Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރީމާ – 3

Aishath Hudha Level 1
February 17, 2021 3 Mins Read
4 Comments

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަހު ލައިގެން ހުރި ނިދާ ހެނދުން ބޭލުމައްފަހު ފާހާނާއަށް ވަދެ މާގަނޑު ދޫކޮއްލީ ފެން ވަރާލުމަށެވެ. މާގަނޑުން ވެހިގަތް ފެން ތިކިތައް ރީމާގެ ގައިގާ ޖެހިލި ވަގުތު ބޭއިޙްތިޔާރުގާ ދުރަށް ޖެހިލެވުނީ ވީ ފިންޏެއްގެ ބޮޑުކަމުންނެވެ. މާގަނޑު ބަންދު ކޮއްލުމައްފަހު މޫނު ބާލާ ލޮގަނޑު ކައިރީ އިން ސްވިޗް ޖައްސާލީ ހީޓަރު ޖައްސާލުމަށެވެ. ކުޑަ އިރުކޮޅަކަށް މަޑުކޮއްލީ ފެން ހޫނުވާން ވަގުތު ކޮޅެއްނަގާނެތީއެވެ. މާގަނޑު ޖައްސާލުމައްފަހު ފެންވަރާލަން މާގަނޑުގެ ދަށައް ވަނުމާއެކު ރީމާގެ ހަށިގަނޑަށް ބުނެދޭން ނޭންގޭކަހަލަ އަރާމެއް އިޙްސާސެއް ވެގެން ދިޔައެވެ.

ފެންވަރާ ނިމުމަށްފަހު ފާހާނާއިން ނުކުމެ ގައިގާ ތުވާލި އޮޅާލުމަށްފަހު ކައިރިވެލީ ޑްރެސިން ޓޭބަލް ކައިރިޔަށް ރީތިވެލުމަށެވެ. ކުއްލިއަކަށް ކަމެއް ހަނދާން ވުމުން އަވަސް އަވަހަށް އަލަމާރިން ނިދާ ހެދުމެއްނަގާ ބޮލަށް މަހާލިއެވެ. މަޑު ފިޔާތޮށި ކުލައިގެ އެ ނިދާ ހެދުމުގެ އަތުގެ ބަދަލުގާވާ ވާކޮޅު ކަރަށް އައްސާލުމަށް ފަހު ހެދުމުގެ މަތިން ސިލްކް ފޮތީގެ ޖެކެޓެއް ވަށާލިއެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ރީމާ ގޭތެރެޔަށް ވަދެގެން ކޮޓަރިޔަށްއައި މަގުގާ ފެންކޯރެއް ހެދިފާވާތީ ރީމާގެ ހަރަކާތް އަވަސް ކޮއްލީ އެ ފެންތައް މީހަކަށް ފެނުމުގެ ކުރިން ސާފުކުރުމަށެވެ. ސާފުކުރުމައްފަހު ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަޅުލުމައްފަހު ނިދާ ހެދުމުގެ ވަށާލެވިފާވާ ޖެކެޓު ބޭލުމައްފަހު އެދުގާ އޮށޯވެތީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ.

ބާލީސް ދަށުގާވާ ފޯނުނަގާ ސްކްރީނުން ގަޑި ބާލާލިއެވެ. ހަތަރެއް ޖަހަނީއެވެ. ބޯ ކަފަ ރަޖާގަޑު ގައިމަތީ އަޅާލުމަށްފަހު އޭސީ ރިމޯޓުން ފިނިމިން ސޯޅައަށް ބަދަލު ކޮއްލިއެވެ. އަރިޔަކަށް އެނބުރެލަމުން ކަފަ ރަޖާގަނޑު މެޔާލާ ބޮނޑި ކޮއްލީ ދެލޯ މަރާލަމުންނެވެ. ވެފާވާ ވަރުބަލި ކަމުން އިސާހިތަކު ރީމާގެ ލޮލަށް ނިދި ސަވާރު ވެގެންފިއެވެ.

އުޑުމަތި ސާފު އާ ދުވަހަކަށް އިރު އަރައިފިއެވެ. ފަޒާގެެތެރޭ ވަނީ ތެތްފިނިކަމެއް ހިފާފައެވެ. ރަށުގެ މަގުތަކަށް މީހުން ނުކުމެ މަގުތައް ހަލަބޮލިވާން ފަށައިފިއެވެ. މަގުތަކުގެ ކޮޅުކޮޅުމަތިން ދެބައި އުމުރުގެ މީހުން އިލޮށިފަތިތައް ހިފައިގެން ނުކުމެ ކުނިކަހާމަންޒަރުތައް ފެންނަން ފަށައިފިއެވެ.

