Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ސައިރެން – 16

Flame Gurl Level 210 Stories
March 15, 2021 2 Mins Read
0 Comments

“ދެން… ބޯއި ސްޓަފް އޭ!” އެންމެ އަވަހަށް ދުލުކުރިއަށް އައި ޖުމުލަ ނޭނގޭކަމަށް ހަދައިފައި ނިކާން ބުނެލިއެވެ. ޒައިކާން އެހެން ދިމާއަކަށް މޫނު އަނބުރައިލަމުން އަނގައިގައި އަތް އަޅައިލީ ހެވެން ފެށުމުންނެވެ.

“އަހަރެންނަށް އަޑު އިވުނޭ ދެންމެ ތިކީ އެއްޗެހި…” ޒައިނީ ނިކާންއަށް ދެލޯ އަޅައިލަމުން ބުންޏެވެ.

“ދެން އޯކޭޔޭ! މިތާ ތިބެގެން އަވިއާނާ ބަލިކުރެވޭތަ؟ ދެންވެސް ހިނގާބަލަ ދާން!” ޒައިކާން މައުލޫ ބަދަލުކުރުމުގެ ގޮތުން ބުންޏެވެ.

އެހެން ބުނުމާއިއެކު ޒަފްރުލް ދޮރު ހުޅުވައިލީ ނިކުންނާށެވެ. ނަމަވެސް ދެލޯ ބޮޑުކޮށްލެވުނީ ކުރިމަތީގައި ހެވިދިލިފައިހުރި އަވިއާނާ ފެނުމުންނެވެ. ހަމައެވަގުތު ޒައިކާން އާއި ނިކާން އެކަކުއަނެކަކަށް ނަޒަރެއް ދެމުން ފިއްޔެވެ. ނޫރީންއަށްވެސް މިމަންޒަރު ފެނުމާއިއެކު ޒައިކާން ފިލައިއޮތް މޭޒުގެ ކައިރީގައިހުރި ޑްރެސިން ޓޭބަލް ދަށަށްވަނެވެ. ނިކާން އެނދުދަށަށްވަދެ ފިލި މަންޒަރު އަވިއާނާއަށް ފެނުނުކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ހީކުރީ އަވިއާނާގެ ކިބއިން އޭނާ ސަލާމަތްވީ ކަމަށެވެ. އެހެންކަމުން އޭނާހުރީ ނުހަނު ހަމަޖެހިލައިގެންނެވެ. އަވިއާނާ އޭނާގެ އަތުތެރެއިން ‘ކޯލް’ ކުލައިގެ ދުންތަކެއް އަތުން ދޫކޮށް މުޅިކޮޓަރި ފުސްކޮށްލިއެވެ. އެދުންތައް ފިލިއިރު އެކޮޓަރީގައި ޒައިނީ އާއި ޒަފްރުލް އާއި އަވިއާނާއެއް ނެތެވެ. މިދަނޑިވަޅު ބަލައިފައި ޒައިކާން އެމޭޒު ދަށުން ނިކުމެ ނިކާން ކޮބައިތޯ ބަލަންވަށައި ހޯދައިލިއެވެ. ހަމަ އެވަގުތު ނޫރީން ޑްރެސިން ޓޭބަލްގެ ދަށުން ނިކުތެވެ. އެނިކުތީ ނިކާން ކަމަށް ހީކޮށް ޒައިކާންް ‘ނިކީ’ އޭ ބުނެވުނެވެ.

“ނިކީއެއް ނޫން ނޫރީ!” ނޫރީން ބުނެލިއެވެ. ޒައިކާންއަކަށް ނޫރީން ފިލިކަމެއް ނޭނގެެވެ. އެހެން ކަމުން ނޫރީން ފިލީ ކިހިނެތްކަމާއިމެދު އޭނާހުރީ ސުވާލުއުފެދިފައެވެ.

“ހަހަހަ! އަހަރެން ފިލީ ކިހިނެތްކަން ނޭނގިފަދޯ ތިހުންނަނީ؟ ދޮންބެއާ ޒައިކާންއާ ފިލިތަން ނޫރީއަށް ފެނުނީމަ ނޫރީވެސް ފިލީ.” ނޫރީން ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ.

