ތިޔައީ ހަނދޭ-19
ބަލިއެނދުގައި އޮތް އަޝްވާން އަށް ހެވުނެވެ. ޔޫރާ ހަމަ އަސްލު ވެސް އޭނާ އާއި މެދު ވިސްނައެވެ. އޭނާ އަށް އަޅާލައެވެ. އެހެން ނޫންނަމަ އޭނާ އެކްސިޑެންޓް އެއް ވާރަކަށް ނާންނާނޫން ހެއްޔެވެ؟
*ޕާރޓް-19*
އެނދުގައި އިށީންދެލައިގެން އިން އަޝްވާން ސިހުނީ ދޮރުހުޅުވާލާފައި ވަދެގެން އައި ޔޫރާ ފެނިއެވެ. އޭރު އޭނާ އަށް މާނެއިވާ ލެވެނީއެވެ. އޭނާ އެއައީ ދުވެފަ ހެއްޔެވެ؟ ޔޫރާ އައިސް ޖެހިގަތީ އެތާ އިން ގޮނޑިއަށެވެ. އޭނާ އަޝްވާން އާއި ދިމާއަށް ބަލާލިއެވެ. ނޭވާ ހަމައަކަށް އަޅުވާފައި ވާހަކަ ދެއްކޭ ވަރުވުމުން އޭނާ ވާހަކަ ދައްކަން ފެށިއެެވެ.
“ކިހިނެއް ވީތަ..؟ ރަގަނޅުތަ..؟ ޑަކްޓާރ ބުނީ ކީކޭތަ..؟” ޔޫރާ އަނެއްކާ ވެސް ބާވަރު ސުވާލު އެއްފަހަރާ ކޮށްލިއެވެ. އަޝްވާން ހިނިގަނޑެއް ޖަހާލިއެވެ. ޔޫރާ އިނީ ރޮވޭވަރު ވެފައެވެ. އަޝްވާން އެކްސިޑެންޓް ވުމުން އޭނާ ދެރަވިއެވެ. އަޝްވާންގެ ވާއަތުގާ އޮތީ ޕްލާސްޓަރް ގަނޑެއް އަޅާފަ އެވެ. ނިއްކުރީގައި ވެސް ވަނީ ބެންޑޭޖް ގަނޑެއް އަޅާފައެވެ.
“ޑަކްޓާރ ބުނި އެހާ ސީރިއަސް ކަމެއް ނެތޭ.. އެހެންމަ އިރުކޮޅަކުން ދޫކޮށްލާނެ..” އަޝްވާން ބުނެލިއެވެ. ޔޫރާ ލޮލުން އައި ކަރުނަތަށް ފޮހެލާފައި ބޯޖަހާލިއެވެ.
“ޔޫރާ ރޮނީތަ..؟ އެއީ އެވަރު ކަމެއް ނޫނެއްނު.. ޕްލީސް ނޮރޮއިބަ..” އަޝްވާންގެ ހިތަށް ވެސް އަސަރު ކުރިއެވެ. ޔޫރާ ހިނިތުންވެލިއެވެ.
އެރޭ އަޝްވާން ދޫކޮށްލުމުން ޔޫރާ އަޝްވާން އާއި އެކީ އޭނާގެ ގެޔަށް ދިޔައެވެ. އަޝްވާން އިނީ އުފަލުންނެވެ. ޔޫރާ އޭނާ އަށް އެހީވާތީއެވެ. ޔޫރާ އޭނާ އަށް އަޅާލާތީއެވެ.