ކުއްލިއްކަށް ރީމާއަށް ހޭލެވުނީ ދޮރުގާ ބާރަށް މީހަކު ޖަހާލި އަޑާ އެކުއެވެ. ދުވެފާ ކަހަލަ ގޮތަކަށް ރީމާ ގޮސް ދޮރު ހުޅުވާލިއިރު ދޮރު ކުރިމަތީ ހުރީ މަންމަ ރަޒީނާއެވެ. “ދަރިފުޅު މިޔަދު ހާދަ ވަރަކަށް ނިދާ ދުވަހެއް؟ މިހާރު އެޔޮއް ދިހައެއް ޖަހަނީ! އަދިވެސް ތެދުވަން ނުވަނީތަ؟” ރަޒީނާ އެއްފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. ރީމާއަށް ހުރެވުނީ ދޭނޭ ޖަވާބެއް ނޭންގި ރަޒީނާގެ މޫނާށް ބަލާށެވެ. އޭނާއަށް ހަމަ އެހާ ގިނައިރު ނިދުނީ ހެއްޔެވެ؟ “ދެންވެސް ނުހުރެ އާދޭ ސައިބޯން” ރީމާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ރަޒީނާ އިތުރަށް ބުނެލިއެވެ. އެހެން ބުނުމައްފަހު ރަޒިނާ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ރީމާ އަދިވެސް ހުރީ އެހުރިތާ ހުއްޓުން އަރާފައެވެ.

ދޮރު ލައްޕާލުމަށް ފަހު އަވަސްވެގަތީ ފާހާނާއަށް ވަދެ ތާޒާ ވެލުމަށެވެ. ފާހާނާއިން ނުކުމެ ރީތިވެލުމަށް ފަހު ބޭރަށް ނުކުތީ ބަދިގެޔާ ދިމާލަށް ދިއުމަށެވެ. އޭރު ރަޒީނާ އަވަދިނެތި ބަދިގެތެރޭ މަސައްކަތުގަ އުޅެއެވެ. ކާމޭޒުމާތީ ސައި ހުރީ ތައްޔާރު ކުރެވިފައެވެ. މޭޒުކައިރީ ހުރި ގޮޑިތަކުން ގޮޑިއެއް ދަމާލުމަށްފަހު އިށީންއިރު ރަޒީނާ ސައިތައްޓެއް ތައްޔާރުކޮއްގެން ގެނެސް މޭޒުމަތީ ބަހައްޓަނީއެވެ. “ދަރިފުޅު ބަލީތަ؟” ހަމަހިމޭން ވެފާ ހުއްޓުން އަރާފާވާ ރީމާއަށް ނަޒަރު ހުއްޓުވައިގެން ހުރެ ރަޒީނާ ސުވާލު ކޮއްލިއެވެ. ނޫން. ރޭގަ މާ ލަހުން ނިދުމުން ނުހޭލެވުނީ. ފަރުވާ ކުޑަ ގޮތަކަށް ރީމާ ޖަވާބު ދިނެވެ. ސައި ބުޔުމުގާ ރީމާއާ އެކު މަންމަ ރަޒީނާވެސް ބައިވެރި ވިއެވެ.

ސައިބޮއި ނިމިގެން ރީމާ ނުކުތީ ގޯތިތެރެއަށެވެ. ގޯތިތެރެވަނީ ތަފާތު ވައްތަރުތަކުގެ މާގަސްތަކުން ފުރިފައެވެ. ހީވަނީ ގޯތިތެރެއަށް ބަހާރު މޫސުމެއް އައިސްގެން އުޅޭހެންނެވެ. ގޯތީގެ މެދުގާ ހައްދާފާވާ ބޮޑު ބަނބުކެޔޮ ގަހުގެ ދަށުގާ ހަދާފާވާ ޖޯލިފައްޗާ ދިމާއަށް ހިނގައި ގަންނަމުން ފުންނޭވާއެއް އެތެރެ ކޮއްލިއެވެ. ޖޯލީގާ އޮށޯވެއޮތް ރީމާގެ ސިކުނޑީގާ ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ރޭގެ ކަންތައްތައް ހިތަށް އެރުމުންވެސް ރީމާގެ ހިތާށް ބިރުވެރިކަން ވަނެވެ. އެ ހިޔާލުތައް ރީމާއަށް އުނދަގު ކުރަމުން ދާކަހަލައެވެ. ރީމާގެ ނަމުން ގޮވާލިއަޑެވެ. ހިތްގަމު ރީތި އަޑެއްގެ ވެރިޔެއްކަން ގައިމެވެ. ވިސްނުމެއްގާ އޮތް ރީމާގެ ލޮލުގެ ނަޒަރުގޮސް ހުއްޓިފާވަނީ ބަނބުކެޔޮ ގަހުގެ ވަޔާ ހެލެމުންދިޔަ ފަތްތަކަށެވެ. އެހެން ވިސްނަން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ރީމާއަކަށް ނޭންގެއެވެ.

