Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާން އެދެމޭ ގާތުގާ (3)

🌹YEOJA🌹 Level 610 Stories100 Login100 Comments
March 6, 2021 5 Mins Read
7 Comments

އިވާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި އައިލީން ރައިހާ އާއި ދިމާލަށް ބަލާލީ ލާނެތް ހިނިތުންވުމަކާ އެކު އެވެ. އެއިރު އިސްޖަހާގެން އަތުގައި އޮތް ފޮތެށް ގެ ކަނުގައި ކުޅެން ރައިހާ ހުއްޓެވެ. ” އަޅެ މަގޭ ލޯބި ލޯބި ރައީ ހާދަ ރޮމެންޓިކް ތަންކޮޅެކޭ ދެންމެގައި އެދިޔައީ ، އަހަރެންނަށް ފެނުނޭ މަންޒަރު ފަށައިގެން ނިމެންދެން ” ރައިހާ ގެ ދެކޮލުގައި ހިފާލަމުން އައިލީން ބުނެލިއެވެ. ” އައިލީ މިއަދު އެންމެންގެ ކޮލުގައި ހިފާ ދުވަހެތްތަ އަޅޭ ، އެތްފަހަރު އިވާން ގެ ކޮލުގައި ހިފައިފި މިހާރު އަހަރެން ، ” ދެކޮލުގައި ފިރުމާލަމުން ތުންއޫކޮށްލާފައި ރައިހާ ބުނެލިއެވެ. ” ހޫމް ދެން މާ މަޢުލޫ ބަދަލުކުރާނެ ކަމެތް ނެތް ރައީ އެތް ކަމަކު ، އިނގޭތަ ރައީ އޭރު އިސްޖަހާގެން ހުރި އިރު ލިޔާން ރައީ އާއި ދިމާލަށް ބަލަހަށްޓައިގެން ހުރި ގޮތުން ހީވަނީ ދީވާނާ ވެފައި ހުރި މީހެތް ހެން ވީއްޔަ ، އަޅެ އައިމް ސޯ ހެޕީ ފޯޔޫ ރައީ ” ރައިހާ ގައިގައި ބައްދާލަމުން އައިލީން ބުނެލިއެވެ. ” އެން ވަރަށް ހީވޭ މިހާރު ލިޔާން ރައީ ދެކެ ލައިކް ވާހެން ވެސް ” ރައިހާ އާއި ދުރުވެލަމުން އައިލީން ބުނެލިއެވެ.

” ނޭނގެ އަހަންނަކަށް ، ލިޔާން ގެ ފެންނާނީ އެކި ފަހަރު އެކި ސިފަ ” ރައިހާ ހިނގާގަންނަމުން ބުނެލިއެވެ. ބުނާނެ އެއްޗެއް ހިތަށް ނައުމުން އައިލީން އެހެން ވާހަކަ އެތް ފަށަމުން ރައިހާ އާއި އެތްވަރު ކުރިއެވެ.

ދުވަސްތައް މާޒީ އާއި އެކު ފާއިތު ވަމުން ދިޔައިރު އައިލީން އަދި އިވާން ގެ ލޯބީގެ ގުޅުން ވެސް ދަނީ ކާމިޔާބުކަމާއެކު ކުރިއަށް ދަމުންނެވެ. ފަހަކަށް އައިސް ކުދި ކުދި ކަންކަމާ ޒުވާބު ކުރަން ޖެހުނަސް ދެމީހުން ވެސް މިކަން ނުލާހިކު އަވަހަށް ހައްލު ކޮށްލައެވެ. ހަމަ އެފަދައިން ލިޔާން އަދި ރައިހާ ގެ ގުޅުން ވެސް ދަނީ މަޑުމަޑުން ކުރިއަރަމުންނެވެ. ކުރިއާ ބަލާފައި ލިޔާން ރައިހާ އަށް ޖެއްސުން ކުރާވަރު އިތުރު ވެފައި ވެއެވެ. އަދި އޭނާ އާއި ވާހަކަ ދައްކާ މިންވަރުވެސް ވަނީ ގިނަ ވެފައެވެ. މިކަމާ ރައިހާ ހުންނަނީ އެހެންޏާ ނުވާހާ އުފާވެފައެވެ. ރައިހާ އަށްޓަކައި އައިލީން ވެސް ހުންނަނީ ނުހަނު އުފާވެފައެވެ.