އަޝްވާން އެނދުގައި އޮށޯތުމަށް ޔޫރާ އެހީވެދިނެވެ. އަޝްވާން އެނދުގައި އޮށޯތުމުން ޔޫރާ ބާލިހެއް ނަގަން ގުދުވެލި ތަނާހެން އޭނާގެ ބެލަންސް ކަޓާގެން ވެއްޓުނެވެ. އޭނާ އަށް ހިފާއްޓާލެވުނީ އެނދު ފަޑީގައެވެ. އަޝްވާން މޫނު އިނީ އޭނާގެ މޫނުގައި ޖޭހޭ ނުޖެހޭ ހިސާބުގައެވެ. އަޝްވާން ވެސް އިނީ ހުއްޓުން އަރާފައެވެ. މިވީ ކިހިނެއްހޭ ހިތަށް އަރާފައެވެ. ޔޫރާގެ ފުން ދެލޮލަށް ބަލަހައްޓައިގެން އަޝްވާން އަށް ހުރެވުނީއެވެ. ޔޫރާ އަށް ވެސް ހުރެވުނީއެވެ. ދެމޯހުންގެ ހިތު ވިންދު އެހާ ވެސް އަވަސް ވެފައި ބާރެވެ.
އަޝްވާން ލަސްލަހުން ޔޫރާގެ މޫނަށް އެޅިފައި އޮތް އިސްތަށި ކޮޅެއް ދުރުކޮށްލިއެވެ. ވަރަށް އޯގާތެރި ކަމާއި އެކު އެވެ. ޔޫރާ އަށް ހުރެވުނީއެވެ. އަޝްވާން ހިނިތުންވެލިއެވެ.
*އެއް އަހަރު ފަސް*
ބަދިގޭގައި ރާނިޔާ އާއި އެކީ ޒަހްރާ އުޅުނީ ހަވީރަށް ސައި ހަދާށެވެ. ދެމައިން ވެސް އެކިވާހަކަ ދައްކަމުން ހީސަކަރާތް ޖަހަމުން ދިޔައިރު ޒަހްރާ އަކީ މިހާރު ރަޝްނާންގެ އަނބިމީހާ އެވެ. ދެމީހުން އުޅެނީ ނުލާހިކު އުފަލުގައެވެ. މުޅި އާއިލާ އަށް ވެރިފައިވަނީ އުފާވެރިކަމެވެ. އިތުރު މެންބަރަކު އާއިލާ އަށް އިތުރުވީމައެވެ.
ކޮލެޖް ނިއްމާފައި ޔޫރާ ގެޔަށް އައީ އަޝްވާން އާއެކީއެވެ. މިހާރު އަޝްވާން އާއި ޔޫރާ ވެސް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަޝްވާން ވަނީ އޭނާ ޔޫރާ ދެކެ ލޮބިވާ ކަމަށް ބުނެ ޔޫރާ އާއި ގުޅުމަށް އެދިފައެވެ. ޔޫރާގެ ހިތުގައި އަޝްވާން އަށް ވަނީ އޭރު އިހްސާސް ތަކެއް އުފެދިފައެވެ. އެެހެން ކަމުން އަޝްވާން އާއި އޭނާ ގުޅުނީއެވެ.
“ވަންނަން ވީނު ގެޔަށް.. ސާކޮޅެއް ބޯލަން..” ޔޫރާ ސައިކަލުން ފޭބައިފައި ބުނެލިއެވެ. އަޝްވާން ހިނިތުންވެލިއެވެ.
“މިގަނޑި ޔަކު ނުވަދެވޭނެ ދޫނީ..” އަޝްވާން އިސްތަށިގަނޑު ތެރެ އަތްހިންގާލަމުން ބުނެލިއެވެ.
“ހޫންން.. މިރޭ ކާން އަންނައްޗޭ.. ޕްރޮމިސް..” ޔޫރާ ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އަޝްވާން ހިނިތުންވެލާފައި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ހޫމްމް.. ތިކުރީ ޕްރޮމިސް އެއް..” ޔޫރާ އަނެއްކާ ވެސް ހަދާން ކޮށްދިނެވެ. އަޝްވާން ޔޫރާގެ ނިއްކުރިއަށް ބޮސް ދިނުމަށް ފަހު ސައިކަލު ދުއްވާލިއެވެ. އުފާވެހުރެމެ ޔޫރާ އައިސް ގޭތެރެ އަށް ވަނެވެ. އޭރު ރާނިޔާ އިނީ ޔޫރާގެ އިންތިޒާރުގައެވެ. ޔޫރާ ބުނެފައިވާ ގޮތުންނަމަ އަޝްވާން ހަވީރު ސައިބޯން މިގެޔަށް އަންނާނެ ކަމެވެ. ނަމަވެސް އަޝްވާން ފެންނަން ނެތުމުން ރާނިޔާ ހައިރާންވިއެވެ.