“އޯވްހް! ދެން ކޮބާ ނިކީ؟” ޒައިކާން އެހެން ބުނެ ތަންތަން ހޯދަން ފެށިއެވެ.

ނޫރީންވެސް ޒައިކާން އާއި ބައިވެރިވެ ތަންތަންް ހޯދަން ފެށިއެވެ. މިހެން ތަންތަން ހޯދަމުން ދަނިކޮށް ނޫރީންއަށް ފެނުނީ އަލަމާރިއެއްގެ އެއްފަރާތަށް ވެއްޓިފައި އޮތް ކަރުދާސްކޮޅެކެވެ.

“ޒައިކާން!” ނިކާން ހޯދަން އުޅުނު ޒައިކާންއަށް ނޫރީން މާވަރަކަށް ގޮވާއަޑު އިވެގެން ނޫރީން ކައިރިއަށް ދިޔައެވެ.

“ޒައިކާން! ނޫރީއަށް ހީވަނީ އެދެމީހުންނާއިއެކު ދޮންބެވެސް އަވިއާނާ ގެންދިޔައީހެން. ސުވާލު އުފެދިދާނެ ނޫރީއަށް އެކަން އެނގުނީ ކިހިނެތްބާވައޭވެސް. ނޫރީއަށް އިނގުނީ މިކަރުދާސްކޮޅުގެ ސަބަބުން. މިއީ ދޮންބެ އަބަދުވެސް ގެންގުޅޭ ކަރުދާސްކޮޅެއް. މި ކަރުދާސްކޮޅުގަ މިއިނީ ކާކުކަން އިނގޭތަ؟ މިއީ ދޮންބެއާ އަހަރެންގެ ކޮއްކޮ ނޫރާން. ނުރީ ނިޔާވީ މީގެ ތިން އަހަރުކުރިން ބްލަޑް ކެންސަރ ޖެހިގެން. އެއިރު ނުރީއަށްވީ 14.” ނޫރީން އެކަރުދާސްކޮޅަށް ބަލައިލުމަށްފަހު ހިތްދަތިކަމާއިއެކު ބުންޏެވެ.

“އެނީވޭސް. އެތިން މީހުން ސަލާމަތްކުރަން…. ވީ ވިލް ނީޑަ އަ ޕްލޭން.” ނޫރީން ލޮލުން އައިސްހުރި ކަރުނަތަށަ އަތުގެ ނުފުށުން ފުހެލަމުން ސީރިއެސްކަމާއިއެކު ބުންޏެވެ. ޒައިކާން އެއްޗެކޭ ނުބުނުމުން ނޫރީން އެއްބުމަ މައްޗަށް ހިއްލައިލިއެވެ.

“ނޫރީއަށް ހީވަނީ އެންމެ ފުރަތަަމަ ދޮންބެމެން ސަލާމަތްކުރަންވީހެން.” ނޫރީން މިހެން ބުނެލީ ޒައިކާން މިކަމާއި ދެބަސްވާނެކަން އެނގިހުރެއެވެ.

އޭނާގެ މަޤުސަދަކަށްވީ ޒައިކާން ލައްވާ ވާހަކަ ދެއްކެވުމެވެ. ކަންވީވެސް ހަމަ ނޫރީން ހީކުރި ގޮތަށެވެ.

“ނޫން! ނިކީމެން ސަލާމަތްކުރުމަށްވުރެ އަވިއާނާމެން އެންމެ ފުރަތަމަ ބަލިކުރުން ބުއްދިވެރި.” ޒައިކާން ބުނެލިއެވެ.

“އެކަމަކު….” ޒައިކާން ބޯކަހައިލިއެވެ. “އެކަމަކު؟” ނޫރީންއަށް ދެބުމަ ކައިރިކޮށްލެވުނެވެ.

“އެކަމަކު އަވިއާނާ ބަލިކުރުމަކީ އަހަރެމެން ހީކުރާހާ ފަސޭހަކަމެއް ނޫން.” ޒައިކާން ބުންޏެވެ. “ތިބުނީ؟” ނޫރީން ބޯއަރިކޮށްލަމުން އަހައިލިއެވެ.