ރީމާއަށް ހޭވެރިކަންވީ ފަހަތުގަ މީހެއް ހުރިކަމުގެ އިހުސާސެއް ވުމުންނެވެ. ޖޯލިން ތެދުވެ ފަހަތް ބަލާލީ ލައިގެންހުރި ޓޮޕްކޮޅުގެ ތިރީގާ ހިފާ ދަމާލަމުންނެވެ. މީހަކު ފެންނަން ނެތުމުން ހީވި ހީވުމެއްކަމަށް ބަލާ ޖޯލިން ތެދުވެ ގެއަށް ވަންނަން ހިނގައިގަތީ އަތުކުރީ އަޅާފާވާ ގަޑިއަށް ބަލާލަމުންނެވެ. ފުން ހިޔާލަކަށް ގެއްލިފާ އޮތުމުން ގަޑި ދިޔަގޮތްވެސް ނޭންގުނީއެވެ. ބަދިގެޔަށް ވަނީ މެންދުރުގެ ކެއުމަށް މަންމައަށް އެހީވާށެވެ. އޭރު ރަޒީނާ ހުރީ އުދުން ކައިރީ ތެއްޔެއް ހިފައިގެން ފިޔާ ކޮށާށެވެ. “ދަރިފުޅު ކޮންތާކުންތަ ތި އައީ؟ މަންމަ ހާދަވަރަކަށް ގޮވައިފީމޭ! ނިކަން އެހެރަ މަސްތަށި މަންމަ އަތަށް ދިއްކޮއްލަ ދީބަލަ!” ރަޒީނާ އެއްފައްޗަކަށް އަމުނާލި ސުވާލުފަތި ނިންމާލީ ސިންކުމަތީ ތައްޓަކަށް އަޅާފާހުރި މަސް ތަށި ގެނެސްދެން އެދެމުންނެވެ. “މަންމަ ކޮންއިރަކުތަ ގޮވީ؟ ރީމް އޮތީ ޖޯލީގަ. މަންމަ ގޮވި އަޑެއް ރީމް ނާހަން.” ރީމާ މަންމަގެ ސުވާލުތަކަށް ޖަވާބުދެމުން މަސްތަށި ގެނެސް މަންމަ ކައިރީ ބަހައްޓާލިއެވެ. “އެކަމަކު ދަރިފުޅާ! މަންމަ ހާދަވަަރަކަށް ގޮވީމޭ. ރީމާއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ވާނީވެސް އެހެންތާއެވެ.

ހިޔާލުތައް ފުނިޖެހި ބޮލަށް ބަރުވާން ފަށައިފިއެވެ. ހިސާބަކަށް ބޮލުގާވެސް ރިއްސަން ފަށައިފިއެވެ. މެންދުރުގެ ކެއުމަށް އިންސާފުކުރެވުމުން ދިޔައީ ރިމާ، ރަޒީނާ އަދި ބައްޕަ ރިޔާޒެވެ. މާހައުލަށް ވެރިވެފާވާ ހިމޭންކަން ފޫއަޅުވާލީ ބައްޕަ ރިޔާޒެވެ. “ކޮބާ ދަރިފުޅާ ރީމް، މިހާރު ދަރިފުޅު ކިޔަވަން ބޭނުންވާ އެއްޗެކާ ދޭތެރޭ ވިސްނައިފިންތ؟” ނޫން ބައްޕާ! އަޅުގަނޑު ބޭނުންވަނީ ބައްޕަމެން ކައިރީ ރަށުގަ އަދި ކުޑަ ދުވަސްކޮޅަކު މަދުކޮއްލަން. އަޅުގަނޑަށް ބައްޕަމެންނާ ދުރުގަ އުޅެން ވަރަށް އުނދަގުވާނެ. ޅަވެލާފާ ރީމާގެ ބައްޕަގެ ސުވާލަށް ޖަވާބުދިނެވެ.

—- ނުނިމޭ —-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishath Hudha

Level 1

Other Articles

Previous

ނޭދެމޭ ވަކިވުމެއް-44

Next

ބަލިމަޑުކަން

Next
February 18, 2021

ބަލިމަޑުކަން

Previews
February 17, 2021

ނޭދެމޭ ވަކިވުމެއް-44

4 Comments!

  1. redlailacrose says:
    February 17, 2021 at 7:28 pm

    Nice story..when is next part??? waiting for next part ??? stry ge sifa kurunthah varah furihama.???ur really talented dear keep the good work up.??

    1. Aishath Hudha says:
      February 18, 2021 at 10:16 pm

      Thanks Redlailacrose 🙂
      Soon will update next episode <3

  2. crebby ann says:
    February 18, 2021 at 2:13 pm

    very nice story. I’m enjoying reading it.
    more, please.
    keep up the good work. <3

    1. Aishath Hudha says:
      February 18, 2021 at 10:17 pm

      Thank you Crebby :*

Comments are closed.

Next Episodeރީމާ – 4←


All Right Reserved!