba. Curiously waiting for next part???
Glad you liked this part! 🤗
Next part ves V avahah IA! 💙
Mi part vess vrh rythi MA!!💗
Curiously waiting for the next part!!
Whn next????????????
Lysm and TC bbg🤭💗
Happy to know that you enjoyed this part! 🤗
Next part ves V avahah kamah balamaa! 💙
Love you too, you also take care! 😘
Vrh reethi mi part vx MA!
Zaidhann.. Seems nice dhw? Ekm nama nama ehaa avahah e sorah vx ithubaaru nukuraathi! Firihenun aky vx then faadehge baeh viyya🙊😹
Now she can’t even lay on a bed peacefully??! What a nightmare😭
Anyways when next?
Ly
Really happy to know that you enjoyed this part! 🥰
Fr girll.. Aslu ves firihenun ah trust kuraakah nuvaane! 🙄
Next part dhen in vhk liyelaafa! 🤭
Love you more! 😘