މިއީ އިވާން ގެ ފަހުއަހަރުކަމުން އިވާން އަހަރުގެ ނިމޭކޮޅު އޮންނަ ފަހު އިމްތިހާން ނަގަން ވާއިރަށް އެކަމަށް ތައްޔާރު ވަމުން ދާތީ ދެމީހުން ވެސް ދިމާވާ ގަނޑި ގަނޑި ވަރަށް މަދެވެ. މިކަމުގެ ސަބަބުން ކުޑަކުޑަ ހީނަރުކަމެތް ވަނީ މިގުޅުމަށް އައިސް ފައެވެ.

ކިޔަވާ ނިންމާ ގޮތަށް ހަފްތާ އެތް ވަރު ރަށުގައި މަޑުކޮށްލުމަށް ފަހު ކައިރީ އޮތް ރިސޯޓަކަށް ދާން އިވާން ނިންމާފައިވާ ނިންމުމަށް އައިލީން ވެސް ތާއިދުކުރިއެވެ.

އެންމެ ފަހު އިމްތިހާނު ނިންމައިގެން އައި އިވާން އަށް ފުންނޭވާއެތް ދޫކޮށްލެވުނެވެ. ގެއަށް އައިގޮތަށް އައިސް ތާޒާވެލައިގެން ރެސްޓް އެތް ނަގަން ޖައްސާލިތަނުން އައިލީން ގުޅުމުން އިވާން ކައިރިއަށް ކުޑަކޮށް  ރުޅިއައެވެ. ނަމަވެސް އެކަން ހިންދާލަމުން ކުޑައިރުކޮޅަކަށް އައިލީން އަށް ވާހަކަ ދައްކާލުމަށް ފަހު އަނބުރާ ނިދަން އޮށޯވެލިއެވެ.

އެގޮތަށް ހަފްތާ އެށް ފާއިތުވެގެން ދިޔައިރު އިވާން މެންގެ ގުޅުމަށް އައިސްފައި ވާ ހީނަރުކަން ދަނީ ބޮޑުވަމުންނެވެ. މިކަމާ ކަންބޮޑު ވެ އެވާހަކަ ވަނީ އައިލީން އެތަތް ފަހަރަކު އިވާން ކައިރި ދައްކާފައެވެ. ނަމަވެސް މާ އެދެވޭ ޖަވާބެއް ނުލިބުމުން އައިލީން ދެރަވިއެވެ. ދުވާލަކު ތިންފަހަރު އައިލީން އަށް ގުޅާމީހާ މިހާރު ދެތިން ދުވަސް ވެގެން ދާއިރު ވެސް ހަބަރެށް ނުވެއެވެ. މަގުމަތިން ނުވެސް ފެނެއެވެ. އިވާން އަށް ވާނުވާ އެތް ހުދު ލިޔާން އަދި ޔާނިޔު އަކަށް ވެސް ނޭނގެއެވެ. ރައިހާ ވެސް ހުންނަނީ އެހެންވެ އިވާން ދެކެ ރުޅިއައިސްފައެވެ. އައިލީން ގެ ޝަކުވާތައް އަޑުއަހަން އަބަދުވެސް ރައިހާ ހުރެއެވެ.

