“އާހް…. ހާދަ ފުލް ވެއްޖެއޭ…. މިހާ ގިނައިން މަ ނުވެސް ކަމޭ މިހާރު…. އެކަމު ރީމްގެ މަންމަ ކުރެއް ނުކުރިވިއްޔަ… ތިޔެއް ނުނޭ، ކޮން ވާހަކައެއްތަ ފޯނުން ނުދެއްކިގެން އުޅުނީ؟ ދެން ނިކަން ތި ނުބުނެވިގެން އުޅޭ ވާހަކައެއް ބުނަނަވީ އެއްނު….” އޮށޯވެ އޮތް ނަޖުދާ ތެދުވެ އެނދުގާ ދެފައި ވައްކޮށްގެން އިށީންނަމުން އެދުކައިރީ ކޮޅަށް ހުރި ރީމާއާ ސުވާލުކޮއްލި އިރު އެ އަޑުގާ ލާނެއް ގޮތެއް ހުއްޓެވެ. ނަޖޫ ރީމް މި އުޅެނީ ކުއްޖަކާ ރައްޓެހިވެގެން….. […]
ކުޑަ ދޮރުގާ އަތް އަޅުވާލުމަށް ފަހު ޒާން އެތެރެއަށް ދެމިގަތީ ހަލުވިކަމާ އެކުއެވެ. ދޮރު ލައްޕާ ބޭރު ނުފެންނަ ގޮތަށް ދޮރު ފޮތިގަނޑު ދަމާަލުމަށްފަހު ރީމާ ގޮސް ޒާންގެ ގައިގާ ބައްދާލިއެވެ. ޒާން ރީމާގެ ގައިގާ ބައްދާލީ ދުުވަހަކުވެސް ވަކި ނުވާނަމޭ ބުނާ ފަދައަކުންނެވެ. ހިނދުކޮޅަކު އެގޮތަށް ތިބުމައްފަހު ރީމާ ވާހަކަ ދައްކަން ފެއްޓިއެވެ. “އަޅެ ޒާން ދެން ބުނެބަލަ…. ކިހިނެއްތަ މި ގެ ހޯދީ؟” “އެކަމާ ރީމް ނޫޅެބަލަ….. އަހަރެން ބުނީމެއްނު މިރޭ އަދި ދިމާވާނެއޭ! […]
ރީމާއަށް ހޭލެވުނީ ބާލީސް ދަށުގާވާ ފޯން ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލީ ގުޅަނީ ކާކުތޯ ބެލުމަށެވެ. ފޯނުނަގާ ކަންފަތުގާ ޖައްސާލަމުން ހެލޯއޭ ބުނެލީ ކަންނެތް ގޮތަކަށެވެ. ޕިސް، ޕިސް، އަދިވެސް ނިދަނީ؟ ހޭލަން ނުވަނީތަ؟ މިހާރު އެޔޮއް ތިނެއް ޖަހަނީ! ގައިމު މިހާރު ނިދިފައެއްނު ހުންނާނީ! އެކޮޅުން ވާހަކަ ދެއްކީ ނަޖުދާއެވެ. ނަޖުދާގެ ޖުމްލަތަކުން ރީމާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ނިދިވެސް މުޅިންހެން ފިލައިގެން ގޮސްފިއެވެ. އަސްލުވެސްތަ ނަޖޫ؟ ދޮގު ނަހަދާ! ފާރުގާ […]
އާން! ޒާން މީ މިރަށު ކުއްޖެއް ނޫން. ޗުއްޓީއްކަށް މި ރަށަށް އްއިސްގެން މިއުޅެނީ. ރީމާ އަކަށް ނޭންގޭނެ ޒާންމީ ކާކުކަމެއްވެސް. އެކަމު ޒާންއަށް އެނގޭ ރީމާ. ދުވަސްކޮޅެއް ވެއްޖެ ރީމާއާ ވާހަކަ ދައްކަން މަސައްކަތް ކުރާތާ. މިރޭ މި ކާމިޔާބުވާ ގޮތެއް ވީ. ޒާން ވާހަކަ ދައްކަމުން ދިޔައިރު ރީމާ އިނީ ޒާންގެ ހަރަކާތް ތަކަށް ގެއްލި ހުސްވެފައެވެ. ހީވަނީ ޒާން ދައްކަމުންދިޔަ ވާހަކަތައް ރީމާގެ ކަންފަތަށް ނުވަންނަ ހެންނެވެ. ބަހެއް ނުބުނެ ރީމާ އިނުމުން […]