“މަންމާ.. އަޝްވާން ބުނީ މިރޭ އަންނާނަމޭ..” ކޮޓަރިއަށް ވަންނަމުން ޔޫރާ ބުނެލިއެވެ. އެހެން ދޯއެކޭ ބުނެ ރާނިޔާ ވެސް ފުއްދާލިއެވެ.
އޮފީހުން އައިސް ރަޝްނާން ފުރަތަމަވެސް ހޯދާލީ އޭނާގެ ލޯބިވާ އަނބިމީހާ އަށެވެ. ކޮޓަރިއަށް ވަދެ ރަޝްނާން ޓައި ނެގިއެވެ. އިރުކޮޅެއް ތެރޭގައި ޒަހްރާ ވެސް އައިސް ކޮޓަރިއަށް ވަނެވެ. ޒަހްރާ އައިސް ރަޝްނާން ކާރީ ހުއްޓީލުމާއި އެކީ ރަޝްނާން އޭނާގެ ދެއަތުގެ ތެރޭ ޒަހްރާ ހިފާއްޓާލިއެވެ.
“އަހަރެން ބޭނުން ބޭބީ އެއް..” ރަޝްނާން ވައި އަޑުން ޒަހްރާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
“އެހެންތަ.. ރަޝްނާން އަހަރެންނަށް ހޯދަދޭން ވީނު..” ޒަހްރާ ވެސް ސަމާސާ ރާގެއް ގައި ބުނެލިއެވެ. ރަޝްނާން ވަގުތުން ޒަހްރާ އާއި ދުރުވެލާފައި ގަމީހުގެ ގޮތްތަށް ނައްޓަން ފެށިއެވެ. ޒަހްރާ އަށް ޖަހާލެވުނީ ހިނިގަނޑެކެވެ.
“އޭޔް އޭޔް.. މިގަޑުއަކު ނޫން.. ދެން މީ ކޮން ގަނޑިއެއް..” ޒަހްރާ ރަޝްނާންގެ ކޮޑުގައި ބޮޑިއެއް އަޅާލަމުން ބުނެލިއެވެ. ރަޝްނާން ވެސް ހީލިއެވެ.
“އަހަރެން މިއަންނަނީ ފެންވަރާލާގެން..” ރަޝްނާން ތުވާލި ހިފައިގެން ފާޙަނާ އާއި ދިމާއަށް ހިގައިގަންނަމުން ބުނެލިއެވެ. ޒަހްރާ ވެސް ބޯޖަހާލިއެވެ.
އެދުވަހު ހަވީރު ވެސް ވޭތުވެދިޔައީ އާދައިގެ ގޮތަކަށެެވެ. އިރުވެސް އޭގެ ވާޖިބު އަދާކޮށްފައި ދުނިޔެއާއި އަލްވަދާޢު ކިޔެވެ. ދުނިމަތި އަނދިރިވެ އެރޭގަނޑު ފެށުނީއެވެ. ފިލާ ވަޅު ހަދައި ކަންތަށް ކޮށް ނިއްމާލީރު 9 ޖަހާފިއެވެ. އަޝްވާން އަންނަން ބުނި ގަނޑި ވެސް ފަހަނަ އަޅައި ގޮށްސިއެވެ. އަޝްވާން ނާންނަނީ ކީއްވެހެއްޔެވެ؟
ފޯން ނަގައި ޔޫރާ އަޝްވާން އަށް ގުޅާލިއެވެ. ދެތިން ރިންގް އަކާއި އެކީގައި ފޯން ނަގާފިއެވެ.