އޭގެތެރެއިން ދުވަހެކެވެ. އިވާން ގެ ހަބަރެތް ނުވާތާ ބަރާބަރު ހަތަރު ދުވަސް ވެފައި ވުމުން އެކަމާ މާޔޫސްވެގެން އައިލީން އޭނާ އިށީންނަ ޑެސްކުގައި ބޯއަޅާލައިގެން އޮށޯވެލިއެވެ. އިވާން އަށް އައިސްފައިވާ ބަދާލުން އޭނާ ހުންނަނީ އަބަދުވެސް ދެރަވެފައެވެ. ލޯބީގައި ކެހިލިބުން އެއީ އައިލީން އެތްގޮތަކަށް ވެސް އެދޭކަމެތް ނޫނެވެ. މުޅި ޢުމުރަށް ވެސް އިވާން ގެ ލޯބީގައި އުޅެން އޭނާ ބޭނުމެވެ. ރަނގަބީލް ގެ އަޑަށް ޑެސްކުން އައިލީން ބޯނެގިއެވެ. ހުރިހާ ކުދިން ވެސް ނިކުމެގެން ދާން ހެދުމުން އައިލީން ވެސް ރައިހާ އެތްކޮށް ދަބަސް ހިފައިގެން ގެއަށް ދާން މިސްރާބުޖެހިއެވެ. ގެއަށް ގޮސް އިވާން އަށް ގުޅާލަން އައިލީން ހިތަށް އެރިއެވެ. އެހެން ކަމުން ތަންކޮޅެށް ބާރަށް ހިނގަން ފެށްޓުނެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުން އެރީ ފަހަތުން މީހަކު ގޮވާލުމުންނެވެ. ބަލާލިއިރު ލިޔާން މަޑު ދުވުމެތްގައި އެހިސާބަށް ހަމަކުރަނީއެވެ. ލިޔާން ގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ. އެއާއެކު އައިލީން ގެ ހިތް ނުބައިގޮތަކަށް ތެޅެލިއެވެ. ” އައިލީން ، އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާތި އިނގޭ ، ހިތްވަރު ކުރާތި އިނގޭ ޕްލީސް ” ލިޔާން ބުނެލިއެވެ. އެއާއެކު އައިލީން ބޯޖަހާލިއެވެ. ” އައިލީ އިވާން ، އިވާން ވީ ރިސޯޓަށް ގޮއްސާ ، މިހާރު މިގެން ފަސްވަރަކަށް ދުވަސް ވަނީ ދިޔަފަހުން ، އަހަރެން ކައިރި ޔާނިޔު ބުނީ އެނާ އަށް ވެސް އިނގުނީ އެތާގައި މަސައްކަތް ކުރާއޭނާގެ ކުއްޖެއް ގެ ފަރާތުން” އިސްޖަހާލައިގެން ހުރެ ލިޔާން ބުނެލިއެވެ. ހުއްޓުން އަރާފައި އައިލީން އަށް ހުރެވުނެވެ. ރައިހާ އޭނާ ގެ ރުޅިގަނޑު ކޮންޓްރޯލް ކުރަމުން އައިލީން ގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ދެލޮލަށް ބޮނޑިވަމުން ދިޔަކަރުނަތަށް މަޑުމަޑުން އައިލީން ގެ ދޮންކޯތާފަތް މަތީގައި ބޮސްދެމުން ތިރިއަށް ފައިބާލިއެވެ. ރައިޙާ ގެ އަތް ނައްޓުވާލަމުން