ހިޔާލުތައް ފުނިޖެހި ބޮލަށް ބަރުވާން ފަށައިފިއެވެ. ހިސާބަކަށް ބޮލުގާވެސް ރިއްސަން ފަށައިފިއެވެ. މެންދުރުގެ ކެއުމަށް އިންސާފުކުރެވުމުން ދިޔައީ ރިމާ، ރަޒީނާ އަދި ބައްޕަ ރިޔާޒެވެ. މާހައުލަށް ވެރިވެފާވާ ހިމޭންކަން ފޫއަޅުވާލީ ބައްޕަ ރިޔާޒެވެ. “ކޮބާ ދަރިފުޅާ ރީމް، މިހާރު ދަރިފުޅު ކިޔަވަން ބޭނުންވާ އެއްޗެކާ ދޭތެރޭ ވިސްނައިފިންތަ؟” ނޫން ބައްޕާ! އަޅުގަނޑު ބޭނުންވަނީ ބައްޕަމެން ކައިރީ ރަށުގަ އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮއްލަން. އަޅުގަނޑަށް ބައްޕަމެންނާ ދުރުގަ އުޅެން ވަރަށް އުނދަގުވާނެ. ޅަވެލާފާ ރީމާގެ ބައްޕަގެ ސުވާލަށް […]
ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަހު ލައިގެން ހުރި ނިދާ ހެނދުން ބޭލުމައްފަހު ފާހާނާއަށް ވަދެ މާގަނޑު ދޫކޮއްލީ ފެން ވަރާލުމަށެވެ. މާގަނޑުން ވެހިގަތް ފެން ތިކިތައް ރީމާގެ ގައިގާ ޖެހިލި ވަގުތު ބޭއިޙްތިޔާރުގާ ދުރަށް ޖެހިލެވުނީ ވީ ފިންޏެއްގެ ބޮޑުކަމުންނެވެ. މާގަނޑު ބަންދު ކޮއްލުމައްފަހު މޫނު ބާލާ ލޮގަނޑު ކައިރީ އިން ސްވިޗް ޖައްސާލީ ހީޓަރު ޖައްސާލުމަށެވެ. ކުޑަ އިރުކޮޅަކަށް މަޑުކޮއްލީ ފެން ހޫނުވާން ވަގުތު ކޮޅެއްނަގާނެތީއެވެ. މާގަނޑު ޖައްސާލުމައްފަހު ފެންވަރާލަން މާގަނޑުގެ ދަށައް ވަނުމާއެކު ރީމާގެ […]
ރީމާގެ ހިނގުމައް ހުއްޓުމެއްއައީ ފުއްޓަރު ފަރާތުގާ ހެދިފާވާ ބޮޑު ބިޔަ ނިކަގަހާ އަރާ ހަމަވުމުންނެވެ. ބިޔަކޮން ހެދހިފާވާ އެ ނިކަގަސް ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ބިރުވެރިކަން ވަންނާނެ ކަމާދޭތެރޭ އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ރީމާގެ ހިތަށް ވެރިނުވާ ކަހަލައެވެ. ގަހުގާ އެކި ދިމަދިމާލުން އެލިފާވާ ބޮޑެތި މޫތައް ވައިގެ އިޝާރާތަށް ނަށަމުންދިޔައިރު އެ މަންޒަރު އިތުރަށް ބިރުވެރިކަމަށް ދައްކައެވެ. ރީމާއަށް ހޭވެރިކަންވީ ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ޖަހާލި ބާރު ގުގުރީގެ އަޑުންނެވެ. […]
އިރު އޭގެ ވާޖިބު އަދާ ކުރުމައްފަހު އުދަރެހާ ނިވާވަނީއެވެ. ދުނިޔެއަށް ކަޅު އަދިރިކަން ފެތުރިއްޖެއެވެ. ރަށުތެރެއަށް ވަނީ ކަޅު އަދިރިކަމާ ނާމާން ކަމާ ބިރުވެރިކަން ފެތުރިފައެވެ. ހުރިހާ ގެ އެއްގެ ދޮރުފަތްތައް ވަނީ ލެއްޕިފައެވެ. ހީވަނީ ދިރޭ ފުރާނައެއްވެސް ނުވާހެނެވެ. ކުއްލިއަކަށް ރީމާއަށް ހޭލެވުނީ ސިއްސައިގެން ގޮއްސައެވެ. އޭރު މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ކަނު އަދިރިކޮށް އޮތް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނީ ހިތުގާ އަށަގެންފާވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ. މަޑުމަޑުން އެދުން ތެދުވީ އަދިރިކޮންއޮތް ކޮޓަރިތެރެއަށް […]