“މިބުނީ އަވިއާނާ ބަލިކުރަން ވަރަށް އުނދަގޫވާނެއޭ. އޯލްމޯސްޓް އިމްޕޮސިބަލް.” ޒައިކާން ބުންޏެވެ.

“މިބުނީ.. އަވިއާނާ ބަލިކުރުމަކީ އުނދަގޫ ކަމެއް. ނޫރީއަށްވެސް އިނގޭ އެކަން. ދެން ތިތަނުގަ މައްސަލައަކީ ކޮބާތަ؟” ނޫރީން އެއްސެވެ.

“މިތަނުގަ މައްސަލައަކީ ބީނިޝްއާ ހަނީން އަވިއާނާ އާއި ބައިވެރިވުން. އަވިއާނާ ނޫނީ ބީނިޝް ނޫނީ ހަނީން އެއްކޮށް ހުންނަނަމަ އެމީހުންގެ ބާރުގަދަވާނެ. ބަޓް.. ވަކިން ހުންނަނަމަ ވަރަށް ފަސޭހަވާނެ!” ޒައިކާން ބުންޏެވެ.

“އޯހް! ޕިސް.. ކިހިނެތް ދެން ހަދާނީ؟” ނޫރީން އޭނާގެ ނިތްކުރީގައި އަތް ޖައްސައިލުމަށްފަހު އެއްސެވެ.

ޒައިކާން ދެކޮނޑު އަރުވައިލުމާއިއެކު ނޫރީން މާޔޫސްވިއެވެ. އެކަމާއިމެދު ވިސްނަން ނޫރީން އަލަމާރީގައި ލެނގިލިއިރު ޒައިކާން ހަރަމް ބަންނަމުން މޭޒުގައި ލެނގިލިއެވެ

“އަހަރެން ހިތަށްއަރާ އެމީހުން ވަކިކުރެވޭނެ ގޮތެއް އޮންނަ ނަމައޭ!” ޒައިކާންއަށް ބުނެވުނެވެ.

“ދެޓްސް އިޓް ޒައިކް!” ނޫރީންއަށް ބޭއިޚްތިޔާރުގައި ‘ޒައިކް’ އޭ ބުނެވުމާއިއެކު އޭނާއަށް އަނގައިގައި އަތް އެޅުނެވެ.

ޒައިކާން އެއްބުމަ މައްޗަށް ހިއްލައިލުމަށްފަހު ނޫރީންއަށް ބަލައިލުމާއިއެކު ނޫރީންގެ ކޯތާފަތަށް ޖަންބުކުލަވެރިވެގެން ދިޔައެވެ. މިމަންޒަރު ފެނުމާއިއެކު ޒައިކާންއަށް ލާނެތް ގޮތަކަށް ހިނިތުންވެވުނެވެ. ނޫރީން މަޑުމަޑުން ‘ސޮރީ’ އޭ ބުނަމުން އިސްޖަހައިލިއެވެ. ޒައިކާން ނޫރީންގެ ކައިރިއަށްގޮސް ކުރިމައްޗަށް ހުއްޓުނެވެ. އަދި އިސްޖަހައިފައި ހުރުމުގެ ސަބަބުން މޫނުމައްޗަށް ވެރިފައިހުރި އިސްތަށިކޮޅުތައް ނޫރީންގެ ކަންފަތް ދޮށަށް ލައްވައިލަމުން ‘އިޓްސް އޯކޭ ނޫރީ’ އޭ ބުނެލިއެވެ. ޒައިކާން ނޫރީންއަށް އޭނާގެ ވަނަމުން ގޮވައިލުމާއިއެކު އޭނާގެ ކޮލުގެ ރަތްކަން ގަދަވިއެވެ. އެގޮތުގައި ކުޑަ ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ.

– ނުނިމޭ –

‘ސައިރެން’ ގެ 17ވަނަ ބަޔަށް އިންތިޒާރުކުރައްވާ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Flame Gurl

Level 210 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 25

Next

ހަމަހިމޭން

Next
March 16, 2021

ހަމަހިމޭން

Previews
March 15, 2021

އަންނަންދެން ހުންނާނަން ލޯބިން 25



All Right Reserved!