ދުވެފައި ކަހަލަ ގޮތަކަށް އައިލީން އެތަނުން ދިޔައެވެ. އައިލީން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ރައިހާ ވަކި ހިސާބަކަށް އައިލީން ފަހަތުން ދުވަމުން ދިޔައިރު ލިޔާން ވެސް ދިޔައީ ފަހަތުން އަންނަމުންނެވެ. ވަކި ހިސާބަކަށް އަރާފައި ރައިހާ ހުއްޓުނެވެ. އޭނާ ގެ ލޮލުގައި ވެސް ކަރުނާގެ އަސަރު ވިއެވެ. އައިލީން ދެރަވާނެ ވަރު އަންދާޒާ ކޮށްލުމާއެކު ރައިހާ އަށް ރޮވުނެވެ. ކައިރި އަށް އައި ލިޔާން އަށް ރައިހާ ރޮނީކަން އިނގޭތީ ކަންބޮޑުވެފައި ހުރެ ރައިހާ އާއި ދިމާލަށް މިސްރާބުޖެހިއެވެ. ” ހޭއި ރައީ ނުރޮއެބަ ހުރިހާ ކަމެތް ވެސް ރަނގަޅުވާނެ ، އަހަރެން ވެސް މިހުރީ އިވާން ކަންތައް ކުރި ގޮތުންވަރަށް ރުޅިއައިސްފާ ، އޭނާ އެހެން ކަންތައް ކޮށްފާނެ ކަމަކަށް އަހަރެން ހިއެތް ވެސް ނުކުރަން ، އޭނާ އުޅުނުގޮތުން ހީވަނީ ދުވަހަކު ވެސް އައިލީން ދޫނުކޮށްލާނެހެން ، ” ދެއަތް މުށްކަވާލަމުން ލިޔާން ބުނެލިއެވެ. ރައިހާ އަށް އަނެތްކާވެސް ރޮވުނެވެ. ” އަޅެ ރައީ ޕޮލީސް ސްޓޮޕް ” ރައިހާ މެޔާ ލާ ބޮނޑިކޮށްލަމުން ލިޔާން ބުނެލިއެވެ. މީހެތް ގެ ހިމާޔަތަށް އެދިފައި ހުރިވަރުން ރައިހާ އަށް ލިޔާން ގެ ބުރަކަށީގައި އަށް ވަށާލިއެވެ. ” ލިޔާން އައިލީ ، ވަރަށް ދެރަވާނެ ، ހިޔާލަތް ވެސް ނުގެނެވޭ އައިލީ އުޅޭނެ ހާލެތް އައިލީ ވަރަށް ލޯބިވޭ އިވާން ދެކެ ، އަހަރެން ދުވަހަކު ވެސް މާފެތް ނުކުރާނަން އިވާން އަކަށް ، އައިލީ ވަރަށް ޓްރަސްޓް ކުރި އިވާން އަށް ،” ރޮމުން ރޮމުން ރައިހާ ބުނެލިއެވެ. ” އަހަރެން ވެސް މާފެތް ނުކުޜާނަން އޭނާ އަކަށް ، ރައި އަޅެ ދެން ދޭބަލަ އައިލީން ކައިރިއަށް ، ” ރައިހާ ގަޔާ ދުރުކޮށްލަމުން ލިޔާން ބުނެލިއެވެ. ހަމައަކަށް އެޅިލަމުން ރައިހާ ވެސް ހިނިތުންވެލާފައި އެތަނުން ދާން ދިޔައިރު ސިފަވަމުން ދިޔައީ ލިޔާން އޭނަ ގެގައިގައި ބައްދާލި ތަނަވެ. ލިޔާން ގެ އެއަމަލުން ކިތަންމެ އުފާވިޔަސް އައިލީން އަށް ދިމާވި  ކަންތައް ހިތަށް އެރުމުން ދެރަވިއެވެ.