“އަޝްވާން އަށް އޮތީ ނިދިފަ.. ދެން އިތުރަށް ގުޅާނެ ކަމެއް ނެތް..” އެއީ އަލޫކާ އެވެ. ޔޫރާ އަށް ހުއްޓުން އަރައިގެން ހުރެވުނީއެވެ. އަލޫކާ އަޝްވާން އާއި އެކީ ކީއްކުރަނީ ހެއްޔެވެ؟ އަލޫކާ އަނެއްކާ އައީ ކީއްވެ ހެއްޔެެވެ؟ ޔޫރާ ހާސް ވިއެވެ. އަނެއްކާ އަލޫކާ އަޝްވާން އަށް ކަމެއް ކުރީބާ އެވެ. އޭނާ ބޭނުންވަނީ އަޝްވާން ކާރިއަށް ހަމަ މިހާރު ދާށެވެ. ކުޑަ ގޮތަކަށް ތައްޔާރު ވެލައިގެން ޔޫރާ ނުކުތެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







MA mi part vess vrh furihama 😀
Rashnaan and Zahra soo cute 💞
Yoora dhera vaa varu kameh nukurahchey Ashwaan 😔
Curiously waiting for the next part…….
Whn next …..
Lysm 💗
Glad you this part aswell! 🥰
Next part ga egeyne ehnnu ashwaan ah vaane goii dhw! 🧐
Next part ves hama v avahah IA! 💙
Love you more! 😘
Mi part ves vrh Reethi MA! 😍
Awwn xahra & Rashnaan so cute wauu 💝
Yoora and Ashwern vess vrh lwbi… 💕
Alooka keeh thr nuvegen thi ulheny… 😡
Anehkaa Rash ah kameh veebaa… 😟
Alooka keeh thr ekurany rash kairy… 🤔
Haadha curios kohlaafa eyy thi ninmaaly…. 😀
Curiously waiting for the next part When’s next?
Lyy and tc Gurlll 💗
Thank you Shaba! 🤗
Rash eh noon Ashwaan if you wanna call him a nickname you can call him Ash!! 💙
Next part vrh avahah IA
Love you tooo!!
Ohh Ash liyan ulhenikoh eyndhy rash liyevifa Hehe
My bad 😅
Its okay!! 🤗
Muxo dhn huri stories kon irakun up kurany….
Maadhan IA!! 💙
Mi part ves varah reethi. Wow wow yoora and ashwaan rattehi vegen. Rashnaan haadha avahakah baby eh beynunvee 😂😂😂. Curiously waiting for next part???
Glad you like this part! 🤗
Rashnaan and Zahra so cute🥺
Ashwaan and yoora is also very cute
I really like ur storys I read ur 3 storys “ekugaavaanan”, ” thiyaee handhey “, ” mulhi hiy beygaraaru vejjey “,
Bye u r very good MAASHAALLAH❤
Keep it up gurllll
BTW MuXo can I get ur just talk ID ?
Really happy to know that you love my story! 🤗
My just Id is:neptune1010
Rashnaan and Zahra so cute🥺
Ashwaan and yoora is also very cute
I really like ur storys I read ur 3 storys “ekugaavaanan”, ” thiyaee handhey “, ” mulhi hiy beygaraaru vejjey “,
Bye u r very good MAASHAALLAH❤
Keep it up gurllll
BTW MuXo can I get ur just talk ID ?
Ohh my bad I posted 2 comment
Its okay baby gurl!! 💙😘
Muxo I ves ihnaane Muxo ah frnd request fonuvaalaafa
Accept kurahchey 🙈
Yess will try my best!!
Hey Muxo adhi nufonuvey ingey pass handhaan nethigen Mi ulheyny log out vefa inyma 😭
Okayy!!
Hello Muxo
I ihnaane u ah frnd request fonuvaalaafa
Handhaan nethuny kurin bunelan 🤗
IA maadhamaage vguthehga alhugadu balaalaanan!!
Muxo…Kn Irakun u ge stories next??
Curious kohlaafer Hama eba end kurayey U!!
Mi vhk ge next part tha? If so dhen in two vhk liyelaafa!!
Hhehe.. kiyun theringe hihthalhu vaalan vaane!!
Innaane friend request eh fonuvaafa accept kurahchey
BTW thanks for the ID
Bye take care