**************************************

ދުވެފައި ކަހަލަ ގޮތަކަށް އައިލީން ގެއަތް ވަން އިރު މީހަކު ފެންނަން ނެތުމުން ބާރަށް ދުވެފައި އޭނާ ކޮޓަރިއަށް ވަނެވެ. އެނދުމައްޗައް ވެއްޓި ރޯންފެއްޓުނީ އިވާން ކަންތައް ކުރި ގޮތުން ހިތުގައި ޖެހިފައެވެ.

ކޮޓަރިތެރޭގައި އައިލީން ގެ މަޑު ގިސްލުމެތް ހަރުލާފައު ވާއިރު އަޑުއަހާލި ކޮންމެ މީހެތް ގެ ހިތަށް ވެސް އަސަރު ކުރާނެއެވެ. ހަރުހިތެއް ގެ ވެރިއެތް ގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވާން މަގިނަ އިރެތް ނުވާނެ ކަން ގައިމެވެ. އެހެން އޮވެފައި ބާލީހުން އައިލީން މޫނުނަގަމުން އޭނާ ފޯނުބަލާދިޔައެވެ. ރޮވުމުގެ ސަބަބުން އައިލީން ގެ ދެލޯ ރަތްވެފައި ވިއިރު އެ ދޮންމޫނުމަތިގައި ވެސް ވަނީ ރަތް ކަމެތް ވެރިވެފައެވެ. ފޯނުހިފައިގެން އައިސް އައިލީން އިވާން އަށް ގުޅާލީ އޭނާ ފޯނުނަގާނެކަމަކަށް ނޫނެވެ. އިވާން ފޯނުނެގުމާއެކު ވެސް ފުރަތަމަ އައިލީން އަށް ” ކީއްވެ” މި ސުވާލިކޮށްލެވުނެވެ. ނަމަވެސް އިވާން ގެ ޖަވާބެތް ނުލިބުމުން އައިލީން ވާޙަކަ ދައްކަން އަނގަހުޅުވާލިއެވެ. ” އިވާން އަހަރެން ބޭނުމީ ދެން ވަކިވާ އަހަރެން ބޭނުމީ ބްރޭކް އަޕް ވާން ، ނަމެތް ނެތް މިގުޅުމުގައި ދެން އިތުރަތް އަހަރެން ހައްޔަރު ކޮށްފާ ނުބަހައްޓާ ، އަހަރެންނަން އިނގޭ މިހާރު އިވާން އަހަރެން ދެކެ ލޯބި ނުވާކަން ، އެހެންވެ އަހަރެން ނޫޅެން ކޮންމެހެން އިވާން ކުރިމަތީގައި ސަލާމް ޖަހާކަށް ، އިވާން ކަހަލަ މީހެތް ދެކެ އަހަރެންނަން ލޯބި ވެވުނީތީ ވެސް އަހަރެން ދެރަވޭ ، އެން ތެންކްސް ޓު ޔޫ އިޥާން އާއި ހަދައިގެން އަހަންނަން މިއަދު އިނގިއްޖެ ލޯބީގެ ހިތިކަން އަހަރެންނަށް ލޯބި މިލަފްޒުދެކެ ނަފްރަތު ކުރެވިއްޖެ . ” އައިލީން އޭނާ ގެ ހިތުގައިވާ ވާހަކަ ތައް އިވާން އަށް އިއްވާލިއެވެ.

” މާކުރިން ވެސް އަހަރެން މިހުރީ އައިލީން އާއި ބްރޭކް އަޕް ވެފާ ނުބިނިއެތް ކަމަކު ، އަހަރެން މިހާރު އެހެން ކުއްޖެއް ދެކެ ލޯބިވަނީ ، އަހަރެން ނަށް އައިލީން ދެކެ ވެވުނީ ހަޤީޤީ ލޮއިއްބެތް ނޫން އިޝްޤީ ލޯބި ، ގުޑް ބާއި އައިލީން ދެން އަހަރެންނާ ވާހަކަ ދައްކަން މަސައްކަތް ނުކުރާތި ” ހަރުކަށިކަމާއެކު އިވާން ބުނެލި ބަސްތައް އައިލީންގެ ހިތަށް ދުނި ތީރުތަކެތް ފަދައިން ހެރުނެވެ. އިވާން ފޯނުކަނޑާލުމާއެކު ގިސްލަ ގިސްލާ އައިލީން އަށް ރޮވުނެވެ. އައިލީންގެ ކޮޓަރި ދޮރުމަތީ ގައި ހުރި ރައިހާ އަށް ވެސް ހުރީ ރޮވިފައެވެ.ކަންދިމާކުރި ގޮތުން އައިލީން ގެ މަންމަ އަދި ބައްޕަ ވެސް މިވަގުތު ބޭރުގައެވެ. އިތުރަށް ކެތްނުވުމުން ރައިހާ އެތެރެ އަށް ވަދެ އެނދުގައި ލައްގަނެގެން ރޯން އިން ރައިހާ ގައިގައި ބައްދާލިއެވެ.

އައިލީން ގެ ހަބަރެތް ބަލާހިތުންކެތްމަދުވެފައި ހުރި ޔާނިޔު ލިޔާން ކައިރި ކިޔާގެން އެގެއަށް ދާން މިސްރާބުޖެހިއެވެ. ގެއަށް ވަދެގެން އައި މިދެމީހުންނަށް އައިލީން ކޮޓަރިއާއި ހިސާބައް އަރާފައި ހުއްޓުން އެރީ އެކަކު އަނެކަކު ގައިގައި ބައްދާގެން ރޯން ތިބި ރައިހާ އަދި އައިލީން ފެނިފައެވެ. ރައިހާ ކިތަންމެ ހިތްވަރެށް ކުރިއެތްކަމަކު އޭނާ އަށް އެކުވެރިޔާގެ ހާލުފެނުމުން ކެތްވާވަރެތް ނުވެއެވެ. ލިޔާން އާއި ޔާނިޔު އެތާ ހުރުމަށްފަހު މަގުމަތީ ގައި ހުރި ޖޯލީގައި އިށީން އިރު ދެމީހުން ގެ ހިތައް ވެސް ވަނީ ފުން އަސަރުތަކެތް ކޮށްފައެވެ. ދެހިތުގައި ވެސް އިވާން އަށްޓަކައި ނަފްރަތުގެ ހުޅުގަނޑު ބޮޑުވިއެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 4

Next

ނޭދެމޭ ވަކިވުމެއް-48

Next
March 7, 2021

ނޭދެމޭ ވަކިވުމެއް-48

Previews
March 6, 2021

ތިޔަ ލޯތްބަށް އެދެމޭ – 4

7 Comments!

  1. Naa says:
    March 6, 2021 at 10:57 pm

    Yeoja vaahaka up kohdhey dheh avas veema varh ufaavey
    And mi vaahaka varh interesting and it’s making sooooooo curious to know what will happen next
    Mihaaru mivaa gothun, yaaniu likes Aileen dhw
    Liyaan and Raiha are totally in love
    And mee ves possible kameh
    Yaaniu Aileen dheke loabi vaakan via akah ingigen , Aileen dhookoh ves laafaane yaaniu ge hagguga
    DHEN LET’S SEE DHW
    CURIOUS
    Y WIATING FOR THE OTHER QPRY INGEY????

    1. YEOJA says:
      March 7, 2021 at 10:31 pm

      Awwwwnnn thank u for this sweet cmnt♥️♥️
      Glade u like it and happy that u find this stry interesting♥️♥️
      Let’s see dhw end gaa kon baeh kameh guleny
      Yhh let’s see♥️♥️
      ISA next part tmrow submit kohlaana ♥️♥️
      Again thanks for this sweet cmnt ♥️♥️
      Stay safe♥️♥️

  2. YEOJA says:
    March 7, 2021 at 9:35 am

    Hiii readers♥️♥️
    Unmeedu kuran mi part vxxx hurihaa readers ♥️♥️ah kamudhaane kamah ♥️♥️
    Next part tmorw ISA,♥️♥️
    Stay safe and take care ♥️♥️

  3. redlailacrose says:
    March 7, 2021 at 12:40 pm

    Stry vrh reethi ??? ekm sukun thah rangalhu kohlumun ithurah furihama vaaane ?? nd eevaan resort ahdhiyaima ailee keeve cry kuree??? e thankolhu understand eh nuvi. Dtry vrh reethi. Avhah up kohdhey thee thnks ?? stay safe ???

    1. YEOJA says:
      March 7, 2021 at 10:35 pm

      Thank uu redlailacross ♥️♥️♥️
      Glade u liked it♥️♥️
      ISA sukumuge Bai ragalu kuramun midhany
      Ailee cry kuree beacuse ivaan resort ah Diya iru he didn’t told ailee that he is going eyy
      Ehn ve fahun cry kuree demeehun break up veemaa ♥️♥️♥️♥️
      Again thanks♥️♥️♥️
      Yhhh I don’t like to make readers wait ISA kuri ah oithaa vxx haalathe dimaa nuvaa hithu konme duvahaku part eh kiyaalan libey varu kohladeyna ♥️♥️♥️
      Stay safe ♥️♥️♥️

  4. redlailacrose says:
    March 7, 2021 at 12:42 pm

    Nd could u please comment on my stry loibahtakai aharen huva maru vs vedhaanamey. ?? Hope to see ur comments ????

    1. YEOJA says:
      March 7, 2021 at 10:36 pm

      ISA I will cmnt ingey ♥️♥️
      I love it strys especially lwbi Veri eh thinoony mashe neydemey ♥️♥️♥️
      Ehn strys tha vxx vrh reethi ingey
      ISA cmnt eh kohlaana ♥️♥️
      Thanks for commenting on my stry ♥️♥️♥️

Comments are closed.

Next Episodeވާން އެދެމޭ ގާތުގާ (4)←


All Right Reserved!